Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އަނދިރިފަރާތް (2 ވަނަ ބައި)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
January 27, 2017 6 Mins Read
17 Comments

އަނެއްކާ އެއީ ރިޒާމްގެ ސިފައިގައި ހުރި ސްޕައިއެއްބާއޭ އަހަރެންގެ ހިތަށް އެރިވަގުތު ބިރުވެރިކަމުގެ ބާންޏެއް ހިތުތެރޭގައި ދުވެލިއެވެ. އެއީ ރިޒާމް ދުވަހަކުވެސް އުޅުނުގޮތެއް ނޫންވިއްޔާއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ދެއަތް މައްޗަށް ހިއްލާލެވުނެވެ. ރިޒާމް އެ ބަޑީގެ ޓްރިގަރއަށް ފިތާލިވަގުތު އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.

އިރުކޮޅެއް ވަންދެއް އެހެން ހުރިއިރުވެސް އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވުމުން އަހަރެން ލޯ ހުޅުވާލީމެވެ. އެއާއެކު ރިޒާމްއާއި އަރޫން ބަނޑުގައި އަތްް އަޅައިގެން އޮވެ އަހަންނަށް އަޑުނީވޭނެހެން ހޭ ތަން ފެނުނެވެ. އެއީ ރިޒާމް އަހަރެން ބިރުގަންނަވާލަން ކުރި ކަމެއްކަން އެނގުމުން އަހަރެން ދެއަތް އުނަގަނޑުގައި ވިއްދާލީމެވެ.

“ވެރީ ފަނީ..” އަހަރެން އެހެން ބުނުމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތީމެވެ. ނަމަވެސް އެވަގުތު ރިޒާމް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

“މަޑުކޮށްބަލަ… ދަނީތަ؟ ހެހެ.. ޔޫ ޝުޑް ހޭވް ސީން ދަ ލުކް އޮން ޔުއަރ ފޭސް ޖަސްޓް ނައު… ހާދަ މަޖަލޭ.. ހެހެ..” ހެމުން ހެމުން ރިޒާމް އެހެން ބުނުމުން އަހަރެން އޭނާގެ އަތް ފޮޅުވާލީމެވެ. އަދި ތުން އަނބުރާލަމުން އޭނާއާ ދިމާއަށް އެނބުރެލީމެވެ.

“އަހަރެންތަ މަޖަލީ؟ އަސްލު ރިޒާމް ކަންނޭނގެ މީގަ މަޖަލީ.. ރިޒާމްއަކަށް ނޭނގެ ތި އީޖާދުކުރާ އެއްޗެއްސަށް ސަހަލު ނަމެއް ދޭކަށްވެސް…” އަހަރެން ދެލޯ ހަނިކޮށްލަމުން ބުނެލީމެވެ. އެވަގުތު ރިޒާމް ހެނުން ހުއްޓާލިއެވެ. އެއްމިޔަކުން ހީލައިގެން ހުރެ އޭނާގެ މޫނު އަހަރެންގެ މޫނުގައި ޖެހޭނުޖެހޭ ހިސާބަށް އައިސް މަޑުކޮށްލިއެވެ.

“ހުވާތަ؟” އޭނަ އެހެން ބުނުމުން އަހަރެން އޭނާގެ މޭގައި އަޅައި ކުޑަކޮށް ކޮއްޕާލީމެވެ.

“އާނ.. ފަޔާރ ސުއިޓް ނޫން ނަމެއް ނުފެނުން ވިއްޔަ އެހެރަ ސުއިޓަށް ކިޔާކަށް… ” އަހަރެން ސްޓޭންޑުގައި ހުރި ސުއިޓަށް އިޝާރާތްކޮށްލަމުން ބުނީމެވެ. އަދި އެތަނުން ނިކުންނަން އަނެއްކާވެސް ހިނގައިގަތީމެވެ. ދޮރު ހުޅުވަން ސުވިޗަށް ދެތިން ފަހަރަކު ފިތާލުމުން ވެސް ނުހުޅުވުނެވެ. މިތަން ހުޅުވޭނީ ހަމައެކަނި ރިޒާމްގެ ފިންގަރޕްރިންޓުންކަން ހަނދާން ވުމުން އަހަރެން އެނބުރި ރިޒާމްމެން ތިބި ދިމާއަށް ބަލާލީމެވެ.

