އިންތިހާޔަށް (20ވަނަ ބައި)
ކުއްލިއަކަށް ލައިޝާ ފެނުމުން ފަރީޝާ އަށް ކޮޅަށް ތެދުވެވުނެވެ. އައިޝާ ވެސް ލައިޝާގެ މަތިން ހަނދާންވީ ދެނެވެ. ފަރީޝާގެ ފަހަތުން އައިޝާ ވެސް ކޮޅަށް ތެދުވިއެވެ.
“ލައި ކިހިނެއް މިތަނަށް…” ފަރީޝާ އަހައިލިއެވެ.
“ވަރަށް ހައިރާން ވެއްޖެ ދޯ އޭނަ ފެނުނީމަ؟ އަހަރެން އަބަދުވެސް ބުނަމެއްނު ލައި އެއް މަރެއް ނުވެއޭ… އަހަރެންނަށް އިނގެޔޭ ލައި މަރުނުވާކަން… މިހާރު މި އިނގުނީ ހަގީގަތް… އަހަރެންގެ ހުރިހާ އުފަލެއް ގުޅިފަ ވަނީ ލައި އާ ކަން އިނގި ހުރެ ކަލެޔަށް އެހެން ހަދަން ކެރުންކަން… އަދި އެވެސް އަންހެން ކުދިން ގަޔަށް އަރާ މީހަކަށްޓަކައި… އެންމެ ގާތް އެކުވެރިޔާ ހަވާލު ކުރި އަމާނާތައް ޚިޔާނާތްތެރިވި މީހަކަށް ކޮން މާފެއް؟ އެވަރުގެ މީހަކަށް އަހަރެން މަންމަ ކިޔަންވެސް ލަދު ގަނޭ…. ތީ ހާދަ ނުބައި މީހެކޭ… އެހެންވެ ކާފަވެސް ވާހަކަ ނުދައްކަނީ…” އައިޝާގެ ރުޅިގަނޑު ހައްތަހާ ގަދަވަމުން ދިޔައެވެ.
“ނަސީބެއް ލައި ރާއްޖެ އައި ކަން… އެހެން ނޫންނަމަ ލައި އަކަށް ވެސް ހަގީގަތެއް ނޭންގުނިސް… ލައި އަށާ އަހަރެންނަށް ހުރިހާ ދެރަޔަކާ ހިތާމަޔެއް ދިނީ މީނަ… އަހަރެންގެ މުޅި ދިރިއުޅުން އަނދިރި ކުރީ މީނަ… ދުރަށްދޭ އަހަރެންގެ ލޯ ކުރިމަތިން… ނިކުމޭ އަހަރެންގެ ގެއިން… މިތާކު ކަލެޔަކަށް އެއްވެސް ޖާގައެއް ނެތް… އަހަރެންގެ ހަޔާތަކުންވެސް އެއްވެސް ޖާގައެއް ނެތް…” އައިޝާ ހަޅޭތް ލަވަމުން ދިޔައެވެ.
މަޑުމަޑުން ހިނގާލައިފައި ފަރީޝާ ގޮސް ލައިޝާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ފަރީޝާގެ ކަރުނުން ފުރިފައިވި ލޮލުން ލައިޝާ އަށް ބަލައިލިއެވެ. އަދި ލައިޝާގެ އަތުގައި ހިފައިލިއެވެ. ވަގުތުން ލައިޝާ އަތް ފޮޅުވައިލުމަށްފަހު ފަހަތައް ޖެހިލިއެވެ.
“ލައި… ފަރީއްތަ އަށް މައާފް ކުރޭ… އެކަލާންގެ ދެނެވޮޑިގެންވާނެ ފަރީއްތަ ލައިއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އަބަދަދުވެސް ދެރަވާކަން… އިޝީ މުޅިން އެކަނިވީ ފަރީއްތަގެ ސަބަބުންކަން އަބަދުވެސް ހިތައް އަރާ.. ދެރަވެ ހިތާމަ ނުކުރާ އެންމެ ރެޔެއްވެސް ނުދާނެ… އިޝީގެ އެކަނިވެރިކަން އިހުސާސްވާ ކޮންމެ ފަހަރަކު އަމިއްލަ ނަފުސު ކުއްވެރި ކުރެވޭ…. ފަރީއްތަ ފަހުން ވަރަށް އުޅުނިން އެމީހުން ހޯދައިގެން ލައި ގެންނަން… އެކަމަކު އެމީހުން އެއީ ކޮން ގައުމެއްގެ ކޮން ބަޔެއް ކަމެއްވެސް ނޭންގުން…. ފަރީއްތައަށް މައާފް ކުރޭ ލައި…” ލައިޝާގެ ފައިބުޑަށް ވެއްޓިގަންނަމުން ފަރީޝާ ރޮއިގަތެވެ.
