ކައިވެންޏަށް ފަހު ސުމާ އަދި ޒިން އުޅެމުން އައީ މާޒިންގެ ގޭގައެވެ. މާ ގިނަ ދުވަހަކާއި ނުލާ ދެމީހުންވެސް އެ މާހައުލަށް ހޭނުނެވެ. ޒިންވެސް މާޒިންގެ މަންމައަށް މާމަ އަދި މާޒިންއަށް ބައްޕަ ކިޔައިގެން ވާހަކަދައްކާ ކޮންމެފަހަރަކު ސުމާގެ ހިތް ފުރިގެން ބަންޑުންވެއެވެ. މާރިޔާ ޒިން ގެންގުޅެނީ އަމިއްލަ މާމަ ދަރިއެއް ގޮތުގައެވެ. ޒިން ނިދަނީވެސް މާރިޔާ ކައިރި މާރިޔާގެ ކޮޓަރީގައެވެ. މާޒިންގެ ބައްޕަ އެމީހުންގެ ކައިވެންޏަށް 2 ދުވަސްވީތަނާހެން އެކްސިޑެންޓެއްގައި ނިޔާވުމުން ފަޅުކަން އިހްސާސްވާ މާރިޔާއަށް […]
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާ ހުރީ ތުރުތުރު އަޅައެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ދެމިފައިވާ ގޮތުން އިތުރު ދިހުމެއް ހުއްޓެވެ. އެބޯވާރޭތެރޭގައިވެސް އޭނާ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުންވެސް އޭރު ލޭ އާދެއެވެ. ލައިގެން ހުރި ހެނދުމުގެ މޭމަތިން ބޮޑު ބައެއް ހަލާކުވެ ފެންނަން […]
guys i know i have stopped my story in middle. however if you all wish to read it again i can up load the whole story. but i will split part by part. but this time longer than before. i need all your votes for that 🙂
“އަވަހަށް ބުނެބަލަ”. ކާރު ދުއްވަމުން ފަހަތަށް އެނބުރި ބަލާލަމުން އިވާން ހިނިތުންވެލިއެވެ. ” އިވާން.. އަ..އަހަރެން ވަރަށް ބޮޑު ކަމަކަށް އެދެން މިއުޅެނީ”. މެހެކް ލަދުން އިސްޖަހައިގެން އިނދެ އަޅައި ގަންނަމުން ބުނެލިއެވެ. ދެން އޭނާ ދެލޯ މަރާބާރުކޮއްލިއެވެ. ” އާހިލްގެ ބައްޔަށް ފަރުވާ ކުރުމަށް ޓަކައި އަހަންނަށް އެހީއެއް ދީފާނަންތަ؟” ” ތި ވާހަކަ ދައްކާލަން ކޮންމެވެސް ތަނެއްގަ މަޑުކޮއްލަމާ ދޯ” އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި އިވާން ބުނެލިއެވެ. އޭރު ކާރު އޮތީ ސަލްޓަންޕާރކް ހުންނަ […]
އެންމެ ކައިރިން ފެނުނު މިސްކިތަށްވަދެ ވިސާމް ވުޟޫކޮށް ނިމުނުއިރު ބަންގި ވެސް ނިމިއްޖެއެވެ. އޮޅާލެވިފައިވާ އަތުކުރިއާއި ފައިކުރި ތިރި ކުރަން ވެސް ހިތަށް ނާރުވައި ވިސާމް މިސްކިތުގެ ތެރެއަށް ވަދެގެން ދިޔައެވެ. މިސްކިތުގެ މެދާއި ހިސާބުން ވިސާމް ކުއްލިއަކަށް ދެކަކޫ މައްޗަށް ތިރިވީ އޭނަގެ ގައިގައި އިތުރު ހަކަތައެއް ނެތްހެން ހީވާ ފަދައަކުންނެވެ. އޭގެ ސިކުންތުކޮޅެއް ފަހުން އޭނަ ތުރުތުރު އަޅަމުން ދިޔަ ދެއަތް މައްޗަށް އުފުލާލިއެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން އައީ ކީއްވެކަމެއް […]
“މަންމަ ސުދާއަށް ވިސްނައިދީބަލަ. ސުދާއަށް ވިސްނައިދީ ދީ އަހަރެން ވަރުބަލިވެއްޖެ.” ޒަވީންގެ އަޑުގައި ރިހުމެއްވާކަން މާނާއަށް އެނގެއެވެ. ޒަވީން އަކީ އޭނާ ބަނޑުއަޅާވިހޭ މައިމީހާ ނޫނަސް ދަރިއެއްގެ މަޤާމު އޭނާ ޒަވީންއަށް ދެއެވެ. “މަންމަ ވިސްނައިދޭނަން. މި ކައިވެނި ދެމިގެން މިދަނީ ހަމަ ޒަވީންގެ ކެއްތެރިކަމުން. އެކަން މަންމަ ހަނދާންނައްތައެއް ނުލަން. ދަރިފުޅުމެން ދެކުދިންގެ ކައިވެނި އަބަދުވެސް ދަމަހައްޓަވާތޯ މަންމަ ދުޢާ ކޮށްދޭނަން.” މާނާ ހިތްދަތިވި ވަރުން ވާހަކަ ދައްކަން އުދަނގޫވިއެވެ. އަދި އެއަށްވުރެ ސުދާއަށް ވިސްނައިދޭން […]
ލޭކޯރު ( ފަސްވަނަ ބައި ) އެއްވެސް ހާލެއްގައި ގޮތްނޭގޭ އެ ޖަންގައްޔަށް ވަންނަން އިލާ ބޭނުމެއްނޫނެވެ. އެހެނަސް އެހާ ރީތި ތަނަކަށް އިލާ ބަހައްޓާފައި ދާކަށް މާސް ގެ ހިތެއް ނޭދުނެވެ.އެމީހުންނާއެކު ދާން ބޭނުންވިއަސް ކޮމާންޑް މަޑުކުރީ އަންޝް ބުނުމުންނެވެ. ދެކެވުނު މޮޔަ ވާހަކަ ތަކާ މެދު އަމިއްލަ ނަފްސައް އެއްޗެހި ކިޔަން އިރުގަނޑަކު ތަނާލް ފާހާނާގައި ހުއްޓެވެ. ފާހާނައިން ތަނާލް ނުކުތީ އިތުރަށް އަންޝްގެ ހަބަރެއްނުވުމުންނެވެ. ” އަންޝް ހިގައްޖެ ” ތަނާލް ބޯ ދިއްކޮށް […]
” ޔާނު ނަމްބަރވެސް ނޭންގެ ހަނދާން ހުރި ކަމެއް.. އާން ޔެސް އޭނަ ރާއްޖޭ ނަމްބާރއޭ ވައިބާގަ އިންނަނީ” ހައިކަލް އެހެން ބުނުމުން އަަހަރެން ކަންބޮޑުވިއެވެ. ޔާނު ނަމްބަރ ބަދަލު ކުރި ފަހުންވެސް އަހަރެން އޭނައަށް މެސެޖެއް ކުރީމެވެ. އެ މެސެޖް ޑިލިޓް ކުރި ހަނދާނެއް އަަހަރެންނެއް ނެެތެވެ. އަނެއްކާ އޭނަ މިހާރު އެ ނަމްބަރ ގެންގުޅެންޔާ ހައިކަލްއަށް އެ މެސެޖް ފެންނާނެއެވެ. ” ޔާމިން ކީއްވެތަ؟ ކީއްވެތަ ތިހެން ތި ކަންކުރީ..؟ ވަޓް ޑިޑް އައި […]
“ބައްޕަ ކިޔާ އެއްޗަކާއި ދޭތެރޭ ނުވިސްނަބަލަ.. އަހަރެން ދޯ މިއުޅެނީ ރިއުއާއި އިންނަން. ބައްޕައެއް ނޫން ކަންނޭގެ. ބައްޕަ ނުޤަބޫލުގައި ވެސް އެކަން ކުރެވޭނެ..” ރިއުމާންގެ އަތުގައި ހިފާލައިގެން ހުރެ އައްޔާދް ވާހަކަ ދައްކަމުން ދިޔައިރު ރިއުމާން ހުރީ ތިރިން ފެންނަން އޮތް މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަވީރުގެ ހިޔާ ޖެހިފައިވީ އިރު ސުނާމީބިނާގައި އެތަށް ބަޔަކު އެމީހުންގެ ކުދި ދަރިންތައް ގޮވައިގެން އައިސް އުޅެއެވެ. ލަކުޑިން ހަދާފައި ހުރި ފެންސުގައި އަތް އަޅުވާލައިގެން ރިއުމާން […]