ހިތާ ފުރާނައިގެ ދިރުމޭ (1)
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާ ހުރީ ތުރުތުރު އަޅައެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ދެމިފައިވާ ގޮތުން އިތުރު ދިހުމެއް ހުއްޓެވެ. އެބޯވާރޭތެރޭގައިވެސް އޭނާ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުންވެސް އޭރު ލޭ އާދެއެވެ. ލައިގެން ހުރި ހެނދުމުގެ މޭމަތިން ބޮޑު ބައެއް ހަލާކުވެ ފެންނަން އޮތްއިރުވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ހެނދުމުގެ އެއްފަރާތުން އިރާލާފައިވާބައި އޭގައި ނުވެސް ނެތެވެ. އެހެންކަމުން ފުރަގަހުންވެސް ގައި އޮތީ ފެންނާށެވެ.
“ރޫބީ…” ފަހަތުން އެ ރުޅިވެރި އަޑު ޖެހުމުން އެކުއްޖާ ބަލާލައިފިއެވެ. އަދި އޭނާގެ ދެފަޔަށް ލެވޭހައި ބާރެއްލާފައި ކުރިއަށް ވުރެ ބާރަށް ދުއްވައި ގަނެއްޖެއެވެ.
ފަހަތަށް ބަލަމުން ދުވަމުން ދިޔަ ރޫބީގެ ހިތް އޭރު ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. މިވީ ހުރިހާ އިރު ނުރޯން އަނގައިން ބަހެއްވެސް ނުބުނެ ހުރި ކުއްޖާގެ އެރުއިން ގިސްލެވުމަކަށް ބަދަލު ވެއްޖެއެވެ. ދުވަމުން އައިސް މަޖީދީ މަގަށް ނިކުމެ ވުނުއިރުގައިވެސް އޭނާއަށް ނޭނގެއެވެ. އޭރު ރޫބީއާއި ދިމާލަށް ބާރު ސްޕީޑުގައި ކާރެއް ދުއްވާފައި އަންނަކަންވެސް އޭނާއަށް ނޭނގެއެވެ. އެކާރު އައިސް ރޫބީގެ ގައި ޖެހި އޭނާ ދިޔަރީ ބުރައި ގެންނެވެ. މާދުރަށް ބުރައިގެން ގޮސް އޭނާ ބޯޖެހުނީ ފޭމެންޓް މަތީގައެވެ. ރޫބީގެ ފަހަތުން ދުވަމުން އައި މީހާ އޭރު ހުއްޓުނީ އެހެން މީހުން އޭނާއާއި ކައިރިވާން ފެށުމުންނެވެ. ނަމަވެސް އޭނާ އެތަނުން ފިލައިފިއެވެ. ރޫބީގެ ބޮލުން ފައިބަމުންދިޔަ ލޭތައް އޭރު ވާރެއާއު އެކުވެގެން މުޅި ހިސާނު ގަނޑު ރަތްކުލައިން ފުރާލައިފިއެވެ.
“ރަޔާ… ބަލަ ރަޔާލް…” ނިދިފައި އޮތް ރަޔާލަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާއަޑަށެވެ. އަނެއްކަވެސް ހަމަ އެހުވަފެނެވެ. ދެލޯ ހުޅުވާލުމާއެކު ބޮލަށް އަރައިގެން ދިޔަ ތަދުން ރަޔާލް އިސްތަށިގަނޑުގައި ހިފާއި ތިރިއަށް ދަމާލައިފިއެވެ. މިހާރަކަށް އައިސް އޭނާއަށް ކޮންމެ ދެތިން ދުވަހުން އެ ހުވަފެން ފެނެއެވެ. އޭނާ އެމީހެއްގެ ފަހަތުން ފިލަން ދުވި ނަމަވެސް ރޫބީގެ ނަމުން ގޮވާތީ އޭނާ ވަރަށް ހައިރާން ވެއެވެ. ރޫބީއޭ ކިޔާ ކުއްޖެއް ދުވަހަކު ރަޔާލް ދަންނަނީ އެއްވެސް ނޫނެވެ.
“އަނެއްކާވެސް ހުވަފެނެއް ފެނުނީދޯ…” އާމިރާ ލޯތްބާއެކު އެހެން ބުނެލަމުން ރަޔާލްގެ ބޮލުގައި ފިރުމަލައިފިއެވެ. ކޮލެޖް ގަޑި ޖެހެނީ ކަމުގައި ބުނުމުން ރަޔާލް ރަޖާގަނޑު އެއްލާލާފައި ފާހާނައާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. ހަވީރުގައި އޭނާ އޮށޯވެލީ ފޮތް ކިޔާށެވެ. ވިއްސާރަކޮށް އޮތުމުން ނިދުނު އިރެއްވެސް ނޭނގެއެވެ.
އެހެން ރޭތަކާއި ހިލާފަށް މިރޭގައި މުނި ދުނިޔެ ވަނީ ކަޅު ވިލާތަކުން ބައްދާލާއިފައެވެ. މަގުމަތިން ހިނގަމުން ދިޔަ އެންމެންގެވެސް ހިނގުމަށްވަނީ އަވަސްކަމެއް އަތުވެފައެވެ. ސޯސަންމަގު ހުރި ކޮލެޖަކުން ކުދިންތައް ނިކުންނަށް ފެށުމުން އެހިސާބުގަނޑު ހަނލަބޮލި ވެއްޖެއެވެ. ވާރޭ ތިކިތައްވެސް ވެހެންފެށި ހަމަ އެވަގުތުގައެވެ. ހީވަނި އެކުދިންތަކުގެ އިންތިޒާރުގައި ހުރި ހެންނެވެ. އެހެން ކުދިންނާއި ވަކިން ހިނގަމުން އައި ރަޔާލް ގޯޅިއަކަށް އަޅައިލީ ވާރޭ ބޯކޮށް ވެހެން ފެށުމުންނެވެ. އަސްކަނި ދަށުގައި ހުރުމަށްފަހު ކައިރީގައި ހުރި ފާމަސީއަކަށްވަނީ ވާރޭގެ ތިކިތައް ގައި ޖެހެން ފެށުމުންނެވެ. ހީވަނީ ވަރަށް ލަދުން ހުރި ހެންނެވެ. ކުޑައިރުއްސުރެ ވާރޭދެކެ ބިރު ގަންނަ ކުއްޖާ އަދިވެސް އެބިރު ފިލާނުދެއެވެ. އިސްޖަހާލައިގެން ހުރުމަށްފަހު ކައުންޓަރ ކައިރިއަށްގޮސް މެންޓޮސްއެއް ގަނެފިއެވެ.
ރަޔާލް އެހެން އިންއިރުވެސް ދޭތެރެއަކުން އިސްތަށިގަނޑު ރަނގަޅު ކޮއްލައެވެ. އެހެން މީހުނާއި ތަފާތު ކަމެއް އޭނާގެ މިޒާޖުގައި ވެއެވެ. އެ ފަންފަން އިސްތަށިގަނޑު ކަނދުރާއަށްވުރެ ތިރިއަށް ކޮށާލާފައި ވާގޮތުން އުމުރަށްވުރެ ޅަގޮތެއް ހުރެއެވެ. އާދައިގެ އިސްކޮޅެއްހުރެފައި ލައިގެން ހުރީ ގަޔަށް ވަރަށް ދޫކޮއް ފަހާފައިވާ ގަމީސްފާޑުގެ އެއްޗެކެވެ. ތިރިން ހަމަ އެހާމެ ދޫ ހަރުވާޅެކެވެ. ހަންގަނޑު އެހާ އަލިނުވެފައި މީހާރު މިއުޅޭ ކުދިންހެން މޫނުގައި ފައުންޑޭޝަންވެސް ހާކާލާފައެއް ނުވެއެވެ. އިސް ޖަހާލައިގެން ހުރުމުން ލޮލުގެ އެސްފިޔަތައް ވަރަށް ދިގުކަން އިނގެއެވެ. ވާރޭ އެއްކޮށް ހުއްޓާލުމުން ރަޔާލް އެތަނުން ނިކުންނަން ހިނގައި ގަނެއްޖެއެވެ. ކެއްސަމުން އައިސް އަތުގައި އޮތް ޕާސް ވެއްޓުމުން އޭނާ ގުދުވީ އެނެގުމަށެވެ. ތެދުވި ތަނާހެން ދޮރުން ވަތް މީހާގެ ގައިޖެހިފައި އޭނާގެ އަތުން އަނެއްކާވެސް ޕާސް ވެއްޓިއްޖެއެވެ.
“އައްޗި… ބަލައިގެން އުޅެބަލަ..” ޖީބުން ރުމާލެއް ނަގަމުން އެ ފިރިހެންމީހާ އަތާއި ތަންތަން ފުހެލައިފިއެވެ. ހީވީ އޭނާގައި ނަޖިހެއް ޖެހުނުހެންނެވެ. ބިރުން ހުރި ކުއްޖާ އަވަހަށް އެތަނުން ނިކުމެގެން ދުއްވައި ގަތީއެވެ.
“މެޑަމް.. މެޑަމް…” ކައުންޓަރ ގައި އިން މީހާއަށް ތިރިން އައި.ޑީ ކާޑު ނެގިތަން ފެނުމުން ދެތިން ފަހަރަކު ދުވަމުން ދިޔަ ރަޔާލްއަށް ގޮވާލިއެވެ. ނަމަވެސް އޭނާ ފަހަތަށް އެނބުރި ބަލާވެސް ނުލައެވެ.
“ޔާން… ކަލޭ ހާދަ ލަސްވީ..” ދުރުގައި ހުރި ސަމާހު އައިސް ޔާސީން ގައި ޖަހާލަމުން ބުނެލައިފިއެވެ.
“ނޭނގެ ފާޑަކަށް ހުރި މީހެއްގައި ޖެހުނީ.. އަދި މިވެސް ބާއްވާފަ އެދިޔައީ” މޫނު ހަދާލަމުން ޔާސީން އެތަނުގައި އޮތް އައި.ޑީ ކާޑު ސަމާހުއަށް ދައްކަލައިފިއެވެ.
“ރަޔާލް ރިޔާޒް..” ސަމާހް އެހެން ބުނުމުން އެކާޑު ޖީބަށް ލާން ދިމާކޮއްލައިފިއެވެ. ނަމަވެސް ޔާސީން އެ ބޭއްވުމަށް ބުނެފައި އެތަނުން ދާން ހިނގައި ގަނެއްޖެއެވެ. ސަމާލު ބޭނުންވީ އެހިފައިގެން ދާށެވެ. އޭނާ ކުރު ނުކުރާނެ އިނގުމުން އެންމެ ފަހުން ޔާސީން އެކާޑު ނަގައި ޓިޝޫއަކުން ފުހެލާފައި ވޮލެޓަށްލީ އޭގެއަށް ބަލާވެސް ނުލައެވެ.
ރަޔާލް ދުވަމުން އައިސް ގެއަށްވަން ވަންއިރު ވާރޭ އަނެއްކާވެސް ވެހެން ފަށައިފިއެވެ. ކުޑަކޮށް ރަޔާލްގައި ތެމިފައިވުމުން އޭނާ ބިރުން ތުރުތުރު އަޅައެވެ. އެކަމާއި އެންމެ ދެރަވީ އާމިރާއެވެ. ދަރިފުޅު އެހެން ހުރިތަން ފެނުމުން އޭނާގެ ހިތުގައި އަބަދުވެސް ޖެހެއެވެ. އަދިވެސް އެކުއްޖާގެ ކިބައިން އެގޮތްތައް ކެނޑޭކަށް ނޫޅެއެވެ. އާމިރާ ރަޔާލް ބަލަންފެށީ ރަޔާލްގެ އުމުރުން 8 އަހަރުގައެވެ. ރަޔާލަކީ އޭނާގެ ދޮންދަރިއެކެވެ. އާމިރާއަށް އެންމެ ހަދު ދަރިފުޅު ރިފާއުއަށް 3 އަހަރުގައި ރިޔާޒް ވަނީ އެހެން މީހަކާއި އިނދެފައެވެ. އަންހެން ދަރިއެއް އޭނާއަށް ނުލިބުނީ ރަޔާލް އޭނާގެ ނަސީބުގައި އޮތީމަ ކަންނޭނގެއެވެ. ތުވާލި ގެނެސް ރަޔާލްގެ ބޮލުގައިވި ފެންތައް ހިއްކަމުން އާމިރާ ހުރެގެން އެއްޗެހި ކިޔައެވެ. ޝަބީންއާއި ރިފާއުވެސް ގެއަށް އައިސްވަނީ އެވަގުތުގައެވެ. މަންމަ ހުރެގެން ރަޔާލްއާއި ދިމާލަށް އެއްޗެހި ކިޔާތަން ފެނުމުން ދެމީހުން އައިސް އެތަނުގައި މަޑު ކޮއްލައިފިއެވެ.
