އާ ދުވަހަކަށް އިރުއެރިއެވެ. މެހެކް އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އޭރު މުޅި ކޮޓަރި ވަނީ އަލިވެފައެވެ. ފުރަތަމަވެސް އޭނާއަށް ބަލާލެވުނީ ގާތުގައި ބައްދާލައިގެން އޮތް އާހިލްގެ މޫނަށެވެ. ކަޅި ޖަހާނުލާ އެމޫނަށް ބަލަން އޭނާއަށް އޮވެވުނީއެވެ. ކިތަންމެ ވަރަށް ބެލި ނަމަވެސް އޭނާގެ ހިތް ނުފުރޭ ހާވެއެވެ. އާހިލްގެ މޫނުގައި ބޮސް ދެމުން މެހެކް ލޯ މަރާލިއެވެ. އޭނާ އާހިލްގެ ގައިގައި ބައްދާލުމާއެކު އެހަށިގަނޑުގެ ހޫނުކަން އިޚްސާސްވާން ފެށިއެވެ. ރޭގައި އެހާ ލަހުން ނިދުމުގެ ސަބަބުން […]
” މެހެކް ދަރިފުޅާ” ޝިއާމައްތަ އައިސް މެހެކް ގެ ގާތުގައި ހުއްޓިލިއެވެ. ” ދަރިފުޅު ތި ހުންނަނީ އެކައްޗެއްވެސް ނުކާ މިއަދުވެސް. ކޮންމެވެސް އެއްޗެއް ކާލަން އުޅޭ”. މެހެކްގެ ބޮލުގައި ފިރުމާލަމުން ޝިއާމައްތަ ބުނެލިއެވެ. ” ޝިއާމައްތަ އަށް އެނގޭތަ؟ މިއަދަކީ…. އަހަންނާއި އާހިލްގެ ކައިވެންޏަށް ހަތް މަސްވީ ދުވަސް. ވަރަށް ހަނދާންވޭ އާހިލް މަތިން”. މެހެކް އިސްޖަހާލަމުން ބުނެލިއެވެ. އެއަޑު އިވިފައި ޝިއާމައްތަ ވެސް ދެރަވިއެވެ. ” ދަރިފުޅާ ހިނގާބަލަ އެއްޗެއް ކާލަން..”. ބުނާނެ އެއްޗެއް […]
ވެއްޓުނީ ކޮން އެއްޗެއްތޯ ބަލާލުމާއެކު މެހެކް އަށް ލިބުނީ ހައިރާންކަމެކެވެ. އަޖާއިބުވެފައި ހިނދުކޮޅަކު އޭނާ އަށް އިނދެވުނީއެވެ. ޓީޝާޓް ތެރެއިން އެވެއްޓުނީ އާހިލްގެ ފޯނެވެ. ” އާހިލްގެ ފޯން މިތާ ކީއްވެބާ؟” މަޑުމަޑުން މެހެކްއަށް ބުނެލެވުނެވެ. އެފޯން އެތާނގައި އޮންނަންވީ ސަބަބަކާއި މެދު އޭނާ ވިސްނާލިއެވެ. ފޯންގެ ސްކްރީން ވަނީ ކޮންމެވެސް ވަރަކަށް ތެޅިފައެވެ. ކުރިއަކުން އެ ފޯނެއް އެހެނެއް ނުއޮންނާނެއެވެ. އާހިލް އަނެއްކާ އެ ފޯން ފާރުގައި ޖެހީބާއެވެ؟ ނޫނީ އެއްލާލީބާއެވެ؟ ޔަޤީނެވެ. އެވީ އެހެންނެވެ. […]
މެހެކް އަވަސް އަވަހަށް އަތްދަބަހުން އޭނާގެ ފޯން ނެގިއެވެ. ނަމަވެސް ގުޅަމުން ދިޔައީ އިވާން އެވެ. އެ ނަން ފެނުމާއެކު މެހެކްގެ މޫނު މައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. ވީ ދެރައިން ފޯން ކެނޑެންދެން ބަލަން އޭނާއަށް ހުރެވުނީއެވެ. ދެން ފޯން “ސައިލެންޓަށް” ލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި ބާއްވާލިއެވެ. އަނެއްކާވެސް އޭނާ ގޮސް އެނދުމަތީގައި އޮށޯއޮވެލިއެވެ. އިވާން އެ ގުޅަނީ ވީ ގޮތެއް ބަލަންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ފޯން ނަގައިގެން އޭނާ ކިޔާނީ […]
