އޭނާ ބޯ އަރިކޮށް އަހަންނާ ދިމާއަށް ބަލާލި ގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން އަހަންނަށް އޭނާގެ އަތުންވެސް ދޫކޮށްލެވުނެވެ. އެއްއަތުން އޭނާގެ މާސްކު ހިފައިގެން ދެލޯ ބޮޑުކޮށްގެން އަހަރެން ބަލަން ހުއްޓާ އޭނާ އުނދަގޫ ގޮތަކަށް ބިންމަތިން ތެދުވިއެވެ. އޭރުވެސް އަހަންނަށް ހުރީ ކުރިމަތީގައި އެހުރީ ކާކުކަން ޤަބޫލުކުރަން ދަތިވެފައެވެ. ޝާކިން ތެދުވެ އަަހަންނާ ދިމާއަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. އަހަންނަށް އޭނާގެ މޫނު ފެނުނީކަން އެނގުމުން އޭނާ ހުރީ […]
ބޯކޮއް ވާރޭ ވެހޭ ދުވަހެކެވެ. އަދި ގުގުރަން ވެސް ގުގުރައެވެ. އޮފިސް ނިންމާލުމައް ފަހު އަހަރެން އައީ ގެޔަށެވެ. ގެޔައް އާއި މަގުމަތީ ރީތި އަންހެން ކުއްޖެެއް ފެނުނެވެ. ތޫނު ނަޒަރަކުން ބަލާލެވުނެ އެކަމަކު އަންހެން ކުއްޖާގެ އެއްވެސް ޝައުގުވެރިކަމެއް ނެތޭ. ސައިކަލް ގައި ގޮސް ކައިރި ކޮއްލީމެ “ ލިފްޓެއް ބޭނުންތަ؟” އަހަރެން އަހާލީމެ. އަންހެން ކުއްޖާ މުނުމަތިން ފެންނަނީ މާޔޫސް ކަމޭ. “ލިފްޓެއް ހެޔޮ ދޯ؟” އަނެއްކާވެސް އަހަރެން އަހާލީމެ. “ އަހަންނައް ކިޔާނީ […]
އިވާން ގުޅާތަން ފެނުމުން މެހެކް ހާސްވާގޮތް ވިއެވެ. ޔަޤީނުން ވެސް އިވާން އެ ގުޅަނީ އޭނާ ނުގުޅައިގެން ލަސްވެގެންނެވެ. ” އެ..އެއީ ޑޮކްޓަރެއް” މެހެކް ބުނެލިއެވެ. އާހިލް ގާތު ސީދާ ތެދު ބުނަން އޭނާ ފަސްޖެހުނެވެ. އާހިލް ދެރަވާނެވަރު ހިތަށް އަރާފައެވެ. އާހިލްގެ ބަލިހާލު ހުރިގޮތުން އެފަދަ ވާހަކައެއް ދެއްކުން ރަނގަޅު ނުވާނެ ކަމަށް މެހެކް އަށް ވިސްނުނެވެ. ތުރުތުރު އަޅާ ހާލް އޭނާ ފޯން ނެގިއެވެ. ” އަދިވެސް ބިޒީތަ؟ އިވާން ލޯތްބާއެކު އަހާލިއެވެ. އިވާން […]
“އަހަރެން މި ދަނީ އެތެރެއަށް.. ލައިބާ އައިސް ވަކި ގޮތެއް ނިންމާ. އައި އެމް ސޮރީ އަގައިން. އެކަމު މިހިތުން ލައިބާއަށް ޖާގައެއް ނުދެވުމަކީ އަހަރެންގެ ކުށެއް ނޫން. ގަދަކަމަކުން ލޯތްބެއް ނުވެވޭނެ.” އައްޔާދް މިހެން ބުނެފައި އެތެރެއަށް ވަނުމުން ލައިބާ ދެލޯ މަރާލިއިރު ކަރުތެރެއިން ގިސްލުމެއްގެ އަޑު ބޭރުވިއެވެ. އައްޔާދް އައިސް ސޯފާގައި އިށީނދެލައި ނިއްކުރީގައި އިނގިލިތައް ހާކާލަމުން ފުންނޭވާއެއްލިއެވެ. ބޮލު ތެރޭގައި އުދާސްކަން ފެތުރިފައި ވީއިރު މާރިއާ އަދިވެސް އިނީ ފާޑަކަށް އައްޔާދަށް ނަޒަރު […]
ފަތިހުގެހިތްގައިމު ވަގުތެވެ. ލޯންޗުބާރު ސުޕީޑުގަ ލޮނުގަނޑު ކަފަމުން ހަލުވިދުވެލީގަ މަންޒިލައް ދަތުރުކުރަމުން ދިޔައެވެ. ޖައްވުގެތެރޭ ހިފާފައިވާ ތެތްފިނިކަން މަޑުމަޑުން ކެނޑި އަރާމު ހޫނަކައްބަދަލު ވަމުންދިޔައީ ހީވެސްނުކުރާހާ ފުރިހަމަޔަށެވެ. ރޭގަނޑުގެ އަދިރިޔައް އިރުގެއަލި ގަދަވެގަނެ ދުނިޔެމައްޗައް އަލިކޮއްލީ ގުދުރަތުގެ ފުރިހަމަކަން މީސްތަކުންނައް ދައްކަމުންނެވެ. ލޯންޗުގެ ހުޅުވާފަވާ ރޭޑީޔޯއިން އިވެމުންދިޔަ ލަވައިން މިމަންޒަރައް އިތުރުފުރިހަމަ ކަމެއް ގެނެސްދެމުންދިޔައެވެ. ވިންދުއެމާ ކަނޑުތެރޭ’ އަލިރަތްމުތްހެންދިރޭ މީމަގޭ އުފަންބިމޭ ދީބުދިވެހިމީ” ލޯންޗު ކުޅުދުއްފުށީ ބަދަރައް ލެފުމާއެކު ފަސިންޖަރުން ރަށައް ފައިބާން ފަށާފިއެވެ. އޭ ބަލަގަ […]
ސުނޭގެ ޙަޔާތުން. އަހަރެންގެ ނަޒަރުގައި ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. އެއް ފަހަރު ނޫނަސް ލޯބި ވެވިދާނެއެވެ. ލޯބިވީ މީހާދެކެ ފަހުން ފޫހިވެސް ވެދާނެއެވެ. އަދި ލޯބި ވިޔަސް ވަކިވާންވެސް ޖެހިދާނެއެވެ. އަހަރެންގެ ނަމަކީ އަހުމަދު ސުނާނެވެ. އަހަރެންގެ އުމުރުން މިހާރު 20 އަހަރު ވެއްޖެއެވެ. ހިއްސާ ކުރަން ގަސްތު މިކުރަނީ މީގެ ގާތް ގަނޑަކަށް 2 އަހަރުން ކުރިން އަހަންނާ ދިމާވި، އަހަރެއްވީ ލޯބީގެ ކުޅިސަމާގަނޑެއްގެ ވާހަކައެވެ. އޭރު އަހަރެންގެ އުމުރުން ކިރިޔާ 18 އަހަރު ވާނީއެވެ. […]
އެހެނަސް މިދުވަސް މި ގޮތަށް އަންނާނެ ކަމަކަށް ފަހަރެއްގައި ވެސް އަހަރެން ހިޔެއް ނުކުރަމެވެ. ދަރިފުޅުގެ އެ އަމަލުން ނީޝާމް ވަރަށް ދެރަ ވިއެވެ. އެ ވަގުތު އަހަރެންނަށް ވެސް ބުނާނެ އެއްޗެއް ނޭންގުނެވެ. ލިބުނު މާޔޫސް ކަމާ އެކު އަހަރެންނާ ދިމާލަށް ބަލައިލުމަށް ފަހު ނީޝާމު ހިނގައި ގަތީ ކޮޓަރިން ނުކުތުމަށެވެ. ވަގުތަކީ ޝާހިރު ވެސް އައިސް ގެޔަށް ވަތް ވަގުތެވެ. އެވަގުތު އަހަރެން ވަރަށް ހާސްވިއެވެ. ޝާހިރަށް ނީޝާމަކީ ކާކު ކަން ނޭންގި އޭނަޔަށް […]
އެހެން ހުއްޓައި ކުއްލިއަކަށް އަހަރެން ސިހުނީ އަހަރެންގެ ފޯނު ރިންގުވާ އަޑަށެވެ. އަވަސް ހަރަކާތަކާއެކު ފޯނުނަގައި ބަލާލިއިރު އަހަރެންގެ ނިތަށް ރޫތަކެއް ޖަމާވީ އެ ގުޅާ ނަންބަރު ފެނިފައެވެ. އެއާއެކު ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. ނަންބަރު ދިގުކަމުން ފޯނުގެ މުޅި ޑިސްޕްލޭ އޮތީ ފުރިފައެވެ. ޖެހިލުންވެ ހުރެ އަހަރެން ފޯނު ނަގައި ކަންފަތުގައި ޖަހާލީމެވެ. “ހެލޯ… ވަރަށް ބިރުން ހުރެ ދޯ ތި ފޯނު ނެގީ..” އެއީ އަރޫންގެ އަޑުކަން އަހަންނަށް އެނގުނެވެ. ބޮލުގައި އަޅާފައިވާ މާސްކު […]
“ހެހެ…….ނަން ބުނީމަ ޔަޤީނުންވެސް އެނގޭނެ……މާޒިން.” އިވުނު ނަމަކުން ޝަފަޤްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގިއެވެ. އޭނައަށް ފޯނާއި ދިމާލަށް ބަލަން ހުރެވުނީ ނިތަށް ރޫ ގިނަވެފައި ހުރެއެވެ. މާޒިންގެ ވާހަކަ އަޒާން އޭނައަށް އެންގިފަހުން ވެސް އޭނަ އެވާހަކަ ވިސާމްގާތު ބުނެފައެއް ނުވެއެވެ. އެއީ އަޒާނަށް ހީވި ހީވުމަކަށް ވެސް ވެދާނެކަމަށް ފަހަކަށް އައިސް އޭނަގެ ހިތް ބުނަން ފެށީތީވެއެވެ. އަދި އަމުދުން މާޒިންގެ ވާހަކަ ފެންމަތި ކުރުމުން އަނެއްކާވެސް އޭނައާއި ވިސާމްގެ ދެމެދުގައި ފާރެއް ލެވިދާނެކަމުގެ […]