“މަންމަގެ ރަންދަރިއަށް ކިހިނެއްވީ؟..” ޝަބީން އެހެން ބުނުމުން ރަޔާލް ދޮންބެއަށް ދެލޯ އަޅާލައިފިއެވެ. ޝާބީންއާއި ރިފާއުއަށްވަނީ އޭނާގެ މަންމަގެ ރީތިކަން ލިބިފައވެ. އެދޮންކަމާއި އެއްވަރަށް އެދެކުދިން އެހާމެ ފިރިހެން ވަންތައެވެ. ދެކުދިންވެސް ކޮއްކޮދެކެ ވަރަށް ލޯބިއެވެ. ނަމަވެސް ރަޔާލް ހުންނަނީ ވަރަށްވެސް ތަފާތު ކޮށެވެ. ރަޔާލަށް ލިބިފައިވާ ދިގު އެސްފިޔަތަކާއި މަޑު މަޑު މުށި ކުލައިގެ ކަޅިން އެލޮލުގައި ހާއްސަ ގޮތެއް ހުރެއެވެ.
“ދައްތަގެ ރަންދަރިއަށް ކިހިނެއްވީ؟؟” ގެއަށް ވަދެގެން އައި މައުވާވެސް އެމީހުނާއި އެއްބައި ވެލައިގެން ފައްޓައިފިއެވެ. މައުވާއަކީ ރިޔާޒްގެ ބޭބެގެ ދަރިއެކެވެ.
“ރަޔާ މިހެން އުޅުން ހުއްޓާލާ ކޮން ދުވަހަކުހޭ މިކިޔަނީ..” އާމިރާ އަދިވެސް އިނީ ރަޔާލްގެ ބޮލުގައި ފެން ހިއްކާށެވެ.
“ދޮންތި ހިނގާބަ.. އަޅުގަނޑު އެބައޮތް އެއްޗެއް އަހަން ވެފަ..” މައުވާގެ އަތުގައި ހިފާ ދަމާލަމުން ރަޔާލް އެތަނުން ހިނގައި ގަނެއްޖެއެވެ.
މައުވާ ކައިރީގައި ވާހަކަ ދައްކަން އިނުމަށްފަހު ރަޔާލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހީވަނީ ޖަންގައްޔަކަށް ވަދެވުނު ހެންނެވެ. އެކި ދިމަދިމާލުން ފެންނަންހުރީ ފެހި ކުލައެވެ. މަޑު ފެހި ކުލައާއި ގަދަ ފެއްސެވެ. މުއްސަނދި ބައްޕައެއްގެ ދަރިއެއްކަން އެކޮޓަރިއަށް ވަނުމުން އިނގެއެވެ. ނަމަވެސް ބޭރު ތެރޭގައި އުޅޭއިރު އޭނާ ހުންނަ ގޮތުން ހީވާނީ މުޅިން އެހެން މީހެއް ހެންނެވެ. ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތުމުގެ ބަދަލުގައި ރަޔާލް ނިކުމެލީ ބެލްކަންޏަށެވެ. ލައިގެން ހުރި އަތްދިގު ޓީސާޓާއި އަދި ހަރުވާލުން އޭޏާހުރީ ފިނިވެފައިކަން އިނގެއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރެއަށް ބަލަހައްޓައިގެން އިން ރަޔާލް ސިހުނީ ޖެހިގެން ހުރި ގޭގެ ކުރިމަތީގައި ހުއްޓުނު މީހާ ފެނުމުންނެވެ. ލޯ އުނގުޅާލުމަށްފަހު އަނެއްކާވެސް ޔަޤީންކޮއްލަން ރަޔާލް ބަލާލައިފިއެވެ. އެއީ ފާމަސީ ތެރެއިން ފެނުން މީހާއެވެ.
އޭނާ އަދިވެސް އެތާނގައި މަޑުކޮއްލައިގެން ހުރީއެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު އެއީ ފިރިހެންވަންތަ ކަމުގެ މިސާލެކެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ވާއިރު އެމޫނާއި ދެލޮލުގައިވަނީ ޖާދުވީ ގޮތެކެވެ. ތިރިއަށް ގޮސް އެމީހާ ކައިރީގައި ހުއްޓުނު މައުވާ ފެނުމުން ރަޔާލް ގޮނޑީގައި އިށީނދެލައިފިއެވެ. އެފަދަ ރީތި މީހުންނާއި ގުޅޭނީ އޭނަގެ ދޮންތި ކަހަލަ ކުދިންނެވެ. އެދެމީހުން އެތާނގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި މައުވާ ގެއަށް ވަދެއްޖެއެވެ. އޭރު ރަޔާލަށް އިނީ ގޮނޑީގައި ނިދިފައެވެ.
“ކާކު އޭނީ؟..” ޔާސީން ގެއަށް ވަންނަން ދިޔަ މައުވާއަށް ބެލްކަނީގެ އިން ރަޔާލް ދައްކާލަމުން އަހާލައިފިއެވެ.
“ކޮކީ… އަނެއްކާ އެތާނގަ އިނދެގެން ނިދީއޭ” އެހެން ބުނެފައި ދަނީ ކަމުގައި ބުނެ ގޭޓު ހުޅުވައިލައިގެން މައުވާ އެތެރެއށް ހިނގައްޖެއެވެ.
ޔާސީން ބެލްކަނީގައި އިން ރަޔާލް ރީތިކޮށް ފެނޭތޯ ފައި އުފުލާފައި ބަލާލައިފިއެވެ. ބެކްކަންޏަށް އަޅިފައިވާ ފަޑުއަލިން ގޮނޑިގައި އިން ރަޔާލް ފެންނަ ގޮތެއް ނުވިއެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ކުރިއަށް ހިނގައިގަތީ އޭނާއައި ކާރާއި ދިމާއަށެވެ. ނިދިފައި އިން ރަޔާލަށް ހޭލެވުނި އަނެއްކާވެސް ވާރޭ ތިކިތައް އޭނާގެ ގައި ޖެހެން ފެށުމުންނެވެ. ހީވީ ބިރުވެރި އެއްޗެއް ޖެހުނު ހެންނެވެ. ތެދުވެގެން ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލައިފިއެވެ. އެރޭގައި ރަޔާލް ނިދުނީ ވަރަށްވެސް އަރާމް ކޮށެވެ. ހެނދުނު ހެނދުނާ ހޭލައިގެން ބޭރަށް ނުނިކުންނަން އޭނާ އޮތީ ކޮޓަރީގައި ފިނި ހިފާފައި ވާތީއެވެ. އެހާވެސް އަރާމެވެ.
ޔާސީން މައުވާއާއިއެކު އައިސް ގެއަށްވަނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އޭރުވެސް ވާރޭ ވެހުން ހުއްޓާނުލައެވެ. އާމިރާއަށް ޔާސީން ފެނުމާއެކު ޒުހައިރާގެ ދަރިކަން އެނގިއްޖެއެވެ. ޔާސީންގެ އާއިލާ މެލޭޝިޔާއަށް ބަދަލުވީ ރަޔާލް އެގެއަށް ނުވެސް އަންނަނީހެވެ.
“ޔާނުތަ؟ ތީ ހަމަ ޔާސީންތަ؟” އާމިރާ ގޮސް ޔާސީންއަތަށް ކުޑަ ތުވާލި ކޮޅެއް ދިއްކޮއްލަމުން ބުނެލައިފިއެވެ.
“ދައްތާ ކޮބާ ކޮކީ” ގޭތެރެއިން ރަޔާލް ފެންނަން ނެތުމުން މައުވާ ހޯދަން ފަށައިފިއެވެ.
“ތި ކޮކީ އަށެވެސް 19 އަހަރު ވެއްޖޭ ދަރިފުޅާ… އަދިވެސް ނާދޭ ބޭރަށް..” އާމިރާ ބަދިގެއާއި ދިމާލަށް ދަމުން ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ.
“މައު އަހަރެން ބޭނުން އިސްތަށިގަނޑު ރީތިކޮއްލަން..” ތުވާލި ކައިރީގައި ހުރި ގޮނޑިމަތީގައި ބާއްވާފައި ބުނެލައިފިއެވެ.
“ހޫމް ރީއްޗޭ… ދެވަނަ ބުރީގައި ހުންނާނެ އަހަރެންގެ ކޮޓަރި” މައްޗަށް އިނގިލި ދިއްކޮށްލަމުން މައުވާ ބުނެލައިފިއެވެ.
ޔާސީން ސިޑިން އަރައިގެން އެދިމާލަށް ހިނގައި ގަނެފިއެވެ. އެންމެ ގާތުން ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެއްޖެއެވެ. ރަޖާ ދަށުގައި އޮތް ރަޔާލްއެއް ޔާސީނަކަށް ނުފެނެއެވެ. އެކޮޓަރި ފެހިކަމުން ލޮލަށް ވަރަށްވެސް ފަސޭހައެވެ. އަނެއްކޮޅުން ބެލްކަނީގައި ހައްދާލާފައިވާ އޯކިޑް ގަސްތައް ފެނުމުން ޔާސީންގެ މޫނަށް ހިނިތުން ވުމެއް ވެރިވެއްޖެއެވެ. އެހާ ވަރަށް ކޮޓަރީގެ ތެރެއަށް ނުބަލައި އޭނާ ވަދެގެން ދިޔައީ ފާހާނާއަށެވެ. ފާހާނާގެ އިސްކުރު ދޫކޮއްލަމުން މޫނު ދިވެލުމަށްފަހު ދެން އޭނާ އުޅުނީ އިސްތަށިގަނޑު ރީތި ކޮއްލެވޭތޯއެވެ. އެނދުގައި އޮތް ރަޔާލްވެސް ފައި ކާތަމުން ކަހަލަ ގޮތަކަށް ހިނގާފައި އައިސް ފާހާނާއަށް ވަދެއްޖެއެވެ. މޫނު ދޮންނަ ތަށި ކައިރީގައި ހުރި މީހާ ފެނުމުން ރަޔާލް ގަތީ އަމަށަކު ބިރެއް ނޫނެވެ. ހަޅޭލަވައި ގަނެފައި އޭނާ އުޅުނީ ދުއްވައި ގަންނާށެވެ. ނަމަވެސް ފެންތަކުގެ ތެރޭގައި ފައި ޖެހިފައި އޭނާ އަރި އަޅާލައިފިއެވެ.
“ކެއަފުލް..” މޫނާއި އެހާ ކައިރިން އެ ފިރިހެން ވަންތަ އަޑު އިވުމުން ރަޔާލް ތެޅި ގަނެއްޖެއެވެ. ނަމަވެސް ޔާސީން ހުރީ އޭނާގެ އުނަގަނޑާއި ދިމާލުން ހިފަހައްޓާލައިފިއެވެ. ދެލޯ މަރައި ލައިގެން އިން ރަޔާލްގެ މޫނަށް ބަލާލުމުން އެއީ ފާމަސީ ތެރެއިން ފެނުނު އަންހެން ކުއްޖާކަން ޔާސީންއަށް އެނގިއްޖެއެވެ.
“ޔޫ.. އަހަރެންގެ ކަޔަށް ކިނބިހި އެޅި..” އެހެން ނުބުނެވިގެން އުޅެނިކޮށް މައުވާ އައިސް އެތަނަށް ވަދެއްޖެއެވެ.
“ކޮކީގެ އަޑު އިވިގެން ދޮންތި މިއައީ..” މައުވާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑު ވުމެވެ. ޔާސީން އަވަހަށް ރަޔާލްގެ ހަށިގަނޑުން ދޫކޮއްލައިފިއެވެ. މައުވާ އާއިއެކު ދާން ނިކުމެފައި އޭނާގެ ވޮލެޓުން ރަޔާލްގެ އައި.ޑީ.ކާޑު ނަގާފައި އެތާހުރި މޭޒުމަތީގައި ބާއްވާލައިފިއެވެ.
“އޯކޭ ދޮންތީ..” އެހެން އިނދެފައި އާދައިގެ ރާގަކަށް ރަޔާލް ބުނެލައިފިއެވެ. ތަންކޮޅެއް ދުރުގައި ރަޔާލްގެ ހަރަކާތް ތަކަށް ބަލަހައްޓައިގެން ޔާސީން ހުރީ ސީރިއަސް ވެލާފައެވެ. އެއް ފަރާތަށް އެނބުރިގެން އިނުމުން އޭނާއަށް ރަޔާލްގެމޫނު ފެންނަ ގޮތެއ ނުވިއެވެ.
