Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (14)

shafu
January 28, 2017
12 Mins Read
128 Views
21 Comments

އެވަގުތު ކާފަ ފާހާނާއިން ނުކުންނަ އަޑު އިވުމާއެކު މެހެކް އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. އާހިލް ވެސް މެހެކް އަތުން މަޑުމަޑުން ދޫ ކޮއްލިއެވެ.

” އަހާ ދަރިފުޅަށް ހޭލެވުނީތަ؟  މިހާރު ކިހިނެއް ދަރިފުޅާ؟” ކާފަ އާހިލްގެ ބޮލުގައި ފިރުމާލިއެވެ.

” އަލްޚަމްދްﷲ ރަނގަޅު. އަދި އަމުދުން މިހާރު މާ ބޮޑަށް ރަނގަޅު ކާފާ ” އާހިލް މެހެކް އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ކާފަ އަށް އެނގޭތަ އަހަރެން ގާތު މިހުރީ ކާކުކަން؟” އާހިލް އެހެން އަހާލުމުން މެހެކް ހުރީ އަޖާއިބުވެފައެވެ.

” އާ އެއީ ރޭގަ ދަރިފުޅު ބެލި ޑޮކްޓަރެއްނު. ދަރިފުޅާ މީ ހިތްހެޔޮ ރަނގަޅު ކުއްޖެއް”. ކާފަ ހިނިތުންވަމުން ބަލާލީ މެހެކް ގެ މޫނަށެވެ.

” އެހެންނުވާނީ ކާފާ، އެއީ ޑޮކްޓަރ މެހެކް ވިއްޔަ. ކާފާ އެއީ މެހެކް އޭ”. އާހިލް އެހެން ބުނުމާއެކު ކާފަ ހައިރާންވެ އަނގަމެޅުނެވެ. ބަސްހުއްޓިފައި އިރުކޮޅަކު އިނީއެވެ.

” ޔާ ރައްބީ”. ކާފަ އަށް ބުނެވުނީ އެހެން އެކަންޏެވެ.

” ދަރިފުޅު ރަނގަޅިއްޔާ ކާފަ މި ގޮސްލަނީ ބޭރަށް އިނގޭ. ދެކުދިން ވާހަކަ ދައްކާލާ” އެހެން ބުނުމަށް ފަހު ކާފަ އަވަސް އަވަހަށް ނުކުމެގެން ދިޔައިރު މެހެކް ހުރީ ހައިރާންވެ ވާނުވާ ނޭނގިފައެވެ.

މިވަނީ ކިހިނެއް ކަމެއް އޭނާ އަކަށް ނުވިސްނުނެވެ. ކާފަ އެހާ އުފާވީ ކީއްވެބާ އެވެ؟

ކާފަ ދިއުމާއެކު އާހިލް މެހެކް ގެ މޫނަށް ބަލާލިއެވެ. ” ޤަބޫލެއްވެސް ނުކުރެވޭ ތީ މެހެކް ކަމަކަށް. މީ އަނެއްކާ އަހަންނަށް ފެންނަ ހުވަފެނެއްބާ؟” އާހިލް މެހެކް އާއި ދިމާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަން އޮތެވެ.

އެހިނދު މެހެކް އެއްކޮށް ފިނިވިއެވެ. ލަދުން އިސްޖަހާލެވުނެވެ. ހީވަނީ މާޒީ ވެފައިވާ ދުވަސްތައް އެނބުރި އައިހެންނެވެ. އޭނާ އަށް ލޯމަރާލެވުނެވެ. ކުރިމަތީގައި މިހާރު އެއޮތީ  އެމީހަކަށް ޓަކައި އޭނާގެ ހިތް ޤުރުބާން ވަމުން ދިޔަ އިންސާނާއެވެ. އާހިލް އާއި އެކު އޭނާ ހޭދަކުރީ ކިހާ ލޯބި ދުވަސްތަކެއް ހެއްޔެވެ؟ ދުރުގައި ތިބި ނަމަވެސް އަބަދުވެސް ގާތުގައި ތިބެގެން ދެމީހުން ދިރިއުޅުމާއިމެދު ކިހާ އުންމީދެއް ކުރި ހެއްޔެވެ؟ އިޚްތިޔާރަކާނުލާ އޭނާގެ ހިތަށް ވެރިވެގެން ދިޔައީ އުފާވެރި އިޚްސާސެކެވެ.

އެވަގުތު އޭނާ އަށް އާހިލް އާއި ހަތަރުކަޅި ހަމަކޮއްލެވުނެވެ. އޭރުވެސްް އާހިލް ކަޅިޖަހައިނުލާ މެހެކް މޫނަށް ބަލަމުން ދިޔައެވެ.  އެ މަސްތީ ނަޒަރުން މެހެކްގެ ހިތް ކަފާ ކުދިކުދި ކުރާ ކަހަލައެވެ.

ކުރީގެ އުފާވެރި ދުވަސް ތަކުގެ ޚިޔާލުތަކުގެ ތެރެއިން ކުއްލިއަކަށް މެހެކްގެ ހަނދާނަށް އައީ އާހިލްގެ އަނބިމީހާ އާއި ކުރެވުނު ފޯން ކޯލެވެ. އާހިލް އޭނާއަށް ފޮނުވި ރަހުމުކުޑަ އިބާރާތްތަކުން ފުރިފައިވި މެސެޖެވެ. އެހިނދު މެހެކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.

” ކީއްވެ އަހަންނަށް އެވަރުގެ ބޮޑު އަނިޔާއެއް ދިނީ؟” އެތައް އަހަރެއް ވަންދެން ޖަވާބަކަށް ބޭނުންވެގެން އުޅުނު ސުވާލު އާހިލް އާއި ހަތަރުކަޅި ހަމަކޮއްލަމުން މެހެކް ކޮއްލިއެވެ. އޭރު އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައެވެ.

އެވަގުތު އާހިލް ވެސް ފެންކަޅިވިއެވެ.  އަދި ފުންނޭވާއެއް ދޫކޮއްލަމުން އޭނާ ދުރަށް ނަޒަރު ހިންގާލިއެވެ.

” މެހެކް… އަހަރެން ކައިވެންޏެއް ކުރިކަމަށް މެހެކް އަށް ލިބުނު ޚަބަރަކީ ވަރަށް ބޮޑު ދޮގެއް”.

އާހިލް ބުނެލި ޖުމްލައިން ހައިރާންވެގެން ގޮސް މެހެކް ގެ ދެ ލޯ ބޮޑުވިއެވެ. ސުބްހާނަﷲ އެވެ. އެއީ ހަމަ ތެދެއްބާއެވެ. ހިތާ ހިތުން އޭނާ އަށް ބުނެލެވުނެވެ.

” ދޮގު “. މެހެކް އަކަށް ޤަބޫލެއް ނުކުރެވުނެވެ. ” ދެން ކީއްވެ އާހިލްގެ ފޯނުން އަންހެން ކުއްޖަކު އަހަންނާ ވާހަކަދެއްކީ؟ ކީއްވެ އާހިލް ގެ ނަންބާރުން އަހަންނަށް މެސެޖް އައީ؟” މެހެކް އާހިލް އަށް ފުރަގަސް ދިނެވެ. ރޮވޭވަރުން އޭނާއަކަށް އަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ.

