Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރި މަވީމޭ … 7

Shiya
January 28, 2017
5 Mins Read
70 Views
15 Comments

އެވަގުތު އިމާއަށް ދެލޯމަރައިލެވުނެވެ. ލޯ މަރައިލުމާއި އެކު ކުރިމަތިން ޒޭން  ސިފަވިއެވެ. ވަގުތުން އީމާ ނާހިލް އާ ދުރަށް ޖެހިލިއެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް  ޒޭން އަށް ބޭވަފާތެރި ވެވުނީހެން އީމާ އަށް ހިވުނެވެ.

” އީމް ކިހިނެއްވީ؟…. ” އީމާގެ އަތުގައި ހިފައި ކައިރިއަށް ޖެހިލަމުން ނާހިލް އެހިއެވެ. އީމާ އަތް ފޮޅާލިއެވެ. އަދި ގޮސް އެނދުގައި އިށީނެެވެ. ” ކަމެއް ނުވޭ!..”

” އީމް މިހާރު ހާދަ ބަދަލުވެއްޖެއޭ!… ހީވަނީ މުޅިން އެހެން މީހެން ހެން…. ތިއީ… ކުރީގެ އީމާއެއް ނޫން…” ނާހިލް ގޮސް އީމާގެ ކައިރިގައި އިށީނެވެ.

” ވެދާނެ… އަބަދު އެއްގޮތެއްނުވާނެއްނު….” ނުރުހުމުގެ ރާގަކަށް އީމާ މިހެން ބުނުމުން ނާހިލް ދެރަވެ އިސްޖަހައިލިއެވެ.. ނާހިލް ހީކުރީ އެހާގިނަދުވަހު ދުރުގައި ހުރެފައި އައުމުން އިމާ ހިންހަމަ ނުޖެހުނީކަމަށެވެ..

” ނާހިލް…. މިހާރު ވާރޭވެސް ހުއްޓާލައިފިއެންނު…. ގެއަކަށް ނުދަންތަ؟.. އަހަރެން ނިދަން ވެއްޖެ!..” އިމާ ބޭނުންވީ ނާހިލް ފޮނުވާލާށެވެ. ” އަހަރެން ފޮނުވާލަންތަ ތިއުޅެނީ؟…އެހެން ނޫނަސް ދުވަސް ކޮޅަކުން ދެމީހުން އުޅޭނީވެސް މިކޮޓަރީގައެއްނު…”

” އެހެންތަ ހާދަ ޔަގީންކަމާއެކީ ތިބުނީ… ނޭނގެ އެއްނު ފަހުން  ވާނެ ގޮތެއްވެސް…. ތިހެން ބުނާކަށް ނުވާނެ…” ނާހިލް އެހެން ބުނުމުން އީމާ ބުނެލިއެވެ.

މޭޒުމަތިގައި އޮތް ފޯން ރިންގ ވާން ފެށުމުން އީމާ ގޮސް ފޯނު ނަގައި ބަލާލިއިރު ގުޅަނީ ޒޭްން އެވެ. ވަގުތުން އީމާ ހާސްވިއެވެ. އެނދުގައި ނާހިލް އިނީ އިސްޖަހައިގެން ކަމުން ނާހިލް އަކަށް އަޅައި ނުގަނެވުނެވެ. އީމާ ޒޭންގެ ފޯން ކަނޑާލަމުން ގޮސް ނާހިލްގެ މަގަތުގައި އިށީނެވެ. އަނެއްކާވެސް ޒޭން ގުޅިއެވެ. ހަމައެއާއެކު އީމާ ފޯނު ކަނޑާލިއެވެ. ތިން ހަތަރު ފަހަރަކަށް ފޯނު ރިންގ ވާން ފެށުމުން ނާހިލް އީމާކުރެން އެހިއެވެ.

” މިގަޑީގައި ކާކު ގުޅަނީ..؟”

” އެއީ..އެއީ.. ރައްޓެއްސެއް” އިމާ ނާހިލް އަށް އެކަން ސިއްރު ކުރިއެވެ. ހަގީތް އަޑުއެހުމުގެ ހިއްވަރެއް ނާހިލްގެ ގަޔަކު ނުހުންނާނެކަން އީމާ އަށް އިނގޭތީއެވެ، ނާހިލް އީމާ ދެކެ އިންތިހާއަށް ލޯބިވާކަން އީމާ އަށް އިނގެއެވެ.

އީމާ ފޯނު ނިއްވައިލިއެވެ. އަނެއްކާވެސް ޒޭން ގުޅާފާނެތީއެވެ. ނާހިލް ކުރާ ކޮންމެ ސުވާލަކަށް މިވަގުތު އިމާއަށް ޖަވާބު ދެވެން ނެތުމުންނެވެ. ފޯނު ނިއްވާލުމާއި އެކު ބާލީސް ދަށަށް ފޯނު ލިއެވެ.

ޒޭން ކަންަބޮޑު ވިއެވެ. އަނެއްކާ އަހަރެން މަލޭގައި އުޅޭކަން އީމާ އަށް އެނގުނީ ބާވައެވެ.. ލަޔާލީ ބުނީކަމަށްވެސް ވެދާނެވެ. އެކަމަކު ލަޔާލީ އަކީ އެކަހަލަ ކުއްޖެއްނޫން… އަނެއްކާ… ނޫން… ނޫން.. އަހަންނަށް ފެނުނު މަންޒަރަކީ ހަގީގަތަކަށް ނުވެވެސް ހިނގައިދާަނެ … އެކަމަކު އެ ޒުވާނާއާ އީމްއާ އޮތީ ކޮން ގުޅުމެއްބާ؟.. އެ ޒުވާނާ އީމްގެ މޫނުގައި އަތް އެޅި ވަގުތު،…. ނޫން… ނޫން.. އަހަންނަށް މާބޮޑަށް ވިސްނެނީ ކަންނޭގެ…. އެނދުގައި ނިދަން އަރައި އޮތް ޒޭންގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

ޖެހިގެން އައިދުވަހެވެ. ހެދުނު އެގާރަ ޖަހަނީއެވެ.. ލޫކަސް އަށް ހޭލެވުނީ… ގަޑި އެލާމް ވާ އަޑަށެވެ. ދެލޯ އުނގުޅަމުން ތެދުވެ ފާހާނާ އަށް ވަދެ ފެންވަރައިލައިގެން ރީތިވެގެން ސިޓިންގރޫމް އަށް ނިކުމެލިއިރު ލާޔާލީ މެންދުރަށް ކެއްކުމުގައި އަވަދިނެތި އުޅޭތަން ލޫކަސް އަށް ފެނުނެވެ.. ލަޔާލީ އަށް ބަލަހައްޓަން ލޫކަސް އަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭގެއެވެ.. ލަޔާލީގެ ކޮންމެ ހަރަކާތެއްވެސް ހަމަ އެހާމެ ފުރިހަމައެވެ.

ޒޭން އަކީ ހާދަ ނަސީބު ރަގަޅު މީހެކޭ ލޫކަސްގެ ހިތަށް އެރިއެވެ. ލަޔާލީ ޒޭން ދެކެ ވާ ލޯބި އަހަރެން ދެކެ ވާނެނަމައޭ ލޫކަސްގެ ހިތްބުނަމުިން ދިޔައެވެ.. ކޮޓަރީގެ ދޮރުގައި ލެގިލައިގެން ލަޔާލީއަށް ބަލަހައްޓައިގެން ލޫކަސް ހުރި އިރު ލަޔާލީ ކާ މޭޒުމައްޗައް ތަށި އަތުރާލަނީއެވެ. ލޫކަސް މަޑު މަޑުން ގޮސް ލަޔާލީގެ ފަހަތުގައި މަޑު ކޮށްލިއެވެ. އަދި ކޮނޑުގައި އަތް އަޅާލަމުން.. ލަޔާލީ ދިޔައީ ސިއްސައިގެންުނެވެ.

” ލަޔާ؟” ލޫކަސް ގޮވާލިއެވެ.

” ލޫކް މިއަދު ހާދަ އަވަހަކަށް ތިތެދުވީ؟..” މަލާމަތް ފާޑަކަށް ހެމުން ލަޔާލީ ބުންޏެވެ.

” ލަޔާ ކަށްކާ އެއްޗެހިން ދުވި މީރު ވަހުން ހޭލެވުނީ..”

