Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

leykoaru

shyx
February 11, 2017
18 Mins Read
46 Views
28 Comments

ލޭކޯރު ( ފަސްވަނަ ބައި )

leykoaru

އެއްވެސް ހާލެއްގައި ގޮތްނޭގޭ އެ ޖަންގައްޔަށް ވަންނަން އިލާ ބޭނުމެއްނޫނެވެ. އެހެނަސް އެހާ ރީތި ތަނަކަށް އިލާ ބަހައްޓާފައި ދާކަށް މާސް ގެ ހިތެއް ނޭދުނެވެ.އެމީހުންނާއެކު ދާން ބޭނުންވިއަސް ކޮމާންޑް މަޑުކުރީ އަންޝް ބުނުމުންނެވެ. ދެކެވުނު މޮޔަ ވާހަކަ ތަކާ މެދު އަމިއްލަ ނަފްސައް އެއްޗެހި ކިޔަން އިރުގަނޑަކު ތަނާލް ފާހާނާގައި ހުއްޓެވެ. ފާހާނައިން ތަނާލް ނުކުތީ އިތުރަށް އަންޝްގެ ހަބަރެއްނުވުމުންނެވެ. ” އަންޝް ހިގައްޖެ ” ތަނާލް ބޯ ދިއްކޮށް ބަލައިލީ ނައިލް އެއްޗެހިބަދަލްކުރަން ހުއްޓައެވެ. މޭގައި އަތްއަޅައި ހަށިފުރައި ނޭވައެއް ދޫކޮއްލަމުން ފާހާނައިން ތަނާލް ނުކުމެއްޖެއެވެ. ” ދޮންބެ ހީނުކުރަން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ތަނޫ ތިހާބޮޑަށް ބަދަލްވެދާނެ ކަމަކަށް ” ގަމިސް ގޮއްތަށް އަޅުވަމުން ނައިލް ތަނާލް އަށް ބަލައިލީ ހިތްހަމަޖެހިފައެވެ. ” އަސްލު ދޯ.. ހާދަ ބޮޑަކަށް އަހަރެން ހިކިއްޖޭ. ބަލާބަލަ ބައިވަރު ސެލްފީވެސް އަހަރެން ނަގައިފިން ” ނިވާލި ފޯނު ހުޅުވަމުން ތަނާލް ގޮސް ހުއްޓުނީ ނައިލް ކައިރީގައިއެވެ. ” ދޮންބެ މި ދައްކަނީ ތަނޫގެ އުޅުންބަދަލުވި ވާހަކަ ” ” ތިބުނީ؟ ” ” މި ބުނީ ތަނު މިހާރު ބޮޑުވެއްޖެއޭ..ތުންފިއްތާލާފަ ވާހަކަ ދެއްކުން ހުއްޓިއްޖެއޭ. ” ނައިލް ތަނާލްގެ ދަތްދޮޅީގައި ހިފާލީ ލޯބިންނެވެ. ” އޯހ.. އެހެންދޯ..” ހީލާފައި އަލުން ތަނާލް ފޯނު ނިވައިލައިފިއެވެ. ނައިލް ތަނާލް ގޮޑިއެއްގައި ބައިންދައި ގާތުގައި އިށީންދެއްޖެއެވެ. ” ދޮންބެ މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. މި ޒަމާނުގައި އަންޝް ކަހަލަ….” ” ދޮންބެ އަހަރުމެން އުޅެނީ ރައްޓެހިވެގެނެއް ނޫން. އެއްވެސް ކަމަކާ ނުލައި ދޮންބެ މެން އަހަރުމެންނަށް ޝައްކު ތި ކުރަނީ ” ނައިލްގެ ވާހަކަ ނިމެންދެންވެސް ތަނާލް އަށް ނީދެވުނުވެ. ” މިހާރު ނޫނަސް ދޮންބެ އަށް ޔަގީން އަންޝް ތަނޫ ދެކެ ލޯބިވާކަން. އަންޝް ޕްރޮޕޯސް ކުރާ ދުވަހަކުން ތަނޫ ދެކޮޅުނަހަދާތި. އެކަހަލަ ލައިފް ޕާރޓްނަރ އެއް ތަނޫ އަށް ދެނެއް ނުލިބޭނެ. ” ތަނާލް އަށް ވިސްނަދީ ލޯބިން ތަނާލް ބޮލުގައި ފިރުމާލާފައި ނައިލް ހިގައްޖެއެވެ. ނައިލް އެކަހަލަ ވާހަކަ އެއް ދެއްކުމުން ލަދުން އިސްނަގަން ވެސް ތަނާލް އަށް ނުކެރުނުވެ. އަންޝް އާއި މެދު އެކަހަލަ ގޮތަކަށް ވިސްނާލެވިފައިވެސް ތަނާލް އަށް ނެތެވެ. އެންމެން ދިމާކުރާތީ ތަނާލް ވެސް އެހެން އުޅެނީ އެވެ. އެހެނަސް އަންޝް ތަނާލް ދެކެ ލޯބިވާކަން އެހާ ޔަޤީން ކަމާއެކު ނައިލް އެބުނީ ކީއްވެހެއްޔެވެ؟ އަންޝް ވެސް އެހެން އެއުޅެނީ އެންމެން ދިމާކުރާތީ އެވެ. އެހެން ނޫންނަމަ އަލުން ތަނާލް އާއި ބައްދަލްނުކޮށް ދެއްމެއަކު އަންޝް އެއްނުދާނެއެވެ.

ރާނބާމަކުނުތަށް ގަސްތަކުގެ ތެރޭ ދުވެ އަޑުލައްވަމުން ދިޔައީ އެމީހުން ފެނިފައިއެވެ. ބިރުން އެ އެއްޗިހިތަށް އުޅޭކަހަލައެވެ. މޫމިނާ މެންވެސް ބިރުގަތެވެ. އެހެނަސް ގާތްވާން ނޫޅެ އެ އެއްޗެހިތަށް ބިރުން އުޅޭތީ މާސް މެންނަށްވީ މަޖަލެވެ. އެއެއްޗެހީގެ އަޑު ލައްވައި އެއްޗެހި އުކަންފަށައިފިއެވެ. ރާނބާމަކުނު އުޅުނަސް އެހެން ފާޑުފާދު ޖަނަވާރު ނުފެންނާތި އަންޝް ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ” އަދި ރަނގަޅަކަށް ނޫން ކަލޭއަށް ތި އުޅެވެނީ ” އެންމެ ފަހަތަށް އަންޝް ޖެހިލި ދަނޑިވަޅު ބަލާފައި މުބާ އަންޝް އާއި ކުރިމަތި ލައިފިއެވެ. އަންޝް ބަލައިލީ ނުވިސްނިފައިއެވެ. ” ތަނޫ އާއި ދުރުގައި ކަލޭ ހުރޭ. މަ ގާރލްފްރެންޑް އެއީ. ކަލޭ އާއިހުރެ މަށަށް ތަނޫ ގެއްލިއްޖިއްޔާ މަށަކި ކާކުކަން ކަލޭއަށް އަންގާލާނަން. ” މުބާ ވޯރނިން އަޅައިލުމަކުން އަންޝް ނުސިހުނެވެ. އެހެނަސް ޒުވާބު ކުރަން ބޭނުންނުވާތީ ހިގައިގަތީ ކުރިއަށެވެ. ” މަށަށް އެނގޭ ކަލޭ ތިއުޅެނީ ….” ” ބުނަން މަށާއި ތަނާލް ރައްޓެހިވިއަސް ކައިވެނި ކުރިއަސް ނޫނީ އަނިއާކޮއް އަހަރެން ތަނާލް މަރައިލިއަސް މަގައިގަ އިނގިލިކުރި ޖައްސައިލާނެހައި ފެންވަރުވެސް މުބާ ގަޔަކުނެތް. ތިހެން އެއްޗެއް ބުނެލާއިރަށް ބިރުން ސިހެނެ މީހެއްނޫން މަށަކީ. އަހަރެން ކައިރިގައި ހުއްޓަސް ނެތަސް ތަނާލް މުބާ ދެކެ ލޯބިވަންޏާ ތަނާލް ދާނެ މުބާ ކައިރިއަށް. އެއީ މަށާއި ބެހޭ މައްސަލައެއްނޫން.” އަންޝްގެ ހަމަޖެހޭ ވާހަކައިން މުބާ ހުރީ ދެ ބުމަ ގޮއްޖެހިފައިއެވެ. ” އަދިވެސް ވާހަކަ ދައްކަން ތިބެނީތަ؟ މިކޮޅަށް އާދޭ. ފަހުންވެސް ވާހަކަ ދެއްކިދާނެ. ” އިލާ ގޮވައިލުމުން އެޓަމް ގޮވައިގެން އަންޝް ހިގައިގެންފިއެވެ. މުއްކެވިފައި ހުރި މުބާ ޖެހުނީ ރުޅި މަޑުކުރާށެވެ. އެހެނަސް މުބާ އަކީވެސް އަންޝް އެހީކުރިހައި ބަލިކަށި މީހެއްނޫނެވެ.

