” ރާޔާ.. ދެން ހުއްޓާލާ.. ރާޔާ ނުޖެހޭނެ މީހުން ކައިރީ އާދޭސް ކުރާކަށް..އޭނަ ވިސްނާގޮތަކަށް ވިސްނަން ބަހައްޓާ..” ދޮރުކައިރިން ޒައިން އަޑު އިވުމުން އަހަރެންނަށް ވާނުވާ އިނގުނެވެ. ރާޔާ ޒައިން އައުމުން މޮޅު ޑުރާމާއެއް ޖެއްސީއެވެ. އަހަރެންއިނީ ބަސް ހުއްޓިފައެވެ. މޮޅު ވާހަކަ ތަކެއް ޒައިން ކައިރީ ދައްކައިގެން އަހަރެން ދައްކާވާހަކަ ޒައިން ޤަބޫލް ނުކުރާގޮތް ހެދީއެވެ. އަހަރެން ރާޔާދެކެ އިތުރަށް ފޫހިވިއެވެ. ނަމަވެސް ޒައިންގެ ދިރިއުޅުން ހަލާކުވާކަށްވެސް ބޭނުމެއްނޫނެވެ. އަހަރެންނަށް މި ކުރިމަތި ލާން ޖެހުނީ […]
“މަންމާ…!!!!” ޔައިނާއަށް އެހެން ގޮވާލެވުނު ވަގުތު ސިޑީގެ ހިފަހައްޓައި ބައިގައި ހިފަހައްޓާލެވުނީ އެއްލިއަތުންނެވެ. އޭނާ ސަލާމަތްވީ ހަމަކިރިޔާއެވެ. ނޫންނަމަ ޖެހުނުގޮތަށް އޭނާ “ތަންޑާ” ވީހެވެ. “ޔައިނާ؟؟؟ ހަލޯ ޔައިނާ؟؟؟ ކިހިނެއްވީ؟؟ ޔައިނާ؟؟؟؟ ހަލޯ؟؟ ޔަނާ ހަލޯ؟؟ޔާނާ!!” އެކޮޅުން ޔާއިންގެ އަޑު އިވުމާއި އެކު ޔައިނާގެ ނޭވައި އަވަސްވިއެވެ. ފަހުން ބުނި ތަންކޮޅު އޭނާގެ ހިތުގައި ހަރުލައިފިއެވެ. ޔާއިން މިވީ 6 އަހަރުތެރޭ މި ނޫނީ ދުވަހަކުވެސް އެނާއަށް “ޔަނާ”ގެ ނަމުން މުހާތަބެއް ނުކުރެއެވެ. “ހަލޯ؟؟ ކިހިނެއްތަވި؟؟ ޔަނާ؟؟؟؟” […]
“އަރޫން… އަރޫން… ވަރަށް ތަދުވޭތަ؟” އަހަރެން އަރޫންއަށް ގޮވަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ލޯ ހުޅުވާލެވޭ ވަރަށްވުރެ ވެސް ބޮޑަށް އެތަނަށް ތަދުވަނީ ކަންނޭނގެއެވެ. އަހަރެން ތެދުވެގެން ދުވެފައި އެތަނުން ނިކުންނަން ދިޔައީ އާރިފް ސާރ މެން މީހަކަށް މިކަން އަންގާށެވެ. ނަމަވެސް އަހަރެން އެތަނުގެ ދޮރާ ހަމައަށް އެރިތަނާ ބާރުއަޑެއް އިވުމުން އަހަރެން ކަންބޮޑުވެފައިހުރެ އެނބުރި ބަލާލީމެވެ. ތަޅުންގަނޑު މައްޗަށް އަރޫން ވެއްޓިފައި އޮތްތަން ފެނުމުން އަހަރެންގެ ޙަރަކާތް ހުސްވިއެވެ. އަރޫން […]
” އާހިލް އަ..އަހަރެން ވެސް ވަރަށް ލޯބިވޭ އާހިލް ދެކެ. އަހަންނަކަށް ވެސް އާހިލް އާއި ނުލާ ކެތެއް ނުވާނެ. މެހެކް ފެންކަޅިވެފައި ހުރެ ބުނެލިއެެވެ. “ތި ދުވަސް ދެކެން އަހަރެން ވެސް ވަރަށް ބޭނުން”. އެކަމަކު.. މެހެކް ލޯމަރާލިއެވެ. އަހަރެން..އަހަރެން ބޭނުން މަންމަ މެންނާ އިހަށް ވާހަކަ ދައްކާލަން” ބުނާނެ އިތުރު އެއްޗެއް މެހެކް އަކަށް ނުވިސްނުނެވެ. އާހިލްގެ ހާލާއި މެދު ވިސްނާފައި އިވާން ގެ ވާހަކަ ބުނާކަށް މެހެކް ގެ ހިތެއް ނޭދުނެވެ. ” […]
“ވިސާމް ރުހޭނެތަ އަހަރެން އެގޮތަށް އެހެންމީހަކާ ސަލާންކުރަން؟” ޝަފަޤް ދެންވެސް އަހާލިއެވެ. އެއަށް ވިސާމަށް ބޯހޫރުވާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ބޯ ހޫރުވާލެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ ޝަފަޤްގެ “ބޯދާ” އުޅުން އޭނައަށް ވެސް ކަމުދާން ފެށީ ހެއްޔެވެ؟ ވިސާމް ދެބުމަ ކައިރިކޮށް ކުޑަކޮށް އަނގަ ހުޅުވިފައި ޝަފަޤަށް ބަލަން ހުއްޓާ ޝަފަޤް ހިނިތުންވެލިއެވެ. އަދި ޝަހާދަތް އިނގިލިން ވިސާމްގެ ދަތްދޮޅި މައްޗަށް ގެންގޮސް އޭނަގެ އަނގަ ލައްޕުވާލިއެވެ. އެއަށްފަހު ލުއިގޮތަކަށް […]
“އެބައޮތްތަ ކަޅު ގަލަމެއް؟ އަހަރެން ހަނދާނެއް ނެތް މިޔަދު ގެންނާކަށް…” އަހަރެން ޖެހިލުންވެ ހުރެ އެހެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް އެނބުރި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އަހަންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އެ ކަޅުކަންގަދަ ދެލޮލުގެ ތެރެއަށް ގެނބިގެންދާން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ. އެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. އެކަހަލަ އަސަރުގަދަ ދެލޮލެއް އަދި އަހަރެން ހަޔާތުގައިވެސް ނުދެކެމެވެ. އޭނާވެސް އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި […]
“އާޒިމް!” މާރިއާގެ އަޑު އިވުނު ކަމަށް ވެސް ހަދާ ނުލާ އާޒިމް ނިދަން އޮށޯތެވެ. ޖަހައިފައި ހުރި ފަންކާގެ އަޑު އިވެމުން ދިޔައިރު މާރިއާ ހުރީ އެނދުގެ ބޯލާ ކޮޅުގައި އާޒިމް ފަރާތުން ޖަވާބެއްގެ އިންތިޒާރުގައެވެ. އާޒިމް ގެއަށް އައިންސުރެ އައްޔާދް ދެއްކި ވާހަކަތަކުގެ ހަޤީޤަތް އެހުމުން ވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. “އާޒިމް ކީއްވެގެންހޭ އައްޔާދްގެ ނުރުހުމުގައި މިކައިވެނި ހަމަޖެއްސީ. އަހަންނަށް އިނގޭ ހުރިހާ ކަމެއް ވެސް.” މާރިއާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ކޯއްޗެއް […]
އެއީ ކީއްވެ..؟ ނިޝާއަށް ސޮސައިޓީގެ އެންމެ އިސްކޮށް އުޅޭ އަންހެން ކުއްޖާ މަރުހަބާ ކިޔަމުން އޮފީސް ނިޝާއަށް ދައްކަމުން ދިޔައެވެ. ރަަސްމީކޮށް އޮފިސް ހުޅުވުމުގެ ވަގުތު ނުޖެހޭތީ އެދެމީހުން ތަފާތު ވާހަކަ ދައްކަން އެއްފަރާތެއްގައި ތިއްބެވެ. އެކުއްޖާ ނިޝާއަށް އެއަވަށުގެ ބައެއް ކަންތަކުގެ ވާހަކަ ކިޔާދިނެވެ. އަންހެނުންގެ ކޮމިޓީން ކުރާ ބައެއްމަސައްކަތުގެ ވާހަކައެވެ. މިހަފްލާއަށް ރަށުގެ ކަމުވޮށިވެގެންވާ ގިނަ އަނދަދެއްގެ އަންހެން ކަނބަލުން ހާޒިރުވެ ތިއްބެވެ. އެއީ ހައްތާވެސް އަންހެނުންގެ ކޮމިޓީ މެމްބަރުންނެވެ. އެއިން ކޮންމެ މޫނަކީ […]