ހުރިހާ ކަމެއް ވަމުން ދިޔަ ގޮތް އޮމާންކަމުން ދެން އެމީހުންގެ ޙަޔާތަށް ކުޑަވެސް ކޫރުމެއް ނާންނާނެހެން އެ މީހުންނަށް ވެސް ހީވަމުން ދިޔައެވެ. އެހެނަސް ވިސާމްގެ މާޒީގައި އޭނައަށް ވެސް ފޮރުވިފައިވި ސިއްރު ބިރުވެރި ހުވަފެނެއްގެ ސިފައިގައި އޭނަގެ ޙަޔާތް ބަނަކުރުމަށް އަންނަމުން ދާކަން އޭނަ ނުދެނެ ހުއްޓެވެ. ** “ހެލޯ ބައްޕާ! ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ. އޭތި އަހަރެން އަތުން އަނެއްކާވެސް ގެއްލިއްޖެ!” ހާސްވެފައިވާ އަޑަކުން އެ ވާހަކަ ބުނެލީ އޭނަގެ […]
އިރު ފެނުން ތޮޅެލިއިރު މުޅި ޖައްވު އާދުވަހަކަށް މަރުޚަބާ ކިޔަމުން ދިޔައެވެ. ކޮވެލީގެ ހިތްގައިމު ރާގު އެކި ކޮޅުކޮޅުން އިވެމުން ދިޔައިރު ހެނދުނުގެ އަރާމު އަވި މަގުތަކަށް އެޅިފައިވިއެވެ. ގޭދޮރުމަތީ ކުނިކަހަން އޮތް ހާޖަރާ އިލޮށިފަތިން ފަތްތަށް އެއްތަން ކުރަމުން ދިޔައެވެ. އޭރު ކައިރި ގޯތީގެ މީހުން ވެސް ހެނދުނަށް މަގުމަތި ކަހަމުން ދިޔައިރު ކުދި ދަރިންތައް ބޯޅަ ކުޅެ ރަށުތެރޭގައި ހޭލަމޭލަވެ އުޅެއެވެ. ގޯންޏަކަށް ފަތްތަށް އެއްކޮށްލުމަށްފަހު އަޅާލަމުން ހާޖަރާ ތެދުވެ ހިންދެމިލިއެވެ. ނިއްކުރީގައި ހިއްލާފައިވާ […]
ޖެހިގެން އައި ދުވަހުގެ ހެނދުނު ޑިއުޓީއަށް ގޮސް މެހެކް މަސައްކަތް ކުރަމުން ދިޔައީ ކިޑްނީ ބަދަލުކުރުމާ ބެހޭ މަޢުލޫމާތު ހޯދުމަށެވެ. އެފަރުވާއަށް އެންމެ އެކަށޭނެ ތަންތަން އޭނާ ބެލިއެވެ. އަދި އެކަމަށް ދާނެ ޚަރަދު ރަނގަޅަށް ބަލާ ޔަޤީންކުރިއެވެ. މުޅި ޝައުގުވެރިކަން ކުރިމަތީގައި ހުރި ލެޕްޓޮޕަށް ގެއްލުވާ ލައިގެން އޭނާ އިނީ ޑިއުޓީގައެވެ. ހުރިހާ ތައްޔާރީތަކެއް އެންމެ ފުރިހަމަ ގޮތުގައި ވަމުން ދާ ކަމުގެ އުފާވެރި އިޚްސާސް އޭނާގެ ހިތުތެރޭގައި ހިނގަމުން ދިޔައެވެ. އެކަމުގައި ވެވުނުހާ ޤުރުބާނީއެއް […]
ހާދަހާ ލޯބިވޭ 2 ”ސަޕްރާއިޒްޒް …“ އާދު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެންމެން ހަޅޭއްލަވައިގަތެ ވެ . ލިބުނު ސިހުމާއިއެކެ ސަފަކަށް އެތުރިތިބި އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ . އާދު އެންމެ ހައިރާންވީ ސަލީމް އާއި އަދުހަމްވެސް އެތާނގައި ހެވިފައި ތިބުމުންނެވެ. ނަމަވެސް އެތާނގައި ޚާއްސަ ކަމެއް ފެންނާކަށް ނެތެވެ. އާދު ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ . ”ދަރިފުޅާ އާދު..“ އާދުގެ މަންމަ އުއްމިއްޔާ […]
“ބޮޑުދައިތާ ދުންޔާއަށް އެންމެ ރީތި ބޮޑު ކޮޓަރި މިހާރު ތައްޔާރު ކޮއްލާ އެކޮޓަރި އެހުންނަނީ ނިޝާއާއި އަޅުގަނޑުގެ ކޮޓަރި އެންމެ ކާރީގަ އެހެންނޫނަސް ވިހެއީމާ ކުދިން ރޯއަޑު އިވޭނެ އަހަރެން ނިދާނީ އޮފީސް ރޫމްގަ އެތާވެސް ބެޑެއް ހަދާދޭތި..މިހާރުއްސުރެ ނިދަން އާދަކުރަން ޖެހޭނެ އެކަނި” ޝާހިދުގެ މިވާހަކަޔަށް އެންމެން ހުނެވެ. “އަހަރެން ދައްތަ އެކަކުން ދޭކަށް ބަދަލުވަންދެން ފުރިހަމަ ޙިޔާލު ބަހައްޓާނަން ދައްތަ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާނަން ކައްކާނީ ގެ ސާފުކޮށް ހަދާނީ އަހަރެން ޅިޔަންބެޔަށް […]
ހައިކަލް އަހަރެންނާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައޭ ހިތަށް އެރިއެވެ. އަހަރެން ނުވެސް ބުނަންދެން އޭނަ ބައްޕަ ހޯދުމުގެ މަސައްކަތްވެސް ފެޓީތާއެވެ. އިން ޝާ ﷲ އަދި އެއްދުވަހުން އަހަރެންނާ ބައްޕައާ ދިމާވާނެއެވެ. އަހަރެން ބައްޕަ މަރުވި ކަމަށް ގަބޫލު ކުރާނީ ބައްޕަގެ ފުރާނަނެތް މަސްގަނޑު ފެނުނު ދުވަހަކުންނެވެ. ދުނިޔޭގަ ހުރިހާ ހިނދެއްގަ ބައްޕަ ހޯދަން ކުރެވުނުހާ މަސެއްކަތެއް ކުރާނަމެވެ. ” ޔަލް.. ދެން މާ ބޮޑަށް ނުވިސްނައްޗޭ.. ޔަލް އެއްކޮށް ރަނގަޅު ވީމަ ދެމީހުން އުޅޭނީ […]
ހާދަހާ ލޯބިވޭ 1 މަޖީދީ މަގުން މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔަ އާދު ސައިކަލު މަޑުކޮށްލީ ފޯނެއް އައުމުންނެވެ. މޮބައިލް ނަގާ ”ހަލޯ “ އޭ ބުނެލަމުން އާދު މަގުގެ ދެކޮޅު ބަލާލިއެވެ. ފޯނުގައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެ ރީތި މޫނުމަތީގައިވާ ދާތިކި ތަކުން ސަލާމަތް ވުމަށް އިރިއިރުކޮޅާ ނިތްކުރިމަތީގައި އަތް ހިންގާލައެވެ. މޫނުމައްޗަށް ވެރިވެފައިވާ ވަރުބަލި ކަމާއިއެކުވެސް އެ ޒުވާން މޫނުމަތީގެ ރީތިކަން ކުޑަ މިންވަރަކަށްވެސް ގެއްލިގެން ނުދެއެވެ. ކަޅު، ފަން […]
” އައި އޭމް ސޮރީ ހައިކް” ހައިކަލް އަހަރެންނާ ދޭތެރޭ ވިސްނާވަރު ހިތަށް އަރާފަ ކުރެވުނު ކަންތަކުން ސޮރީ ބުނީމެވެ. ހައިކަލް އެހާ ދެރަ ނުވަންދެން ކަންވީގޮތް ކިޔާދެވުނު ނަމައެވެ. ” ސޮރީ އަކުން ނުފުދޭނެ” ކުޑަ ކުއްޖެއްހެން ހައިކަލް ބުނެލިއެވެ. ” ދެން ކިހިނެތް ފުދޭނީ” އަހަރެން ބުނީމެވެ. “ކޮލަށް އުމްމައެއް ދިނީމަ” ހައިކަލް އެހެން ބުނުމުން ލަދުގަންނަ ގޮތް ވިއެވެ. ” ހާދަ ވަރަކަށް ތި ބުލަޝް ވަނީ.. މިފަހަރު ސަލާމަތެއް ނުވެވޭނެ އިނގޭ.. […]
“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ. ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު […]