" ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ . . . . ރޭދަންވަރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ. . . މަރުވެފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ. " ނޫސްތައް ހުޅުވާލުމާއެކު ކޮންމެ ނޫހެއްގެފަލަސުރުހީން ވެސް ފެނިގެން ދިޔައީ އެޚަބަރެވެ. ރޭގެވަގުތެއްގައި އިމާރާތަކުން ވެއްޓިގެން މަރުވެފައިކަމަށް ބެލެވޭ ޒުވާނަކު މަގުމަތީގައި އޮއްވައި ފެނުނު ވާހަކައެވެ. އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. ތަފާތު ނޫސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ސުރުހީތަކުން ލިޔެފައި ހުރިނަމަވެސް […]
ރަށުމަދަރުސާ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ، އުމުރުން ފަނަރައަހަރުގެ ނިޒްމާ ރަށްމެދަށް ވިހެއި ވާހަކަ އާއި ވިހެއުމަށްފަހު ކުއްޖާ މަރާލައި ވަޅުލި ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ އަރައިގެން އައި އިރުގެ ދޯދިތައް ރަށުތެރެއަށް ފެތުރުނު ފަދައިންނެވެ. އިވުނު ހަބަރެއްގެ ސަބަބުން ލިބުނު ސިހުމާއެކު ބުނާނެއެއްޗެއް ނޭނގިފައި އެތައްބަޔަކު ތިބިއިރު އަނެއްބަޔަކު ދުއްވައިގަތީ ވެގެންއުޅޭ ގޮތެއް ސާފުކުރުމަށްޓަކައި ސިއްހީމަރުކަޒާއި ދިމާއަށެވެ. ނިޒްމާމެން ގެއާއި ދިމާއަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ. ތަފާތުގޮތްގޮތަށް ރަށުތެރޭގައި ހަބަރު ފެތުރެމުންދިޔައިރު، […]
: މިއީ 2002 ވަނަ އަހަރުގެ ޖުލައިމަހު އއ.މަތިވެރީގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެކެވެ. މިހާދިސާގެ މަޢުލޫމާތު ފިޔެސް މަޖައްލާގައި ސާއިޢުކުރުމަށްޓަކައި އަޅުގަނޑު ނަގާފައިވަނީ 2003 ވަނައަހަރު އއ. މަތިވެރިއަށް ކުރި ދަތުރެއްގައެވެ. މިހާދިސާ އަޅުގަނޑަށް ކިޔައިދިނީ މި ހާދިސާގައި ގެއްލުނު މުޙައްމަދު ނަޒީހުގެ ބައްޕަ އިބްރާހިމް އިސްމާއިލް އެވެ. މީގެ އިތުރުން މިހާދިސާ ހިނގައިގެން އުޅުނު އިރު މިކަމުގައި އިސްކޮށްއުޅުނު ބައެއްފަރާތްތަކުން ދީފައިވާ މަޢުލޫމާތާއި އެހެންވެސް ބައެއް ރައްޔިތުން ދީފައިވާ މަޢުލޫމާތު ހިމަނާފައިވާނެއެވެ. އއ.މަތިވެރީ ކޮމްރެޑްވިލާ […]
އިނާ ހޭއަރައި ލޯހުޅުވާލުމާއެކު ފެނުނީ އޭނާގެ ދެފައި ބަނުމަށް މަސައްކަތް ކުރަމުންދިޔަ ނާއިލް އެވެ. އިނާ ކުއްލިއަކަށް ދެފައި ދަމައިގަންނަމުން ފައިކުރުކޮށްފަ ނާއިލްގެ މޭމަތީގަ ފައިން ޖެހިއެވެ. އެފަދަކަމަކަށް އެއްވެސްވަރަކަށް ނުވިސްނާހުރި ނާއިލް ވިއްސައިގެން ގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑުގަޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުޑަދޮރުން ބޭރަށް ވެއްޓިއްޖެއެވެ. ވެއްޓިޖެހުނުގޮތުން ވީތަދާއި އިނާ ފައިން ޖެހުމުން މެޔަށް ވަމުންދާ ތަދުގެ އިތުރުން ބިއްލޫރިގަނޑުތަޅައިގެން ގޮސް ވެފައިވާ ޒަހަމުގެ ސަބަބުން ނާއިލްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. އެނދާއެކު ދެއަތްބަނދެފައިވާ އިނާ […]
