Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެރިޔާގެ މާފް 5

Rozy
September 19, 2016
6 Mins Read
43 Views
20 Comments

އަހަރެމެން ތިން ހަތަރު ގަޑިއިރުގެ އޮފިޝަލް ވާހަކަ ދެއްކުމަށްފަހު ކޮފީ މޭޒަށް ދިޔައީމެވެ. މިސްބާހް އަކީ ވަރަށް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. މިވީ ކުޑަވަގުތުކޮޅު ތެރޭ އަހަރެންނާ މިސްބާހް ވަރަށް އެކުވެރި ވެއްޖެއެވެ. މިސްބާހް ވީވެސް އަހަރެންނަށް ވަރަށް ކަމުދާ އެކުގާ މަސައްކަތް ކުރާހިތްވާ ކަހަލަ މީހަކަށެވެ.

“މިސްބާހް އާއި ރާނިޔާ ތީ އެއްހިސާބެއްގެ ދެކުދިން، އެކަކު އަނެކަކު ނުދަންނަންތަ؟”

މުނީރުގެ މިވާހަކައިން ސިހިފަ އަހަރެން މިސްބާހް ގެ މޫނަށް ބަލާލީމެވެ. މިސްބާހް ވެސް ހަމަ މިފަދަ ގޮތަކަށް އަހަރެންނަށް ބަލާލިއެވެ.

“މިސްބާހް ކޮން ގެޔެއް؟”

އަހަރެން ހަމަ ޖެހިލަން މަސައްކަތް ކުރަމުން އަހަލީމެވެ.

“އަހަރެން ކުރެސްޓުގެ..”

މިސްބާހް މިހެން ބުނުމާ އެކު އަހަރެން ކޮފީވެސް ކޮށިއެރިއެވެ. އެހެން ނުވާން ވީ ކީއްވެތޯ އެވެ. ކުރިމަތީ މީނީ ރިޔާސް ގެ ކޮންމެވެސް މީހެކެވެ. އާނއެކެވެ އޭނާގެ ކޮއްކޮ އެވެ. އަހަރެންގެ ހިތް ފަޅި ފަޅި ކޮށްލި ރިޔާސް ގެ އާއިލާ މީހާ އެވެ. މިއަދު އަހަރެންނަށް މިއެއްބަސްވެވުނީ މިމީހުންގެ ވިޔަފާރީގަ އެހީވެ މިމީހުންނާ އެކީ އުޅޭށެވެ. މީމަގޭތަގުދީރެވެ. އަހަރެން ކިޔެވީ ބަދަލު ހިފުމަށެވެ. އަކަމަކު ރަށައް އައިސް އަހަރެންނަށް ޙިދުމަތް ކޮށްދޭން މިޖެހުނީ މިވެރިންނަށެވެ.  ތަގުދީރުގެ ރޭވުން ކިހާ މޮޅު ހެއްޔެވެ. އަހަރެންގެ ހިމޭންކަން ދެކެފަ މިސްބާހް ވާހަކަ ދައްކަން ފެށިއެވެ.

“އަސްތާ ރާނިޔާ ކިހިނެއްވީ ދަންނަ ގެއެއްތަ؟ ”

މިސްބާހް ހެވިލާފަ އަހާލިއެވެ. އަހަރެން އާނއެކޭެ ބުނާ ގޮތަށް ބޯޖަހާލީމެވެ.

“އެގެއިން ކަކު ދަންނަނީ”  މުނީރުވެސް އަހާލިއެވެ.

“ކޮބާ ރިޔާސް..؟ އެއީ ގާތް އެކުވެރިއެއް ” އަހަރެން ސުވާލު ކޮށްލީމެވެ.

“އޭނަ އެބައުޅޭ. ޓީޗަރަކަށް އުޅެނީ  މިސްރުން ކިޔަވައިގެން އައިސް”

މިސްބާހް ކާރީ ބުނަންބޭނުންވި ބައިވަރު ވާހަކަ އަހަރެންގެ ހުއްޓެވެ އެކަމަކު އަހަރެން ހިމޭން ކަން އިހްތިޔާރު ކުރީމެވެ.

“ރާނިޔާ އާއި އެއްވެސް ގުޅުމެއް އޮތީތަ ބޭބެ އަނެއްކާ؟” މިސްބާހް ލާނެއް ހިނިތުން ވުމަކާ އެކު އަހާލިއެވެ.

