Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ނުވަވަނަބައި

nizam
January 27, 2017
4 Mins Read
49 Views
7 Comments

ހެނދުނުގެ މާއިރާ ކަމުން ހޮސްޕިޓަލުގައި ގިނަ އިރު ހޭދަ ކުރާކަށް ނުޖެހުނެވެ. މީހުން ވެސް މަދުކަމާ އެކު ޑޮކުޓަރައް ދައްކައިލުމާ އެހެން ހުރިހާ ކަމެއް ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާ ލެވުނެވެ.

އެހެން ކަމުން ހޮސްޕިޓަލުން ނުކުމެ ޑޮކުޓަރު ދީފަ އޮތް ބޭސް ސިޓީ ހިފައިގެން ގޮސް ކުރިމަތީ ހުރި ބޭސް ފިހާރަޔަށް ވަދެ ބޭސް ގަނެގެން ގެޔަށް ދިއުމަށް ޓަކައި ޖެހިގެން އޮތް ގޯޅި އަޅަން ވެގެން މަގު ހުރަސް ކޮށްލި ވަގުތު ފަހަތުން މީހަކު އަހަރެންގެ ނަމުން އަހަރެންނަށް ގޮވައި ލިއެވެ.

އެ އަޑަށް ސިއްސައިގެން ގޮސް އަހަރެން ނަށް ފަހަތް ބަލައިލެ ވުނެވެ. އެވަގުތު އަހަރެން ނަށް ހީވީ ބިން ގަނޑު ފައިގެ ދަށުން ދެމިގެން ދިޔަ ހެންނެވެ.

ދުނިޔެ ވެސް އަހަރެން ވަށާ އެނބުރެން ފެށިހެން ހީވިއެވެ. އެއްވެސް ހުރަހެއް ނެތި އަހަރެންގެ ކުރި މަތީ ހުރި މީހާ ފެނިފަ އެ ވީގޮތް ހުދު އަހަރެންނަށް ވެސް ނޭންގުނެވެ.

ވަގުތުން އަހަރެން ގަނޑު ވި ކަހަލަ އެވެ. ކުރިޔަށް އެންމެ ފިޔަ ވަޅެއް ވެސް އަހަރެން ނަކަށް ނޭޅުނެވެ. ދެ ލޯ ބޮޑުވި އިރު ހިތް ވެސް ހީވީ މޭ ފަޅައި ލައިފަ ނުކުތް ހެންނެވެ. ކަޅި ވެސް ޖަހައި ނުލައި ހުއްޓިފައި އަހަރެންނަށް ބަލަން ހުރެވުނީ ހައިރާން ވެފައެވެ.

އެ ރީތި ހަށިގަނޑު ވަނީ ހިކި އަނަރޫފަ ވެފައެވެ. ދިގުވެފައި ހުރި ބޮލައި ތުނބުޅީގެ ސަބަބުން މީހާގެ ސިފަ ވަނީ އެއްކޮން ހެން ގެއްލި ފައެވެ. މޫނުމަތީ ގަ އެއްވެސް ތާޒާ ކަމެއް ނެތެވެ. ލާފަ ހުރި ޖީންސާއި ގަމީހުން ވެސް އެ ހަށގަނޑު ގެ ނިކަމެތިކަން އިތުރަށް ހާމަ ވެގެން ދެއެވެ.

އެހެނަސް އަހަރެން ނަކަށް އޭނަ އެއް ނޯޅެއެވެ. އެއީ ހަމަ އޭނައެވެ. އެ މީހަކަށް ޓަކައި އަހަރެންގެ އާއިލާ ދޫކޮށްލަން ޖެހުނު އަހަރެންގެ ފުރަތަމަ ފިރިމީހާ ނީޝާމު އެވެ. އަހަރެންގެ ޚަޔާތުގަ ވެސް އަހަރެން ލޯބިވި ހަމަ އެކަނި މީހާ އެވެ.

އެވަގުތު ވާންވީ އުފާ ކަމެއް ނޫނީ ރޯންވީ ކަމެއް ވެސް އަހަރެން ނަކަށް ނޭންގުނެވެ. އަތުގަ ހުރި ބޭސް ކޮތަޅު ވެސް އަތުން ދޫވެ ބިން މަށްޗަށް ވެއްޓުނީ އިޚުތިޔާރުން ބޭރު ގައެވެ. ހައިރާން ކަމާ އެކު އަހަރެން ނަށް ހުރެވުނީ މި ފެންނަނީ ހަޤީޤަތެއްކަން ވެސް ޤަބޫލު ކުރަން ދަތި ވެފައެވެ.