ވިހިވަނަބައި އިނިސްޕެކްޓަރ ނީސާމާއި އިނާ ދިމާވީ ކޯޓްގެ ދޮރޯށިކައިރިންނެވެ. އެއާއެކު އިނާއަށް ގޮވާލަމުން ނީސާމް ވާހަކަ ދައްކަން ފެށިއެވެ. ” އިނާ! އިރުސާނާއާ ބެހޭ އެއްވެސް ލިޔުމެއް ޕޮލިސްސްޓޭޝަންގަ ވެސް ނުހުންނާނެ. އިނާ ކިހިނެތް އެކަންތައް ހޯދީ؟ ” ނީސާމް ސުވާލުކުރީ ހައިރާންކަމާ އެކުއެވެ. ” ދުނިޔޭގެ އެންމެން ކަލެއާ އެއްގޮތެއް ނުވާނެ. މިކަމުގަ ކުރިޔަށް ދިއުމަށް އަހަރެން ކުރަމުންދިޔަ މަސައްކަތަށް އެހީތެރިވި މީހަކު އަހަރެންނަށް އެމަޢުލޫމާތު ދިނީ. ” ލިބުނު ކާމިޔާބަށް ހިނިތުންވެލަމުން އިނާ ވާހަކަ […]
ނަވާރަވަނަބައި ” ދެން ވީ ގޮތަކީ …. އޭނަ ހުރީ ވާއަތުން އަހަރެންގެ އަނގަމަތީގަ އަތްއަޅައިގެން. ކަނާއަތުން ވަޅި ހިފަހައްޓައިގެން. ވަޅި ހުރީ އަހަރެންގެ ކަރުގަ ޖައްސާފަ …. ވަޅިއަށް ބާރުކޮށްލުމުން އަހަރެންގެ ކަރުން ލޭއައި. ވީތަދާ އިތުރުވި ބިރުގެ ސަބަބުން އަހަރެންނަށް ހަޅޭލަވައި ގަނެވުނު. ” ނުހަނު ހިތާމައާ ހިތްދަތިކަމާއެކު މަޑުމަޑުން އިރުސާނާ ކިޔައިދެމުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ” ދެން. ” އިނާ ބުނެލިއެވެ. ” ދެން ވީ […]
އަށާރަވަނަބައި ” އޭރު އެވާނީ އާވަޅިއަކަށް. އެކަމު މިހާ ދުވަސްވާއިރު ބާވެ ހަޑިވާނެއެއްނު. ރަނގަޅަށް ބަލާފަ ޖަވާބު ދީބަލަ …. މިއީ މީހެއްގެ މަރާ ދިރިހުރުމާ ގުޅިފައިވާ ވަޅިއެއް. ” އިނާގެ ވާހަކަތައް އަޑުއިވުމުން އަދްހަމް ހާސްވެ ކަންބޮޑުވިއެވެ. ނުތަނަވަސްކަމާ އެކު ވަށައިގެން ހޯދާލެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ” މިއީ އެ ވަޅިއަށް ވެދާނެތަ؟ ” އަނެއްކާ ވެސް އިނާ އެހިއެވެ. ” ތިވެދާނެ އެވަޅިއަށް ވެސް. ކޮންމެ ކަމެއް ވެސް ވެދާނެ. އަހަރެން ދޫކޮށްލާ. […]
ސަތާރަވަނަބައި ” ކަލޭގެ ހަނދާން ވަރަށް ބަލި ……. ކަލޭ ހަނދާން ނެތުނީތަ ކަލޭ އެތަނުގެ ވަޒީފާއިން ވަކިކުރީ މީހެއްގެ އަންބަކާއި ގަދަކަމުން ބެހިގެންކަން. ކަލޭގެ އަހުލާގީ މައްސަލަތައް ގިނަވެ ނަސޭހަތުން ނުފުދިގެން ނޯޓިސްއެއް ވެސް ދިނެއްނު. ” އިތުރަށް މަޢުލޫމާތު އެނގޭކަން ހާމަވާފަދައަކުން އިނާ ވާހަކަ ދެއްކިއެވެ. ” އަހަރެން ބޭޒާރު ތިކުރަނީ ކީއްވެ؟ ކަލޭ އަތުގަ އޮތީ ކޮން ހެއްކެއް؟ ” ނުރުހުމާއެކު ޖިމާމް ވާހަކަ ދެއްކިއެވެ. ” މިކޯޓްގަ ވެސް ކަލޭ ބުނީމެއްނު […]
ސޯޅަވަނަބައި ” އަހަރެން ނުދައްކަން ޕޮލިހުންގެ ވާހަކައެއް. އަހަރެން މިދައްކަނީ އަހަރެންގެ ވާހަކަ. އަހަރެން ކުރިން ވެސް ކަލޭ ކައިރީ ބުނެފަ އޮންނާނެ ދޮގެއް ހަދައިފިނަމަ އަހަރެން މިކަން ދޫކޮށްލާނަމޭ. ” ނާއިލްގެ ވާހަކަ މެދުކަނޑާލަމުން ނާއިލަށް އިނާ ހަނދާން ކޮށްދިނެވެ. ” އަހަރެންނަށް ތިކަން އެނގޭ. އަހަރެން އެވާހަކަތައް ނުދެއްކީ އަހަރެންނަށް އިނާ ގެއްލެން ނޭދޭތީ. ” ނާއިލް ޙަޤީޤަތް ހާމަކުރިއެވެ. ” އެކަމަކު … މިހިސާބުން ފެށިގެން އަހަރެން ވެސް … ކަލޭގެ ވަކީލް […]