މަންޒަރު ބަލާން ހުރެފައި އައިޝާ އެމީހުންގެ ކައިރިޔަށް ޖެހިލިއެވެ. އަދި ލައިޝާގެ އަތުގައި ހިފައިގެން އެތެރެޔަށް ދާން ހިނގައިގަތެވެ.
“އާދޭ އައުސް…” ކުޑަކޮށް މަޑު ޖެހިލުމަށްފަހު އަައިޝާ ގޮވައިލިއެވެ. އައުސް ހަމަ ގޭތެރެޔަށް ވަނުމާއި އެކީ އައިޝާ ގޭގެ ދޮރު ޖަހައި ތަޅުލިއެވެ.
ލެއްޕުނު ދޮރާއި ދިމާއަށް ކަރުނުން ފުރިފައިވި ލޮލުން ފަރީޝާ ބަލައިލިއެވެ. ކުރެވުނީ ކިހާ ބައިވަރު ކުށްކަމެއް އަދިވެސް ނޭންގެއެވެ. ދެންމެ ހިނގައި ދިޔަ ކަންތައްތައް އަދިވެސް ގަބޫލު ނުކުރެވެއެވެ. އިޝީ ހަމަ ހަގީގަތުގައިވެސް ފަރީޝާ ނެރެ އެއްލައިލީ ހެއްޔެވެ؟ އެވަރު އަދި ކުޑައެވެ. ދަރިފުޅުގެ ހުރިހާ އުފަލަކުން މަހުރޫމު ވީ ވެސް ހަމަ އަމިއްލަ އިހުމާލުންނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދާނީ ކޮންތާކަށް ހެއްޔެވެ؟ އައިޝާ ދެން ދުވަަހަކުވެސް ފަރީޝާގެ މޫނު ދެކޭކަށް ބޭނުމެއް ނުވާނެއެެވެ.
ލައިޝާ، އައިޝާ އަދި އައުސް ހަމަހިމޭންކަންމަތީ ސޯފާގައި އިށީންދެލައިގެން ތިއްބެވެ. ދެންމެ ހިނގާ ދިޔަ ހުރިހާ ކަމަކާ އެންމެންވެސް ފިކުރު ކުރަމުން ދިޔައެވެ. އެންމެންވެސް ތިބީ އެކަކު އަނެކަކާ ވާހަކަ ދައްކަން އިންތިހާޔަށް ބޭނުންވެފައެވެ. ނަމަވެސް ފަށާނީ ކޮންހިސާބަކުން ހެއްޔެވެ؟ އެންމެންގެ އަނގައިގައި ވެސް ވަނީ ތަޅު އެޅުވިފައެވެ.
މިހެން ތިއްބައި އެންމެން ސިހުނީ ލައިޝާގެ ފޯނު ރިންގު ވާން ފެށުމުންނެވެ.
“ޔާ… ވިލް ގޯ ސޫން… ވެއިޓް ފޯ މީ…” ފޯނުގައި ހުރެގެން ލައިޝާ ބުނެލިއެވެ. އަދި ފޯނު ބޭއްވިއެވެ.
“ލައި ކައިރީ އެހުރީ ކާކުތަ؟ އެއީތަ ލައި ގެންދިޔަ މީހަކީ؟ އޭނަ ލައި އަށް ކަމެއް ކުރިތަ؟” އެއް ނޭވައިން އައުސް އަހައިލިއެވެ. ލައިޝާ މަޑުމަޑުން އައުސް ކައިރިޔަށް ޖެހިލިއެވެ. އަދި އައުސްގެ އަތުގައި ހިފައިލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
“ހަމަހޭވެރިކަން ވީ އިރު މުޅި ތަން ވަރަށް އަނދިރި… ކުޑަކޮށް ބިރުވެސް ގަތް… ތެދުވެގެން ހިނގައި ގަންނަމުން އިޝީ އަށާ ފަރީއްތައަށް ވަރަށް ގޮވިން… އެކަމަކު އަޑެއް ބަޑެއް ނީވުން… ކޮޓަރިން ނިކުތް އިރު ހުރެވުނީ ގުދަނެއް ކަހަލަ ތަނަކު… ބައިވަރު ފޮށިގަނޑުތަކާ ލަކުޑިޔާ އޭތި މީތި އެތާ ތެރޭ އޮތް ފުނިޖެހިފަ… ބިރުން ބޭރަށް ނިކުންނަން ހިނގައި ގަތް ވަގުތު މީހަކު އަތުގައި ހިފި.. ލައި ބަލައިލި އިރު ދެބައި އުމުރުގެ ފިރިހިނަކު ހުރީ… ލައި އަށް ސިފަވީ ރިޔާޒް… އޭނަ ކުރާ ކަންތައްތައް… ބިރުން ހުރެ އޭނަގެ އަތް ފޮޅުވާލާފަ ބޭރަށް ދުއްވައިގަތީ… މަގުމައްޗައް ނިކުމެ މޫނު ހުރި ދިމާއަށް ދުވަމުން ދިޔައީ… އޭނަ ފަހަތުން ގެއްލުމުން ހަމަ ޖެހިލާފަ މުޅި މާހައުލަށް ބަލައިލިއިރު މިހުރެވުނީ މުޅިން އެހެން ތަނަކު.. ފެންނަ މީހުންވެސް މުޅިން ތަފާތު… ވަރަށް ބިރު ގަތް… އެރޭ ނިދީ މަގުމަތީގަ… އަނެއްދުވަހު ހެނދުނު ހޭލެވިގެން ބަނޑުހައިވެގެން މުޅި ތަނުގަ ހިނގަނިކޮށް ދުރުން އައި ކާރެއްގަ ޖެހިފަ ވެއްޓުނީ… ދެން ހޭލެވުންއިރު އޮތީ އަރާމު ބޮޑު އެނދަކު… ޝާހީ ބޮޑު ކޮޓަރިއަކު… ކައިރީގަ އަންހެނަކާއި ފިރިހިނެއް އިން… ލައި ހޭ އެރުމުން ކާކުތޯ ސުވާލުކުރަން ފެށި… ލައި އަށް ވީ ގޮތް ވަގުތުން އެމީހުންނަށް ކިޔައިދިނީން… މީ ކޮން ތަނެއްތޯ އެހުމުން އެމީހުން ބުނީ މީ އޮސްޓްރޭލިއާ އޯ… ލައި އޮސްޓްރޭލިއާ އަށް ދާން ވީ ކިހިނެއް؟ ރާއްޖެ ގުޅޭނެ ނަމްބަރެއް އެވަގުތު ނެތް ހަނދާނެއް… އެހެން ކަމުން އެމީހުން ކައިރިން އެދިގެން ފޭސްބުކް ބަލައިލީން… އެފްބީ އަށް ވަދެވުން އިރު ލައިގެ މުޅި ވޯލް ގަ އޮތީ ލައިގެ މަރުގެ ހަބަރު… ހުރިހާ ނޫހަކުވެސް އެވާހަކަ… ލައިޝާ ކަނޑަށް އެރިގެން މަރުވީއޯ… އެހާ ހިސާބުން ދިރިއުޅުމުގެ އުންމީދު ކެނޑުނީ… ހިތްވަރު އެލުނީ… އެމީހުން ކައިރީ ބުނިން ގޭގެ މަސައްކަތު މީހެއްގެ ގޮތުގަ ވިޔަސް ބަހައްޓަދޭށޭ… އެކަމަކު ނިކް އާ އޭނަގެ މަންމަ މޭރީ ލައިއަށް ވަރަށް ރަގަޅު… ހުރިހާ ކަމެއް ކޮށްދޭ… ލައި ބޭނުން ނަމަ މިކޮޅަށް އާދެވުނީސް… އެކަމަކު އެންމެން ލައި ދިރިހުއްޓަ މަރާލީމަ ހިތައް އެރީ އެމީހުންނަށް މަރުވެގެން އުޅޭނީއޭ… އެކަމަކު އަބަދުވެސް އިޝީ، އައުސް އަދި ފަރީއްތަ މަތިން ވަރަށް ހަނދާންވޭ… މިކޮޅަށް މިއައީ އައުސް ދެކިލާހިތުން ކެތް ނުވެގެން… ހަމަ ކުއްލިއަކަށް ހިތައް އެރީ އައުސް ވަރަށް އެބަ ލައި މަތިން ހަނދާން ކުރެއޭ… ކުއްލިއަކަށް އެމީހުންނަށް ލައި ފެނުނީމަ ވަރަށް އުފާވާނެއޭ… އެހެންވެ މިއައީ……” ލައިޝާ އާއި ކުރިމަތިވި ކަންތައްތައް ކިޔައިދިނެވެ.
“އައި ނަމަ… ލައި އަކަށް ނޭންގޭނެ ލައި މަތިން މިސް ވި ވަރެއްވެސް… ލައިގެ ފޮޓޯ އަކަށް ނުބަލަ ނުވެސް ނިދޭ… ލައި ނޫނީ މި ހަޔާތަކަށް އިތުރު ކުއްޖެއް ނާދޭ… ނުވެސް އަންނާނެ…” އައުސް ލައިޝާގެ އަތުގައި ހިފައިލުމަށްފަހު އަތައް ބޮސްދިނެވެ. އެމަންޒަރު ބަލަން އިނދެފައި އައިޝާ ތެދުވެގެން ދިޔައެވެ.
“އައި މިސްޑް ޔޫ ސޯ މަޗް…” އޭރު އައުސްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލައިޝާ ކުޑަކޮށް ހީލިއެވެ.
“ކީއްވެ ކުޑަ ކުއްޖެއްހެން ތި ރޮނީ؟” އައުސްގެ ބޮލުގައި ޖަހައިލަމުން ލައިޝާ ބުނެލިއެވެ. ލައިޝާ އެހެން ބުނުމުން އައުސް އަށް ކުޑަކޮށް ހެވުނެވެ.
“ދެން އަސްލަށޭ… މީ މަޖަލެއް ނޫނޭ!” ނޭފަތް ދަމައިލަމުން އައުސް ބުނެލިއެވެ.
“މިހާރު ހާދަ ތަފާތޭ… ކުރީގަ އެއްވެސް ކަމަކު ސީރިއަސް އެއް ނުވާނެ…” ލައިޝާ ބުނެލިއެވެ. އައުސް ލައިޝާގެ އުނަގަނޑުގައި ދެއަތުން ވަށައިލިއެވެ. އަދި ކައިރިޔަށް ލަފައިލިއެވެ.
“ލައި ދިޔަ ފަހުން އައި ވޯޒް ނޯ މޯ… އައި ވޯޒް ލޮސްޓް…” ލައިޝާގެ ނޭފަތުގައި އައުސްގެ ނޭފަތް ޖައްސައިލިއެވެ. ލަދުން ލައިޝާ އިސްޖަހައިލިއެވެ.
“އައިމް ސޮރީ…” ވައި އަޑުން ލައިޝާ ބުނެލިއެވެ. އޭރު ލައިޝާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
“އޯ ޑޯންޓް ކްރައި ބޭބީ…” ލައިޝާގެ ކަރުނަތައް ފުހެދެމުން އައުސް ބުނެލިއެވެ.
މުޅި ކޮޓަރި ވަނީ ކަނު އަނދިރި ކަމުން ފުރިފައެވެ. ދިއްލިފައިވަނީ އައިޝާގެ ލޮލުގެ ނޫރު އެކަންޏެވެ. އެނދުމަތީގައި ދެފައި ވަށްކޮށްގެން ހިޔާލަކަށް ގެއްލިފައި އައިޝާ އިނެވެ. އޭރު މުޅި އިސްތަށިގަނޑުވަނީ އެގޮތް މިގޮތައް ހޭވިފައެވެ. މުޅި މޫނުމަތި ވަނީ ރަތްވެފައެވެ. މޫނުމަތި ދަޅައަޅަމުން ދިޔައީ ވިދަ ވިދައި ހުރި ކަރުނައިންނެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އެތައް ކަމެއް ބޯ މަތީ އެނބުރެމުން ދިޔައެވެ. މިހެން އިރުކޮޅަކު އިނުމަށްފަހު ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ކޮޓަރި ތެރޭ ދެކޮޅުން ދެކޮޅަށް ހިނގަން ފެށިއެވެ. އެތައް އިރަކު ހިނގުމަށްފަހު ކުއްލިއަކަށް ތަޅަންގަނޑު މައްޗައް ވެއްޓިގަތެވެ. އިސްޖަހައިގެން ކުޑައިރުކޮޅަކު އިނުމަށްފަހު އަޑުން އަޑުނަގައި ރޯން ފެށިއެވެ. ހިތުގައި މިހުރިހާ އިރަކު އަނދަމުން ދިޔަ އަލިފާންގަނޑު ކަރުނަައިގެ ޒަރިއްޔާއިން ބޭރުކުރަމުން ދިޔައެވެ. އައިޝާގެ މުޅި ނަފުސު އަނދަމުން ދިޔައީ މަންމަގެ އަމަލުތަކުންނެވެ. އެއީ އެއްވެސް ދަރިޔަކަށް ކެތް ވާނެ ކަންތައްތަކެއް ނޫނެވެ. މީހެއްގެ ލޮލުން ކަރުނަ ހުސްވާނެ ނަމަ މިރޭ އައިޝާގެ ލޮލުން ކަރުނަ ހުސްވާނެއެވެ. އައިޝާ ވަނީ އެހާ ބޮޑަށް ހިތުގައި ޖެހިފައެވެ. ލައިޝާ ވަކިވުމުންވެސް މިވަރެއް ނުވެއެވެ. ތިމާ ލޯބިވާ މީހެއްގެ ފަރާތުން އަނިޔާއެއް ލިބުމުން އިންތިހާޔަށް ކޮންމެ މީހަކުވެސް ދެރަވާނެކަން ޔަގީނެވެ.
ހޭލެވުނު އިރު މުޅި ތަން ވަނީ އަލިވެފައެވެ. މަޑުމަޑުން ތެދުވެވޭތޯ ބެލި އިރު މި އޮވެވުނީ ތަޅަންމަތީގައެވެ. ތެދުވެ އެނދުގައި އިށީނުމަށްފަހު އައިޝާ ބޮލުގައި ދެއަތުން ހިފައިލިއެވެ. އަދި ފޯނު ހޯދައިލުމަށްފަހު ގަޑި ބަލައިލިއެވެ. އޭރު ގަޑިން 8 ޖަހަނީއެވެ. ގަޑި ފެނުމުން އަވަސް އަވަސް ކޮށްލާފައި ފެންވަރައިގެން، ތައްޔާރުވެލައިގެން، އޮފީހަށް ދާން ނިކުތް އިރު އައިޝާ ގެ ލޮލުގައި އަޅައިގަތީ ސޯފާ މަތީގައި ދިދާފައި އޮތް އައުސް އާއި ލައިޝާ އެވެ. އައިޝާ ވަރަށް ފުންކޮށް އެމީހުންނަށް ބަލައިލިއެވެ. އައުސް ސޯފާގައި ރީތިކޮށް އޮތް އިރު ލައިޝާ އޮތީ އައުސްގެ ގައިމަތީއެވެ. އައިޝާ މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ. އަދި ލައިޝާގެ މޫނަށް ބަލައިލިއެވެ. އަދި ހީލުމަށްފަހު ލައިޝާގެ ބޮލުގައި ފިރުމައިލިއެވެ.
މީހަކު އަތްލާހެން ހީވުމުން ނިދިފައި އޮތް ލައިޝާ ސިއްސައިގެން ތެދުވިއެވެ. ލައިޝާގެ އެއަމަލުން އައުސް އަށް ވެސް ހޭލެވުނެވެ.
“އޯ އަހަރެމެން ރޭގަ ނިދީ މިތާތަ؟” ދެލޯ ހުޅުވުމާއި އެކީ އައުސް ބުނެލިއެވެ. އައިޝާ ވަގުތުން ބޯ ޖަހައިލިއެވެ.
“އޮފީހަށް ނުދަނީތަ؟” ގަޑި ބަލައިލަމުން އައިޝާ އަހައިލިއެވެ. ވަގުތުން އައުސްގެ ދެލޯ ބޮޑުވިއެވެ.
“ވާއު އައުސް އޮފީހަށް ވެސް ދަންތަ؟ ފޮޓޯގްރަފީ ދޫކޮށްލީތަ؟” އައުސް ގެ ގައިގައި ބައްދައިލަމުން ލައިޝާ ބުނެލިއެވެ.
“ކޮންތާކު… ގޮނޑިޔެއްގަ އިނދެގެން ކޮފީ ބުއިން ނޫން ކަމެއް ނުކުރޭ…” އައުސްގެ މޫނަށް ބަލައިލަމުން އައިޝާ ބުނެލިއެވެ. އައިޝާ ވާހަކަ ދައްކަމުން ދިޔަ އިރު އެއްވެސް ކަހަލަ އަސަރެއް ނުފެނެއެވެ. ހީވާގޮތުން ރޭގައި ހިނގައި ދިޔަ ހުރިހާ ކަމެއް ހަނދާން ނައްތައިލީއެވެ. އެހެން ކަމުން އެކަމާ ބެހޭ ގޮތުން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
“ލައި ދޭ ފެންވަރައިގެން އޮފީހަށް ދާން އަންނަން… މީގެ ފަހުން ޔޫ ވިލް ވޯކް ވިތް މީ… މީ އިޝީ އެކަނި ކުރާން ޖެހޭ މަސައްކަތެއް ނޫން… ވަޓްސް މައިން އިޒް ޔޯސް…” އައިޝާ ބުނެލިއެވެ. ލައިޝާ ވަގުތުން ބޯޖަހައިލިއެވެ.
“އައިޝާ ހައު މީން… އޭނަ އިއްޔައޭ މިކޮޅަށް އައީ ވެސް… އެހާ އަވަހަށް އޮފީހުގެ މަސައްކަތް ހަވާލުކުރަން ތިއުޅެނީ…” އައުސް ބުނެލިއެެވެ.
“އިޓްސް އޯކޭ އައުސް… އެކޮޅުގަ ކަމެއް ނުކޮށް ހުންނަތާ ކިހާ ދުވަހެއް… އައި ހޭވް ޓު ބީ ވިތް އިޝީ!” އައިޝާގެ އަތުގައި ހިފައިލަމުން ލައިޝާ ބުނެލިއެވެ.
“އައިމް ސޯ ހެޕީ ލައި… އައި ވޮނަ ގިވް އަ ޕާޓީ!” ލައިޝާގެ ގައިގައި އޮޅުލައިގަންނަމުން އައިޝާ ބުނެލިއެވެ.
އައިޝާ އޮފީހަށް ދިއުމުން އައުސް އާއި ލައިޝާ ދިޔައީ ނިކް އުޅޭ އެޕާޓްމެންޓަށެވެެ. އެއީ ލައިޝާ ބުނުމުންނެވެ. ލައިޝާ އެގެޔަށް ލުމަށްފަހު އައުސް ދިޔައީ އޮފީހަށް ދާން ތައްޔާރުވާށެވެ.
ކުރިމަތީގައި ހުރި ކޮމްޕިއުޓަރު ސްކްރީނަށް ބަލަހައްޓައިގެން ޒީޝާ އިނީ ހިޔާލަކަށް ގެއްލިފައެވެ. ފުރަތަމަ ފަހަރަށް އައުސް ގެޔަށް ނިދާން ނައުމުން އެކަމާ ވިސްނެނީއެވެ. އައުސް އަކީ ދުވަހަކުވެސް ރޭގަނޑު ބޭރުގައި ހޭދަކުރާ މީހެއް ނޫނެވެ. މިއަދު ހެނދުނު ގޮވަން ދިއުމުން އާލިމް ބުނި އެއްޗަކުން ދުވަސް ނުފެށެނިސް ޚަރާބުވީއެވެ. މިހެން އިނުމަށްފަހު ކުއްލިއަކަށް ފޯނު ނެގުމަށްފަހު އާލިމް އަށް ގުޅައިލިއެވެ.
“އައުޓީ އައިސްފިތަ؟” އާލިމް ފޯނު ނެގުމުން ޒީޝާ ފުރަތަމަވެސް އަހައިލީ އެހެންނެވެ.
“އޮފީހަށް އައި އިރަކު ނާދެ… މިހާރުގެ ގޮތެއް ނޭންގެ.. މަންމަ އަށް ގުޅައިލަބަލަ…” އާލިމް ބުނެލިއެވެ. އާލިމް އެހެން ބުނުމުން ދެން ޒީޝާ ގުޅައިލީ އަމީރާއަށެވެ. އަމީރާ ބުނީ ދެންމެ ގެޔަށް އައިސް ފެންވަރަން ވަދެއްޖެ ކަމުގައެވެ. އެއްވެސް ސުވާލެއް ކުރުމުން އައުސްގެ ފަރާތުން ޖަވާބެއް ނުލިބުން ކަމަށްވެސް އަމީރާ ބުންޏެވެ.
ފޯނު ނެގުމަށްފަހު އައުސް އަށް ގުޅައިލަންވެސް ޒީޝާ ހިތައް އެރިއެވެ. ނަމަވެސް މިހާރު އައުސް ފެނުނަސް ފޮރުވައިގެން އުޅޭ ހުރިހާ އިހުސާސެއް ބޭރުވެދާނެއެެވެ. އެވަރުގެ ބޮޑު ކަމެއް އައުސް ފޮރުވުމުން އައުސް އާއި ދިމާއަށް އެވާހަކަ ބުނާނެ ގޮތެއްވެސް ޒީޝާ އަކަށް ނުވިސްނުނެވެ. ޒީޝާ ވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.
ކޮޓަރި ދޮރުގައި ޖަހާތާ މިނިޓެއް ފަހުން ނިކް އައިސް ދޮރު ހުޅުވިއެވެ. ނިކް ފެނުމުން ލައިޝާ ކުޑަކޮށް ސިހުނެވެ. އެއީ ދުވަހެއްގައިވެސް ލައިޝާއަށް ނިކް ފެނިފައިވާ ސިފަޔެއް ނޫނެވެ. ބޮލުގެ އިސްތަށިގަނޑު ހޭވިފައި ހުރި އިރު ދެލޯ ވަށައިގެން ވަނީ ރަތް ވެފައެވެ. ހީވާ ގޮތުން ރޭގައި ނުނިދާ ހުރުމުގެ ސަބަބުން ދެލޯ ވަނީ ދުޅަވެފައެވެ. ހަމަ އެކަނި ސޯޓެއް ލައިގެން ހުރި އިރު، މުޅި ހަށިގަނޑުގައި ވަރުބަލިކަމެއް ވާކަން ފާހަގަ ކުރެވުނެވެ. ލައިޝާ ފެނުމުން ލައިޝާ ވަންނަން ނިކް ތަން ދެއްކިއެވެ.
“ސޯ ޔޫ ގޮޓް ޔޯރ ލަވް؟” ކޮޓަރީގެ ދޮރު ޖަހައިލަމުން ނިކް ފުރަތަމަވެސް އަހައިލީ އެހެންނެވެ. ލައިޝާ ވަގުތުން ބޯ ޖަހައިލިއެވެ.
“ހެޕީ؟” ނިކް އަނެއްކާވެސް އަހައިލިއެވެ. ލައިޝާ އަނެއްކާވެސް ބޯ ޖަހައިލިއެވެ.
“ދުވަހަކު އުފާ ނުވާވަރަށް މިއަދު ލައި އުފާވެއްޖެ!” އިނގިރޭސި ބަހުން ލައިޝާ ބުނެލިއެވެ. އަދި އެނދުމަތީގައި އިށީނެވެ.