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މީގެ ދެ އަހަރު ކުރިން ހިނގައި ދިޔަ ހިތާމަ ވެރި ހާދިސާ އެއްގައި އޭނަ ވަނީ ގެއްލި ފައެވެ.

އޭގެ ފަހުން ހަތަރު އަހަރު ވެގެން ދިޔައިރު ވެސް އޭނަގެ އެއްވެސް ޚަބަރެއް ނުވެއެވެ. ކަމާ ބެހޭ ފަރާތް ތަކާއި އެހެނިހެން އަހަރެންނަށް ހެޔޮ އެދޭ ފަރާތް ތަކުން ވެސް އޭނަ ހޯދަން ކުރި މަސައްކަތުގައި ނުކުތީ ހަމަ އެއް ނަތީޖާ އެކެވެ. އެހެން ކަމުން އަހަރެން މިހުރީ އޭނަ މަރު ވީ ކަމަށް ނިންމައި ގެންނެވެ.

އެކަމަކު…. މިއަދު…..

އަހަރެންގެ ހިތުގައި ނޭންގޭ ބިރު ވެރި ކަމެއް އުފެދުނެވެ. އެތަށް ސުވާލެއް ހިތުގައ ފުނި ޖެހުނެވެ. އެ ސުވާލު ތަށް އޭނަޔާ ކުރަން ވެސް ބޭނުން ވިއެވެ.

އެހެނަސް އެ ހިއްވަރެއް އަހަރެން ނަކަށް ނުލިބުނެވެ. ހަދާނެ ގޮތް ހުސްވެ ބަސް ހުއްޓި ދެ އަތް ދެ އަތާލައި މޮޑެލަ މޮޑެލައި އެ ގޮތުގައި އަހަރެންނަށް ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭންގުނެއެވެ.

ކުއްލި އަކަށް ސިއްސައިގެން ދިޔައީ ބާރު ސުޕީޑެއްގައި ކަފި ހުރަސް ކޮށްފައި ދިޔަ ކާރެއްގެ ބަރު ގަނޑު ގެ އަޑުންނެވެ. ހުރެވުނު ތަން ވެސް އެނގުނީ ދެނެވެ. އެހިސާބުގައި މީހުން މަދު ނަމަވެސް އެ އެންމެން ވެސް ތިބީ އަހަރެންނާ ދިމާލަށް ބަލަހައްޓައި ގެންނެވެ.

އެވަގުތު އަހަރެން ވަރަށް ލަދު ވެސް ގަތެވެ. އަހަރެން އަވަސް އަވަހަށް މަގު ގެ އެއް ކައިރިޔަށް ޖެހިލައި ދެވަނަ ފަހަރަށް ނީޝާމު އާ ދިމާލަށް ބަލައި ލީމެވެ.

އޭރު ވެސް ނީޝާމު ހުރީ ހިނިތުން ވެފައި އަހަރެންގެ މޫނަށް ބަލަހައްޓައި ގެންނެވެ. އެ ހިނދު ދެމީހުންގެ ހަތަރު ކަޅި ހަމަ ވިއެވެ. އެ ވަގުތު ނީޝާމު ގެ އަތް އަހަރެންނާ ދިމާލަށް ދިއްކޮށްލިއެވެ. އެހިނދު އެ އަތުގައި ހިފަން އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ. އެ އަތުގެ ހޫނުކަން އިހުސާސް ކޮށްލުމަށް ހިތާ ހތުން އެ ދެވުނެއެވެ. ނަމަވެސް އަހަރެންގެ އަތް ހަރަކާތެއް ނުކުރިއެވެ.

ކީއްވެ ކަމެއް ވެސް ނޭންގެއެވެ. ހުއްޓިފައި އެހުރި ގޮތަށް ހުރެވުނީއެވެ. އަދި އެ ގޮތުގައި ނީޝާމުގެ ކުރިމަތީ ހުންނަން އަހަރެންނަށް އުނދަގޫ ވާން ފެށިއެވެ. އެހެން ކަމުން އަވަސް އަވަހަށް ގެއަށް ދިއުމަށް ޓަކައި އަހަރެން ހިނގައި ގަތީމެވެ. ނީޝާމު ގޮވަ ގޮވައި ހުއްޓައި އެ އަޑަށް ބީރު ކަންފަތެއް ދެމުންނެވެ.

އެ ދުވަހު އަހަރެން ގެޔަށް އައުމުން ޝާހިރު އަހަރެންނާ ސުވާލު ވެސް ކުރިއެވެ. ހޮސްޕިޓަލަށް ގޮސް އެ ތަނުގައި އެހާ ގިނަ އިރު ވީމާ ވެސް ކަންނޭންގެއެވެ. އެ ސުވާލު އަހަންނާ ކުރިމަތި ވާނެ ކަން ކުރިން ވެސް އަހަރެންނަށް އެނގެއެވެ. އެހެން ކަމުން އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ.

އެދުވަހަށް ފަހު އަހަރެން ނަށް ހަމަ ވިސްނެނީއެވެ. ޝާހިރަށް ނީޝާމު މަރު ނުވާކަން އެނގޭ ދުވަހު ކަންތައް ވެގެން ދާނީ ކިހިނެއް ކަން ނޭންގޭ ތީ އެވެ. ޝާހިރު ކައިރީގަ އެ ވާހަކަ ބުނަން މިހާރު ކިތައްމެ ފަހަރަކު ވެސް އަހަރެން މަސައްކަތް ކޮށް ފީމެވެ.

އެހެނަސް އެ ވާހަކަ ބުނުމުން ޝާހިރަށް ވެދާނެ ގޮތަކާ ދޭތެރޭގަ ހިތް ބިރު ގަނެ ފަސް ޖެހެވެނީއެވެ. ޝާހިރު ދެރަ ކުރާކަށް ވެސް އަހަރެން ބޭނުމެއް ނުވެއެވެ. ސަބަބަކީ އަހަރެން ހާލުގަ ޖެހުނު ދުވަހު އަހަރެންނަށް އަޅާލައި އެހީ ތެރި ކަމުގެ އަތެއް ދިއްކޮށްލީ ޝާހިރު އާ އޭނަގެ އާއިލާ ކަމަށް ވާތީ އެވެ.

އަނެއް ކޮޅުން މިހާރު ޝާހިރަކީ އަހަރެންގެ ފިރިމީހާއެވެ. ހަމަ އެހެންމެ ނީޝާމު ދެކެ ވި ލޯބި އަހަރެން ނަށް ޝާހިރު ދެކެ ވެވި މިހާރު އަހަރެންގެ ހިތުގަ ޝާހިރަށް ޓަކައި ވަނީ ޚާއްސަ މަޤާމެއް ވެސް ދެވިފައެވެ. އެހެން ކަމުން ކިތައްމެ ކުޑަ ގެއްލުމެއް ވިޔަސް ޝާހިރަށް ވާން ނޭދޭތީއެވެ. ތަޤުދީރަކީ ވެސް ފާޑެއްގެ އެއްޗެކެވެ. ތަޤުދީރު ބަދަލު ވެގެން އައިގޮތް ނިކަށް ދެކިބަލާށެވެ. ހީވަނީ އަހަރެންގެ ތަޤުދީރު މާ ކުރިންސުރެ ލިޔެވިފާވާ ހެންނެވެ.

ފަހުން ފަހުން އައިސް ގޭގަ އަހަރެން ނަށް ރަނގަޅަކަށް އެއް ވެސް ކަމެއް ނުކުރެވެއެވެ. ކާހިތެއް ވެސް ނުވެއެވެ. ކޮޓަރިން ބޭރަށް ނުކުމެލައި މީހަކާ ވާހަކަ ދައްކާ ހިތެއް ވެސް ނުވެއެވެ. އަބަދު ވެސް އިނދެވެނީ ކޮންމެ ވެސް ފިކުރެއް ގައެވެ. ނޫން ނަމަ ޚިޔާލެއްގެ ތެރެޔަށް ގެއްލި ފައެވެ.

ކުއްލި އަކަށް އަހަރެން ނަށް މި އައި ބަދަލާ ދޭތެރޭ މިހާރު ޝާހިރު ހުންނަނީ ވެސް ދެރަ ވެފައެވެ. އެހެނަސް ސުވާލެއް ނުކުރެއެވެ. ހީވަނީ އަހަރެންގެ މާޒީ މަންމަ މެންގެ ފަރާތުން އިނގެނީ ވެސް ކަމަށެވެ. އެހެނަސް އަހަރެން ޝާހިރަކަށް ބޭވަފާތެރި އެއް ނުވާނަމެވެ. ސަބަބަކީ އަހަރެން ނަކީ ގޯސް މީހަކަށް ނުވާތީއެވެ. ނީޝާމު ވެސް އަހަރެން ނަކަށް ބޭވަފާ ތެރި އެއް ނުވެއެވެ.

ނީޝާމު އަހަރެންނާ ވަކިވެ ގެއްލިގެން ދިޔުން އެއީ އޭނަގެ ކުށެއް ނޫނެވެ. އެއީ އަހަރެންގެ ތަޤުދީރު ނިޔާ ކުރެއްވި ގޮތެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެން ނަށް މިހެން މިވީ މަންމަ މެންނާ ދެކޮޅަށް ނީޝާމު އާ ގުޅުމުން ބާއެވެ؟ މައިންނާ ދެކޮޅަށް ނިންމާ ކޮންމެ ކަމެއްގެ ނިމުން ފެންނާނީ ހަމަ މިހާ ހިތި ކޮންބާއެވެ؟ ނޫނެކެވެ. މީ އަހަރެންނާ ކުރިމަތި ކުރުވި ބޮޑު އިމްތިޚާނެކެވެ.

*** *** ***

ދުވަސްތަށް ފާއިތުވަމުން ގޮސް އަހަރެން ނަށް ދެވަނަ ކުއްޖަކު ލިބުނެއެވެ. އެހެނަސް މިފަހަރު ލޯބި ލޯބި ފިރެހެން ކުއްޖެކެއެވެ. އާއިލާ އަށް އިތުރުވި އާ މެހެމާނާ އެކު ގެޔަށް ހީވަނީ އީދެއް އައިސް ގެން އުޅޭހެންނެވެ މަންމަމެން ވެސް އުފަލުން ގޮސް ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.

އަހަރެން ވިހާ ގަދަވުމުން ހޮސްޕިޓަލުން ގެޔަށް ދޫކޮށްލިތާ ދެވަނަ އަށް ވީ ދުވަހު ނީޝާމު އަހަރެމެން އުޅޭ ގެޔަށް އައެވެ. އަހަރެން ވަރަށް ހައިރާން ވެސް ވިއެވެ. އަދި ނީޝާމު އަށް އަހަރެން އުޅޭ ގެ އެނގުނީ ކިހިނެއްބާ އޭ ވެސް ހިތައް އެރިއެވެ.

މާލެ އަކީ ކުޑަ ކުޑަ ތަނެކެވެ. މީ ސިންގަޕޫރު އޮސްޓުރޭލިޔާ ފަދަ ބޮޑު ޤައުމެއް ވެސް ނޫނެވެ. މާ ބޮޑު މަސައްކަތެއް ނުކުރިޔަސް މީހެއް ކައިރީ އަހައި ލަނިކޮން ވެސް އުނދަގުލެއް ނެތި އެ ތަނެއް އެނގި ދާނެ ތާއެވެ.

އެހެން ހިތަށް އެރުމުން އެކަމާ އަހަރެން އަޅައެއް ނުލަމެވެ. އޭރު ޝާހިރު ގެޔަކު ނޫޅެއެވެ. ވަގުތަކީ ކުޑަ މީހަޔަށް ވެސް ނިދިފައި އޮތް ވަގުތެކެވެ. އޭރު ލީޝް އިނީ ކޮޓަރި ތެރޭގަ ކުޅޭށެވެ. އަހަރެން ދަރިފުޅު ނީޝާމު އަށް ދައްކައި ލީމެވެ. އެވަގުތު ނީޝާމު ދަރިފުޅާ އޭ ކިޔައި ލީޝް އަށް ގޮވައި ލިއެވެ.

ލީޝް ހީވި ބިރެއް ފެނުނު ހެންނެވެ. ކުޅެން އިން އެއްޗެހިތައް އުކައި ލުމަށްފަހު އިން ތަނުން ތެދުވެ ދުވެފައި އައިސް އަހަރެންގެ ފުރަގަހަށް ވަދެ ނިވައި ވެލި އެވެ.

ނީޝާމު ދެތިން ފަހަރަކު ގޮވައި ލުމުން ވެސް ލީޝް ހުރި ތަނުން ގުޑާ ވެސް ނުލިއެވެ. ވެދާނެއެވެ އަހަރެން ނަށް ދަރިފުޅަށް ވިސްނައި ދެވިފައި އޮތް އެއްޗެއްގެ ސަބަބުން ވެސް ކަމަށެވެ.

އެހެނަސް މިދުވަސް މި ގޮތަށް އަންނާނެ ކަމަކަށް ފަހަރެއްގައި ވެސް އަހަރެން ހިޔެއް ނުކުރަމެވެ. ދަރިފުޅުގެ އެ ޢަމަލުން ނީޝާމު ވަރަށް ދެރަ ވިއެވެ. އެވަގުތު އަހަރެންނަށް ވެސް ބުނާނެ އެއްޗެއް ނޭންގުނެވެ.

