އާޒިމްގެ ލޮލުން އިންތިހާ ނަފްރަތު ފާޅުވާން ހުރިއިރު އޭނާ ބަލަން ނުހުރެ ހަރު ފިޔަވަޅުތަކެއްގައި ރިއުމާންއާއި ދިމާއަށް އަންނަން ފެށިއެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިނުލައި ރިއުމާން ހުރީ އޭނާގެ ގޮތުގައި ކޮންމެ ކަމެއް ކުރިމަތި ވިއަސް ފަސް ނުޖެހޭން ނިންމައިގެންނެވެ.”ކީއްކުރަނީ ތި މިތާ؟ ދޭ ހަމަ މިހާރު!” އާޒިމް އައިގޮތަށް އައިސް އަމުރު ކުރުމުން ރިއުމާން ހައިރާންވިއެވެ. އޭނާ ދެކެ އާޒިމް އެހައި ރުޅިއައިސްފާނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭރު އައްޔާދް […]
ލޯގަނޑު ކުރިމަތީގައި ހުރެ ޔޫއާން ތައްޔާރުވަމުން ދިޔައެވެ. ހިތްހަމަޖެހޭ ވަރަށް އިސްތަށިގަނޑު ހަދާލުމަށްފަހު، ޝާޔާއަށް ގުޅާލަން އުޅެނިކޮން ނޫރީން އެކޮޓަރިއަށް އައިސް ޔޫއާންގެ ގާތުގައި ސަލަފް ގޮވާކަމުގައި ބުނެލިއެވެ. ނޫރީންގެ ގާތުގައި ދަބަސް ތައްޔާރު ކޮށްދޭށޭ ބުނެ ޔޫއާން ގޮސް ސަލަފްގެ ކޮޓަރިއަށް ވަންއިރު ސަލަފް އިނީ އެކޮޓަރީގެ މޭޒުދޮށުގައި ފައިލެއް ހުޅުވައިގެންނެވެ. ޔޫއާން ވަނުމުން އިސްއުފުލާ ބަލާލިއެވެ. ސަލަފްއަށްވުރެ ހަށިގަނޑު ފުޅާވެފައި ފިރިހެންވަންތަކަން އެބަހުއްޓެވެ. ”ފުރުމުގެ ކުރިން މި ލިޔުންތަކުގައި ސޮއި ކޮށްދީބަލަ. ތީގައި އިންނާނެ […]
ޝާކިންގެ މިފަދަ ދަޅަތަކަށް އަހަރެން މި ހެއްލެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެކެ ލޯބިވިޔަސް އޭނާއާމެދު މިފަދަ ގޮތް ގޮތަށް ޚިޔާލުކުރާކަށް އަހަރެން ނުޖެހެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އަހަރެން އެނދުގައި އިށީނީމެވެ. އަހަރެންމީ ޝާކިންއަށް ޖާސޫސްކުރަން އުޅޭ މީހެކެވެ. އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ. ދެއަތް މުއްކަވާލަމުން އަހަރެން ބޮލުގައި މަޑުމަޑުން ޖަހާލީމެވެ. އަހަންނަށް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އަހަރެން ޖީބުގައި އޮތް ފޯނު ނަގައި ލެޕްޓޮޕާ ކަނެކްޓްކޮށްލުމަށްފަހު މިޔަދު އަހަންނާ ޝާކިންއާ ދެމެދު ދެކެވުނު […]
އެއީ ކީއްވެ..؟ 6 ވަނަ ބައި އެކަމަކު ދެންމެ އޭނާ ކާރީ ބުނީމެއްނު ޢީދަށް މާލެ ދާވާހަކަ ހުރިހާ މުނާސަބަތެއް އޭނާ ކާރީ މަށައް އޮތީ ކޯޗެއް؟ ކަލޭގެ ހަޔާތުގައި އަހަރެންނަކީ ކިރުތައްޓަށް ވެއްޓިފައިވާ މެއްސެއްފަދަ” ރިޝްމީ މިހެންބުނެފަ ރޯންފެށިއެވެ. ޝާހިދުގެ މަކަރުވެރި ވާހަކަ ތަކުން ރިޝްމީގެ ރުޅިމަޑުވާގޮތްވިއެވެ. “ލޯބިވެރިޔާ އަހަރެން ކަލާ ބޭނުން ހުރިހާ އެއްޗެއް ލޯތްބާއި ފައިސާއިން ނުދެންތަ؟..ދެން އެއީ އަނބިމީހާ ޖެހޭނެނު އޭނާ ހަމަޔަކަށް އަޅުވަން އަދި ކައިވެނީގެ ކުރީކޮޅު މަމިހިރީ މިތަނަށް […]