” ހޫމް ދެން މަ ހައްދަން އުޅޭނެ ކަމެއްނެތް… ”

” އަސްލުވެސް އޭ… ހަމަތެދެއް މިބުނީ… ”

” ހުމް.. ދެން އޯކޭ އާދޭ ކާން..” މިހެން ބުނަމުން ލަޔާލީ ކާން އިށީނެވެ. ލޫކަސް ވެސް ކާން އިށީނެވެ. ” ހޫމް.. ހާދަ ދުވަހެއް ކޮށްފައޭ ކުޅިމަސް ތިހެދީ… ” ކުޅިމަސް ފެނުމުން ލޫކަސް ބުނެލިއެވެ. އަދި ލަޔާލީގެ މޫނަށް ބަލަހައްޓައިގެން ހުރި ލޫކަސްގެ ތުންފަތް މަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ” މިއަދު ހިތަށް އެރީ ކުޅިމަސް ހަދާނަމޭ…” ކުޅިމަހާއި ރޮށި މިއީ ލޫކަސް އެންމެ ގަޔާވާ ކެއުމެވެ.

” ލަޔާ!.. ދެން ކޮންއިރަކު ވަޒީފާ އަށް ނިކުންނަނީ؟.. މިހާރު ޗުއްޓީވެސް ހަމަވީނު…. އަހަންނަށް ފެންނަނީ މާދަމާއިން ފެށިގެން ވަޒީފާ އަށް ނިކުންނަން… ތިހެން ގޭގައި އަބަދު އިންނަންޏާމުން ބަލިވެދާނެ!…”

”އާން…. ދާނަން މާދަމާއިން ފެށިގެން… އަސްލުވެސް ވަރަށް ފޫހި އަބަދު ގޭގައި ހުންނަން ޖެހޭތީ… އަނެއްކާ ލޫކް ވެސް އަންނަ ހަފްތާއިން ފެށިގެން ތިއުޅެނީ ވަޒީފާ އަށް ނުކުންނަން ވިއްޔާ..” ތައްޓަށް ފެން އަޅަމުން ލަޔާލީ ބުނެލިއެވެ.

” އެހެން ވެޔޭ އަހަރެން މިބުނީ ލަޔާ ވަޒީފާ އަށް ނިކުންނާށޭ!…”

ޖެހިގެން އައި ދުވަހު ލަޔާލީ އޮފީހަށް ލައިދީފައި ލޫކަސް ދިޔައީ ބޭންކް އަށެވެ. ލަޔާލީ އޮފީހަށް ވަންއިރު އޮފީސް ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ.. ކުރިން އެކީގައި މަސައްކަތް ކުރަމުން އައި ކުދިންވެސް ފެންނާކަށް ނެތެވެ. ފެންނަނީ މުޅިން އާ ކުދިންަކެވެ.

ލަޔާލީ އެޑްމިން އޭރިއަރ އަށް ވަދެގެން އަންނަން ފެށުމުން ކުދިންތަށް ލަޔާލީ އަށް ބަލަން ފެށިއެވެ. އެވަގުތު ޝަރީފް ކެބިން އިން ނިކުމެގެން ލަޔާލީ ކައިރިއަށް އިސް ހުއްޓުނެވެ.

” އަހަ.. ލަޔާލީ…. ވެލްކަމް ބޭކް…. ”  ލަޔާލީ ފެނުމުން ޝަރީފް ވަރަށް ހިންހަމަ ޖެހުނެވެ. އަލަށް އޮފީހާއި ގުޅުނު ހުރިހާ ކުދިންނަށް ލަޔާލީ ތައާރަފް ކޮށްދިނެވެ. ޝަރީފް ލަޔާލީ އަތަށް ފައިލެއް ދީފައި ގެންގޮސް ޒޭންގެ މޭޒުމަތީގައި ބާއްވާށޭ ބުނުމުން ލަޔާލީ އަށް އުނދަގޫވިއެވެ..

” އޯކޭ!..” ލަޔާލީ މިހެން ބުނެފައި ގޮސް ޒޭންގެ ކެބިން އަށް ވަނެވެ. ޒޭން ކެބިންގައި ނެތުމުން ފައިލް މޭޒުމަތީގައި ބައްވާފައި ލަޔާލީ ނިކުންނަން އެނބުރުނުތަނާ ފެނުނީ ޒޭން ވަންތަނެވެ. ” ޝަރީފް ބުނީ ފައިލް ޒޭން އާ ހަވާލު ކުރާށޭ…” ލަޔާލީ މިހެން ބުނުމުން ޒޭން އަނގައިންވެސް ނުބުނެ ގޮސް ގޮޑީގައި އިށީނެވެ. ލަޔާލީ ޒޭންގެ ކެބިން އިން ނިކުމެގެން ދާތަން އީމާ އަށް ފެނުމުން  އީމާ ގޮސް ޒޭންގެ ކެބިންއަށް ވަނެވެ. އެވަގުތު ޒޭން ފެނުމުން އީމާގެ ދެލޯ ބޮޑުވިއެވެ..

”ޒޭން!… މާލެއަށް އައީ ކޮންއިރަކު؟… ކީއްވެ ނުބުނެ ތިއައީ؟..” ބިރުންހުރެ އީމާ އެހިއެވެ. ” ކިހިނެއްވީ؟ މާލެ އަށް އެރުން މަނަލީތަ؟… އަހަރެން ގުޅީމަ އީމް އަށް ފޯނުވެސް ނެގޭ ކަމަކަށް ނުވޭ މިހާރަކު…” ” ރޭގަދޯ… އަހަރެން… އަހަރެން އޮތީ ނިދާފަ ޒޭން ގުޅިއިރު..”  ވާހަކަ ދައްކަމުން ދިޔަ އިރު އަޑު ދިޔައީ ކެނޑި ކެނޑިގެންނެވެ.. ޒޭން ގޮޑިން ތެދުވެގެން ގޮސް ކުޑަ ދޮރުގެ ފޮތިގަނޑު ކަހާލިއެވެ. ” އަހަރެން ނުދަން ކޯހަކަށް ….” ” ދެން.. ކޯހަށް ނުގޮސް އޮފީހަށް ނުނިކުތީ ކީއްވެ..؟ އަހަރެން ގާތު ނުބުނީ ކީއްވެ؟…. އީމާ ގޮސް ޒޭންގެ އަތުގައި ހިފާ އޭނާއާ ދިމާއަށް އަނބުރައިލިއެވެ. ހަމައެއާއެކު ޒޭން އީމާގެ އަތް ފޮޅާލިއެވެ. ” ތިހުރިހާ ސުވާލަކަށް އަހަންނަކަށް މިވަގުތު ނެތް ޖަވާބު ދެވޭކަށް… ” އެހެން ބުނަމުން ޒޭން އީމާ ކައިރިން ތަންކޮޅަކަށް ދުރަށް ޖެހިލިއެވެ.

” އިމް! އަހަރެން ސުވާލެއް ކޮށްލަންތަ؟

” ހުމް… ” އީމާ ޒޭން ކައިރިއަށް އައިސް މަޑުކޮށްލަމުން ބުންޏެވެ.

” އިމާ އަހަރެން ކައީރިގައި ބުނަންޖެހޭ އަދި ނުބުނެވިފައި އެއްވެސް ވާހަކަ އެއް އެބައޮތްތަ؟

” ކީއްވެ ތިހެން ތިބުނީ؟ އީމާ ޒޭން އަށް ފުރަގަސް ދެމުން އަހާލިއެވެ. ” ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން….”

” އަހަރެން އެއްވެސް ކަމެއް ޒޭން އަކަށް ސިއްރެއް ނުކުރަން … އަހަރެން ޒޭން އަށް ހހުރިހާ ވާހަކައެއްވެސް ކިޔާއިދެމެއްނު…” އީމާގެ ހިތް ތެޅެން ފެށިއެވެ. ނާހިލްގެ ކަންތަށް އެނގުނި ބާވައޭ! އީމާގެ  ހިތަށް އަރަމުން ދިޔައެވެ. ” ތިހަދަނީ މުޅިންވެސް ހުސް ދޮގު ރީއްޗަށް ބުނޭ؟…” ޒޭން ގާތަށް ރުޅި އަންނަން ފެށިއެވެ. އަދި ވަރަށް ބާރަށް އީމާގެ އަތުަގައި  ހިފިއެވެ. ” އައްދޯއި ތަދުވޭ ދޫކޮށްލާ!…” އީމާ އަށް ވަރަށް ތަދުވިއެވެ… ތަދުވިލެއް ބޮޑުކަމުން އީމާގެ ދެލޯ ކަރުނުން ފުރުނެވެ. ކުއްލިއަކަށް މީހަކު ދޮރުަގައި ޖަހާފައި ދޮރު ހުޅުވާލިއެވެ. ޒޭން ވަގުތުން އީމާގެ އަތުން ދޫކޮށްލިއެވެ. މިހާދު ދޮރުހުޅުވައިލުމުން ބޭރުގައި މިހުން އެއްވެގެން ތިބިތަން ފެނުމުން ޒޭން ހައިރާން ވިއެވެ.. ” މިހާދު! ކިހިނެއް ވެގެން އެއުޅެނީ….. އަނެއްކާ ކުއްޖަކަށް ކަމެއްވީތަ؟..” ” އާނ… އަހަރުމެން ސައިބޮއިގެން އައި އިރު ލަޔާލީ އޮތީ ބިންމައްޗަށް ވެއްޓިފައި…” މިހާދު އެހެން ބުނުމުން ދުވެފައިކަހަލަ ގޮތަކަށް ޒޭން ނިކުތެވެ. ސްޓާފުންތަށް އެއްވެގެން ތިބި އިރު ލަޔާލީ ފެންނާކަށް ނެތެވެ.. މީހުންތަށް ހާވަލާފައި ޒޭން ގޮސް ލަޔާލީ ކައިރީގައި ދެ ކަކޫޖަހައި އިށީނެވެ. އަދި ލަޔާލީ އަށް ގޮވަމުން ދިޔައެވެ. އެތަން އީމާ އަށް ފެނުމުން އީމާ ވަގުތުން ލުކަސް އަށް ގުޅިއެވެ.

ޒޭން އެންބިއުލާންސް އަށް ގުޅައިގެން ލަޔާލީ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލަޔާލީ ހޭނާރައެވެ. ވަގުތުުން ލަޔާލީ ވެއްދީ އިމަރޖެންސީ ރުމް އަށެވެ. ބައި ގަޑި އިރުވަންދެން އެކަނިމާ އެކަނި ޒޭން އިމަޖެންސީ ރުމްގެ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރުކޮޅެއްވީތަނާ އެތަނަށް ލޫކަސް އަދި އީމާވެސް އައެވެ. ފަހަތުން ޝަރީފް ވެސް އައެވެ.

” ކޮބާ ލަޔާ؟… ކިހިނެއްތަ ލަޔާ އަށް ވީ؟..” ހާސްވެފައި ހުރެ ލޫކަސް ޒޭން ކައިރިން އެހިއެވެ. ޒޭން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޒޭންއަކަށް ވެސް ވީގޮތެއް އިނގެނީ ކީއެއް ނޫނެވެ… ޑޮކްޓަރގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ތިއްބާ މާގިނަ އިރުތަކެއް ނުވަނީސް އިމަރޖެންސީރޫމް އިން ޑޮކްޓަރ ނިކުތެވެ. ” ޑޮކްޓަރ ލަޔާލީ އަށް ކިހިނެއްތޯވީ؟ ” ހާސްވެފައި ހުރެ ލޫކަސް ޑޮކްޓަރ ކުރެން އެހިއެވެ. ޑޮކްޓަރ ބުނިހާވެސް އެއްޗަކީ ލަޔާލީ ހޭއަރައިފިކަމަށެވެ. ދެން ދިގު ކޮށްލީ ބޭސް ސިޓީއެވެ. ލޫކަސް ބޭސް ސިޓީ ހިފައިގެން ބޭސް ފިހާރައާ ދިމާއަށް މިސްރާބު ޖެހިއެވެ.

ލޫކަސްޢ އީމާ އިމަރޖެންސީ ރޫމް އަށް ވަންނަން އުޅުމުން ސެކިއުރިޓީ ގާރޑް ހިފަހެއްޓިއެވެ. ” ބައްލަވާ އެކަކަށް އިނގޭތޯ ވަދެވޭނީ…” ސެކިއުރިޓީ ގާރޑް އެހެން ބުނުމުން އީމާ ބޭރުގައި ބަހަށްޓާފައި ލޫކަސް އެތެރެއަށް ވަދެގެން ދިޔައެވެ.

ލަޔާލީ ފެނުމުން ޒޭންގެ ހިތަށް ވަރަށް އަސްރުކުރިއެވެ…ޒޭން މަޑުމަޑުން ގޮސް ލަޔާލީ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އަދި ލަޔާލީގެ މޫނަށް ނަޒަރު ހިންގައިލިއެވެ… ނޭފަތަށް ހޮޅި ގުޅާފައި އޮތްއިރު އަތަށް އޮތި އައިވީ ގުޅާފައެވެ. ” ލަޔާ ކިހިނެއްމިވީ؟ ޒޭން އެހެން އަހާލުމުން ލަޔާލީ އެއްވެސް އެއްޗެކޭ ނުބުނެ ދޮރާ ދިމާއަށް ބަލަން އޮތެވެ. މީހަކަށް އިންތިޒާރު ކުރާކަހަލައެވެ.

ބެސް ކޮތަޅު ހިފައިގެން ލޫކަސް އައި އިރު އިމާ އިނީ ބޭރުގައި ބަހަޢްޓާފައިވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީދެގެންނެވެ.. ” އީމް.. ކޮބާ ޒޭން؟ ” ” ޒޭން ވީ އެތެރޭގައި… ” ” އެހެންތަ ”

ޒޭން ބޭސް ކޮތަޅު ހަވާލުކުރުމަށް ގާރޑްގެ ފަރާތުން ހުއްދަ އަށް އެދުނެވެ. ބޭސްކޮތަޅު ދިނުމަށްފަހު ނިކުތުމަށް ގާރޑް ބުނުމުން ލޫކަސް ބޭސް ހިފައިގެން އެތެރެއަށް ވަންއިރު ޒޭް އިނީ ލަޔާލީގެ އަތުގައި ހިފަހައްޓައިގެންނެވެ.. ލަޔާލީ އިތީ ނިދިފައިކަމުން ލޫކަސް އައި ކަމެއްވެސް އޭނާއަކަށް ނޭނގޭނެވެ. ބޭސް ކޮތަޅު އެނދާއި ޖެހިގެން ހުރި ކަބަޑް މަތީގައި ބޭއްވުމަށްފަހު ނިކުންނަން ހިނގައިގަތެވެ. ދޮރާއި އަރާ ހަމަވިތަނާ ޑޮކްޓަރ ފަހަތުން އައިސް ލޫކަސް އަށް ގޮވާލިއެވެ.

-ނުނިމޭ-

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shiya

Other Articles

Previous

އިންތިހާޔަށް (20ވަނަ ބައި)

Next

އަނދިރިފަރާތް (3 ވަނަ ބައި)

Next
January 28, 2017

އަނދިރިފަރާތް (3 ވަނަ ބައި)

Previews
January 27, 2017

އިންތިހާޔަށް (20ވަނަ ބައި)

15 Comments

  1. Ry says:
    January 28, 2017 at 2:04 am

    Wooow v v nice

    1. Shiya says:
      January 28, 2017 at 4:46 pm

      Thanks

  2. Aishath says:
    January 28, 2017 at 12:03 pm

    V v beautiful story shiya… waiting

  3. Lia says:
    January 28, 2017 at 12:04 pm

    V v v v v v v v v v v v v salhi ❤️️

  4. Shain says:
    January 28, 2017 at 12:07 pm

    Mivaahakaige kureege part thah kiyaane gotheh kommeves kujjaku bunedheeba Plx…
    this story was awesome ?

  5. Fathi says:
    January 28, 2017 at 12:09 pm

    V v v nice ? waiting
    Poor lookas

  6. Niuwsha says:
    January 28, 2017 at 12:13 pm

    Shiyaaaa… story v v v reethi v furihama but hithah aranee dhen vaanee kihineh baaey… eema keehtha ekuranee… waiting ingey next part miadhu up kohdheeba kiyaahithun mionnani Plx… ?

  7. She says:
    January 28, 2017 at 3:55 pm

    Shiiyaage ge name ahh fiihhthaalaa ayyrun wrhh easyy waane dhn huriii baiithahh hoadhan… n shiiyaaa yewr stwryys r owssam….

    1. Shiya says:
      January 28, 2017 at 4:45 pm

      Thanks she

  8. Shiya says:
    January 28, 2017 at 4:47 pm

    Thanks all giving me a support ❤️️

  9. aleena says:
    January 28, 2017 at 6:49 pm

    Lvlyy stwryy keep goiin???

  10. Someone says:
    February 7, 2017 at 1:26 pm

    Varah salhi keeve ehaa lahun upload kuranee

  11. Shy beauty says:
    March 1, 2017 at 8:30 am

    Kobaa aneh part mi story ge????haaadha laheyyyyyyy…

  12. Shiya says:
    March 7, 2017 at 12:34 pm

    huriha kiyuntheringe faraathun maafah edhen hurihaa episod thahves up kohdheynan sorry guys

  13. Lam says:
    June 15, 2017 at 9:58 pm

    Koniraku up kuranee adives nuvetha

Comments are closed.

All Right Reserved!