Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (29)

layaal
February 10, 2017
9 Mins Read
90 Views
36 Comments

“ބައްޕަ ކިޔާ އެއްޗަކާއި ދޭތެރޭ ނުވިސްނަބަލަ.. އަހަރެން ދޯ މިއުޅެނީ ރިއުއާއި އިންނަން. ބައްޕައެއް ނޫން ކަންނޭގެ. ބައްޕަ ނުޤަބޫލުގައި ވެސް އެކަން ކުރެވޭނެ..” ރިއުމާންގެ އަތުގައި ހިފާލައިގެން ހުރެ އައްޔާދް ވާހަކަ ދައްކަމުން ދިޔައިރު ރިއުމާން ހުރީ ތިރިން ފެންނަން އޮތް މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަވީރުގެ ހިޔާ ޖެހިފައިވީ އިރު ސުނާމީބިނާގައި އެތަށް ބަޔަކު އެމީހުންގެ ކުދި ދަރިންތައް ގޮވައިގެން އައިސް އުޅެއެވެ. ލަކުޑިން ހަދާފައި ހުރި ފެންސުގައި އަތް އަޅުވާލައިގެން ރިއުމާން ހުރިއިރު ތިރިން ފެނަން އޮތް މޫދުގެ މަޑު ރާޅުތައް އައިސް އެތަނުގައި ޖެހިލުމާއި ލޮނުގަނޑު ބުރުއްސައިގެން ދާ މަންޒަރު ފެނެއެވެ.

“ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުންނަނީ؟” ރިއުމާންގެ ހަމަހިމޭން ކަމުން އައްޔާދަށް އުނދަގޫ ވިއެވެ. ލައިބާ ހޮސްޕިޓަލުގައި އޮތްތާ މިހާރު ދެ ދުވަސް ވީއިރު ވެސް ހޭނާއިރު ރިއުމާން އަބަދުމެ ހުންނަނީ އެމީހުންގެ މުސްތަޤްބަލް އޮންނާނެ ގޮތަކާއި މެދު ވިސްނާލަ ވިސްނާލައެވެ.

” އައްޔާދްގެ ބައްޕަ ޤަބޫލުނުވުމެއް ނޫނޭ މައްސަލައަކީ.. އިނގޭ ކައިވެނި ކުރެވިދާނެކަން. މައްސަލައަކީ ބައްޕަގެ ވިސްނުން ހުރިގޮތް. އެއީ އަހަރެން ހިތްހަމަނުޖެހޭ ކަމަކީ. ކަމުގެ ހަޤީޤަތް ބަލާލުމެއްނެތި ކީއްވެގެން މީހުން އަބަދު ލޮލަށް ފެންނަން ކަންތައް ޤަބޫލު ކުރަނީ.” ރިއުމާން ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައި ހިތާމަ ފޮރުވިފައިވިއެވެ. ޖެހެމުން ދިޔަ ވައިރޯޅި ތަކުން އަޅައިގެން ހުރި ކަޅު ޝޯލް ވިހުރިލާއިރު ލައިގެން ހުރި ގަދަ މުށި ކުލައިގެ ހެދުމާއި ވަރަށް ގުޅެއެވެ.

“އިޓް ޑަޒަންޓް މެޓާ ބައްޕަ ކޮންމެ ގޮތަކަށް ވިސްނިއަސް.” އައްޔާދްގެ އަޑުގައި ފޫހިކަން އެކުލެވިގެން ވިއެވެ. އޭނާ އިތުރަށް އާޒިމަށް ކަމުގެ ހަޤީޤަތް އޮޅުންފިލުވަދީ ކޮންމެހެން ރުއްސާކަށް ބޭނުމެއް ނުވެއެވެ. އޭނާ މިހާރު އާޒިމާއި ވާހަކަ ވެސް ނުދައްކާ އިރު އަމުދުން ރިއުމާންގެ ނަން ވެސް އާޒިމް ކިޔަން އޭނާ ނޭދެއެވެ.

“އިޓް ޑަޒް މެޓާ! އައްޔާދް ވިސްނާލިންތަ މީހުން އެގޮތަށް ދެކޭތިއްޔޭ އަހަރެން ކަހަލަ އަންހެން ކުދިން އެކަންކަން ސިއްރު ކުރަނީ.. މީހުން ދެކޭނެ ގޮތް ހިތަށް އަރާފައި. އާއިލާ ބަދުނާމް ވެދާނެތީ. އަމިއްލަ ނަން ހަޑި ވެދާނެތީ.. ހިތަށް އަރައި ބައެއްފަހަރު ހަމަ ބައްޕަގެ ހަޤީޤަތް ބޭޒާރުކޮށްލަން. އެކަމަކު އެއީ ހީކުރާހައި ފަސޭހަ ކަމެއްނޫން. ހިތުގައި ފޮރުފައި ފަސްއަޅާފައިވާ ކަންތައްތައް އަލުން ކޮނެ ނެގުމަކީ ހާދަ ވޭނެއް ހުރި ކަމެކޭ.. އައްޔާދަކަށް ނޭނގޭނެ އަހަރެން ރުއި ވަރެއް. އާދެސް ކުރި ވަރެއް..” ރިއުމާން ވާހަކަ ދައްކަމުން ދިޔައިރު މާޒީގެ ހަނދާންތައް ލޯމަތިން ކުލަކެނޑުމުން އެއަޑު ކުރެހުނެވެ. ކައިރީގައި ހުރި އައްޔާދް މަޑުމަޑުން ރިއުމާންގެ ބުރަކަށީގައި ފިރުމާލަ ދިނެވެ.

“ރިއު ތިއީ ހާދަ ސްޓްރޯންގް ކުއްޖެކޭ އެކަމު.. އައި އެމް ސޯ ޕްރައުޑް އޮފް ޔޫ.” އައްޔާދް އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ޕްރައުޑް؟ އަހަރެން ކީއްކޮށްގެން.. އެކަންތައް ސިއްރުކޮށްގެން ހުރީތީތަ. ނޫން.. ބޭނުމެއް ނޫން މީހުން އަހަންނާއި ދޭތެރޭ އައްޔާދްގެ ބައްޕަ ދެކޭ ގޮތަށް ދެކޭކަށް. މިހާރު ލައިބާގެ މައިންބަފައިން ވެސް ކީކޭ ހިތަށް އަރާނީ.. އަހަރެން މިއީކީ އެކަހަލަ ކުއްޖެއް ނޫން.” ރިއުމާން ހިންދިރުވާލަމުން ބުނެލިއެވެ. އައްޔާދް އެއްޗެކޭ ނުބުނި ނަމަވެސް ކައިރީގައި އޭނާގެ އަތުގައި ހިފާލައިގެން ހުއްޓެވެ.

“އަހަރެން ބޭނުން ހަޤީޤަތް ހާމަ ކުރަން.. އައްޔާދްގެ ބައްޕައަށް ވެސް އަދި އެހެން އެންމެންނަށް ވެސް. ކިތަށް ކުދިން ތިބޭނެ މިކަހަލަ ކަމެއް ދިމާވެފައި ތިބި އެކަމު މުޖްތަމަޢުގެ ބިރަށް އެކަން ވަންހަނާ ކޮށްގެން.. އަހަރެން ގޮތަށް އަމިއްލަ ނަފްސު ކުށްވެރިކޮށް ނަފްސާނީ އެތަށް ގެއްލުމެއް ލިބިފައި ތިބި. އަހަރެން ބޭނުން އެކަހަލަ ކުދިންނަށް ލިބިދޭ އަޑަކަށް ވާން.. އައި އެމް ނޮޓް ޖަސްޓް އަ ރޭޕް ވިކްޓިމް. އައި އެމް އަ ސަވައިވާ.” އައްޔާދާއި ހަތަރު ކަޅި ހަމަކުރަމުން ފަހު ބަސް ބުނެލި އިރު އައްޔާދްގެ ގައިން ހީބިހި ނަގުވާލިއެވެ. އެބަސްތަކުން އެތަށް ޖަޒުބާތެއް އައްޔާދްގެ ހިތުތެރޭ އުތުރި އެރިއިރު ހަޤީޤަތުގައި ވެސް އެކަހަލަ ކުދިންނަށް މުޖްތަމަޢުއަށް ކެރިގެން ނިކުތުމުގެ ހައްޤު އޮންނަން ވާނެއެވެ.

“އަހަރެން މިހުރީ ރިއުމާންއާއި އެކު.. އައި އެމް އަ ޕޮލިސް އޮފިސާރ. ތިކަމުގައި ރިއު ބުނި ކޮންމެ ކަމެއްގައި އެހީ ވެދޭނަން.” އައްޔާދް ހިނިތުން ވެލަމުން ރިއުމާންގެ ނިތުގައި ބޮސްދިނެވެ. އޭރު އޮއްސެމުން ދިޔަ އިރު ކަނޑުގެ ސަތަހައިގެ ތެރެއަށް ގެއްލެމުން ދިޔައިރު ރަތް ދަޅައިން މުޅި މާހައުލު އެއްކުލަ ކުރުވިއެވެ.

****

“މަށަށް ހެޔޮ އައްޔާދް ކޮންމެ އެއްޗެކޭ ކިޔަސް! ތިކުއްޖަކާއި އިނދެގެން މިގެއަކު ނުހުރެވޭނެޔޭ މިބުނީއެއްނުން!” އާޒިމްގެ އަޑު މުޅި ގޭތެރޭގައި ހިފާލިއިރު ކައިރީގައި ހުރި އައްޔާދް މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. “ބޭނުމެއް ވެސް ނޫން މިގޭގައި އުޅޭކަށް. އަދި މިކަން ކުރަން ކޮންމެހެން ބައްޕަގެ ހުއްދައެއް ވެސް ބޭނުމެއް ނޫން.. އަޅުގަނޑުގެ މައިންބަފައިނަށް ވީތީ ކައިވެންޏެއް ކުރަން އުޅޭތީ އެކަން ސިއްރު ކުރުމެއް ނެތި ބުނެލީމި.” އައްޔާދް ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް ޖަހާލިއިރު ލައިގެން ހުރި ހުދުކުލާއިގެ އަތްކުރު ޓީޝާޓުން އެހަށިގަނޑު ފުރިހަމަ ކުރުވައެވެ. އޭރު އަނާ ކޮޓަރީގެ ދޮރު ކަނީގައި ލެނގިލައިގެން ގޭތެރޭގައި ދެބަފައި ޒުވާބު ކުރަމުން ދިޔަ މަންޒަރު ބަލަން ޗިޕްސް ޕެކެޓެއް ހިފައިގެން އެކާލަ ކާލަ ހުއްޓެވެ.

“ހުއްޓާލަބަލަ ތި އަރާރުން ވުން. ބޯ ހަލާކު ވާވަރުވޭ.” ސޯފާގައި އިން މާރިއާ ދެކޮޅަށް ބޯ ހޫރާލަމުން ބުނެލިއެވެ. އެއްފަހަރު އާޒިމްގެ ޝަކުވާތަށް އަޑު އަހަން ޖެހިޖެއްޔާ އައްޔާދްގެ އެދުންތައް އަޑުއަހަން ޖެހެއެވެ. “ބަލަ އަމިއްލަ ދަރި އެކަހަލަ މުޑުދާރު އަންހެނަކާއި އިންނަން މޮޔަވެގެން އުޅޭއިރު މަޑުން ހުރެވޭތަ!” އާޒިމް ހަރުކަށި ކަމާއިއެކު މިހެން ބުނުމުން އައްޔާދްގެ ދެބުމަ ގޮށްޖެހުނެވެ.

“ބައްޕާ! ވަރަށް ރީތިކޮން ބުނެވިއްޖެ ރިއުމާންއޭ ކިޔައިގެން އެއްވެސް އެއްޗެކޭ ބުނެގެން ނުވާނެޔޭ. އޭނަ އެއީ ބައްޕަ ތިކިޔާ ކަހަލަ ކުއްޖެއް ނޫން. އަހަރެން ނޫޅެން މިތަނުގައި ރިއުގެ ޒާތީ ކަންތައްތައް އޭނަ ނެތި ކިޔާކަށް.. އެކަމަކު ކަމުގެ ހަޤީޤަތް ވަރަށް އަވަހަށް އިނގޭނެ. އެދުވަހަކުން ބައްޕަ ލަދުގަންނާނީ ތިގޮތަށް ހިތަށް އެރީ ތީ ވެސް. ރިއުމާން ކައިރިން މަޢާފަށް ވެސް އެދޭނެ އަދި.” އައްޔާދް ހަރުކަށިކަމާއި އެކު މިހެން ބުނުމުން އާޒިމް ގާތަށް ހިނިއައެވެ.

“މަޢާފޭ؟ އަހަރެން؟ އޭނަ ގާތުން؟ އައްޔާދް ތިކަހަލަ އެއްޗެއް ހިތަށް އެރީތީ ވެސް ހައިރާން ވެއްޖޭން. އަހަރެން ދުވަހަކު ވެސް ތިކުއްޖާ ކައިރިއަކުން މަޢާފެއް ނޭދޭނަން! އަޑުއިވިއްޖެ.” އާޒިމް އަމުރުވެރި ގޮތަކަށް ބުނެލިއިރު އެލޮލުން އިންތިހާ ރުޅިވެރިކަން ފާޅުވާން ހުއްޓެވެ.

“ބައްޕައަށް ކިހިނެތްތަ ވެފައި ތިހުރީ؟ ދުވަހަކު ވެސް ހިއެއް ނުކުރަން ތިހާ ދަށު ދަރަޖައިގެ ވިސްނުން ބައްޕަ ގެންގުޅެފާނެ ކަމަކަށް. އެއްފަހަރު ވެސް ހަޤީޤަތް ބަލާލުމެއް ނެތި.. ޗީ. އަޅުގަނޑު މިއަދު ލަދުގަނޭ މިއީ އާޒިމްގެ ދަރިއެކޭ ބުނަން ވެސް!” އައްޔާދް ނުރުހިފައި ހުރެ މިހެން ބުނުމުން އާޒިމް އޭނާއަށް ލޯ އަޅާލިއެވެ. އޭނާ އެބުނި ބަސްތަކުން އާޒިމް ރުޅި ހަމައިން ނެއްޓިއިރު އެންމެ ސިކުންތަކަށް ވެސް ވިސްނާލުމެއްނެތި އެދިޔަ ގޮތަށް ގޮސް އައްޔާދްގެ ކޮނޑުގައި އަޅައި ފަހަތަށް ކޮށްޕާލިއެވެ.

“ނިކުމޭ! ނިކުމޭ މިގެއިން ހަމަ މިހާރު!” އާޒިމް ހަޅޭލަވައި ގަތުމުން މާރިއާ އިންނަތުން ތެދުވިއެވެ. އޭނާ ފަހަރެއްގައި ވެސް އާޒިމް އެގޮތަށް ކަންތައް ކޮށްފާނެއެކޭ ހިތަކަށް ނާރައެވެ. “ނިކުންނާށޭ! އަހަރެންގެ ދަރިއަކަށް ވީތީ ލަދުގަންނަ މީހަކު މިގޭގައި އުޅޭނެ ކަމެއް ވެސް ނެތް!” އައްޔާދް ފަހަތަށް ކޮށްޕަމުން ދިޔައިރު އާޒިމްގެ އަޑު ހަރުކަށިވެފައި ބާރެވެ. “ބައްޕާ ކީކޭ ތިކިޔަނީ. ދޮންބެ ނެތްލާނެ ކަމެއްނެތް.” ދުރުގައި ހުރި އަނާ ވެސް ހައިރާންވެފައި ހުރެ އައިސް އާޒިމް ހުއްޓުވަން މަސައްކަތް ކުރިއެވެ.

އޭރު މާރިއާ ރޮވިފައި ހުރެ އައިސް އާޒިމްގެ އަތުގައި ހިފައި އޭނާ ހުއްޓުވަން އުޅުނެވެ. “އާޒިމް ހެޔޮނުވާނެ ތިހެން ނަހަދަބަލަ! ހުރި ހަމައެކަނި ފިރިހެން ދަރިއޭ ތިއީ..” މާރިއާ އާދޭސް ކުރަމުން ދިޔަ ނަމަ ވެސް އާޒިމް ދިނީ ބީރު ކަންފަތެކެވެ. “ހެވޭ! ކޮންމެހެން އިނދެގެން ދާން ހުންނާ ކަމެއް ނެތް! ހަމަ މިވަގުތުން ވަގުތަށް ނިކުމޭ!” އާޒިމް ހަރުކަށިކަމާއި އެކު ވާހަކަދެއްކި އިރު މާރިއާ އޭނާގެ އަތުގައި ހިފައި ހުއްޓުވަން އުޅުނެވެ.

އައްޔާދްގެ ހިތަށް އަސަރު ކުރިއިރު އަމިއްލަ ބައްޕަ އެގޮތަށް އޭނާ ގެއިން ބޭރުކޮށްލުމުން އިތުރު ސިކުންތަކަށް ވެސް އޭނާ އެތަނުގައި މަޑުކުރާކަށް ނޭދުނެވެ. އެވަގުތު އާޒިމް އޭނާގެ އަތުގައި ހިފައިގެން ގެންގޮސް ގޭގެ ދޮރު ހުޅުވާފައި ބޭރަށް ނެއްލިއެވެ. “މިއަދަށްފަހު މިގޭ ކައިރިއަށް ވެސް އައިސްގެން ނުވާނެ! މާރިއާ ވެސް އަނާ ވެސް ނުވާނެ އައްޔާދް މިގެއަށް ވައްދައިގެން! ބުނެފިއެއްނުން ލަދުގަނެއޭ ދަރިއަކަށް ވީތީ.. ދާން އުޅޭ!!” އާޒިމް ދޮރުލައްޕަން އުޅުން ނަމަވެސް މާރިއާ އައްޔާދް އެތެރެއަށް ވައްދަން ވަރުދެއްކިއެވެ. ނަމަވެސް އާޒިމްގެ ކުރިމަތީގައި އެއްވެސް ބާރެއް ނެތްއިރު އައްޔާދްގެ މޫނުމައްޗަށް ދޮރު ލެއްޕިގެން ދިޔައެވެ.

****

އިޝާ ނަމާދަށް އިން ރިއުމާން ސަޖިދައަށް ގޮސް ތެދުވެ އިންއިރު އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ސަލާމް ދީ ނިންމާލުމަށްފަހު ތެދުވެ ފޯނު ނެގިއިރު ކޯލް ކެނޑިއްޖެއެވެ. ގުޅާފައި އިނީ އައްޔާދް ކަމުން ރިއުމާން އަވަހަށް އެ ނަމްބަރަށް ގުޅާލިއެވެ. “ހަލޯ.. ވަޓް؟ ގެއިން ނެރެލިއްޔޭ؟” ފޯނު ނެގުމާއިއެކު ލިބުނު ޚަބަރުން ރިއުމާންގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. “އަޅޭ. އައި އެމް ސޮރީ އަހަންނާއި ހެދި މިހެން ވީތީ..” ރިއުމާން ދެރަވީ އާޒިމް އޭނާދެކެ ކުރާ ނަފްރަތުގެ ސަބަބުން އޭގެ އުނދަގޫ އައްޔާދަށް ކުރީތީއެވެ.

“ނޫނޭ ލަވް.. ތިހެން ނުބުނޭ. އިޓްސް އޯކޭ. ކޮންމެ ކަމެއް އެހައި ފަސޭހައިންނެއް ނުވާނެ.. އިޓްސް ލައިފް.” އައްޔާދް އެކޮޅުން ވާހަކަދެއްކިއެވެ. “ދެން ކޮންތާކު ހުންނަނީ؟” ރިއުމާން އަޅައިގެން ހުރި ހުދު ފޮށާ ބޭލުމަށްފަހު އަހާލިއެވެ. “އަދި ނޭނގެ.. ރައްޓެއްސެއް ކައިރި ބުނާކަށް ނުކެރޭނެ. ކީކޭ ދޯ އެމީހުން ހިތަށް އަރާނީ.. ދޭ ނޯ މައި ޑޭޑް. އައި ކާންޓް. ދެން ޖެހޭނީ ހޮޓެލް އެއްގައި ހުންނަން.. އައި ކެން އެފޯޑް އިޓް.” އައްޔާދް މިހެން ބުނުމުން ރިއުމާންއަށް ޚިޔާލެއް އައެވެ.