“ހުޅުވަދީ.. އަހަރެން ދާން ވެއްޖެ.. މިހާރު ވަރަށް ލަސްވެސް ވެއްޖެ… ތި އެންމެން ފުލް ޓައިމްކޮށް މިތާ ވޯކްކުރިޔަސް އަހަރެންމީ އަދި ޕާޓް ޓައިމްކޮށް ވޯކް ކުރާ މީހެކޭ..” ރިޒާމް ދޮރު ހުޅުވައިދޭން ނައުމުން އަހަރެން ކުޑަކޮށް ނުރުހިފައި ބުނެލީމެވެ. އަހަރެން ފިޔަވައި ދެން މިތަނުގައި މަސައްކަތްކުރާ މީހުން ދިރިއުޅެނީވެސް މިތަނުގައެވެ. އެންމެ ތިރީ ފަންގިފިލާގައި މިތަނުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ކޮޓަރިއެއް ފަރުމާކޮށްފައި ހުރެއެވެ. އަހަރެން އަދި ފުލް ޓައިމްކޮށް މަސައްކަތްކުރަން ނުފެށިގެން މިއުޅެނީ ސްކޫލުގައި އުޅޭތީއެވެ. ސްކޫލު ނިމުނުހާ އަވަހަށް އަހަރެންވެސް މިތަނާ އެއްކޮށް ގުޅެން ބޭނުމެވެ.

ރިޒާމް އައިސް ދޮރު ހުޅުވައިދިނުމުން އަހަރެން އެންމެ ހިނދުކޮޅަކަށްވެސް މަޑުނުކޮށް އެތަނުން ނިކުމެގެން އެނބުރި ރަށަށް އައީމެވެ. އޭރު ގަޑިން 3 ޖަހަނީއެވެ. ކޮޓަރިއަށް ވަނުމަށްފަހު އަހަރެން ދަބަހުގައިވާ އެންޓި ސްލީޕިންގ ޕިލްސް ފުޅި ނަގައި އެއިން ގުޅައެއް ކާލީމެވެ. އަދި އަލަމާރީގެ އެންމެ އެތެރެއަށް ލައި ފޮރުވީމެވެ. ލައިގެން ހުރި ސުއިޓް ބާލައި ނިދާހެދުމަށް ބަދަލުކުރަމުން އަހަރެން އެނދުގައި ޖައްސާލީމެވެ. ނަމަވެސް ބޭސްކެއުމުން ދެން ލޮލަކަށް ނިއްޖެއް ނާންނާނެކަން އެނގެއެވެ. އެހެންކަމުން ލެޕްޓޮޕް ނަަގައި ހެޑްސެޓް އަޅާލުމަށްފަހު އަހަރެން ފިލްމެއް ބަލަން އޮތީމެވެ.

** ** **

ސްކޫލުގެ އިންޓަވަލް ވަގުތެވެ. އަހަންނާއި ރައުފާގެ އިތުރުން ލީޒާ މިސްރާބުޖެހީ ކެންޓީނަށެވެ. ކެންޓީން ހުންނަނީ ދެވަނަ ފްލޯގައި ކަމުން އަހަރެމެން ސިޑިން ތިރިއަށް ފައިބަމުން ދިޔައީމެވެ. ކުރިންވެސް ބުނި ފަދައި އަހަރެމެންގެ ކުލާސް ހުންނަނީ ތިންވަނަ ފްލޯގައެވެ.

ކާއެއްޗެހި އަޅައިގެން ތިން މީހުން ހުސް މޭޒެއްގައި އިށީނީމެވެ. އޭރު ރައުފާއާއި ލީޒާ ކޮންމެވެސް އޮލަ ވާހަކައެއް ދައްކަމުން ދިޔައެވެ. އަހަރެން އެވަގުތު ބެލީ ކެވޭތޯއެވެ. އަހަރެން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ކުއްލިއަކަށް އަހަރެން ސިހުނީ އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ލީޒާއާ ރައުފާ އަހަންނާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްގެން ހުރެއެވެ. އޭރު އެތަނުގައި ތިބި ބައެއް ޓީޗަރުންވެސް ދެކޮޅު ހޯދައި ބަލަމުން ދިޔައެވެ. އަޑު އަައީ އަހަރެންނާ ދިމާއިންކަން އެމީހުންނަށް ނޭނގުނުކަމީ ހަމަ އަހަރެންގެ ނަސީބެވެ. ސްކޫލަށް ފޯނު ގެނައުމަކީ މަނާކަމެއް ނަމަވެސް އަހަރެންގެ ކުލާސް ގިނަ ކުދިން ކުލާހަށް އަންނަނީ ފޯނު ހިފައިގެންނެވެ. އަހަރެންގެ ފޯނު ސައިލެންޓަށް ނުލެވި ހުރުމުން އަމިއްލަ ނަފްސަށް ކުދިކިޔަމުން ކޮނޑުގައި އަޅުވާލާފައި އޮތް ދަބަހުން ފޯނު ނެގީމެވެ. އަދި ސައިލެންޓަށް ލުމަށްފަހު އައިސްފައި އޮތް މެސެޖު ހުޅުވައި ކިޔާލީމެވެ. އަަހަރެން ހީކުރިގޮތާ ޚިލާފަށް އެއީ އަރޫންގެ ފަރާތުން އައިސްފައިވާ މެސެޖެކެވެ.

މެސެޖުގައި އޮތް ލިޔުންކޮޅު ފެނިފައި އަހަންނަށް އުފަލުން ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ހިނިތުންވެލައިގެން ހުރެ އަހަރެން އެ މެސެޖު ތަކުރާރުކޮށް ކިޔާލީމެވެ.

“ހޭ… އަހަރެމެން ދެމީހުން މިޝަން އަކަށް ފޮނުވަން ސަރ ނިންމައިފި… އެކްސައިޓެޑްތަ؟ މިރޭ އެޖެންސީއަށް އައީމަ ޑީޓެއިލްސް އެނގޭނެ..” އަހަރެންގެ ހިތް އޭރު އުފަލުން ނަށަނީއެވެ. އެންމެފަހުން އަހަރެންވެސް މިޝަންއެއްގައި ބައިވެރިކުރީއެވެ. ފުރަތަމަ މިޝަން ކަމުން މިކަން ފަރުވާތެރިކަމާއެކު ކުރުމަށް އަަހަރެން ހިތުގައި އަޒުމްކަނޑައެޅީމެވެ.

“އަސްލުތަ؟ ވަރަށް އެކްސައިޓެޑްވެފަ މިހުރީ… ވިލް ސީޔޫ ޓުނައިޓް..” އަހަރެން ރިޕްލައިގައި އެހެން ލިޔެލުމަށްފަހު ފޮނުވާލީމެވެ. އޭރުވެސް އަހަރެންގެ މޫނުމަތީގައި ލުއި ހިިނިތުންވުމެއް ވިއެވެ.

“ކޮންކަމަކާ އެކްސައިޓެޑްވީ؟ އަނެއްކާ މިރޭ ކޮން ބިޓެއް ކައިރިއަށް ދާން ތިއުޅެނީ؟” ލީޒާ އެހެން ބުނެލުމުން އަހަރެން ސިހުނުވަރުން ފޯނުވެސް އަތުން ދޫނުވީ ކިރިޔާއެވެ. އޭރު ލީޒާ އަހަރެންގެ ފޯނު ފެންނާނެހެން ކުޑަކޮށް އަރިވެލައިގެން ހުއްޓެވެ. އަހަރެން ލިޔުނު ރިޕްލައި އޭނާއަށް ފެނުނީއެވެ. އަނެއްކާ އޭނާއަށް އަރޫން ފޮނުވި މެސެޖު ފެނުނުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަގުތު އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެޖެންސީގެ އެއްވެސް މައުލޫމާތެއް އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް ލިބިއްޖެނަމަ އާރިފް ސާރ ވަގުތުން އަހަރެން ޓީމުން ބޭރުކުރާނެކަން އަހަންނަށް އެނގެއެވެ. ރާއްޖޭގެ އެންމެންނަށްވެސް އެނގޭނީ އެޖެންސީ އޮންނަކަމެވެ. އެޖެންސީ ހުންނަނީ ކޮންތާކުކަމާ، އަދި އެޖެންސީގައި މަސައްކަތްކުރާ މީހުންގެ މަޢުލޫމާތު އެނގެން ޖެހޭނީ ހަމައެކަނި އެތަނުގައި މަސައްކަތްކުރާ މީހުންނަށެވެ.

“ރައު ބަލާބަލަ… ޝުބް އުޅެނީ މިރޭ ބިޓެއް ކައިރިއަށް ދާން.. އަހަރެމެންނަށް ނުވެސް އަންގާލަ… އެކަމަކު ބުނާނެ މީ ބެސްޓީސް އޭ..” ލީޒާ ރައުފާ ގައިގައި ކޮށްޓާލަމުން ބުނެލީ ލާނެތް ގޮތަކަށެވެ. ރައުފާވެސް އަހަންނާ ދިމާއަށް ފާޑަކަށް ބަލާލިއެވެ.

“އެއީ ތެދެއް؟ ބަލާބަލަ ވަގުކަން… މިހާރު ބިޓެއްވެސް ނެގީ ދޯ؟” ހަރަން ބަނދެލަމުން ރައުފާ ވާހަކަދެއްކިއެވެ.

“ހެހެ… ވަގުތު ޖެހުނީމަ ހުރިހާ އެއްޗެއްވެސް ތި ދެމީހުންނަށް ކިޔައިދޭނަމޭ… އޯކޭ އެއްނު؟” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން އަހަރެން އެހެން ބުނެލަމުން ކޮޅަށް ތެދުވީމެވެ. އަދި ސިޑިއާ ދިމާއަށް ހިނގައިގަތީމެވެ.

“އޭ ކޮންތާކަށް؟” އަހަރެން ދާން ފެށުމުން ލީޒާ ގޮވާލިއެވެ.

“ވޮޝްރޫމަށް..” އަހަރެން އެހެން ބުނެލުމަށްފަހު ސިޑިން ތިރިއަށް ފައިބަން ފެށީމެވެ. ފާހާނާބަރި ހުންނަ ދިމާއަށް މިސްރާބުޖެހިއިރު އަހަރެންގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް އެނބުރެމުން ދިޔައެވެ. ލީޒާގެ ވާހަކައިން އޭނާއަށް ފެނުނީ ހަމައެކަނި އަަހަރެން ލިޔުނު ރިޕްލައިކަން އަހަންނަށް ޔަޤީންވިއެވެ. އަރޫން ކޮށްފައިވާ މެސެޖު ފެނުނުނަމަ އޭނާ އެވާހަކަ ދެއްކީސްކަން ޔަޤީނެވެ.

ވޮޝްރޫމަށްވަދެ އަަހަރެން އެތަނުގައި ހުރި މޫނުދޮންނަ ތަށިތަކުގެތެރެއިން ތައްޓެއްގެ ކުރިމަތީގައި ހުއްޓުނީމެވެ. އަދި ކުރިމަތީގައި ހުރި ހަތަރެސްކަން ދިގު ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ބަލާލީމެވެ. އާރިފް ސާރ އަހަރެން އެޖެންސީއަށް ވެއްދީ އަހަންނަށް ވަރަށް އިތުބާރުކޮށްފައެވެ. ދެންމެ ލީޒާއަށް އެ މެސެޖު ފެނުނުނަމަ އެ އިތުބާރު ވެއްޔާ މޮޑެވިގެން ދިޔައީހެވެ. އެއްގޮތަކަށްވެސް އެހެންވާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އިތުބާރުހިފޭ “ސީކްރެޓް އެޖެންޓް” އެއްގެ މަޤާމުގައި ހަށިގަނޑާ ފުރާނަ ވަކިވަންދެން ހުރުމަށް އަހަރެން ބޭނުމެވެ.

އަހަރެން އިސްކުރުދޫކޮށްލައި ދެއަތުން މޫނުގައި ފެންފޮދެއް ހާކާލީމެވެ. އޭރު އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ ފުރަތަަމަ އަހަރެން އެޖެންސީއާ ގުޅުނު ގޮތެވެ. ފިލްމެއް ފަދައިން އެ މަންޒަރުތައް އަހަރެންގެ ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ.

