ލޭކޯރު (ފަހުބައި) އާ ދުވަހަކަށް އެރި އިރާއެކު ރަށަށް ދިއުމަށް އަންޝް ފުރައިފިއެވެ. އަނެއްކައިވެސް ފެރީ ލާންޗް ގައި ދަތުރު ކުރަންޖެހުނީ އެވެ. އެއީ ހަލީމާ ބޭނުންވިގޮތެވެ. އަންޝް ލާންޗްއަށް އެރީ ހިތާ ދެކޮޅަށެވެ. ކަނޑުގައި ރާޅެއްނެތް މަޑުދުވަހަކަށް ވިއަސް އެދިގު ދަތުރު ނިމެންދެން އަންޝް އަށް އިންދެވުނީ ހަލީމާގެ ދެއަތް ތިލައިގައި ހިފަހައްޓައިގެނެވެ. ލާންޗް ބަނދަރު ކުރުމުން އެންމެ ފުރަތަމަ ލާންޗް އިން ފޭބީ އަންޝް އެވެ. ހަމަޖެހުމުގެ ނޭވައެއް އަންޝް އަށް ދޫކޮށްލެވުނީ އެއަށްފަހުއެވެ. […]
ކަޅުއަދިރި ނާމާން ރޭގަނޑަކަށް ފަހު އިރުއަރައި ޖަންގަލިތެރޭ އަލިކޮށްލައިފިއެވެ. އެންމެން ވަނީ އެކަކު އަނެކަށް ގެއްލި ބެހިފައެވެ. ދެވޭ ނުދެވޭ ނޭގި މަގުއޮޅިފައިއެވެ. ލޯންޗް އޮތް ދިމާއެއް ފާހަގަކުރަން މާސް އަށް ވެސް ނޭގުނެވެ. ނައިލް ބޭނުންވީ ވީހައިވެސް އަވަހަކަށް ތަނާލް ވީ ހާލެއް ދެކޭށެވެ. އެހެނަސް މިހާރު ތަނާލް ވީ ކިހާހިސާބަކު ކަމެއްވެސް ނައިލް އަށް ނޭގެއެވެ. ހައިހޫނު ކަމާއެކު ތިންމީހުން އެޓަމްގެ ފަހަތުން ކުރިއަށްދިޔައީ ދުލަށްއައިހައި ހެޔޮއެއްޗެއް ކިޔަމުންނެވެ. އައިސްފާނެ ކުއްލި ހަމަލާއަކަށް ސިހިސިހި […]
ލޭކޯރު ( ފަސްވަނަ ބައި ) އެއްވެސް ހާލެއްގައި ގޮތްނޭގޭ އެ ޖަންގައްޔަށް ވަންނަން އިލާ ބޭނުމެއްނޫނެވެ. އެހެނަސް އެހާ ރީތި ތަނަކަށް އިލާ ބަހައްޓާފައި ދާކަށް މާސް ގެ ހިތެއް ނޭދުނެވެ.އެމީހުންނާއެކު ދާން ބޭނުންވިއަސް ކޮމާންޑް މަޑުކުރީ އަންޝް ބުނުމުންނެވެ. ދެކެވުނު މޮޔަ ވާހަކަ ތަކާ މެދު އަމިއްލަ ނަފްސައް އެއްޗެހި ކިޔަން އިރުގަނޑަކު ތަނާލް ފާހާނާގައި ހުއްޓެވެ. ފާހާނައިން ތަނާލް ނުކުތީ އިތުރަށް އަންޝްގެ ހަބަރެއްނުވުމުންނެވެ. ” އަންޝް ހިގައްޖެ ” ތަނާލް ބޯ ދިއްކޮށް […]
އަމިއްލައަށް ތަނާލް ބޭޒާރު ވުމުން އަންޝްއަށް ހީގަނެވިއްޖެއެވެ. ބުނެވުނު އެއްޗެއް ވިސްނި ތަނާލްއަށް ދަތް އެޅުނީ ދުލު ކުރީގައެވެ..ލަދުން މޮޅިވެފައި ތަނާލް އަންޝް އާއި ދުރަށް ޖެހިއްޖެއެވެ. ” އެހެނެއްނޫން މިބުނީ..އަސްލު އަހަރުމެން ހަމައެކަނި ރައްޓެހިވީ. ހުވާ.. އެންމެ ފަހަރަކުވެސް އަދި މީޓް ނުކުރަން. އަލަށޭ އަހަރެން ކުއްޖަކާއި ރައްޓެހި މިވީ. އެވަރު ކަމެއްތަ އެއީ؟ ” ” ނޫނޭ.. މައްސަލައަކި ތަނާލް ތުއްތު ބަބައެއްހެން އުޅޭތީ.” އަންޝް އިނީ އަދިވެސް ހިނިއައިސްފައެވެ. ” ރަނގަޅު ވާނެ […]
” ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟” ދެކަކޫ ޖަހައި ގޮނޑިމައްޗަށް އަރަމުން ތަނާލް އަންޝްއަށް ބަލައިލީ ވަރަށް ލޯބިންނެވެ. އެންމެންނަށް އެކުގައި ބަލައި ލެވުނީ ތަނާލްގެ މޫނަށެވެ. ނައިލް ހައިރާންވެފައި ބަލައިލިޔަސް އަންޝްގެ ހަނދާނާ ކުޅެލީ ފުރަން އައި ގަޑީ ތަނަލް ބަލަންހުރިގޮތެވެ. ” އަހަންނަށް ކިޔަނީ އަންޝް. ” ” އޯހ.. އަންޝް ވަރަށް ރީތި ނަމެއް. އަހަރެންބޭނުން އަންޝް ގެ ފޯންނަންބަރ ވެސް. ނޫނީ އެފް ބީ އައިޑީ ގެނޭ..” ތަނާލް އޭނަގެ ޑައިރީ […]
