” މީހުންތައް ކުއްޖަކު ވެއްޓެއްޖޯއޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. މީހުންތައް ހަޅޭއްލަވަން ފެށުމުން ޖަލީލުއަށް ވީތެއް ނޭނގި މޫދާއި ދިމާލަށް ނަގިލި އެއްލައިލެވުނު ވަގުތަކީ މުއާވިޔަތަށް ފަތައިގަނެފައި ނަގިލި ހޫރައިލި ދިމާލަށް ދެވުނު ވަގުތެވެ. ކުއްލިއަކަށް ބަންލާފައި އެނަގިލި ވެއްޓުނީ މުއާވިޔަތުގެ ބޮލަށްށެވެ. މަންޒަރު ބަލަން ތިބި އެންމެންނަށް ލޯ މަރައިލެވުނީއެވެ. ޖަލީލުއަށް މާޒީގެ ދޮރުން ނިކުމެވުނީ ހަމަ ކުއްލިއަކަށްށެވެ. އޭރު ދެލޯ މަރައި ބާރުކޮށްގެން ހުރިއިރު ގަނެފައި ހުރި ބިރު އޭނާގެ މޫނުމަތިން ކިތަންމެ ރީއްޗެއް […]
އެއްދުވަހަކު ލިޔާގަތުއާއި މުފީދާ ކުރުނބާ އަޅަން ދިއުމާއިއެކު ޖަލީލު ބޭރު ޖޯލިފަތީގައި އޮއްވައި މީހަކު އައިސް ސަލާމް ގޮވާލަމުން އިއްވަމުން ދިޔައެވެ. ” ޖަލީލުއަށް އައިސްފަ އޮތް ސިޓީއެއް.” ޖަލީލު ތެޅި ތެޅި އޮތް ހިތަކާއިއެކު އެމިހާ ދިން ސިޓީ ގަިއ ހިފައިލިއެވެ. ހަމަ ސިޓީގަިއ ހިފައިލުމާއިއެކު އެމީހާ ގެއިން ނިކުމެގެން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ޖަލީލު މަޑުމަޑުން ސިޓީ އުރަ ކަނޑައިލިއެވެ. ތެދެކެވެ. ސިޓީ އެޑްރެސް ކުރެވިފަިއ ވަނީ އޭނާއަށްށެވެ. ދެން ޖަލީލު […]
” ދައްތާ. ކޮންތާކަށް ތިދަނީ؟ އަނެއްކާ ކިހިނެއްވީ؟ ދައްތާ.” ޖަލީލުއަށް ކުއްލިއަކަށް ހޭލެވުނީ މިފަދަ އަޑުތަކެއްގެ ސަބަބުންނެވެ. ނިދިވެސް ފިލައިގެން ގޮސް އަވަސް އަވަހަށް އެނދުން ތެދުވެ ބޭރަށް ހިނގައިގަތެވެ. އޭރު ފޮއްޓަށް އެއްޗެހި އަޅައިގެން ގޭގެ ދޮރުމަތީގަިއ ހުރި ނިއުމާ ފެނިފަިއ ޖަލީލުއަށް ހައިރާން ކަމާއިިއެކު ބަލަން ހުރެވުނީއެވެ. ކަިއރީގަިއ މުފީދާ ކޮންތާކަށް ދަނީހޭ އަހަމުން ދިޔައިރު ލިޔާގަތު ފެންނަން ނެތުމުން ވަޑާން ގެޔަށް ދިޔައީކަން ޖަލީލުއަށް ޔަގީން ވެއްޖެއެވެ. ” ކާފަ. ބަލާބަލަ. ދައްތަ […]
ލިޔާގަތަށް އޭނާގެ ދޮންމަންމަ ނިއުމާ އާއި ދިމާލަށް ބަލައިލެވުނީ ހަމަ އެވަގުތުގައެވެ. މިހާރު ހަމައެކަނި މައްސަލައަކީ އެއީއެވެ. ކުއްލިއަކަށް ނިއުމާވެސް ހިނިތުންވެލައިފިއެވެ. އެންމެނަށްވެސް ގަބޫލްކުރަން ދަތި ވެގެން ދިޔައެވެ. ” މާފްކުރޭ މަންމަޔަށް ދަރިފުޅާ. މާފްކުރޭ. މަންމަޔަށް މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މަންމަ ހީއްކުރީ ދޮންމަންމަޔަކު ދޮންދަރިއަކަސް ރަނގަޅުވުމަކީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް. އެކަމް މަންމަމެން އުމުރުގެ މީހުން އެމީހުންގެ މާމަ ދަރިން ގޮވައިގެން އުޅޭ އިރު ވަަރަށް […]
” އަަހަންނަށް އެނގެއްޖި މިހާރު ވީގޮތް. ލިޔާގަތުބެ ވީ ވަރަށް ގޯސް މީހަކަށް ދޯ. ބަލަ. މިހާރުވެސް އޭނަ އުޅޭ ގޮތް. އަބަދު ރާ ބޮއެބޮއެ ފައި ދައްތަޔަށް އަނިޔާ ކުރަނީ ވިއްޔަ. އަނެއްކާ ދައްތަގެ ތިޔޮއް ލުފްޝާން ދަރިފުޅެއް. ހަމަ ޑަބަލް ބައްޕަ އެއީ. އެކަމް ދެން ދައްތަ ފަޔަށް ކިހިނެއްވީ؟” ވާހަކަ އަޑު އަހަން އިނދެފައި ޔާޝާ އޭނާގެ ހިތުގަިއ އުފެދުނު ސުވާލު ކޮށްލިއެވެ. ” ނޫން. ތީ އަދި ކަންތައް ވީ ގޮތެއް […]
” އޭނަ ގޮއްސި އޭނަގެ މައްޗަށް އެއްވެސް ރަހުމެއް ނެތް އޭނާއަށް އަނިޔާކުރާ ނުލަފާ ދޮންބެ ސަލާމަތް ކުރަން.” އެހުރި ގޮތަށް ހުރެ މުފީދާ ބުނި އެއްޗަކުން ޔާޝާއަށް ބުމަ ގޮއްޖަހާލައިގެން މުފީދާއާއި ދިމާލަށް ބަލަން ހުރެވުނީ ” ވަޓް” އޭ ބުނަންވެސް ނޭނގިފައެވެ. ” އާން. ޔާޝާ. އޭނަ ގޮއްސި އޭނަ ހޮސްޕިޓަލުގަ އެނދުމަތި ކުރުވި ދޮންބެ ސަލާމަތް ކުރަން. އޭނަ ދިޔައީ ލުފްޝާން ސަލާމަތް ކުރަން. ފިލްމު ކުޅޭ މަންޖެ އައިރޭގަ އޭނާއަށް ކޮށްލި […]
“މޭމް އެހުރީ އެމީހާ..” ދޮރުމަތީގައި ހުރި މީހާ ދައްކާލަމުން ގާސިމް ބުންޏެވެ. އަލީޝާ ފަރުވާތެރި ކަމާއިއެކު އެމީހާއާއި ދިމާލަށް ބަލައިލި ވަގުތު ހީވީ އޭނާގެ ކަންކަށިމަތީގައި ވަރަށް ބާރަށް މީހަކު ޖަހައިލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި އެމީހާއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. ލޮލުން ކަރުނަ އޮހޮރެން ފެށީވެސް ބޭއިހްތިޔާރުގައެވެ. ބޮލުން ސްކާފު ވެއްޓި ހުރިހާ އެންމެންގެ ކުރިމަތީގައި އަލީޝާ ބޭޒާރުވިއެވެ. އެމީހާއަށްވެސް ވީ އެފަދަ ގޮތެކެވެ. އަލީޝާގެ މޫނު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ބުނާނެ ވަކި އެއްޗެއް […]
މުފީދާ ރޮމުން ދިޔައިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަޑު ނުނެރި ވޭތޯއެވެ. ހީވާކަހަލައެވެ. އެހެން އެއްވެސް އިންސާނަކަށް އޭނާއާއި ހެދި އުނދަގުލެއް ވާކަށް އޭނާ ބޭނުން ނުވަނީއެވެ. އާނއެކެވެ. މިހާރުވެސް އޭނާއާއި ހެދި ބަރުބާދުވެގެން ދިޔަ ހަޔާތްތަކެއް ވަކި މަދެއް ނޫނެވެ. އޭނާ ގަސްތުގައި އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާ ކަމެއްވެސް ވެގެން ދަނީ އޭނާ ހިތަށްވެސް ނާރާ ހުއްޓައެވެ. މިއަދުވެސް އޭނާ ދެކޭ ގޮތުގައި މާޝަލްއަށް އެޖެހުނު ހާލުގެ ޒިންމާދާރަކީ އޭނާއެވެ. ވާނީވެސް އެހެންނޫން […]
ނޯޓް: މިއީ މިވާހަކައިގެ 2 ވަނަ ބައި ކަމުގައިވިޔަސް ލަހުން އަޕް ކުރެވުނީތީ އަޕް ކުރެވިފައިވާނީ 1 ވަނަ ބަޔާއި އެކުގައެވެ. ވާހަކަ އަޕްވުން ލަސް ވިކަމަށްޓަކއި ހުރިހާ ކިޔުންތެރިންނަށް މާފަށް އެދެން… ސޮރީ…….. ދޮން ދޮން މޫނެކެވެ. ހިކިގެން ގޮސް އަރަނޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮއްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި […]