Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (21ވަނަ ބައި)

Ifaau
January 28, 2017
9 Mins Read
58 Views
43 Comments

ނިކް ބުނި އެއްޗަކުން ލައިޝާ އަށް ފަހަތައް ޖެހިލެވުނެވެ. ދޭނެ ޖަވާބެއް ނޭންގިފައި އިރުކޮޅަކު ބަލަން ހުރީއެވެ.

“އައި ހޭވް އޯލް ވޭސް ލަވްޑް އައުސް… އައި ކާންޓް ލަވް އެނީވަން އެލްސް… ސޮރީ ނިކް…” މިހެން ބުނުމަށްފަހު ލައިޝާ އެކޮޓަރިން ނިކުތުމަށްފަހު އޭނަގެ ކޮޓަރިޔަށް ދިޔައެވެ.

ކޮޓަރިޔަށް ވަނުމަށްފަހު ލައިޝާ ވަރަށް ވިސްނިއެވެ. ނިކްގެ ބައެއް އަމަލުތައް ހަނދާންވެފައި އޭގެ މާނަ ވިސްނެމުން ދިޔައެވެ. މިހުރިހާ ދުވަހު ނިކް މާ ހެޔޮކަމަށް ހެދިގެން އުޅުނީ ލައިޝާގެ ބޭނުމުގައި ހެއްޔެވެ؟ ލޯތްބަކީ ވެސް ފާޑެއްގެ އެއްޗެކެވެ. ނިކް ލައިޝާ ގޮވައިގެން މިހާ ދުރަށް އެއައީ ލައިޝާގެ އުފަލަށްޓަކައެވެ. މާކުރިން ރާއްޖެއިން ލިބިފައި އޮތް ޕްރޮޖެކްޓެއްގެ މަސައްކަތައް ރާއްޖެ އައީ ލައިޝާ އަންނަން ބޭނުން ވުމުންނެވެ. އޭގެ ސަބަބުން ދެމީހުންގެ ދިރިއުޅުންވެސް ބަދަލުވެގެން ދިޔައީއެވެ. ނަމަވެސް ލައިޝާގެ މުޅި ދިރިއުޅުން ބަދަލުވެގެން މިދިޔައީ ދާދި އަވަހަށެވެ. ހަޔާތުން އުނިވި މީހުންނާއި ބައްދަލުވި އިރު އޭގެތެރިން އެންމެ ލޯބިވި އެކަކު ލައިޝާ އަށް ވީ އިހުމާލުން ހިތް ކުދިކުދި ވެއްޖެއެވެ. އަނެއްކޮޅުން އައުސް އާއި އިޝީ ހަޔާތުގައި ވުމުން ކުދިކުދިވި ހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. އެތައް ކަންތައްތަކަކާ ކުރިމަތި ނުލައި ކުރިޔަށް ދެވޭކަށް ނެތެވެ. ހިޔާލުން ނިކުމެ ލައިޝާ އަވަސްވެގަތީ ތައްޔާރު ވެގެން އޮފީހަށް ދިއުމަށެވެ.

އޮފީހަށް އައިސް ހަމަޖެހިލުމަށްފަހު އައުސް ފޯނާ ކުޅެލިއެވެ. މިހެން އުޅުމުގެ ތެރޭގައި ރޭގައި ޒީޝާ ކުރި މެސެޖް ލޮލުގައި އަޅައިގަތެވެ. ޒީޝާ އަށް ގުޅައިލަން ތައްޔާރުވިތަނާހެން ޝުވާ އައިސް ގޮވައިލިއެވެ.

“އައްދެ މިއަދު ގަޑި ޖެހުނީމަ އެސިޑް ވާރެއެއް ނުވެހޭތަ؟” އައުސް ކައިރީ މަޑުކޮށްލަމުން ޝުވާ އަހައިލިއެވެ. އައުސް ހީލުމަށްފަހު ބޯ ޖަހައިލިއެވެ.

“ސުޓޫޑިއޯގަ ޑެކަރޭޓް ކުރުން އެބަ ކުރިޔައްދޭ މިއަދު… އައިޝާ ބުނީ އައުސް އަށް މަސައްކަތެއް ނެތިއްޔާ އެތަނަށް ފޮނުވާށޯ… ލަމް ވެއްޖެ އެތާންގަ…” ޝުވާ ބުނެލިއެވެ. އައުސް ބޯ ޖަހައިލުމަށްހު ސުޓޫޑިއޯ އަށް ދާން ހިނގައިގަތެވެ.

ހުދުކުލައިގެ ކަކުލާ ހަމަޔަށް އަންނަވަރުގެ މެކްސީ ހެދުމެއްގައި އޮފީހަށް އައި ލައިޝާ އެންމެންގެ ލޮލުގައި އަޅައިގަތެވެ. ލޮލުގައި އޮތް އަވި އައިނު ނެގުމަށްފަހު ރިސެޕްޝަނުގައި ހުރި ކުއްޖާ ކައިރީ އައިޝާގެ ކެބިން ކޮބައިތޯ އަަހައިލިއެވެ.

“އެޕޮއިންޓްމެންޓް ނަހައްދާ ދިމާއެއް ނުކުރެވޭނެ… މިވަގުތު އައިޝާ ތަންކޮޅެއް ބިޒީ…” ރިސެޕްޝަންގައި ހުރި އަޒްމާ ބުނެލިއެވެ. ލައިޝާ ހީލުމަށްފަހު ފޯނު ނަގައި އައިޝާ އަށް ގުޅައިލިއެވެ.

“އިޝީ އައިމް ހިއާ..” ލައިޝާ މިހެން ބުނުމަށްފަހު ފޯނު ކަނޑައިލުމުން އަޒްމާގެ ފޯނު ރިންގް ވާން ފެށިއެވެ. ފޯނު ބޭއްވުމަށްފަހު އަޒްމާ ލައިޝާ ގޮވައިގެން އައިޝާގެ ކެބިންއަށް ދިޔައެވެ.

“ވައު އިޝީ… ހާދަ ލޯބިއޭ މިތަން…”އައިޝާގެ ކެބިން ތެރެޔަށް ވަދެވުމާއި އެކީ ލައިޝާ ފުރަތަމަވެސް ހައިރާންކަންމަތީ މުޅި ތަނުގައި އެނބުރެން ފެށިއެވެ.

“ޔޫ އޯން ދިސް އޮފީސް؟” ދެލޯ ބޮޑު ކޮށްލައިގެން ހުުރެ ލައިޝާ އަހައިލިއެވެ. އޭރު އައިޝާ އިނީ ލައިޝާ އުޅެމުން ދިޔަ ގޮތުން ހެވިފައެވެ.

“ލައި ދިސް އިޒް ޔޯ ޓޭބަލް… ސިންސް ވީ ބޯތް އާ އޯނާސް އައި ވޯންޓް އަސް ޓު ވޯކް ޓުގެދާރ… ވަކި ކެބިން އެއް ނުހެދީ ދެމީހުން އެކީ އުޅުނީމަ ފަސޭހަ ވާނީ…” އައިޝާގެ މޭޒާއި ޖެހިގެން ހުރި މޭޒު ދައްކައިލުމަށްފަހު އައިޝާ ވާހަކަ ދެއްކިއެވެ. އަދި ޝުވާއަށް ގުޅައިލުމަށްފަހު އައުމަށް އެދުނެވެ.