“އާނ ކިޔަވަން ބައެއް ދީނީ ފޮތްތަށް އޭނާ އަތުން ހޯދިން އަދި ހަވާލު ނުކުރެވޭ ދެތިން ފޮތެއް އޮންނާނެ” އަހަރެން ހިތި ގޮތަކަށް ހިނިތުން ވެލީމެވެ.

“ބުނާނަން އޭނާ ކާރީ ރާނިޔާ އައިވާހަކަ އޭރުން ތިޔަ ފޮތްތަށް ހޯދަން އަންނާނީ ޙުދު އޭނާ”

ދެން އެމީހުން އަނެއްކާވެސް ދެއްކީ ބިޒްނަސްގެ ވާހަކަ އެވެ.

އެދުވަހު ގެޔަށް އައިސް އަހަރެން ރުއީމެވެ. އެކަމަކު މިއަދު އަހަރެން ރުއީ ވޭނީ ރުއިމެއް ނޫނެވެ. އެއީ އުފާވެރިކަމުުގެ ރުއިމެވެ. އަހަރެން އެމީހުންނަށް އެހީވާނަމެވެ. ހިތާ ހިތުން އަހަރެން ވައުދުވީމެވެ.

ދެތިން ދުވަސް ފަހެވެ، މިސްބާހް އަހަރެންނާ ބައްދަލު ކުރިއެވެ. އެކަމަކު ހުރީ އުފަލުން ނެއް ނޫންކަން ވަރަށް ރަނގަޅަށް އެނގެއެވެ.

“މާ މޫޑް އޮފް ވެފަ ކިހިނެއްވީ؟” އަހަރެން ސުވާލު ކޮށްލީމެވެ.

“ރިޔާސް އާ ދިމާވެފަ މިއައީ… އޭނަ… ވަރަށް ސަކަރާތް…” މިސްބާހް އެނާ ގެ ރުމާ ޖީބަށް ލަމުން ބުނެލިއެވެ.

“އޭން ،…އަނެއްކާ ކިހިނެއްވީ..؟ ” އަހަރެންގެ ކެތްތެރިކަން ކުޑަ ގޮތަކަށް އަހާލީމެވެ. މިސްބާހް ހިމޭނުން ހުއްޓެވެ.

“މިސްބާހް ވީ ކީއްތަ ބުނެބަލަ؟ ”  އަހަރެން ކާރަށް އަރަމުން ބުނެލީމެވެ

އޭނާ ޤަބޫލެއް ނޫން ރާނިޔާއަށް ގުޅާކަށް އަދި ވާހަކަވެސް ދައްކާކަށް. ހެއްވާ ތަންކޮޅަކީ އޭނާ ރާނިޔާގެ ނަމްބަރު ހޯދި އަދި 100 ފަހަރު އެހި އެއީ ފިޔާޒާ ހޭ ފިޔާޒާ ހޭ”

އަހަރެންނަށް ބާރަށް ހީގަނެވުނެވެ. މިސްބާހު ހައިރާންވެފަ އަހަރެންނަށް ބަލަން ހުއްޓެވެ.

“މިސްބާހް އޭނަ ކާރީ ތިބުނީ އަހަރެންގެ ގޯސް ނަމެއް އެެހެނު ވާނީ. އެއީ ތެދެއް އަހަރެންނަކީ ފިޔާޒާ އަދި ރާނިޔާ އަކީވެސް އަހަރެންގެ ނަން؟”

“އާނ ތިނަން ބުނިން. ތީ ކޮން ގެޔަކު ކޮން ކުއްޖެއްކަން ކިޔާދިނިން. ބުނިން ވަރަށް ކިޔަވައިގެން އައި މޮޅު ކުއްޖެކޭ މިވާހަކަ އިވުނީމަ އޭ ކުއްލިޔަކަށް އޭނަ މޫޑް ބަދަލުވީ” މިސްބާހް ގެ މިވާހަކަޔަށް އަހަރެން  އަނެއްކާވެސް ބާރަކަށް ހީގަތީމެވެ.