“ލައި އުފާވީމަ ނިމުނީދޯ؟ އެހެން މީހުން ކިތަންމެ ހިތާމަޔެއް ކުރިޔަސް ހެޔޮތަ؟” ލައިޝާ ގެ މޫނަށް ބަލައިލަމުން ނިކް ބުނެލި ޖުމްލައިން ލައިޝާ ކުޑަކޮށް ހައިރާންވިއެވެ.
“ކާކު ހިތާމަ ކުރަނީ؟” ނިކްގެ މޫނަށް ބަަލަން އިނދެ ލައިޝާ އަހައިލިއެވެ.
“ހަމަ ނޭންގެގެންތަ ތި އަހަނީ؟” ލައިޝާ އަށް ފުރަގަސް ދެމުން ނިކް އަހައިލިއެވެ. ލައިޝާ ކޮޅަށް ތެދުވުމަށްފަހު ނިކްގެ ފުރަގަހުގައި މަޑުކޮށްލިއެވެ.
“ނޭންގެ ތި ކިޔާ އެއްޗެއް… ބުނީމަ އިނގޭނީވެސް…” ލައިޝާ ބުނެލިއެވެ. ނިކް ފަހަތައް އެނބުރުމަށްފަހު ލައިޝާގެ ދެކޮނޑުގައި ހިފައިލިއެވެ.
“ލައިޝާ އައުސް އާ އެކީގަ ދިޔައީމަ އަހަރެންނަށް ވީ ގޮތް މިބުނީ… ލައިޝާ ލޯބިވާ މީހަކާ އެކީ އުފަލުގަ އުޅޭތަން ދެކެން އަބަދުވެސް ބޭނުންވޭ… އެކަމަކު އެދުވަސް ފެނުނީމަ އަހަރެން މުޅިން ބަލިކަށި ވެއްޖެ…” ނިކްގެ ލޮލުން ކަރުނަ ހިލުނެވެ. ލައިޝާ ހުރީ ހަމަ އަޖައިބުވެފައެވެ.
“ކީކޭ ކިޔަން ތި އުޅެނީ؟” ނިކްގެ އަތް ލައިޝާގެ ކޮނޑުން ފޮޅުވައިލަމުން ލައިޝާ ބުނެލިއެވެ.
“އައި ލަވް ޔޫ ލައި…” (ނުނިމޭ)
43 Comments
Comments are closed.
I’m very sorry for the late post?
Enjoy- Inthihaayah- Ep20
Alhey nik lai dheke loabivanee tha? Pis pis…
I’m first dhw???
Alhey haadha reechey ifaa
Ekam mihaaru maa lahun up thikuranee. Konme dhuvahaku eba balan mi story up veythoa
ރީތި އެކަމަކު މިބައި ވަރަށް ކުރު
dho??? dhen faharakun dhigukolla dheythi. story varah nala.
Asluves dho saandy?
Story v salhi as usual❤❤
mivy eki goi gothun thineskan loaibakannu
aus dhke zeeshaa , laisha , and aisha
lai dheke nik and aus
zeeshaa dheke aalim
akam dhemeehun dhemeehun dheke loabivany aus and laishaaa
anyway story is wonderfull ………….kobaaath kopy ekey kiaa IFAAU ah halhey levi enmen ….??????? manmanu vee dhw
Twist ginaveema ehnu story reethivaanee dhoa?
Beautiful
Haadha reechey dhoa mi story
Story den ok. kuryge photo maa reethi. keevetha badhalu kury.
thedhe thibunee. kureege photo vara salhi. I ves hitha eri Ifaa keevebaaey photo change kohllee
Photo change kolleetha? Salhi ingey
Story vs v nice eka dhigu koh genesbala iphh??
Aslu aisha ekani kohlyma kada.. Lai vx aisha koba tho vx bala nula mulhi rey vx.. Eha besties viyya aisha kairy ga hunnan jeheyne lai.. She will be in so much pain… Dhen anekka nik vx ekani vynun.. Aisha ah Aus fenuny ma different feeling eh va kamah kurin dhekky kykuran emyhun unite nukurevenna.. Bt the story is really beautiful.. These are some things which bothers me… I like stories with happy endings for every positive characters .. That’s why maybe.. 🙂 I love your other story a lot with such a happy ending :-*
Aisha ah vs adhi kujjaku libeyne kamah mi balanee. Story mee aus and lai ge dhw aslu? Beaytiful ok?
Mee hama no.1 story eh!!???
Poster v habbu ingey?
Isse myge kurin comment kuraathane nufeney iffau ge story ahka. Comment thi kury Mee hama no.1 story n poster v habbu vaahaka bunnan tha? Cause ginna myhun kuryge poster reechey bunyma.
mi story ge aslu main characters aky laisha and aus tha?
Alhey miothee story. Haadha varakah inthizaaru kurevijje ey!!
Mi part vs beautiful❤❤
mivaahaka mihaar v habeys…hithah araa mivaahaka mee copy ekey kiyaa comments kuri kudhinthah mihaar kobaa baaey? huh!?
Dhw lilo… I agree with yuh..
I’m just saying my opinion ingey..
Plxx dnt feel bad..
And anyone plxxx dnt get angry..
This is not a negative comment…
Laisha ge vaahaka ahh vure bodah Aisha ge vaahaka dhw ohnany.. I mean first story feshunu iruvex Aisha ge vaahaka dhw main koh aissa othy.. And auss aa dheytherey different gothakah feel vi kanvex oiyh.. But laisha and auss vex gulhey dhw dhn…story varah salhi..
Luv it..??
I hate you nick… Loabivaa mihaage ufalaky eynage vess ufaa thy real love eh but nice
Photo hadeetha? Thikudhin beynumiyyaa change kollaanan next part ga ingey?
Fau akah hadiyeh noon. Hama reethi!!
2 foto ves reethi hama
Nuney ifaau vaany ehen writers photo hadhaa gotha photo hadhan kykuran amilla goi gen gulhen v. Ehen myhunge masseykai copy kohgen amilla ah ehgotha kantha kurun eh maa easy gothenu dho. Story feshy ves faadehge drama eh copy kohgennu. Ehves kahala originality eh nethyma abadhuves balaany ehen myhunge masseykai copy kureveytho v rythikoh anna badhal tha ehba fenney. Thikahal myhun kairy ahkurun fiyyah miyothy copy ey bunyas ehbahe nuvaane.
Story kiyaa hurihaa kudhinnah clear kolladhen beynun. Mi storyga Aisha aus hoadhaigen eynage company ah gennanee laishage loabi kamah vaatheeve. Story aku mention eh nukuram aisha aus ah ehvs feelings eh onna vaahaka eh. So basically aisha ah aus ehn anhen kudhinnaa ekeega fennaathee undhagoo vanee cause laisha dheke loabivefa ehn anhen kudhinnaa ekeega ulheytheeve. Ekamaku dhn fahun vaane gotheh neynge. Maybe aisha vs aus dheke loabivedhaane hama. And mi storyge main characters akee aisha, laisha which are best friends and aus.? If you guys still have doubts just comment below I will reply?
Story aa dheytherey kudhin hiy hama jeheythee v ufaavey. Hurihaa kiyuntherin dhekevs v loabivey❤❤
Yaa!! And mal akah hiyeh nuvey aisha meehaku dheke loabi vaane henneh ves. Aisha ge ulhun hunna gothun ehn mibunee… Aslu aisha aus dheke loabi vevijjiyyaa dhn v kada v.. Eiy dhn best frnd ge bitu dheke loabiveema aslu kada dhw? Please ehn nahadhachey ifaa?
Story in bunedhen beynunvaa eche readers ah understand nuvegen thiyothy comment ga explain koh dhyfa. Dhuvahaku ves writer eh mihen vaahaka nuliye. Vaahaka kiyaala nimey iru kiyaa myha ah vaahakaiga vaagoi understand vaane gotha molhethi writers vaahaka liyefa hunnany. Ehkam myhunna mivaru molhu vaahaka eh adhi mivaru molhu writer eh nei. Seriously is this a joke ?
Anonymous kaley dheybala farah!! Thiulhenee hajam nuvegen mihaary support libeythee??
kithah part innany
So beautiful story!
Hama mivareh neh. ?
Photo hadi v hadi…
Ekam vahaka hama habeyxxx
Ifaau i had a doubt.. Mi story maigandu liyefa innany kaaku ge mahchah? Aisha or Laisha? ehen mi ahaali mi story feshigen ai iru heevany Aisha hen mi story ge heroin aky but sometimes Laisha hen vex heevey.. Aisha ah ehves heroin feeling eh nuvey.. and one more thing mi story ge cover photo tells about Aish or Laisha?
Eyneenu bunefa story is about lai and ishy both ey!! And I think cover ga eynaa aus and lai hen.
Anonymous adhi ves haadha naatharahgiy yey!!
Immature brains like yours dont understand the uniqueness of an individual writter!!!
I recommend you to stop writing comments and start growing your brain☺☺
I havent started reading this story yet… I was just checking the comments to see whether people like this story or not… Comments thah kiyaaleema mashah get vejje vahaka ga vaagoiyh.. I mean lead thin meehun eba ulhey.. Aisha aka laisha n aus akaaa.. N its about besties smewhat fall for the guy… Right… I mean one has actual feelings while other person just get jealous n started having feelings unconsciously … Am i right… ???
nubai nubai nubai …
Baeh readers thankolheh gamaareeee hee hee halaaku
Why a preg lady in poster??? No one is preg in story. Ma heekury mi part nimey iru meehaku preg vaane kamah. ?
Varah salhi 🙂 Masha Allah!!