ނިކް ބުނި އެއްޗަކުން ލައިޝާ އަށް ފަހަތައް ޖެހިލެވުނެވެ. ދޭނެ ޖަވާބެއް ނޭންގިފައި އިރުކޮޅަކު ބަލަން ހުރީއެވެ. “އައި ހޭވް އޯލް ވޭސް ލަވްޑް އައުސް… އައި ކާންޓް ލަވް އެނީވަން އެލްސް… ސޮރީ ނިކް…” މިހެން ބުނުމަށްފަހު ލައިޝާ އެކޮޓަރިން ނިކުތުމަށްފަހު އޭނަގެ ކޮޓަރިޔަށް ދިޔައެވެ. ކޮޓަރިޔަށް ވަނުމަށްފަހު ލައިޝާ ވަރަށް ވިސްނިއެވެ. ނިކްގެ ބައެއް އަމަލުތައް ހަނދާންވެފައި އޭގެ މާނަ ވިސްނެމުން ދިޔައެވެ. މިހުރިހާ ދުވަހު ނިކް މާ ހެޔޮކަމަށް ހެދިގެން އުޅުނީ ލައިޝާގެ […]
އެވަގުތު ކާފަ ފާހާނާއިން ނުކުންނަ އަޑު އިވުމާއެކު މެހެކް އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. އާހިލް ވެސް މެހެކް އަތުން މަޑުމަޑުން ދޫ ކޮއްލިއެވެ. ” އަހާ ދަރިފުޅަށް ހޭލެވުނީތަ؟ މިހާރު ކިހިނެއް ދަރިފުޅާ؟” ކާފަ އާހިލްގެ ބޮލުގައި ފިރުމާލިއެވެ. ” އަލްޚަމްދްﷲ ރަނގަޅު. އަދި އަމުދުން މިހާރު މާ ބޮޑަށް ރަނގަޅު ކާފާ ” އާހިލް މެހެކް އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. “ކާފަ އަށް އެނގޭތަ އަހަރެން ގާތު މިހުރީ ކާކުކަން؟” އާހިލް އެހެން […]
އެވަގުތު އިމާއަށް ދެލޯމަރައިލެވުނެވެ. ލޯ މަރައިލުމާއި އެކު ކުރިމަތިން ޒޭން ސިފަވިއެވެ. ވަގުތުން އީމާ ނާހިލް އާ ދުރަށް ޖެހިލިއެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް ޒޭން އަށް ބޭވަފާތެރި ވެވުނީހެން އީމާ އަށް ހިވުނެވެ. ” އީމް ކިހިނެއްވީ؟…. ” އީމާގެ އަތުގައި ހިފައި ކައިރިއަށް ޖެހިލަމުން ނާހިލް އެހިއެވެ. އީމާ އަތް ފޮޅާލިއެވެ. އަދި ގޮސް އެނދުގައި އިށީނެެވެ. ” ކަމެއް ނުވޭ!..” ” އީމް މިހާރު ހާދަ ބަދަލުވެއްޖެއޭ!… ހީވަނީ މުޅިން އެހެން މީހެން […]
ކުއްލިއަކަށް ލައިޝާ ފެނުމުން ފަރީޝާ އަށް ކޮޅަށް ތެދުވެވުނެވެ. އައިޝާ ވެސް ލައިޝާގެ މަތިން ހަނދާންވީ ދެނެވެ. ފަރީޝާގެ ފަހަތުން އައިޝާ ވެސް ކޮޅަށް ތެދުވިއެވެ. “ލައި ކިހިނެއް މިތަނަށް…” ފަރީޝާ އަހައިލިއެވެ. “ވަރަށް ހައިރާން ވެއްޖެ ދޯ އޭނަ ފެނުނީމަ؟ އަހަރެން އަބަދުވެސް ބުނަމެއްނު ލައި އެއް މަރެއް ނުވެއޭ… އަހަރެންނަށް އިނގެޔޭ ލައި މަރުނުވާކަން… މިހާރު މި އިނގުނީ ހަގީގަތް… އަހަރެންގެ ހުރިހާ އުފަލެއް ގުޅިފަ ވަނީ ލައި އާ ކަން އިނގި ހުރެ […]
“ބައްޕަ އެހެން އެހެދީ ކީއްވެގެންކަން އަޅުގަނޑަށް ހަމަ ރަނގަޅަށް އިނގޭ.. އެއީ ރިއުމާންއާއި އަޅުގަނޑު ގުޅިދާނެތީ..” އައްޔާދްއަށް ބޭއިޚްތިޔާރުގައި އެނަން ހާމަ ކުރެވުމުން ދޫ ބަންދުވިއެވެ. އޭނާ އަދި ރިއުމާންގެ ވާހަކަ މަންމެން ގާތު ދައްކާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ރިއުމާންގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމްގެ ހަޤީޤަތް ހޯދާފައި ނޫނީ މާރިއާއަށް ރިއުމާން ތަޢާރަފް ނުކުރާން ނިންމީ އެހެންނޫނީ އާޒިމް އެކަން ހުއްޓުވަފާނެތީއެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީކީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އާޒިމް […]
ހެނދުނުގެ މާއިރާ ކަމުން ހޮސްޕިޓަލުގައި ގިނަ އިރު ހޭދަ ކުރާކަށް ނުޖެހުނެވެ. މީހުން ވެސް މަދުކަމާ އެކު ޑޮކުޓަރައް ދައްކައިލުމާ އެހެން ހުރިހާ ކަމެއް ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާ ލެވުނެވެ. އެހެން ކަމުން ހޮސްޕިޓަލުން ނުކުމެ ޑޮކުޓަރު ދީފަ އޮތް ބޭސް ސިޓީ ހިފައިގެން ގޮސް ކުރިމަތީ ހުރި ބޭސް ފިހާރަޔަށް ވަދެ ބޭސް ގަނެގެން ގެޔަށް ދިއުމަށް ޓަކައި ޖެހިގެން އޮތް ގޯޅި އަޅަން ވެގެން މަގު ހުރަސް ކޮށްލި ވަގުތު […]
އަނެއްކާ އެއީ ރިޒާމްގެ ސިފައިގައި ހުރި ސްޕައިއެއްބާއޭ އަހަރެންގެ ހިތަށް އެރިވަގުތު ބިރުވެރިކަމުގެ ބާންޏެއް ހިތުތެރޭގައި ދުވެލިއެވެ. އެއީ ރިޒާމް ދުވަހަކުވެސް އުޅުނުގޮތެއް ނޫންވިއްޔާއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ދެއަތް މައްޗަށް ހިއްލާލެވުނެވެ. ރިޒާމް އެ ބަޑީގެ ޓްރިގަރއަށް ފިތާލިވަގުތު އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އިރުކޮޅެއް ވަންދެއް އެހެން ހުރިއިރުވެސް އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވުމުން އަހަރެން ލޯ ހުޅުވާލީމެވެ. އެއާއެކު ރިޒާމްއާއި އަރޫން ބަނޑުގައި އަތްް އަޅައިގެން އޮވެ އަހަންނަށް އަޑުނީވޭނެހެން ހޭ ތަން ފެނުނެވެ. […]
“އަހަންނެއްނޫން މީގެ ދެ އަހަރު ކުރިން އައިމަނާއި އެކުވެރިވީ. އަދި މިހާރުވެސް އައިމަނަށް އެ ސަމާލުކަން ދެނީ އަހަރެންގެ މިހާރުގެ ނަފްސެއް ނޫން. އަހަރެން ހަމަ ހޭގައި ހުރެގެން ދުވަހަކުވެސް އަހަންނާއި އައިމަންގެ ދެމެދުގައި އޮތް ގުޅުމަކީ ރީތި ގުޅުމެއްކަމުގައި ނުދެކޭނަން. ވެދާނެ އެއްދުވަސްވަރެއްގައި އައިމަނަކީ އަހަރެންގެ އެކުވެރިކަން ފިލުވައިދިން ބައިވެރިއަކަށްވީތީ އަހަންނަށް އައިމަން މަތިން ހަނދާން ނައްތާނުލެވެނީ ކަމަށްވެސް. ވެދާނެ އަހަންނަށް އައިމަނަށްޓަކައި ދުނިޔެއާއި އާޚިރަތުގައިވާހާ ހެވެއް އެދެވެނީ އެހެންވެ ކަމަށްވެސް. އެކަމަކު އައިމަން، އަހަރެން […]
ދެ ފަޔަށް ލެވުނުހާ ބާރެއް ލަމުން އަހަރެން ދުވަމުން ދިޔައީމެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބާ އަހަރެންގެ ގަތާފައިވާ،ކަޅުކަންގަދަ، ފަން އިސްތަށިގަނޑު ފަހަތަށް ވިހުރެމުން ދިޔައެވެ. ވައި ކަފާފައި ދުވަމުން ދިޔައިރު މަގުމަތީގައި ތިބި ގިނަ މީހުންގެ ނަޒަރު އަހަންނަށް އަމާޒުވެފައިވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެެއް ނުލަމެވެ. “ކޮއްކޯ! މިޔަދުވެސް ގަޑި ޖެހުނީތަ؟” ފާރުބުރިއެއްގެ މަތީގައި އިން މުސްކުޅި މާމައެއް އަހަންނާ ދިމާއަށް ގޮވާލިއެވެ. އަހަރެން އާއެކޭ ގޮވާލަމުން ކުރިއަށް ދިޔައީމެވެ. ސްކޫލާ ކައިރިވުމުން އަަހަރެން […]