Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްްޤުގައި (21)

shafu Level 110 Stories100 Comments
February 12, 2017 9 Mins Read
23 Comments

“އަވަހަށް ބުނެބަލަ”. ކާރު ދުއްވަމުން ފަހަތަށް އެނބުރި ބަލާލަމުން އިވާން ހިނިތުންވެލިއެވެ.

” އިވާން.. އަ..އަހަރެން ވަރަށް ބޮޑު ކަމަކަށް އެދެން މިއުޅެނީ”. މެހެކް ލަދުން އިސްޖަހައިގެން އިނދެ އަޅައި ގަންނަމުން ބުނެލިއެވެ. ދެން އޭނާ ދެލޯ މަރާބާރުކޮއްލިއެވެ.

” އާހިލްގެ ބައްޔަށް ފަރުވާ ކުރުމަށް ޓަކައި އަހަންނަށް އެހީއެއް ދީފާނަންތަ؟”

” ތި ވާހަކަ ދައްކާލަން ކޮންމެވެސް ތަނެއްގަ މަޑުކޮއްލަމާ ދޯ” އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި އިވާން ބުނެލިއެވެ.

އޭރު ކާރު އޮތީ ސަލްޓަންޕާރކް ހުންނަ ސަރަހައްދުގައެވެ.

އިވާން އެތާ ކައިރީގައި ކާރު ޕާކް ކޮއްލުމަށް ފަހު ފައިބަނިކޮށް ކޮންމެވެސް ކޯލެއް އައެވެ. ދެމީހުން މިސްރާބުޖެހީ އެޕާކާ ދިމާއަށެވެ.

ކާރުންފައިބައިފައި ހިނގައިގަންނަމުން އިވާން ކަންފަތުގައި ފޯން ޖަހާލިއެވެ. އޭރު އިވާން ހުރީ މެހެކް އަށް ވުރެ ތަންކޮޅެއް ކުރީގައެވެ.

ހެނދުނު ވަގުތު ކަމުން ޕާކް ތެރޭގައި ވަރަށް މީހުން މަދެވެ. އެކި ހިސާބުތަކުގައި އިރުގެ ދޯތިތައް ފެތުރިފައި އޮތެވެ. ހިޔާއޮތް ހިތްގައިމު ހިސާބެއްގައި، ގަހެއް ވަށައިގެން ހުރި ބުރެއް މަތީގައި މެހެކް އިށީއިނދެލިއެވެ.

” ޔާ”. އެހެން ބުނެލުމަށް ފަހު އިވާން ފޯން ކަނޑާލިއެވެ. ފޯން ޖީބަށް ލަމުން އިވާން ވެސް އެބުރުމަތީގައި އިށީއިނދެލިއެވެ. މެހެކް އާއި ތަންކޮޅެއް ދުރުގައެވެ. ދެން މެހެކްގެ މޫނަށް ބަލާލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

މެހެކް އިރުކޮޅަކު އިނީއެވެ. ހުރިހާ މަގެއް ބަންދުވުމުން އިވާންގެ ފަރާތުން އެހީއަށް އެދެން އެންމެ ފަހުން އޭނާއަށް މަޖްބޫރުވީއެވެ. އިވާން ދޭނެ ޖަވާބަކާއި މެދު ވިސްނެމުން ދިޔަ ވަރަކަށް އޭނާގެ ހިތް ހާސްކަމުން ވަށާލިއެވެ. އެހާ ބޮޑުއެހީއަކަށް އެދެން އޭނާ ލަދުގަތެވެ. ނަމަވެސް ދެން އިތުރުގޮތެއް ނެތެވެ. ކުއްލިއަކަށް އާހިލްގެ ހާލު ހިތަށް ސިފަވާން ފެށުމުން މެހެކް އަށް ހިތްވަރު ލިބުނެވެ.

” އިވާން… އަހަންނަށް އާހިލްގެ ބަޔަށް ފަރުވާ ހޯދަން ފައިސާގެ ގޮތުން އެހީއެއް ދީފާނަންތަ؟”. އިވާން ގާތުން އާދޭހާއި އެކު އެކަމަށް އެދުނުއިރު މެހެކްގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. އެލޯ ފުރިފައިވަނީ އިވާންގެ ފަރާތުން އެހީއެއް ލިބޭނެކަމުގެ އުންމީދީ ކަރުނަތަކުންނެވެ.

” ބޮޑުބޭބެ އަކަށް ވެސް ނެތް މިހާރު އަހަންނަށް އެވަރުގެ އެހީއެއް ދެވޭކަށް. ބޮޑު ގުދަން އަނދާ ދިޔަފަހުން ބޮޑުބޭބެ އެއުޅެނީ އެކަމުން އަރައިނުގަނެވިގެން. އަދި އެކަކު ގާތުވެސް ނުބުނަން މިވާހަކައެއް. އަހަންނަށް ހިތްވަރު ނުލިބިފަ މިހުރީ… އެންމެން ހިތާމަ ކުރާނެ ވަރު ހިތަށް އަރާފަ”. މެހެކް އަސަރާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އޭނާ އިނީ ރޮވޭވަރުން އިސްޖަހާލައިގެންނެވެ.

” އާ އަހަރެންވެސް އަޑުއެހިން ގުދަނުގައި އަލިފާން ރޯވި ވާހަކަ، ޚަބަރުން”. އިވާން ދެރަވެލާފައި ބުނެލިއެވެ.

ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

” މެެހެކް”. މެހެކް އާއި ތަންކޮޅެއް ގާތައް ޖެހިލަމުން އިވާން ގޮވާލިއެވެ.