އަހަރެންގެ ހަޔާތުގައި 21 އަހަރު ކުރިން ހަމަ މިގޮތަށް އަހަރެންގެ އެކުވެރި ރިސާލާމެންނާ އެކު އުޅުނު އިރު ހީހީފަ އުޅުނީމެވެ. އެއްވެސް ޙިޔާލެއް ފިކުރެއް ނެތިއެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ   1991 ޑިސެންބަރ 27 ވަނަ ހުކުރު ދުވަހުގެ ފަހުންނެވެ. 1991 ޑިސެންބަރ 27  ވަނަ ދުވަހަކީ ވެސް ހަމަ ހުކުރު ދުވަހެކެވެ. މިދުވަސް އަހަރެން ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ.އެއީ ރިޔާސްގެ ބަސްތަކުން އަހަރެން ކަތިލާލި ދުވަހެވެ. އެހެންގޮތަކަށް ބުނާނަމަ އަހަރެންގެ ގަޑުވަރު ހަލާކުކޮށް އޭނާ އަހަރެން ރޮއްވާލި ދުވަހެވެ. އެ ހުކުރު ހަނދާން ނައްތާލާނީ ކިހިނަކުން ބާވައެވެ.

އަހަރެންނަކި ވާހަކަ ލިޔާ ކުއްޖެކެވެ. މިއީ އަހަރެންގެ އެއްހޮބީއެވެ. ކިޔަވަން މާލޭގަ އުޅެނިކޮށް ދިވެހި ރާއްޖެގެ އަޑުގެ މީހަކާ ދިމަވިއެވެ. އޭނާގެ ނަމަކީވެސް ރިޔާސް އެވެ. އެއީ އަހްމަދު ރިޔާސް އެވެ. އަހަރެން އޭނާއަށް ކިޔަނީ އަހްމަދު އެެވެ. އަހަރެން ލިޔެފައިވާ ވާހަކައެއް އޯޑިޔޯ ކޮށް ސީޑީ އެއްހަދަން އެނާއާއި ހަވާލު ކުރީމެވެ. އޭގެ ފައިސާ ގޮ ގޮތުން  1000 ރުފިޔާ ވެސް ދިނީމެވެ. އެއީ ފުދޭވަރެއްގެ ބުރަމަސައްކަތެއްކަން އަހަރެންނަށް އެނގެއެވެ. އަހަރެން ރަށަށް އައީ ވަގުތު ނެތިގެން އޭނާއާއި ބައްދަލު ނުކޮށެވެ. ރަށަށް އައުމާއެކު މަންމަ އާ ފޯނެއް ދިނެވެ. އަހަރެންގެ ކުރީ ފޯނު ސިމް ބަދަލު ކުރަން އުޅުމުގެ ތެރޭ އަހަރެންގެ ގިނަ ރައްޓިހިންގެ ނަމްބަރު ތައް ގެއްލުނެވެ. އަހްމަދުގެ ނަމްބަރުވެސް ގެއްލުނެވެ. ދެން ބައްދަލުވެވެން އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ފޭސްބުކެވެ. އަހަރެން  ފޭސްބުކް މެދުވެރިކޮށް މެސެޖް ކުރީމެވެ. އަހަރެންގެ އާ ނަންބަރު ފޮނުވުމަށް ފަހު މިނަންބަރަށް ގުޅާށޭ ލިޔެލީމެވެ.

އެކަމަކު އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އޭނާ ނުގުޅިއެވެ. ދެން އެއްދުވަހަކު ފޭސް ބުކް އިން މެސެޖް އެކުއްޖާގެ ފަރާތުން އަންނަނީ ތިމަންނަ ގުޅަންވީ ކިހާ އިރަކު ހޭ އަހާފައެވެ. އަހަރެން ހަމަ ވަގުތުން މިހާރު ގުޅާށޭ ބުނެ ޖަހާބު ދިނީމެވެ. އެއީ އެއޯޑިޔޯގެ ބޭނުމުގައެވެ. ދެންވެސް މިކުއްޖެއްގެ ޙަބަރެއް ނުވިއެވެ އަހަރެންގެ ޝެޑިޔުލް ތަކާ ހެދި އަހަރެންވެސް ދެން އަޅާ ނުލީމެވެ. ފައިސާވެސް ގެއްލުނީ ކަމަށް ހުރީމެވެ. އަހަރެން ބޮޑު ސެމިނާރަކަށް ތައްޔާރު ވަނީ އެވެ. އެހެެންވެ ފޭސްބުކް ގަޔާ ނޫހުގަ އަހަރެންގެ ނަމްބަރު އެޑްވަޓައިޒް ކޮށްލީމެވެ. ތަފާތު ނޫސްމެދުވެރިކޮށް އަހަރެންގެ ސެމިނާރ ގެ ވާހަކަ ދައްކާލީމެވެ.