#

ދުވަސްވަރަކީ އަހަރެން ގްރޭޑް 11 އަށް ވަތް ދުވަސްކޮޅެވެ. ހަވީރުގެ ހިތްގައިމު ވަގުތު އާދައިގެ މަތިން އަހަރެން މިސްރާބުޖެހީ ރަށުގެ އެންމެ ގަސްބޯފަރާތާ ދިމާ އަތިރިމައްޗަށެވެ. ދެއަތުން ގަސްތަށް ފޭކުރަމުން އަހަރެން ވަލުތެރެއިން ހިނގަމުން ދިޔައިރު ސިކުނޑީގައި އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. ވަލުތެރޭގައި އެގޮތަށް އެކަނި އުޅޭކަށް އަހަރެން ބިރެއްވެސް ނުގަނެއެވެ. އުމުރުން 12 އަހަރުފުރުނީއްސުރެ ކޮންމެ ދުވަހަކު ހަވީރު އަހަރެން މިދިމާއަށް އަންނަނީ ހަމަ އެންމެ ބޭނުމަކުއެވެ.

އަތިރިމައްޗަށް ނިކުމެވުމުން އަހަރެންގެ މޫނުގައި މަޑުމަޑު ރޯޅިތައް އައިސް ބީހިލުމާއެކު އަހަންނަށް ދެލޯ މަރާލެވުނެވެ. ދޫކޮށްލާފައިވާ އަހަރެންގެ ކަޅުކަންގަދަ ފަން ، ދިގު އިސްތަށިގަނޑު މަޑުމަޑުން ވަޔާ ވިހުރެމުން ދިޔައެވެ. އަހަރެން މޫދާދިމާ ބަލާލީމެވެ. ނޫކަންގަދަ ކަނޑު، އޮމާން ސަތަރިގަނޑެފަދައިން ހަމަހިމޭންކަންމަތީ އޮތުމުން އަހަރެންގެ މޫނުމަށްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

އަހަރެން ވަލުގައި ހުރި ގަސްގަނޑެއްގެ ކައިރިއަށް ގޮސް ކުޑަކޮށް ހާވާލުމަށްފަހު ނެގީ ވެލި ގޯންޏެކެވެ. އެ ގޯނީގެ ތުމުގައި ފަލަ ވާގަނޑެއް އައްސާފައިވިއެވެ. އަހަރެން އުނދަގުލާއެކު ގޯނި ނަގައިގެން ގެންގޮސް ގޮނޑުދޮށަށް އަރިވެފައިވާ ގޮތަށް އޮތް ގަހެއްގެ ފަލަ ގޮތްޕެއްގައި އައްސާލީމެވެ. އަދި ލައިގެން ހުރި ނޫކުލައިގެ އަތްދިގު ގަމީސްކޮޅު އުޅަނބޮއްޓާ ހަމައަށް އޮޅާލުމަށްފަހު އެ ގޯންޏަށް ބަލާލީ ލުއި ހިނިތުންވުމަކާއެކުއެވެ. ވިހުރެމުން ދިޔަ އިސްތަށިގަނޑު މައްޗަށްވާ ގޮތަށް ހުޅިއެއް ޖަހާލުމަށްފަހު އަހަރެން އެލިފައި އޮތް ގޯނީގެ ކުރިމަތީގައި ހުއްޓެލީ ބޮކްސިންގ ތަޅާ މީހުން ހުއްޓޭފަދަ ގޮތަކަށެވެ. ދެއަތް މުއްކަވާލުމަށްފަހު އަހަރެން ބާރަކަށް ފައިން ބަސްތާގައި ޖަހާލީމެވެ.

އާއިލާގެ މީހުން ކިތަންމެ ނުުރުނަސް ބޮކްސިންގ އާއި ކަރާޓީ އަކީ އަހަރެން އެންމެ ގަޔާވާ ދެކަންތަކެވެ. ކުރިން އަހަރެންގެ ބޮޑުބޭބެއާއެކު ވަރަށް ގިނަައިން އެކަހަލަ ކަންތައްކޮށް އުޅުނު ނަމަވެސް މަންމަމެން އަހަންނަށް އެކަން ކުރުން މަނާކުރީއެވެ. އެއީ އަހަރެން އަންހެން ކުއްޖަކަށްވީމައެވެ. އެއީ އަހަރެންގެ އުމުރުން 10 އަހަރުގައެވެ. ފަހުން އަހަރެން މިދިމާ އަތިރިމައްޗަށް އަންނަނީ މަންމަމެންނާ ސިއްރުން މިކަންތައް ކުރުމުގެ ބޭނުމުގައެވެ. ރަށުގެ އެއްވެސް މީހަކު މިދިމާއަށް ވަރަށް ނާންނާނެއެވެ. އެހެންކަމުން އަހަންނަށް މިތަނުގައި ބޭނުން ވައްތަރެއް ޖެއްސުމުގެ ފުރުސަތު ފަހިވެފައިވިއެވެ.

“ހައްޔާ!” ކަރާޓީ ތަޅާ މީހުން ލައްވާ އަޑެއް ލައްވާލުމަށްފަހު އަހަރެން އެ ވެލި ބަސްތާގައި އެގޮތް މިގޮތަށް ތަޅަމުން ދިޔައީމެވެ. ކުރީކޮޅު އެ ހަރު ބަސްތާގައި އަތް ޖެހުމުން ތަދުވެއެވެ. އޭރު އަތް ރަތްވެ ދުޅަވެފައި ހުއްޓަސް، ފަހުން އަހަރެން މިކަމަށް ވަރަށް ފަރިތައެވެ. ބައެއްކުދިންގެ ހިތަށް ހަމަޖެހުން ލިބެނީ ލަވަކިޔުމުންނެވެ. ނުވަތަ ވާހަކަތައް ޑައިރީއަކާ ހިއްސާކުރުމުންނެވެ. ނުވަތަ ގަނޑެއްގައި ކުރެހުމުންނެވެ. ނަމަވެސް އަހަރެންގެ ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބެނީ މިކަމުންނެވެ. އަަހަރެން ކުރާ ހިތްވާ ކަމަކީ މިއެވެ. މަންމަމެން ބޭނުންވަނީ އަހަރެން މޮޅު ޑޮކްޓަރަކަށް ހަދާށެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޯލެވެލްގެ ގަދަ ދިހައެއްގެ 1 ވަނައިގައި އަހަރެން އަޅައިގަތެވެ. އޭލެވެލްއިންވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް އަހަރެން މަސައްކަތްކުރަމެެވެ. ނަމަވެސް އަހަރެން ބޭނުންވަނީ ޑޮކްޓަރަކަށް ނަރުހަކަށް އިންޖިނެއަރަކަށް ވާކަށް ނޫނެވެ. އަހަރެން ބޭނުމީ ސިފައިންގެއަށް ވަންނާށެވެ. ނުވަތަ ބޮކްސިންގ ނޫނީ ކަރާޓީ ތަޅާ މީހަކަށް ވާށެވެ. އެއީ އެންމެ ކުޑައިރުއްސުރެ އަަހަރެން ދެކެމުން އައި ހުވެފެނެވެ. މަންމަމެންނާހެދި އެ ހުވަފެން ވިއްސިވިހާލިވެގެން ދާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

އިރުގަނޑަކު އެގޮތަށް ތެޅުމަށްފަހު އަހަރެން ވަރުބަލި ފިލުވާލަން ދޮންވެލިގަނޑުމަތީގައި އިށީނީމެވެ. އޭރު އަހަރެންގެ މޫނާއި މުޅި ގައިން ދާހިއްލަން ފަށައިފިއެވެ. ކަރުހިއްކަން ފެށުމުން އަހަރެން ފެންފުޅި ނެގުމަށްޓަކައި ތަންކޮޅެއް އެއްގަމުގައި ބަހައްޓާފައިވާ އަހަރެންގެ ކުޑަ ދަބަހާ ދިމާއަށް ދާންފެށީމެވެ. ދަބަސް ނަގަން ގުދުވެލިތަނާ ކުރިމަތީގައި ހުރި ގަސްގަނޑުގެ ތެރެއިން އެއްޗެއް ހަރަކާތްކުރިހެން އަހަންނަށް ހީވިއެވެ. ސިހިފައި އަހަރެން ބަލާލިއިރު އެއްޗެއް ފެންނަން ނެތުމުން އަހަރެން ނިންމީ އެއީ އަހަންނަށް ހީވިގޮތެއް ކަމަށެވެ. ފެންފޮދެއް އަނގައަށް އޮއްސާލިގަޑީގައި އަނެއްކާވެސް ގަސްގަނޑު ހެލެލިތަން އަހަންނަށް ފެނުނެވެ. ކުޑަކޮށް ވަލުތެރެ ހޯދާލި ނަމަވެސް އެއްވެސް މީހަކު ނެތުމުން އެއީ ކޮންމެވެސް ޖަނަވާރެއް ކަމަށް ނިންމައި އަހަރެން އަނެއްކާވެސް ގޮނޑުދޮަށަށް މިސްރާބުޖެހީމެވެ. މިފަހަރު އަހަރެން “ޕުޝްއަޕްސް” ހަދަން ފެށީމެވެ. ހަށިގަނޑު ދަމާލުމަށްފަހު ތިނަކާ ހަމައަށް ގުނާފައި އަހަރެން ފެއްޓީމެވެ. ކުރީ ދުވަހު އަހަންނަށް 50 ޕުޝްއަޕްސް ހެދުނެވެ. އެހެން ކަމުން މިޔަދު އަހަރެން 60 ފަހަރު ހެދުމަށް ކަނޑައެޅީމެވެ.

ތިރީހަކަށް ޕުޝްއަޕްސް ހެދުނުތަނާ އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ ވަލުތެރޭގެ ގަހެއްގެ ގޮތްޕެއްގައި މީހެއް އިންތަނެވެ. ކަޅުކުލައިގެ ސުއިޓެއް ލައިގެން އެމީހާ އިންއިރު ދެލޯ ފިޔަވާ އެހެންތަނެއް ނުފެންނަ ގޮތަށް އޭނާގެ މޫނު ނިވާކޮށްފައިވިއެވެ. އެ ދެލޯ އަހަންނާ ދިމާއަށް ހުއްޓެފައިވީތަން ފެނުމުން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ތެދުވެ ދެއަތުން ވެލިތައް ފޮޅާލަމުން އަހަރެން އެމީހާއަށް ބަލަން ހުރީމެވެ.

ބަލަބަލާ ހުއްޓާ އެމީހާ ގަހުން ފައިބައިގެން އައިސް އަހަރެންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. ހައިރާންވެފައި ހުރެ އަހަރެންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެމީހާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިހިނދު އޭނާގެ އުނގަނޑުގައި އަޅުވާފައި އޮތް ބެލްޓުގައި ބަޑިއެއް އަޅުވާލާފައި އޮތްތަން ފެނުމުން އަހަންނަށް އެއީ އާދައިގެ މީހެއް ނޫންކަން އެނގުނެވެ. އަވަސް ހަރަކާތާއެކު އަހަރެން ދުންކަނޑާފައި ދުއްވައިގަތީމެވެ. ހާސްވެފައި ހުރިވަރުން އަހަންނަށް ވަދެވުނީ ވަލުތެރެއަށެވެ. އެއެއް މިޔެއް ނުބަލާ ދުވަމުން ދިޔައިރު އަހަރެންގެ ހިތްތެޅޭވަރުން ހީވަނީ މޭފަޅައި ނިކުމެދާނެހެންނެވެ.

އަހަރެން ދުވަމުން ދަނިކޮށް ކުއްލިއަކަށް އެމީހާ އައިނައި ތަނެއް ނޭންގި ފުންމާލީ އަަހަރެންގެ ކުރިމައްޗަށެވެ. މައިނޭވާލަމުން އަހަރެން އެމީހާގެ ލޮލަށް ބަލަން ހުރީމެވެ.

“ތީ ކާކު؟ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟” އަހަރެން ނުރުހިފައި އެމީހާއާ ސުވާލުކުރީމެވެ. އޭރުވެސް އަހަރެންގެ ހިތް ބިރުން ރޫރޫ އަޅައެވެ. އެމީހާ ކުއްލިއަކަށް ފުރަގަހުން ނެގީ ސިރިންޖެކެވެ. ފެހިކުލައިގެ ދިޔައެއް އޭގެ ތެރޭގައި ހުއްޓެވެ. ނުވިސްނާ ހުއްޓާ އޭނާ އޭތި ހަރާލީ އަހަރެންގެ ކޮނޑަށެވެ. ވީތަދުން އަހަރެންނަށް ކުޑަކޮށް ހަޅޭވެސްލަވައިގަނެވުނެވެ. އެވަގުތު އަހަރެންގެ ގައިން ވަރު ހުސްވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ދެކަކޫ މައްޗަށް އަހަންނަށް ތިރިވެވުނުއިރު މުޅިތަން އެނބުރޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. މަޑުމަޑުން ދެލޯ މެރެމުން ދިޔަކަންވެސް އެނގުނެވެ. ނަމަވެސް ދެންވީ ކިހިނެއްކަމެއް ނޭނގުނެވެ.

(ނުުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޢަޞްރު (ސަތުތިރީސްވަނަ ބައި)

Next

އެވިއްސާރަ ރޭ… ނުވަވަނަބައި

Next
January 27, 2017

އެވިއްސާރަ ރޭ… ނުވަވަނަބައި

Previews
January 27, 2017

ޢަޞްރު (ސަތުތިރީސްވަނަ ބައި)

17 Comments!

  1. Liaa says:
    January 27, 2017 at 1:47 pm

    Hii guys… Heekuran mi part ves reethi vaane kamah 🙂 Feel free to leave ur comments ingey 🙂
    Next part tomorrow Insha Allah
    Loves <3

  2. Lucky says:
    January 27, 2017 at 1:59 pm

    Nice mi part. Waiting for next part

    1. Liaa says:
      January 27, 2017 at 2:26 pm

      Thankss Lucky 🙂

  3. leon says:
    January 27, 2017 at 2:07 pm

    ohh ..nice….liaa tanks 4 the storyy..love it..when next part?

    1. Liaa says:
      January 27, 2017 at 2:26 pm

      Thankss… Next part tomorrow..

  4. Binthi says:
    January 27, 2017 at 2:49 pm

    V thafaathu vaahaka eh ? interesting.. V reethi first two parts ves.. Keep it up liaa

  5. Nazaaha says:
    January 27, 2017 at 4:11 pm

    Are u making the childhood dream of mine liaa?

  6. Hunter says:
    January 27, 2017 at 5:25 pm

    Oh god its beautiful… Im speechless.. Varah dhuvas vejje mikahala story akah wait kuraathaa.. N that photo varah salhi…

  7. Harry says:
    January 27, 2017 at 6:05 pm

    Just wow just wow…. next part ah keh madhuvefa

  8. shafu says:
    January 27, 2017 at 6:30 pm

    Mee koacheh

    1. Gunboalu says:
      January 28, 2017 at 10:58 am

      Adhivex kureege muskulhi loabeege vahaka kiyan dhw kai beynumee

  9. ❤mixoo says:
    January 27, 2017 at 8:00 pm

    Interesting…

  10. Redrose says:
    January 27, 2017 at 8:18 pm

    Raahgeakaa nugulhey…..cartoon filmeh hadhan kamudhaane.anyways vvv obi

    1. No cartoon says:
      January 27, 2017 at 9:06 pm

      Cartooneh noon.. But Anime eh hadhan varah salhi vaane.. First maldivian anime

  11. xprincess says:
    January 28, 2017 at 12:25 am

    Liaa… Liaa ge vaahaka akah inthixaar kuraathaa mihaaru kon dhuvaheh tha?ehen storee thah fadhain mi vaahaka ves varah thafaathu and Salhi. Thants wat i like about you. U write really unique stories. keep going.. vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi <3

  12. Same says:
    January 28, 2017 at 6:52 am

    V reethi

  13. Liaa says:
    January 28, 2017 at 12:44 pm

    Shukuriyyaa hurihaa kudhin 🙂

Comments are closed.


All Right Reserved!