“ޝުވާ ދިސް އިޒް ލައި މައި ބެސްޓްފްރެންޑް އެންޑް ދި ސެކަންޑް އޯނާރ އޮފް ދިސް ކޮންޕެނީ… ލައި އަށް އޮފީހުގެ ހުރިހާ ތަނެއް ދެއްކުމަށްފަހު ކަންތައްތައް ކިޔާލަދީ އިނގޭ…” އައިޝާ ކިޔައިދިނެވެ.

“ޔެސް.. އައިޝާ 10 ގަ އެބައިން މިސްޓަރ ނިކް އާ އެކީގަ މީޓިނ އެއް…” ޝުވާ ހަނދާން ކޮށްދިނެވެ. ނިކްގެ ނަން އިވުމުން ލައިޝާ ކުޑަކޮށް ކަންބޮޑުވިއެވެ. މިތާ ހުއްޓައި ނިކް އާއި ދިމާވެއްޖެނަމަ އަނެއްކާ އެންމެން ކުރިމަތީގައި ނިކް އެއްޗެކޭ ބުނެފާނެއެވެ. ނޫނެކެވެ. ނިކް އެއީ އެކަހަލަ މީހެއް ނޫނެވެ. ނަމަވެސް ނިކް ގެ ނަން އިވުމުން ކުޑަކޮށް ހިތް ބިރުގަންނަ ގޮޮތް ވެއްޖެއެވެ.

އައުސް ގެ މަސައްކަތް ބުރަކަމުން މިއަދުގެ ބާކީ އޮތް ބައި ނިމިދިޔައީ ލައިޝާ އާއި އެއްވެސް ވަރަކަށް ބައްދަލު ނުވެއެވެ. ހަވީރު މަސައްކަތް ނިމިގެން އައުސް ގެޔަށް އައިސް ވަންނަނިކޮށް ޖެހުނީ ޒީޝާގެ ކުރިމައްޗަށެވެ. ކުއްލިއަކަށް އައުސް ފެނުމުން ޒީޝާ ކުޑަކޮށް ސިހުނެވެ.

“ޒިޕީ ގުޅަން އުޅުނީމޭ…” ގޭތެރެޔަށް ވަންނަމުން އައުސް ބުނެލިއެވެ.

“ދެން ގުޅި ނަމަ!” ދޮރު މަތީ ހުރެ ޒީޝާ ބުނެލިއެވެ. ޒީޝާ ނެގި މަޑުވެފައި ހުރުމުން އައުސް ޒީޝާގެ ކައިރިޔަށް އައިސް މަޑުކޮށްލިއެވެ.

“ބަލީތަ؟ ކިހިނެއް ވީ؟” ޒީޝާގެ ނިތްކުރީގައި އަތް ޖައްސައިލަމުން އައުސް އަހައިލިއެެވެ. ޒީޝާ އައުސްގެ އަތް ނިތްކުރިން ނެގުމަށްފަހު އަތުގައި ހިފައިގެން އައުސްގެ ކޮޓަރިޔަށް ދިޔައެވެ.

“ކިހިނެއްވީ؟” ޒީޝާ ކޮޓަރީގެ ދޮރު ޖެމުން އައުސް އަހައިލިއެވެ.

“ކިހިނެއް ނުވަނީ؟ އައުޓީ ކޮންއިރަކު ޒީ އަށް ކަންކަން ފޮރުވަން ފެށީ؟” ތަންކޮޅެއް ބާރަށް ޒީޝާ ބުނެލިއެވެ. ޒީޝާގެ މޫނުމަތީގެ ކުލަވަރު ފެނިފައި އައުސް ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.

“ކީކޭ ތިކިޔަނީ؟ އަހަރެން ކޮންކަމެއްތަ ޒީ އަށް ފޮރުވީ؟” އައުސް އަހައިލިއެވެ.

“މިހުރިހާ ދުވަހު ލައިޝާ އާ ރައްޓެހިވެގެން އުޅުން އިރު ޒީ ކައިރީ ބުނާކަށް ހިތަކަށް ވެސް ނޭރިއެއްނު…” ޒީޝާ ބާރަށް ހަޅޭތްލަވައިގަތެވެ.

“ކާކު ދެއްކި ވާހަކައެއް؟” ޒީޝާ އެހެން ބުނުމުން އައުސްގެ ހައިރާންކަން އިތުރު ވެގެން ދިޔައެވެ. ހައިރާންވިވަރުން އައުސް އަށް އަހައިލެވުނީ އެހެންނެވެ.

“އައުޓީގެ ތިއްތި ބުނީ… ތީ ކޮންކަހަލަ ބެސްޓް ފްރެންޑެއް؟ އަހަރެން އެހާ ފޫހިވާ މީހަކާ އައުޓީ ކީއްވެގެން ރައްޓެހިވީ؟” ޒީޝާ މިދައްކާ ވާހަކައަކުން އައުސް ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ހަމަ ހަގީގަތުގައިވެސް މިވާހަކަ ބުނީ އޭނަގެ ތިއްތި ހެއްޔެވެ؟ އެކަމަކު ތިއްތި އެގޮތައް ކަންތައް ކުރަންވީ ކީއްވެގެން ހެއްޔެވެ؟

“އައުޓީ ކީއްވެގެން ޒީ ފޫހިވާ މީހަކާ ރައްޓެހިވީ؟” އައުސްގެ ދެއަތުގައި ހިފައި ތަޅުވައިލަމުން ޒީޝާ އަނެއްކާވެސް އަހައިލިއެެވެ.

“ކީއްވެގެން ޒީ އޭނަ ދެކެ ފޫހިވަނީ؟ ސުކޫލުގަ އުޅުން އިރު ޒީ ސަކަރާތް ޖަހައިގެން އޭނަ ޓީޗަރު ކައިރީ ކޮމްޕްލެއިން ކުރާތީ އެހެންވެތަ؟  ނޫނީ ޒީ ފިރިހެން ކުދިންގެ ޓޮއިލެޓަށް ވަދެ އެމީހުންނާ ޖިއްސުން ކުރާތީ ލައިޝާ އެކަމާ ކޮމްޕްލެއިން ކުރީމަތަ؟” އައުސް ވެސް ބާރަށް ބުނެލިއެވެ.

“ހެވޭ އެއީ ޒީ ވަރަށް ފޫހިވާ އަންހެނެއް… ތިމާ ވަރުގެ މީހަކު ނެތިގެން އަބަދު އުޅޭނީ… އައުޓީ ޒީ ކައިރީގަ ނުބުނީމަ ވަރަށް ދެރަވެއްޖެ… އެއީ ވަރަށް ޒީލަގަދަ ބޮޑާ އަންހެނެއް… މުއްސަނދިންގެ ދަރިން ވަރަށް ފޮނިބޮޑު ވާނެ… އައުޓީ އޭނަޔާ ރުޅިވޭ މިހާރު…”  ޒީޝާ އަށް އެވަގުތު ކިޔެމުން ދިޔަ އެކައްޗެއްވެސް ނުވިސްނެއެވެ. ހަމަ ހިތައް އެރި އެއްޗެއް ކިޔަމުން ދިޔައެވެ.

