Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (23)

layaal Level 310 Stories100 Comments
January 27, 2017 8 Mins Read
44 Comments

“ބައްޕަ އެހެން އެހެދީ ކީއްވެގެންކަން އަޅުގަނޑަށް ހަމަ ރަނގަޅަށް އިނގޭ.. އެއީ ރިއުމާންއާއި އަޅުގަނޑު ގުޅިދާނެތީ..” އައްޔާދްއަށް ބޭއިޚްތިޔާރުގައި އެނަން ހާމަ ކުރެވުމުން ދޫ ބަންދުވިއެވެ. އޭނާ އަދި ރިއުމާންގެ ވާހަކަ މަންމެން ގާތު ދައްކާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ރިއުމާންގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމްގެ ހަޤީޤަތް ހޯދާފައި ނޫނީ މާރިއާއަށް ރިއުމާން ތަޢާރަފް ނުކުރާން ނިންމީ އެހެންނޫނީ އާޒިމް އެކަން ހުއްޓުވަފާނެތީއެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީކީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އާޒިމް އެކަހަލަ ކަމެއް ރޭވިކަމުގެ ކުޑަ ހިލަމެއް ވީ ނަމަވެސް ކަންތައް މިހާ ގޯސް ވިޔަކަ އޭނާ ނުދޭނެއެވެ.

މިހާރު އަމިއްލަ ދުލުން އެކަން ބޭޒާރުކޮށް ލެވިއްޖެއެވެ. “ރިއުމާންއޭ؟ އޭނަ މިދޭތެރެއަށް ކޮންތާކުން އެއީ؟” މާރިއާ ސުވާލުގެ ނަޒަރަކުން އައްޔާދަށް ބަލަމުން ދިޔައިރު މިވާގޮތް ނޭނގި އޭނާ ހުރީ ބޯ ހާސްވެފައެވެ. “އެއްފަހަރު ލައިބާއާއި އިންނަ ކިޔާފައި.. މިހާރު އެވާހަކަ ނުދައްކަމޭ ކިޔައި ބައްޕައާއި ޒުވާބު ކޮށްފައި ދެން ކޮން ރިއުމާންއެކޭ ތިކިޔަނީ؟” މާރިއާ ހިތްހަމަނުޖެހުނީ އައްޔާދް އެއްވެސް ޖަވާބެއް ނުދިނުމުންނެވެ. އައްޔާދް ބުނާނެ އެއްޗެއް ނޭނގި ގޮތް ހުސްވެފައި ހުރެ މާރިއަށް ފުރަގަސް ދިނެވެ. ކަންތައް ހައްލު ކުރަން އުޅޭވަރަކަށް ހައްތާހާވެސް ކަންތައްތައް މިދަނީ ގޯހުން ގޯހަށެވެ. ހިވަނީ ޖެހިފައި އޮތް ގޮށެއް މޮހަށް އޮޅުމުގެ ތެރޭގައި އިތުރު ގޮށްތަކެއް ޖެހެމުން ދާހެންނެވެ.

“އައްޔާދް އަހަރެން ސުވާލެކޭ މިކުރަނީ!” މާރިއާ ރުޅި އައިސްފައި އައްޔާދްގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލައިއެވެ. “ޖަވާބު ދީ! އެއްފަހަރު ލައިބާއޭ އަނެއްފަހަރު ރިއުމާންއެކޭ އެބަ ކިޔާ. ކާކަތަ އައްޔާދް އިންނަން ބޭނުންވެގެން ތިއުޅެނީ؟ ބަލަ ދެއަތްބަށްތަ އިންނަންވީ!!” މާރިއާ ތަންކޮޅެއް ބާރަށް މިހެން ބުނުމުން އައްޔާދް ހިންދިރުވާލިއެވެ.

“މަންމާ.. އަޅުގަނޑު އެއްއިރެއްގައި ވެސް ލައިބާއާއި އިންނާކަން ނުވިސްނަން. އެކަހަލަ ގޮތަކަށް އޭނައާއި ދޭތެރޭ ނުވެސް ދެކެން. މަންމައަށް ނޭނގޭ އެތަށް ކަމެއް ބައްޕަ ފޮރުވައިގެން އެއުޅެނީ. ޕްލީޒް މިދައްކާ ވާހަކަ ޤަބޫލު ކޮށްބައި..” އައްޔާދް މާޔޫސްވެފައި ހުރެ މިހެން ބުނުމުން މާރިއާގެ ރުޅިގަނޑު ފިނިވިއެވެ. “ވެގެން އުޅޭގޮތެއް ސާފުކޮން ކިޔާދިނީމައެއް ނުން މީހަކު ޤަބޫލު ކުރާނީ.. ހަމަ ހުރެފައި އެއްވެސް ސަބަބަކާއި ނުލައި ނީންނާނަމޭ ބުނީމަކާ ނުވާނެ. ކިޔާބަލަ.. މަންމަ އަޑުއަހަނީއޭ މި.” އައްޔާދް އަތުގައި ހިފާލަމުން މާރިއާ ބުނެލިއެވެ.

ފުންނޭވާއެއް ލަމުން އައްޔާދް ބޭރަށް ނަޒަރު ހުއްޓާލިއިރު ވެގެން އުޅޭގޮތް ރަނގަޅަށް މާރިއާއަށް ކިޔާދިނުމަށް ނިންމިއެވެ. “މަންމައަށް އިނގޭނެ ލައިބާ އެންމެ ކުރިން ދުރެ ވެސް ހުންނަނީ އަޅުގަނޑާއި އަޅައިގެންފައިކަން… އެވްރިވަން ނޯޒް ދެޓް. އެމަކު މިއިން ދުވަހަކު ވެސް އަޅުގަނޑު އެކަމަށް އެއްބާރު ލުމެއް ނުދެން. އައި ނެވާ ހޭޑް ފީލިންގްސް ފޯ ހާ.” އައްޔާދް ވިސްނާލަން ހުރެފައި ބުނެލިއެވެ.

“ބަލަ ތިންކަން މަންމައަށް ވެސް އިނގެޔޭ. ކުއްލިއަކަށް އިންނަންވީއޭ ބުނީމަ ހައިރާން ވެސް ވި. އެކަމަކު ތިދެކުދިން އެކުގައި ތަންތަނަށް ގޮސް އުޅެންފެށިމަ މަންމަ ވެސް އެވާހަކަ ޤަބޫލު ކުރީ.. ދެން ރިއުމާން ކޮންތާކުންތަ މިއައީ؟” މާރިއާ ޝަޢުޤުވެރިކަމާއި އެކު އަހާލިއެވެ.

“އެއްކަލަ ކޭސް ކަންތަކުގައި އޭނާ ހޯދީ އަޅުގަނޑު.. ކުރިން ވެސް ވަރަށް ކަމުދޭ ރިއުމާން. ކޭސް ނިމުނުފަހުން ވެސް ފޯނުން ގުޅައިގެން ވާހަކަދައްކަން. ދެން ނޭނގެ ބައްޕަ ބުނެފި ރިއުމާންއާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެޔޯ.. އެކަމު އެކަމަށް މާ ފަރުވާލެއް ނުބަހައްޓަން.. އާނ ދެން މިހެން އުޅެލާފައި ލައިބާއާއި އެކީ ވެސް ބޭރަށް ގޮސް އެކީގައި އުޅެލިން. ބަޓް އޭސް އަ ފްރެންޑް.” އައްޔާދް ވާހަކަ ދައްކަމުން ދިޔައެވެ.

“ފަހުން ބައްޕައަށް އިނގުނީ އަޅުގަނޑާއި ރިއުމާންއާއި އޮތް ގުޅުން.. އެހެންވެ އެކަމާއި ނުރުހިގެން އެދުވަހު ވަރަށް އެއްޗެހިކީ.. އެކަމު ބައްޕައަށް އިނގޭނެ އެހެން ބުންޏަސް ރިއުމާންއާއި އޮތް ގުޅުން ކަނޑާނުލާނެކަން.. އެހެންވެ އެކަން ހުއްޓުވަން ވެގެން ކުރިކަމެއް މިއީ. އަޅުގަނޑަށް އަންގައި ވެސް ނުލައި ލައިބާއާއި ކައިވެނި ހަމަޖެއްސީ.” އައްޔާދް ހަށިފުރައި ނޭވާއެއް ލަމުން ބުނެލިއެވެ. އޭރު މާރިއާ އެވާހަކަތައް އަޑުއަހަން ހުރިއިރު އޭނާ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދެން މަންމަ ބުނެބަލަ އަޅުގަނޑު ރުޅިއެއް ނާންނެތަ؟ އަނެއްކާ މިހާރު އެކަމަށް އިންކާރު ކޮށް މަންމަމެން ކުރިމަތީގައި އެބުނަނީ އަޅުގަނޑު ބުނެގެން ކުރިކަމެކޭ. ސޮރީ އެގޮތަށް ހަޅޭލެވުނީތީ. ބަޓް ހީ އިޒް ރޫއިން މައި ލައިފް.. އެހެންވީމަ މަޑުންނެއް ނުހުރެވޭނެ.” އައްޔާދް ވާހަކަ ނިންމާލުމުން މާރިއާ ވަކި އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓޭވެ. އޭނާ ފަހަރެއްގައި ވެސް އާޒިމް މިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

“އެހެންވީމަ މިއީ ދަރިފުޅު ބޭނުންވެގެން ކުރާ ކަމެއް ނޫންތާ.. އެކަމަކު ބައްޕަ ކީއްވެ ރިއުމާން ދެކެ ތިހާ ރުޅިއެއް އަންނަވީ.. އެހެންވެ ދޯ އެއްކަލަ ދުވަހު މަންމަ ކައިރިން ޒުބޭރުގެ ވާހަކަ އޮޅުން ފިލުވީ.” މާރިއާ ހަދާންވުމުން ބުނެލިއެވެ. “ހޫމް.. އެހެންވެ. ބައްޕަ އެހައި ރުޅިއަންނަނީ ކީއްވެ ކަމެއް ނޭނގެ.” އައްޔާދް ހަޤީޤަތް ހާމަ ނުކުރީ އެވާހަކަ ބުނާނެ ގޮތެއް ނޭނގޭތީއެވެ. އަދި އެކަމުގައި ފޮރުވިފައިވީ ސިއްރުތައް ހާމަ ނުވަނީސް އެވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ނޫނަސް މާރިއާ ކުރިމަތީގައި އެގޮތަށް ރިއުމާން ފަޞީހަތް ކުރާކަށް އޭނާ ނޭދެއެވެ.

“އާޒިމް ކީއްވެބައި ތިވަރަށް އޮޅުވާލަންވީކީ.. ލައިބާމެން އަންނަން އުޅޭނީ މިހާރު. މަންމަ ކީކޭ ބުނާނީ ދެން އެމީހުން ކައިރި. ލަދުން ނުކެރޭނެ އިސް އުފުލާ ބަލައިލަން ވެސް. އެހައި ގާތް ރަޚްމަތްތެރިކަމެއް އޮއްވާ މިގޮތަށް ކަންތައްވީމަ ދެން..” މާރިއާ މިހިސާބަށް ބުނިތަނާ އަނާ ފަހަތުން ގޮވާލި އަޑުއިވުނެވެ.

“މަންމާ.. ލައިބާމެން އައިސްފި.” އަނާ މިހެން ބުނުމުން މާރިއާއަށް ބޭރަށް ނިކުންނަން ވެސް ނުކެރުނެވެ. “ދަރިފުޅު ދޭ. މަންމަ މިދަނީ ދޮންބެއާއި އެކީ.” މާރިއާ މިހެން ބުނުމުން އަނާ އިތުރު އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ. “މޯމް ޕްލީޒް.. އަޅުގަނޑު ބޭނުންމެއް ނޫން ލައިބާއާއި ގުޅޭކަން.” އައްޔާދް އާދޭހުގެ ރާގަކަށް ބުނެލިއެވެ. މާރިއާ ވަކި ޖަވާބެއް ނުދިން އިރު މޫނުމަތިން ހާސްކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

****

‘ކެންވީ ޓޯކް. ޕްލީޒް.’ ފޯނަށް އައިސްފައި އިން މެސެޖު ހުޅުވާލިއިރު އޭގައި ލިޔެފައި އޮތް ބަސްކޮޅު ކިޔާލަމުން ރިއުމާން ފުންނޭވާއެއް ލިއެވެ. އެއްފަހަރު އައްޔާދް އެދައްކަން އުޅޭ ވާހަކައެއް އަހާލުމަކުން ގޯހެއް ނުވާނެއޭ ހިތަށް އެރި ނަމަވެސް އޭނާގެ ޒަމީރު އެކަމަށް ދެކޮޅު ހެދިއެވެ. ކުރިން ވެސް ފޮނި ހުވަފެންތަކެއް ދައްކައިގެން އެހިތް އަތުލާފައި މިފަހަރު ވެސް މޮޅު ވާހަކަ ތަކެއް ދައްކާނީ ކަމަށް އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ.

ހުޅުމާލެއަށް ދާން ތައްޔާރު ވަމުން ދިޔައިރު ހަމްނާ ހުރީ އެނދުމަތީގައި ފޯނަށް ގެއްލިފައި އިން ރިއުމާންއަށް ނަޒަރު ހުއްޓާލައިގެންނެވެ. “ރިއުމާން.. ކޮބާ ރެޑީ ވާންވީއެއްނުން. އަހަރެން ނިމުނީމި.” ހަމްނާގެ އަޑަށް ރިއުމާން ހޭވެރިކަން ވެ ފޯނު ދުރަށް ލަމުން ހިނިތުންވެލާފައި ތެދުވިއެވެ. “ވާހަކައެއް އަހާލަންތައް؟” ތުންފަތުގައި ލިޕްސްޓިކް ޖައްސާލަމުން ހަމްނާ އަހާލިއެވެ. ޖަވާބުގައި ރިއުމާން އާނއެކޭ ބުނުމުން އޭނާ ގޮސް އެނދުގައި އިށީނދެލިއެވެ.

“ކޮބާ އާދިލް މިހާރު؟” ހަމްނާގެ ސުވާލުން ރިއުމާން އޭނާ ނަގަން އެޅި ޝޯލް ތިރިކޮށްލިއެވެ. އާދިލްއަށް ގުޅާނުލެވޭތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ. ޕްރޯމަޝަން ކަންތަކުގައި އަވަދިނެތި އުޅުމުން އާދިލް ކައިރީގައި އެކަންތައް ނިމުމުން ދިމާވާނަމޭ ބުނެފައި އެދުވަސް ކޮޅު އުޅެވުނީ އައްޔާދްގެ އަވައިގައި ޖެހިގެންނޭ އޭނާ ހިތަށް އެރިއެވެ. ރޭގައި އޭނާ ވެސް ދެފަހަރަކު ގުޅާފައި އޮތްއިރު ރިއުމާންއެއަށް ޖަވާބު ނުދިނީއެވެ.

“އެބަ އުޅޭ.. އޭނަ ކައިރި ބުނަންވީ ދޯ ހިނގާށޭ އަހަރެމެންނާއި އެކީ ހުޅުމާލެއަށް ގޮސްލަން..” ރިއުމާން ހެވިފައި ހުރެ މިހެން ބުނުމުން ހަމްނާ އެއްބަސް ވިއެވެ. ރިއުމާން އަވަސް އަވަހަށް ފޯނު ނަގައި އާދިލްއަށް ގުޅާލިއެވެ. އައްޔާދް ޚިޔާލުތަކުން ދުރަށް ގޮސް އާދިލް ފަދަ ހިތްހެޔޮ ރައްޓެއްސަކާއި އެކު ވަގުތު ހޭދަ ކޮށްލަން އޭނާ ބޭނުންވިއެވެ.

“ހަލޯ.. އާދިލް.” އާދިލް ފޯނު ނެގުމުން ރިއުމާން ވާހަކަދެއްކިއެވެ. “ހަނދާންވެއްޖެ ދޯ. އަހަރެން ހީކުރީ ދެން ފެނުނީމަ ދަންނަ ކަމަށް ވެސް ނަހަދާނެ ކަމަށް.” އާދިލް ޖެއްސުމަށް މިހެން ބުނެފައި ހިނިގަނޑެއް ޖަހާލިއެވެ. “އައި އެމް ސޮރީ.. ހިނގާ މިއަދު ހުޅުމާލެއަށް ދާން. ހަމްނާ މެން ވެސް ދާން. ވީ ކެން ހޭންގް އައުޓް..” ރިއުމާން މިހެން ބުނުމުން އާދިލް ހިމޭންވިއެވެ.

“އަހަރެން ބިޒީކޮން މިއުޅެނީ.. މީޓީންސް އެންޑް ޕްރޮޖެކްޓްސް..” އާދިލް މިހިސާބަށް ބުނިތަނާ ރިއުމާން އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. “އޯ ޝަޓްއަޕް.. އެއްވެސް ބިޒީއެއް ނޫން.. ތާޓީ މިނެޓްސް ތެރޭގައި ދޭ ފެރީ ޓާމިނަލްއަށް..” ރިއުމާން މިހެން ބުނުމުން އާދިލް އެކޮޅުން ހީގައިން އަޑުއިވުނެވެ. “އޯކޭ އޯކޭ.. ސީޔޫ.” އާދިލް މިހެމް ބުނެފައި ފޯނު ކަނޑާލުމުން ރިއުމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

****

މެންދުރުގެ ކެއުން ކުރިއަށް ދިޔައިރު ސުފުރާމަތީގައި އެތަށް ވާހަކައެއް ދެކެވުނެވެ. ލައިބާ މަޑުމަޑުން އިނދެ ކެއުން ކުރިއަށް ގެންދިޔައިރު ދޭތެރެ ދޭތެރެއިން ދުރުގައި އިން އައްޔާދަށް ނަޒަރު ހުއްޓާލައެވެ. އަދި އައިފަހުން ކައިވެނީގެ ވާހަކަ ނުދެކެވުނު ނަމަވެސް ކެއުން ނިމުމުން ނަޒީރު އެވާހަކަ ދައްކާނެކަން އޭނާއަށް އިނގެއެވެ.

އައްޔާދް މާގިނަ ވާހަކައެއް ނުދެއްކި ނަމަވެސް ދޭތެރެ ދޭތެރެއިން މަޝްވަރާގައި ބައިވެރި ވެލައެވެ. އޭރު މާރިއާ ހިތާއި ދެކޮޅަށް ހިނިތުންވެ އިނދެ އެންމެންނާއި ވާހަކަދައްކަމުން ދިޔަ ނަމަވެސް އައްޔާދްގެ ނުރުހުމުގައި މިކައިވެނި ކުރެވޭކަށް އޭނާ ވެސް ނޭދެއެވެ. “ވަރަށް މީރު އިނގޭ ހުރިހާ އެއްޗެއް ވެސް.” ޒުލްފާ ކައި ނިމިގެން ތަށި ހިފައިގެން ތެދުވުމުން މާރިއާ ވެސް އޭނާ ފަހަތުން ދިޔައެވެ. އޭރު އާޒިމް އާއި ނަޒީރު ވާހަކައިގައި ތިބިއިރު އަނާ ތެދުވެ ލައިބާ ގޮވައިގެން ބެލްކަންޏަށް ނިކުމެލިއެވެ.

“އަހަރެން ވަރަށް އުފާވޭ މިގެއަށް ލައިބާ ފޮނުވަން.. ކުރިންވެސް ހިތަށްއަރައި މިދެކުދިން ގުޅިއްޖެއްޔާ ދެއާއިލާ އިތުރަށް ބަދަހިވާނެޔޭ. އައްޔާދް ކަހަލަ ރަނގަޅު ފިރިހެނުން ވަރަށް މަދުވާނެ މިޒަމާނުގައި” ސިންކު ކައިރީގައި އަތް ދޮންނަށް ހުރި މާރިއާ ޒުލްފާގެ އެވާހަކައަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

“އަހަންނަށް ފެންނަނީ ވީހާވެސް އަވަހަށް ކައިވެނީގެ ކަންތައް ނިންމާލަން.. އާޒިމް ބުނިވިއްޔަ އައްޔާދް ބޭނުންވަނީ އެގޮތޭ..” ތައްޓަށް ފެންއަޅަމުން ޒުލްފާ މިހެން ބުނެލުމުން މާރިއާ ހުރީ ކޮސްވެފައެވެ. އާޒިމް އެވަރަށް އޮޅުވާލައިގެން ވާހަކަ ހަދަހަދައިގެން ދައްކަފާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިއެއް ނުކުރެއެވެ. “ޒުލްފާއްތަ.. ފެންފުޅި ދީބަ.” އެވަގުތު އައްޔާދް އަތް ދިއްކޮށްލުމަށްފަހު މިހެން ބުނެލުމުން ޒުލްފާ ހިނިތުންވެލާފައި އަތުގައި އޮތް ފެންފުޅި ދިނެވެ.

“ދެން މިހާރު ޒުލްފާތައެކޭ ނޫނޭ ކިޔާނީ. މީގެ ފަހުން މަންމަ ކިޔަންވާނީ އިނގޭ.” ޒުލްފާ މިހެން ބުނުމުން އައްޔާދް ބޯން އުފުލާލި ފެންތަށި ތިރިކޮށްލަމުން ބުނާނެ އެއްޗެއް ނޭނގި މާރިއާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު މާރިއާ އަވަސް އަވަހަށް ފޯއްތަބަށް ހިފައިގެން އައިސް ޒުލްފާއަށް އެ ދިއްކޮށްލިއެވެ. “ދޭ ދުފާލަން.. އާޒިމްމެންނަށް ވެސް ދޭތި.” މާރިއާ ވާހަކަ އޮޅުވާލުމުން ޒުލްފާ ހިނިތުންވެހުރެ ތަބަށް ހިފައިގެން ދަމުން އައްޔާދްގެ ބޮލުގައި ފިރުމާލިއެވެ.

“މަންމާ..” އައްޔާދްގެ މޫނުމަތިން މާޔޫސްކަން ފާޅުވަމުން ދިޔައެވެ. “އިނގެޔޭ. އިނގެޔޭ.. ކުއްލިއަކަށް އެވާހަކައެއް ނުދެއްކޭނުން.. ހަމަޖެހިބަލަ.” މާރިއާ އަވަސްއަވަހަށް މިހެން ބުނެފައި ޒުލްފާ ފަހަތުން ހިނގައިގަތެވެ. އައްޔާދް ހިތްހަމަ ނުޖެހިފައި ހުރެ ފެންތަށި އެއްނޭވާއިން ހުސްކޮށްލުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

“ދަރިފުޅާ އައްޔާދް.. އާދެބަލަ މިކޮޅަށް.” އާޒިމްގެ އަޑަށް އޭނާ ނަގަނަގައި ހުރި ފިޔަވަޅު ހުއްޓުނެވެ. ގެއަށް މެހެމާނުން އައިސްފައި ތިބުމުން އެކަމަށް ދެކޮޅު ނަހާދާ މޫނުމަތިން ހަމަޖަހެން މަސައްކަތް ކުރަމުން ގޮސް އާޒިމްއާއި ޖެހިގެން އިން ސޯފާގައި އިށީނދެލިއެވެ. އޭރު ބޭރު ބެލްކަނީގައި ހުރި ލައިބާ ވެސް އަނާއާއި އެކު އައިސް ސޯފާގައި އިށީންނަނީއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ހަޤީޤަތުގައި އައްޔާދް މިކައިވެނި ކުރަން ނިންމީތީ. ދޯ ޒުލްފާ..” ނަޒީރު ހިނިތުންވެފައި އިނދެ މިހެން ބުމުން ޒުލްފާއި އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. “އާނ.. އައްޔާދް އުފަލުގައި އަހަރެމެންގެ ދަރިފުޅު ގެންގުޅޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތް” ޒުލްފާ މިހެން ބުނުމުން ލައިބާ ކައިރީގައި އިން އައްޔާދަށް ނަޒަރު ހުއްޓާލިއެވެ. އައްޔާދް އޭނާ ލައިގެން އިން ގަމީހުގެ އަތުކުރި އޮޅަމުން އިންއިރު އޭނަ ދައްކަމުން ދިޔަ ވާހަކައަކަށް އެއްވެސް ޝައުޤުވެރިކަމެއް ނުދައްކައެވެ.

އޭރު އެކައިވެނީގެ އިތުރު ވާހަކަ ދެކެވެމުން ދިޔައިރު ވެސް އައްޔާދް ހިމޭނުން އިނުމުން ލައިބާއަށް އުނދަގޫވިއެވެ. “ލައިބާ ކަހަލަ ކުއްޖެއް މިއާއިލާއާއި ގުޅުމަކީ ހަމަ ލިބޭ އުފަލެއް.. އެހެންނުން މާރިއާ.” އާޒިމް މިހެން ބުނުމުން ހާސްވެފައި އިން މާރިއާއަށް ހަމައެކަނި ހީލެވުނީއެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް އެހިތްވަރެއް ނުލިބުނެވެ. އޭރު އައްޔާދްގެ ނަޒަރު މާރިއާއަށް ހުއްޓިފައި ވީއިރު އެއަތްވަނީ މުށްކެވިފައެވެ.

“ދެން ވަކި ދުވަހެއް ކަނޑައަޅަން ވީއެއްނުން..” ޒުލްފާ މިހެން ބުމުން އާޒިމް ހިނިތުންވެލިއެވެ. “އާނ.. ހަމަ ވީހާވެސް އަވަހަކަށް މިކަން ކުރަންވީ. ދޯ އައްޔާދް.” އާޒިމް މިހެން ބުނެފައި އައްޔާދަށް ނަޒަރު ހުއްޓާލުމުން އޭނާ ވަކި އެއްޗެކޭ ނުބުނެ ލޯ އަޅާލިއެވެ. “އައްޔާދް. ދަރިފުޅާ..” އާޒިމް ތަންކޮޅެއް އަޑު ހަރުކޮން އަހާލުމުން އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭރު މާރިއާ އެކަން ހުއްޓުވަން އެއްޗެކޭ ބުނަން ދޫ ހަރަކާތް ކުރި ނަމަވެސް އައްޔާދްގެ އަޑުން އޭނާގެ ދޫ ބަންދުވިއެވެ.

“ލައްބަ.. ހަމަ އިންނަންވީ.” އައްޔާދް މިހެން ބުނިއިރު އޭނާގެ ނަޒަރު ވަނީ ސީދާ އާޒިމަށް ހުއްޓިފައެވެ. އައްޔާދް ކުއްލިއަކަށް މިކަމާއި އެއްބަސް މާރިއާ ހައިރާންވި އިރު އާޒިމް ވެސް އިނީ އެބުނި އެއްޗެއް ޤަބޫލުކުރަން ދަތިވެފައެވެ. އޭނާ ހީކޮށްގެން ހުރީ އައްޔާދް ކޮންމެވެސް ބަހާނާއެއް ދައްކާ ކައިވެނި ފަސްކުރަން އުޅޭނެ ކަމަށްށެވެ. ނަމަވެސް ކަންތައް މިވީ ދިމާ އިދިކޮޅަށެވެ. އެވަރަށް އޭނާއައި ޒުވާބުކޮށްފައި ކުއްލިއަކަށް އެއްބަސް ވުމުން އާޒިމް ހައިރާންވިއެވެ.

“އެކަމު އޭގެ ކުރިން އަޅުގަނޑު ބޭނުން ލައިބާއާއި ކުޑަކޮން ވާހަކަދައްކާލަން.” އައްޔާދް މިހެން ބުނެފައި ޖަވާބަކަށް މަޑު ނުކޮށް ތެދުވެގެން ބެލްކަންޏަށް ނިކުތެވެ. މިތަން ބަލަން އިދެފައި ޒުލްފާ އިޝާރާތުން ދާށޭ ބުނުމުން ލައިބާ ދެޚިޔާލެއްގައި ހުރެފައި އައްޔާދްގެ ފަހަތުން ނިކުތެވެ. “މައްސަލައެއްނެއްތާ ދެކުދިން ވެސް ވަކިން މިކަމާއި ވާހަކަ ދައްކާލަން ވާނުން.” ހިމޭންކަން ވެރިވެފައި ވުމުން އާޒިމް ބުނެލިއެވެ.

****

ޖެހެމުން ދިޔަ ވައިރޯޅި ތަކުން ގަޔަށް ފިނިކަން ގެނުވާއިރު މެންދުރުގެ ދިލަ ހޫނު އަވި މަޑުވެގެން ގޮސް ހަވީރުގެ ހިޔާ ޖެހެން ފަށައިފިއެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އައްޔާދް ބޭރަށް ނަޒަރު ހުއްޓާލިއިރު އޭނާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ފަޅި ސިކުންތެއްގައި އޭނާ އެނިއްމި ނިންމުމުން އެތަށް ބައެއްގެ ދިރިއުޅުން ބަދަލުވެދާނެއެވެ.

ލައިބާ އައިސް ކައިރީގައި ހުއްޓިލަމުން ވަކި އެއްޗެކޭ ނުބުނެ ލައިގެން ހުރި ގަމީސް ހެދުމުގެ އަތުކުރިއާއި ކުޅެމުން ދިޔައެވެ. “އަހަރެން ވަރަށް ސާފުކޮށް ވެގެން އުޅޭގޮތް ގޮތް އޮޅުންފިލުވަދޭން ބޭނުން.. އައި ޑޯންޓް ވޯންޓް ޓު ޕްރިޓެންޑް. އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް.” އައްޔާދްގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު ލައިބާއަށް ބޭއިޚްތިޔާރުގައި އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އައްޔާދް ވެސް އޭނައާއި ކަޅި ހަމަ ކުރިއިރު ލައިބާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހައިރާންކަން އޭނާއަށް ނަގައިގަނެވުނެވެ.

“އާނ.. އަހަރެން ބޭނުވެގެން ނެތް ނޫން ބައްޕަ މިވާހަކަ ދެއްކީ.. އެންމެ ފުރަތަމަ ލައިބާ މިވާހަކަ ބުނި ރޭ އަހަންނަށް އެކަން އިނގުނީ ވެސް. އައި ޑޯންޓް ލަވް ޔޫ.. އައި އެމް ސޮރީ އިފް ޔޫ ގޮޓް ދެޓް އިމްޕްރެޝަން. އަހަރެން ލޯބިވާ އެހެން ފަރާތެއް އެބަހުރި. އެކަމަކު.. އިޓްސް ކޮމްޕްލިކޭޓެޑް. އަހަންނަކަށް ނުކެރޭނެ ލައިބާގެ މައިންބަފައިން ކުރިމަތީގައި ކައިވެންޏަށް އިންކާރު ކުރާކަށް.. އެމީހުން އެތިބީ ވަރަށް ފޮނި އުއްމީދު ތަކާއިއެކު އައިސް.” އައްޔާދް ވާހަކަ ދައްކަމުން ދިޔައިރު ލައިބާ ފާޑަކަށް ގަބުވެފައި ކަޅި ޖަހާނުލައި އައްޔާދްގެ މޫނަށް ބަލަން ހުއްޓެވެ.

“އިނގޭ ތިހުރީ ޝޮކެއްގައިކަން. އައި ވޮޒް ޝޮކްޑް ޓޫ. އަހަންނަށް އަންގާ ވެސް ނުލައި ބައްޕަ މިކަހަލަ ކަމެއް ނިންމީތީ.. އެކަމު އަހަރެން މި ކައިވެނި ކޮށްފާނަން. ލައިބާގެ އާއިލާގެ އިއްޒަތާއި ގަދަރު އެގޮތަށް ވައްޓާލާކަށް އަހަރެން ނޭދެން. އައި ރެސްޕެކްޓް ދެމް. ކައިވެނި ކުރެވުނަސް ލައިބާއަށް އަހަރެންގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބޭނެ. ޑޯންޓް އެކްސްޕެކްޓް ދެޓް ފްރޮމް މީ.. މި ހިތަކީ އެހެންމީހެއްގެ ހައްޤެއް. އެކަމު ލައިބާއަށް ދޭން ޖެހޭ އަޅާލުމާއި އޯގާތެރިކަން ދޭނަން.. އަތްބަކަށް ވީތީ ހުރިހާ ކަމެއް ވެސް ފުރިހަމަ ކޮށްދޭނަން… ދެމަފަރިން ގޮތުގައި ދުނިޔެއަށް ފެންނާނީ… ބަޓް ބިޓްވީން އަސް ދެއާ ވިލް ބީ ނަތިން.” އައްޔާދްގެ ވާހަކަތައް އަޑުއިވުމުން ލައިބާގެ ލޮލަށް ކަރުނައިގެ ދިލަ ހޫނު އިހުސާސް ވިއެވެ.

“އަހަރެން ލޯބިވާ ކުއްޖާ ހާސިލް ކުރާނަން.. އެދުވަހަކުން ދެއަތްބަށް އިންނަން ވިޔަސް އިންނާނަން. އެކަމު ލައިބާ ބާކީކޮށް އެއްލައެއް ނުލާނެ ކަމުގެ ޔަޤީންކަން ދެން. އަހަރެން ބޭނުންމެއް ނޫން އޮޅުވާލައިގެން ކައިވެނީގެ ގޮށް ޖަހާކަށް. ދެން މީގައި ގޮތެއް ނިންމާނީ ލައިބާ. ލައިބާ މިކިޔާދިން ހުރިހާ ކަމަކަށް ވެސް އެއްބަސް ވަންޏާ އަހަރެން މިހުރީ މިކައިވެނި ކުރަން.. މިގޮތަށް އުޅެން ބޭނުން ނުވަންޏާ މިހާރު ވެސް ކައިވެނި ހުއްޓަންވީ. އިޓްސް އަޕް ޓު ޔޫ.” އައްޔާދް ވާހަކަ ނިންމާލި އިރު ލައިބާގެ ކޯތާފަތަށް ކަރުނައިގެން ރޮނގެން ފޭބިއިރު އޭނާ ހިންދިރުވާލި ނަމަވެސް ކަރުތެރެ ވަނީ ބެދިފައެވެ.

ލައިބާ އެއްޗެކޭ ނުބުނެ ހުރުމުން އައްޔާދަށް އަސަރު ކުރިއެވެ. އެއްވެސް ކުށެއްނެތި ލައިބާއަށް އެހެން ހަދަން އޭނާ ވެސް ނޭދެއެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން އައްޔާދަށް މިއަދު މަޖުބޫރުވީއެވެ. “އައި އެމް ސޮރީ..” އައްޔާދަށް ހަމްދަރުދީވެ ބުނެވުނީ ހަމައެކަނި މިހެންނެވެ. ލައިބާ އިތުރު އެއްޗެކޭ ނުބުނު އަތުގެ ނުފުށުން ކޯތާފަތް ފޮހެލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ.

އޭރު ފެންނަށް އޮތް މާސިންގާ ގަދަ ނޫކަނޑުގައި ދޯނި ފަހަރު ދަތުރު ކުރަމުން ދިޔައިރު އުޑުގައި ކަފަކޮޅެއް ފަދައިން ހުދު ވިލާތަށް ދަތުރު ކުރަމުން ދިޔައެވެ. އެހިތް މިއަދު ކުދި ކުދި ވެއްޖެއެވެ. އެތަށް ދުވަހެއް ވަންދެން ކުރަމުން އައި ފޮނު އުއްމީދުތައް ސިކުންތެއްގެ ތެރޭގައި ވިއްސި ވިހާލެވިގެން ދިޔައީއެވެ.

“އަހަރެން މި ދަނީ އެތެރެއަށް.. ލައިބާ އައިސް ވަކި ގޮތެއް ނިންމާ. އައި އެމް ސޮރީ އަގައިން. އެކަމު މިހިތުން ލައިބާއަށް ޖާގައެއް ނުދެވުމަކީ އަހަރެންގެ ކުށެއް ނޫން. ގަދަކަމަކުން ލޯތްބެއް ނުވެވޭނެ.” އައްޔާދް މިހެން ބުނެފައި އެތެރެއަށް ވަނުމުން ލައިބާ ދެލޯ މަރާލިއިރު ކަރުތެރެއިން ގިސްލުމެއްގެ އަޑު ބޭރުވިއެވެ.

-ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

އެވިއްސާރަ ރޭ… ނުވަވަނަބައި

Next

އިންތިހާޔަށް (20ވަނަ ބައި)

Next
January 27, 2017

އިންތިހާޔަށް (20ވަނަ ބައި)

Previews
January 27, 2017

އެވިއްސާރަ ރޭ… ނުވަވަނަބައި

44 Comments!

  1. layaal says:
    January 27, 2017 at 3:16 pm

    Enjoy reading. Next part on Sunday.
    Will she sacrifice her love or accept to live without being loved?

    1. Yax says:
      January 27, 2017 at 3:42 pm

      Make her sacrifice her love and let Aadil love her!!!

    2. swyt says:
      January 27, 2017 at 6:18 pm

      i agree with Yax
      by the way story is very nice

    3. Shai says:
      January 29, 2017 at 9:38 pm

      Alhey kobaatha miadhuge episode.. V inthizaaru kurevey..konirakun anehkai up kuranee.

  2. sallu says:
    January 27, 2017 at 3:18 pm

    nice story layaaal hama waiting ga indha thi up kohleee thanks,,,,

  3. amaani says:
    January 27, 2017 at 3:35 pm

    varah salhi. heeves nukuraa gothe mi vi. hi eh nuvey laiba ehbas vaane hennen. lets see dhw. love you layaal ??

    1. layaal says:
      January 27, 2017 at 8:11 pm

      thanks ?

  4. hanni says:
    January 27, 2017 at 3:37 pm

    Ayaadh! keekuran laiba a inani. dhen varah foohi. plx riumaan kairiah dheybaaaa. varah salhi igey ekamu

    1. layaal says:
      January 27, 2017 at 8:12 pm

      thanks

  5. Its me says:
    January 27, 2017 at 3:37 pm

    Story liye nimmafa indhaa keevetha konme dhuvahaku nugenesdheny? Kurin buni liye nimifa ey iny?

    1. Jeen says:
      January 27, 2017 at 3:41 pm

      Fahun layaal bunyehnu ithuru kurii eyyy… Ehnveema komme dhuvahaku nugeneveyne ehnu…

  6. Jeen says:
    January 27, 2017 at 3:39 pm

    Heevanii laibaa marry kuraane hen.. And riumaan ayyaadh dheke loabivaakan ingeynii hen.. I love three of them. Kihinehbaa vaaniii.. Riumaan aadhil aa kanneyge gulheynii.. Alhe aadhil laibaa aa gulheynama dhwww 😉

  7. lam says:
    January 27, 2017 at 4:01 pm

    Love this story ❤️❤️❤️❤️❤️❤️
    Ayaadh dhen kihine thi hedhi. laiba fakeeu hiy halaaku viyye. i think merry kuraani hen

    1. layaal says:
      January 27, 2017 at 8:15 pm

      thanks ?

  8. Anonymous says:
    January 27, 2017 at 4:14 pm

    Sunday haadha lahey.. plx up soon.. vaahaka vvv salhi… plx plx plx plx plx tomorrow vx up kohdheebala

  9. Rsy says:
    January 27, 2017 at 5:06 pm

    VVVVVVV reethi….
    Riuman aaa vara hithama thaka kuri maathivi….laiba a vura…
    So RIUMAN deserve AYAAD…not laiba…
    RIU deserve MORE HAPPINESSS >>> HER FIRST LOVE AAYAADD>>>> PLS PLS PLS LAYYAA
    RIU AND AAYAAD

    1. layaal says:
      January 27, 2017 at 8:13 pm

      thank you ?

  10. nadha says:
    January 27, 2017 at 5:49 pm

    alhey ayaadh! why did you do that. but than no choice dhw. aslu m namaves nukereyne bunaaka. laiba pl agree nuvaathi. ayaadh buni nun eh he loves someone else ey. so don’t merry him.
    and layaa your the best. vvvvvvvv salhi.

    1. layaal says:
      January 27, 2017 at 8:15 pm

      thanks ?

  11. Pinker says:
    January 27, 2017 at 6:02 pm

    Kureedhuvahuge prt maabodah genes dhyfa othy mi part ga…Story hama v v v habeys…

    1. layaal says:
      January 27, 2017 at 8:16 pm

      Thank you ?

  12. Eema says:
    January 27, 2017 at 7:21 pm

    I never commented on this story before. Ekmau hama gavaa idhun kiyan enme episode eh ves vahtaa nula. Aslu mi vaahaka aki ekahala kudhinge dhiri ulhumugaa dhimaa vedhaane eki gon jehuntha varah furihama ah genes dhey vaahaka eh. meehun eki goi gotha dhekeyni. ehves meehaka trust kuran ves aslu nukereyne. abadhuves e biru inaane hithu thereyga. varah reethi mihaa hisaaba genes dheefa huri goi. Riuman ai dheytherey aazim ves ehen dhekeny hageegai neyge thi. varah molhu layaal vaahaka genes dheyn. enme kamudhani sifa kohadheefa huna goi. kiyan faseyha vefa manzaru tha hama fena hen heevani. Varah reethi ibaarai kurun tha ves. adhi varah faahaga koh levey episode inaane. eyga scenes tha genes dheefa hurile varah reethi. riuman kidnap kohegn gengos gen vaa kantha tha kiyaa dheefa huri episode ei. eyga konme scene eh ves inani thafaathu meehunge nazariyaa in genesdheefa. like eh scenes eh ga eki meehunge nazariyaa vakin genes dheefa huri. adhi nukuyan ekahala gothaka liyefa hutaa. mihen ulhefa dheythere akun adhives e episode kiyaa levey ehaa ves furihama. comment varah dhigu ves vejje. ekamu adhi eh than kolhu faaha kohlan beynun. imlaa kuh madhun nama ves hurey igey. huredhaane miss vefa ehen ekamu ekan ves ragalhu kohliyaa varah reethi vaane. Layaal thi hama hovaa levey liyuntheringe thereyga hama gaimuves hime neyne ekaku. for me your as good as laraa. so keep going. i love your work. kuriah huri baitha ves reethi vaane kama umeedhu kuran. adhi insha allah layaa ah hama thigotha vaahaka liyumuga kuri ah dhaan v. layaa ge furathama vaahaka ves hama ehaa reethi. Welldone ❤️❤️

    1. layaal says:
      January 27, 2017 at 8:20 pm

      Thanks dear. that was very sweet of you. I’ll improve the grammar mistakes from now on. And since you pointed out the episode you talked about that one is my personal favorite too, glad you like it. Thanks a bunch again ??

  13. Sharu says:
    January 27, 2017 at 8:03 pm

    I agree with yax.. let lauba sacrifice her love and laiba n Adil gulhuvabala.. Ayyadh n Riumaan dhureh nukureveyne.. they made for each other.. Auyadh n Riuman together will be perfect couple..

  14. Faathee says:
    January 27, 2017 at 8:38 pm

    Labia ok vaanee hen heevanee e gotha ves ayyadh aa marry kuran. Marry kuraa fahun ayyadh ge hiy badhalu vedhaane kamah heekoh. Story dhaa goi vara salhi. Avaha Riumaan aa ayyadh ge gulhun ves feshuneema ithurah salhi vaane. I love ayyadh

  15. Almaa says:
    January 27, 2017 at 8:50 pm

    Nice

  16. Inaa ❤ says:
    January 27, 2017 at 9:12 pm

    Laraa ge vaahaka kiyeyny konthaakun?

    1. Hamdhu says:
      January 27, 2017 at 9:59 pm

      umm dude. Laraa ge vaahaka is not published on esfiya. Go see her facebook page ?

    2. Inaa ❤ says:
      January 28, 2017 at 10:00 am

      Wait i didnt say esfiya inney. I asked konthaakun hey ?

    3. milli says:
      January 28, 2017 at 10:18 am

      its on laraage vaahaka fb page

  17. fari says:
    January 28, 2017 at 11:59 am

    Yes ayaadh! Ayaadh ah adhi Riu haasil vaane ❤️ love it layaa. dhen alhey laiba merry kuraane baa.. i don’t think so aslu

  18. Mz says:
    January 28, 2017 at 11:02 pm

    V shalhi story thivaahaka layaal. l am waiting next part

  19. Sheera says:
    January 29, 2017 at 6:39 pm

    When is next part layaal? Eagerly waiting to read

  20. Elsaa says:
    January 29, 2017 at 6:50 pm

    Kobaa next part???

  21. Anonymous says:
    January 29, 2017 at 7:48 pm

    V reethi vaahaka next inthizaaru kuranjeheleh bodukamun dheraee

  22. koky says:
    January 29, 2017 at 8:13 pm

    v foohi dhen…lasvyma

    1. Jeen says:
      January 29, 2017 at 9:15 pm

      Aslu ves.. ?

  23. Shai says:
    January 29, 2017 at 9:41 pm

    Kobaatha todayge part

  24. koky says:
    January 29, 2017 at 9:44 pm

    kihaa dherakameh. vaahaka up nukurevenyaaa nuvaaneyey kiyaafa ninmaalyma vynu. bodu kameh

    1. Jeen says:
      January 29, 2017 at 10:04 pm

      Sunday adhi nunime ehnu ?
      Be patient ?

  25. layaal says:
    January 29, 2017 at 10:30 pm

    Sorry guys. I got busy and didn’t have time to write because something came up. kame vegen las vedhaane but i would never a leave my story unfinished. I’m writing right now so might update later tonight or else morning ga. Can’t promise tonight but definitely maadhama ah vaane. Apologies again. ❤️

    1. Jeen says:
      January 29, 2017 at 10:36 pm

      Its ok ?.. Vaahaka up veythorr iru kolhu kolhaa eba beleyy.. Dhn ehnveema ingeyne ehnu ?.. Keep up the good work ?

  26. Pinker says:
    January 29, 2017 at 10:47 pm

    Its ok….nidhi annandhen balaanan story upveytho….

  27. Nightingale says:
    January 30, 2017 at 12:17 am

    Waiting eagerly for what will happen can exceed my expectations

Comments are closed.

Next Episodeވަންހަނާ (24)←


All Right Reserved!