” އާހިލް” އަޑަށް ލެވުނުހާ ބާރެއްލާފައި މެހެކް އަށް ގޮވާލެވުނެވެ. އޭރު އާހިލް އޮތީ އަރިއަކަށް އެތަނަށް ވެއްޓިފައެވެ. ދޮން ފަސްގަނޑުގެ ތެރެއަށް އޭނާގެ މޫނު ވަދެފައިވީ އިރު، އަނގައިން ބަހެއް ބޭރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު އާހިލްގެ އަތް މެހެކް އާއި ދިމާއަށް ދިއްކުރަމުން ދިޔައެވެ. މުޅި ލޯވަނީ ކަރުނުން ފުރިފައެވެ. ކުއްލިއަކަށް އޭނާގެ އަތް ވެއްޓުނެވެ. އެތަންފެނި މެހެކްގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ އަށް މޭގައި އަތް އަޅާލެވުނެވެ. ބާރުބާރަށް ދުވަމުން […]
ކާރުން ފޭބި ލައިބާ ކުރިމަތީގައި ހުރި އިމާރާތަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ފުންނޭވާއެއް ލަމުން އޭނާ އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އެއިމާރާތުގެ އެތެރެއަށް ވަދެ ލިފްޓަށް ބަޓަނަށް ފިއްތާލިއެވެ. އައްޔާދް މިވަގުތު ގޭގައި އުޅޭކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. ގުޅަން ނުކެރިގެން އޭނާ ސީދާ އެގެއަށް އައީ ކުރިމަތިން ފެނުމުން ވާހަކަ ދައްކަން މަޖުބޫރު ވާނެތީއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއި އެކު އެތެރެއަށް ވަދެ ދާންވީ ފަންގިފިލާއަށް ފިއްތާލިއެވެ. ދޫކޮށްލެވިފައި އޮތް ކުރު […]
ފޯން ނުނެގުމުން އާހިލް ގުޅާނެ ކަމުގެ އުންމީދުގައި މެހެކް މަޑުކޮއްލައިގެން ހުއްޓެވެ. ނަމަވެސް އާހިލްގެ އެއްވެސް ޚަބަރެއް ނުވިއެވެ. ގެއަށް ގޮސް ކޮންމެވެސް ކަމެއްގައި، އާހިލް އުޅެނީ ކަމަށް ވިސްނާފައި އޭނާ ޓެކްސީ އަކަށް ހަނާއަޅަނ ފެށިއެވެ. އޭނާ ބޭނުން ވަނީ އަވަހަށް ގެއަށް ދާށެވެ. ޓެކްސީ އެއް މަޑުކޮއްލުމާއެކު، އަވަސް އަވަހަށް ޓެކްސީ އަށް އަރާ އޭނާ ހަމަޖެހިލިއެވެ. އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް ބަލާލެވެއެވެ. ދެން ފުންނޭވާއެއް ދޫކޮއްލަމުން އޭނާ އަށް ދެފަރާތައް ބޯ ހޫރުވާލުވުނެވެ. […]
އަހަރެން ކޮޅަށް ތެދުވެ ދެކޮޅު ދެކޮޅަށް ހިނގަން ފެށީމެވެ. އޭރު ހިތުގައި އުފެދެމުން ދިޔައީ ތަފާތު ޝުޢޫރުތަކެކެވެ. އަރޫން އަހަރެންގެ ޖަވާބެެއްގެ އިންތިޒާރުގައި މަޑުމަޑުން އިނެވެ. އަހަރެން ވިސްނަމުން ގެންދިޔައީމެވެ. ޤައުމަށްޓަކާ އަހަރެންގެ މި ހިތް ފުނޑުފުނޑު ވިޔަ ދޭންވީ ހެއްޔެވެ؟ އިރުކޮޅެއް ފަހުން އަހަރެން އަރޫން ގާތަށް އައިސް ހުއްޓުނީމެވެ. އަދި ހަށިފުރާ ނޭވައެއް އެތެރެކޮށްލީމެެވެ. “ފައިން.. އަހަރެން އެކަން ކުރާނަން..” ސާބިތުކަމާއެކު އަހަރެން ބުނެލީމެވެ. އެއާއެކު އަރޫންގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. އޭނާއަށް […]
މާޒީ ގެ އެންމެހާ ކިޔުންތެރިންނަށް މި ސިލްސިލާގެ ދަށުން އަޅުުގަނޑު ލިޔަމުން ގެންދިޔަ ވާހަކަ ކުޑަ ދުވަސްކޮޅެއްގެ މެދު ކެނޑުމަކަށްފަހު އަލުން ލިޔަން ފަށަން ގަސްތުކުރާކަމުގެ އުފާވެރި ޙަބަރު އަޅުގަނޑުގެ އެންމެހާ ކިޔުންތެރިންނަށް އަރުވަމެވެ.އަދި މި ފަހަރު ވާހަކަ މެދު ނުކެނޑި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ތިޔަ އެންމެހާ ފަރާތްތަކަށް އަރުވަމެވެ.