ލިބުނު މާޔޫސް ކަމާ އެކު އަހަރެންނާ ދިމާލަށް ބަލައި ލުމަށް ފަހު ނީޝާމު ހިނގައި ގަތީ ކޮޓަރިން ނުކުތުމަށެވެ. ވަގުތަކީ ޝާހިރު ވެސް އައިސް ގެޔަށް ވަތް ވަގުތެވެ. އެވަގުތު އަހަރެން ވަރަށް ހާސްވިއެވެ. ޝާހިރަށް ނީޝާމަކީ ކާކު ކަން ނޭންގި އޭނަޔަށް ގޮތެއް ހަދައިފާނެ ތީއެވެ.

ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nizam

Other Articles

Previous

އަނދިރިފަރާތް (2 ވަނަ ބައި)

Next

ވަންހަނާ (23)

Next
January 27, 2017

ވަންހަނާ (23)

Previews
January 27, 2017

އަނދިރިފަރާތް (2 ވަނަ ބައި)

7 Comments

  1. Ha v says:
    January 27, 2017 at 3:13 pm

    Meege dhe aharu kurin hingi haadhisaa ekey liyefa dhen othee eyge hatharu aharufahun neeshaam fenunvaahaka ethan hama nujehey hen heevanee

  2. Anna says:
    January 27, 2017 at 10:17 pm

    2 aharu kurin gellunu meehekey. Gaimu dharifulhah 4 aharu vejje. Bandu bodu iru kanneyge gellunee. Hama eh nujehey.
    Hayaathuga hama ekani laobi v alathu firi dhekeyo. Dhen hagu firi dheke evany koancheh baa. Btw singapore ei bodu gaumekey nubunaane. Varah salam mi vaahaka ah. Hama nujehey hama nujehey.

  3. އާ8 says:
    January 27, 2017 at 11:53 pm

    Hyvany aharen ge thaqdeer maa kurihsure liyevifaivaa henneve. Nizam thaqdeer vany insaana duniyeah fonuhvaa iru liyevifa.. so ekan hyvun gohehnu.. and nisham egeah aeema aslu v asaru kuran jeheyne dhw.. asl nisham aky ehme lobivaa myhaa.. nisham furathama duvahu fenigen kihaa vareh vi.. ekam devana duvahu fenigen ehcheh hithah eri kamah vx nuvi.. vahakaiga asareg neiy kan faahaga kuran

  4. އާ8 says:
    January 27, 2017 at 11:54 pm

    Hyvany aharen ge thaqdeer maa kurihsure liyevifaivaa henneve. Nizam thaqdeer vany insaana duniyeah fonuhvaa iru liyevifa.. so ekan hyvun gohehnu.. and nisham egeah aeema aslu v asaru kuran jeheyne dhw.. asl nisham aky ehme lobivaa myhaa.. nisham furathama duvahu fenigen kihaa vareh vi.. ekam devana duvahu fenigen ehcheh hithah eri kamah vx nuvi.. vahakaiga asareh neiy kan faahaga kuran

  5. nizam says:
    January 28, 2017 at 12:39 am

    alhugandu vaahaka liyan feshy alah kamun kuh hurun akasheegenvey…. adhi rangalhu kuran jehey kan kan ves hurun akasheegen vey…. akamakuves thi kan kan faahaga kurahvaa thi hiyaalu hushahelhi faraaih thakah fahfashun shukuru ves adhaakuran. thi faahaga kurevvi kan thah thah ufalaa aky alhugandu balaigenfin… iraadha kureviyyaa kuriyah oih thaanga thi kan kan rangalhu kureveythoa massahkaih kuraanan….

  6. rainaa says:
    January 29, 2017 at 1:11 pm

    Vaahaka v salhi.. ethanthan kolhu rangalh kohlyma baraabaru vaane. Nizam vaahaka kuriah gendhaathi.. faadu kiyunaky emyhage kurierun

  7. nizam says:
    January 29, 2017 at 4:58 pm

    thanks rainaa… alhuganduge kuri arumakee kiyun therin dhevvaa hiyaalaai rangalhu kuranvaa thanthan faahaga koh thi dhevvaa saport…dhen alhuganu bunelan beynun vany alhugandaky meehaku kiyaahaa ahchakah karu aligen alhugandu kuraa hithun kuraa kameh huttaalaanehaa fidi meeheh nooney….iraadha kureviyyaa mi rongugaa alhugandu dhaanee kuriyashey… iraadha kureviyyaa mi vaahakaage dhen oih bai [fahubai] mi v kugethereyga genes dheyname…. adhives ahfaharu alhuganduge vaahakathakah saport kuravvaa adhi mi ronguga kuriyah dhiumah alhugandah hihvvaru dhevvaa hurihaa faraaih thakah fahfashun shukuru dhannavan. shukuriyyaa….

Comments are closed.

All Right Reserved!