“މައުގެ އެކަހަލަ ކޮއްކޮއެއް ހުންނަ ކަމަކަށް ހިއެއް ނުކުރަން… ބަލާބަ ހުރި ފާޑު..” ޔާސީން އެހެން ބުނުމުން މައުވާގެ ފިޔަވަޅަށް މަޑުޖެހިލުމެއް އަތުވެއްޖެއެވެ.
“ޔާނު މެން ރީތި ފާހަގަ ކުރަނީ ދޮނާއި ކަޅުންކަން އަދި ކިރިޔާ މި އެނގުނީ.. އަދި ބުނަންތަ އެއީ އަހަރުމެންގެ ފުރާނަ… ރަޔާއާއި ދިމާލަށް ދެން ތިކަހަލަ އެއްޗެކޭ ބުނާއަޑު ނީވުނިއްޔާ އަހަންނަށް ރަނގަޅީ..” މައުވާ ހިތްހަމަ ނުޖެހިފައިވާވަރު އޭނާގެ އަޑުންވެސް އެނގެއެވެ.
“ސޮރީ.. މައުމެންގެ އެހެންމީހުން އެހާ ދޮންވެފަ އޭނާ އެހާ ދޮން ނުވީމަ ބުނެލެވުނީ.. ދެން އަނެއްކާ އެހެން ކުދިންނާ ހާދަ ތަފާތޭ” ޔާސީން ބުނަން އުޅެފައިވެސް މަޑުޖެހެލީ މައިވަ އަނެއްކާވެސް ބަލަލުމުންނެވެ.
“އޭނައަށް ކިޔަނީ ރަޔާލް.. އެންޑް ކޮކީ އެހެން ކުދިންނާ ތަފާތުވީ ސަބަބު ކޮންމެހެން ބަލާކަށް ނުޖެހޭ..” މިފަހަރު މައުވާ ރުޅި އަތުވެއްޖެއެވެ. ޔާސީން އެތައް ފަހަރަކު މާފަށް އެދުމުންވެސް އޭނާގެ މޫޑު ރަނގަޅު ވާގޮތެއް ނުވިއެވެ.
ޝަބީން ބޭރުގައި އުޅެ އުޅެފައި ގެއަށް އައިއިރު ޔާސީން ފެނުމުން ވަރަށް ހައިރާން ވިއެވެ. އެހާ ދުވަސް ވާންދެން ނުފެނި ހުރެފައި ފެނުމުން ސަކަރާތް ޖަހަން އެންމެން ތިބީ ދެވަނަ ބުރީގައި ހުސްޖާގައިވާ ސޯފާތަކުގައެވެ. އޭރު ވާރޭވެސް ހުއްޓަލައިފިއެވެ. އެތަނުން މަދީ ރަޔާލް އެކަންޏެވެ. ޝަބީން ދޭތެރެއަކުން ރަޔާލަށް ގޮވާލާފައި އައުމަށް ބުނެލާނެއެވެ. ޔާސީން ހުރީ އެކުއްޖާ ނާދޭތޯ ދުއާ ކޮއްލަ ކޮއްލައެވެ.
އެދުވަހަށްފަހު މަޑުމަޑުން ޔާސީން އެގެއަށް އައުން ގިނަވެއްޖެއެވެ. އޭނާ ރަޔާލް ފެނުނަސް ފެންނަ ކަމަށްވެސް ހަދާނުލައެވެ. ރަޔާލްވެސް އެވަރަކުން ޔާސީން ފެންނަ ކަމަކަށް ހަދައެއް ނުލައެވެ. އެންމެ ފުރަތަމަ ދުވަހުވެސް ޔާސީން އުޅުނީ ނަޖިހެއް ފެނިގެން އުޅުނުހެންނެވެ. ރަޔާލް އޭނާގެ ކައިރިން ލާފައި ދިޔަސް ރަޔާލް އެމީހުންހައި ދޮން ނުވުމުން ބްރައުން ބެއަރ އޭ އެންމެންނަށް އަޑު ނީވޭވަރަށް ބުނެލާނެއެވެ. ރިފާއު އާއެކު ގޭގެ ސިޓިން ރޫމުގައި އިން ޔާސީން އިނީ މައުވާގެ އިންތިޒާރުގައެވެ. މައުވާއަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާކަމުން ހުރިހާ ވާހަކައެއްހެން އަބަދު ދައްކަނީ އޭނާއާއެވެ. ކޮލެޖްގައި ހެނދުނުން ފެށިގެން އުލުމަށްފަހު ރަޔާލްގެއަށް އައީ ރިފާއުމެން ސިޓިން ރޫމްގައި ސަކަރާތް ޖަހަން ތިއްބައެވެ. އިސްޖަހާލައިގެން އިން ރަޔާލަށް ޔާސީން ބަލާލީ ލޮލުގެ ކޮޅުންނެވެ. ގައިގަ ނުވެސް ޖެހޭވަރަށް ދޫކޮއްލާފައިވާ ގަމީސްފާޑުގެ އެއްޗެއް ލައިގެން ހުރި ރަޔާލް ހުރީ އޭނާގެ އިސްތަށިގަނޑު ފަހަތަށް ދޫކޮއްލާފައެވެ.
“ރަޔާ… އާދޭ ޗިޕްސް ކާން..” ދުރުގައި އިން ރިފާއު ތައްޓަށް އިޝާރާތް ކޮއްލަމުން ބުނެލައިފިއެވެ.
“ބަލަ…” ރަޔާލް ބަލާވެސް ނުލާ ދާން ފެށުމުން ރިފާއު އަނެއްކާވެސް ގޮވާލައިފިއެވެ. އެމީހުނާއި ދިމާލަށް ބަލައިވެސް ނުލާ ބޯހޫރާލުމަށްފަހު އޭނާ ސިޑިން އަރައިގެން ހިނގައްޖެއެވެ.
ޔާސީން އެގޭގައި ހުރެއްޖެނަމަ ރަޔާލް ނުވެސް ފެންނާނެއެވެ. އެކަން އެކަން ޔާސީނަށް ފާހަގަ ވާތާ ދެތިން ހަފްތާ ވެދާނެއެވެ. މައުވާ ގެއަށް އައުން ލަސްވާނެ ކަމަށް ބުނުމުން ޔާސީން މިސްރާބު ޖެހީ ޓެރެހާއި ދިމާލަށެވެ. ގަދަޔަށް ވައި ޖެހެމުންދާތީވެ އެތަން މިވަގުތު ވާނީ އެންމެ ހިތްފަސޭހަ އެއްތަނަށެވެ. ޓެރެހުގައި ފައި ޖެހުމާއެކު އޭނާ ވަށައިގެން ނަޒަރު ހިންގަލައިފިއެވެ. ހިޔާކޮއްފައިވާ އެތަނުގެ ޕޮޓްތަކުގައި ގަސްތައް ހައްދާލާފައިވާ ގޮތުން ވަރަށް ހިތްގައިމެވެ.’. ތަންކޮޅެއް ދުރުގައި އޯކިޑް ގަހެއް ކައިރީގައި އިށީނދެގެން އިން ރަޔާލް ފެނުމުން ޔާސީން ވީ އަމަށަކު ފޫއްސެއް ނުނެވެ.
“އަޅެ ތަދުވޭތަ… ރަޔާ މިއައީ.. ލުކް ބަލަން މަލަންވެސް މިހިރީ” ރަޔާލް ވާހަކަ ދައްކަމުން ދިޔައީ އެ ގަހައެވެ. އަތުގައިވާ މަލަން ގަހަށް ދައްކާލަމުން އޭނާ ހީލައިފިއެވެ. އެގަސްވަނީ ވަޔާއި ވަރަށް ބޮޑަށް ހަލާކު ވެފައެވެ. އޭނަގެ އަތުގައި އޮތް މަލަން ކޮޅުން ޕޮޓަށް ޖަހާ ފައިވާ ދަނޑިކޮޅާއެކު އެގަސް ތަތްކޮށް ލައިފިއެވެ.
ޔާސީން ކަކޫ ޖަހާލައިގެން އިން ރަޔާލަށް ފުންކޮށް ބަލާލައިފިއެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލައިފާ ވާގޮތުން އޭނާގެ ކަރުމަތީގައިވާ ކަޅު ހޯލި ކޮޅުތައް ހުރީ ފެންނާށެވެ. އަންހެން ވަންތަ ކަމުން ފުރިގެންވި ކުއްޖެކެވެ. އަބަދު ކަޅު ވުމަކީ އަންހެން ކުދިން ހަޑިވާންވި ސަބަބެއް ނޫންކަން ޔާސީންއަށް ވިސްނުނުމީ ފުރަތަމަ ފަހަރެވެ. އެހެންނާއި ހުންނަ ގޮތާއި ހިލަފަށް ރަޔާލް ލައިގެން ހުރި ޓީޝާޓުކޮޅުގައި އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ.
“އަޅެ ބޭސްވެސް ކާން ދޭންވީނު.. ” ފުރަގަހުން އެއަޑު އިވުމުން ރަޔާލް ސިހިފައި އަވަހަށް އެތަނުން ތެދުވެއްޖެއެވެ. ގައިގައި ޖެހިފައިވާ ހެނދުން ގަޔާއި ދުރުކޮއްލި ގޮތުން ހީވަނީ ޔާސީނަށް އޭނާގެ ހަށިގަނޑު ފެނުނު ހެންނެވެ.
“ކީއްވެ އަހަންނަށް ފިލަނީ؟؟” ދުރަށް ހިނގައިގަތް ރަޔާލްގެ އަތުގައި ހިފައިލަމުން ޔާސީން އަހާލައިފިއެވެ. ދެންވެސް ރަޔާލް ބަލައެއް ނުލިއެވެ. ރަޔާލް އަނގައިން ނުބުނި ތާގައި އިސްއުފުލާ ބަލާވެސް ނުލިއެވެ.
“އަހަރެން ލައިކެއް ނުވޭ ތިކަހަލަ ކުދިންނަކާއެއް.. އެހެން ވީމަ ތިހެން ނޫޅުނިއްޔާ ރަނގަޅުވާނީ..” ރަޔާލް އަނގައިން ނުބުނުމުން ޔާސީން އެއަތުން ދޫކޮއްލައިފިއެވެ. ރަޔާލްގެ ފަރާތުން ޔާސީނާއި މާ ގަޔާވާ ކަމެއް ނުދެއްކިއެވެ. އޭނާ އަނެއްކާވެސް ހިނގައިގަތީ ތިރިއަށް ދާށެވެ. މުނި އުމުރުގައިވެސް އަންހެން ކުއްޖަކު އޭނާއާއި ދުރަށްދިޔަ މީ ފުރަތަމަ ފަހަރެވެ.
“ލުކް.. ތިކަހަލަ…” އެރި ރުޅީގައި ޔާސީން ރަޔާލްގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް ދަމާލައިފިއެވެ. އެފަދަ ކަމަކަށް އިންތިޒާރު ނުކޮށް އިން ރަޔާލްގެ ދެލޯ ބޮޑު ކޮއްލާފައި ޔާސީންއަށް ބަލާލައިފިއެވެ. މީގެ ކުރިން ފެނިފައިނުވާ ދެލޯ ފެނުމާއެކު ބުނަން އުޅުނު ބަސްވެސް އަރު ތެރޭގައި ތާށި ވެއްޖެއެވެ. މުށި ކުލައިގެ އެކަޅި އެއީ އެމޫނައި އެންމެ ގުޅޭ ކުލައެވެ. ދަތްދޮޅީގެ ތިރީގައި އިން ކަޅު ތިލައިން އެ ވަށް މޫނު އިތުރަށް ގުޅެއެވެ. ޔާސީންގެ އަތުން ވީއްލި ގަނެގެން ރަޔާލް އެތެރެއަށް ދުއްވައިގަތީ ޔާސީންގެ އަމަލު ހުރި ގޮތުންނެވެ. ރަޔާލް ގޮސް ކޮޓަރިއަށް ވަންއިރުވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ.
ޒުހައިރާ ފަހިވާގެއަށް އައީ އޭނާގެ ކުޑަ ދުވަހުގެ ރަހުމަތްތެރިޔާއާއި ބައްދަލު ކޮއްލާށެވެ. ކުރިއަށްވުރެ ބޮޑަށް ގެ ތިންބުރިއަށް ނަގާފައިވާއިރު އެގޭގެ އެތެރެއަށް ވަންނަން އޮތް ބައިގައިވަނީ އެކި ކަހަލަ ބަގީޗާ ހައްދާލާފައެވެ. އެކި ދިމަދިމާލަށް ބަލަމުން ގޮސް ގޭގެ މަތީގައި ބެއްލަކީގައި ވާހަކަ ދައްކަން އިން މައުވަ ފެނުމުންނޒުހައިރާ ހީލައިފިއެވެ. މައުވާ ފެނުމުންވެސް އޭނައަށް އެއީ ކާކުކަން އެނގިއްޖެއެވެ. ކުޑައިރުގެ ރީތިކަން އެއަށްވުރެ ދެގުނައަށް މިހާރު އެބަހުއްޓެވެ. ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. ހިނިތުން ވެލައިގެން އިނުމަށްފަހު ޒުހައިރާ ގެއަށްވދެ އާމިރާއަށް ގިވާލައިފިއެވެ.
