އެ ނިކުތީ އާމިނާކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. ހާސްކަމާއެކު އޭނާ ކައިރީގައި ހުއްޓި ހުރި އަންޖޫދާއާ ދިމާއަށް ބަލާލިއެވެ. އެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑު ވުމެވެ. ދެމީހުން ވެސް ބުދެއްހެން ހުއްޓިގެން ހުރިއިރު ބާރު ފިޔަވަޅުތަކެއްގައި އާމިނާ އެދިމާއަށް އަންނަ އަޑު އިވެމުން ދިއައެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ރާހުލްގެ އަތުގައި އަންޖޫދާ ހިފާލީ ދެލޯ މަރާލަމުންނެވެ. އާމިނާ އަށް އޭނާ އާ ރާހުލް އާ ދެމެދު މި […]
މުސައްނިފާ ރޯޒީ އަހަރެން ނަކީ ވަރަށް ސަކަ މިޒާޖެއްގެ އަންހެން ކުއްޖަކީމެވެ. ހިނިތުން ވުމާ އެކުވެރިންނާއެކު މަޖާ ކުރުމަކީ އަހަރެން ކިޔެވުމަށް ވުރެ އިސްކަން ދޭ އެއްކަމެކެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް އާއި އެކު ގޮޑުދޮށައް ދާން ދިޔައީމެވެ. “ފިޔާއެވެ. އަހަރެން މިއައީ ކަލޭއަށް ހަދިޔާއެއްހިފައިގެން.” ނާޒިމު އަހަރެން ކާރީ މިހެން ބުނެލަމުން ހިނިތުން ވެލިއެވެ. “ކޮބާ ދައްކަބަލަ” އަހަރެން މާނޫން ގޮތް ދައްކަމުން ބުނެލީމެވެ. “ފިޔާ ނިކަން އެފަރާތް ބަލާލަބަލާ.” ނާޒިމު އަހަރެންގެ […]
“މިހިރަ މަސްތަށް ކަނޑަން ދޭބަލަ އަތިރި މައްޗަށް… ޑަސްބިން އުކާލީމަ އަނެއްކާ ހަޑި އެއްޗެސްތައް ޑަސްބިނަކަށް ނޭޅޭނެ… ދޭ… އަވަހަށް ދޭ.. މަސްތަކާ މަސްގޮނޑިއާ ހިފައިގެން ދޭ!” ރާހުލް އައުމުން އާމިނާ ބުނެލިއެވެ. ވަރުބަލި ކަމުގެ އިތުރުން ބަނޑުހައިކަމުގެ އިންތިހާ އިހުސާސްކުރެވެމުން ދިޔަ ރާހުލް އެއްވެސް ޝަކުވާއެއް ނެތި އެއެއްޗެހި ހިފައިގެން އަނެއްކާވެސް އަތިރިމައްޗަށް ދާން ނިކުތެވެ. މި މަންޒަރު ބަލަން އިން އަންޖޫދާގެ މޫނުގެ ކުލަވަރު ވަނީ އޮއްސިފައެވެ. ރާހުލް ކިހާ ރަނގަޅު ހެއްޔެވެ؟ މިހާ […]
މީވީގޮތޭ……..! މުސައްނިފާ ރޯޒީ ޝަރީފް އަހަރެން އެނދުގެ ފަރާތް ފަރާތަށް ފުރޮޅި ފުރޮޅި އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. މަގުމަތިން އިވެމުންދިޔަ ބަރުގޮނު އަޅާ އަޑު ހުއްޓުމެއްނެތި އަހަރެންނަށް އިވެމުން ދިޔައެވެ. އަހަރެންގެ މައްސަލައަކީ ނިދިނައުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ފަދަ ރޭތައް އަންނަނީ ގިނަވަމުންނެވެ. ފޮތެއް ނަގައިގެން ކިޔަން ފެށީމެވެ. ގިނަރޭރޭ ފޫހިފިލުވަނީ އެގޮތުގައެވެ. އެސްފިޔަ ތަކުގެ ގިނަ ވާހަކަތަށް ހުޅުވާ ހުޅުވާ ޝައުގުވެރިކަމެއް ދެވޭނެ ކަހަލަ ވާހަކަޔަކާ ދިމާނުވިއެވެ. ބިންމާގެ […]
އެ ކޮޓަރި ތެރެއިން އަފްނާން ފެންނާކަށް ނެތެވެ. މުނިރާގެ ފަހަތުން އެތެރެއަށް ވަތް މަދީހާއަށް ދޮރު ބިއްދޮށް ބަލާލެވުނީ އަފްނާން ފިލާ ހުރެދާނެތީއެވެ. މުނީރާގެ ބަސްތަކާއި އަމަލު ހުރިގޮތުން ޚުދު އޭނާވެސް އެހުރީ ބިރުގެންފައެވެ. ދޮރު ބިއްދަށުގައިވެސް އަފްނާން ނެތުމުން މަދީހާ ކޮޓަރިތެރެއަށް ވަނެވެ. ބިންމަތީގައި ހުރި ކަރުދާސްތަކަށް ނަޒަރު ހިންގާލިއަސް މުޅިންވެސް ފެންނަނީ “އައިމް ސޮރީ” ޖަހާފައިވާ ގަނޑުތަކެވެ. މަދީހާ ގޮސް އެކޮޓަރީގައި ހުރި ސިންގަލް އެނދު ކައިރިއަށް ހުއްޓިލިއެވެ. “ކޮބާ އަފްނާން؟..” ފުން ނޭވާއެއް […]
“ދޫނީ، އެއީ ދަރިފުޅުގެ ބައްޕަ… ދޭ ގޮސް ސަލާން ކޮށްލަން” މީރާ ބުންޏެވެ. މަލާކް ބޯޖަހާލާފައި ރާހިލްއާ ދިމާއަށް ބަލާލިއެވެ. “ގުޑް ލަކް ބޭބީ!” ޔަމާން މަލާކްގެ ބޮލުގައި ފިރުމާލިއެވެ. މަލާކް އަނެއް ފަރާތަށް އެނބުރި ކުދި ކުދި ފިޔަވަޅުތަކެއްގައި ގޮސް ރާހިލްގެ ކުރިމައްޗަށް ހުއްޓި ރާހިލްގެ މޫނަށް ބަލަން ހުރެ ކަނާއަތް ދިއްކޮށްލިއެވެ. “އައްސަލާމް ޢަލައިކުމް” މަލާކް ބުނެލިއެވެ. އެއަޑު އިވުމާއެކު ރާހިލްއަށް ހިން ދިރުވާލެވުނެވެ. އަވަސް އަވަހަށް މަލާކްގެ އަތުގައި ހިފާލަމުން ރާހިލް ސަލާން […]
މުސައްނިފާ ރޯޒީ ޝަރީފް 14th September 2016 އެހެނަސް……. ކޮންމެ މީހެއްގެ މާޒީ އަހަރެންގެ މާޒީ ހާކަޅެއްނުވާނެއެެވެ. ހިތްދަތިކަން މިއީ އަހަރެންނަށް ވަގުފު ކޮށްފަ އޮތް އެއްޗެއް ކަހަލައެވެ. ރިޔާޒް އަށް ހިތް ހަދިޔާ ކުރެވުނު ކަން މިއީ އަހަރެންގެ ފުރަތަމަ ކުށެވެ. ރިޔާޒް ލޯބީގެ ނަމުގައި އަހަންނަށް އަނިޔާ ކުރިއެވެ.އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތެވެ. އަހަރެންގެ މަޢުސޫމީއްޔަތު ގެލުނެވެ. . ވަހީދު އަހަރެންގެ ހަޔާތަށް އައުންވީ އަހަރެންގެ ނަސީބު ކަމަށެވެ.ލޯތްބަކީ ކޮބައިކަން ދަސްކޮށްދިނީ ވަހީދެވެ. ދިރިހުރުމުގެ […]
ހިތި މާޒީ މުސައްނިފާ: ރޯޒީ ޝަރީފް ސުޒޭނާއަކީ ހެދި ހުރި ހަށިގަނޑު ރީތި ފަތްމިންޏޭ މިކިޔާ ޒާތުގެ އަންހެން ކުއްޖެކެވެ. ސްކޫލް ދައުރުގައި ވެސް މުޅި ސްކޫލްގެ ހުރިހާ ފިރިހެން ކުދިން ތިބެނީ އޭނާގެ އެންމެ އިޝާރާތަކަށް ބަލަބަލަ އެވެ. ކުޑަކޮށް ޖެހިލުން ކުޑަ ކުދިން އޭނާ އާ ފޮށެން ވެސް ފޮށޭމެ އެވެ. ނަމަވެސް ސުޒޭނާ އެއިން އެއްވެސް މީހަކަށް ސަމާލު ކަމެއް ނުދެ އެވެ. އޭނާ ބުނާ ގޮތުން އޭނާގެ ޕްރިންސް އާ […]
ހެނދުނު އަރައިގެންއައި އިރާއެކުހެން ސަޔާން ފެންވަރާ ތައްޔާރު ވަމުންއެދަނީ ގަޑިނުޖެހި ސުކޫލައްދިޔުމަށެވެ. އިރުއިރުކޮޅާ އަތުކުރީގަޑިޔައް ބަލާލަމުން ފާރުގަހަރުކުރެވިފަވާ މޫނުބަމޫނުބަލާލޯގަނޑު ކުރިމަތީހުރެ ބޮލުގެއިސްތަށިތައް ކޮޅައްޖަހަމުން ގެންދަނީ ފަރުވާތެރިކަމާ އެކުގައެވެ. ހިންހަމަޖެހޭވަރައް ބޮލުގެ އިސްތަށިތައް ކޮޅައްޖަހާ ސުޕައިކުޖައްސާލެވުމުން މޭޒުމަތީހުރި ފެހިކޯލަވާޓަަރުފުޅިނަގާ އަތުފުރެންދެން އަޅާލުމައްފަހު މުޅި ޔުނީފޯމުގާ އުގުޅާލަމުން ދަބަސްނަގާކޮޑުގަ އަޅުވާލުމައްފަހު ބާރުހިގުމެއްގާ ގެއިންނިކުމެ މިސްރާބުޖެހީ ސުކޫލާދިމާލަށެވެ . މިޔަދަކީ ސަޔާނައް ވަރައްހާއްސަ ދުވަހެކެވެ. ސަޔާން އެންމެލޯބިވާ މުދައްރިސް ނަޒުރާ ދުވަސް ތަކަކައްފަހު […]