މަޑުމަޑުން ކޮޓަރިތެރެއަށް ވަން އިރު އޭނާގެ ދެފައި ތުރުތުރު އަޅައެވެ. ފެންނަމުން ދިޔަ މަންޒަރުން، ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ވިސްނައިދެމުން ދިޔައެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އެނދުކައިރީގައި ކުޑަކަކޫ މައްޗަށް ތިރިވެގެން އިން އާހިލް އަށެވެ. މެހެކް އަށް ފުރަގަހަށް ވާ ގޮތަށް އިންއިރު ކައިރީގައި ކުޑަ ދަބަހެއް ބަހައްޓާލާފައި ހުއްޓެވެ. އެވަގުތު މެހެކްގެ ހިތުގައި އުފެދުނު ހާސްކަމާއި އެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ. މުޅި ކޮޓަރިތެރޭގެ ރީތި […]
ޖެހިގެން އައި ދުވަހުގެ ހެނދުނު ޑިއުޓީއަށް ގޮސް މެހެކް މަސައްކަތް ކުރަމުން ދިޔައީ ކިޑްނީ ބަދަލުކުރުމާ ބެހޭ މަޢުލޫމާތު ހޯދުމަށެވެ. އެފަރުވާއަށް އެންމެ އެކަށޭނެ ތަންތަން އޭނާ ބެލިއެވެ. އަދި އެކަމަށް ދާނެ ޚަރަދު ރަނގަޅަށް ބަލާ ޔަޤީންކުރިއެވެ. މުޅި ޝައުގުވެރިކަން ކުރިމަތީގައި ހުރި ލެޕްޓޮޕަށް ގެއްލުވާ ލައިގެން އޭނާ އިނީ ޑިއުޓީގައެވެ. ހުރިހާ ތައްޔާރީތަކެއް އެންމެ ފުރިހަމަ ގޮތުގައި ވަމުން ދާ ކަމުގެ އުފާވެރި އިޚްސާސް އޭނާގެ ހިތުތެރޭގައި ހިނގަމުން ދިޔައެވެ. އެކަމުގައި ވެވުނުހާ ޤުރުބާނީއެއް […]
“އަވަހަށް ބުނެބަލަ”. ކާރު ދުއްވަމުން ފަހަތަށް އެނބުރި ބަލާލަމުން އިވާން ހިނިތުންވެލިއެވެ. ” އިވާން.. އަ..އަހަރެން ވަރަށް ބޮޑު ކަމަކަށް އެދެން މިއުޅެނީ”. މެހެކް ލަދުން އިސްޖަހައިގެން އިނދެ އަޅައި ގަންނަމުން ބުނެލިއެވެ. ދެން އޭނާ ދެލޯ މަރާބާރުކޮއްލިއެވެ. ” އާހިލްގެ ބައްޔަށް ފަރުވާ ކުރުމަށް ޓަކައި އަހަންނަށް އެހީއެއް ދީފާނަންތަ؟” ” ތި ވާހަކަ ދައްކާލަން ކޮންމެވެސް ތަނެއްގަ މަޑުކޮއްލަމާ ދޯ” އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި އިވާން ބުނެލިއެވެ. އޭރު ކާރު އޮތީ ސަލްޓަންޕާރކް ހުންނަ […]
ކުއްލިއަކަށް އޭނާ އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ބޮލަށް އަރާފައިވާ އެނބުރުންގަނޑު ފިލަމުން ދިޔަވަރަކަށް، ފުސްވެފައިވާ މަންޒަރު މަޑުމަޑުން ސާފުވަމުން ދިޔައެވެ. އޭރު ދާދި ގާތުން އިވާން ގެ މޫނު ފެނެއެވެ. ދުރުދުރުން އިވާންގެ އަޑު އަންނަހެން ހީވެއެވެ. އޭނަ ގޮވަމުން ދަނީ މެހެކް ގެ ނަމުން ކަން އެނގުނެވެ. އޭރު މެހެކް އޮތީ ޑޮކްޓަރު ކޮޓަރި ތެރޭގައި ހުރި އެނދުމަތީގައެވެ. ހޭވަރިކަން ވަމުން ދިޔަ ވަރަކަށް ސިކުނޑި ތެރޭގައި ދެންމެ ވީ ކަންތައް އެނބުރެން ފެށިއެވެ. […]
” އާހިލް” އަޑަށް ލެވުނުހާ ބާރެއްލާފައި މެހެކް އަށް ގޮވާލެވުނެވެ. އޭރު އާހިލް އޮތީ އަރިއަކަށް އެތަނަށް ވެއްޓިފައެވެ. ދޮން ފަސްގަނޑުގެ ތެރެއަށް އޭނާގެ މޫނު ވަދެފައިވީ އިރު، އަނގައިން ބަހެއް ބޭރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު އާހިލްގެ އަތް މެހެކް އާއި ދިމާއަށް ދިއްކުރަމުން ދިޔައެވެ. މުޅި ލޯވަނީ ކަރުނުން ފުރިފައެވެ. ކުއްލިއަކަށް އޭނާގެ އަތް ވެއްޓުނެވެ. އެތަންފެނި މެހެކްގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ އަށް މޭގައި އަތް އަޅާލެވުނެވެ. ބާރުބާރަށް ދުވަމުން […]