“ރަޔާ… ހިނގާބަލަ ލަސްވަނީއޭ…” ސިޑިން ފައިބައިގެން އަންނަމުން މައުވާ ގޮވާލައިފިއެވެ.
“މައު..” މައުވާ ފެނުމުން ޒުހައިރާ ގޮވާލައިފިއެވެ. ނަމަވެސް މައުވާ އެވަރަކުން ނޫޅުނެވެ. އޭނާ ހުރީ ބޭރަށް ނުދެވިގެން ލަސްވފައެވެ.
“އާން ޒުހޭއްތަ… މިގަޑީ ވަރަށް ބިޒީ އިނގޭ…” ޒުހައުރާގެ ކޮނޑުގައި އަތް ޖައްސާލަމުން މައުވާ އެހެން ބުނެފައި ދުރަށް ހިނގައި ގަނެއްޖެއެވެ. ރަޔާލްވެސް ދުވަމުން ކަހަލަ ގޮތަކަށް ފައިބައިގެން އަންނަ ތަން ފެނިއްޖެއެވެ. މައުވާ ނިކުމެގެން ދިޔުމުން ރަޔާލްވެސް އަންނަނީ ކަމުގައި ބުނެ ވަނީ ބަދިގެއަށެވެ.
“އާހް… މިތާނގަ ކާކުތަ ވަޅި ބަހައްޓާފަ މިހުރީ އާމި..” ދުރުގައި ހުރި އާމިރާއަށް ގޮވާލަމުން ޒުހައިރާ ބުނެލައިފިއެވެ. ރަޔާލަށް ޒުހައިރާގެ އަތުން ލޭ އަންނަތަން ފެނުމުން ވަގުތުން އެއަތުގައި ހިފާލައިފިއެވެ.
“ދޮންތި ދަނީ އިނގޭ.. ކޮކީ އާދޭ ފަހުން..” މައުވާ އެހެން ބުނެލާފައި ވީކަމެއްވެސް ބަލާ ނުލައި ހިނގައްޖެއެވެ.
“ދައްތައަށް ތަދުވޭތަ؟؟ މަންމާ ގެނެބަލަ ކަބަޑުން މަލަމެއް..” ޒުހައިރާގެ މޫނަށް ބަލާލަމުން ރަޔާލް ހިތްފުރާ ހިނިތުން ވެލައިފިއެވެ. ޒުހައިރާ ފުންކޮށް ރަޔާލްގެ މުނަށް ބަލައިލައިފިއެވެ. އެތަނުގައި ބޭސްއަޅަން އިންއިރުވެސް ދޭތެރެއަކުން ފުމެ ލާނެއެވެ.
ބޭސްއަޅާފައި ބޭރަށް ދިޔައިރު މައުވާ ފެންނަން ނެތުމުން ރަޔާލް ދެރަވެއްޖެއެވެ. އޭނައާއި ހެދި އެންމެ ފަހުން ދޮންތިއަށް ލަސްވެގެން ދިޔައީއެވެ. ގޭޓުކައިރީގައި މައުވާއަށް ގުޅަން ހުއްޓައި އާމިރާއައިސް ޒުހައިރާއައިއެކު އެއްޗެއް ގަންނަ ދާށޭ ބުނުމުން ރަޔާލް ހާސްވެއްޖެއެވެ. އާމިރާއެއީ އޭނާގެ ކުޑަ ދުވަހުގެ ރަހުމަތްތެރިއެއް ކަމަށް ބުނެ އެތާނގައި މަޑުކޮށް ލުމަށް ބުނެފިއެވެ.
“ޒުހޭ.. އަހަރެންގެ ރަޔާއަށް ބަލައްޗޭ..” ޒުހައިރާއަތުގައި ހިފައި ފިތާލަމުން އާމިރާ ބުނެލައިފިއެވެ.
“ހޫމް.. ހާސްނުވެބަލަ..” ޒުހައިރާ އައިސް ރަޔާލްގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައި ގަނެއްޖެއެވެ. ކާކު ކަން ނޭނގުނު ކަމުގައި ވިއަސް އޭނާގެ މަންމައަށް އިތުބާރު ކޮއްފައި ރަޔާލް ހިނގައި ގަނެއްޖެއެވެ.
ފިހާރައިގެ ތެރޭގައި ފަހަރަކު އެއްޗެއް ގަންނަމުން ގޮސް ޒުހައިރާ ރަޔާލަށް ކަމުދާ އެއްޗެއް ނެގުމަށް ބުނެލައިފިއެވެ. ނަމަވެސް ބޯ ހޫރާލުމަށްފަހު ރަޔާލް ބަލާލީ ފޯނަށެވެ. އެތައް އިރެއް ވަންދެން ވާހަކަ ދެއްކި ފަހުންވެސް ރަޔާލްގެ ދުލުން ބަހެއް ބޭރުވާ ގޮތެއް ނުވިއެވެ. ޒުހައިރާއަކީ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ވުމުން ރަޔާލްގެ މިޒާޖު ދެނެގަންނަން ވަރަށް މަސައްކަތް ކުރަން ފަށައިފިއެވެ. އޭނާ މެލޭޝިއާއަށް ބަދަލުވީވެސް ކިޔަވާށެވެ. އަދި ޔާސީން އެކޮޅުން ކިޔަވަން ބޭނުން ވުމުން އޭނާވެސް މަޑުކުރީއެވެ. ރަޔާލް ގޭގެ ތެރެއިން ފެނުނު ފަހުން އެމޫނުން ހިނދު ކޮޅަކަށްވެސް ޒުހައިރާގެ ނަޒަރު ވަތްކެއް ނުވެއެވެ. ފޯނަށް ބަލަން އިނދެފައި ރަޔާލް ބަލާލިއިރު ޒުހައިރާ އިނީ ސީދާ ރަޔާލްގެ ލޮލަށް ބަލާށެވެ.
“ރަޔާ ލެންސްވެސް ލައްވަންތަ؟” ލެންސް ނޫންކަން އެނގިހުރެ ޒުހައިރާ އަހާލައިފިއެވެ.
“ނޫން އެއީ އަޅުގަނޑު ލޯ ހުންނަ ކުލަ..” މަޑުމަޑުން ރަޔާލް ބުނެލައިފިއެވެ. އަދި ހިނިތުންވެލީ ޒުހައިރާ އައިސް ރަޔާލްގެ ބޮލުގައި ފިރުމާލުމުންނެވެ.
“މަންމަގެ ބެސްޓް ފޮރެންޑްތަ ދައްތަ ތީ..؟ މަންމް ބުނި ދައްތަ ވަރަށް ރަނގަޅު ވާނޭ..” ގިން އިރުތަކެއް ވަންދެން ޒުހައިރާ ވާހަކަ ދެއްކުމަށްފަހު އެންމެ ފަހުން ރަޔާލްވެސް އަމިއްލައަށް ފެނިގެން ވާހަކަ ދައްކަން ފަށައިފިއެވެ. ޒުހައިރާވެސް އަމިއްލަ ދަރިއެއްހެން ރަޔާލާއި ސަކާރާތް ޖަހައި މަޖާ ކުރަން ފަށައިފިއެވެ. އެހެން މީހުނާއި ހިލާފަށް ރަޔާލަށް ޒުހައިރާއާއި ކުރިމަތިލައި ވާހަކަ ދައްކަން ފަސޭހައެވެ. އެހެން މީހަކު ނަމަ ރަޔާލަށް އެމީހަކަށް ބަލާލަންވެސް ނުކެރޭނެއެވެ. ދެތިން ގަޑިއިރު ފަހުން ޒުހައިރާ ރަޔާލް ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. ބޮޑު އެ އިމާރާތިގެ ކުރިމައްޗަށް އެރުމާއެކު ރަޔާލަށް އެތަން ދަންނަ ވައްތަރު ޖަހަން ފަށައިފިއެވެ. ޒުހައިރާ އެއީ އޭނާގެ ގެއޭ ބުނުމުން ރަޔާލް ހިނިތުން ވެލި ނަމަވެސް ހިތުގެ ވިންދުވެސް އަވަސްވާން ފެށީ އެހެނެއް ނޫނެވެ.
މައްޗަށް އަރައިގެން ދިޔަ ރަޔާގެ ނިއްކުރީގައި ހިއްލަން ހުރި ދާތިކި ތަކުން ޒުހައިރާ ސުވާލު ކޮއްލައިފިއެވެ.ޖެހިގެން ދެވަނައަށް ހުރި ކޮޓަރިއަށް ބާކީ ހުރި ކޮތަޅުތައް ލާށޭ ބުނުމުން ގޮސް ރަޔާލް ވަދެއްޖެއެވެ. އެކޮޓަރިއަށްވަދެ މޒުމަތީގައި ކޮތަޅުތައް ބެހެއްޓުމަށްފު ރަޔާލް ހިންދެމި ލައިފިއެވެ. ފަހަތުން ދޮރު ޖެހުނު އަޑާއެކު ރަޔާލް ސިހިފައި ފަހަތަށް ބަލާލައިފިއެވެ. ކުރިން މިގެއާއި މޮކޮޓަރި ފެނިފައިވާ ކަމުގެ އިހްސާސެއް ރަޔާލަށް ވަމުން ދިޔައެވެ. ވަށަވަށައިން ތަންނަށް ބަލަމުން ދިޔަ ރަޔާލްގެ ބޮލުގައި އޭރު ދިލަ ތަދެއްވެސް ދިޔައީ އުފެދެމުންނެވެ. ފާހާއިން ނުކުތް ޔާސީނަށް އޭނާގެ ކޮޓަރީގައި ރަޔާލް އެކި ތަންތަނަށް ބަލަން ހުރިތަން ފެނުމުން ލޯއުނގުޅާލުމަށްފަހު އަނެއްކާވެސް ބަލާލައިފިއެވެ. އޭނާގެ ކޮޓަރިއަށް މިއަންހެން ކުއްޖާ ވަނީ ކިހިނެއް ހެއްޔެވެ؟ ރަޔާލަށް ފަހަތުން ޔާސީން ގޮސް ދޮރު ލައްޕާލުމާއެކު އޭނާ ސިހިއްޖެއެވެ. ފަހަތުގައި ތުވާލި ކޮނޑުމަތީ ބާއްވާ ލައިގެން އިން ޔާސީން ފެނުމުން ރަޔާލް ބިރުން އިސްޖަހާލައިފިއެވެ.
” ކިހިނެއް މިތަނަށް ވަނީ…؟ މިގެ އިނގުނީ ކިހިނެއް..” ޔާސީން ތުވާލި އެނދު މައްޗަށް އެއްލާލުމަށްފަހު ޓީޝާޓެއް ބޮލަށް މަހަލައިފިއެވެ.
“އަހަންނަށް އިނގޭ ވާހަކަ ނުދައްކާނެކަން… އަހަރެންނާ ހަމަ އެހާ ލައިކް ވޭތަ؟” އިސްޖަހާލައިގެން އިން ރަޔާލާއި ކައިރިވަމުން ޔާސީން އަހާލައިފިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ޔާސީނަށް ބަލާނެ ފުރުސަތެއް ރަޔާލަކަށް ނުވިއެވެ. ތިރިއަށް ބަލަންއިން ރަޔާލްގެ އަތް ތުރުތުރު އަޅަން ކީއްވެ ކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. ޔާސީންގެ އަތުގައި ހިފާލަން އަތް ދިއްކޮއްލި ތަނުން ކޮޓަރި ތެރެ އަނދިރި ވެއްޖެއެވެ.
“ރޫ…..ބީ…” ކަންފަތް ދަށުގައި މީހަކު ދަމާލައިފައި އެނަން ވައިއަޑުން ބުނުމުން ރަޔާލްގެ ކަނދުރާގައި ހުރި ހުރިހާ ހޯލިތަކެއް ކޮޅަށް ޖެހިއްޖެއެވެ. ވަށައިގެން ކޮޓަރި ތެރެ އޭނާ ބަލާލީ ޔާސީން ފެނޭތޯއެވެ.
“މަންމާ…” ދެކަންފަތުގައި އަތްއަލާއި ތޫލި އަޑަކުން ހަޅޭއް ލަވައިގަތް ރަޔާލް ފެނުމުން ޔާސީން މަޑުޖެހިލައިފިއެވެ. ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް އެއަތަށް ރަޔާލް ހަރަކާތެއް ނުކުރިއެވެ. ޔާސީނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ.
“މަންމާ…” ދެކަންފަތުގައި އަތްއަލާއި ތޫލި އަޑަކުން ހަޅޭއް ލަވައިގަތް ރަޔާލް ފެނުމުން ޔާސީން މަޑުޖެހިލައިފިއެވެ. ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް އެއަތަށް ރަޔާލް ހަރަކާތެއް ނުކުރިއެވެ. ޔާސީނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ.
“ރޫބީ.. ކޮންތާކުހޭ ފިލާ ތިއިނީ؟… ” ފަހަތުން އެއަޑު އުވުގެން ދިއުމުން ރަޔާލް ދުއްވައި ގަނެއްޖެއެވެ. ނަމަވެސް މިތަނުން ނުކުންނާނީވެސް ކިހިނެއް ހެއްޔެވެ. މިކޮޓަރީގައި ދޮރެއްވެސް ހުރީކީ ނޫނެވެ. ރަޔާލަށް ފެންނަމުން ދިޔައީ ހަތަރު ފާރު އެކަންޏެވެ. ރޫބީއަކީ ކާކުކަމެއްވެސް ރަޔާލަށް އެނގެނީކީ ނޫނެވެ. ނަމަވެސް އެނަމަކާއި ހެދި ރަޔާލްގެ ހަމަޖެހުން ގެއްލިއްޖެއެވެ.
ޒުހައިރާއަށް ރަޔާލްގެ ހަޅޭކުގެ އަޑު އިވުމުން އަވަހަށް ފާހާއިން ނުކުންނަށް ވެގެން އެއްޗެހި ލާން ފަށައިފިއެވެ. އައިއިރު ގޭތެރެއިން ރަޔާލް ފެންނަން ނެތުމުން ކޮޓަރިތައް ބަލަން ފަށައިފިއެވެ. ޔާސީން އަދިވެސް ހުރީ ރަޔާލް އުޅޭގޮތުން ހަދާނެ ގޮތް ހުސްވެފައެވެ. ރަޔާލަށް ޔާސީން ނުފެންނަ ކަމަށް ހެދެނީ ހެއްޔެވެ. ޔާސީން ހިތް ނުތަނަވަސް ވާންފެށީ ރަޔާލް ފާރުގައި އަތް ހާކަން ފެށުމުންނެވެ. އެހެން ހުރެލާފައި ރަޔާލްގެ އަތުގައި ހިފާލަމުން އޭނާއާއި ދިމާލަށް އަނބުރާލައިފިއެވެ. އަދި އެމޫނުގައި ހިފާލަމުން ޔާސީން ވަރަށް ޝައުޤުން ފުރިގެންވި ގޮތަކަށް ބަލާލައިފިއެވެ. އަދި ލޮލުގެ ކައިރިން ދެކޮޅަށް އިނގިލި ގެން ދިއުމުންވެސް އޭގެއަށް ރަޔާލް ބަލައެއް ނުލިއެވެ.
“ރަޔާ…” ރަޔާލަށް ހަމަ ރަނގަޅަށްވެސް އޭނާ ނުފެންނަނީ ކަން ޔަޤީން ވުމުން ޔާސީން ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ. ކޮޓަރީގެ ތެރޭގައި މީހަރު އެހެން އަޑެއް ހަރުލާފައި ވާކަހަލަ އިހުސާސެއް ވުމުން ރަޔާލް ވަށައިގެން ހޯދަން ފަށައިފިއެވެ. ކުއްލިއަކަށް އަތަށް ވާންވިހެން އޭނާ އެއަތަށް ނަޒަރު ހިންގާ ލައިފިއެވެ. އޭނާގެ އަތުގައި ވަނީ ރަތްކުލައިގެ އެންމެ ފަލަ ރިބަން ޖަހައި އައްސާފައެވެ.
ޔާސީން ރަޔާލްގެ އަތުން ދޫކޮއްލީ އަތަށް ދަމަން ފެށުމުންނެވެ. އުޅޭ ގޮތުން ހީވަނީ އަތުގައި ހިފުމުން ތަދުވެގެން އުޅޭހެންނެވެ. ރަޔާލްގެ އަތުން އަމިއްލައަށް އެރިބަންތައް މުހޭތަން ފެނުމުން އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އަނދިރިކަން ސާފުވަމުންގޮސް ކުރިމަތީގައި ހުއްޓިގެން ހުރި ޔާސީން ފެނުމުން ރަޔާލްގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެ އެވެ. ނަމަވެސް ޔާސީންގެ ފަހަތުގައި ހުއްޓިގެންހުރި ފިރިހެން މީހާ ފެނުމުން އެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބައި ގަނެއްޖެއެވެ.
“ސޭވް މީ…” ރަޔާލްގެ ދުލުން ނިކުތް އެޖުމްލައާއި އެކު އެއްވެސް ރުލެއްނެތި އޭނާ ވެއްޓުނީ ޔާސީންގެ އަތްމައްޗަށެވެ. ޒުހައިރާވެސް އައިސް ޔާސީންގެ ކޮޓަރިއަށްވަނީ އެތަނުގައި އަދިވެސް ރަޔާލް އިނދެދާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެތަނަށް ވަދެވުމުން ޒުހައިރާ ދެލޯ ބޮޑު ކޮއްލައިފިއެވެ. ޔާސީންގެ އަތްމަތީގައި އޮތް ރަޔާލް ފެނުމުން ދުވެފައި އައިސް ވީ ކިއްތޯ އަހާލައިފިއެވެ. ފަހަތުގައި ހުރި ފައިސަލް ފެނުމުން ޒުހައިރާ އަވަހާއި އެމްބިއުލައިންސްއަކަށް ގުޅުމަށް ބުނެލައިފިއެވެ. އާމިރާއާއި އެހެން މިހުން އެތަނަށް އައިއިރުވެސް ރަޔާލް ހެއެއް ނާރައެވެ. ފައިސަލް ދުރުގައި ބަލަހައްޓައިގެން ހުރީ އެކުއްޖާ އޭނާ ފެނުމުން އެހެން ވުމުންނެވެ. ޔާސީން އެންމެން ކައިރީގައި ބުނެފައިވަނީ ކުރަތްޕެއް ފެނި ބިރުން ރަޔާލް ފެއިންޓް ވީ ކަމުގައެވެ. ކުޑަ އިރުއްސުރެވެސް ރަޔާލަކީ ކުރަފި ދެކެ ބިރު ގަންނަ ކުއްޖަކަށް ވުމުން އެންމެނަށްވެސް އެކަން ޤަބޫލު ކުރެވިއްޖެއެވެ.
ޔާސީންއާއި މައުވާއާއި ދެމީހުންނަކީވެސް ދެޑޮކްޓަރުންކަމަށް ވުމުން ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހެއްގެ ހޮސްޕިޓަލްގައެވެ. ކެންޓީނުގައި ތިބިއިރު އެހެންނާ ވާހަކަ ދައްކާ ޔާސީން މިއަދު އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ. އޭނާއަށް ފެންނަމުން ދިޔައީ ރަޔާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައެވެ. ބޯހޫރާލުމަށްފަހު ޔާސީން ނަޒަރު ހިންގާލީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. އެކަމަށް ހަފްތާއެއް ވެގެން ދިޔައިރުވެސް ރަޔާލްގެ ދުލުން އިވުނު ލަފްޒުތައް އެހިތުން ފިލައިގެން ދާގޮތެއް ނުވިއެވެ.
“ބަލަ.. ކޮންކަމަކާ ތިވިސްނަނީ؟” މައުވާ މޭޒުމަތީގައި ތަންކޮޅެއް ބާރަށް ޖަހާލުމުން ޔާސީން ދިޔައީ ސިއްސައިގެންނެވެ.
“ރަޔާލް..” ޔާސީނަށް ދެންވެސް ބުނެވުނީ އެހެންނެވެ.
“ކޮކީ އާ ލައިކް ވަނީތަ؟” މައުވާ ހީގަތުމުން ޔާސީން ހިޔާލުގެ ދުނިޔެއިން އަނބުރައި އާދެވިއްޖެއެވެ.
“ނޫން.. އަހަރެން ފޫހިވެ އެކަހަލަ ކުދިންދެކެ.. އެކަމް ކުރިން ދުވަހު ފެއިންޓް ވި ގަޑީގަ އޭނަ ބުނި ސޭވްމީ އޭ.. އަނެއްކާ އެހެން އަންހެން ކުދިންނާއި ވަރަށް ތަފާތު.. ދެން ނޭނގެ” ޔާސީން ފައްޗަކަށް އަމުނާލުމުން މައުވާ ކުރީގެ ހަނދާންތައް އާވާން ފަށައިފިއެވެ.
“ހޫމް…” އެހެން ބުނެލަމުން އޭނާވެސް އިސްދަށަށް ޖަހަލައިގެން އިނީ ޔާސީނަށް ކިޔައި ދޭންވީ ބާވައޭ ހިތައް އަރާފައެވެ.
“އަހަންނަށް ކީއްވެ ހިވަނީ ރަޔާގެ ސިކްރެޓްސް ތަކެއް އެބަހުއްޓޭ…” މައުވާއަށް ވީގޮތް ފެނިފައި ޔާސީންގެ ޝައްކު ޔަޤީނާއި ކައިރި ވެއްޖެއެވެ.
ތުނބުގައި ޖަހާލި ކޮފީތަށިން އެތިކޮޅެއް ބޮއެ ލުމަށްފަހު މައުވާ އިސްޖަހާލައިފިއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުޑަ ރަޔާލް އެންމެ ފުރަތަން ފެނުނު ދުވަހެވެ.
# # # # #
ގޭގެ ދެވަނަ ބުރީގައި މައުވާ އިނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. އޭނާ ބޭރަށް ނިކުތީ އަޑުގަދަވާން ފެށުމުންނެވެ. ސާދަ އަހަރުގެ މައުވާ އޭރު އުޅެމުން އައީ ގްރޭޑް ނުވައެއްގައެވެ. ގޭގައި ހުރި ހަމައެކަނި އަންހެން ކުއްޖާ ކަމުން އޭނާ އަބަދުވެސް ހުންނަނީ ވަރަށް އުފަލުންނެވެ. މައުވާ ކޮޓަރިން ބޭރަށް ބޯދިއްކޮއްލީ ބޭރުގައި އަޑު ބާރު ކަމުންނެވެ. ރިޔާޒްގެ އަޑުބާރު ކަމުން ހީވަނީ ގެވެސް ވައްޓާލަ ފާނެ ހެންނެވެ. ސިޑިން ފައިބައިގެން އައި މައުވާއަށް ގޭގެ ދޮރުމަތީގައި ހުއްޓިގެން ތިބި ދެޕޮލިސް މީހުން ފެނުމުން މަންމަ ކޮބައިތޯ ބަލާލައިފިއެވެ. އާމިރާ ފާރުކައިރީގައި ހުރޮ ގޮތުން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން މައުވާއަށް ހީވާން ފަށައިފިއެވެ.
ތިރިއަށް ފައިބައިގެން ގޮސް އާމިރާގެ ކައިރިއަށް ހުއްޓުނު ތަނާހެން ފޮލިސް މީހާގެ ކައިރީގައި ހުރި ކުޑަ އަންހެން ކުއްޖާ މައިވާގެ ލޮލުގައި އަޅައިގަނެފިއެވެ. ބޮލުގައި ބެންޑޭޖް ކޮއްފައި ވާއިރު މޫނުމަތި ވަނީ ސިފަ ނުވާވަރަށް ދުޅަވެ އަރާފައެވެ. އަނގައި ކައިރީގައި އަދިވެސް ލޭނުހިކި ހުއްޓެވެ.
“ރިޔާޒް.. އަހަރެންނަށް މިވަރު ބޮޑުކަމެއް އޮޅުވާލީ ކީއްވެ؟.” އާމިރާ ދިޔަގޮތަށް ރިޔާޒުގެ ގަމީހުގައި ހިފާލަމުން ބުނެލައިފިއެވެ.
“އަހަރެން މީހަކާ އިނަސް މިކަން ސިއްރު ކުރީ އާމިދެކެ ލޯބިވާތީ.. އެކަން ވިސްނުނީމަ އަހަރެން އައީ އޭރު އަހަންނަށް ނުވެސް އިނގޭ މި..” ކުރިމަތިގައި ހުރި 8އަހަރަށްދާ ކުއްޖާއަށް އަތް ދިއްކޮއްލަމުން ރިޔާޒް ބުނެލައިފިއެވެ. އިސްޖަހާލައިގެން އިން އެކުއްޖާ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ.
“އާމި އަހަންނަށް ނޭނގެ އޭނައަށް ކިޔާ ނަމެއްވެސް..” ރިޔާޒް އެހެން ބުނަމުން އަދިވެސް އެއްފަހަރު އެކުއްޖާގެ މޫނަށް ބަލާލައިފިއެވެ.
“ރިޔާޒް 8 އަހަރު ވަންދެން މިކުއްޖާ ފުޅު ކައިރިއަށް ނުވެސް ދެވުނުތަ؟ ” އާމިރާ ވީ އަމަށަކު ފޫއްސެއް ނޫނެވެ.
“އަހަރެން ދެންވެސް ބޭނުމީ އާމިރާ އަހަރެންގެ ދެކުދިން…” ރިޔާޒްހެ އެޖުމްލައިން އާމިރާއަށް ބަލާލެވުނީ އެމައުސޫމާއި ދިމާއަށެވެ. އެކުއްޖާފުޅު އިން ގޮތުން ހީވަނީ ކޮއްޅަށް އިންނަން އުނދަގޫ ވެގެން އުޅޭ ހެންނެވެ.
“އަހަރެން ދެން ބޭނުމީ މިކުއްޖާ.. މާތް ﷲ އަހަންނަނށް އަންހެން ކުއްޖެއް ނުދެއްވީ މިކުއްޖާ އަހަރެންގެ ނަސީބުގައި އޮތީމަ ކަންނޭނގެ… ކޮން ކަމެއްތަ މިކުޑަ ފުރާނައަށް ކިޔަނީ؟” ހަމްދު ކިޔަމުން އާމިރާ ޕޮލިސްމީހާއާއި ސުވާލު ކޮއްލައިފިއެވެ. އަދި އެކުޑަ އަންހެން ކުއްޖާދެ ބޮލުގައި ފިރުމާލަމުން އެކުއްޖާ މެޔާލައި ބޮނޑިކޮއްލީ ވަރަށްވެސް ލޯބިންނެވެ.
“ހަމަ މިހާރު..” ރިޔާޒުގެ އަޑާއި ހެދި ޕޮލިސް މީހާ ބުނި ނަމެއްވެސް މައުވާ އަކަށް ނޭނގުނެވެ.
# # # #
ސިޑިން ފައިބައިގެން ދިޔަ ފައިސަލަށް ކައިރިން ލާފައި މައްޗަށްއެރި ޔާސީނެއް ނުވެސް ފެނުނެވެ. ކާރަށް އަރައި ފައިސަލް މިސްރާބު ޖެހީ ގަލޮޅަށެވެ. ގަލޮޅު ސަހަރާ ކައިރީގައި ކާރު ޕާކު ކޮއްލުމަށްފަހު ހިމަ ގޯޅިއަކުން ވަދެގެން އައިސް ގެއަކަށް ވަދެއްޖެއެވެ. ޒަމާނީ ފެންވަރަށް އެގެ ހަދާފައި ނެތަސް އެތެރޭގައިވާ ފަރު ނީޗަރަކީ ވަރަށް ޒަމާނީ ތަކެއްޗެވެ. ފައިސަލް ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އައި ކުރިމަތީގައި ހުރި އަންހެން މީހާގެ މެދު ހަށީގައި ބައްދާލައިފިއެވެ. އެއަންހެން މީހާވެސް ހީލަމުން އެނބުރިލައިފިއެވެ. ފައިސަލް އެއަންހެން މީހާގެ ދެލޮލަށް ބަލާލީ އޭނާގެ އަޅި ކުލައިގެ ކަޅިން އެހިތަށް ހަމަޖެހުން ކެނޑުނީމައެވެ. ފައިސަލަށް ވީގޮތް ފެނުމުން އަނގައަށް ގޮތެއް ހަދާލަމުން އަތުން ވީ ކިހިނެއްތޯ އޭނާ އަހާލައިފިއެވެ،
“ރާބި އަހަރެން ވާހަކައެއް އަހާލަންތަ؟” ފައިސަލް އޭނާގެ ގައިން ދޫކޮއްލަމުން ބަލާލައިފިއެވެ.
“ކިހިނެއް ވީ؟” އުނދުނުގެ ކައިރިން ދުރަށް ގެހިލަމުން ރާބިޔާ ފައިސަލްގެ ކައިރީގައި ހުރި ގޮނޑީއެއްގައި އިށީނދެއްޖެއެވެ.
“މީގެ ދުވަސް ކޮޅެއް ކުރިން އަހަންނަށް ފެނުން ކުއްޖެއް.. އޭނަގެ ދެލޯ ހީވަނީ ހަމަ ރާބިގެ ލޯހެން” ނިއްކުރީގައި އިނގިލި ޖައްސާލަމުން ފައިސަލް ގޮނޑިން ތެދިވެއްޖެއެވެ.
“މިހާ އަވަހަށް ކޮޓަރިއަށް ދާންވީތަ؟ މިރޭ އަހަންނަށް ގިނައިން ލާރި ދޭންވާނެ” ނުބައި ފާޑަކަށް ރާބިޔާ ހީ ގަންނަމުން ބުނެލައިފިއެވެ.
” ކޮބާ ރޫބީ؟” ފައިސަލް ދުރަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އޭނާގެ ހިތުގައިވަނީ އެކުޑަ ކުއްޖާގެ މޫނެވެ.
“ނޭނގެ އަހަންނަކަށް.. އެހެން ނޫނަސް ފައިސަލް އެއްނު އޭނާ ބޭނުން ވެގެން އުޅުނީ” ނުބައި ފާޑަށް ހީގަންނަމުން ރާބިޔާ އައިސް ފައިސަލްގެ އުނގުތެރެއަށް ވެއްޓި ގަނެއްޖެއެވެ.
“އާނ… އެކަމް އެ ރީތިކަން ލިބުމުގެ ކުރިން އެކުއްޖާ ފިލައިފި ވިއްޔަ..” ރާބިޔާގެ އަތުގައި ހިފާލަމުން ކޮޓަރިއާއި ދިމާލަށް ފައިސަލް ހިނގައިގަނެއްޖެއެވެ.
ފައިސަލަކީ އަބަދުވެސް އެހެން އަންހެނުން ކައިރިން އުފާ ހޯދަމުން ދުވާ މީހެކެވެ. އަމިއްލަ އަންހެނުންނާއި ކައިރި ނުވާތާވެސް ތިންމަސްވަރު ވެދާނެއެވެ. ޒުހައިރާ ކިތަންމެ އާދޭސް ކުރިއަސް ފައިސަލް އޭނާއަކާއެއް ކައިރިއެއް ނުވެއެވެ. ޒުހައިރާ މެނަށް ނޭނގޭ އެތައް ކަމެއް ކުރަމުން ގެންދިޔަ ފައިސަލް އަބަދުވެސް ބޭނުން ވަމުން ދިޔައީ ރާބިޔާގެ ދަރި ރޫބީއެވެ. ރާބިޔާ ފަދައިން އެކުއްޖާވެސް ބޮޑުވަމުންއައީ އެރީތި ކަމުގައެވެ. ރޫބީގެ ބައްޕަގެ ވާހަކަ ދުވަހަކުވެސް ދައްކާފައި ނުވުމުން ފައިސަލަށް އަހާކަށްވެސް ނުކެރެއެވެ. ނަމަވެސް ދެން އޭނާ އަހާނެއެވެ. އެރީތިކަން އޭނާއަށް އެހެން ތަނަކުން ފެނުއްޖެއެވެ.އެފަދަ ދެލޮލާއި އެރީތި ހަށިގަނޑު އެހާ ކުޑައިރުވެސް ފާހަގަ ވާން ހުއްޓެވެ. އެނދުން ތެދުވެ ވޮލެޓުން ތިންހާސް ރުފިޔާ ނަގައި ނިދާފައި އޮތް އަމާރާގެ ކައިރީގައި ބާއްވާފައި ފައިސަލް އެތަނުން ނިކުނެއްޖެއެވެ.
ގަޔަށް ދޫ ޓީޝާޓެއް ލައިގެން އިން ރަޔާލް އިނީ ކާޓޫން ބަލާށެވެ. ދުރުގައި ރިފާއުވެސް ރަޔާލް އާއި އެއްބައި ވެލައިގެން އެތާނގައި ހުއްޓެވެ. ދެފައި ވައްކޮށް ލައިގެން ރަޔާލްގެ ދެކޮލުގައިވަނީ ފުރާ ޕޮޕްކޯން އަޅާފައެވެ. ދެކޯ ފުއްޕާލައިގެން އިން ގޮތުން ވަރަށްވެސް ލޯތްބެވެ. ހެމުން އައިސް ގެއަށްވަން މައުވާއާއި ޔާސީނަށް ދުރުގައި ތިބި ދެމީހުން ފެނުމުން ހާލައިފިއެވެ. ދެކޯ ފުއްޕާލައިގެން ރަޔާލް ފެނުމުން ޔާސީންގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ނުހަނު ރީތި ހިނިތުން ވުމެކެވެ. މައުވާ އެއްޗެހި ބަދަލު ކުރަން ދިއުމުން ޔާސީން އައިސް އިށީނީ ކައިރީގައި ހުރި ސޯފާގައެވެ. ކުރިމަތިން ޔާސީން ފެނުމުން ރަޔާލް އަވަހަކާއި އަނގައި ހުރި އެއްޗެހި ދިރުވާލަމުން ޓީ.ވީއަށް ނަޒަރު ހުއްޓާލައިފިއެވެ.
“ޔާނު.. ޗޮކްލެޓް ބޭނުން..” ޕޮޕްކޯން ތަށި ކައިރީގައި ހުރި ޗޮކްލެޓް ތަކުން އެއްޗެއް ނަގާފައި ޔާސީނަށް ދިއްކޮއްލަމުން ރިފާއު ބުނެލައިފިއެވެ. ނަމަވެސް ރަޔާލްގެ މޫނަށް ބަލަހައްޓައިގެން ހުރި ޔާސީނަށް ރިފާއު ވާހަކަ ދައްކާކަމެއްވެސް ނޭނގުނެވެ.
“އަން…” ލާނެތް ފާޑަކަށް ހީގަންނަމުން ރިފާއު ޗޮކްލެޓުން އެއްލައި ޔާސީންގައި ޖަހާލައިފިއެވެ.
“ކިހިނެއްވީ؟؟” ނޭނގޭ ކަމަށް ހަދާލަމުން ޔާސީންވެސް ޓީ.ވީއަށް ނަޒަރު ހުއްޓާލައިފިއެވެ.
“ރަޔާ…” ދުރުން މީހަކު ގޮވާލުމުން ތިންމީހުން އެއްފަހަރާހެން ބަލާލައިފިއެވެ. ދޮރުމަތީގައި ބޮޑު ޓެޑި ބެއަރ އެއް ހިފައިގެން ހުރި ރިޔާޒް ފެނުމުން އެދިމާއަށް ދުއްވައި ގަނެއްޖެއެވެ. ހިނދު ކޮޅަކަށް ނަމަވެސް އެތަނުގައި ހުރި ޔާސީން މައްޗަކުން ރަޔާލް ހަނދާނެއް ނެތެވެ. ދެއަތް ހުޅުވާލައިގެން އިން ރިޔާޒްގެ އަތުން ޓެޑީ ބެއަރ އަތުލަމުން ރަޔާލް ހީލީއެވެ. ބައްޕައާއި ސަލާމްވެސް ކޮށްނުލިއެވެ.
“ރިޔާޒް އަނެއްކާވެސް ގެނައީއޭ..” މަތިންފައިބައިގެން އައި އާމިރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ދޮންބެ ކޮބާ މައުގެ؟” މައުވާ އައިސް ތުން ފިއްތަން ފެށުމުން ރިޔާޒު ދުރުން ވަދެގެން އަންނަ ޑްރައިވަރ މީހާ ދައްކާލައިފިއެވެ.
“ރިޔާޒް ބަލަ އެމަންޖެ އެއީ ކުޑަ ކުއްޖެއް ނޫނޭ.. އެހެން ނޫނަސް ނަމާދު ކުރާނެ ކޮޓަރީގަ” އާމިރާ އެހެން ބުނުމުން ރިޔާޒް ބޯޖަހާލަމުން ހެވިލާފައި ހުރި ރަޔާލާއި ދިމާލަށް ބަލާލައިފިއެވެ.
“ބައްޕާ… ޝުކުރިއްޔާ..” ދަތްތައް ދައްކާލަމުން ރަޔާލް ހިނިތުންވެލި ގޮތުން އެމޫނަށް އިތުރު ދިރުމެއްއައި ކަހަލައެވެ. އެދެލޮލުގެ ވިދުން ދެގުނައަށް އިތުރު ވެގެން ހިނގައްޖެއެވެ. ރަޔާލް އޭގައި ބައްދާލައިގެން އައިސް ސޯފާގައި އިށީނީ ވަރަށް އުފަލުންނެވެ. އޭރު ޔާސީން ހުރީ ސީދާ ރަޔާލްގެ މޫނަށް ބަލަހައްޓައިގެންނެވެ.
“އޭއި އަތް ނުލާ…” ފަހަތުން އައިސް ރިފާއު ކޮންޑުގައި އަތް ބާއްވާލުމުން ރަޔާލް ރުޅި އައިސް ހަޅޭއްލަވައި ގަތުމުން އެންމެންވެސް ހައިރާން ވެއްޖެއެވެ. އެއީ އަބަދުވެސް ރަޔާލްގެ އާދައެވެ. އަމިއްލަ ބައްޕައާއިވެސް ސަލާމް ކޮއްނުލައެވެ.
“ކޮކީ ސޮރީ… ކުޑަ ދޮން ހަނދާން ނެތުނީ..” ދުރަށް ޖެހިލަމުން ރިފާއު އިސްޖަހާލީ އެހާ ބާރަށް ރަޔާލް ބުނުމުންނެވެ. ދެރަވެފައި ހުރި ރިފާއު ހިނގައިގަތީ ބޭރަށް ދާށެވެ. އެހެން މީހުންވެސް ދިޔައީ ރިފާއު އާއިއެކުގައެވެ.
“އަހަރެން މި ހިތަށް އަރަނީ ތިކަހަލަ ބްރައުން މީހަކާ ބްރައުން ބެއަރ ވައްތަރީވެސް..” ނިއް އަރުވާލަމުން ޔާސީން އެހެން ބުނެފައި މައުވާއާއި ދިމާލަށް ހިނގައި ގަނެފިއެވެ.
ތެދުވެގެން ދިޔަ ޔާސީނާއި ދިމާލަށް ރަޔާލް ބަލާލި އޭނާ ދަސްކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. ގެއަށް އަންނަ ދުވަހެއް ވިއްޔާ އޭނާ ހިތުގައި ޖައްސާ ލާނެއެވެ. އިސް ޖަހާލަލއިގެން އިނުމަށްފަހު ރަޔާލް މައްޗަށް ހިނގައި ގަނެފިއެވެ. އެއް އަތުން އެ ބެއަރގައި ހިފާލައިގެން ސިޑިންއެރި އިރު ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. ފަހަތަށް އެނބުރު ޔާސީނަށް އެމަންޒަރު ފެނުމުން އެއް މިޔަކަނުން ހީލައިފިއެވެ. ކޮޓައރިއަށް ވަން ރަޔާލް ބެއަރ އެނދުގައި ބާއްވާ ލުމަށްފަހު ކަރުގައިވާ ފަށް އަތަށް ނަގައިފިއެވެ. ދިގު ދިގު އެފަށުގައިވަނީ ހަނދު ފަޅިއެކެވެ. ހުދު ރަނުގެ ހިމަ ހިމަ އެދިގު ފަށުގައި ބޮޑު ފަށު ފުލެއް އިނުމުން ވަރަށްވެސް ހިތްގައިމެވެ. އެ ހަނދުފަޅީގައި ހިފަހައްޓާލައިގެން އިން ރަތާލަށް ސިފަވަމުން ދިޔައީ އޭނާގެ އުމުރުން 8 އަހަރުގައި އާމިރާ ދެއްކި ވާހަކަ ތަކެވެ. އެއީ ހަމައެކަނި ކުޑައިރުގެ ރަޔާލް ހަނދާން ހުންނަ ހަނދާނެވެ.
# # # # #
އާމިރާ ހޯދަމުން ދިޔައީ ކުޑަ ކުޑަ ރަޔާލެވެ. ގޭތެރެއިން މީހަކު ފެންނަން އިރަށް އޭނާ ފިލާނެއެވެ. އާމިރާ ކައިރިއަށް ރަޔާލް އައިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވާއިރުވެސް އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. ގެނައި އިރުގައި ބޯފަޅައިގެން ގޮސްފައިވާ ބައި މިހާރުވަނީ ﷲގެ އިރާދަ ފުޅުން އެއްކޮށް ރަނގަޅު ވެފައެވެ. ނަމަވެސް އަދިވެސް އެތަނުގައި ބާލާފައިވާ އިސްތަށިތައް ނާރައެވެ. އާމިރާ ގޭގެ އެކި ދިމަ ދިމާ ބަލަމުން ގޮސް ޓެރެހަށް އަރައިފިއެވެ. ޓެރެހުގައި ދިއްލާފައިވަ ބޮކި ތަކުގެ އަލީގައި މާގަސްތައް ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އޯކިޑް ގަސްތަކުގެ ފުރަގަހުން ކުޑަކުޑަ ރަޔާލް ފެނުމުން އާމިރާ ގޮސް އުޑުފައިން އިން ރަޔާލް ކައިރީގައި ކަކޫ ޖަހާލައިފިއެވެ.
“ރަޔާ…” އާމިރާ ވަރަށް ލޯބިން އެހެން ބުނުމުންވެސް ބަލައެއް ނުލިއެވެ. އެކުއްޖާގެ އަތް ތުރު ތުރު އަޅަމުން ދިޔައީ ބިރުންނެވެ. އާމިރާ ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އުޑާއި ދިމާލަށް ބަލާލަމުން ކޮޅަށް ތެދުވެ އާމިރާ ބޮކިތައް ނިއްވާލައިފިއެވެ. އެއާއެކު ފިޔަ ޖަހަމުން ދިޔަ ތަރިތަކާއި ހަނދު އެކަޅު ކަމުގެ ތެރެއިން ދިއްލާލައިފިއެވެ. އާމިރާ އޭނާގެ އިސްތަށިގަނޑު ހުޅިއެއް ޖަހާލަމުން އޭނާގެ ކަރުގައިވާ ފަށް ނަގައި ރަޔާލަށް ދިއްކޮއްލައިފިއެވެ. އެއީ ހުދު ރަން ވުމުން އޭގައި ރިއްސަށްވުރެ އަލި ގޮތެއް ހުރެއެވެ. އަދި ހަނދުގެ އަލިން އެފަށްވަނީ އިހުނަށް ވުރެވެސް ބޮޑަށް ދިލިފައެވެ. ހިމަހިމަ ދިގު ފަށުގައި ވަނީ ބޮޑުކޮށް ހަދާފައިވާ ހަނދުފަޅިއެވެ. ރަޔާލް ބަހެއްވެސް ނުބުނެ ފުރަތަމަވެސް ހިފާލީ އެފަށު ހުލުގައެވެ.
“ރަޔާއަށް އިނގޭތަ ހަނދުވެސް އަބަދު ނީންނާނެ އެހެނެއް.. ފުރިހަމަ ކޮށެއް.. ދަރިފުޅު ބަލާބަ.. މިހާރު އެހެން އަލި އަލިކޮށް ވައްކޮށް އިނަސް އެވެސް މަޑުމަޑުން އެހެން ބައްޓަމަށް ބަދަލުވާނެ.. މަންމައަށް އެންމެ ކަމުދަނީ މިކަހަލަ ހަނދު.. ކްރެސެންޓް..” އާމިރާ ރަޔާލްގެ މޫނުގައި ފިރުމާލަމުން އެމޫނަށް ބަލާލައިފި އޭނާގެ އަތުގައި އޮތް ހަނދުފަޅި ދައްކާލައިފިއެވެ.
“ހަނދު އެހެން އިނަސް އަދި ކުޑަކޮށް އިނަސް ހަމަ އަލިވާނެ.. ފުރިހަމަ ހަނދުން އެކަންޏެއް ނޫން އަލިވާނީ.. ކޮންމެ ބައްޓަމަކަށް ހުއްޓަސް ހަމަ އަލިވާނެ.. އެހަނދުހެން އެންމެން އެގޮތް ވާކަށްވެސް ނުޖެހޭނެ ދަރިފުޅާ.. ރަޔާ މަންމަގެ ކޮރެސެންޓަށް ވާންވީނު..” ކިތަންމެ މާނަ ފުންކޮށް ބުނި ނަމަވެސް އެޅަސިކުނޑިއަށް އެގުނު ކަހަލައެވެ. ފުރަތަމަ ފަހަރަށް އެކުއްޖާ ހީލައިފިއެވެ. ތުންފަތުގައިވި ހިނިތުންވުމަށްވުރެ ބޮޑަށް އާމިރާ ސިހުނީ އެލޮލުން ކަރުނަ ފައިބާ މަންޒަރު ފެނުމުންނެވެ. ކަރުނައިގެ ތެރެއިން އެހިނިތުންވުން އާމިރާގެ ހިތުގައި ބިންވަޅު ނަގައިފިއެވެ. އާމިރާ އެހެން ބުނެފައި އެ އަގުބޮޑުފަށް ރަޔާލްގެ ކަރުގައި އަޅުވާލައިފިއެވެ.
# # # # #
އެހެން އެތަށް އިރަކު އިނުމަށްފަހު ރަޔާލް ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑުމަޑުން ސިޑިން ފައިބައިގެން ތިރިއަށް އޭނާ ދިޔައީ މަންމަ ފެނޭތޯ ބަލާލާށެވެ. ރަޔާލް ތިރިއަށް އާދޭތޯ އޭރުވެސް ޔާސީން ހުރީ ބަލަ ބަލައެވެ. މިކުއްޖާގެ މިޒާޖު ހުންނަ ގޮތުން އެންމެ ކަންބޮޑުވަނީ އޭނާއެވެ. ދުވަހަކުވެސް އަނެހްނ ކުއްޖަކު އުޅޭ ގޮތުން އޭނާ މިހާ ހިތް އަވަހެއް ނުވެއެވެ. ތިރިއަށް ފައިބައިގެން އަންނަ ރަޔާލް ފެނުމުން ޔާސީން ހީލައިފިއެވެ.ނަމަވެސް އެމޫނުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.
“ބްރައިން ބެއަރ..” މަލާމަތް ކޮއްލާ ރާގަކަށް ހީލަމުން ޔާސީން ގޮވާލައިފިއެވެ. ތިރިއަށް ބަލަހައްޓައިގެން އިން ރަޔާލް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިސްއުފުލާ ވަށައިގެން ބަލައިލީ ރިފާއު އެތަނުގައި ހުރިތޯއެވެ. އޭނައާއި ހެދި ކުޑަ ދޮންބެވެސް އެދިޔައީ ދެރަވެގެންނެވެ.
“ލައިޓް ޖައްސަން ވީތަ؟ ރަޔާލް ކަޅު ކަމުން ނުވެސް ފެނޭ ވިއްޔަ…” މިފަހަރު ޔާސީން ބުނި އެއްޗަކުން ރަޔާލް ކުއްލިއަކަށް ބަލާލައިފިއެވެ. މިވީހައި ތަނަށް އޭނާއާއި ދިމާލަށް ބަލާވެސް ނުލައި ހުރި ކުއްޖާ މިވަގުތު އެހުރީ ދެލޯ ބޮޑުކޮއްލައިގެން ބަލާށެވެ. އޭނާ ކަޅުވި ކަމުގައި ވިޔަސް އެއްވެސް މިހަކު އެފަދަ އެއްޗެކޭއެއް ނުބުނެއެވެ. އެބޮޑުބޮޑު ދެލޮލަށް ކަރުނަ ޖަމާވިތަން ފެނުމުން ޔާސީން ހިތަށްވީ ބުނެދޭން ނޭނގޭ ކަހަލަ ގޮތެކެވެ.
“އައި ހޭޓް ޔޫ..” ވާހަކަ ނުދައްކައިގެން އުޅުނު އަންހެން ކުއްޖާ އެންމެ ފުރަތަމަ އޭނާއާއި ވާހަކަ ދެއްކުމުގެ ކުރިން ރޮއެފިއެވެ. އެހެން ބުނިއިރު އެލޮލުން ކަރުނަ ގަނޑު ފައިބައި ގަނެއްޖެއެވެ. ރިފާއުއަށް އެހެން ހެދުނީމައާއި ޔާސީން އެހެން ބުނުމުން ރަޔާލް ހަމަ އަސްލުކޮށްވެސް ދެރަވެއްޖެއެވެ.
“ރަޔާ..” ގިސްލެވެން ފެށި ރަޔާލްގެ މުނަށް ބަލާލަމުން ޔާސީން އުޅުނީ އެއަތުގައި ހިފާލާށެވެ. ނަމަވެސް އެފުރުސަތު ރަޔާލެއް ނުދިނެވެ. އަނެއްކާ ސިޑިން މައްޗަށް އަރައިގެން ދުއްވައި ގަނެއްޖެއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކާ ހެދި އޭނާ ދެރަވެއްޖެއެވެ. މިކުއްޖާ އޭނާއަށް ހަދާފައި ހުރި ސިހުރެއްވެސް ނޭނގެއެވެ. އޭނާ ނުފެނިއްޖެނަމަ ޔާސީން ހިތަހަމައެއް ނުޖެހެއެވެ. ފަހަތުން ދާން ހިތަށް އެރި ނަމަވެސް ރަޔާލް އެކަނިދާން ދޫކޮއްލީ އެމިޒާޖު ކޮންމެވެސް ވަރަކަށް ދަސްވެފައި ވާތީއެވެ.
ދެތިން ގަޑިއިރު ފަހުން ރަޔާލް ނިކުތީ މީހަކު އުޅޭތޯ ބަލާފައެވެ. އެއްވެސް ފިރިހެނަކު ފެންނަން ނެތުމުން ރަޔާލް މަޑުމަޑުންގޮސް ދިމާކޮށްލީ ބަދިގެއަށް ވަންނާށެވެ. އެތެރެއިން ފެނުނު މީހަކުގެ ސަބަބުން ރަޔާލްގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭނާގެ ބައްޕަގެ ކައިރީގައި ހުއްޓިގެން ހުރި ފައިސަލަކީ އޭނާ ދަންނަ މީހެކޭ ހިތްބުނަނީ ކީއްވެ ހެއްޔެވެ؟ ހިތުގެ ތެޅުން އަވަސްވި ނަމަވެސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. ނިތައް ގިނަ ވަމުން ދިޔަ ރޫ ތަކާއެކުވެސް ރަޔާލަށް ހުރެވުނީއެވެ. އެހެން ހުއްޓައި މައުވާ އައިސް ރަޔާލްގެ އަތުގައި ހިފާ ދަމައި އެތަނުން ނެރެފިއެވެ.
ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ގޭގެ އެއްފަރާތެއްގައު ހައްދާފައިވާ ޖަނބުލޯރު ގަހެއްގެ ކައިރީގައި ބަހައްޓައިފިއެވެ. ހުއްޓުން އަރާފައި ހުރި ރަޔާލްގެ ކޮނޑުގައި ހިފާ ތަޅުވައި ގަތުމުން ނިދިން ހޭލެވުނު ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެފަރާތަށް ބޯ ހޫރަލުމަށްފަހު ބަލާލިއިރު ކުރިމަތީގައި ހުރި ޔާސީން ފެނުމުން އޭނާ ރަޔާލް ދެލޯ ބޮޑު ކޮއްލައިފިއެވެ. މިކަހަލަ ކޮންމެ ވަގުތެއްގައި މައުވާ ފެންނާތީ ރަޔާލް ބިރު ގަންނަ ގޮތްވެއެވެ. ޔާސީން އޭނާއަށް ބަލަމުން ދިޔައީ ސުވާކުގެ ނަޒަރަކުންނެވެ.
“ރަޔާލަށް އެނގޭތަ ޔާސީންގެ ބައްޕަ؟”މައުވާ އެހެން އަހާލުމުން ރަޔާލް ދެފަރާތަށް ބޭ ހޫރާލައިފިއެވެ.
“ދޮންތީ އެކަމް އެމީހާ އެއީ ދަންނަ މީހެކޭ ހިތަށް އަރަނީ..” އިރުކޮޅަކު އެހެން އިނުމަށްފަހު ރަޔާލް ބުނެލިއެވެ.
“ކޮކީ އަށް ކިހިނެއް އެމީހާ އެނގޭނީ؟” ދުރަށް ބަލަން ހުރި ރަޔާލް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް އެމީހާއަކީ އޭނާ ދަންނަ މީހެކޭ ހުތް ބުނަނީ ކީއްވެ ހެއްޔެވެ.
“ނޭނގެ ދޮންތީ.. އެކަމް ވަރަށް ބިރު ގަނޭ ފެނުނީމަ..” ރާޔާލް އެހެން ބުނެލަމުން އަތް ގަޔާއެކު ވަށާލިއެވެ. ހީވަނީ މީހެއްގެ ހިމާޔަތަށް އެދުނު ހެންނެވެ.
ރަޔާލް އެތެރެއަށް ފޮނުވާލުމަށްފަހު މައުވާ ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކޮޓަރިއާއި ދިމާލަށް ދަމުން ސިޓިން ރޫމްގެ ތެރެއިން ޔާސީންގެ ބައްޕަ ފެނުމުން މައުވާ ހީލައިފިއެވެ. ރަޔާލަށް ފައިސަލް ނޭނގޭނެކަން އެންމެ ރަނގަޅަށް އިނގޭ އެކަކީ މައުވާއެވެ. ނަމަވެސް ކޮއްކޮގެ ކުޑައިރުގައި ފެނުނު މީހަކާއި ވައްތަރު މީހަކަށްވެސް ވުން އެކަށީގެން ވެއެވެ. މިވީ ގޮތުން ޔާސީނައި ވާހަކަ ދައްކަން ޖެހުނީއެވެ. ޔާސީނަކީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. ރަޔާލްގެ އެފަދަ ކަމެއް ހުންނަކަންވެސް މައުވާއަށްވަނީ ފާހަގަ ވެފައެވެ. ނަމަވެސް ކޮއްކޮއާއި ސީދާ އެވާހަކަ ދައްކަން ނުކެރެނީއެވެ.
ކްލާސް ތެރޭގައި އިން ރަޔާލް ދޭތރެއަކުން ފޯނު ބަލާލައެވެ. ހެނދުނުން ފަށައިގެން އެހެން އައިސް އިންނަން ޖެހުމުން އޭނާ ވަނީ ވަރު ބަލިވެފައެވެ. ސެމިސްޓަރ ނިމޭ ދުވަސްކޮޅު ކަމުން އަބަދުހެން އޮންނަނީ ކޮންމެވެސް ޕްރެސެންޓޭށަން އަކާއި ޖެހިފައެވެ. ދަތްދޮޅީގައި އަތްވިދެލައިގެން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފޯނުގެ ސްކިރީނަށެވެ. ފޯނު ނަގަން ނުނަގަން އިންދައި އެ ކެނޑިއްޖެއެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކާ އުޅޭ ކުއްޖަކަށް ނުވުމުން ރަޔާލަށް ގިނަ ފަހަރު ފޯނު ނަގަންވެސް ވަނީ މަސައްކަތަކަށެވެ.
ނަމަވެސް ޔާސީން ފެނުނު ފަހުން އޭނާއަށް އަބަދުހެން ވިސްނެނީ ޔާސިނާއި މެދުގައެވެ. ކިތަންމެ ހިތުގައި ޖެހޭ އެއްޗެކޭ ބުނި ނަމަވެސް އޭނާއަށް ޔާސީން ކަމުދެއެވެ.
ވިލާތަކުން ބައްދަމުން ދިޔަ އުޑަށް ބަލާލި އަވަހާއި އިންތަނުން ތެދުގެން ލިފްޓަށް އަރައިފިއެވެ. މެންދުރުން އަނބުރާ ދޭއްޖެހިއިރު ވާރޭ ތުނިކޮށް ވެހެން ފާސައިފިއެވެ. ފޯނު ނަގައި ރަޔާލް ޝަބީނަށް ގުޅާލީ އޭނާ ކަމެއްގައި އުޅޭތޯ ބަލާލާށެވެ. ރިފާއުއާއި ޝަބީންވެސް އޮފީހުގައި ބިޒީ ވުމުން ރަޔާލް ހުރީ މާޔޫސް ވާ ގޮތްވެފައެވެ. ވާރޭ އެހާ ބޯވުމުން އޭނާ އެއްވެސް ވަރަކަށް ބެލްކަންޏާއި ހިސާބަށް ދާހިތެއްވެސް ނުވިއެވެ. ގެއަށް ދެވުނު އިރުގައި ހަތެއްޖަހައި ބޮޑު ވެއްޖެއެވެ. ވެފައިވާ ވަރުބަލީގައި ފެންވެސް ވަރާނުލައި ރަޔާލަށް އެނދުގައި އޮށޯވެވުނީއެވެ. ލޮލަށް ނިދި ސަވާރުވި އިރެއވެސް އޭނާއަކަށް ނޭނގުނެވެ.
ޝަބީންއާއި މައުވާ ގެއަށް ވަންއިރު ގޭގެ ތެރޭގައިވަނީ އަނދިރި ކަމެވެ. ޔާސީންވެސް ދެމީހުނާއެކު މިއަދު އެގެއަށްވަނީ އާމިރާ އެހާ ވަރަކުން ކާން އަންނނާށޭ ބުނެފައި އޮތީމައެވެ. ރިޔާޒާއިއެކު ބޭރުގައި ވުމުން އާމިރާވަނީ މައުވާއަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ހެމުން ކުޑަ މަޅާލި މައުވާއާއި ޝަބީން ސިހުނީ ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. ގޭތެރޭގައި އަނދިރި މާހައިލުގައި އެވޭނީ އަޑު ފެތުރިފައިވާ ގޮތުން ޔާސީންގެ ގައިގެ ހޯލިތައްވަނީ ކޮޅަށް ޖެހިފައެވެ.
ނުނިމޭ
523 Comments
Comments are closed.
Anekkaa vx mi story feshee dhw mifaharu kihaa dhuvaheh vaanebaa dhw dhn medhu nukan’daa genesdheefiyya rangalhu.
Alhe kyvetha fattaafa anekkaa..??kuryge baithakaa gulhuvaign genesdhyba…!!
Okay in shaa allah maadhan up kohla dheynan dhen huri hurihaa part and new part ves.. sorry guys again 🙁
Can you all wait for tomorrow
okay good luck
This story is interesting…??
I hope mi faharu story nimendhen genesdheyne kamah..
I really like this story..❤
Cant wait to read next part. Please upload it soon.???
Haadha salhiey,kiyaahithun kehvany eh noon….
ohh my god.. thankyou aaran.. thankyou soo much.. mifaharu ekkoh nimaanulaa huttaa nulahchey plx plx plx.. i love this story..
mentos eh gannan ves id card beynun veytha?? “ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް ރަޔާލް އެއަތަށް ހަރަކާތެއް ނުކުރިއެވެ.” މިއަށްވުރެ ރީތިވާނެ ކަންނޭނގެ މި ސެންޓެންސް މިކަހަލަ ގޮތަކަށް ބުނެލިނަމަ. ” ރަޔާލްގެ ލޯ ކުރިމަތިން އޭނާގެ އަތް ދެކޮޅަށް ހުރަސްކޮށްލުމުންވެސް ރަޔާލްގެ ލޯ އަތުގައި އަޅައިގަންނަ ގޮތެއްނުވިއެވެ.” heevany sifa kohdheyn knmes varakah undhagu vaa hen..
V mistake ebahuri. …. hiyeh nuvey vaahaka liyan egey myheh heneh…..dhaan v nun konnes ehen kameh kuran.
Mistakes aaaa ekeee dhw o
jeheyny balaigannan… Aslu v hadi Dhn thihen bunyma.. Konme merhakahves mistakes hedheyne.. Even yuh.. No one is perfect…
This is the problem.. People judge too fast.. Even I can mention that in ur comments also there is mistakes.. Ehen meehunge kuh nuhoadhaaa thimaa meehaage kun hoadhaigen aakhirugai faidhaa vaany hama Thomas meehaayah…
Even in my comment also there is mistakes ?
It doesn’t mean dhw eiii emeehakah neyngeny eyyy… Grow up guys..
Gaiga hunnanii loali
omg .. waiting for tomoro . finally after so long you r back
kobaaatha :'( mi vaahaka up kuraa vahaka buninsureyn reyge nidhives nulibun.. kiyaahithun
varah reethi.
This is real good ? Please upload the next part ☺ wanna read the full story ?
Story fashaigen genes dhinumaky waste eh… New readers ah Aaran ge name ah click kolleema fennaane kureege prt thah so better continue frm 6th vana episode dhw…
Okay 6th vana part in feshigen dhen up kuraany.. miadhu 3 30 haairu up kohlaanan.. stil reading and mistakes thah rangalhu kuramun mi dhany ehnve.. thank you rangalhu koh dheythi..
Haadhaha va lahey iru iru kolhaa eba belevey. Data kolhuves husvanyyy plss up kohlladhybah.
Aaran.. 5 vana part ge baehh sentence thah nufene ehh nu..
So 5 vana part inn feshigen gensdhyba.. Plxxxxx..
Aaran we all are waiting!!
you know you stop writing after 5 episodes!!
you broke hope with your own hand, and now your starting with a sorry, which is a good reason to start hoping about your story
cux not many people start after long time!!
i beg you to plz hurry!!
i dont mean to be rude!!
i just want to read your story again!!
i am really really looking forward for the rest of the episode?
guys already uploaded. 6th vana part