ތަނާލްގެ ތުންފަތް މައްޗަށް ވެރިވެގެންދިޔައީ ލާނެއް ހިނިތުން ވުމެކެވެ. ފަސް އެބުރި ތަނާލްއަށް ވެސް ބަލައި ލެވުނީ އެދިމާލަށެވެ.“ދެން ބުނެބަލަ ކޯއްޗެއްތަ ހުވަފެނުގައި ފެނުނީ؟” ސައިކަލުން ފައިބައި އަންޝް ހިނގައި ގަތުމުން ޔާން އަކަށް ނީދެވުނެވެ. އަންޝް ޔާންއަށް ބަލައިލީ ހައިރާންވެފައެވެ. “ނޫނޭ.. ދޮންބެ ބުނަން ބޭނުން ނޫނިއްޔާ…….” ” ފެނުނީ ފުރައިގެން އުޅެނިކޮށް. މާ ރަނގަޅަކަށް ނޭގޭ ވީ ގޮތެއް. ބަޔަކު މަރުވާކަން އެގޭ. ނޭވަޔަށް އުދަގޫ ވެގެން ދޮންބެއަށް ހަޅޭލަވައި ގަނެވުނީ” ” ތިހެން […]
ވާހަކަ: ލޭކޯރު ( ފުރަތަމަބައި) ދުނިޔޭގެ ބަދަލެއް ނާންނަ ޤާނޫނުގެ މަތިން މިއަދު ވެސް ރޭގަނޑަކަށް އިރުއޮއްސި އަނދިރި ސާލެއް ދުނިޔެ ވަކި ހިއްޕާލައިފިއެވެ. އާދައިގެ ދިރިއުޅުމެއްގައި އަވަދިނެތި އެއްބަޔަކު ދިރިއުޅެމުންދިޔަ ނަމަވެސް އެއް ބަޔަކަށް މިރޭވެސް ވީ ހިތާމައިން ފުރިގެންވާ ރެއަކަށެވެ. އެއިން އެކަކީ 25 އަހަރުގެ ޒަހުނާއެވެ. މީގެ ހަތަރު އަހަރު ކުރިން މައިން ބަފައިންގެ ނުޤަބޫލުގައި ކުރި ކައިވެނީގެ ގޮއް މިރޭ މޮހެވިގެންދިޔައީއެވެ. ސަމާޙު އާއި އެކު އުޅޭވޭތޯ ކުރި ހުރިހާ […]
އޮއްސުނު އިރާއެކު އުދަރަސް ފުރާލީ ފުސްވިލާތަކުންނެވެ. ހަނދާއި ތަރިތަކުން ވިދުން ފަނޑުކޮށްލާ ވިއްސާރައިގެ ކުލަ ގަދަކޮށްލައިފި އެވެ. ޖެހިލާ ފިނި ވައިރޯޅީގެ ބާރުކަމުން ހީވަނީ ތޫފާނެއް ބޯމަތިކުރަން އުޅޭހެންނެވެ. ހިމަފޮދު ވާރޭއަށް ވެހެންފެށި ވާރޭ ބޯކޮށްލީ ކުއްލިއަކަށެވެ. މަގުތައް އޮތީ ހިމޭންވެފަ އެވެ. ދުއްވާ އެއްޗެހީގައި އުޅޭ މަދު ބަޔަކު މެނުވީ މަގުމަތިން ފެންނާކަށް ނެތެވެ. ވިލާތައް ވާރޭއިން ފުރި ދުނިޔޭގެ ބިމަށް އޮހެންފެށިއެވެ. މަގުތަކުގައި ފެންހެދެމުން ދިޔަ އެވެ. ވިދާލާ ވިދުވަރާއެކު ދުވާލުގެ އަލިފަދައިން ބިންމަތި […]
ލަސްލަހުން ދުރުކޮށްލި އެސްފިޔަތަކުގެ ތެރެއިން ކުޑަދޮރު ކައިރީ ހެލިލަހެލިލާ ހުރި ލޭސް ފޮތިގަނޑަށް އެޅިފައިވާ އިރުގެ ފުރަތަމަ ދޯދިތައް ފެނުނެވެ. މަޑުކަމުން ފުށްކަފަކޮޅެއް ފަދަ ތަންމަތީގައި އޮވެފައި ޒާނަ ފުރޮޅިލިއެވެ. އެވަގުތު އެނދާއި ދިމާ މަތީގައި ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމްގެ މިއުޒިކީ އަޑުއިވިފައި އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލާފައި ޒާނަ ތެދުވިގޮތަށް ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް އެނދުގެ ބޯ ލާކޮޅުގައި […]