“ބުނަންތަ ވާހަކައެއް؟ ހައަހަރު ފަހުން އަހަރެންނަށް އޭނަ އެފެނުނީވެސް…އަހަރެންނާ ލައި ދުރުކުރަން ޒީ ނޫޅެއްޗޭ އިނގޭ… އެއީ ނުވާނެ ކަމެއް ހެޔޮ ކިތަންމެ ފޮނި އަންހެނަކަސް…” ޒީޝާ އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކުރަމުން އައުސް ބުނެލިއެވެ. އޭރު ޒީޝާ ހުރީ ފެންކަޅި ވެފައެވެ.

“ކީއްވެ ތި ރުޅި އަންނަނީ؟ އެހެން މީހެއް ނަމަ ނުބުނި ސަބަބު ބުނެދެން އުޅޭނީ…” އޭރު ޒީޝާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

“ސަބަބު މި ފެންނަނީ… ޒިޕީ ނުކިޔާނެ އޭނަޔަށް ނަމަކުންވެސް… އެހެންވެ ނުބުނީ… އަހަރެންނަކަށް ކެތެއް ނުވާނެ ޒިޕީ ފާޑުފާޑުގެ ނަންނަމުން އޭނަޔަށް މުޚާތަބު ކުރަންޏަކާ…” މިހެން ބުނުމަށްފަހު އައުސް ވަނީ ފާހާނާއަށެވެ. އައުސް ދިޔަ ދިމާއަށް ބަލަން ހުރެފައި ޒީޝާ ދުވެލާފައި ނިކުމެގެން ދިޔައީއެވެ.

“އިޝީ އަކަށް ނޭންގުން ނިކް މޮޑެލްސް އާ ހުރިހާ ކަމެއް ހަމަޖައްސާފަ ކުއްލިއަކަށް ޕްރޮޖެކްޓް ދޫކޮށްފަ ދާން އުޅޭ ސަބަބެއް…” ގެޔަށް އައިސް ވަންނަމުން އައިޝާ ބުނެލިއެވެ. އައިޝާ އެހެން ބުނުމުން ލައިޝާ ހައިރާންވިއެވެ.

“ނިކް ދަނީތާ؟” ލައިޝާ ހިތް އަވަސްވެފައިވާ ހާލު އަހައިލިއެވެ. އައިޝާ ބޯ ޖަހައިލިއެވެ.

“މަންމާ އިޝީ މެން…..” ގެޔަށް ވަދެވުމާއި އެކީ އައިޝާއަށް ބާރަށް ބުނެލެވުނެވެ. ނަމަވެސް ހުއްޓުން އެރީ މަންމަ ނެތްކަން ހަނދާން ވުމުންނެވެ.

“އިޝީ…” އައިޝާގެ އޮއްސުނު މޫނު ފެނުމުން ލައިޝާ ދެރަވިއެވެ.

“އިޓްސް އޯކޭ… އަދި އާދަވާނެ… އޭނަ ނެތަސް އައިމް ފައިން އޭ… ލައި ހުންނާނަމެއްނު ދެން އަބަދުވެސް އިޝީ ކައިރީގަ؟” ލައިޝާގެ ދެއަތުގައި ހިފައިލަމުން އައިޝާ ބުނެލިއެވެ. އޭރު އައިޝާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ލައިޝާ ވަގުތުން ބޯ ޖަހައިލިއެވެ.

“ހިނގާ ކުކީސް ހަދަން؟” އައިޝާ ހެވިފައި އަހައިލިއެވެ.

“ލައި އަކަށް ނޭންގެ ހަދާކަށް…” ދެރަވެލާފައި ލައިޝާ ބުނެލިއެވެ.

“އިޝީ ދަސްކޮށްދޭނަމޭ… ލެޓްސް ގެޓް އޯވާ ވިތް އެވަރީތިންގ ދޯ؟” ލައިޝާގެ ކޮލުގައި ހިފައިލަމުން އައިޝާ ބުނެލިއެވެ.

“ހުމް.. އައި ލަވް ޔޫ އިޝީ…” ލައިޝާ އައިޝާގެ ގައިގައި ބައްދައިލިއެވެ.

އެރޭގެ ވަގުތެވެ. އައުސް އެނދުމަތީގައި އޮށޯވެލައިގެން އޮތީ ލައިޝާ ގެ ހަބަރެއްވޭތޯއެވެ. މިހާރު އެތައް ފަހަރަކު ގުޅިއްޖެއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މިހެން އޮއްވައި ސިހުނީ އާލިމް އައިސް ވަނީމައެވެ. އައުސް ވަގުތުން ފުންމައިގެން ތެދުވިއެވެ.

“ތިއްތި ތަ ޒީ ކައިރީ ލައިގެ ވާހަކަ ބުނީ؟” ފުރަތަމަވެސް އައުސް އަހައިލީ އެހެންނެވެ. އާލިމް ކުޑަކޮށް އައުސްއަށް ބަލައިލުމަށްފަހު އަނގައިންވެސް ނުބުނެ ވަނީ ފާހާނާއަށެވެ. އައުސް މަޑުކޮށްގެން ހުރީ ފާހާނާ ދޮރުމަތީގައި އާލިމް ނިކުންނާނެ އިރަކަށެވެ.

“ތިއްތީ ދެން ބުނެބަލަ…” އާލިމް ހަމަ ނިކުތުމާއި އެކީ އައުސް އަނެއްކާވެސް އަހައިލިއެވެ.

“އާނ ތިއްތި ބުނީ…” އައުސް އާއި ދިމާއަށް ބަލައިލަމުން އާލިމް ބުނެލިއެވެ. އަދި އަލަމާރި ކައިރީ ހުރެގެން އެއްޗެހި ބަދަލު ކުރަމުން ދިޔައެވެ.

“ކީއްވެގެން ބުނީ؟ އަހަރެން އެންމެ ޓްރަސްޓް ކުރީ ތިއްތިއަށް… ހިޔެއްވެސް ނުކުރަން ތިއްތި އެވަރުގެ ބޮޑު ކަމެއް ކޮށްފާނެއެކޭ…” ހައިރާންވި ވަރުން އައުސް ކައިރިޔަށް ރުޅި އަންނަ ގޮތް ވިއެވެ.

“ބުނަން ފެނުނީމަ ބުނީ!” ކޮނޑުގައި ގަމީސް އަޅުވައިލަމުން އާލިމް ބުނެލިއެވެ.

“ކީއްވެ ކުއްލިއަކަށް ބުނަން ފެނުނީ؟ ޒިޕީގެ ގޮތް ތިއްތިއަށް އިނގެ އެއްނު؟ މިރޭ އެވާހަކަ އަހަރެން ކައިރީ ބުނީމަ އަހަރެން ބާރަށް އެއްޗެއް ބުނާއިރަކަށް ރޮވިފަ ހުރީ…” އާލިމް ގެ ފުރަގަހުގައި ހުރެގެން އައުސް ވާހަކަ ދައްކަމުން ދިޔައެވެ.