މިދުވަސް ކޮޅު ވެސް އަހަރެން މިސްބާހް އާއި ބައްދަލު ކޮށް އެމީހުންގެ އޮފީސް ކަންތަށް ކޮށްދެމެވެ. ވަރަށް ގިނަ ފަހަރު އެކުގަ ތަންތަނަށް ދަމެވެ.

“މިސްބާހް އަހަރެން ވަރަށް އާޖެންޓުކޮށް ތަނަކަށް ވައްޓާލަ ދީބަލަ މަގޭ ކާރުވެސް ވަނީ ހަލާކުވެފަ” އެއްދުވަހު މިސްބާހު އަހަރެންގެ އޮފިހަށް އައުމުން އަހަރެން އެދުނީމެވެ.

“ކޮންތާކަށް ގެންގޮސްދޭންވީ ތިޔައީ ހާދަ ބައިވަރި ކަރުދާސް ތަކެއް” މިސްބާހު ކާރުގެ ކުރީ ދޮރު ހުޅުވަދެމުން ބުނެލިއެވެ.

“އާން މިއީ އެޖެންސީ ގެ ޕޭޕަރތަށް މިއެއްޗިހި ނުގެންދެވި މާލަސްވެސް ވެއްޖެ އެންމެ ފަހުން މިކަންތަކުގަ އުޅޭ ކުއްޖާ ކިޔާފި މި ޕޭޕަރ ބޮނޑި ހިފައިގެން އެގެޔަށް އަންނާށޯ އޭނާ ގޭގައިވެސް އޮފީސް މަސައްކަތްތަށް ކުރަމޯ” އަހަރެން ކާރުގަ ހަމަ ޖެހިލަމުން ބުނެލީމެވެ.

“އެހެންތަ ކޮން ގެއެކޯ” މިސްބާޙު ކާރު ދުވެލި ބާރު ކޮށްލަމުން އަހާލިއެވެ.

“އަބަރަނަ ގެ” އަހަރެން މިހެން ބުނިކަމެއް ނޭނގި ކާރުގެ ބުރޭކް މިސްބާހް ޖެއްސިއެވެ. އަހަރެން ފަރާތަކަށް ނުވެއްޓުނީ ކިރިޔާއެވެ.

“ކިހިނެއްތިހެދީ” ހައިރާންވެފަ އަހަރެން އަހާލީމެވެ.

“ކީ..ކޭ މަށެއް ނުދާނަން ތިގެޔަކަށް ރާނީގޮވައިގެން”

“އެކީއްވެ؟”

މިސްބާހުގެ މިވާހަކަޔަށް އަހަރެން ވަރަށް ހައިރާން ވިއެވެ. ރުޅިވެސް އައެވެ.

“އެއީ… އެއީ.. ރިޔާސް މެންގެ.. ގެ. ތިޔަ ދާން އުޅޭ  އޮފީސް އެއީ އެގޭ ތަނެއް ރާނީ ލަރިދައްކަންޖެހުނީ ރިޔާސް ގެ ވައިފް އަށް އެއީ ތިޔަ އެޖެންސީ ވިޔަފާރީގަ ބޮޑުމީހަކީ”

އަހަރެންނަށް ހީވީ ބިއްލޫރި ގެއެއް އަހަރެންގެ ކުރިމަތީ ފުނޑު ފުނޑު ވި ހެންނެވެ. މިކަން މަށަށް ކުރިން ނޭގުނީ ކީއްވެބާވައެވެ.

“މިސްބާހް ހަމަ ވަގުތުން އަހަރެން ގެޔަށް ގެންދޭ. މިޕޭޕަރުތަށް ވިސާމާ ލައްވާ ފޮނުވަފާނަން”

އަހަރެން ވަރަށް ބުރަކޮށް އަހަރެންގެ ސައިކަލްގަ ތަނަކަށް ދިޔަ ދުވަހެކެވެ. މޮބައިލް ފޯނު ރިންގު ވާން ފެށިއެވެ. އަހަރެން ސައިކަލް މަޑުކޮށްލާފަ ފޯނަށް ޖަވާބު ދިނީމެވެ ދަންނަ ނަމްބަރެއް ނުވަތަ ދަންނަ އަޑެއްވެސް ނުމެ ނޫނެވެ.

” ގުޅާށޭ ބުނެފަ އޮތީމަ މިގުޅީ.” އެމީހަކު ބުންޏެވެ. ފަރިތަ އަޑެއް ނޫނެވެ.

“ކާކު؟ ވެދާނެ ކުލާސް ގަޑި ހަމަޖައްސަން އޮފީސް ކުދިން ގުޅީކަމަށް އަހަރެން އޮފީހަށް ގޮސް ތިޔަ ނަމްބަރަށް ގުޅާލަފާނަން”

އިތުރު ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަހަރެން ފޯނު ކަނޑާލީމެވެ. އެއީ އަހަރެންގެ އާދައެވެ. ނުދަންނަ މިހުންނާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނުވެއެވެ.  އަހަރެންނަށް އޮފީހަށް ދެވުނީ އޭގެ ގާތްގަޑަކަށް 2 ގަޑިއެއް ހާއިރު ފަހުންނެވެ.

އޮފީހަށް ވަދެވުމާއެކު އަހަރެން ވިސާމާ އަތަށް ފޯނު ދިނީމެވެ. އަދި ފޯނެއް އައިވަހަކަ ބުނެ މިނަންބަރަށް ގުޅާން ބުނީމެވެ. ” މިހެން ބުނެފަ އަހަރެން އިތުރު މަސައްކަތަކާ ހަވާލުވީއެވެ.

“މީ ..ބައްލަވާ .މެޑަމް އާއި ވާހަކަ ދައްކާށޯ ބޭނުމީ އެމީހާ އެބަ ބުނޭ”

ވިސާމާ މިހެން ބުނުމުން އަހަރެން ފޯނު ހޯދާފަ ސަލާން ގޮވާލީމެވެ.

“އައްސަލާމް އަލއިކުމް”

“މީ … މީ ހަސަން’ ވަރަށް މަޑުމައިތިރި އަޑަކުން އެމީހާ ބުންޏެވެ.

“ހަސަން އޭ ކޮން ހަސަން އެއް..”

އަހަރެން ތަންކޮޅެއް ހަރުކަށި ކޮށް އަހާލީމެވެ.

“މީ ކުރެސްޓް ގޭ ހަސަން ރިޔާސް” އޭނާ މިހެން ބުނުމާއެކު އަހަރެން ގަނޑުވިކަހަލައެވެ. ނުބައި ވައްތަރަކަށް ފޯނު އަހަރެންގެ އަތުން ވެއްޓެން އުޅުނެވެ. ވިސާމާ ވެސް ހައިރާންވެފަ އަހަރެންނާ ދިމާލަށް ބަލަން އިނެވެ..

“ކިހިނެއްތަ ހާލު؟” ރިޔާސް ސުވާލު ކުރިއެވެ.

” އަހަރެން….. އަހަރެން…. ރަނގަޅު… ކީއްކުރަން އަހަރެންނަށް ތިގުޅީ؟”

އަހަރެންގެ އަޑު ތުރުރުތު އަޅަމުން ދިޔައެވެ. އަހަރެން އޮފީހުގެ ދޮރު ލައްޕާލީމެވެ. ބޭރުންދާ ވެހިކަލް ތަކުގެ އަޑުން ފޯނުން ވާހަކަ ދައްކަން އުނދަގޫވީމައެވެ. ވިސާމާ ވެސް ދިޔައީ އެވެ. އޮފީހުގަ އަހަރެން އެކަނި ވިއެވެ. އަހަރެން ބޭނުންްވީވެސް މިގޮތެވެ

“މިހާރު އެގިއްޖެދޯ މީ ކާކު ކަން މަށަށް ފޭސްބުކްް އިން މެސެޖް ފޮނުވާފަ ގުޅާށޭ ބުނީމަ މިގުޅީ”

‘މަ.ބުނީ…. ކޮންއިރަކު.”. އަހަރެންގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. އަހަރެން ވަގުތުން ފޭސް ބުކް ހުޅުވާލީމެވެ.

“ނެތްތަ  ފިޔާޒާ ހަސަން ރިޔާސް އަށް މެއިލް ކޮށްފަ؟”

ދޮގެއްޥާނޫނެވެ. މިއޮތީއެވެ. އެއީ ކޮންފަދަ ބޮޑު އޮޅުމެއް ހެއްޔެވެ.

“އަސްލު ވީގޮތަކީ އަހަރެންގެ ސީޑީ ވެސް ހަވާލު ކޮށްފަ އޮތީ ރިޔާސް އަކަށް އެކަމަކު ތިޔައީ އެރިޔާސް ކަމެއްނޭނގި މެސެޖް ކުރެވުނީ ސޮރީ މިއީ އެއްވައްތަރެއްގެ ނަން ދިވެހިންނަށް ކިޔާތީ ލިބޭ ލަނޑު”

އަހަރެންވީގޮތް ކިޔަދީފީމެވެ. އެކަމަކު ލަދު ގަތެވެ.

“އަހަރެންނަށް އެނގޭ މިއީ އިއްތިފާގެއްކަން. ފިޔާޒާ ސީދާ އަހަރެންނަށް މެސެޖް ނުކުރާނެ ކަން ވެސް އެނގޭ އެއްނަމެއްކިޔާ މީހުން ފޭސްބުކްގަ ބައިވަރު އުޅޭނެދޯ ނަސީބެއްނު މަށަށް ރިޔާސް ކިޔާކަން”

ރިޔާސް ފެށީ އެހެން ވަހަކައެކެވެ.

“އަހަރެންގެ އަންހެނުން ވަރަށް ގިނައިން ފިޔާޒާގެ ވާހަކަ ދައްކާ. ތީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. ވަރަށް ހިތްވަރުގަދަ މޮޅު ކުއްޖެއް. އަހަރެން ވަރަށް ފަޙުރުވެރިވޭ ފިޔާޒާ އާއި މެދު  ބުނަންތަ އަހަރެމެންގެ ދެމީހުންގެ ދޭތެރޭ  ވެދިޔަ ކަންތަކަށް އަހަރެންނަށް މާފް ކޮށްދީ. ފިޔާޒާ. އަހަރެން މިހާރު ލަދުވެސް ގަނޭ މިހެން ބުނަން އެކަމަކު އަސްލު އަހަރެން ވަރަށް ހޯދިން މާފަށް އެދެން ވެގެން އެކަމަކު ދިމާވާން ނެއްބަޔަކު ނުވާނެ ދޯ. އަހަރެންގެ ތަގުދީރުގަ ފިޔާޒާ ނެތީ ކަންނޭނގެ، އަބަދު އަހަރެން ބަލާއިރު ފިޔާޒާ ހުންނަނީ ކޮންމެވެސް ބޭރު ޤައުމެއްގަ. ކިޔަވަން އެތަނަކަށް އަހަރެން ދާއިރަށް ޙަބަރު ލިބެނީ ފިޔާޒާ އެހެންތަނަކަށް ބަދަލު ވާޙަބަރު އެހެންވެ ގޮތް ހުސްވެގެން އަޅާނުލީ  ފިޔާޒާ އަހަރެންނަށް މާފް ކުރޭ ﷲ އަށްޓަކާ އަހަރެން މީ ގާތް އެކުވެރިއެއް ކަމަށް ބަލާ..”

އޭނާގެ އަޑު އަހަރެންނަށް މާދުރުން އިވޭހެން ހީވިއެވެ. އަހަރެންގެ ލޮލުން ހޯސްލާފަ ކަރުނަ އައިސް އައިސް ހުއްޓެވެ. ހުރިހާ ބާރެއްކުރަމުން ދިޔައީ ކާރި ހުރި ޕުރޭމިއަރ ޓިޝޫ ފޮއްޓަށެވެ. މަޑު ޓިޝޫތަކުން އަހަރެންގެ ލޯފޮހެލާފައި ބިމައް އަޅަމުން ދިޔައީމެވެ. މުޅި ބިންމަތި އޮތީ ހުދުކުލައަށް ބަދަލު ވެފައެވެ. އަހަރެންނަށް ވާހަކަވެސް ނުދެއްކުނެވެ.

“ފިޔާޒާ ދެން އަނގައިން ބުނެބަލަ އެންމެ ފަހަަރަކު ރިޔާޒް އަށް މަފުކޮށްލީ މޭ ބުނެބަލަ ޕުލީސް”

“. ރިޔާސް… މާފަށް ތިއެދުނީ 21 އަހަރު ފަހުން. މާފް ކޮށްފީން. އެކަމަކު އަހަރެން މީގެ ފަހުން ރިޔާސް ނުދަންނާނަން. އަހަރެމެންގެ މިގުޅުމުގެ ވާހަކަ އެއްވެސް މީހަކަށް އެނގެން އަހަރެން ބޭނުމެއް ނޫން. ފޭސްބުކްގައި އެއީ އޮޅުމެއް. މާފް ކޮށްފިން އެކަމަކު ދެން އަހަރެންނަށް ގުޅައިގެން ނުވާނެ މިއީ މިގުޅުމަށް އޮތް ހަމަ އެކަނި ހައްލު. އަހަރެން ބޭނުމެއްނޫން ރިޔާސްގެ އެއްވެސް ހަނދާނެއް އަހަރެން އަތުގަ ބާއްވަން އެހެންވެ އެ ފޮތްވެސް އަހަރެން ޕޯސްޓު ކުރިން ލިބުނު ކަމަށް ހީކުރަން”

މިހެން ބުނެފަ އަހަރެން ފޯނު ކަނޑާ ލީމެވެ. އަދި ފުންނޭވާއެއް ލީމެވެ. އަހަރެން ކާމިޔާބު ވީއެވެ. ﷲ ގެ އިރާދަ ފުޅުން އަހަރެންނަށް ކާމިޔާބު ލިބުނީއެވެ. މިހާރު އަހަރެންގެ ކައިވެންޏަށް އެދި ތިބި ރަނގަޅު އާއިލާތަށް ބައިވަރެވެ.

އެވަގުތު ރޭޑިއޯ އިން އަންނަމުން ދިޔަ ލަވަޔަކީ އަހަންނާ އެންމެ ގުޅޭލަވައެވެ.

“ހިތް މަގޭ އޭނާ ހަލާކު ކޮށްފިޔޭ އެކަމަކު އަހަރެން އެކަން ކުށްވެރިޔއެއް ނުކުރަމޭ

އޭނާ އަހަރެން ދެކެ ލޯބި ވުމާ ނުވުން އެއީ އޭނާ ހައްގެއް

ކުރިން އަހަރެންނަކަށް ލޯބި ނޭނގުނެވެ ލޯބި މިއީ ދެހިތްތެއްގެ ކުރެވޭ ވިޔަފާރިއެއް

ހިތުގެ ތެޅުން އެއްވެސް މީހަކަށް ގައިދެއް ނުކުރެވެނެއެވެ.

އެއީ މިނިވަން އެއްޗެކެވެ. ބޭނުން ތަނެއްގަ ތެޅެވިދާނެއެވެ.

އޭނާ އަހަރެން ދެކެ ލޯބި ވުމާ ނުވުން އެއީ އޭނާ ހައްގެއް

އަހަރެން ގެޔަށް ގޮސް މަންމަމެން ކާރީ ވެޑިން އަށް ރެޑީ ވާހަކަ ބުނީމެވެ. ކޮކާލެއް ހެން ގޭތެރޭގައި ނަށާލީމެވެ. މިއަދު އަހަރެންވަނީ ވަރަށް އުފާވެފައެވެ.

އަހަރެންގެ ކައިވެނި ކުލަގަދަ ގޮތަކަށް ބޭއްވުނެވެ. އަހަރެންގެ މަންމަ މެން ސެލެކުޓު ކުރި ކުއްޖަކާ އެވެ. އާއެކެވެ. ރިޔާސް ބުނިހެން މަސްވެރިޔަކާ ނޫނެވެ.އެކަމަކު ކިޔަވައިގެން ހުރި ޑޮކްޓަރަކާ އެވެ. ރަށުގެ މަޝްހޫރު ޑޮކްޓަރެކެވެ. ދެއާއިލާވެސް ވަރަށް ޤަބޫލެވެ. އަހަރެންގެ ކައިވެންޏަށް ރިޔާސްގެ ދެމަފިރިންނަށް ދަޢުވަތު ދިނީމެވެ. އެއީ އަހަރެންގެ ހަޔާތުގަ އެންމެ އުފާވެރި ދުވަހެވެ.

މިއީވެސް ފިލާވަޅެކެވެ. އަހަރެންގެ ހަޔާތުގެ ފުރިހަމަ ނުވީ ޅެންބައިތުގެ ފަހު ސޮފްހާއެވެ.