” މެހެކް ޕްލީޒް އަޑުއަހާބަލަ. ވީގޮތް އަހަރެން ވަރަށް ތަފްސީލްކޮށް މެހެކް އަށް ކިޔާދޭން ބޭނުން. އަހަންނަށް ދިމާވި ގޮތް ކިޔާދީ ނިމޭއިރު މެހެކް ގެ ހިތުގައިވާ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެކަން ޔަޤީން”. އާހިލް އަށް ރޮވުވެނެ. ދެން ކަރުނަ ފޮހެލަމުން އޭނާ ކިޔާދޭން ފެށިއެވެ.

* * * *

” އަހަރެންގެ މަންމަ އަހަންނަށް ބަނޑުބޮޑު އިރު އަހަރެންގެ ބައްޕަ ނިޔާވެއްޖެ. އަދި އަހަރެން ވިހާފައި އަހަރެއް ނުވަނީސް، ވިހެއުމުގެ ތެރޭގައި ދިމާވި ކަމެއްގެ ވޭނަށް ތަޚައްމަލް ނުކުރެވިގެން އަހަރެންގެ މަންމަ ވެސް މި ދުނިޔެ ދޫކުރި. އަހަންނަށް ފޮޓޮއަކުން ފިޔަވާ އެމީހުން ފެނުމުގެ ނަސީބެއް ނުލިބުނު”.

” ދެން އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ދިރިއުޅެނީ ކާފަ އާއި އެކު މާލޭގަ. މާމަ ވެސް ވަރަށް ކުރިން ނިޔާވެފައި ވާތީ ކާފަ އަކީ ވެސް އެކަނިވެރިއެއް”.

” ދުވަހަކުވެސް ކާފަ އަހަރެން ގޮވައިގެން ރަށަށް ދިޔަ ހަނދާނެއް ނުވޭ. އަހަރުމެން ދިރިއުޅޭ ކުޑަ އެއް ކޮޓަރީގެ އެޕާރޓްމެންޓަކީ ކާފަ ގެ ރަޙްމަތްތެރިއަކު ވަރަށް ހެޔޮ އަގެެއްގައި ދީފައި ހުންނަ ތަނެއް. ކާފަ މަސައްކަތް ކުރަނީ އެމީހާ ހިންގަމުންދާ އޮފީހުގައި. ކާފަ އަކީ އެ އޮފީހުގެ މަސައްކަތު މީހާ” .

” އަހަރެން ގެ މައިން ބަފައިން ނެތެއްކަމަކު ކާފަ އަހަރެން ބޮޑުކުރީ ވަރަށް ލޯބިން. ނަމަވެސް ބޮޑުވާ ވަރަކުން އަހަރެންގެ އާއިލާ ނެތް ކަމުގެ ހިތާމަވެރި އިޚްސާސް އަހަންނަށް ކުރެވެން ފެށި”.

” އަހަންނާ ކާފަގެ އިތުރުން އަހަރެމެން ގެ އާއިލާގައި ތިބެނީ ކޮންބައެއް ތޯ އަހަރެން އެއް ދުވަހު ކާފަ އާއި ސުވާލު ކުރިން. އެކަމަކު އެދުވަހު ކާފަ އެއްވެސް ޖަވާބެއް އަހަންނަކަށް ނުދިން”.

” އެއަށްފަހުން ދުވަސް ގަނޑެއް ކޮއްލާފައި އަނެއްކާވެސް އަހަރެން އެ ސުވާލު ތަކުރާރު ކުރިން”.

” އެދުވަހު ކާފަ ބުނީ އަހަރެންގެ މަންމަ ގެ އެއްބަނޑު އެއްބަފާ ދައްތަ އެއް ރަށުގައި ހުންނަކަމަށް. މިބުނީ ކާފަގެ ދަރިއެއް. އެކަމަކު އެއީ އެއްވެސް ރަނގަޅު މީހެއް ނޫން ކަމަށް ވެސް ކާފަ އެދުވަހު ބުނި”.

” ދެން އަހަރެން ކާފަ ގާތު ސުވާލު ކުރިން އަހަރެންގެ ބައްޕަ ފަރާތު މީހުން ކޮބައި ތޯ؟ ”

” އަހަރެން ގެ ސުވާލުން ކާފަ ވަރަށް ދެރަވެފައި އިނދެ ބުނީ އަހަރެން ބައްޕަ މަރުވިފަހުން ބައްޕަ އާއިލާގެ މީހުންގެ އެހީތެރިކަން ނުލިބޭކަމަށް.”

” އެދުވަހު އަހަރެން ވަރަށް ދެރަވި. އެއަށްފަހުން ކާފަ އާއި އެކަހަލަ އެއްވެސް ސުވާލެއް ނުކުރުމަށް އަހަރެން އަޒުމް ކަނޑައެޅިން.”

” އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން އުމުރުން ވިހި އަހަރު ވީ ފަހުން އަހަންނަށް މެހެކް ލިބުނު. އަހަރެންގެ ލޯބި އަހަންނަށް ކާމިޔާބު ވި. އެތައްދުވަހަކު ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވި. މެހެކް ގެ ލޯބި އަހަންނަށް ލިބެން ފެށުމުން އަހަރެންގެ ޚަޔާތުން ހުރިހާ ހިތާމަ އެއް ފިލާ ދިޔަފަދަ ކަހަލަ. އެއަށް ފަހުން އަހަންނަކީ ވަރަށް އުފާވެރިމީހެއް. ކާފައާ ވެސް މެހެކް ގެ ހުރިހާ ވާހަކައެއް އަހަރެން އައީ ހިއްސާކުރަމުން. ކާފައަށް ވެސް އިނގޭނެ އަހަރެން މެހެކް ދެކެ ލޯބިވާ ވަރު. އަހަންނަށް ލިބޭ ކޮންމެ އުފަލަކީ ކާފަގެ އުފަލެއްކަން އަހަންނަށް އެނގޭ”.

“މުއްސަނދި ނޫން ނަމަވެސް އަހަރުމެން އުޅެމުން އައީ ވަރަށް އުފަލުގަ”.

” މިހާރުވެސް އެކަންތައްތައް ދެންމެ ވީ ކަމެއްހެން އަހަރެންގެ ހަނދާނުގައި އެބަހުރި”. އާހިލް ބުނެލިއެވެ.

“އެހެންގޮސް އެއްރެއަކު އަހަންނާއި ކާފަ ކާން ތިއްބާ، ކުއްލިއަކަށް މީހަކު ދޮރުގައި ބާރުބާރަށް ޓަކި ޖަހާއަޑު އިވި ކާން އިނދެފައި ގޮސް ދޮރު ހުޅުވީ އަހަރެން”.

” އެވަގުތު ދޮރުމަތީގައި ތިބީ ނުވެސް ދަންނަ ބައެއް. ޅަވަރުގެ އަންހެނަކާއި ދާދި މެހެކް ވަރު އަންހެން ކުއްޖެއް”.

” ކޮން ކަމެއް ތޯ ބޭނުންވަނީ އަހަރެން އަހާލުމާއެކު ރުޅިވެރި ނަޒަރަކުން އެ އަންހެންމީހާ އަހަންނާއި ދިމާއަށް ބަލާލުމަށް ފަހު ގޭތެރެއަށް ވަދެގަތީ. ފަހަތުން އެ އަންހެން ކުއްޖާވެސް ވަދެފި. އަހަންނަށް ހައިރާން ވެފައި ހުރެވުނީ”.

” އެމީހުން ފެނުމާއެކު ކާފަ ހުއްޓުން އެރި. ދެ ލޯ ބޮޑުކޮއްގެން އެމީހުންނާ ދިމާއަށް ބަލަން އިން އިރު ކާފަ ގެ މޫނު މަތިން ވެސް ފެންނަނީ ހިތް ހަމަނުޖެހުން”.

” ބައްޕާ. ޝިމްނީއަށް ކިޔެވެން އޮތް އެންމެ މައްޗަކަށް ރަށުން ކިޔަވައިގެން އެއައީ. ދެން ޝިމްނީ ބޭނުންވަނީ މާލޭގައި ހުރެގެން އިތުރު ކޯހެއް ހަދަން. އާހިލް އަށް މިތާގައި ހުރެވޭނަމަ ޝިމްނީ އަށް ހުރެވެން ޖެހޭނެ މިތާ” އެމީހާ ހަރުކަށި ކަމާއެކު ވާހަކަ ދައްކަމުން ދިޔައިރު އެއީ ކާފަގެ ދަރިކަން އަހަންނަށް ދެނެގަނެވުނު “.

” އަހަރެން މިގެ ހޯދައިގެން މި އައީ ވަރަށް މަސައްކަތުން. މި ނޫން ދެން ކޮންތާކަށް އަހަރެން ދާނީވެސް. ޝިމްނީ ގެ ބައްޕަ ހުރިހާ ޚަރަދެއް ކުރާނެ. އެހެން މީހުންނަށް ތިބެވެންޏާ އަހަރުމެނަށް ވެސް ތިބެވެން ޖެހޭނެ އެއްނު. ބައްޕަ އެއްޗެއް ބުނެބަލަ”.

” ކާފަގެ ބަހެއް ނުލިބުމުން އެއަންހެންމީހާ އެންމެ ފަހުން އިންތިހާ އަށް ރުޅިގަދަ ވި. ”

” އެހެން އިނދެފައި ކާފަ ތަންކޮޅެއް ބާރަށް ބުނީ ޝިމްނީއަށް ވެސް ހުރެވޭނެކަމަށް. އަމިއްލަ ދަރިފުޅު އައިސް ކުރިމައްޗަށް އަރާފަ އެހެންކިޔަން ފެށީމަ ކަންނޭނގެ ދެން”.

” ޝިމްނީ ދަރިފުޅާ، ތިވެސް ކާފަ ގެ ކުއްޖެއް. ހަމަ ހުންނަންވީ މިތާ އާހިލް ފަދައިން. ކާފަ ބުނި”.

” ދެން އަހަންނަށް ގޮވާލުމަށް ފަހު އެމީހުން ތަޢާރަފް ކޮއްދިން. ”

“އެއީ ކާފަ ގެ ދަރިފުޅު ޝަބާނާ ކަމާއި ދެން އެހުރީ ޝަބާނާގެ ދަރިފުޅު ޝިމްނީ ކަމަށްް ކާފަ ބުނި”.

” ކާފަ އެހެން ބުނުމާއެކު އަހަރެން އެމީހުންނަށް ހިނިތުންވެލިން. އެވަގުތުވެސް ދައްތަ ހުރީ ރުޅިގަދަވެފަ. އެކަމަކު ޝިމްނީ ހިނިތުންވެލި”.

” އެރޭ އެ ދެމައިންނަށް ކޮޓަރި ދިނުމަށް ފަހު އަހަންނާއި ކާފަ ނިދީ ސިޓިންގް ރޫމްގަ. އެރޭ ނިދަން އޮވެފައި ކާފަ އަހަންނަށް ވަރަށް ނަސޭހަތް ދިން ދައްތަ އާއި ގުޅުން ނުބޭއްވުމަށް”.

” އެއީ ކީއްވެތޯ އަޖާއިބުވެފައި އަހަރެން ސުވާލު ކުރުމުން ކާފަ އެދުނީ ކާފަ ބުނާ ގޮތް ހެދުމަށް. އިތުރަށް ސުވާލު ނުކުރުމަށް. އަހަރެން ކިތަންމެ ވަރަށް ވިސްނި ނަމަވެސް ސަބަބެއް ނޭނގޭނެތީވެ އިތުރަށް އެކަމާ އަހަރެން ވިސްނާކަށް ބޭނުމެއް ނުވި “.

“ދުވަސްތައް ފާއިތުވަމުން ދިޔަ. އަހަންނާއި ކާފަ ދިރިއުޅެމުން އައީ ސިޓިންގްރޫމަގައި ވަރަށް ހާލުގަ. ފާހާނާއަށް ވަދެލަން ފިޔަވާ އިތުރު ގޮތަކަށް ކޮޓަރިއަކަށް އަހަރުމެން ނުވަންނަން”.

” އެކަމަކު ފަހުން ފަހުން އައިސް ދައްތަ އަހަންނަށް ވަރަށް ރަނގަޅު. އަހަންނާއި ކާފަގެ އެއްޗެހި ދޮވެ އިސްތިރި ކުރުމާ، ގަޑިންގަޑިއަށް ކާން ހަދަންވެސް ސަމާލުކަން ދޭ. އެކަމާ އަހަރެން ވަރަށް އުފާވި. މަޑުމަޑުން ދައްތަ އަށް މަންމަގެ ޤަދަރު އަހަރެންގެ ހިތުގައި ދެވެން ފެށި. އަދި ޝިމްނީ އާއި މެދު ދެކެވެން ފެށީ އެއްބަޑު އެއްބަފާ ކޮއްކޮއެއް ގޮތަށް. ކާފަ ވެސް ފެންނަ ފެނުމަށް ހުންނަނީ ހަމަޖެހިލާފަ”.

” ޝިމްނީ އުޅެނީ ވަރަށް ބޭބީ ކޮން. ބައެއް ފަހަރު އަހަރެން ގެ ފޯން ނަގައިގެން ގޭމް ކުޅެ ހަދާނެ އޭނަ. ”

” މެހެކް ގާތު އަހަރެން އެވާހަކަ ނުބުނީ، އަހަރެން އެހާ ހާލުގައި އުޅޭކަން އެނގި މެހެކް ދެރަވެދާނެތީ. މެހެކް އަށް އެނގެއެއްނު އަހަރުމެން އުޅެނީ ވަން ރޫމް ތަނެއްގައިކަން. ދެން އަނެއްކާ އެހާ އަންނަން ގާތްވެފަ އޮތީމަ އަހަރެން ހިތަށް އެރީ މެހެކް އައީމަ ހުރިހާ ވާހަކައެއް ކިޔާދީފަ، އެމީހުންނާ ބައްދަލުކޮއްދޭނީއޭ”.

” އެހެން ގޮސް އެއްދުވަހު އަހަރެން ކާން އިންދަ ދައްތަ އަހައިފި މީހަކާ އިންނަނީ ކޮންއިރަކުންހޭ؟”

” މާ ގިނަ ދުވަހެއް ނުވެ އިރާދަކުރެއްވިއްޔާ ކައިވެނި ކުރާނަން ކަަމަށް އަހަރެން ޖަވާބު ދިނިން.”

” ދެން އަނެއްކާވެސް ދައްތަ އެހީ ކޮން ކުއްޖަކާ ހޭ އަހަރެން ކައިވެނި ކުރަނީ؟”

” އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ މިވަގުތު ވީ އިންޑިއާގަ ޑޮކްޓަރ ކަން ކިޔަވަން ގޮސް ކަމަށާއި އޭނަ އަންނަ ހާ އަވަަހަށް މެރީ ކުރަން ވީ އޭ އަަހަރެން ބުނެލިން”.

” ދެން ބުނެފި، ތި ކުއްޖާ އާއި ކައިވެނި ކުރީމަ އާހިލް ވަރަށް މުއްސަނދި ވާނެ ތާ ދޯ އޭ. ޑޮކްޓާރުންނަކީ ނުލާހިކު ލާރި ލިބޭ ބައެއް ވިއްޔާ އޭ.”

” ދައްތަ އެހެން ބުނީމަ އަހަރެންގާތައް އައީ ހިނި. އެއީ އަހަރެން އެފަދަ ގޮތަކަށް ދުވަހަކުވެސް ވިސްނާފަ ނެތީމަ”.

“ދެން އެއްރެއަކު އަހަރެން މެހެކް މަތިން ވަރަށް ބޮޑަށް ހަނދާން ވެގެން ތި ފޯނަށް ގުޅި ރެއެއް އެއީ. އެރޭ އަހަރެން ތިން ފަހަރު ގުޅި އިރުވެސް މެހެކް ފޯނެއް ނުނެގި”.

” އަހަރެން ހިތައް އެރީ މެހެކް އަށް ނިދުނީ ކަންނޭނގެއޭ. އެހެން ހިތައް އަރާ މެސެޖެއް ކޮއްލުމަށް ފަހު އަހަރެންވެސް ނިދޭތޯ ލޯމަރާލީ”.

” ގަދަ ނިދީގެ ތެރެއިން އަހަންނަށް ލޯ ހުޅުވާލެވުނީ ކާފަ ބާރުބާރަށް އަހަންނަށް ގޮވާ އަޑަށް. އަހަންނަށް ކުއްލިއަކަށް ތެދުވެވުނު. އޭރު ހެނދުނު ވެފަ ހުރީ”.

” ކާފަ ހުރީ ވަރަށް ބޮޑަށް ހާސްވެފަ. ދެން ބުނީ ތަންޑް ހަލާކު ކޮއްގެން ކުޑަ ދޮރު ހުޅުވާފަ އެބަހުއްޓޭ. އެއްޗެއް މަދު ތޯ އަވަހަށް ބަލާބަލާށޭ. ކުޑަ ދޮރު ހުޅުވާފަ ހުރީމަ ވަގަކު ވަދެފި ކަމަށް ޝައްކުވި އަހަރުމެނަށް”.

” އަހަރެން އަވަސް އަވަހަށް ބަލާލިން. އެވަގުތު އަހަންނަށް ލިބުނީ ހައިރާން ކޮއްލާވަރުގެ ސިހުމެއް. އަހަރެންގެ ފޯނެއް ނެތް”.

” އެކަމަކު އަޖާއިބު ވި ކަމަކީ ކާފަގެ ވޮލެޓައި ފޯންވެސް އޮތް.އަދި އަހަރެންގެ ވޮލެޓް ވެސް އޮތް. ނެތީ ހަމަ އެކަނި އަހަރެންގެ ފޯން. ވީ ދެރައިން އަހަންނަށް ރޮވުނު”.

” އެވަގުތު އަހަރެން މެހެކް މަތިން ހަނދާނަށް އައީ. އަހަރެން ނަށް ދުވަހަކުވެސް އެފަދަ ގޮތެއް ވެދާނެކަމަށް ވިސްނިފައި ނެތީތީވެ  މެހެކް ގެ ނަންބަރ ހިތުގައި އަޅުވާކަށް އަހަރެން އެއްވެސް މަސައްކަތެއް ނުކުރަން. އަހަންނަށް މެހެކް ގެ ނަންބަރ ނޭނގޭތީވެ އެހެން ނަންބަރަކުން ވެސް ނުގުޅުނީ. އެތައް ގޮތަކަށް ކާފަގެ ފޯންގައި މެހެކް ގެ ނަންބާރު ޖަހައިގެން އަހަރެން ގުޅިން. އެކަމަކު ރަނގަޅު ނަންބަރެއް އެއްފަހަރުވެސް ނުޖެހުނު. ގޮތް ހުސްވާ ކަހަލަ އިޚްސާސެއް އަހަންނަށް ކުރެވެން ފެށީ އެހިސާބުން. އަމިއްލަ ނަފްސް ދެކެ ރުޅިއާދެވުނު ކުރިން އެހެން ވެދާނެކަމަށް ނުވިސްނުނީމަ”.

” އޭރު ދައްތަ އާއި ޝިމްނީ ވެސް ދިޔައީ އެކަމާ ހިތާމަ ފާޅުކުރަމުން. އަހަރެން އެ ފޯން ނުލިބުނަސް މައްސަލައެއް ނެތް. އަހަރެން ބޭނުންވީ އެ ސިމްކާރޑް. ސަަަބަބަކީ މެހެކް އަހަންނަށް ގުޅާނެ ކަން އަހަންނަށް އެނގޭ”.

” ދެން އޮތީ ހަމައެކަނި އެންމެ ގޮތެއް ކަމަށް އަހަންނަށް ވިސްނުނު. އަހަންނަށް އެ ސިމް އަނބުރާ ނެގިދާނެ އޭ އަހަރެން ހިތަށް އެރީ”.

“އަސްލު ދެން ދިމާވި މައްސަލައަކީ އަހަރެން ގެ ސިމް އިންނާނީ އަހަރެން އޮފީހަށް ވަންތާ ކަރީގަ އެތާ އުޅުނު ގާތް ރަހުމަތްތެރިއެއްގެ ނަންމަތީ. އެއީ މެހެކް އާއި ދިމާވުމުގެ ކުރިން އެއްދުވަހު އޭނަ އަހަރެން ކައިރީ ހުއްޓަ އަހަރެންގެ ސިމަށް ކޮންމެވެސް މައްސަލައެއް ދިމާވެގެން އޭނަ އަހަންނަށް ސިމެއް ދިނީ. ދެން އެވަގުތު ސިމެއް ލިބުނީމަ އަހަރެން އިތުރަށް ސިމް ބަދަލު ކުރާކަށް ނުވިސްނަން”.

” ދެން އޭނަ އަކަށްނު އެ ސިމް ނެގޭނީވެސް ދޯ. އަވަސް އަވަހަށް ތައްޔާރުވެލައިގެން އޮފީހަށް ގޮސް ކުއްޖެއްގެ އަތުން އޭނާެ ނަންބަރ ހޯދައިގެން އޮފީސް ފޯނުން އޭނަ އަށް ގުޅީ. ސަބަބަކީ އޭރު އޭނަ ހުރީ އޮފީސް ދަތުރެއްގައި ރާއްޖެ ތެރެއަށް ގޮސް. އޭނަ ބުނީ ވީކެއްވަރު ވާނެ އޭ އަދި އަންނަން”.

” އަހަރެން ހިތަށް އެރި ވީކެއްވަންދެން ކެތްކުރުން ނޫން ގޮތެއް ދެން ނެތޭ. އެދުވަސްކޮޅު އަހަރެން އުޅުނު ހާލު މޮޅަށް ދެނެވޮޑިގެންވާނީ މާތް ރަސްކަލާންގެ.. މެހެކްމަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން ރޮން”.

” އެއްދުވަހު ވަރަށް ދެރަވެލާފައި ދައްތަ އަހައިފި ފޯން ގެއްލުނު ފަހުން ރައްޓެހި ވެގެން އުޅޭ ކުއްޖާ އަކަށް ވެސް ނުގުޅޭ ދޯ އޭ.”  އޭރު ހަފްތާ އެއްވާން އެއްދުވަހަށް ވެފަ އޮތީ”.

” އެ ސިމްކާރޑް އިރާދަކުރެއްވިއްޔަ މާދަމާ އަހަންނަށް ލިބޭނެ ކަމަށް އަހަރެން ބުނިން. ދެން އަހަރެން ބުނެފިން އަހަންނަށް ނުގުޅުނަސް އޭނައަށް ގުޅޭނެއެއް ނޫންހޭ އޭރުން. އޭރު އަހަރެން ވަގުތީ ގޮތުން ނޮކިއާ ގެ އާދައިގެ ފޯނަކާއި އެހެން ސިމެއްވެސް ގަނެފިން”.

” އެހެން އަހަރެން ބުނިތަނާ ހައިރާންވެފައި ދައްތަ އަހަނީ އެގޮތަށް ވެސް ނަންބަރު ލިބޭ ހޯ. އަހަރެން ބުނިން އާ އެކޭ”.

” އަހަރެން ހިތަށް އެރި މެހެކް މިހާރު އަހަންނާއި ދޭތެރޭ ވިސްނާނީ ކިހިނެއްބާއޭ.. މެހެކް ދެކޭނީ އަހަރެން ވަރަށް ގޯސް މީހެއް ގޮތަށް ކަންނޭނގެއޭ”.

” އެރޭ އެތައް އިރެއްގައި ވިސްނަން އަހަންނަށް އޮވެވުނު. ފަތިސް ނަމާދަށް ބަންގިވެސް ގޮވީ އަހަރެން އެހެން އޮއްވާ”.

” ކާފަ އާއި އެކު މިސްކިތައް ގޮސް ނަމާދުކޮއްލައިގެން އަހަރެން އައިސް އޮށޯ އޮވެލީ. އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފަ ނުނިދާ ހުރުމުގެ ސަބަބުން”.

” ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އަހަރެން ނިދާލަން ބޭނުންވި. އަހަންނަށް ނިދުނު އިރު ކާފަވެސް އޮތީ އޮށޯއޮވެލައިގެން”.

” ކުއްލިއަކަށް ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނީ އަހަރެންގެ ފޯންގެ ރިންްގް ގެ އަޑަށް”.

” ހައިރާން ވެގެން ގޮސް ވަގުތުން އަހަރެންގެ ނިދި ފިލައިފި. އަޑު އަންނަ ދިމާއަށް އަހަރެން ވިސްނާލިއިރު، އެ އަޑު އަންނަނީ އައިސް އަލަމާރި ދަށުން. އަހަރެން ތިރިވެލާފަ އައިސްއަލަމާރި ދަށް ބަލާލިއިރު އަހަރެންގެ ފޯން އޮތީ އެތާގަ. ލިބުނު އުފާ ބަޔާން ކުރަންވެސް އަހަންނަކަށް ނޭނގުނު. އަންނަށް ޤަބޫލެއްވެސް ނުކުރެވުނު”.

” އަވަސް އަވަހަށް އަހަރެން ފޯން ނެގީ. އެކަމަކު އަހަރެން ވަރަށް ހައިރާންވި. އެތާ ފޯން އޮތީ ކީއްވެބާއޭ ހިތަށް އަރާފަ. އަހަރެން ހިތަށް އެރި ހުރިހާ ދުވަހަކު ފޯން އޮތީ ހަމަ އެތާ ބާއޭ. އެވަރަށް ރިންގް ކުރި އިރުވެސް ފޯން އޮފް ކަމަށް ބުނެފައި މިއަދު ރިންގް ވީ ކީއްވެބާ އޭ. ދެން ހިތަށް އެރީ ކޮންމެވެސް އެހެން މައްސަލައެއް ފޯނަށް ދިމާވީ ކަންނޭނގެއޭ.”

” އޭރު ނުދަންނަ ނަންބަރަކުން އަހަންނަށް ކުރަމުން ދިޔަ ކޯލް މިސްވެއްޖެ. ފޯންގައި ޗާރޖް ވެސް ހުރީ ވަރަށް ކުޑަކޮށް. އެކޯލަށް އެއްވެސް ސަމާލުކަމެއް ނުދީ ފުރަތަމަވެސް އަހަންނަށް ބަލާލުވުނީ މެހެކް ގެ ފޮޓޮއަށް. ތި ލޯބި މޫނަށް. އުފަލުން ގޮސް އަހަރެން ޝުކުރުގެ ސަޖިދައެއް ޖެހިން”.

” އޭރު ކާފަ އަށް އޮތީ ނިދިފަ. އަހަރެން އަވަސް އަވަހަށް ކާފަ އަށް ގޮވީ. ވީގޮތް ކާފައަށް ކިޔާދިނީމަ ކާފަވެސް އޮތީ އަޖާއިބުވެފަ”.

” އޭރު ގަޑިން ނުވައެއް ޖަހާ ބޮޑުވެއްޖެ. ދައްތަމެން ވެސް އޭރު އަދި ނުތެދުވޭ. ބެލެންސް ބަލާލިއިރު އަހަރެން އެޅިވަރަށް ފޯނުގައި ލާރިވެސް ހުރި. އަހަރެން އަވަސް އަވަހަށް މެހެކް ގެ ފޯނަށް ގުޅަން ފެށީ. ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ނޭނގޭ ކަހަލަ އުފާވެރިކަމެއް. ހަފްތާ އެއްފަހުން ތި އަޑު އިވެން އުޅޭތީ އަހަރެން ގެ ހިތުގެ ވިންދް ހުރީ އަވަސް ވެފަ”.

“އެކަމަކު..”.  އާހިލް ފުންނޭވާއެއް ލިއެވެ. އަދި ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެކަމަކު އަހަރެން ދެ ފަހަރު ގުޅި އިރުވެސް މެހެކް ފޯން ނުނެގި. ތިން ވަނަ ފަހަރު ރިންގް ވެލާފަ ދެން ލައިން ބިޒީ ވީ. ހަތަރު ވަނަ ފަހަރު ގުޅި އިރު މެހެކް ގެ ފޯން ވަނީ އޮފް ކޮއްފައި ކަމަށް ބުނަނީ.. އަހަރެން ވަރަށް ވަރަށް ދެރަވި. މެހެކް އަހަރެން ދެކެ ރުޅި އައީ އޭ ހިތަށް އަރާފަ. ދެން އަހަރެން ފޮނުވީ މެސެޖެއް މަޢާފަށް އެދިފަ ވަރަށް ލޯބިން”.

“މެންދުރު ވީ އިރުވެސް މެހެކްގެ ފޯނަށް ނުގުޅުމުން އަހަރެން ބެލީ ވައިބާރ. އެންމެ ފަހުން މެހެކް އޮންލައިންވެފައި އިނީ އަހަރެން އަތުން ފޯން ގެއްލުނު ދުވަހު. އެތަން ފެނި އަހަންނަށް އެނގުނު އަހަންނާ ވާހަކަ ނުދެއްކޭތީ މެހެކް އޮންލައިން ނުވަނީކަން”.

” ދެން އަހަރެން ހިތަށް އެރީ މެހެކް އަހަންނަށް ގުޅާނެ ކަަމަށް ރުޅި މަޑުވީމަ. އަހަރެން އިންތިޒާރުގައި ހުއްޓައި ހަވީރުވެ ރޭގަނޑުވެސް ވެއްޖެ. ނަމަވެސް މެހެކް ގެ އެއްވެސް ޚަބަރެއް ނުވި”.

” އޭރު އަހަންނަށް މެހެކް ގެ ފޯނަށް ގުޅުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެ. އެރޭ އަހަންނަކަށް ނުނިދުނު. މެހެކް ގުޅާލާތޯ ފޯނަށް ބެލެނީ. ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނޭނގުނު”.

” އޭގެ އަނެއް ދުވަސްވެސް ފާއިތުވެގެން ހިނގައްޖެ. މެހެކްގެ އެއްވެސް ޚަބަރެއް ނުވި. އަހަރެން ހިތަށް އެރީ މެހެކް އަހަރެން ދެކެ ހަމަ އެހާ ރުޅިއައީބާއޭ. ހިތުގައި އެތައް ޝަކުވާއެއް އުފެދުނު”.

އަހަރެން ހުންނަނީ އަބަދުވެސް މާޔޫސްވެ ދެރަވެފައި. އަހަރެން އުޅޭގޮތުން ކާފަ އާއި ދައްތަ ވެސް ތިބެނީ ވަރަށް ބޮޑަށް ދެރަވެފައި. މެހެކް އެ ހަފްތާ ގައި އަންނާނެ ކަމަށް ބުނެފައިވާތީ، އަހަރެން މުޅި އެ ހަފްތާ ހޭދަކުރީ އެއާރޕޯޓްގައި. ކޮންމެ ދުވަހަކު ހެނދުނު އެތަނަށް ގޮސް ރޭ ވީމަ އަންނަނީ. ކޮންމެ ދުވަހަކީ މެހެކް އަންނާނެ ކަމުގެ އުންމީދުގައި އެތަނަށް ދާ ދުވަހެއް”

” އެކަމަކު.. މެހެކް އަކާ ދިމައެއް ނުވި އެގޮތުންވެސް. އަހަރެން އެފަދަ ޚާލުގައި އުޅޭކަން މެހެކް އަށް އެނގޭނެ ނަމައޭ ހިތައް އެރި.”

” މެހެކް އެފަހަރު ރާއްޖެ އައިންތަ؟” އާހިލް އަހާލިއެވެ.

” ނޫން” އިސްޖަހައިގެން އިނދެ ރޮމުން މެހެކް ޖަވާބު ދިނެވެ. ” އެފަހަރު މަންމަ އައީ އަހަރެން ގެ ގާތަށް. އާހިލް އަށް ފުރަތަމަ ނުގުޅުނު ރެއަކީ މަންމަ އައި ރޭ. އަހަރެން ރާއްޖެ އެއް ނާންނަން އާހިލް ގެއްލުނު ފަހުން”.

މެހެކް އެހެން ބުނެލުމުން އާހިލް ފުން ނޭވާއެއް ދޫކޮއްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

” އެގޮތުގައި ދުވަސްތައް ހޭދަވީ ވަރަކަށް އަަހަރެންގެ ހިތާމަތަށް އިތުރުވަމުން އައީ. އަހަންނަކަށް ނުކެވޭ. އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށި. މެހެކް ވަކިވެގެން ދިއުމުން، ދުނިޔެ އަހަންނަށް ތަސައްވަރު ކުރެވެނީ ދިރުމެއް ނެތް ސަހަރާއެއްގެ ގޮތުގައި. އަހަރެންގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބެނީ، ނަމާދުކޮއްގެން މެހެކް ފެންނާނެ ދުވަހެއް ދެއްކެވުމަށް އެދި ދުޢާ ކޮއްލެވުމުން”.

” މަޑުމަޑުން އަހަރެން ބަލިވާން ފެށި. ފަހުން ހަފުން އައިސްް ބޮލުގައި ރިއްސަނީ. ކާފަ ހުންނަނީ އަހަރެންގެ ހާލާއި މެދު ހިތާމަ ކޮއްލަ ކޮއްލާ. ދައްތަވެސް ޝިމްނީ ވެސް ދެރަވެގެން އަބަދުވެސް އެވާހަކަ ދައްކަނީ”.

” އެގޮތުން އެއްދުވަހަކު އަހަރެން ވަރަށް ބޮޑަށް ހުން އައިސް ބޮލުގައި ރިއްސި ދުވަހެއް އެއީ. މެންދުރުގަޑީގައި އަހަރެން އޮތީ ސިޓިންގް ރޫމްގައި ނިދިފަ. ހީކަރުވާ ވަރުން ފަންކާ ވެސް ނިވާލައިގެން އޮތީ”.

” ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ގޭތެރޭގައި މާ އަޑުގަދަ ވެގެން. ހޭލެވެމުން ދިޔަ ވަރަކަށް އިވެނީ ކާފަގެ ހަޅޭކުގެ އަޑުކަން އަހަންނަށް އިނގުނު. ކާފަ އެހާ ބާރަށް ހަޅެއްލަވާ އަޑު އަހަރެން ދުވަހަކުވެސް ނާހަން. އޭރު ދައްތަ ވެސް ކޮންމެވެސް އެއްޗެކޭ ކިޔާ އަޑު އިވޭ. އަޑު އަންނަނީ ކޮޓަރިއާއި ދިމާއިން ކަމަށް ވާތީ އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނީ”.

” ކާފާ ކިހިނެއް ވެގެން މިއުޅެނީ” އަހަރެން ކުރި ސުވާލުން އެންމެން ސިހިފައި އަހަރެންގެ މޫނަށް ބަލާލި. އޭރު ކާފަ ހުރީ ރުޅި އައިސް ރަތްވެފަ ދެ ލޯ ބޮޑުކޮއްގެން އަހަރެންގެ މޫނަށް ބަލަން. ދައްތަވެސް. އެކަމަކު ޝިމްނީ ހުރީ ރޮއި ރޮއި ހަލާކުވާވަރު ވެފަ”.

” އާހިލް ގާތު ކާފަ ބުނީމެއްނު މި ނުލަފާ އަންހެނާއާއި އެއްވެސް ގުޅުމެއް ނުބާއްވާށޭ” އެހެންކިޔާފަ ކާފަ އަހަންނާއި ދިމާއަށް ހަޅެއް ލަވައިގަން”.

” އަހަންނަށް ހައިރާން ވެގެން އަނެއްކާވެސް ސުވާލު ކުރެވުނީ ކިހިނެއްވީ ތޯ”.

” ކާފަ ހަޅެއް ލަވަމުން ބުނީ މިތިބަ ލަދުހަޔާތް ނެތް ދެ އަންހެނުން ދަރިފުޅަށް އަނިޔާ ކުރުމުގައި އެތިބީ ހައްދުފަހަނަ އަޅާ ގޮސްފައޭ.  އެހެންބުނި ވަގުތު ރުޅިއައިސްގެން ގޮސް ކާފަ އަށް ރޮވުނު”.

” އަހަރެން ހައިރާން ވެގެން ގޮސް ބަސް ހުއްޓުނު. އަހަންނަށް ޤަބޫލު ނުކުރެވިގެން އަހާލެވުނީ ކާފަ ތި ކިޔަނީ ކީކޭ ހޭ”.

“ޝިމްނީ އާހިލް އަށް ހުރިހާ ވާހަކައެއް ތަފްސީލްކޮށް ރަނގަޅަށް ކިޔައިދީ. ނޫން ނަމަ ޕޮލިހާ ޚަވާލު ކުރާނަން. ރޮއޮ ރޮއި ހުރި ޝިމްނީ އަށް ކާފަ އިންޒާރު ދިނުމާއެކު އޭނަ ވާހަކަ ކިޔައިދޭން ފެށި. އޭރު ދައްތަ ހުރީ ނަފްރަތުން ފުރިގެންވާ ނަޒަރަކުން އަހަރެންގެ މޫނަށް ބަލަން”.

“އާހިލްބޭބެ ނިދާފައި އޮއްވައި އަހަރުމެން ދެމީހުން އާހިލްބޭބެގެ ފޯން ނެގީ. މަޤްސަދަކީ އާހިލްބޭބެ އާއި މެހެކް ދުރުކުރުން. މެހެކް ކިޔަވައިގެން އައިސް މޮޅު ޑޮކްޓަރަކަށް ވެގެން ގިނައިން ލާރި ލިބިގެން އާހިލްބޭބެ މުއްސަނދި ވާކަށް މަންމަ ބޭނުމެއް ނޫން. އެހެންވެ އެއް ހަފްތާ ވަންދެން އާހިލްބޭބެގެ ފޯން ނިއްވާލައި ބާއްވާފައި ހުޅުވީ އާހިލްބޭބެ އަށް ސިމްކާރޑް އަނބުރާ ލިބޭނެކަން އިނގުނީމަ. އަހަރުމެން ރާވައިގެން ތިބި ގޮތަށް ކަންތައް ވީ. އާހިލްބޭބެ ފޯން ހުޅުވިތާ މާ ގިނައިރެއް ނުވެ މެހެކް ގުޅީ”.

” އެވަގުތު އަހަރެން އާ..އާހިލްބޭބެގެ ވައިފް އަށް ވެގެން މެހެކް އާއި ވާހަކަ ދެއްކީ. އަދި ފަހުން ދިރުއުޅުމެއް ފަށައިފިން ކަމަށް ބުނެ އާހިލްބޭބެގެ ނަންމަތީގައި މެހެކް އަށް މެސެޖެއް ފޮނުވީ. ދުވަހަކުވެސް މެހެކް، އާހިލްބޭބެ އަށް ގުޅަން ބޭނުން ނުވާ ގޮތަށް މެސެޖް އަހަރުމެން ކުރީ”.

” އަދިވެސް ޝިމްނީ ކިޔާދިން”.

” އަހަރެން އެތައް ފަހަރަކު މަންމަ ގާތު ބުނިން އާހިލްބޭބެ އާއި މެހެކް ވާހަކަ ދައްކައިފިއްޔާ މި ވާހަކަ ބުނާނެ ނޫންހޭ. އެކަމަކު މަންމަ ބުނީ އަންހެންކުދިން ވަރަށް ހިތްބަލިވެފަ ހިތްވަރުވެސް ގަދަ ވާނެއޭ. އެ ގޮތަށް ކަންތައް ކުރުމަށް ފަހު މަންމަ އަކަށް ހިއެއް ނުވޭ އާހިލްބޭބެ އާއި މެހެކް ވާހަކަ ދައްކަ ފާނެ ހެނެއް. މަންމަ އަށް ވަރަށް ޔަޤީން ކަން އޮތް. އެއީ އަހަރުމެންގެ ރޭވުމެއް. އެކަން ފަޅާއެރިއަސް މަންމަ އަށް ހެޔޮކަމަށް ކުރި ކަމެއް އެއީ”.

” ޝިމްނީގެ ވާހަކަ ނިމުމާއެކު އަހަރެން ގައިން އެއްކޮއް ވަރު ދޫވި. އަހަންނަށް އެފަދަ ބޮޑު އަނިޔާއެއް އެމީހުން އެ ދިނީ ކީއްވެ ބާ އޭ އަހަރެން ހިތަށް އެރި. ދައްތަ އަކީ އިންސާނެއް ކަމާއި މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނު. އައިގަދަ ރުޅީގައި ޝިމްނީގެ ކޯތާފަތްމަތީ ބާރުބާރަށް އަހަންނަށް ޖެހުނީ. އޭރު އަހަރެން ރުޅިއައިސްގެން ތުރުތުރު އަޅާ.”

” ހަމަ އެވަގުތު ދައްތަ އަހަންނާއި ދިމާއަށް ފުންމައިގަންހެން ހީވީ. ކަލޭ. ގޮތް ކުޑަ ފިރިހެނާ. ތީ ކާކު އަހަރެންގެ ދަރިފުޅު ގައިގައި ޖަހަން. ކަލޭ ތީ……. ދައްތަ އެހިސާބަށް ބުނިތަނާ ކާފަ ހަޅެއްލަވައިގަނެފި”.

“ޙަބަރުދާރު. އާހިލް އާއި ދިމާއަށް އިތުރަށް އެންމެ ލަފްޒެއް ބުންޏަސް ޝަބާނާ ކަލޭގެ ބޮޑު ސިއްރު ފަޅާ އަރުވާލާނަން. އަހަރެން މީ ކަލޭގެ ބައްޕަ ކަން ހަނދާންނައްތާލާނަން. އޭރުން މުޅި އުމުރަށް ޖަލުގަ އޮންނާނީ. ހަމަ މިހާރު މިގެއިން ނުކުމޭ. ކާފަ ދިން އިންޒާރުން ދައްތަ ވަގުތުން މައިތިރިވެއްޖެ. އަަވަސް އަވަހަށް ފޮއްޓަށް އެއްޗިހި އަޅައިގެން ގެއިން ނުކުމެގެން ހިނގައްޖެ އެމީހުން”.

“ދައްތަގެ ރަހުމުކުޑަކަމާއި ގޮތެއްނެތްކަން އަހަންނަށް ސާބިތުވި. އެމީހުން ނުކުމެގެން ދިއުމުން އެކަން ފަޅާއެރިގޮތް ކާފަ އަހަންނަށް ކިޔާދިން.”

” ކާފަ ބުނީ ކާފަގެ ދެ ކަންފަތުން އަޑު އަހަފީމޯ އެމީހުން ދެއްކި ވާހަކަ. ހީކަރުވާވަރުން އަހަރެން ފަންކާ ނިވާލާފަ ހުރީމަ އެމީހުން ދައްކާ  ވާހަކަ ވަރަށް ސާފުކޮށް ބޭރަށް އެއިވުނީ. އެމީހުންނަށް އެވަރު ނުވިސްނުނީ ދެން. ކަމެއް ފަޅާ އަރަން ކޮންމެވެސް ކަމެއްތާ ދޯ ވާނީ”.

” ދައްތަ އަހަންނަށް އެހާ ނަފްރަތު ކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ކާފަ ބުނީ ކާފަ އަހަރެން ކުޑައިރު އަހަރެންގެ އެކައުންޓަށް ވަރަށް ލާރި ޖަމާކުރީމޯ. ދެން ޝިމްނީ އަށް ނުދޭ ސަމާލުކަން އަހަންނަށް ދިނީމަޔޯ އަސްލު ރުޅިއައީ”.

“ދައްތަގެ ވަރަށް ބޮޑު ކުށެއް ސިއްރުވެފަ އޮތްކަން އެދުވަހު އަހަންނަށް އެނގުނު. ކާފަ ގާތު އެތައް ސުވާލެއް ކުރުމުން ވެސް އެ ސުވާލަކަށް ޖަވާބެއް ނުލިބުނު”.

“އަހަރެން އެދުވަހު ވަރަށް ވަރަށް ރުއިން. މެހެކް ވެސް ހަމަ އަހަރެން ފަދައިން ހާދަ ހިތާމައެއް ކުރާނެއޭ އަހަރެން ހިތަށް އެރި. ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލަ އިޚްސާސެއް އަހަންނަށް ކުރެވުނީ. ހިތަށް އަރަމުން ދިޔައީ ދެން އަހަރެން މެހެކް ހޯދާނީ ކިހިނެއް ބާއޭ؟”

” އެވަގުތު މެހެކް ގެ ބޮޑުބޭބެ ގާތަށް ދާން ހިތަށް އެރި. އެދުވަހު ބޮޑުބޭބެ ގެ އޮފީސް ކައިރިއަށް ގޮސް ހުއްޓާ ބޮޑުބޭބެ ފެނިއްޖެ. އެކަމަކު މެހެކް ގެ ވާހަކަ ދައްކާކަށް އަހަންނަކަށް ހިތްވަރެއް ނުލިބުނު. އަހަރެން ހިތައް އެރި އަހަރެން ކިހާ މޮޔަ ހެއްޔޭ. ލޯބިން ގެންގުޅޭ އަންހެން ދަރިއެއްގެ ނަންބަރު ނުދަންނަ ހިލޭ ފިރިހެނަކަށް ދޭނީ ކާކު ހެއްޔޭ. ޔަޤީނުންވެސް އަހަރެން ދެކެ އަންނާނީ ރުޅިއޭ. އެ ޚިޔާލުތަކުގައި އަހަރެން އެނބުރިއައީ ގެއަށް.

މިއަދާ ހަމައާއި ޖެހެންދެން ކެނޑިނޭޅި އަހަރެން މެހެކް އާއި ބައްދަލުވޭތޯ ދުޢާ ކުރިން. މާތް ރަސްކަލާންގެ ގަންދީ ބުނަން މެހެކް ގެއްލުނުފަހުން އަހަރެން އަންހެނަކާއި ދިމާއަށް އެކަހަލަ ނަޒަރަކުން ބަލައިވެސް ނުލަން.

އާހިލް ކަރުނަ ފޮހެލަމުން ބުނެލިއެވެ.

“މިއަދު އަހަންނަކީ ބަލިމީހެއް. އަަަހަަރެން އޮފީހަށް ވެސް ނުދާތާ މަހަކަށް ވުރެ ގިނަވެއްޖެ.”

“ރޭގަ ކުއްލިއަކަށް އަހަރެން މާ ބޮަަަޑަށް ބަލިވެގެން މިތަނަށް ގެނެވުން އެއީ އަހަރެން ގެ ނަސީބު ކަންނޭންގެ.”

ވާހަކަ ކިޔާދީ ނިމުމުން އާހިލް ބުނެލިއެވެ. އެވަގުތު މެހެކް ރޮމުން ރޮމުން އާހިލްގެ އަނގަ މަތީގައި އަތް އަޅާލިއެވެ.

” ހެޔޮނުވާނެ އާހިލް ތިހެން ނުބުނޭ. ކުއްވެރިއަކީ އަހަރެން. އެދުވަހު އާހިލްގެ ފޯން ނެގުނު ނަމަ މިހެން ނުވީސް ކަންނޭނގެ”.  ބާރުބާރަށް ރޮމުން ގޮސް ކެތްނުވުމުން މެހެކް އާހިލްގެ މޭތެރޭގައި ބޮނޑިވެގަތެވެ.

އެވަގުތު އާހިލް މެހެކްގެ ބޮލުގައި ބޮސް ދިނެވެ. “ތިހެން ނުބުނޭ. އެއީ ބައެއްގެ ރޭވުމެއް”.

” މަގޭ ރާނީ، މަގޭ ލޯބި، މަގޭ ދިރިހުރުން. އާހިލް ރޮމުން ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް މެހެކް ގެ ފޯން ރިންގް ވާން ފެށިއެވެ. ފޯން އޮތީ އާހިލް އޮތް އެނދުމަތީގައި ބޭއްވިފައި ކަމުން ފޯނަށް ބަލާލެވުނީ ދެމީހުންނަށް އެއްފަހަރާއެވެ. ” އިވާން. އިވާން އަކީ ކާކު؟” ފޯނަށް އަރާފައިވާ ނަން ކިޔާލުމަށް ފަހު އާހިލް އަހާލިއެވެ.

(ނުނިމޭ)

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

އަނދިރިފަރާތް (3 ވަނަ ބައި)

Next

އިންތިހާޔަށް (21ވަނަ ބައި)

Next
January 28, 2017

އިންތިހާޔަށް (21ވަނަ ބައި)

Previews
January 28, 2017

އަނދިރިފަރާތް (3 ވަނަ ބައި)

21 Comments

  1. Hus says:
    January 28, 2017 at 3:07 pm

    Kurin vx up kuri part

  2. shafu says:
    January 28, 2017 at 3:10 pm

    kurin up kuri part ga kuda mahsala eh ulheythyve alun up kolly..

  3. Navya says:
    January 28, 2017 at 4:29 pm

    Mi haadha lahun up vaa vaahaka ekey

    1. shafu says:
      January 28, 2017 at 5:04 pm

      Sorry navya.. v masahkaiy kuran avahah up kuran.. ekam dhn thankolheh buxi ee.. ehenve ?

    2. hiji says:
      January 28, 2017 at 9:28 pm

      hama huri gothah bunan ingey dho navya respect eh ves nei dho hama saabas

    3. Sweatie says:
      January 29, 2017 at 7:15 am

      Dhen vaahaka liyaa meehunahves dhuniyeyga kuran onna hamaekani kamakee vaahaka liyumeh noon dho? so lasves vedhaane. kiyaa meehun keiytheri vun enme rangalhuvaanee.

    4. shafu says:
      January 29, 2017 at 7:27 pm

      Thank u kudhin thi dey supportah ☺

  4. afyyyy says:
    January 28, 2017 at 9:06 pm

    Vv nice.. finally ahil ge kusheh neiy kan igyny dhw ?

    1. shafu says:
      January 29, 2017 at 7:28 pm

      Thank u afyyy

  5. maash says:
    January 28, 2017 at 9:44 pm

    Dhn mahak hadhaany kihinehbaa.. shafu cant wait for the next part.. ❤

    1. shafu says:
      January 29, 2017 at 7:29 pm

      Thank u maash..

  6. haseena says:
    January 28, 2017 at 10:54 pm

    Alhay dhen ivaan ah vaany kihineh baa. kn irak next part

    1. shafu says:
      January 29, 2017 at 7:30 pm

      Balamaa.. in sha Allah mirey veythw mi balany..

  7. rainaa says:
    January 29, 2017 at 1:04 am

    V rythi..

    1. shafu says:
      January 29, 2017 at 7:31 pm

      Thank u rainaa

  8. R......m says:
    January 29, 2017 at 6:27 pm

    Plx plx plx plx story up koddeebaaa vvvvvvv nice mi story up koddeebaa vvv nice kondhuvahakun up vaanee

    1. shafu says:
      January 29, 2017 at 7:32 pm

      Thank u dear.. mirey veythw mi balany..

  9. shafu says:
    January 29, 2017 at 7:36 pm

    Mi vaahaka kiyaa kudhinah alhugand bnelan beynun.. iraadakreviyya vaahaka up kuraanan kameh dima nuvanya 2 dvahun eh duvahu.. aee alhugand thankolheh buxi veema ingey.. love u all.. ❤ thi dey supportah vv bodah shukuruverivan.. and thigothah support deythi v hiyvar libey ???

  10. Amee says:
    January 30, 2017 at 1:58 am

    Warah salhi
    Next ep ah wait kuran

  11. Petite says:
    January 30, 2017 at 3:23 am

    Varah varah reethi ??? i really love this story ❤❤❤
    Waiting for the next part ?

  12. Ahmed Fayax says:
    March 29, 2017 at 6:50 am

    Anekkaa ves vaahaka kiyaa hiyy jehijje

Comments are closed.

All Right Reserved!