” އަހަރެން ބޭނުން ތިކަމުގަ މެހެކް އަށް އެހީވާން. އަހަރެން ގުޅާނަން ބައްޕައަށް. މިވަގުތު ބައްޕަވީ ބޭރުގަ. ތިކަން ހަމަޖެހޭތޯ އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން އިރާދަކުރެއްވިއްޔަ. މެހެކް ހާސްނުވޭ”. އިވާން ހިނިތުންވަމުން ބުނެލިއެވެ.

” ތޭންކްސް އިވާން”. ކަރުނައިން ތެމިފައިވާ ކޯތާފަތް ފޮހެލަމުން މެހެކް ހިނިތުންވާން މަސައްކަތް ކުރިއެވެ.

” އަހަރެން ވަރަށް ބޭނުން ބޮޑުބޭބެ މެން ގާތައް ގޮސްލަން. އެމީހުންގެ ހާލު ބަލާލަން. މެހެކް އާއި އެކު އަހަރެން އެގެއަށް ގޮސްލިއަސް އޯކޭ ދޯ؟” އިވާން ކޮއްލި ސުވާލުން ބުނާނެ އެއްޗެއް ނޭނގި މެހެކް ބަސް ހުއްޓުނެވެ. ނަމަވެސް ނޫނެކޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ.

ސަލްޓަންޕާކުން ނުކުމެ ދެމީހުން އަނެއްކާވެސް އެރީ ކާރަށެވެ. އިވާން މިސްރާބުޖެހީ ބޮޑުބޭބެ މެން ގެއާ ދިމާއަށެވެ. އަނގައިން ބަހެއް ނުބުނެ މެހެކް އިނީ ހިތް ނުތަނަވަސްވެފައިވާލެއް ބޮޑުކަމުންނެވެ. އިވާން އެގެއަށް ގޮސްފިނަމަ މަންމަމެންގެ ޢަމަލުތައް މިހާރު ހުންނާނީ ކިހިނެއްބާއެވެ؟

ފަސްވަރަކަށް މިނެޓް ނުވަނިސް ބޮޑުބޭބެމެން ގެއަށް އާދެވުނެވެ.

އަވަސް ފިޔވަޅުތަކުގައި މެހެކް ސިޑިން އަރަމުން ދިޔައީ ފަހަތުގައި އިވާން ހުރުމުންނެވެ. އަވަސް އަވަހަށް މައްޗަށް އަރައިގެން ގޮސް އޭނާ ދޮރު ހުޅުވާލިއެވެ. ހެނދުނުގެ ނާޝްތާ ތައްޔާރު ކުރަމުން ދިޔައިރު ކާތަކެތީގެ މީރުވަސް ގޭތެރޭގައި ހިފާލާފައި ހުއްޓެވެ. އޭރު މަންމަ އާއި ޝިނާ ކައްކާ ބައިގައި އުޅެއެެވެ. ނަފީސާ އިނީ ޝަހަފް ގޮވައިގެން ސޯފާގައި ޓީވީ ބަލާށެވެ.

މަޑު ހިނގުމެއްގައި އިވާން ގޮސް ޝަހަފް ގެ ކޮލުގައި ހިފާލިއެވެ.

” އިވާން ބޭބޭ” އިވާން ފެނުމާއެކު ޝަހަފްގެ ހުރިހާ ދަތެއް އެއްފަހަރާ ފެނުނެވެ.

” އަޅުގަނޑަށް ގިފްޓެއް ގެނައިންތަ؟” ލޯބި ގޮތަކަށް އިވާން ގާތު ޝަހަފް އަހާލިއެވެ.

” އުމްމް..މިއަދު ނުގެންނަން. މާދަމާ ދޯ”. އެވަގުތު ޝަހަފް ގެ މޫނަށް އައި ބަދަލު ފެނި އިވާން ހޭން ފެށިއެވެ.

އިވާން ކުއްލިއަކަށް އެގެއަށް އައުމުން ނަފީސާ ހައިރާންވެފައި ސުވާލުން ފުރިގެންވާ ނަޒަރަކުން މެހެކްގެ މޫނަށް ބަލާލިއެވެ. އެގޮތައް މެހެކް އާއި އެކު އިވާން އައުމުން އެންމެންވެސް ހައިރާން ވާނެކަން އޭނާއަށް ކުރިންވެސް އިނގެއެވެ. އެހާބޮަޑަށް އޭނާ ހިތްހަމަ ނުޖެހުނީ އެހެންވެގެންނެވެ.

” ހާދަ މީރުވަސް ދުވައޭ”. ބަދިގެއާ ދިމާއަށް ބޯ ދިއްކޮއްލަމުން ސަމާސާ ރާގެއްގައި އިވާން ގޮވާލިއެވެ. އެއީ އޭނާގެ އާދައެވެ. ކުރިންވެސް އެގެއަށް އައިސް އުޅޭއިރު އޭނާ އެގޮތައް މަންމަ އާއި ސަމާސާ ކޮށް ހަދައެވެ. އެއާދަ އަދިވެސް ބަދަލެއް ނުވެއެވެ.

ނަމަވެސް އިވާން އާއި ޚިލާފަށް އާހިލް އަކީ މަޑުމައިތިރި ބަސް މަދު މީހެކެވެ. އެފަދަ ގޮތަކަށް އާހިލް މަންމަ އާއި ސަމާސާ އެއް ނުކުރާނެއެވެ. ނަމަވެސް އެގެއަށް އަތުވެއްޖެ ނަމަ އަބަދުވެސް މަންމަ އާއި އޭނާ ވާހަކަ ދައްކަނީ ނުހަނު ލޯތްބާ އިޚްތިރާމާއެކުއެވެ.

އިރުކޮޅެއް ނުވެ ދުވަމުން ކަހަލަ ގޮތަކަށް ކައްކާ ބައިން މަންމަ ނުކުންތަން ފެނި މެހެކްގެ މޫނުގެ ކުލަަވަރު ބަދަލުވިއެވެ.

އާހިލް އެގެއަށް އަތުވެއްޖެ ނަމަ މަންމަ ދުހަކުވެސް އެހާ ހެވިފައި ހުއްޓާ މެހެކް އެއް ނުދެކެއެވެ. ސޯފާގައި އޭނާ އަށް ބާރުބާރަށް ހިފަހައްޓަލެވުނީ ހިތަށް ކުރި އަސަރުންނެވެ.

” އިވާން ކިހިނެއް މިގޭގަ؟ މިބުނީ..” މަންމަ ވެސް އިވާން އާއި ދިމާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އުފަލުން ގޮސް ސުވާލު ކުރާނެ ގޮތެއް ނޭނިގެން މަންމަ އުޅޭ ކަހަލައެވެ.

“މި ދެން.. އެންމެންގެ ހާލު ބަލާލަން ޖައްސާލީ ހަމަ. މެހެކް އާއި ދިމާވެގެން އެކީގަ މިއައީ”.

” މެހެކް ދަރިފުޅާ. ދަރިފުޅު ތި އައީ ދޯ؟. މަންމަ ގުޅަން އުޅެނިކޮށް ތިއައީ. ކޮބާ އާހިލް؟”.  މަންމަ ހެވިލާފައި އަހާލިއެވެ.

އެ ދަނޑިވަޅުގައި މަންމަ އާހިލް މަތިން ހަނދާންވުމުން މެހެކްގެ ހިތަށް އުފާވެރިކަން އިޚްސާސްވެގެން ދިޔައެވެ.

” އާހިލް ގޭގަ ވީ” ލުއި ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން މެހެކް ބުނެލިއެވެ. އެއަޑު އިވިފައި މަންމަ އިތުރު ބަހެއް ނުބުނެއެވެ.

” އިވާން ދަރިފުޅު އިށީ އިނދޭ އަވަހަށް. ސައިބޮއެގެން ދާން ވާނީ މިގެއިން”. މަންމަ ހެވިލާފައި ހުރެ ބުނެލިއެވެ. ދެން އަވަސްވެގަތީ އިވާން އަށް ސައި ތައްޔާރު ކުރުމަށެވެ.

މޭޒުމަޗަށް ސައި ހަދަމުން ދިޔައިރު މަންމަ އުޅުނު ގޮތުން ހީވަނީ ރަސްކަލެއްގެ ދަރިއަކު އެގެއަށް އައިސް އުޅޭ ހެންނެވެ. އެތަންފެނި މެހެކް އިންތިހާއަށް ދެރަވިއެވެ. ހިތަށް ކުރި އަސަރުން، ރޮވެން އުޅޭހެން ހީވުމުން ކަރުނަތައް ފޮރުވުމަށްޓަކައި އޭނާ އިސްޖަހާލަމުން މަޑުމަޑުން ލޯ މަރާލިއެވެ. މަންމަ އާހިލް އާއި ދޭތެރޭގައި ޢަމަލުތައް ނުބަހައްޓާ ގޮތަކަށް އިވާން އާއި ދޭތެރޭ ޢަމަލުތައް ބަހައްޓަފާނެ ކަމަށް އޭނާ ޚިޔާލުވެސް ނުކުރެއެވެ.

މަންމަ އަށް ހެދުނުހާ މީރުކޮށް މޭޒުމައްޗަށް ސައި ހެދިއެވެ. އެކި ކަހަލަ ރަހަތަކުން މޭޒުމަތި ފަޅުފިލުވަން މަންމަ މަސައްކަތް ކުރިއެވެ.

” މެހެކް އާދޭ ދަރިފުޅު ވެސް ސައިބޯން”. މަންމަ ވަރަށް ލޯބިން މެހެކް އަށް ގޮވާލިއެވެ.

” ނޫން އަހަރެން ސައިބޯނީ ގެއަށް ގޮސް”. މެހެކް ވަރަށް މަޑުމަޑުން ބުނެލިއެވެ. ރޮވިދާނެތީ އޭނާ އިނީ ވަރަށް ހިތްވަރު ކޮންގެންނެވެ.

މަންމަ، މެހެކް އަށް އަންގައިދޭން ބޭނުންވަނީ ކޮންއެއްޗެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އާހިލް ހުންނާނީ ކައިގެން ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް އޭނާ އަކަށް ނޭނގެއެވެ. އާހިލް ހުރީ ކައިގެންކަން ނޭނގެނިސް އޭނާގެ އަރަކުން އެންމެ ފެން ފޮދެއްވެސް ދިރުވާކަށް ބޭނުމެއް ނޫނެވެ.

” ކިހިނެއް ދިރިއުޅުމުގެ ކަންކަން ދާލެއް ރަނގަޅުތަ؟” އެކި ކަންކަމުގައި އުޅެމުން އިވާން އާއި މަންމަ ސުވާލު ކުރިއެވެ.

” އާ ވަރަށް ރަނގަޅު. މިހާރު މިއުޅެނީ ކައިވެނި ވެސް ކޮއްގެން”. ތައްޓައް ކުޅިމަސް ކޮޅެއް ލަމުން އިވާން އެހެން ބުނެލުމާއެކު މަންމަ ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް އެމޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފާޅުވިތަން މެހެކް އަށް ފެނުނެވެ.

” އެހެންތަ. ކިހާ ދުވަހެއް މިވީ؟” މަންމަ އަހާލިއެވެ.

” އަދި މިވީ ދެ ހަފްތާ”.

އަންނާތި އިނގޭ އަންހެނުން ގޮވައިގެން މިގެއަށް”. މަންމަ ކާމޭޒު ދޮށުގައި ހުރި ކޮނޑިއެއްގައި އިށީ އިނދެލަމުން ބުނެލިއެވެ.

 

އާހިލްގެ ވާހަކަ މަންމަ އާއި ހިއްސާކުރަން މެހެކްގެ ހިތެއް ނޭދުނެވެ. އާހިލްގެ ބައްޔަކީ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ނެތެމުން ދާ ބޮޑު ބައްޔެކެވެ. އެ ޚަބަރު މަންމަ އަށް ދިނުމުން މިހާރު މެެހެކް އަށް ލިބޭނީ ހިތްދަތިކަމެެވެ. އަދިވެސް މަންމަ ރުހެނީ އިވާން އާއިކަން މިއަދު މަންމަގެ ޢަމަލުތައް ހުރިގޮތުން މެހެކް އަށް ސާބިތުވެއްޖެއެވެ.

” ޝުކުރިއްޔާ ވަރަށް ބޮޑަށް”. ކައި ނިމުމުން އިވާން މަންމަ އަށް ހިނިތުންވުމެއް ރައްދު ކުރިއެވެ. ދެން އިރުގަނޑަކު މަންމަ އާއި ވާހަކަ ދައްކަން އިވާން އެގޭގައި އިނެވެ. ދިރިއުޅުމުގެ އެކި ވާހަކަތައް އޭނާ މަންމަ އާއި ހިއްސާކުރިއެވެ.

އެގެއިން ބޭރަށް ނުކުމެލާފައި މެހެކް ހަށިފުރާނޭވާއެއް ލިއެވެ. އެވަރުންވެސް ނަފްސަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްކަމާއި ޝަކުވާއިން ފުރިފައެވެ.

އިވާންގެ އެދުމަށް މެހެކް ގެއަށް އައީ އިވާންގެ ކާރުގައެވެ.

” އިރާދަކުރެއްވިއްޔަ ވަރަށް އަވަހަށް ޖަވާބެއް ދޭން އަހަރެން ގުޅާނަން.” މެހެކް ކާރުން ފައިބަނިކޮށް އިވާން ބުނެލިއެވެ.

 

ސިޑިން މައްޗަށް އަރަމުން ދިޔައިރު ހިތްދަތިވެގެން ގޮސް މެހެކްއަށް ސިޑި މަތީގައި އިށީއިނދެލެވުނެވެ. އޭނާގެ ލޯމައްޗަށް ސިފަވާން ފެށީ ދެންމެ ވީ ކަންތައް ތަކެވެ. ވެފައިވާ ވަރުބައްޔާއި ބަނޑުހައި ހޫނުކަމުން ލިބެމުން ދިޔަ ވޭނަށް ވުރެ މަންމަގެ ޢަމަލުތައް ހިތަށް އެރުމުން ހަށިގަނޑުގައި އަޅަންފެށިވޭން ބޮޑުވިއެވެ.

ދެފަރާތައް ބޯ ހޫރުވާލަމުން މަޑުމަޑުން ބޮލުގައި ހިފަހައްޓާލެވުނުއިރު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އިސްޖަހާލުމާއެކު މޫނުމައްޗަށް ފޭބި އިސްތަށިތައް ކަންފަތް ދޮށައް އޭނާ އެއްފަރާތް ކޮއްލިއެވެ. ކަރުނަތައް ލޮލުން އޮހޮރެމުން ދިޔައިރު ހިންދިރުވަން އުނދަގޫ އިހްސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ.

އެތައް އިރަކު ރުއިމުގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުހެން ހީވިއެވެ. މުޅި މޫނާއި ލޯކައިރި ޓިޝޫއަކުން ފޮހެލުމަށްފަހު މައްޗަށް އަރަން އޭނާ ހިނގައިގަތެވެ.

ގެއަށް ވަދެ މެހެކް ދޮރު ހުޅުވާލިއެވެ. ހަމަހިމޭން ވެފައިވާ ގޭތެރެއިން އިވެނީ މަޑުމަޑުން ހިނގަމުން ދާ މެހެކްމެންގެ ކޮޓަރީގައި ޖަހާފައި ހުރި ފަންކާގެ އަޑެވެ.

މެހެކް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ފިކުރުތަކަކަށް ގެއްލިފައި އެނދުމަތީގައި އާހިލް އިނެވެ. ދެކަކުލުގައި އޮޅަނބުށި ވިއްދާލައިގެން އިންއިރު އިރުއިރުކޮޅުން ނިއްކުރިމަތީގައި އަތް ހިންގާލައެވެ. އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އެސްފިޔަވެސް ޖަހައިނުލާ އިނުމުން އާހިލް ކޮންމެވެސް ކަމަކާ ވަރަށް ފުންކޮށް ވިސްނާކަން މެހެކް އަށް ދެނެގަނެވުނެވެ.

” އާހިލް” މެހެކް ގޮވާލުމާއެކު ސިހިފައި އާހިލް ބަލާލިއެވެ. ދެން ފުންނޭވާއެއް ދޫކޮއްލަމުން ނިއްކުރިމަތިން އަތް ނަގާލުމާއެކު އޭނާގެ ފަން އިސްތަށިގަނޑު ނިއްކުރިމައްޗައް ވެއްޓުނެވެ.

” ހާދަ ލަސްވީ މަންމަ މެން ގެއަށް ގޮސް؟ މިހާރު އެގާރަ ޖެހީނު”

” އާ އެގޭގަ ކުޑަ އިރުކޮޅަކު އިނދެލާފަ މިއައީ. އާހިލް އެއްޗެއް ކައިފިންތަ؟ ބޭސް ކައިފިން ދޯ؟ ” އާހިލްގެ ގާތުގައި އިށީ އިނދެލަމުން މެހެކް އެކީ އެއްފަހަރާ އަހާލިއެވެ.

އެއިންގޮތައް އިނދެ އާހިލް ބޯ ޖަހާލީ އާ އެކޭ ބުނާފަދަ ގޮތަކަށެވެ.

“ކޮބާ ކާފަ؟ ކޮންކަމަކާ ތި ވިސްނަނީ؟” އާހިލްގެ މޫނު ފެނި މެހެކް ހާސްވިއެވެ. ދެން މަޑުމަޑުން އައިސް އާހިލްގެ ގާތުގައި އިށީ އިނދެލާފައި ކޮނޑުގައި ބޯ އަޅާލިއެވެ.

“ކާފަ ކަމަކު ބޭރަށް ގޮސްލާފަ ވީ”.

އެހެން ބުނެލުމަށްފަހު އާހިލް މާ ނޭވާއެއް ދޫކޮއްލިއެވެ. ” މެހެކް އަހަންނަކަށް ކަމެއް ނުވާނެ ދޯ އިރާދަކުރެއްވިއްޔަ. ހީވަނީ..ހީވަނީ އެހެން ކަމެއް ވެއްޖެހެން އަހަންނަށް”.

އަނެއްކާވެސް އާހިލް އެ ސުވާލު ތަކުރާރު ކުރިއެވެ. ލިބުނު ސިހުމާއެކު އާހިލް ގެ ކޮނޑުމަތިން ބޯ ނަގާލިއިރު މެހެކްގެ ލޯ ކަރުނައިން ފުރުނެވެ. ނަމަވެސް އިތުރު ބަހެއް ބުނެފި ނަމަ ރޮވިދާނެހެން ހީވާތީ ހިނިތުންވަމުން އޭނާ ބޯ ޖަހާލީ އާއެކޭ ބުނާ ފަދަ ގޮތަކަށެވެ.

“މެހެކް..އަހަރެން ބޭނުމީ ކުޑަ އާއިލާ އަކަށް ވެގެން ވަރަށް އުފަލުގަ އުޅެން”. އާހިލް ބުނެލިއެވެ. އޭނާ އެދައްކަނީ ދަރިންގެ ވާހަކަކަން މެހެކް އަށް ވިސްނުނެވެ. “މެހެކް ބެލެހެއްޓުމުގަ ޤާބިލް މީހަކަށް ވާން އަހަރެން ބޭނުން. އަހަރުމެން ދެމަފިރިންނަށް ކުދިން ލިބުނަސް އެކުދިން ވެސް ބުނާނެ ދޯ ބައްޕަ ހާދަ ބައްޔޭ”. ހިތަށް ކެތްނުވުމުން އާހިލް ހިންދިރުވާލިއިރު ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

” މިދިރިއުޅުމުގައި ކުރިއަށް ދާނެހާ ޤާބިލްކަން ހުރި މީހަކަށް އަހަރެންވާނެ ދޯ އިރާދަކުރެއްވިއްޔާ؟”.

މެހެކްގެ އަތުގައި ހިފަހައްޓާލަމުން، މެހެކް އާއި ހަތަރުކަޅި ހަމަކުރި އިރު އާހިލްގެ ތޫނު ދެލޮލުން ފެންނަނީ ހާސްކަމާއި މާޔޫސްކަމެވެ.

ދިރިއުޅުމާއި މެދު އާހިލްގެ އުންމީދު ތައް ކިހާ ގިނަ ހެއްޔެވެ؟ އާހިލް ދެކެމުން އެދާ ހުވަފެންތައް ކިހާ ރީތި ހެއްޔެވެ؟ މެހެކްގެ ލޮލުން ކަރުނަ ހިކޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

” އާހިލް މަގޭ ލޯބީ. އިންޝާ ﷲ އަދި އެދުވަސް ދައްކަވާނެ. އާހިލްގެ ބައްޔަށް ފަރުވާ އަދި ކިރިޔާއެއްނު މި ކުރެވެން ފެށީ. އެހެންވީމަ ދެން އާހިލް ވަރަށް އަވަހަށް ރަނގަޅުވެދާނެ އިރާދަކުރެއްވިއްޔަ.” ހާސްކަމުން ވަށާލެވިފައިވާ އާހިލްގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ މެހެކް ހިތްވަރުދިނެވެ. އާހިލްގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު އެހިތަށް ކުރަމުން ދާ އަސަރު ބަޔާން ކުރަން ނޭނގޭ ހާ ދައްޗެވެ.

އެވަގުތު ދެމީހުން ބާރުބާރަށް ބައްދާލިއެވެ. ދެން އެކަކު އަނެކަކު މޫނުގައި ބޮސްދޭން ފެށިއެވެ. މެހެކް ހިތްވަރު ކުރީ އާހިލްގެ ކުރިމަތީގައި ނުރޯވޭތޯއެވެ. ހިތްވަރުގަދަ މީހަކަށް ވާން އޭނާ މަސައްކަތް ކުރިއެވެ.

” އަހަރެން މިދަނީ ކައްކަން އިނގޭ” ވަރަށް ލޯބިން އާހިލްގެ ކަރުމަތައް ފޮހެލަދެމުން މެހެކް ބުނެލިއެވެ. އެއާއެކު އާ އެކޭ ބުނުމުގެ ގޮތުން އާހިލް ބޯ ޖަހާލިއެވެ.

ފެންވަރާލައިގެން ނުކުމެ މެހެކް ވަނީ ކައްކާ ބަޔަށެވެ.

ހަނޑޫ ދޮވެލާފައި އުނދުން މައްޗަށް ލީ ދެ ތެއްޔަށް ބައިކޮއްލާފައެވެ. އާހިލްގެ ބަތް ކައްކަން ޖެހޭނީ ލޮނު ނުލައެވެ. ކޮންމެ ދުވަހަކުވެސް މެހެކް އާހިލް އާއި އެކު އެބަތް ކައެވެ. އެއީ ކިހާ ނުބާތް ކެއުމެއްކަން އެނގޭނީ އެފަދަ ބައްޔެއް ތަހައްމަލް ކުރަމުން ދާ އިންސާނަކަށެވެ. ނަމަވެސް އެއީ މިހާރު މެހެކްގެ އުފަލެެވެ. ގެއިން ކާނަމަ އޭނާ މިހާރު ކަނީ އެގޮތަށެވެ. ބައެއް ފަހަރު ކާފަވެސް އެގޮތަށް ކާން އުޅެއެވެ. އެހާވެސް އާހިލް ދެކެ ކާފަ ލޯބިވެއެވެ. ނަމަވެސް މެހެކް ކާފަ އެގޮތައް ކެޔަ ނުދެނީއެވެ.

ރޭގަނޑުގެ ވަގުތެވެ. ގަޑިން ބާރަ ޖެހީއެވެ. އާހިލް އަށް އޮތީ ނިދިފައެވެ. އެެހެންް ރޭރެ ފަދައިން މިރޭވެސް މެހެކް އޮތީ ފިކުރުތަކަށް ގެއްލިފައެވެ. މިހާރު އޭނާ ކެތްތެރިކަމެއް ނެތި އެއިންތިޒާރު ކުރަނީ އިވާން ގެ ޖަވާބަކަށެވެ.

ކުއްލިއަކަށް އޭނާގެ ފޯން ރިންގްވާން ފެށިއެވެ. ފިކުރުތަކުގެ ތެރެއަށް އެހާބޮޑަށް ގެއްލިފައި އޮތުމުގެ ސަބަބުން އޭނާ ވަރަށް ބާރަށް ސިހުނެވެ.  ފޯން ބަލާލިއިރު ގުޅަނީ އިވާންއެވެ. މެހެކް އަވަސް އަވަހަށް ފޯންގެ ރިންގް އޮފްކޮއްލިއެވެ. އެއް ފަހަރު ފޯނަށް ދެން އާހިލްގެ މޫނަށް އޭނާ ބަލާލިއެވެ.

އިވާން އެގުޅަނީ ޖަވާބެއް ދޭންހެން މެހެކް އަށް ހީވިއެވެ. މަޑުމަޑުން ސިޓިންގްރޫމަށް ނުކުމެ އޭނާ ފޯން ނެގިއެވެ.

” މެހެކް.. އުނދަގޫ ގަޑިއެއްތަ އަނެއްކާ؟” އިވާން އަހާލިއެވެ.

” ނޫން”.

މެހެކް އަހަރެން ބައްޕައާއި ވާހަކަ ދައްކައިފިން. ބައްޕަ ބުނީ ހުރިހާ ޚަރަދެއް ހަމަޖެހޭނެއޭ އިނގޭ”. އިވާން ގެ ޖުމްލައިން މެހެކްގެ ހިތުގައި އަނދަމުންދިޔަ އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. އޭނާ ލޮލުން ކަރުނަ ހިލުނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.

ދެން އިތުރަށް އެވާހަކަ ދައްކާލަން އަހަންނާ ބައްދަލު ކޮއްލެވިދާނެތަ؟” އިވާން ބުނެލިއެވެ.

” އާ..އާ އަހަރެން ދާނަން އިރާދަކުރެއްވިއްޔާ”. އުފަލުންގޮސް މެހެކް އަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

” އޯކޭ އަހަރެން ގުޅާނަން. ގުޑްނައިޓް” އިވާން ފޯން ކަނޑާލިއެވެ.

އުފަލުން ގޮސް ފޯން މޭގައި ޖައްސާލައިގެން މެހެކް އަށް ހުރެވުނީ ކިހާއިރެއްވަންދެން ކަމެއް ނޭނގުނެވެ. ހުރިތަނަށް ތިރިވެ އޭނާ ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ދެން މޫނުމަތީގައި އަތް ހާކަމުން ކަރުނަތައް ފޮހެލަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ހަށިގަނޑުގައި ދައުރުވަމުން ދިޔަ ބޮޑު ހައިޖާނު ފިލާ ދިޔަ ކަހަލަ އިހްސާސެއް އޭނާ އަށް ކުރެވުނެވެ. ވިސްނާ ވިސްނާ ވަރުބަލިވެފައިވާ ސިކުނޑިއަށް ލުޔެއް ލިބުނުހެން ހީވިއެވެ.

ކޮޓަރިއަށް ގޮސް އެނދުގައި އޭނާ އޮށޯއޮވެލިއެވެ. ލިބުނު އުފާވެރިކަމުގައި ބާރުބާރަށް އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އެ އުފާވެރި ޚަބަރު އެހާ އަވަހަށް ލިބިދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ.

އެއީ ބޮޑު ޚަރަދެކެވެ. އެތައް ލައްކަ ރުފިޔާއެއް ޚަރަދުވާނެ ބޮޑު އޮޕްރޭޝަނެކެވެ. އެފައިސާ އޭނާ އިވާން އަތުން ނަގާނީ އަނބުރާ ދައްކާ ގޮތަށެވެ. އެނޫން ގޮތަކަށް އާހިލްވެސް ޤަބޫލް ނުވާނެކަން ޔަޤީނެވެ. ފައިސާގެ އިންތިޒާމް ހަމަޖެހުނުހާ އަވަހަކަށް އާހިލްއަށް ހުރިހާ ހަޤީޤަތެއް ކިޔާދޭން އަޒުން ކަނޑައެޅުމަށް ފަހު އޭނާ ލޯމަރާލިއެވެ. އޭނާ އުންމީދު ކުރިގޮތަށް ހުރިހާ ކަމެއް ވުމަށް އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.

ހަފްތާއެއް ވެއަތުވެ ދިޔައެވެ. ކޮންމެ ދުވަހަކުވެސް އިވާން އާހިލްގެ ހާލް ބަލަން މެހެކް އަށް ގުޅާލައެވެ. މެހެކް އެކަމާ ވަރަށް އުފާވެއެވެ. ޚަރަދުތައް ހަމަޖެހޭނީ ހަފްތާއެއް ހައި ދުވަސް ފަހުން ކަމަށް އިވާން ބުނެފައިވާތީ އެއްފަހްތާ ފަހުން މެހެކް އާއި އިވާން ބައްދަލު ކުރަން ނިންމިއެވެ.

” ލޯބީ މިރޭ އެބައޮތް ކުޑަ މީޓިންއެއް އިނގޭ”. އާހިލްގައިގައި ބައްދާލަމުން މެހެކް ބުނެލިއެވެ.

” އެހެންތަ؟”. މެހެކްގެ އުނަގަނޑުގައި އާހިލް އަތް އަޅުވާލިއެވެ. ފަރުވާ ފެށުނުފަހުން ފެންނަ ފެނުމަށް، މިހާރު އާހިލް ކޮންމެވެސް ވަރަކަށް ރަނގަޅެވެ. އެމޫނުމަތިން ފެނުނު މަސްތީ ހިނިތުންވުމުން މެހެކްގެ ހިތުގެ ވިންދް އަވަސްވިއެވެ. އާހިލްގެ މޭގައި ބޯއަޅާލާފައި މެހެކް ލޯމަރާލަމުން ހިނިތުންވެލިއެވެ. އޭނާ ބޭނުންވަނީ މުޅިއުމުރަށް އާހިލް އެގޮތުގައި އޭނާގެ ގާތުގައި ހުންނާށެވެ.

އެރޭ މެހެކް ލީ މެރޫން ކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމަކާއި ކަޅު ސްކިނީ ޖިންސެކެވެ. ދެން އިސްތަށިގަނޑު އާދައިގެ ގޮތަކަށް އައްސާލިއެވެ.

” ހާދަ ރީއްޗޭ މަގޭ ރާނީ”. އާހިލް ފުރަގަހުން އައިސް މެހެކްގެ ގައިގައި ބައްދާލިއެވެ.

“ވަރަށް އަވަހަށް އަންނާނަން އިނގޭ ލޯބީ”. ލޯގަނޑުން އާހިލްގެ މޫނަށް ބަލާލަލަމުން މެހެކް ބުނެލިއެވެ.

 

ބޭރަށް ނުކުމެ ޓެކްސީއަކަށް އަރައި ދާނެ ތަން ބުނެލުމާއެކު ޑްރައިވަރު މަންޒިލަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.

ދެމީހުން ބައްދަލުކުރީ ސިޓްރަންގެ ހިތްގައިމު މާހައުލުންނެވެ. ކާތަކެތީގެ މީރުވަސްތަކުން ހިތަށް ތާޒާކަން ގެނުވަމުން ދިޔައެވެ. ރޭގަނޑުގެ ވަގުތުކަމުން މުޅިތަން އޮތީ އެއްކޮންހެން ފުލް ވެފައެވެ.

” މެހެކް އިރާދަކުރެއްވިއްޔަ ހުރިހާ ކަމެއްވެސް ހަމަޖެހިއްޖެ. ދެން މެހެކް ފައިސާ ހޯދާކަށް އިތުރު މަސައްކަތެެއް ކުރާނެ ކަމެއް ނެތް”. އިވާން ހިނިތުންވަމުން ބުނެލިއެވެ.

” އިވާންގެ ތިޔަ ހެޔޮކަން އަަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން.. އެކަމަކު ތި ފައިސާ އަހަންނަށް ދޭން ވާނީ އަނބުރާ ދައްކާ ގޮތަށް”. މެެހެކް ބޭނުންވި ގޮތް ހާމަކުރިއެވެ.

” އަހަރެން ބޭނުންވަނީ އާހިލްގެ އެބޮޑުބައްޔަށް އަހަރެންގެ އަމިއްލަ ޚަރަދުގައި ފަރުވާ ކުރަން. އެއީ އަބަދުވެސް އަހަރެންގެ އުންމީދު”

” ނޫން މެހެކް ޕްލީޒް.. އެފައިސާ އަނބުރާ ދޭނެ ކަމެއް ނެތް. އާހިލް ގާތު ބުނޭ ހެޔޮއެދޭ ފަރާތަކުން އާހިލް އަށް ދިން ހަދިޔާ އެކޭ”. އިވާން ބުނެލިއެވެ.

” ނޫން އިވާން”.

“ނޫން މެހެކް.. އަނބުރާ ދައްކާ ގޮތަށް ނަގާ ނަމަ އެފައިސާ އަހަރެން ނުވެސް ދޭނަން”. ސަމާސާ ރާގެއްގައި އިވާން ހިނިތުންވެލުމާއެކު މެހެކް އަށް ވެސް ހެވުނެވެ.

” ކޮބާ ނޫރީން؟” އިވާން ދޫނުކުރުމުން މެހެކް އެންމެ ފަހުން މަޢުލޫއު ބަދަލު ކޮއްލިއެވެ.

” ނޫރީން ގޭގަވީ. އެއްދުވަހަކުން ނޫރީން އާ ބައްދަލު ކޮއްލަން ވާނެ ދޯ”.

” އިންޝާ ﷲ” ފުންނޭވާއެއް ދޫކޮއްލަމުން މެހެކް ހިނިތުންވެލިއެވެ. އެތައް ދުވަހެއް ފަހުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

” އެހެންވީމަ މިމަސް ނިމޭކޮޅު މެހެކްމެން ތައްޔާރުވާންވީ ފުރަން. ފައިސާ ލިބޭނެ ދެ ހަފްތާއެއް ހައި ދުވަސް ފަހުން އިރާދަކުރެއްވިއްޔަ. ކާކު ތިދެމީހުންނާ އެކުގަ ދަނީ؟ “.

ސުވާލުގެ ނަޒަރަކުން އިވާން މެހެކް ގެ މޫނަށް ބަލާލިއެވެ.

” އާހިލްގެ ކާފަ އަހަރެމެންނާއި އެކު ގެންދާނީ.. އޭރުން ރަނގަޅުވާނެ”. ވިސްނާލާފައި މެހެކް ބުނެލިއެވެ.

 

މެހެކް އަށް ގެއަށް އާދެވުނު އިރު ހުރީ ތަންކޮޅެއް ލަސްވެފައެވެ. ހިނިތުންވަމުން އޭނާ ކޮޓަރިއަށް ވަދެލިއެވެ. އޭރު ނިއްކުރީގައި އަތް އަޅާލައިގެން އާހިލް އޮތީ ނިދާފައެވެ. ހީވާގޮތުން ފިކުރުތަކެއްގައި އޮއްވައި އާހިލް އަށް ނިދުނީއެވެ. ނަމަވެސް ދެން އެފިކުރުތައް ކުރާކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެއެވެ. ފައިސާ މެހެކްގެ އަތަށް އެރުމާއެކު ހުރިހާ ވާހަކައެއް އާހިލް އަށް އޭނާ ކިޔާދޭނެއެވެ.

އެތައް ދުވަހެއް ފަހުން ހިތައް ލިބެމުން ދިޔަ ހިތްހަމަޖެހުމާއި އަރާމުގައި މެހެކް އެނދުގައި އޮށޯއޮވެލާފައި ލޯމަރާލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

ޢަޞްރު (ތެއާޅީސްވަނަ ބައި)

Next

ހިތާ ފުރާނައިގެ ދިރުމޭ

Next
February 12, 2017

ހިތާ ފުރާނައިގެ ދިރުމޭ

Previews
February 12, 2017

ޢަޞްރު (ތެއާޅީސްވަނަ ބައި)

23 Comments!

  1. mau says:
    February 12, 2017 at 1:10 pm

    Mi part vx vvvv reethi…

  2. Xum says:
    February 12, 2017 at 1:12 pm

    V reeth

    1. shafu says:
      February 12, 2017 at 7:38 pm

      Thank alot mau and xum ❤❤

  3. wasee says:
    February 12, 2017 at 1:18 pm

    alhe v reethi dhen kon irakun up kohlaanee

    1. shafu says:
      February 12, 2017 at 7:41 pm

      Thankx alot wasee.. in sha Allah tuesday ga ingey ☺

  4. shelly says:
    February 12, 2017 at 1:22 pm

    sad and varaaahreethi

    1. shafu says:
      February 12, 2017 at 7:39 pm

      Thankx alot shelly.. thi dey supportah.. ☺

  5. lara says:
    February 12, 2017 at 1:23 pm

    v v reeeeeeethi

    1. shafu says:
      February 12, 2017 at 7:42 pm

      Thankxxxxx alot lara ☺

  6. Nashaa says:
    February 12, 2017 at 2:11 pm

    Thanks avahah up kodhinyma. Next part tuesday ga dho

    1. shafu says:
      February 12, 2017 at 7:32 pm

      Nasha ahvx vv bodah thankx ingey.. alhamdlillah alhugand mihaar rangalh and labba tuesday ga up kuraanan in sha Allah.. ??

  7. Petite says:
    February 12, 2017 at 2:15 pm

    Varah varah varah reeeethi .. love this story ❤❤

  8. Inu says:
    February 12, 2017 at 3:09 pm

    Nice keep it up… All the best

    1. shafu says:
      February 12, 2017 at 7:36 pm

      Thankx alot petite and inu always supporting me.. ❤❤

  9. ReeXa says:
    February 12, 2017 at 3:49 pm

    Nice..alhe Aahil numaraalahchey.. waiting for the next part

    1. shafu says:
      February 12, 2017 at 7:45 pm

      Thankx alot Reexa. ❤. next part tuesday ga in sha Allah..

  10. Anonymous says:
    February 12, 2017 at 4:22 pm

    V reeti

    1. shafu says:
      February 12, 2017 at 7:45 pm

      Thankx alot anonymous.??

  11. Khajja says:
    February 13, 2017 at 12:13 am

    Wow masha allah v rythi

  12. hawwa says:
    February 13, 2017 at 9:01 am

    Mashaa Allah v reethi mi part ves

    1. shafu says:
      February 14, 2017 at 2:33 pm

      Thankx alot khajja and hawwa ❤❤

  13. Rozaina says:
    February 14, 2017 at 10:57 am

    Haadha reehchay mivaahaka ekamu massalayakee maa kurukoh lahun upkohdhaytheeve ekan ragalhu kohdhee igay

    1. shafu says:
      February 14, 2017 at 2:37 pm

      Thankx alot Rozaina.. aslu vaa gothaky alhugand thankolheh buxi veema ingey.. kuda kuda baby eh ihnaane alhugand ge.. dhn baby reygand nidhyma story liyany.. ehenve de dvahun eh dvahu up kureveny.. v ufaavehje comt kollyma.. ❤

Comments are closed.


All Right Reserved!