ނިމުނީ

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

މަންޝާ (ސަތުޔާޅީސްވަނަ ބައި)

Next

ނުހައްޤު ލޯބި (16 ވަނަ ބައި)

Next
September 20, 2016

ނުހައްޤު ލޯބި (16 ވަނަ ބައި)

Previews
September 19, 2016

މަންޝާ (ސަތުޔާޅީސްވަނަ ބައި)

20 Comments

  1. Lol says:
    September 19, 2016 at 11:16 pm

    V nice story

  2. Madhy says:
    September 19, 2016 at 11:19 pm

    Vaahaka v v v salhi ❤❤❤

  3. mee-s~♡ says:
    September 19, 2016 at 11:22 pm

    V reethi

  4. Fiyaaza says:
    September 19, 2016 at 11:31 pm

    Maverinnakee aee vaki dhera baeh noon. Masverinnaa.indhegen ves hama ufaluga ulhevidhaane.

    1. Azu says:
      September 19, 2016 at 11:43 pm

      Masverin neh nama aharumen thibeynee bandah….

  5. Me says:
    September 19, 2016 at 11:53 pm

    E ee riyas ge kada visnun. Rozy stryv nyce bt maa kuru.

  6. Nux says:
    September 20, 2016 at 12:00 am

    Wow v nice storyge ending roxy ge vaahaka tha v reethi new story eh avahah genessdhehchey ?????????

  7. Rozy says:
    September 20, 2016 at 12:03 am

    Asluves Azu thibuni hama ranglha masverin na ekuves vara reethi ko ulhevidane ehennoontha ekamaku e storyga boy emihun dera kofa dho othi..
    Thank you but all the comments

  8. soabi says:
    September 20, 2016 at 12:08 am

    Wow v salhi story eh mi gotah life in koahme meyhakah ves msg eh libeynama dho

  9. Khajja says:
    September 20, 2016 at 12:42 am

    Stry v v v nice n masverin haadha dhashekey ekolly ekam resourt life ga ulhey myhunnavvure fudhigen ufalaa araamuga eba ulheymasverin kiyavaigen digury aiymah chah laigen ulhey kudhinves mahah dhey riyaas ehury memory kahaalaafa kanneynge egadyga fiyaazaa nukiyavaanamey bunyma??

  10. Hayaa says:
    September 20, 2016 at 7:35 am

    Aslu fiyazaa…i mean raaniya meehakah e vee riyaazuge sababun….riyaaz e dhuvahu e gothah vaahaka nudhehki nama raaniyaa ah e hihvareh nulibunees…kiyevuneuge muhihmu kameh hithakah nugenevunees…story ga ekan faahaga kohlinama v reethi vees…
    story nice…?

  11. Kadheedha says:
    September 20, 2016 at 8:20 am

    Alhe haadha reehche. Varah furihama, hageegathugaves thihen vefa ebahuri inge rozy. Varah ibraytheri vaahakaeh.

  12. shuaa says:
    September 20, 2016 at 8:55 am

    story v reethi… adhivex mikahala ethuru story thakeh kiyan libeyne kamah uhmeedh kuran..

  13. ?Shue? says:
    September 20, 2016 at 10:18 am

    Story reethi.. Ekam ibaaraai kurun ehaaa kamaku nudhey.. And maa avas araiganegen liyefa hunnahenn heevanee… Heekuran mikanthah rangalhu kuraaane kamah.. Adhii dhenn liyaaa vaahaka miah vurehh reethi vaaane kamah… Best of luck ??

  14. Sabeeha says:
    September 20, 2016 at 11:57 am

    v salhi..?

  15. galhi says:
    September 20, 2016 at 2:43 pm

    Sabeeha kae knmehn vhk nukiyaa comment kuraane kmh neh.. Haadha hadi kn ulhey eyy dhww

    1. Sabeeha says:
      September 20, 2016 at 3:24 pm

      you vs thiulheny goiy vaki thaahiru tha?

  16. ?BêLlâ? says:
    September 20, 2016 at 2:50 pm

    Vrrh reethi❤❤..bt ma hykuryh riyaas r fiyaazaa r marry kureveyne kmh dhw cause it was her first luv nd first luv never daies….ekm vx story Vrrh reethi hama…????

    1. Rozy says:
      September 20, 2016 at 3:21 pm

      No one gets their first love its very few who gets their first love…thank you so much for the support

  17. T. Dad says:
    September 26, 2016 at 3:12 am

    Magey hita eba araa mivaahaka reethi kamun gossa roi genfaanamey,adi hita araa maves mivaahaka ya laa nama dhw???

Comments are closed.

All Right Reserved!