“ދެން އޭނައަށް ރޮވުނީމަ ހުއްޓުވަން އުޅުނިންތަ؟” އައުސް އާއި ދިމާއަށް ބަލައިލަމުން އާލިމް އަހައިލިއެވެ.

“ކީއްކުރަން؟ ލައި އާ ދިމާއަށް ވަރަށް އެއްޗެހި ކިޔާފަ ދިޔައީ… އެހެންވެ ވަރަށް ފޫހިވެފަ ހުރީ…” ފޫހި ގޮތަކަށް މިހެން ބުނުމަށްފަހު އައުސް ދާން އެނބުރެލިއެވެ. ނަމަވެސް ހުއްޓުން އެރީ އާލިމް އަތުގައި ހިފައި ހުއްޓުވުމުންނެވެ.

“ޑޯންޓް ޔޫ ޑެއާ ޓު ހާޓް ހާ…” އައުސް އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކުރަމުން އާލިމް ބުނެލިއެވެ. އޭރު އާލިމް ހުރީ ކޮންމެވެސް ވަރަކަށް ރުޅި އައިސްފައެވެ. އާލިމްގެ އެއަމަލުން އައުސްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

“ވަޓްސް ރޯންގް ވިތް ޔޫ… ދޫކުރޭ ތަދުވެޔޭ…” އާލިމްގެ އަތް ފޮޅުވައިލަމުން އައުސް ބާރަށް ބުނެލިއެވެ. އާލިމް ބަހެއް ނުބުނެ ބަލަން ހުރީއެވެ.

“ތިއްތި ކިހިނެއް ވެގެން ތިއުޅެނީ؟ ޒީ އަކީ އަހަރެންގެ ބެސްޓް ފްރެންޑޭ… މައްސަލަ ވެސް ޖެހޭނެޔޭ ހަމަ… ތިއްތިއަށް ކޮން ވަރެއްތަ ތިއަރަނީ؟ އަހަރެންގެ ހުރިހާ ކަމެއް ބަސްޓް ކޮށްފަ އަދި އެބަ ކިޔައެއްނު އޭނަ ހާޓް ނުކުރާށޭ… އަހަރެންނާ ދޭތެރޭ ވިސްނަންވީމަ އަދިވެސް ޒީ އޭ މި ކިޔަނީ ހުރެގެން…” ނުރުހިފައި އައުސް ވާހަކަ ދައްކަމުން ދިޔައެވެ.

“ވަރުއަރާނެ ކޯޒް އައި ލަވް ހާ…” އާލިމް ވެސް ހަމަ އެ ބާރުމިނުގައި ބުނެލިއެވެ. އައުސްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ކުޑައިރުކޮޅަކު ބަލަން ހުރެފައި އައުސް ބާރަށް ހޭން ފެށިއެވެ.

“ވާއު ބުރޯ ޔޫ އާ އިން ލަވް.. އައިމް ސޯ ހެޕީ….” އާލިމްގެ ގައިގައި ބައްދައިލަމުން އައުސް ބުނެލިއެވެ. ނަމަވެސް އައުސްގެ ހިނިތުންވުން ފިލައިގެން ދިޔައީ އާލިމް އޭނަގެ ގަޔާއި އައުސް ދުރުކޮށްލީމައެވެ.

“އެކަމަކު ޒީ ލަވްސް ޔޫ!” އައުސްގެ މޫނަށް ބަލަން ހުރެފައި އާލިމް މަޑުމަޑުން ބުނެލިއެވެ. އެޔާއި އެކު އައުސްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އަނގަ ފުޅާވި ގޮތައް ލައްޕަންވެސް ނޭންގުނެވެ.

“ތިއްތި އަށް ވެސް ފުރަތަމަ ތިހެންނޭ ވީ.. ހަމަ އަސްލުވެސް ޒީ އައުސް ދެކެ ލޯބިވޭ… ފްރޮމް ދަ ވެރީ ބިގިނިންގ… އެހެންވެ ލައިގެ ވާހަކަ ކިޔާދިނީ އޭރަށް އައުސްގެ ފަރާތުން އޭނަ ކުރާ އުންމީދު ހުއްޓާނެ ކަމަށް… ކޯޒް އައި ވޯންޓް ހާރ… ތިއްތި އެވާހަކަ ކިޔާދިނީމަ އޭނަ ވަރަށް ރުއި.. އައުސް ދެކެ ވަރަށް ލޯބިވެޔޭ ބުނި… އެކަމަކު ލައި ނެތީމަ ދެރައީ…” އާލިމް ހުރިހާ ވާހަކަ އެއް އައުސް އަށް ކިޔައިދިނެވެ. އާލިމް އެންމެ ފަހުން ބުނި ޖުމްލައިން އައުސް ކުޑަކޮށް ހިނިތުންވެލިއެވެ. އަދި ލައިޝާ އަލުން އައި ވާހަކަ އާލިމް އަށް ކިޔައިދިނެވެ. އައުސްގެ އިތުރުން އާލިމްވެސް އެކަމާ ވަރަށް އުފާކުރިއެވެ.

“ލައި އާ އެކީގަ އުޅެންޏާ ތި ރިލޭޝަން ތަންކޮޅެއް އޯޕަން ކުރޭ.. އޭރަށް ޒީ ވެސް ބަލާނެ އަވަހަށް މޫވް އޮން ކުރެވޭތޯ… ތިއްތި ވަރަށް ބޭނުން ޒީ!” އާލިމް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އައުސް ވެސް ކުޑަކޮށް ވިސްނައިލުމަށްފަހު އެކަމާ އެއްބަސްވިއެވެ.

އެތައް ޒަމާނަކަށް ފަހު ދެ އެކުވެރިން ބައްދަލުވުމުން އުފާވެރިކަން އިންތިހާޔަށް ބޮޑެވެ. ބަދިގެތެރޭގައި އެކި ކަހަލަ ކާތަކެތި ހަދައިގެން ދެއެކުވެރިން ކަމުން ދިޔައެވެ. ހީވަނީ ހުރިހާ އުފަލެއް އެއްފަހަރާ ފާޅުކުރާހެންނެވެ.

“އިޝީ ޔޫ ލަވް އެނީ ވަން؟” ކޭކް ކޮޅެއް ކާލަމުން ލައިޝާ ކުރި ސުވާލުން އައިޝާގެ ކަޅި ލައިޝާއަށް ހުއްޓުނެވެ.

“ތިހާ ވިއާރޑް ކޮށް ތި ބަލަނީ ކީއްވެގެން؟” އައިޝާ ބަަލަން ފެށުމުން ލައިޝާ އަހައިލިއެވެ. އައިޝާ މަޑުމަޑުން ގޮނޑިން ތެދުވިއެވެ. އަދި މޭޒުގައި ދެއަތް ވިއްދައިލުމަށްފަހު ކުޑަކޮށް ގުދުވެލިއެވެ.

“ލައި ދިޔަފަހުން އިޝީ އަކީ އެކަނި ހުރި މީހެއް… އޮފީސް ސްޓާފުން ފިޔަވާ ގޭގަ މަންމަ އެކަނި ހުންނާނީ… އޮފީސް ކުދިން އިޝީ ދެކެ ވަރަށް ބިރުގަންނާނެ… އެހެންވެ އެކަކުވެސް ބޭނުމެއް ނުވޭ ފްރެންޑް ވާކަށް.. އިންފެކްޓް އިޝީ ވެސް ބޭނުމެއް ނުވޭ ރައްޓެހިން ހޯދާކަށް… އިޝީގެ މުޅި ދިރިއުޅުން އަނދިރި ކޮށްލީ އަމިއްލަޔަށް ލައި ދިޔަފަހުން… މުޅި މީހާ މަސައްކަތައް ހުސްކޮށްލީ… ލޯތްބަށް ވަގުތު ދިނުން ހުއްޓާލީ… އެހެންވެ މިވީ ހައަހަރު ތެރޭ ތިކަަހަލަ އެއްވެސް ކަމަކަށް ވަގުތެއް ނުލިިބުން… ދެން އެކަމަކު ލައި އައީމަ ވަގުތު ލިބޭނެ ދޯ…” މޭޒުމަތިން އަތް ނެގުމަށްފަހު އައިޝާ ކުޑަކޮށް ހީލިއެވެ.

“ހަމަ އެއްވެސް މީހެއް ނެތްތަ ލައިފްގަ؟” އަނގަޔަށް އޫ ލައިގެން އިނދެ ލައިޝާ އަނެއްކާވެސް އަހައިލިއެވެ.

“އިޝީ ގެ ގޯލް އަކީ ވަރަށް ސަކްސެސްފުލް ބިޒްނަސް ވޮމިން އަކަށް ވުން.. އެކަން އިންޝާﷲ ވެފަމިއޮތީ… އެކަމަކު ދިރިއުޅުމަށް މީހަކު އައިސްގެން ކުރަން ބޭނުންވާ ކަންތައް އޮންނާނީ ނުވެފަ…”

ލައިޝާ ކުރި އެކަހަލަ އެއްވެސް ސުވާލަކަށް އައިޝާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. އެހެން ކަމުން ވަރުބަލި ވުމުން އެންމެ ފަހުން ލައިޝާ އެވާހަކަ ހުއްޓައިލީއެވެ. މިރޭ އައިޝާގެ ވާހަކައިން، ލައިޝާ ނެތުމުން އައިޝާގެ ހަޔާތް ކޮންމެވެސް ވަރަކަށް އެނގިގެން ހިނގައްޖެއެވެ. މިރޭ ލައިޝާ އަޒުމެއް ކަނޑައެޅިއެވެ. އައިޝާގެ އަނިދިރި ވެފައިވާ ދިރިއުޅުން ކުލަ އަލިކަމުން ފުރައިލުމަށެވެ. އުފާވެރިކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ދެއެކުވެރިންގެ ދެމެދަށް ނުވަނުމަށެވެ. އަދި ލޯބި އުނިވެފައިވާ އައިޝާގެ ހިތައް ލޯތްބަށް ޖާގަ ހޯދައިދުމަށެވެ. އައިޝާ އަބަދުވެސް އުފަލުގައި ބެހެއްޓުމަކީ މިހާރު ލައިޝާގެ ޒިންމާއެކެވެ. އެކަން ވީ އެންމެ ފުރިހަމަޔަކަށް ލައިޝާ ކުރާނެކަން ޔަގީނެވެ.

ފެން ބޮވައިގަނެގެން އާލިމް ބޭރަށް ނިކުތް އިރު އަމީރާ ވެސް ޖަގަށް ފެންއަޅައިގެން ކާކޮޓަރިން ނިކުންނަނީއެވެ.

“މިރޭ ކޮން ޒުވާބެއް ދެމީހުން ކުރީ؟ ޒީ ވެސް ފެނޭ ރޮމުން ރޮމުން ދުވެލާފަ ނިކުމެގެން ދަނިކޮށް… އައުސް ކިހިނެއް ވެގެން މިއުޅެނީ؟” ފެން ޖަގު މޭޒުމަތީގައި ބެހެއްޓުމަށްފަހު އަމީރާ އަހައިލިއެވެ. ވީ ގޮތް ސާފުކޮށް އާލިމް އަމީރާއަށް ކިޔައިދިނެވެ. އާލިމް އަކީ އެއްއިރަކުވެސް މަންމައަށް ކަންކަން ފޮރުވާ ކުއްޖެއް ނޫނެވެ.

“މަންމާ އަހަރެން އެވާހަކަ ޒީ ކައިރީ ބުނެފިން… އަޅެ ގޯސްކޮށް ކަމެއް ކުރެވިއްޖެތަ؟” އާލިމް ދެރަވެލާފައި އަމީރާ ކައިރީ އަހައިލިއެވެ. އަމީރާ ހިނިތުންވެލުމަށްފަހު އާލިމްގެ ބޮލުގައި ފިރުމައިލިއެވެ.

“ލޯތްބައްޓަކައި ދަރިފުޅު ކުރި ކަމެއް އެއީ… މަންމަ އަށް ހަމަ ރަގަޅު… މަންމަ ވަރަށް އުފާ ވެއްޖެ އައުސްގެ ހަޔާތައް އަނެއްކާވެސް ލައި އައީމަ… އެކަމަކު މަންމަ ދެރަވަނީ ހަޔާތުގެ އެކަހަލަ ކަންކަން އައުސް މަންމައާ ހިއްސާ ނުކުރާތީ… މުޅިންވެސް ދަރިފުޅުގެ ފަރާތުން މަންމައަށް މި އިނގެނީ…” އަމީރާގެ އިސް ޖެހިގެން ދިޔައެވެ. އާލިމް އޭނަގެ މަންމަ ގެ ގައިގައި އޮޅުލައިގަތެވެ.

“އައުސް ދެން އެންމެން ކައިރީ ވަރަށް އަވަހަށް ބުނާނެ!” އަމީރާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ އާލިމް ބުނެލިއެވެ. އަމީރާ އާލިމްގެ ބުރަކަށީގައި ފިރުމައިލިއެވެ.

“ދެން ދޭ ނިދަން…” މިހެން ބުނުމަށްފަހު އަމީރާ ފެން ޖަގު ހިފައިގެން ދިޔައެވެ.

އަނެއް ދުވަހު ހެނދުނު އައުސް އަށް ހޭލެވުނީ އާލިމް ގޮވުމުންނެވެ. ފުންމައިގެން ތެދުވެ ގަޑި ބަލައިލިއިރު އޮފީހަށް ދާން ބައިގަޑިއިރަށް ވެއްޖެއެވެ.

“މިއަދު އެލާމެއް ނާދޭތަ ގޮވާކަށް؟” އެނދުމަތީ ދެފައި ވަށްކޮށްލަމުން އައުސް އަހައިލިއެވެ.

“އޭނަ ރޮއްވާލާފަ ފޮނުވާލީމަ ކިހިނެއް އަންނާނީ؟” އާލިމް މިހެން ބުނެފައި އެނބުރެލިތަނާހެން ޒީޝާ އައިސް ކޮޓަރިޔަށް ވަނެވެ.

“އަހަންނަށް އިނގެޔޭ އަހަރެންގެ ލޯބި ލޯބި ޒިޕީ ކޮޅު ނައިސް ނުހުންނާނެކަން…” ޒީޝާ އައިސް ވަނުމުން ހެވިފައި އައުސް ބުނެލިއެވެ. ނަމަވެސް ޒީޝާ އައުސް އަށް ބަލައިލުމަށްފަހު ދިޔައީ އާލިމްގެ ކައިރިއަށެވެ. ވަގުތުން އައުސްގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.

“ތިއްތީ.. މިއޮތީ އެއްކަލަ ދުވަހު ޒައިން ގެންދިޔަ ޓައީ!” އާލިމް އަތައް ޓައީ އެއް ދެމުން ޒީޝާ މިހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. އާލިމް އައުސްގެ މޫނަށް ބަލައިލިއެވެ. އައުސް ކޮނޑު އަރުވައިލިއެވެ. އާލިމް ހީލުމަށްފަހު ބޯ ހޫރައިލިއެވެ.

“ކިހިނެއް ވެފަ އެހުރީ؟” އާލިމް އަހައިލިއެވެ.

“ބަހައްޓާ އަދި އަންނާނެ…” މިހެން ބުނުމަށްފަހު ތުވާލި ކޮނޑަށް ލައިގެން އައުސް ފާހާނާއަށް ވަނެވެ.

ކާރުގައި ދެއެކުވެރިން އޮފީހަށް ދިއުމަށް މިސްރާބު ޖެހިއެވެ. މިއަދު ދެއެކުވެރިން ތިބީ ހުދު ކުލައިގެ ހެދުން ލައިގެންނެއް ނޫނެވެ. މިއަދުން ފެށިގެން ދެމީހުންގެ ހެދުން އެޅުމަށް ބަދަލު ގެންނަން ނިންމީ ލައިޝާގެ އެދުމުގެ މަތިންނެވެ. ދެމީހުންވެސް ލައިގެން ތިބީ ނޫކުލައިގެ ގަމީހަކާއި ހުދު ކުލައިގެ ޖިންސެކެވެ. އެއްކުލަޔަކުން އެއްވައްތަރުގެ ހެދުން ލާފައި ތިބިއިރު ހީވަނީ އެއްމާބަނޑު ދެކުދިން ހެންނެވެ. އެހާވެސް ފުރިހަމައެވެ.

ކާރުގައި ގޯޅިއަކުން ލަނބައިލި ވަގުތު އައިޝާގެ ލޮލުގައި މަގުގެ އެއްފަރާތުން މީހަކު އަޅައިގަތެވެ.

“މަޑުކޮށްބަލަ…” ކާރު ދުއްވަން އިން ޑްރައިވަރު ކައިރީގައި އައިޝާ ބުނެލިއެވެ. ވަގުތުން ކާރު ހުއްޓުނެވެ. ހައިރާންވި ވަރުން ވީ ކީއްތޯ ލައިޝާ އަހައިލިއެވެ.

“މަންމަ ކީއްމިކުރަނީ މިތާންގަ؟” ފުރަގަސްދީގެން ހުރި ފިރިހިނަކާއި ވާހަކަ ދައްކަންހުރި ފަރީޝާ ދައްކާލައިފައި އައިޝާ ބުނެލިއެވެ. އެމީހަކު ފުރަގަހުން ފެނުމުންވެސް ލައިޝާގެ ހިތް ބިރުގަންނަން ފެށިއެވެ.

“އެއީ.. އެ.. އިޝީ ހިނގާ ދާން!” ލައިޝާ ބިރުން އިނދެ ބުނެލިއެވެ.

“ކިހިނެއްވީ؟ ކާކު އެއީ؟ ރިޔާޒް ތަ؟” އައިޝާ އަހައިލިއެެވެ. ވަގުތުން ލައިޝާ ބޯ ޖަހައިލިއެވެ.

“އަދިވެސް އޭނަ ފަހަތުން ނުނެއްޓޭ ދޯ؟” މޫނު އަނެއްފަރާތައް ލަމުުން އައިޝާ ބުނެލިއެވެ.

“އިޝީ ލައި އަށް ފެންނަނީ ފަރީއްރަ ގެޔަށް ގެންދަން… ކަމެއް ވެދާނެ… އެއީ އިޝީގެ މަންމައޭ… ކޮންމެ ގޮތަކަށް ކަންތައް ވީކަމުގަ ވިޔަސް ފަރީއްތަ އަބަދުވެސް އިޝީ ދެކެ ވަރަށް ލޯބިވޭ… ވިސްނާލާފަ އަޅެ ޖަވާބެއް ދީބަލަ…” އައިޝާގެ މޫނަށް ބަލަން އިނދެ ލައިޝާ ބުނެލިއެވެ. ނަމަވެސް އެވާހަކަތައް އައިޝާއަށް އިވުންހެނެއް ހިޔެއް ނުވެއެވެ. ވަގުތުން ޑްރައިވަރު ކައިރީ ކާރު ދުއްވައިލަން އެދުނެވެ.

“ލަސްވޭ އެބަ މިއަދު އެބައިން ނިކް ރިޖެކްޓް ކުރި ޕްރޮޖެކްޓަށް އެހެން މީހަކާ އެކީ އެގްރިމެންޓެއް ހަދަން މީޓިންގ އެއްވެސް….” އަވި އައިނު އަޅައިލަމުން އައިޝާ ބުނެލިއެވެ.

“ނިކް ދިޔައީތަ؟ އެގެއިން އެއްޗެހިތައް ހިފައިގެން އައި ފަހުން ނުދެކެން…” ލައިޝާ އަހައިލިއެވެ.

“މިއަދު ހަވީރު ފުރަނީ.. އޭނަޔަށް ޝުކުރު އަދާކުރަން ދެމީހުން ވާނެ މެންދުރުފަހު ދާން ދޯ؟” އައިޝާ ބުނެލިއެވެ. ހިތް ނުތަނަވަސް ވެފައިވާ ހާލު ލައިޝާ ބޯ ޖަހައިލިއެވެ.

އޮފީހަށް ވަދެގެން އައި އައިޝާ އަދި ލައިޝާ ފެނިފައި ހުރިހާ އެންމެންވެސް ތިބީ ކަޅި ހުއްޓިފައެވެ. އެ މަންޒަރު ފެނުމުން އައުސްއަކަށް މަޑަކުން ނުހުރެވުނެވެ.

“ކޮންއިރަކު އޮފީހުގަ ޔުނީފޯމް ލާ ގޮތައް ނިންމީ؟” އައުސް މިހެން ބުނުމުން ކައިރީ ހުރި ޝުވާ އަދި އަސީލްއަށް ވެސް ހެވުނެވެ. ލައިޝާ އަށް ހެވުންއިރު އައިޝާގެ މޫނުމަތިން އެއްވެސްކަހަލަ ކުލަވަރެއް ނުފެނުނެވެ. އައިޝާގެ މޫނު ފެނުމުން އައުސް ހިމޭންވިއެވެ. އައުސްގެ މޫނަށް ބަލައިލުމަށްފަހު އައިޝާ ކެބިން ތެރެޔަށް ވަދެގެން ދިޔައެވެ.

“ސާބަސް ތި އަނގަ މައިތިރިކޮށްބަލަ…” އައުސްގެ ކޮނޑުގައި ޖަހައިލަމުން ލައިޝާ ބުނެލިއެވެ.

“މަޖަލަކަށް އެއްޗެއް ބުންޏަސް ނުހެވޭނެ އޭނަޔަކަށް… އަބަދު ސީރިއަސް ވެފަ ހުންނާނީ…” ތުން އަނބުރައިލަމުން އައުސް ބުނެލިއެެވެ. ވަގުތުން ލައިޝާ އޭނަގެ ތުންފަތުގައި ޝަހާދަތް އިނގިލި އަޅައިލިއެވެ. އަދި ދެމީހުން އެކީ ހޭންފެށިއެވެ. ކުޑަ އިރުކޮޅަކު އައުސް އާއި ވާހަކަ ދައްކައިލަން ހުރުމަށްފަހު ލައިޝާ ކެބިންއަށް ވަނެވެ.

“އޮފީހުގަ މަސައްކަތު ގަޑީގަ ސަކަރާތުގަ ވަގުތު ހޭދަކުރުމަކީ އިޝީ ވަރަށް ފޫހިވާ ކަމެއް…” ލެޕްޓޮޕަށް ބަލަން އިނދެ އައިޝާ ބުނެލިއެވެ. ލައިޝާ ދުލުގައި ދަތް އަޅައިލިއެވެ.

“ސޮރީ ތިހާ ސްޓްރިކްޓް ނުވެބަލަ ދެން…” މިހެން ބުނުމަށްފަހު ލައިޝާ ގޮނޑީގައި ހަމަޖެހިލިއެވެ.

“އިޝީ މިދަނީ މީޓިންގ އަކަށް… މި މެއިލް އެޑްރެސް އަށް މި ޑޮކިއުމެންޓްތައް މެއިލް ކޮށްލަބަލަ އިނގޭ!” ލައިޝާގެ އަތައް ކަރުދާސްތަކެއް ދިނުމަށްފަހު އައިޝާ ދާން ހިނގައިގަތެވެ.

ކޮންފަރެންސް ރޫމުގައި 15 މިނިޓް އައިޝާ ހޭދަކުރި އިރުވެސް މީހަކު ނާދެއެވެ.

“ޝުވާ އެމީހުން ކައިރީ އަންނަން ބުނިންތަ އަނެއްކާ؟ ކީއްވެ މި ލަސްވަނީ؟” ގަޑި ބަލައިލަމުން އައިޝާ އަހައިލިއެެވެ.

“ނޭންގެ މެއިލް ކުރިން…” ޝުވާ ބުނެލިއެވެ.

ލަސްވާން ހެދުމުން އައިޝާ ދާން ވެގެން ތެދުވިއެވެ. ކައިރީހުރި ފައިލްތައް ހިފައިގެން ކޮންފަރެންސްގެ ރޫމުގެ ދޮރު ހުޅުވައިލިތަނާހެން މީހެއްގެ ގައިގައި ލައިގަނެފައި އަތުގައި ހުރި ފައިލްތައް ބިންމައްޗައް ވެރުނެވެ. އަރިއަޅައިލައިގެން ވެއްޓެން ދިޔަ އައިޝާ ސިހުނީ މީހަކު ބާރަށް އޭނަގެ އުނުގަނޑުގައި ހިފެހެއްޓީމައެވެ. ލިބުނު ސިހުމާއި އެކީ އައިޝާ އެމޫނަށް ބަލައިލިއެވެ. (ނުނިމޭ)

 

 

 

 

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (14)

Next

ޢަޞްރު (އަށުތިރީސްވަނަ ބައި)

Next
January 29, 2017

ޢަޞްރު (އަށުތިރީސްވަނަ ބައި)

Previews
January 28, 2017

ފިރިމީހާގެ ހައްޤުގައި (14)

43 Comments

  1. Ifaau says:
    January 28, 2017 at 3:10 pm

    Bayeh kudhin kurey bunaathee mifaharu thankolheh dhigukoh migenesdhinee!! Mi part vs kamudhaane kamah ummeedhu kuran. And iyyaga upload kuri poster hadivi kudhinnah bunelan beynumee sorry ey. Hama kureege poster dhn beynun kuranaanee story nimendhen.
    Inthihaayah- Ep21?
    Enjoy❤❤

    1. ދަންނަ މީހާ says:
      February 3, 2017 at 6:39 am

      ހާދަ ދުވަހެއް ވެއްޖެއޭ އާ ބަޔެއް ނުނިކުންނަ ތާ/
      ވާހަކަ ވ ވ ވ ރީތި އެކަމް މާ ލަސް ނުކުންނަ ލެއް

    2. wasee says:
      February 6, 2017 at 11:37 am

      ifaau alhe inthihaaah mivaahakaige ehen part eh genes nudheneetha mihaaru haadha inthizaareh kureveyey mivaahakayah kon irakuntha enme avahahves vaahaka up kohleveynee mihaaru 1 week ah vure ginadhuvas vehje vaahaka nugenesdheythaa hadha dheraveyey. mee v reethi vaahakayeh avahah up kohladheebala

    3. Sm1 says:
      February 12, 2017 at 10:05 am

      Alheyy!! Eoh reethi story.. 🙁 kobaatha 22… Inthihaayah inthizaaru kurevey story ah
      Avahah genes dhyba..mihaaru vrh dhuvas vejje.. Please Ifaau
      :'( please

  2. Naan says:
    January 28, 2017 at 3:14 pm

    Ifaa ge hiyavarah hama saabas. Mi part ves v reethi!! Fb page eh gengulhentha?

  3. Immi says:
    January 28, 2017 at 3:24 pm

    Hey ifaau! This story is just wonderful. Keep writing I just love your stories. Last night I’ve spend to read you 1st story “Thaasha”. It’s wonderful too. Love this one too. I request you to write more stories❤

  4. އުމީ says:
    January 28, 2017 at 3:25 pm

    ހަމަ ރީތި

  5. Mary says:
    January 28, 2017 at 3:30 pm

    Its awesome dude. Thanx…

  6. Lovely says:
    January 28, 2017 at 3:35 pm

    Aisha gaigai kaaku mi laigathee? Oh god next part when?

  7. Mal says:
    January 28, 2017 at 4:51 pm

    V reethi dhigu kolleema thank you❤❤

  8. La says:
    January 28, 2017 at 7:09 pm

    Wow mi part is also very nice??

  9. Yax says:
    January 28, 2017 at 10:33 pm

    Who was that???

  10. shaalim says:
    January 29, 2017 at 12:44 pm

    kuree part ah vuren kada…

  11. someone says:
    January 30, 2017 at 6:26 pm

    v reethi whn nxt part??

  12. azharr says:
    January 31, 2017 at 2:30 pm

    ey haadhahaa lahey dhen avass khbela dhooe, mihaaru kei madhuvanee yey

  13. Aish says:
    January 31, 2017 at 9:36 pm

    Reethi story ehvihyaa ehme beynun hisaabun ninmaalaafa veterinary ey masalayaky nugenes devey sababuves ragaluludho bunelan

  14. Anonymous says:
    February 1, 2017 at 10:38 am

    Kobaa Tha mee ge aneh part

  15. Anonymous says:
    February 1, 2017 at 11:56 am

    ?‼‼‼‼‼‼‼THE END‼‼‼‼‼‼?

  16. Shaa says:
    February 1, 2017 at 9:27 pm

    Konirakuntha next part up kurani. Avahah up kohba.

  17. Brainless says:
    February 2, 2017 at 11:24 am

    Kyhvetha mi story up nukurany..
    Mihaaru kihaa dhuvaheh vehje..
    Plx upload the next part..
    Otherwise las vaa sababu bunelan v nu ifaau..
    Plxxx upload the next part soon..
    I miss this story a lot…

  18. hassan says:
    February 2, 2017 at 3:07 pm

    kihaa dhera kameh.
    kobaa aneh part?

  19. ސޫޖު says:
    February 2, 2017 at 10:16 pm

    KONDHUHUKUNTHA UP KUREVENI NUVANYAA VES BUNEBA EYRAHNU ENGEYNI THIKAHALA MEEHUN UP KURAA VAAHAKA NUKIYAN

  20. Riu says:
    February 3, 2017 at 3:27 pm

    Mihaaru foohi ves vejje mi vaahaka kiyan ves ??

  21. Brainless says:
    February 4, 2017 at 8:08 am

    Aharin mee mi vaahakayah enme support kuri meehun ge therein ekaku.. But kyhve tha mihaa Gina dhuvas vegen dhiya iru vex vaahaka up nukureveny.. Reason vex bunelyma ehh nu engeyny dhw.. Busy eyy noony mi dhuvas kolhu up ehh nukureveyne eyy..
    Varah dheravey mi vaahaka kiyaalan nulibeythy…??? This story was one if my favorite…????

  22. Brainless says:
    February 4, 2017 at 8:09 am

    Aharin mee mi vaahakayah enme support kuri meehun ge therein ekaku.. But kyhve tha mihaa Gina dhuvas vegen dhiya iru vex vaahaka up nukureveny.. Reason vex bunelyma ehh nu engeyny dhw.. Busy eyy noony mi dhuvas kolhu up ehh nukureveyne eyy..
    Varah dheravey mi vaahaka kiyaalan nulibeythy…??? This story was one of my favorite…????

  23. Ifaau says:
    February 6, 2017 at 12:06 am

    Liyevenyaa liyevey ney nuliyeven yaa nuliyeveyney kiyaafa nimmaalabala. Thi gothah kanthah kuryma ithubaaru gehleyny. Kiyun therin ves foohivaane thikahala ithubaarunukurevey meehunge vaahaka kiyan ves. Ma vaa salaan

  24. Ifaau Mamma says:
    February 6, 2017 at 8:40 am

    Ithurah liyaane eccheh neygigen ifaau hindi drama eh balany ey anekka vss idea eh hoadhan.

  25. Khaan says:
    February 7, 2017 at 9:36 pm

    Dhen mivarakunn vaahaka yeh nukiyene dhooan. Nikan avass koh aneh part genebala. Haadhahaa lahey. Avass kurey, thivarun vaahaka nuliyebala…????

  26. kiaa says:
    February 8, 2017 at 5:14 pm

    Ifaau dhn mivaahaka nuliyany tha.. mihaaru inthizaaru koh koh balivehjje plx plx plx plx avahah up kohdhy bala

  27. Ifaau Mamma says:
    February 9, 2017 at 9:55 am

    Set ga roa vee yo.. Dho??

  28. Brainless says:
    February 9, 2017 at 11:39 pm

    Alheyy..
    Kyhve tha mi kahala reethi vaahaka genes dhyfa huhtaalany vaki hisaabakun..
    Kon me meehaku vex bunaane story writing eiee thimahna varah kuraa hiyh vaa kamekeyy..
    Dhn vaahaka vaki hisaabakah genes dhyfa huhtaalany kyhkuran tha…
    Heyonuvaane aadheys kohfa bunan thi kahala meehun heyo vaahaka nuliyunas….
    I dnt care even if anyone gets angry at me .

  29. Nina says:
    February 10, 2017 at 2:13 am

    When s the next part ??? can’t wait

  30. nina says:
    February 16, 2017 at 9:53 am

    adhives meege new part eh up kuran nuveytha.

  31. poohbear says:
    February 22, 2017 at 7:24 am

    kobaatha anehbaii??

  32. ?? says:
    February 28, 2017 at 10:53 pm

    Mivaahaka huttaalytha??

  33. Pretty angel says:
    March 15, 2017 at 11:45 pm

    Awlhey.. Mihaa rythi story eh up nukuraathi vrh dherawey .. Awahah uo kohdhyba next part .. Please ?

  34. ?? says:
    April 10, 2017 at 9:29 pm

    Ifaau Please please please please please please please please….. Don’t Do This Heyonuvaane Mihen Handhan.???
    Alhe Emme Faharaku Ves Bunebala Reason.???…….. Dhen Mi Vahaka Kiyun Ves Huttaalan Mashah Fennanee??
    It’s Very Disappointing.???
    Mihaa Reethi Vahaka Eh Migothah Veema Vrh Kada.??….
    Ifaau Please. Alhe Aadheys Kohffa Mibunanee Upload Kohbala. ??
    Readers Ge Feelings Understand Veba.??
    Arghhh.???
    Ifaau Dheke Rulhi.??
    Ehgothakah Ves Adeh Naahaa Ekaku Buna ehchehves.?

  35. Xoo says:
    April 30, 2017 at 3:56 pm

    Mashah fennany thi varuge meehun mikahala dhaa iraathakah nunikume geyga madun onnan?

  36. kaisaan says:
    October 1, 2017 at 11:08 am

    this is a good story, but continue nukuranytha ithurah,, ?
    will wait till next part is uploaded

  37. ifaa says:
    December 17, 2017 at 3:48 pm

    varah salhi story eh

  38. raashi says:
    June 13, 2018 at 4:47 pm

    e poster maa gulhey,story vv salhi

  39. shaan says:
    January 5, 2019 at 3:43 pm

    vaahaka ninma deebala plz plz yaaru

  40. Kitty says:
    February 3, 2019 at 6:06 pm

    Koba tha aneh part alhe.. Mihaaru kiyaa ehves vaahakaeh nunimey.. Medhutherein stop vefa innany.. Adhi eves enme salhi thankolhun.. Ifaa plx alhe up kohla dhyba.. Varah reethi mi vaahaka ehnve aadheys mikurany… Plx??

Comments are closed.

All Right Reserved!