“އަހަރެން ތަނެއް ހަމަޖައްސަންތަ.. ޕްލީޒް ނޫނެކޭ ނުބުނާތި. އައި ހެވް އަ ފްރެންޑް.. އާދިލް. އޭނަ އެކަނި ވަކިން އެޕާޓްމެންޓެއްގައި އުޅޭނީ. އަހަރެން އޭނައާއި ވާހަކަ ދައްކާލާނަން..” ރިއުމާން މާޔޫސްވެފައިވާ އަޑަކުން މިހެން ބުނުމުން އައްޔާދް އެއްބަސްވިއެވެ.

ފޯނު ބޭއްވުމަށްފަހު ރިއުމާން ނިންމީ އާދިލްއާއި ބައްދަލު ކުރަން އެގެއަށް ދާށެވެ. ކުރީ ރޭ ވެސް ދިމާ ނުވީ ހޮސްޕިޓަލްގައި ހުރީތީއެވެ. ފަހުން ދާނެ ކަމަށް ބުނި ނަމަވެސް ހިނގާ ދިޔަ ކަންތައްތަކުން އާދިލްއާއި އެވަގުތު ބައްދަލު ކުރުން މުހިއްމު ނުވީއެވެ. އޭނާ އަވަސް އަވަހަށް އާދައިގެ ގޮތަކަށް ޝޯލް އޮޅާލައިގެން ނިކުމެ ހަމްނާގެ ސައިކަލުގައި އާދިލްގެ ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އާދިލްއަށް ހަޤީޤަތް ހާމަ ކުރަން މިހާރު ވެސް ލަސްވެފައިވީ އިރު މިރޭ އެކަން ހާމަ ކުރަން އޭނާ ނިންމިއެވެ.

****

ގޭގެ ބެލް ޖެހުނުއަޑަށް ޓީވީ އިން ފިލްމެއް ބަލަން އިން އާދިލް ސިހުނެވެ. އޭނާ އަތުގައި އޮތް ރެޑް ބުލް ދަޅުން އިތިފޮދެއް ބޯލަމުން ސޯފާއިން ތެދުވެ ގޮސް ދޮރުގައި އިންނަ ބޭރުބަލަން ހުންނަ ތަންކޮޅުގައި ލޯ ޖަހައި ބަލާލިއިރު ބޭރުގައި ހުރި ރިއުމާން ފެނި ހިތްތެޅިލިއެވެ. އޭނާ އަވަސް އަވަހަށް ގޭތެރެއަށް ނަޒަރު ހިންގާލަމުން ސޯފާމަތީގައި ހުސްކޮށްފައި އޮތް ޕިއްޒާ ފޮއްޓާއި ހުރި ކުދި ކޫސަނި ޕެކެޓުތައް ނަގައި ޑަސްބިނަށް އަޅާލުމަށްފަހު ލައިގެން ހުރި ޓީޝާޓު ރީތި ކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން ހަށިފުރައި ނޭވާއެއް ލުމަށްފަހު އޭނާ ގޮސް ދޮރު ހުޅުވާލިއެވެ.

“ހޭއި ރިއުމާން..” އާދިލް ހިނިތުންވެލަމުން ބުނެލިއެވެ. “ހާއި.” ރިއުމާން ލުއި ހިނިތުންވުމެއް ރައްދު ކޮށްލަމުން އާދިލް ތަންދެއްކުމުން އެތެރެއަށްވަނެވެ. ލަސް ހިނގުމެއްގައި ގޮސް ސޯފާ ކައިރީގައި މަޑުކޮށްލި އިރު އާދިލް ދޮރު ލައްޕާލުމަށްފަހު އައިސް ރިއުމާންގެ ފަހަތުގައި މަޑުކޮށްލިއެވެ. އާދިލް ބުނާނެ ވަކި އެއްޗެއް ނޭނގި ހުއްޓައި ރިއުމާން ވާހަކަދެއްކިއެވެ. “ސޮރީ ދިމާ ނުވީތީ.. އައި ހެވް ބީން.. ބިޒީ.” ރިއުމާން ބުނާނެ އެއްޗެއް ނޭނގިގެން ބުނެލިއެވެ. “އިޓްސް އޯކޭ.. ސިޓް.” އާދިލް މިހެން ބުނުމުން ރިއުމާން ސޯފާގައި އިށީނދެލިއެވެ. އޭރު އާދިލް ވެސް އޭނާ ކައިރީގައި އިށީނދެ އެމޫނަށް ނަޒަރު ހުއްޓާލިއެވެ.

“އިނގޭ ވަރަށް ދުވަސް ވެއްޖެކަން އާދިލް ޖަވާބެއްގެ އިންތިޒާރުގައި ހުންނަތާ.. އެޖަވާބު ދޭން މިއައީ. އާދިލް ތިއީ ވަރަށް ރަނގަޅު މީހެއް.. އެންމެ ބޭނުންވި ދުވަހު އެހީވި އެކަކު ތިއީ. އަހަރެން ދުވަހަކު ވެސް އެކަން ހަނދާނެއް ނުނެތޭނެ.. މިވާހަކަ ދައްކާކަށް އަހަންނަކަށް ވެސް ވަކި ފަސޭހައެއް ނޫން.” ރިއުމާންގެ ވާހަކަ ހުރިގޮތުން އާދިލްއަށް މިވާން އުޅޭގޮތް ރޭކާލިއެވެ.

“ޑޯންޓް ސޭ އިޓް.. ނުބުންޏަސް ޖަވާބު ލިބިއްޖެ.” އާދިލް މާޔޫސްވެފައި ހުރެ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ރިއުމާނަށް އޭނައަށް ވީގޮތް ފެނި ދެރަވިއެވެ. “އާދިލް އައި އެމް ސޮރީ.. އެކަމު މިއައީ ހަޤީޤަތް ހާމަ ކުރަން. އިނގޭ މިވާހަކަ އާދިލްގެ ހިތަށް ތަދުކޮށްފައި ނޫނީ ނުބުނެވޭނެކަން. ބަޓް އައި ހެވް ޓު ސޭ ދިސް. އަހަރެން ލޯބި ވަނީ އެހެން ފަރާތެއްދެކެ..” ރިއުމާން ވެގެން އުޅޭގޮތް ފަށައިގެން ކިޔާދިނެވެ. އޭނާ އައްޔާދާއި ފުރަތަމަ ވާހަކަ ދެކެވުނު ގޮތާއި ގުޅައިގެން އުޅެ އެގުޅުން ބަދަހިވި ގޮތެވެ. ލައިބާއާއި ދިމާވެ ނޭނގުމެއްގެ ތެރޭގައި އޭނާ ވެސް އައްޔާދް ދެކެ ލޯބިވާކަން ހާމަ ކުރިކަމާއި އޭނައަށް އެއީ އައްޔާދްކަން ނޭނގުނުކަމެވެ. އެދުވަސްކޮޅު އާދިލްއަށް ވެސް އޭނާގެ ފަރާތުން އެކަހަލަ އިޝާރާތެއް ލިބުންނަމަ އެއީ އާދިލަށް ރައްދުވި ކަންތައްތަކެއް ނޫންކަމެވެ.

ފަހުން ލައިބާ އޭނައާއި އައްޔާދް ތަޢާރަފް ކޮށްދިން ގޮތާއި އައްޔާދަށް ނޭނގި އާޒިމް އެމީހުންގެ ކައިވެނި ހަމަޖެއްސި ގޮތެވެ. އެދެމެދަށް އެދުވަސްކޮޅު ނަފްރަތުގެ ފާރެއް ލެވުނު އިރު އާދިލް ލޯބިވާކަން ހާމަ ކުރީ އޭރު ކަމެވެ. ހަޤީޤަތް ނޭނގި ހުރެ އާދިލްއަށް އުއްމީދު ދެވުނީ ކަމާއި އައްޔާދް ނޫން ފަރާތަކަށް އެހިތް ނުދެވޭނެ ކަމެވެ.

“މަޢާފް ކުރޭ އާދިލް. މިއީ ކަންތައްވީ ގޮތަކީ.. އަސްލު އަހަރެން ދުވަހަކު ވެސް އާދިލްއާއި ދޭތެރޭ އެގޮތަކަށް ނުދެކެން. މިކަމުގެ ސަބަބުން އެތަށް ބައެއްގެ ދިރިއުޅުމަށް އަސަރު ކޮށްފި.. ލައިބާއަށް ހަޤީޤަތް އިނގި ކުރީ ދުވަހު އެކްސިޑެންޓެއް ވެސް ހިނގި..” ރިއުމާން އިސްޖެހިފައި އިނދެ މިހެން ބުނުމުން އާދިލް އޭނާއަށް ނަޒަރު ހުއްޓާލިއެވެ.

“ލައިބާ؟ ކިހިނެތް މިހާރު؟” އާދިލް އަހާލިއެވެ. “ހެއެއް ނާރާ އަދިވެސް. ޑޮކްޓަރުން ބުނި އަވަހަށް ހޭއަރާނެޔޯ.. އެކަމު އަދިވެސް ހެއެއް ނާރާ. އަނެއްކޮޅުން މިރޭ އާޒިމް އައްޔާދް ގެއިން ވެސް ނެރެލައިފި.” ރިއުމާންގެ އަޑުގައިވީ ހިތާމަ އިވި އާދިލަށް އަސަރު ކުރިއެވެ.

“އެކީއްވެ؟ ކީއްވެތަ އޭނަ ބައްޕަ ރިއު ދެކެ ރުޅި އަންނަންވީ؟” އާދިލް ހައިރާންވެ އިނދެ އަހާލިއެވެ. އެސުވާލުގެ ހަޤީޤަތް ހާމަ ކުރަން ރިއުމާން ފަސްޖެހުނެވެ. “ތީ ދެން އަދި އެހެން ފަހަރަކުން ދައްކަން އޮތް ވާހަކައެއް.. އަހަރެން މިއައީ ހަމައެކަނި އާދިލްއަށް ޖަވާބު ދޭން އެކަންޏެއް ނޫން. އެހެން ކަމަކު ވެސް އެދެން. އިނގޭ މިގޮތަށް އާދިލްގެ ހިތް ހަލާކުކޮށްލާފައި ކަމަކު އެދެން ވެސް ހަޑިކަން.. އެކަމަކު އައްޔާދް މި އެޕާޓްމެންޓްގައި ދުވަސް ކޮޅަކަށް ބަހައްޓަ ދެވިދާނެތަ؟” ރިއުމާން ހިތްވަރުކޮށްފައި ބުނެލިއެވެ.

އާދިލް ވިސްނާލަމުން ފުންނޭވާއެއްލިއެވެ. ރިއުމާންއަކީ ރަނގަޅު ކުއްޖެކެވެ. އެބުނާ ގޮތުން އޭނާ އެއްވެސް އިރެއްގައި އާދިލް ދެކެ ލޯބި ނުވާކަން ހާމަ ވާއިރު އެކަމާއި އޭނާ ދެކެ ނަފްރަތު ކުރުމުގެ ބޭނުމެއް ނެތްކަން އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. އޭނާއަކީ އެލޯބި ހާސިލް ކުރަން ނޫނީ ނޫޅޭނެ ފުރާވަރުގެ މޮޔަ ކުއްޖެއް ނޫނެވެ. އޭނާއަކީ ބޮޑުވެފައި ހުރި ޒިންމާދާރު ފިރިހެނެކެވެ. ގަދަކަމުން އެހެން މީހެއްގެ ލޯބި ނުހޯދޭނެކަން ވިސްނޭ އިރު އެކަމުގައި އެފަރާތަށް ނަފްރަތު ކުރުމުގެ ބޭނުމެއް ވެސް ނެތެވެ. އެއީ ވަކި މީހެއްގެ ކުށެއް ނޫންކަމަށް އެހިތް ޤަބޫލު ކުރިއެވެ.

“އޯކޭ.. ހަމަ ހުންނަވީ މިގޭގައި” އާދިލް ހިނިތުން ވެލުމުން ރިއުމާން ހައިރާންވިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ފެނި އާދިލް ފުންނޭވާއެއް ލިއެވެ. “އާނ ރިއުމާން.. އަހަރެން މިހުރީ އަބަދުވެސް ކަމަކު އެދިއްޖެ ނަމަ އެހީ ވާން.. އަހަރެން ދެކެ ލޯބި ނުވެވުން އެއީ ކުށެއްނޫން.. އެކަމާއި ހެދި އަހަރެމެންގެ ރަޚްމަތްތެރިކަން ފޮޅާލާފައި ދާކަށް ނޫޅެން. އުނދަގޫ ވާނެ ލޯބިވި ފަރާތް ނުލިބުނީތީ.. އެކަމަކު އެ ނުލިބުނު ލޯތްބަށް ވުރެ މި ރަޚްމަތްތެރިކަން މާ އަގުބަޑު.” އާދިލްގެ ވާހަކަތަކުން ރިއުމާން ފެންކަޅިވިއެވެ.

އޭނާ ފަހަރެއްގައި ވެސް އާދިލް އެހައި ހިތްހެޔޮވެފައި އެހެން މީހުންގެ އިހުސާސް ފުރަތަމަ އިސްކޮށްފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. އޭނާ އެވީ ލޯބި ޤުރުބާން އެކުރީ ރިއުމާންއަށް ޓަކައެވެ. އެކަހަލަ މީހުން މަދުން ނޫނީ ހަޔާތަށް ނާންނާނެއެވެ. “އާދިލް އައި އެމް ސޮރީ..” ރިއުމާން ރޮވިފައި އިނދެ މިހެން ބުނުމުން އާދިލް އޭނާގެ އަތުގައި ހިފާލިއެވެ. “ޑޯންޓް ބީ.. ތިއީ އަދިވެސް މިހަޔާތަށް އައި އެންމެ މުހިއްމު އެކަކު. މި ރަޚްމަތްތެރިކަން އަބަދުވެސް ބާއްވާނަން ދޯ.” އާދިލް އުއްމީދާއި އެކު އަހާލުމުން ރިއުމާން ކަރުނުން ފުރިފައިވާ ބެލުމަކާއި އެކު ހިނިތުންވެލިއެވެ.

****

އައްޔާދްގެ ހުރުން އާދިލްގެ ގޭގައި ހަމަޖެހިގެން ދިޔައިރު އޭނައަށް އާދިލްގެ ހިތުގައި ކުރިން ރިއުމާންއާއި ދޭތެރޭ އޮތް އިހުސާސެއް ނޭނގެއެވެ. އޭނާއަށް އިނގޭ ވަރަކީ އާދިލްއަކީ ވަރަށް ހިތްހެޔޮ ރަޚުމަތްތެރިއެއް ކަމާއި އެދެމެދުގައި އިތުބާރާއި އޮތް ގުޅުން ވަރުގަދަ ކަމެވެ. ހަފްތާއެއް ވަރު އައްޔާދް އެގޭގައި އުޅުން އިރު އެކަކު އަނެކަކު ދަސްވެ އެދެމީހުން ވެސް ގާތް ރަޚްމަތްތެރިނަން ވިއެވެ.

އޭރު ލައިބާ ހޭއަރައިގެން އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ޚަބަރު ލިބުމުން އޭނާ ލައިބާއާއި ބައްދަލުކޮށްލަން ދާން ބޭނުންވިއެވެ. ނަމަވެސް ނަޒީރުގެ ނުރުހުމުގައި ބައްދަލު ނުކުރެވޭނެތީ އޭނާ ނިންމީ އާދިލް ގޮވައިގެން ދާށެވެ. ޑިއުޓީ ނިންމާލުމަށްފަހު އެއްދުވަހު އައްޔާދް އާދިލްއާއި އެކު ހޮސްޕިޓަލަށް ދިޔައެވެ. އަދި ރިސެޕްޝަނުން ލައިބާ އޮތް ކޮޓަރީގެ މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު ދެމީހުން އެހިސާބަށް ގޮސް ދުރުގައި މަޑުކޮށްލިއެވެ.

އޭރު ނަޒީރު ނިކުމެގެން ދިޔައިރު ޒުލްފާ ނިކުމެ ފޯނުން މީހަކާއި ވާހަކަ ދައްކަން ހުއްޓެވެ. އައްޔާދްގެ އިޝާރާތަށް އާދިލް ހަމަޖެހިލަމުން ގޮސް ޒުލްފާ ކައިރި ހުއްޓިލަމުން ކަރުކެހެލިއެވެ. “ލައިބާގެ މަންމަތޯ؟” އާދިލް ސުވާލު ކޮށްލިއެވެ. “އާނ.. ތީ ކޮންކުއްޖެއް.” ފޯނުގައި ހުރެ ޒުލްފާ އަހާލިއެވެ. “މިއީ.. މިއީ ލައިބާގެ ރައްޓެއްސެއް..” އާދިލް ވާހަކައިގައި ޒުލްފާއާއި އެކު ހުރިއިރު އައްޔާދް އެމީހުންގެ ފަހަތުން ނިކަން ސިއްރުން ގޮސް އެކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު އައްޔާދްގެ ލޮލުގައި އަޅައިގަތީ ލައިބާއެވެ. އެނދުގައި އިށީނދެ އިންއިރު ބޮލުގައި ހުދު ބެންޑޭޖެއް އޮޅާފައި ވާއިރު އެއްއަތުގައި ޕްލާސްޓަރެއް ވިއެވެ. އޭނާގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓުނުއިރު އައްޔާދް ފެނި ލީ ނޭވާ ވެސް ހުއްޓުނު ކަހަލައެވެ. “އައްޔާދް..” ލައިބާއަށް ބޭއިޚްތިޔާރުގައި މިހެން ބުނެވި އަވަސް އަވަހަށް އެނަޒަރު ތިރިކޮށްލިއެވެ. އޭނާއަށް އައްޔާދާއި ހަތަރުކަޅި ހަމަކުރާނެހައި ހިތްވަރެއް ނުލިބުނެވެ.

“ލައިބާ. ލުކް އެޓް މީ..” އައްޔާދް ގޮސް އޭނާގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. ނަމަވެސް ލައިބާ އިސްޖަހައިގެން އިނުމުން އައްޔާދް އޭނާގެ ދަތްދޮޅީގައި ހިފައި މޫނު އުފުލާލިއެވެ. އޭރު އެމޫނުގެ ބައެއް ތަންތަނުގައި ޒަޚަމްގެ ނިޝާން ވީއިރު ކޯ ކަށިގަނޑު ކައިރިން ތަކޮޅެއް ފަހާފައި އިނެވެ. އެމޫނު ފެނި އައްޔާދްގެ ހިތަށް އަސަރު ކުރިއެވެ. “ލައިބާ.. ކީއްވެ އެހެން ހެދީ. އިނގޭތެ އަހަންނަށް ވީވަރު. އެހުރިހާ ލޭތަކާއި އެކު..” އެހަދާންތައް އާވުމުން އައްޔާދް ދެލޯ މަރާލިއެވެ.

“އައި އެމް ސޮރީ.. ނޭނގެ އެވަގުތު ހިތަށް އެރި އެއްޗެއް.” ލައިބާގެ ލޮލަށް ކަރުނަ ޖަމާވެ ކޯތަފަތަށް އެބަރުވި ކަރުނަތައް ފޭބިއެވެ. “ޝޫޝް.. ނުރޯނެ. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ.” އައްޔާދް އެކަރުނަތަށް ފޮހެދެމުން ބުނެލިއެވެ. “އެދުވަހު ވަރަށް އެއްޗެހި ކިޔުނު ދޯ އައްޔާދާއި ދިމާއަށް. އަސްލު ދެރަވެފައި ހުރިލެއް ބޮޑުކަމުން އެހެން ކިޔުނީ. އެކަމު މިތަނުގައި އިނދެ އެކަމާއި ވަރަށް ވިސްނައިފިން.. އަހަރެންގެ މޮޔަކަމުން ކައިވެންޏަށް އެއްބަސް ވެވުނީ ވެސް. ހީކުރީ އައްޔާދްގެ ލޯބި ހާސިލް ކުރެވޭނެ ކަމަށް. އެކަމު އަސްލު ލޯތްބަކީ ޖަހައި ގަނެވޭނެ އެއްޗެއް ނޫން..” ލައިބާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.

“ލައިބާ..” އައްޔާދްގެ ވާހަކަ ލައިބާ މެދުކަނޑާލިއެވެ. “ނޫން.. ލެޓް މީ ޓޯކް. އަހަރެން އިތުރަށް އައްޔާދް ހާސިލް ކުރާކަށް ނޫޅޭނަން.. ތި ލޯބި ނުލިބުނަސް އައްޔާދް ލޯބިވާ ފަރާތް ތިހަޔާތާއި ދުރުކުރާކަށް ނޭދެން.” ލައިބާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. “ވަރަށް އުފާވެއްޖެ ލައިބާއަށް ވިސްނުނީތީ.. މި ލޯބި ނުލިބުނަސް އަހަރެން އަބަދު ވެސް ހުންނާނަން ކައިރީގައި. ކޮންމެ ކަމަކު ޖެހުނަސް ބުނޭ. ޑޯންޓް ހެސިޓޭޓް.” އައްޔާދް ހިނިތުންވެލިއެވެ.

އެވަގުތު ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވައިން ޒުލްފާ ފެނި އައްޔާދް ސިހުނެވެ. “ލައިބާ ރައްޓެއްސެއް އައިސް މިހުރީ.. އައްޔާދް؟ ކީއްތި ކުރަނީ މިތާ؟” އައްޔާދް ފެނި ޒުލްފާ ހައިރާންވެ ހުރެފައި އަހާލެވުނެވެ. އޭރު އާދިލް ފަހަތުގައި ހުރެ އޭނާ އައްޔާދަށް ނަޒަރު ހުއްޓާލިއެވެ. “މޯމް ޕްލީޒް.. އައްޔާދް އެއައީ އަހަރެންގެ ހާލު ބަލާލަން. އޭނާ ބޭނުންވީ ހަމައެކަނި އަޅުގަނޑު ދެކިލަން. ޕްލީޒް ރުޅި ނާދެބަލަ” ލައިބާ ވަގުތުން ބުނެލިއެވެ. އެލޮލުގައިވީ މާޔޫސްކަން ފެނި ޒުލްފާގެ ރުޅިގަނޑު މައިތިރިވިއެވެ. “ޒުލްފާއްތަ.. މަޢާފް ކުރޭ އަޅުގަނޑަށް ލައިބާ ހިތުގައި ޖެއްސުނީތީ. އެކަމަކު އޭނާއަށް ދެރަގޮތެއް ވާކަށް ދުވަހަކު ވެސް ނޭދެން.” އައްޔާދްގެ އަޑުގައި ހިތާމަ އެކުލެވިގެން ވިއެވެ.

“އައްޔާދް ނެތްނަމަ މިއަދު އަޅުގަނޑު ސަލާމަތް ނުވީސް. މަންމާ ޕްލީޒް.. ކުރިކަމެއް ކުރީ އާޒިމް އަންކަލް.. މީގައި އައްޔާދްގެ އެއްވެސް ކުށެއް ނެތްކަން ހަމަ ރަނގަޅަށް އިނގެއެއްނުން. އޭނާ އެއްވެސް ވަރަކަށް އޮޅުވާލާ ދޮގެއް ނަހަދާ. މަންމައަށް ކިޔާ ދިނީމެއްނުން.” ލައިބާގެ ވާހަކަތަކުން ޒުލްފާ އެކަން ޤަބޫލު ކުރިއެވެ. “އެކަމު ދޮގު ހަދައިގެން މިތަނަށް އެވަނީ.. މިއީ ލައިބާގެ ރައްޓެއްސެކޭ ކިޔާފަ މަންމަ ވާހަކައިގައި ޖައްސަފައި ފިލައިގެންނުން އެވަނީ.” ޒުލްފާ މިހެން ބުނުމުން އައްޔާދް ގާތަށް ހިނިއައެވެ. އޭރު ލައިބާގެ ނަޒަރު ފަހަތުގައި ހުރި އާދިލްއަށް ހުއްޓުނެވެ.

“ހާއި.. ހާދަ ލަހަކުން ދެކިލަން ތިޔައީ. ކީއްވެ އެހައި ދުރުގައި ތިހުރީ.. އާދެބަ.” ލައިބާ އާދިލް ދަންނަކަމަށް ހަދައި ބުނެލިއެވެ. ހައިރާންވެފައި ހުރެ އާދިލް ގޮސް އެނދު ކައިރީގައި މަޑުކޮށްލަމުން ލައިބާއަށް ނަޒަރު ހުއްޓާލިއެވެ. އެމޫނުގައި ޒަޚަމްތަކެއްވީ ނަމަވެސް އެރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. “ސޮރީ.. ބިޒީކަމުން ނާދެވުނީ ހަމަ..” އާދިލް މިހެން ބުނުމުން ޒުލްފާ ލޯ އަޅާލިއެވެ.

“މީ އަޅުގަނޑު ރައްޓެއްސެކޭ. މިއީ..” ލައިބާ އެއްބުމަ އާދިލް ސިއްރުން އޭނާގެ ނަންބުނެލިއެވެ. “އާދިލް.. ދޯ. އާދިލް މިއީ.” ލައިބާ ހިނިތުންވެލަމުން އާދިލްގެ އަތުގައި އަތް ބާއްވާލިއެވެ. މި މަންޒަރު ބަލަން އައްޔާދް ހެވިފައި ހުއްޓެވެ. އޭރު ޒުލްފާ ވެސް އެކަން ޤަބޫލުކޮށް އައްޔާދްއާއި ހިތްހެޔޮ ކަމާއިއެކު ވާހަކަ ދެއްކި ވަގުތު އާދިލް ހިނިތުންވެލަމުން ލައިބާއަށް ސިއްރުން ތަޢާރަފް ވެލިއެވެ.

-ނުނިމޭ-

39
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ބޭވަފާތެރިޔާ (ދެވަނަ ބައި)

Next

ފުން ލޯބި (11)

Next
February 11, 2017

ފުން ލޯބި (11)

Previews
February 10, 2017

ބޭވަފާތެރިޔާ (ދެވަނަ ބައި)

36 Comments

  1. layaal says:
    February 10, 2017 at 9:26 pm

    Enjoy reading.
    So there is only a few episodes left. I might update tomorrow. If not next week Sunday to Tuesday i’ll update the last episodes in sha allah 🙂

  2. Zyth says:
    February 10, 2017 at 9:29 pm

    Ooh mioh up vi thanks layaa. Bt v waiting ga hurevijje ingey

  3. Hh says:
    February 10, 2017 at 10:09 pm

    Vvvvv reethi

  4. Faathin says:
    February 10, 2017 at 10:13 pm

    Wow. Vvvvvvv salhi mi vaahaka ❤️❤️❤️❤️❤️❤️ love it. Dhen laiba and Aadhil dhw. yea finally.

  5. Ma says:
    February 10, 2017 at 10:14 pm

    Imla kuh fudhey varakah ulhey..plz proofread before u upload cos it’s difficult for me to read sometimes..story Hama habeys ???

    1. layaal says:
      February 10, 2017 at 10:20 pm

      Sorry. Mathi mathin mi part kiyaa levunima ehen evi. Thanks for reading ?

  6. Faathee says:
    February 10, 2017 at 10:14 pm

    Wow vara salhi. Shifa kuruntha vara furihama. Iru ohsunu goi bunedheefa in gothun heevee vaahaka liyumuga vara gina dhuwahu masaikai kohfa huri meehe hen. Ehaa ves reethi e ibaarai kolhu. Maasha Allah

  7. Jeen says:
    February 10, 2017 at 10:22 pm

    Wow.. Vrh reethi.. Kiyaa hithun hurileh bodu kamun heevi thankolhekey othii ves.. Ehaa ves reethi.. ? amazing.. I love it ??

  8. Anna says:
    February 10, 2017 at 10:33 pm

    Police kudhinnah police barracks ga hureveyne. Food ves libeyne. Dhen vannaane thaneh nethigen ulheykah nujeheyne ehnu. Ethankolhu hama alhaigathy. Story varah reethi. Laiba and adil dhen gulheynee dho.
    Dhen hithah araa riuman ge bappa eyna ah ehaa beynun vaa iru emme furaavaru dhuvaskolhu male fonuvy kyhvebaa ey. Ehaa faseyhain riuman ah eynage undhagulun salaamai vevunee kyhvebaa ey.

    1. layaal says:
      February 10, 2017 at 10:53 pm

      Hi anna. Ya he can stay there. But i wanted them to meet and get to know each other and the scene in his house was important. And about why she escaped so easily is because her father couldn’t keep her that long. Realisticly he cannot keep her locked inside for the rest of her life. At some point she would get the freedom. That’s what happens in real life mostly. It stops eventually. And that time becomes a phase in the girl’s life that she hides from the world. Thats the point of the story. ‘Vanhana’. Thanks for reading love ❤️

  9. Rose says:
    February 10, 2017 at 11:07 pm

    Wow v salhi. Laiba and aadhil dho gulheyni. ?

  10. Aish says:
    February 10, 2017 at 11:12 pm

    Vara shali dhepart avase kolaa pleeeeeee

  11. Shy beauty says:
    February 10, 2017 at 11:26 pm

    Wow awsome…i loved it.??..waiting for the next episd..??

  12. Shashee says:
    February 11, 2017 at 12:01 am

    ❤️️❤️️❤️️???

  13. maiha? says:
    February 11, 2017 at 12:37 am

    layaaa….avax kurey…v v v v v vv v v v v v v v v v vv v vv v vv v v v v vv v kiyaa hiyvey eba…??

  14. Shu says:
    February 11, 2017 at 12:51 am

    Wow

  15. Saandy says:
    February 11, 2017 at 6:03 am

    V kuh gina.. kushun foavefaehnu miothy mibai

  16. Mary-Anne says:
    February 11, 2017 at 6:48 am

    finally adil and laibaa!!!
    see i told you all they are going to be together?
    adil and laibaa sitting under a tree……… rest of the sentence for layaa to finish?

  17. kiara says:
    February 11, 2017 at 8:59 am

    Vara reethie.
    Kiyaalaa hithun kiyaalevey.
    Keep it up. I LOVE IT*

  18. Brainless says:
    February 11, 2017 at 9:14 am

    Ohhh wow…
    This story is sooooo buutifuullll…???❤❤❤❤❤❤
    I just luv it…
    Layaa thy hama 1 vana..❤?

  19. jasemine says:
    February 11, 2017 at 12:21 pm

    wow layaa…this is amazing…vrh vrh vrh vrh salhi mi part ves…next part avahah up kohdhehchey…vrh kiyaa hithun myndhy…

  20. shir says:
    February 11, 2017 at 1:44 pm

    Vvvvv reethie

  21. Yalv says:
    February 11, 2017 at 2:23 pm

    Vvv reethi

  22. s ss says:
    February 11, 2017 at 10:39 pm

    V v vreetho

  23. niky says:
    February 12, 2017 at 12:03 am

    V v reethi layaa this story next part avahah up khodhee bala kiyaahithun kehmadhuvefa keep it up layaa thi hama number one story writer :-* :-*

  24. Sheera says:
    February 12, 2017 at 10:17 am

    When is next part?

  25. Riu says:
    February 13, 2017 at 12:06 am

    Alhey…. kobaa tha anehbai. Kon irakun tha up kuraany.. mihaaru wait koh koh varubalai vejje…

  26. Rulhi madu says:
    February 13, 2017 at 7:00 am

    Mihaaru bunaa dhuvahah up nukureveykan v faahaga vey…ekem hama waitinga

  27. xara says:
    February 13, 2017 at 8:43 am

    layaa,,, its really nice story…..i cant wait any more,,,plx next part soon//////

  28. 404Error says:
    February 13, 2017 at 1:10 pm

    layaa….. nxt part avas koh up kohbaaaa……………………………

  29. Snow flake❄ says:
    February 13, 2017 at 4:35 pm

    Heevani Dhen laibsssAnd adhil Hen gulheyneee.?
    Yesh. They Both Also Deserve Love.❤
    Alhey Haadha Ehen Kahala Ehcheh Loibakee.?
    Layaaaa Love youh.
    ❤????
    Take care Darla.???

  30. Aish says:
    February 13, 2017 at 9:42 pm

    Aley kobathr story nihmaalytha medukadhaaleethr varahdera

  31. Aish says:
    February 13, 2017 at 9:44 pm

    Veegothehves bunelinama dho egeyny kihinehkanvee eyyey mahsalayaky veegoi nubunaathy

  32. Aish says:
    February 13, 2017 at 9:45 pm

    Dhn jeheyny haha inthixaaru kuran ehnveema kiun therinves foohivany

  33. Mary says:
    February 14, 2017 at 7:47 am

    dhen nuvaavarun nubunaany Avahah up kohdheynamey konmehen!
    Kurin vaa varu Ves nuvi mi faharu! dheneh kiyaakah nufahtaanan layaal ge vaahaka eh! mi bala bala abadhu mi hunnan jeheny! up nukohdhevunas habareh Ves vany eh noon! Mi kiyan feshun moya heevey mihaaru-.-

  34. Rau says:
    February 14, 2017 at 3:56 pm

    Vrhaka v v reethi.. next part avahah up kohdhyba..plx

Comments are closed.

All Right Reserved!