ބައިގަޑިއެއްހާއިރު ހިގަގެން އެމީހުންނަށް ފަރުބަދަކައިރިއަށް ދެވުނުއިރު ތިބި ވަރުބަލިވެފައިއެވެ. އެހެނަސް އެމާހައުލަށް އެމީހުން ނަޒަރު ދޫކޮއްލީ ހިތްހަމަޖެހި ހައިރާންވެފައެވެ. އާދައާއި ހިލާފައް އެ ބޮޑު ފަރުބަދައިން އޮހެމުންދިޔަ ފެންގަނޑު ލޮލުގެ ކޮޅަށް ނުފެންނަ ހިސާބަށް ދެމިފައި އޮތެވެ. ފަރުބަދައިން އެމީހުން ތިބި ފަޅި ތިރިކޮށް އޮތަސް އަނެއްފަޅި އޮތީ އުސްކޮށް މައްޗަށް އަރާފައިއެވެ. ހިލައިންނާއި ބޮޑެތި ބިޔަ ގަސްތަކުން ފުރިފައިއެވެ. ތަފާތު ކުލަކުލައިގެ ދުނިތަށް ގަސްތަކުގެ ތެރޭ މިނިވަންކަމާއެކު އުދުހެމުންދިޔަ މަންޒަރު ފެނުމުން ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަން ލިބުނެވެ. ކަންބޮޑުވެފައި ހުރީ އިލާ އެވެ. ” އަހަންނަކަށް ހިއެއްނުވޭ މިހިސާބުގައި ބަޔަކު އުޅޭހެނެއް. މި ގޮތަށް ޖަންގަލިތެރޭ އުޅޭކަށް ނުވާނެ. މާސް ދެން ހިނގާ ލޯންޗްކައިރިއަށް ” އިލާ ހިފަހެއްޓީ މަސް ޓީޝާޓްގައެވެ. ” ލޯންޗް ކައިރިއަށް ދެވިދާނެ ފަހުންވެސް. އެކަމަކު މިހާހިސާބަށް އައިސް ފެންގަޑަށް އެރިނުލައި ދިޔައީމައޯ ” ” ދެންކީތްކުރަންތަ މިހާ ފިނިއިރު ތެމެނީ؟ ” އެހެނަސް އިލާގެ ވާހަކަ އެހުމެއްނެތި މާސް އިލާ ގޮވައިގެން ގޮސް ފެންގަޑަށް ފުންމާލައިފިއެވެ. ހައްލެ އަށް ވެސް ބަލާކަށް ނުހުރެވުނެވެ. މުބާ އިށިއިނީ ހިލައެއްގެ މަތީގައިއެވެ. ހައްލެ އާއި މާސް ފެންގަޑަށް ފުންމައިލުމުން އަންޝް ވެސް ހިގައިގަތީ ފެންގަޑަށް ފުންމާލާށެވެ. އެހެނަސް ވައްވައް ލައްވާލާފައި އެޓަމް ދުރަށް ދުއްވައިގެންފިއެވެ. ” އެޓަމް… އެޓަމް ތި ދަނީ ކޮންތަނަކަށް؟ އެޓަމް…މުމިނާއްތަ އަހަރެން އެބައަންނަން.” އަންޝް ދުއްވައިގަތީ އެޓަމް ފަހަތުންނެވެ. މުމިނާ ގޮވަގޮވައި އޮއްވައި އެޓަމް ފަހަތުން ގޮސް އަންޝް ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ. މާބާރަށް އެޓަމް ނުދުވާތި އަންޝް އަށް ގެއްލޭ ހިސާބަށް އެޓަމް އަކަށް ނުދެވުނެވެ. ގަސްތަށް ފެ ކުރަމުން އެޓަމް ފަހަތުން އަންޝް އަށް ނުކުމެވުނީ ހުސްބޮޑު ބިންމަކަށެވެ. އަޑި ގުޑަން އެ ބިންމުގައި ގަދަ ފެހިކުލައިގެ ކާޕެޓް އަޅާލާފައި އޮތްކަހަލައެވެ. އެޓަމް ދުވެފައިގޮސް ހުއްޓުނީ ދުރުގައިހުރި ބޮނޑު ބިޔަ ގަހެއްގެ ދަށުގައިއެވެ. އަންޝް ގޮސް އެ ގަސްދަށުގައި ހުއްޓުނީ ގަހުގައި އެލުވާފައި އޮތް އުދޯއިއްޔާއި ގަސްދަށުގައި ހުރި އެހެނިހެން އެއްޗިއްސަށް ބަލަމުންނެވެ. ތިރީގައިހުރި ވަށިގަނޑު ތަކާއި ޖަހާފައިހުރި ޓެންޓް ފެނުމުން ބަޔަކު އެތަނަށް ދަތުރުއައިކަން އެނގޭހައިވެއެވެ. އެހެނަސް އެ ހުރިހައި އެއްޗެއް އެހެރީ ހަލާކު ކޮއްފައިއެވެ. އުންދޯލީގެ އެއްވާގަނޑު ކެނޑިފައި ހުރި އިރު ޓެންޓް ވެސް އެއޮތި އެތަނަށް އެއްލާލާފައިއެވެ. އަޅާފައި އޮތް ކުނާ އާއި ޓެންޓް އަދި އުންދޯލީގައިވެސް ރަތް ކުލައިގެ ލައްގަނޑު ތަކެއް ފޭދި ހިކިފައި ހުއްޓެވެ. އެއްޗެހިތަށް އުކައި ހަލާކުކޮއްފައި ހުރި ގޮތުން ހީވަނީ ބޮޑު ހަނގުރާމައެއް ކޮއްފައި އޮތްހެނެވެ. ވަށިގަނޑު ތެރެއިން ކުޑަ އަންހެން ކުއްޖެއްގެ ހެދުމެއް ނަގަމުން ގޮސް އަންޝް އަތްލީ އެ އުނދޯލީގައި ހުރި ރަތް ކުލައިގެ ލައްގަނޑުގައިއެވެ. އަދި ޖެހިލުންވެ ހުރެ އަތުގައި ވަސް ބަލައިލައިފިއެވެ. އަންޝް ގަޔަށް ދިޔައީ ފިނިގަޑެއް އަރައިގެނެވެ. ހީވީ ރަނގަޅަށެވެ. އެއީ ލޭ ނޫން ދެވަނަ އެހެން އެއްޗެއް ނޫނެވެ. ދެލޯ ބޮޑުވެފައި އަންޝް އަށް ބަލައިލެވުނީ ކުޑަ ބޯޅައެއް އަންގައަށް ލައިގެން އަންޝް އަށް ބަލަން އޮތް އެޓަމް އަށެވެ. އަންޝް ބަލައިލުމުން އެޓަމް ކަރުއެލުވާލާފައި ބަނޑު ޖަހައިފިއެވެ.

” ބަލަ ކީތްތަ އެކުރަނީ؟ ވަލު ޖަނަވާރެއްވިއްޔާ އެއީ ދާންވީމަ އެދިޔައީނޫންތަ.” އަންޝް ލަސްވާތީ މޫމިނާ ހުރީ ރުޅިގަދަވެފައިއެވެ. އެހެނަސް މުބާ އަށް ރަނގަޅީ ދެންދުވަހަކުވެސް އަންޝް ނައިއްޔާއެވެ. ފެންކޯރުގެ އަރީގައި ޖައްސާލައިގެން އިލާ އަތުގައި ހިފަހައްޓާލައިގެން އިން މާސް ވެސް އެހާ އަވަހަށް އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ. ދުވަސް ގަނޑަކަށް ފަހު މާސް އާއި އެކު އެކަހަލަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލަން ލިބުމުން މިހާރު އިލާ ވެސް އިނީ ހިތް ހަމަޖެހިފައިއެވެ. ހައްލެ ފަހަރަކު ހިލަ އަކަށް އަރައި ވީހައިވެސް މަތިން ފެންގަޑަށް ފުންމަފުންމާފައި އުޅުނެވެ. ” އެކަމަކުދެން މިހެން މިތާ ނުތިބެވޭނެ. އަހަރުމެން….” އެއްޗެއް ޖެހި އަޑު އިވުމާއި މޫމިނާ ހުއްޓުން އެރުމާއި ދިޔައީ އެކުގައިއެވެ. އެންމެނަށް މޫމިނާ އަށް ބަލައިލެވުނީ އެކުގައިއެވެ. އައިނައިތަނެއް ނޭގި އައި ދުނި މޫމިނާގެ ނިތްކުރިން ވަދެގެންގޮސް ބޮލުގެ އަނެއްފަރާތުން ނުކުމެފައި ހުއްޓެވެ. އެންމެން ބަލައިލި ވަގުތު ހަމަ އެގޮތަށް އައި ދުންޗެއް މޫމިނާގެ މެއަށް ހެރިއްޖެއެވެ. ހަތަރު މީހުންގެ ބިރުވެރި ހަޅޭކުގެ އަޑު ގުގުމައިގަތި މުޅި ޖައްވުތެރޭގައިއެވެ. އެއިރު ތިންވަނަ ދުނި މުމިނާގެ ކަރަށް ހެރިގެން ހިނގައްޖެއެވެ. އެދިމާއަށް ދުވެފައިދިޔަ އަންޝްގެ ފައިދަށުން ބިންގަޑު ދެމިގެންކަހަލައެވެ. އެ ހަޅޭކުގެ އަޑަށް އެޓަމް ވެސް ގަތީ ބިރެވެ. އަންޝް ބާރަށް ދުވެފައިގޮސް ގަސްތަކުގެ ތެރެއަށް ވަދެގެން ހިންގައްޖެއެވެ. އިތުރަށް އެންމެ އަޑެއްވެސް ލައްވައިނުލެވި މޫމިނާ ފެންގަޑުގެ އަރިއަށް ވެއްޓިއްޖެއެވެ. އެހެނަސް މޫމިނާ ދޫކޮއްލާފައި ކޮންމެ މީހަކުވެސް ދުއްވައިގަތި އެމީހެއްގެ ސަލާމަތް ހޯދާށެވެ. އިލާ އަތު ހިފައިގެން މާސް ވެސް ދުއްވައިގަތެ.އެހެނަސް އެންމެ ފިޔަވަޅެއްވެސް ނޭޅި އުޅެނިކޮށް ދުންޔެއްއައިސް އިލާގެ ފައިގެ ކުޑަކަލުވާ ފޫ އަޅުވާލައިފިއެވެ. އަނގަވަތަށް އިލާ ވެއްޓި ޖެހުނީ ހިލަތަށް މައްޗަށެވެ. ވީ ތަދާއިއެކު އިލާ ރޮއިގަނެވުނީ ވޭނާއި އެކުގައިއެވެ. ” އިލާ… އިލާ ތެދުވޭ ” މާސް އިލާ ނަގައި ކޮޅަށް ނަގައިފިއެވެ. އިލާ ގޮވައިގެން ދުއްވައިގަންނަން ކުރިއަށް ފިޔަވަޅު އެޅިއަސް މާސް އަށް ޖެހިގަނެވުނީ ފަހަތަށެވެ. ކުރިމަތީގައި ހުރި ކަޅު ބަބުރުކަލެގެ ދުނި ދަނޑި ދަމާލާފައިހުރީ މާސްގެ މޫނަށް އަމާޒް ކޮއްފައިއެވެ. އިލާ އަށް މާސް ގައިގައި ބެއްދުނީ ތެޅިގެންފައިއެވެ. ގަތް ބިރުން އިލާގެ އަޑުވެސް ދިޔައީ ކެނޑިގެންނެވެ. އެ ހުތުރު މީހާ އެހާވެސް ބިރުވެރިއެވެ. ގައިގައި ނިވާކަމެއް ނެތްއިރު މުޑުދާރު ކަމުން ހައްދެއްނެތެވެ. ކާޅު ހާތްޔެއްހެން އިސްތަށިގަނޑު އޮތްއިރު ރަތް ބޮޑު ދެލޮލާއި ހަޑި ދަތްތަށް އިތުރަށް ބިރުވެރި ކޮއްދެއެވެ. ދުވަހަކުވެސް ފެންނުވަރާކަން ދުވާ ނުބައިވަހުން ހާމަވެއެވެ. އެންމެ ފިޔަވަޅެއްވެސް މާސް އަށް ކުރިއަށް ނޭޅުނެވެ. އެހެނަސް އެކަހަލަ ދެމީހަކު ހައްލެ އާއި މުބާ ވަތް ދިމާއިން ދުވެފައިދިޔަ ތަން ރީތިކޮށް މާސް އަށް ފެނުނެވެ. އަދި އިތުރު ތިން މީހަކު އައިސް މާސް ކުރިމަތީހުރި މީހާ ކައިރީ ހުއްޓިއްޖެއެވެ. ބަނޑުހައިވެފައިވާ ވަގުބުޅާ މަސްގަނޑަށް ބަލާހެން އެމީހުން ބަލަމުން ދިޔައީ އިލާ އާއި މާސް އަށެވެ. ފައިން ލޭ ފައިބަމުން ދިޔަ އިރުވެސް އިލާ އަށް އެންމެ އަޑެއްވެސް ލައްވާލަން ނުކެރުނެވެ. މާސްގެ މޭ ގައި މޫނު ތަތްކޮއްގެން އޮތްއިރު ބާރަށް އިލާ ތުރު ތުރު އަޅައެވެ. ދުވެފައި އަންޝް އަށް ނުކުމެވުނީ އެމީހުންގެ ފަހަތަށެވެ. ބަބުރުންގެ ހަތަރު މީހުން އެކުގައި ބަލައިލީ އަންޝް އަށެވެ. އަދި އެކަކު އަންޝްގެ ގަޔަށް ދުނި އަމާޒް ކޮއްލައިފިއެވެ. އަންޝް އަށް ދެ އަތް މައްޗަށް ނެގުނީ ބިރުން ތެޅިގެންފައިއެވެ. އަޑެއްވެސް ލައްވައިނުލައި އެމަންޒަރު ދެކެން ގަސްތަކުގެ ތެރޭ ބޮނދައި އެޓަމް އޮތެވެ.

އަންޝް ނުފެނި ގަޑިއިރުވެގެން ދިޔައިރު ފޫހިވެގެން ތަނާލް އަށް ހުރެވުނީ ދެ ކޮޅަށް ހިނގާލަ ހިނގާލައެވެ. ” އަޅެ ހާދަ ލަސްވެއްޖެއޭ އެމީހުން. އަހަންނަށް ހަމަޔަގީން މިހާރު ހަތަރެއް ޖަހައިފާނެ ” އެންމެ މިނަޓެއްވެސް ތަނާލް އަށް ވެފައިވަނީ ހާސް އަހަރަށެވެ. ” ތަނޫ އަދި ތިނެއްވެސް ނުޖަހައި، ގަޑިއެއްހާއިރު މިވީ އެމީހުން ދިޔަތާ ” ” އެހެން ނުވާނެ މަށަށް ޔަޤީން މިހާރު ހަތަރެއް ޖަހައިފާނެ، ދޮންބެ ހިނގާބަލަ އެމީހުން ހޯދަން ” ތަނާލް އެންމެފަހުން ގޮސް ނައިލް އަތުހިފައި ދަމަން ފަށައިފިއެވެ. ” ދެން ތިހާ ވަރުންވެސް ބުނާނީ އަންޝް ދެކެ ލޯތްބެއް ނުވަމޭތަ؟ ” ” ތިހެން ނުކިޔަބަލަ. މާސް މެން ނެތީމަ ފުހިވެގެން އަހަރެން މިއުޅެނީ. ދޮންބެ ހިނގާބަލަ. އެޓަމްގެ ފެމިލީ އާއި އެކު ކޮންމެވެސް މީރު އެއްޗެއް ކައިވެސް އުޅެފާނެ އެމީހުން. ” ” ތަނާލް ނައިލް ކޮޅަށް ނެގީ ގަދަކަމުންނެވެ.ދާން ބޭނުންނުވިއަސް ނައިލް ޖެހުނީ ތަނާލް ގޮވައިގެން ވަލަށް ވަންނާށެވެ. އަންޝް މެން ކުރިއަށް ދިޔަ މަގުގެ ގަސްތަށް ކޮންމެވެސް ވަރަކަށް ކޮށާފައި ހުރުމުން ތަނާލް ގޮވައިގެން ނައިލް ކުރިއަށް ދިޔައީ އެމަގު ބަލައިގެންނެވެ. އިރުކޮޅަކު ހިގައިލާއިރަށް ތަނާލް ވަރުބަލިވެއެވެ.އަނިއްކޮޅުން ތަނާލް ގިނައިން އޮންނަނީ ނައިލް ގައިގައި އެލިގެން ކަހަލަ ގޮތަކަށެވެ. ތިން ހަތަރު ތަނެއްގައި ރެސްޓް ކުރަން ތަނާލް ގޮވައިގެން ނައިލް މަޑުކުރަން ޖެހުނެވެ. ރާނބާމަކުނުތަށް ފެނުމުން ތަނާލް ގަދަ ދައްކާލާފައި އޮތި އެންބުރި އައި ކޮޅަށް ދާށެވެ. އެހެނަސް އެހާއިރު ހިގާފައި އެހާ ހިސާބަށް އައިސް އަންބުރާލާފައި ދާ ހިޔާލެއް ނައިލް ނުކުރިއެވެ. ތަނާލް ގޮވައިގެން ގޮސް ނައިލް ހުއްޓުނީ ފަރުބަދަ ކައިރިގައިއެވެ. ” ވާވ…” ތަނާލްގެ އަޑު ނުކުތީ ބޭއިޙްތިޔާރުގައި އެވެ. އެހާ ރީތި ތަނެއް ތަނާލް ހުވަފެނަކުވެސް ނުދެކެއެވެ. ” މިތާކު ނެތެއްނު އެކަކުވެސް އަންޝް… މާސް… އަންޝް… ” ނައިލް ބެލީ މީހަކު ފެނޭތޯއެވެ. އަދި ބާރަށް އެމީހުންނަށް ގޮވަން ފަށައިފިއެވެ. އެހެނަސް ހިލަމެއް ނުވިއެވެ. ” ރަނގަޅަށް ވަންޏާ ލޯންޗް ކައިރީގައި މިހާރު އެމީހުންތިބޭނީ. ” ނައިލް ބުނީ ހިތްހަމަ ނުޖެހިފައިއެވެ. އޭރު ތަނާލް ބާރަށް ނައިލް ގައިގައި ހިފަހައްޓައިފިއެވެ. ” މު….މޫ މި ނާ އް ތަ ހެދުން ” ތަނާލްގެ އަޑު ނުކުތީ ކިރިޔަ ކިރިއާ އެވެ. ނައިލް އަށް ބަލައިލެވުނީ އެދިމާއަށެވެ. ވިދައި ކުދި ކުދި ކޮއްލާފައިއޮތް ހެދުން އޮތީ ލެއިން ތަތްތެޅިފައިއެވެ. މޫމިނާ ފެންނަން ނެތަސް އެހިލަމަތިން ފައިބަމުން ދިޔަ ލޭތަށް ކޯރަށް ފައިބައި ލޭ ކޯރު ދުރަށް ދެމެނީއެވެ. ވި ކީތްކަން ނޭގުނަސް އެއީ މޫމިނާގެ ލޭ ކަން ނައިލް އަށް ޔަޤީން ވިއެވެ. ނައިލްގެ ހޭބުއްދި ފިލާ ނުދިޔައީ ކިރިއާއެވެ. ” ތަނޫ މިތަނުން ހިނގާ ” ބަލާކަށް ނައިލް މަޑެއްނުކުރިއެވެ. ތަނާލް ގޮވައިގެން އައިކޮޅަށް ދުއްވައިގެންފިއެވެ. ތަނާލް ވެސް ދުވީ ދެ ފައަށް ލެވުނުހާ ބާރެއްލާފައިއެވެ.

އަންޝް އާއި މާސް އަދި އިލާ ގެންދެވުނީ ވީރާނާ ވެފައިވާ ތަނަކަށެވެ. އެއްޒަމާނެއްގައި އެތަނުގައި ގެ އަޅައިގެން ބަޔަކު އުޅުނުކަމުގެ ހެކި ވެއްޓި ހަލާކުވެފައިވާ ފައިރު ތަކުން އެނގޭހައިވެއެވެ. ބޮޑެތި ބިޔަ ގަސްތަކުން މަތި ފޮރުވިފައިވާއިރު އެސަރަހައްދަށް ވެރިވެފައި އޮތީ އަންދިރި ބިރުވެރި ކުލަވަރެކެވެ. ދަމައި ހަލައި އަނިއާ ކުރަމުން ގެންގޮސް އެމީހުން މާސް އާއި އަންޝް ދެ ރުކާލައި ބަނދެލައިފިއެވެ. އަދި ރޮއެ ރޮއެ އޮއްވައި އިލާ ފައަށް ޖެހި ދުނި ދަމާނައްޓައިލައިފިއެވެ. ފިނިވެ ނެވާ ކުރުވެފައިވާ އިލާގެ ކަރުބުޑުން ނިކުތީ ވޭނީ ހަޅައިކެއްގެ އަޑެވެ. އެހެނަސް ރަހުމުގެ ކަންފުޅެއްވެސް އެ ހަތަރު މިހުންގެ ހިތުގައި ނެތެވެ. އަންޝް އާއި މާސް ހަޅައިލަވަލަވައި އޮއްވައި ހަތަރު މީހުން އިލާގެ ނިކަމަތި ހަށިގަނޑަށް އަރައިގެންފިއެވެ. މާސް އަށް ޤިޔާމަތް ކުރިމަތިވިކަހަލައެވެ. ތެޅިފޮޅި ގަތީ އަޑުގެ ނެތްތަނަށް ހަޅައިލަވަމުންނެވެ. ޖަންގަލި ތެރެއިން އެކަހަލަ އިތުރު ތިންމީހަކު ދުވެފައި ނުކުތި އެ އަޑު ފައްގަޑަށެވެ. ފެނުނު މަންޒަރުން އެ މީހުން ހެވެސް ނެތެވެ. ފާޑު ފާޑު އަޑުލައްވަމުން ފުންމަމުން އެ މިހުންވެސް ދުއްވައިގަތީ އިލާ އާއި ދިމާއަށެވެ…….

ހަތް ފިރިހެނުން އިލާ ރޭޕްކޮށްލީ މާސްގެ ކުރިމަތީގައިއެވެ. އަންޝް އާއި ދެމީހުން ތެޅިތެޅި ބަނދެފައި ހުރި ދެއަތުން ލޭ ކޮށިގެންދިޔައިރުވެސް އެމީހުންގެ އަތެއްނުނެއްޓުނެވެ. ހަޅޭއްލަވައި ރޮއެ އާދެސް ކުރިއިރުވެސް އެމީހުންނަށް އަޑުވެސް ނީވުނެވެ. ވިއްސަކަ މިނެޓް އިލާގެ ތަދާ ވޭނުން ފުރިގެންވާ އަޑު އިވި އިވި ހުއްޓެވެ. މަޑުވަމުން އިލާގެ އަޑު ކެނޑެން ފަށައިފިއެވެ. ރަހުމުގެ ކަންފުޅެއްވެސް ނެތި އެއިން ކޮންމެ މީހަކުވެސް ދުރަށް ޖެހިލަނީ އެމީހެއްގެ ވަހުޝީ އަމަލުގެ އާލާ ހިތްފުރޭވަރަށް ލިބިގެންނެވެ. ރޮއެ ރޮއެ ކަކުލުން ބާރު ކެނޑިފައިހުރި މާސް އަށް އިލާ ވެފައި އޮތީ ކިހެނެއްތޯ ބަލާލަންވެސް ނުކެރުނެވެ. އެތަށް އިރަކަށްފަހު އެ އެންމެން ދުރަށް ޖެހިލިއިރު އެމީހުންގެ އަނިޔާވެރި އަމަލުން އިލާ އޮތީ ލެއިންކަޅިވެފައިއެވެ. ދެ ލޯ ބޮޑުވެ ކަޅި ލޮލުގެ މެދުގައި ހުއްޓި ހަރުވެފައިއެވެ. އެންމެ ނޭވައެއްވެސް އިލާ ނުލާކަން ޔަގީނެވެ. އަންޝް އަށް އިސްޖެހުނީ ބަލަން ނުކެރިގެން ރޮމުންނެވެ.

ދިހަ މިނަޓުގެ ރެސްޓަކަށް ފަހު އެއިން އެކަކު ހަންޖަރެއް ހިފައިގެން ތެދުވެއްޖެއެވެ. އަންޝް އަށް ބަލައިލެވުނަސް މާސްގެ ހިތްވަރެއްނެތެވެ. ހަށިގަނޑުން ބިޔަ އެމީހާ ހިނގައިގަތީ އަންޝް އާއި ދިމާއަށެވެ. ދެން މިއޮތީ އަންޝްގެ މަރެވެ. ސަލާމަތްވާން އަންޝް ތެޅިގަތީ އެހީއަކަށް އެދި ރޮމުންނެވެ. ޖަވާބުގައި ހަތް މީހުން އެކުގައި ހޭންފަށައިފިއެވެ. ފާޑު ފާޑު ވައްތަރު ޖައްސައި މަޖާނަގަން ފަށައިފިއެވެ. ހަންޖަރު ހިފައިގެން އައިސް އަންޝް ކުރިމަތީ ހުއްޓި އެމީހާ ހަންޖަރުގެ މިޔައިގައި އެ ބޮޑު ރަތް ދޫނެރެ ދޫލަން ފަށައިފިއެވެ. ދުވަސްވެ ހިކިފައިވާ ލެއިން އެ ހަންޖަރު އެވަނީ ކަޅުކުލަ އަރާފައިއެވެ. ދުވާ ކުނި މިނިލޭވަހުން އަންޝްގެ މޭ ފުރިގެން އަރައިފިއެވެ. ޖެއްސުނުހައި ހަޑިވައްތަރު ތަށް ޖައްސަން އެމީހާ ހުއްޓައި ކުއްލިއަކަށް މަންޒަރު ބަދަލުވެއްޖެއެވެ. ޖަންގަލީތެރެއިން އިތުރު ތިންމީހަކު އެ ނުކުތި މަރާލާފައި އޮތް ހައްލެ ދަމަމުން ނެވެ. ދެމީހުން ހައްލެގެ ދެފައިގެ ހިފައި ދަމަމުން އައިއިރު ފަސް ދުނި ހައްލެގެ ގަޔަށް ހެރިފައިހުއްޓެވެ. އަނެއްމީހާގެ އަތުގައި އޮތީ މޫމިނާގެ އެއްފަޔާއި ބޮލެވެ. އެމަންޒަރު ފެނުމުން އެމީހުނަށް އީދެއް އައިކަހަލައެވެ. އަންޝް ކުރިމަތީގައި ހުރި މިހާ އަންޝް ދޫކޮއްލާފައި ގޮސް ހަންޖަރުން ތަޅައި ހައްލެ ގުނަވަންތަށް ވަކިވަކިން ނަގައި ބައިބައި ކުރަން ފަށައިފިއެވެ. ބޮލަށް އެނބުރުން އަރައި މާސް ހޭވެރިކަން ނެތިއްޖެއެވެ. އަންޝް އަށް ލެވުނީ ހޮޑެވެ. އޭރު ފަހުން އައި ތިން މީހުން މަރުވެ ހަރުވެފައި އޮތް އިލާ ހަށިގަނޑަށް އަރައިގަނެގެން އުޅެއެވެ.

ކަށިތަކާއި އެކު ހައްލެ އާއި އިލާ ރަނގަޅަށް ބުރިބުރި ކޮއްލާފައި އެމީހުން ބޮޑުއަލިފާންގަނޑެއް ރޯކޮށް މަސްތަށް ފިހަންފަށައިފިއެވެ. ބައެއް މަސްމަސްގަނޑު ރޮލާވެސް އެމީހުންކެއެވެ. އެތަށް ދުވަހަކަށްފަހު މިނިމަސް ކޮޅެއްގެ ރަހަ ފެނުމުން އެމީހުނަށް މައިތިރިވެލައިގެންވެސް ނުތިބެވުނެވެ. އެރި ފޯރިއާއިއެކު އެކަކު އެނބުރެމުން ފުންމަމުން އައިސް ހަރު ޗާބޫކަކުން އެއެއްމިއެއް ނުބަލައި  އަންޝް ގައިގައި ތަޅާއިގެންފިއެވެ.

ވަރަށް ރަނގަޅަށް ތަނާލް އާއި ނައިލް އަށް މަގު އޮޅިއްޖެއެވެ. ދުނިޔެމަތި އެކީ އަންދިރިވަމުންދިޔައެވެ. ތަނާލްގެ އަތުން އެންމެ ހިނދުކޮޅަކަށްވެސް ނައިލް ދޫކޮށް ނުލައެވެ. އަދިތަނެއްގައި މަޑުޖެހިލަންވެސް ނައިލް އަށް ނުކެރުނެވެ. ވީހައިވެސް އަވަހަކަށް ނައިލް ބޭނުންވީ ލޯންޗްކައިރިއަށް ދާށެވެ. ” ދޮންބެ ” އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅިގެން ތަނާލް ހުއްޓިއްޖެއެވެ. ” ދެންނުވާނެ.. ދެން….ދެން ނުދުވޭނެ.” ކަކުލުން ބާރު ދޫވެ ތަނާލް ހުރިތަނަށް ތިރިވީ ނޭވާ ކުރުވެ ކެއްސަމުންނެވެ. ” ތަނޫ ތެދުވޭ..އާދޭ ދޮންބެ ކޮނޑަށް އަރަން ” އެ ލޭކޯރު އެންމެ ހިނދުކޮޅަކަށްވެސް ނައިލްގެ ލޯމަތިން ކެހިގެން ނުދެއެވެ. މޫމިނާ އާއެކު ނުކުތް އެހެން މީހުންވީ ހާލެއްވެސް ނައިލް އަށް ނޭގެއެވެ. ” ނޫ ން.. އިރުކޮޅަކު މަޑުކުރޭ..ނޭވާ ނުލެވެނީ.. ” ” މީން ފެންފޮދެއް ބޯލަ.” ޖީބުން ކުޑަ ފެންފުޅިއެއްނަގައި ތަނާލް އަށް ދިނަސް ނައިލް އަށް ވަށައި ހޯދެނީ ބިރުވެރިކަމެއްގެ ހިލަން ވެދާނެތީއެވެ. އިރުކޮޅަކު އުޅެގެން ނޭވާ ހަމައަކަށް އެޅުނުއިރު ގިސްލަ ގިސްލާފައި ތަނާލް އަށް ރޮވެނީ އެވެ. ” ތަނޫ ހިނގާ މިތަނުން ” ތަނާލް ނަގައި ގައިހައި ލައްކޮށްލައިގެން ނައިލް ހިނގައިގަތް ވަގުތު މުބާ އެ ދެމީހުންގެ ކުރިމަށްޗަށް ޖެހިގެންފިއެވެ. ތަނާލް އާއި ނައިލް އަށް ލަވައިގަނެވުނީ ހަޅޭކެވެ. ” މަރާލައިފި… މިތަނުންހިނގާ މިނިކާބައެއް އެބައުޅޭ.. ހައްލެވެސް މަރާލައިފި. އެކަކު އެބަ އާދެ މަގޭ ފަހަތުން. ” މުބާ މަޑެއްނުކުރެއެވެ. ނައިލް އާއި ތަނާލް ވެސް ދުއްވައިގެންފިއެވެ. މިނިކާ ބައެކޭ ބުނުމުން ބިރުން ތަނާލްގެ ފައި ބިމުގައިވެސް ނުޖެހުނެވެ. ނައިލް ގައިގައި ހިފަހަށްޓައިގެން ހުރެ ތަނާލް ދުވީ އެހައިވެސް ބާރަށެވެ.

އިރު އޮއްސެމުން ދިޔައިރު ކޮމާންޑާއި ސަމާހު އަށް ތިބެވުނީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ގޮތްހުސްވެ ހިތް ބިރުގެންފައި ޒަހުނާވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައިއެވެ. ހަވީރު އަންނާނަމޭ ބުނި އަންޝް ބުނި ގަޑިއަށް ނާންނާނީ ކޮންމެވެސް ބޮޑުކަމެއް ޖެހިގެންކަން އެ އެންމެނަށްވެސް ޔަގީން ކުރެވުނެވެ. އަނެއްކޮޅުން ކުރިމަތި މި އޮތީ ފިނި ރޭގަނޑެވެ. އަންޝް މެން ހޯދަންދަން ކިތަށްމެ ބޭނުންވިއަސް ރޭގަނޑާއި ދިމާކޮށް އެކަނި ޖަންގައްޔަށް ވަންނަން ކޮމާންޑް އަދި ސަމާހްއަށް ވެސް ނުކެރުނެވެ. ” ސަމާހް ” ޒަހުނާ ބަނޑަށް ވޭންހުރި ތަދެއް ދެފަހަރަކު އަރައިފައި ކެނޑިއްޖެއެވެ. ތިންވަނަފަހަރު ތަދު އެރުމުން ވާން މިއުޅޭގޮތެއް ޒަހުނާއަށް ވިސްނިއްޖެއެވެ. ” ކިހިނެއްވި؟ ” ” ތަދު އަރަންފަށައިފި. އަހަންނަށް ހީވަނީ ވަގުތު ޖެހެނީހެން. ” ޒަހުނާ ހުރީ އެއް އަތް ބަނޑުގައި އަނެއް އަތް އުނަގަނޑުގައި ވިއްދައިގެންނެވެ. ގޮތްހުސްވި އެ ދަނޑިވަޅުގައި އަނިއްކާ އަނެއްކަންތަށް ޖެހުނީ އެވެ. އަނޫ ވިހެއި އިރުވެސް ދެ ދުވަސް ވަންދެން އެ ގޮތަށް އިރުއިރުކޮޅާ ޒަހުނާގެ ބަނޑަށް ތަދުވިއެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލު ސަމާހް ގޮސް ޒަހުނާގައިގައި ހިފަހައްޓައިފިއެވެ. ” އަހަރެން ވަރަށް ބިރުއެބަގަނެ. ދެން ކިހިނެއްހަދާނީ؟ ” ޒަހުނާގެ ސުވާލަށް ދޭނެ އެއްވެސް ޖަވާބެއް ސަމާހުއަތަކު ނެތެވެ. ގޮތް ހުސްވެފައިވާ ހާލު ޒަހުނާ ގަޔާއި ކައިރިކޮއްލުން ނޫން އެއްކަމެއްވެސް ސަމާހަށް ނުކުރެވުނެވެ.

ތިން މިހުން ހުއްޓުނީ އެތައް ތަނަކަށް ދުވެފައި އެވެ. ހިނގިހާދިސާ އެއްވެސް ފޮރުވުމެއްނެތި މުބާ ނައިލް އަށް ކިޔައިދިނެވެ. ” އަހަރެން ވަލަށް ވަތްގޮތަށް ގަސް ބޮޑިއެއްގެ ތެރެއަށް ފިލީ.. މާސް އާއި އަންޝް އާ އިލާ ގޮވައިގެން އެމީހުންދިޔައީ. އެއްބަޔަކު ދިޔައީ މަރުވެފައި އޮތް މޫމިނާއްތަ ރޭޕްވެސް…. ” މުބާގެ އަޑު ބެދިއްޖެއެވެ. އެހާ ހިތްދަތި ބިރުވެރި މަންޒަރެއް ދުވަހަކުވެސް މުބާ ނުދެކެއެވެ. ނައިލް އަށް ހުރެވުނީ ބާރަށް ތަނާލްގެ އަތުގައި ހިފަހަށްޓައިގެނެވެ. ” ބައިވަރު މީހުން އެބައުޅޭ. ހައްލެ މަރާލައިގެން ގެންދަނިކޮށްވެސް އަހަރެން ދެކުނިން. އަހަރުމެން ނުވާނެ ސަލާމަތެއް. އަތު ޖެހިތްޖިއްޔާ އަހަރުމެންވެސް މަރާލާނެ ” ބޮލުގައި މުބާ ދެ އަތް އެޅިއިރު މުބާ ތުރުތުރު އަޅަމުން ދިޔައީ ގެންފައިވާ ބިރުންނެވެ. ނައިލް ހިފެހެއްޓީ މުބާގެ ކޮނޑުގައިއެވެ. ” ތިވާހަކަ ހުއްޓާލާދެން. މުބާ އަށް އެންގޭތަ ލޯންޗް އޮތްދިމާއެއް؟ ” ” އެންގޭނަމަ އަހަރެން މިތާކު ނުހުންނާން. މިއަށްވުރެ މާރަނގަޅުވިސް ކަނޑުމަތީގައި ތިބެ މަރުވިނަމަވެސް. ” ލޮލަށް މަންޒަރު ފެނިފައި އޮތުމުން މުބާ ވަނީ ވަރަށް ބޮޑަށް އަސަރުކޮއްފައިއެވެ. ބިރުން ތަނާލްވެސް ރޮނީއެވެ. ” އާދޭ މިކޮޅަށް. ތަނޫ ހިނގާ ” ދާނެ ދިމާއެއް ނޭގުނަސް މަޑުޖެހިލައިގެން ހުންނަން ނައިލް އަކަށް ނުކުރެވުނެވެ. ވަކި މަންޒިލެއް ނެތި ތިންމީހުން ކުރިއަށް ދިޔައީ ކުއްލިއަކަށް އައިސްފާނެ ހަމަލާއަކަށް ސިހި ސިހި ތިބެއެވެ.

ލަސްތަކެއްނުވެ ރެއަށް އިރުއޮއްސި އަންދިރިވެއްޖެއެވެ. އާދެއާއި ހިލާފަށް ފިނި އެރޭ ގާތުގައި ހުންނަ މީހާ ވަކި ނުވާވަރަށް އަންދިރިއެވެ. ތަނެއްދޮރެއް ވަކިނުވާއިރުވެސް ޖީބުގައި އޮތް ފޯނުނަގައި އަލިކޮއްލަންވެސް ނައިލް މެނަށް ނުކެރުނެވެ. ގަސްތަށް ފޭ ކުރަމުން ތިން މީހުނަށް ހުސްބިމަކަށް ނުކުމެވުނުއިރު ވަރުބަލިވެގެން ތިންމީހުންވެސް ވަނީ އެއްހާލެއްގައިއެވެ. ޖަންގަލި ތެރޭ އަންދިރިކޮށް އޮތަސް ހަނދުވަރުގެ ފަނޑުއަލީ އެތަނަށް އެޅިފައި އޮތެވެ. ތަނާލް ގޮވައިގެން ގޮސް ނައިލް ހުއްޓުނީ އެހިސާބުގައި ހުރި ކުޑަ ފަރުބަދައެއްގެ ނިވަލުގައިއެވެ. ” އަހަންނަށް ހީވަނީ މިތާންގަ އަހަރުމެން މަޑުކުރަންވީހެން. މިކަނު އަންދިރީގައި ވަލުތެރޭ ހިނގައިގެން ވަރުބަލި ވުންނޫންކަމެއްނުވާނެ. ” ” އެއިން މީހަކަށް ފެނިއްޖިއްޔާ އޯ…. ” ” އަހަރުމެން ތިބޭނީ ހޭލައި ” ނައިލް މުބާ ކޮނޑުގައި ހިފަހައްޓައިލުމުން އިތުރު އެއްޗެއް މުބާ އަކަށް ނުބުނެވުނެވެ. ތިންމީހުން ފަރުބަދައިގެ ހިޔަނިއެޅި އަނދިރިވެފައި އޮތްތަންކޮޅުގައި އިށިންދެއްޖެއެވެ. ތަނަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެވެ. ލޮލަށް ބަރުވަމުންދިޔަ ކަރުން އިރުއިރުކޮޅާ އަތުގެ ނުފުށުން ތަނާލް ފުހެލައެވެ. ހިތްވަރުކޮށްގެން އިންދެވޭތޯ ތަނާލް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެނަސް އެ ދެލޮލުން ކަރުނަ ހުސްވުމެއްނުވާ ކަހަލައެވެ. ” ތަނޫ ހުއްޓާލާ. ތިހާވަރަށް ރޯކަށް ނުވާނެ ” ނައިލް ތަނާލްގެނެސް ގައިގައި ލައްކޮށްލުމުން ތަނާލް އަށް ގިސްލެވިއްޖެއެވެ. ” އަންޝް މަރުވީތަ؟ ” ތަނާލް އަށް އެހުނީ ވަރަށް ބޮޑަށް ހިތުޖެހިފައިއެވެ. ” ވަކި އަންޝް ދޫކޮށެއް ނުލާނެ. މޫމިނާއްތަ އާއި ހައްލެއަށް ކޮއްލިވަރު އެހެރީ..” މުބާގެ ވާހަކައިން ތަނާލްގެ ހިތް ކުދިކުދިވިކަހަލައެވެ. އިތުރު އެއްވެސް އެއްޗެއް ބުނާނެހައި ހިތްވަރު ތަނާލް އަކަށް ނުލިބުނެވެ.

އެރި ތަދު މިފަހަރު ކެނޑުނީ ފަނަރަ މިނަޓް ވޭން އަރުވާލާފައިއެވެ. މާދަމާ ނުނީ އަނެއްދުވަހު ވިހަންޖެހޭނެކަން ޒަހުނާއަށް ޔަގީނެވެ. އެހާސް ކަމުގެ ތެރޭ ވަގުތުތަށް ހޭދަވެ ބާރަ ޖަހައި ބޮޑުވީއެވެ. އެހާއިރުވެގެން ދިޔައިރުވެސް ދިޔަ އެކަކުވެސް އެނބުރި ނައެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލު ސަމާހުއަށް އިންދެވުނީ ބޮލުގައި ދެއަތުން ހިފައްޓައިގެނެވެ. އާދައާއި ހިލާފަށް ފިނި އެރޭ ނިދީގެ ކަންފުޅެއް ޒަހުނާގެ ލޮލުގައިވެސް ނެތެވެ. ހިތުގެ އަޑިން ދުޢާ ކޮއްލަކޮއްލައި ކޮމާންޑަށްވެސް އިންދެވުނީ އެމީހުންގެ އިންތިޒާރުގައިއެވެ. ބަލިހާލު ހުރި ގޮތުން ދައިތަ ގިނަވަގުތު އޮންނަނީ ނިދާފައިއެވެ. ކަމެއްވެގެން އުޅޭކަން ދައިތައަށް ނުވެސް އެންގެއެވެ.

އެތަށް އިރަކު ރޮއެފައި ތަނާލް ވަރުބަލިވެގެން ލޮމެރިފައި އޮތެވެ. އާއިލާގެ އެތަށް ހަނދާންތަކަކާއެކު އަންޝް އާއެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުތަށް ތަނާލްގެ ވަށާލާފައިވެއެވެ. މުބާ އާއި ނައިލް ހިމޭންވެފައި ތިއްބަސް ބެލެމުންދިޔައީ އެކި ދިމަދިމާއަށެވެ. ކުއްލިއަކަށް ކުރިމަތީ އޮތް ގަސްފުނި ހެލިލައިފިއެވެ. ތިންމީހުންގެ މޭގަނޑު ތެޅިގަތީ އެއަށްވުރެ ބާރަށެވެ. ނައިލް ތަނާލްގެ އަތުހިފިގޮތަށް ތައްޔާރުވީ ދުއްވައިގަންނާށެވެ. ގަސްތަކުގެ ތެރެއިން އެޓަމް ނުކުތީ އެވަގުތުއެވެ. ވަސްގަންނަމުން އައިސް ތިންމީހުންގެ ފައިދަށު ހުއްޓި ވައްވަށް ލައްވާލައިފިއެވެ. އަވަސް އަވަހަށް ތިރިވެ ނައިލް އަށް ހިފެހެއްތުނީ އެޓަމްގައިގައެވެ. އަދި މަޑުން ހުރުމަށް އިޝާރާތް ކުރަން ފަށައިފިއެވެ. އެޓަމް ދިޔައީ އަންޝް އާއި އެކުގައިއެވެ. އަންޝް މަރާލިތަން މުބާ އެއް ނުދެކެއެވެ. އަންޝް މަރުވިއްޔާ އެޓަމް އަށް އެންގޭނެއެވެ. ތިރިވެ އަވަސް އަވަހަށް ތަނާލް އެޓަމް މޫނުގައި ހިފަހައްޓައިފިއެވެ. ނައިލް އަށް ބަލައިލެވުނީ ތަނާލް އަށެވެ. ” ބުނެބަލަ.. އަންޝް ކޮބާ؟ އަންޝް މަރުވީތަ؟ އެންމެން މަރުވީތަ؟ އެޓަމް އަށް އެންގޭތަ އެމީހުންވި ތަނެއް؟ ” ޖަނަވާރުދެކެ އެހާ ބިރުގަންނަ ތަނާލް އެޓަމް ގައިގައި އަތްލުމުން ނައިލް ވަރަށް ބޮޑަށް ހައިރަންވިއެވެ. އެހެނަސް އަސްލުބިރުއައިސް ފަހަތު އަޅުވައިލުމުން ކޮންމެ މީހަކަށްވެސް އެހެން ވެދާނެއެވެ.ތަނާލް ރޮއެފައި ކުރި ސުވާލުތަކަށް އެޓަމް ވަށްވަށް ލައްވާލާފައި ތަނާލް ލައިގެންހުރި ޖިންސްގައި ދަތްއަޅައި އެޓަމް އުޅުނީ ތަނާލް ގޮވައިގެން ދުއްވައިގަންނާށެވެ. ތަނަކަށް ގެންދަން އެޓަމް އުޅޭހެން ހީވުމުން ތަނާލް އަށް ބަލައިލެވުނީ ނައިލްގެ މޫނަށެވެ. ” ދޮންބެއަށް ހީވަނީ ކޮންމެވެސް އެއްޗެއް ދައްކަން އެޓަމް ބޭނުންވާހެން ” ” އަނިއްކާ އަންޝް މަރުނުވަނީކީ ނުންބާ؟ ދޮންބެ ހިނގާބަލަ. އަހަރެންގެ ހިތް ބުނަނީ…. ” ” ތަނޫ މޮޔަވީތަ؟ އަންޝް މަރުވެއްޖެ. ” މުބާ އައީ ރުޅިއެވެ. ” މުބާ ޕްލީސް އަންޝް މަރާލިތަން މުބާ ދެކުނިންތަ؟ އެމީހުން ހަމައެކަނި އަންޝް ގެންދިޔައީ. މާސް އާއި އިލާވެސް ވީ އެތަނުގައި. އެމީހުން ސަލާމަތްކުރުމަކީ އަހަރުމެންގެ ޒިންމާއެއް. ” ” މީ އަހަރުމެން އެމީހެއްގެ ފުރާނަ އެމީހަކު ސަލާމަތް ކުރަންޖެހޭ ވަގުތު. އެނގި އެނގި ހުރެ މަރުގެ ތުންފަތްމައްޗަށް މަށެއް ނުދާނަން ” ” އެހެންވިއިރު މުބާ ތިތަނުގައި ހުރޭ. ތަނޫ އާދޭ މިކޮޅަށް. ” ނައިލް ހިފެހެއްޓީ ތަނާލް އަތުގައިއެވެ. އެ ދެމީހުން ހިނގައިގަތުމުން އެޓަމް ދުއްވައިގެންފިއެވެ. އެކަނި ހުންނަން މުބާ އަށް ވެސް ނުކެރުނެވެ. ކިތަށްމެ ބިރުގަތަސް މުބާ ޖެހުނީ އެމީހުނާއެކު ދާށެވެ. ވަލުތެރޭގައި އެޓަމް އެތަށްއިރަކު ދުވެފައި ދުވެލި މަޑުކޮށްލައިފިއެވެ. އަދި ސިއްރުން ބޮނދަމުން ކުރިއަށް ދާންފަށައިފިއެވެ. އޭރު ދުރުން އަލިފާންގަނޑެއްގެ އަލި ގަސްތަކުގެ ތެރެއިން ފުރޭނިގެން އާދެއެވެ. ބިރުން ހިތް ނަގައި އަތްމައްޗަށް ލައިގެންތިބެ އެޓަމް ފަހަތުން ގޮސް އެތަން ފެންނަހިސާބު  ބޮޑުފަލަގަހެއްގެ މޫތަކުގެ ތެރެއަށް ތިންމީހުން ފިލައިފިއެވެ. އެޓަމްވެސް އޮތި ފިލައިއެވެ. ” ދޮންބެ ” ބަނދެފައިތިބި އަންޝް އާއި މާސް ފެނުމުން ތަނާލް އަށް ރޮވުނީ އުފަލުންނެވެ. ” މަޑުންއިނދޭ އެތިބީ އެމީހުން. ” މުބާ ވާހަކަ ދެއްކި އަޑު ނައިލް އާއި ތަނާލް އަށްވެސް އިވުނީ ކިރިއަކިރިއާއެވެ. އެ ނުބައި މިނިކާ ލަޝްކަރު އެ އޮތީ ނިދައި ހަރުވެފައިއެވެ. އެންމެން އެއްތަނަކަށް ގުޅައަކަށް ޖެހިފައިއެވެ. އެމީހުން ގުގުރިދަމާ އަޑު އެހާހިސާބަށް ހުއްޓެވެ. ހޭވެރިކަންވިފަހުން މާސް މަސައްކަތް ކުރަމުން އެދަނީ އެވާގަނޑު ނައްޓައިލެވެއިތޯއެވެ. ހިމޭންވެ ބޯތިރިވެ ކަކުލުން ބާރު ދުވެފައިހުރީ އަންޝް އެވެ. އެހާދުރުން އަންޝް އަށް ވެފައިހުރި ގޮތެއް ނޭގެއެވެ. ” ތަނޫ މުބާ މިތަނުގައި ދެމީހުން މަޑުކުރޭ. މުބާ ގެނޭ ވަޅި. ” ” ދޮންބެ ނޫން… ” ތެޅިގެންފައި ތަނާލް އަށް ހިފުނީ ނައިލްގައިގައެވެ. ” ތަނޫ އެމީހުން އެތިބީ ނިދާފައި. ގޮތެއްހެދެން އޮއްވައި އަހަރުމެން ފަސްޖެހިގެން ނުވާނެ. އެއިން މީހަކު ހޭލައިފިއްޔާ މުބާ ތަނޫ ގޮވައިގެން ފިލާ. ތަނޫ ރުޅި ނުދައްކައި މުބާ އާއެކުފިލާތި. ” ނައިލް ކުރި އަމުރެވެ. ތަނާލް އަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެހެނަސް އިތުރުގޮތެއް ނެތުމުން ތަނާލް ޖެހުނީ ބޯޖަހާލާށެވެ. ލޯބިން ތަނާލް ބޮލުގައި ނައިލް ކުރިއަށް ފިޔަވަޅު އަޅާއިފިއެވެ. އަޑެއް ބަޑެއް އިއްވައިނުލައި ގަސްތަކުގެ ތެރެއިން ގޮސް ނައިލް ހުއްޓުނީ މާސް ބަނދެފައިހުރި ރުއް ބިއްދޮށުގައިއެވެ. ހިލަމެއްވުމުން މާސް އަށް ބަލައިލެވުނީ ވަރަށް ބޮޑަށް ސިހިފައިއެވެ. ” ޝޫ…މަޑުންހުރޭ. އެއިން މީހަކަށް ހޭލެވިދާނެ. ” ވަޅިން އެ ވާގަނޑު ބުރިކުރަމުން ނައިލް ވާހަކަ ދެއްކީ ވަރަށް މަޑުން ނެވެ. ސަލާމަތް ވެދާނެކަމުގެ އުއްމީދު ކަނޑާލައިގެންހުރި މާސްގެ ލޮލުން ކަރުނައޮހިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ” ނެއްޓިއްޖެ. އެކަމަކު ފުރަގަހަށް ދެއަތް ލައިގެން ހުރޭ ” އަވަސް އަވަހަށް މާސް ބޯޖަހައިލައިފިއެވެ. އިރުކޮޅަކު އެ ރުއް ބިއްދޮށުގައި ހުރެފައި ނައިލް އަންޝް ހުރި ރުކުގެ ބިއްދޮށަށް ހިނގައްޖެއެވެ. ތަޅައި ތަޅައި އަންޝްގެ މުޅިގައިން އެ ވަނީ ލޭކޮށި ޒަހަމްތަށް ދުޅަވެފައިއެވެ. ތަންތަނުން ޓީޝާޓް ހަލާކުވާވަރަށް އެހެރި ތަޅާލާފައިއެވެ. ވަރުދެރަވެފައިހުރި އަންޝް ކޮޅަށްވެސް އެހެރީ ދެއަތް ބަނދެފައިހުރުމުން އޭގެ ބާރުގައިއެވެ. ” އަންޝް… އަންޝް ” ކޮނޑުގައި ހިފައިތަޅުވައިލުމުން އަންޝްގެ ލޯ ހުޅުވިއްޖެއެވެ. ނައިލްގެ މޫނަށް އަންޝް އަށް ބަލައިލެވުނީ ތެޅިގެންފައިއެވެ. ” މަށޭ މީ….ނައިލް. ކިހިނެއްވެފައި ތިހިރީ؟ ” ނައިލް ވަޅިން އެވާގަނޑު ބުރިކުރަންފަށައިފިއެވެ. ހުންއައިސް ރަތްވެފައިހުރި އަންޝް އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވީ ނެތްހިތްވަރު ގެނެސްގެނެވެ. ނައިލް ވަށައި ނަޒަރު އުކަންފެށީ އިލާ ފެނޭތޯ އެވެ. ” ކޮބާ އިލާ؟ ” ” މަރާލައިފި… އެންމެން އެކުގައި އިލާ ރޭޕް…” އަންޝްގެ އަޑު ބެދިއްޖެއެވެ. ނައިލް ދިޔައީ ތުރުތުރު އަޅާއިގެނެވެ. މާސް އަށް އެވާހަކަ އަޑުއެހުންވެސްވީ ދަތިކަމަކަށެވެ. ދެ ލޯ ބޮޑުކޮއްލާފައި ނައިލް އަށް ބަލައިލެވުނީ ރޮވިފައިހުރި މާސްއަށެވެ. ” ރޭޕް..! ”  ” ޒަހުނާއާއި ތަނާލް ކޮބާ؟ ” “ޒަހޫ ލޯންޗް ކައިރީގައި. ތަނޫ އެހެރަ ގަސް ބިއްދޮށުގައި އެބަހުރި. ސަލާމަތްވެގެން އަވަހަށް މިތަނުން ދަމާހިނގާ. ” ބިރުގަތްވަރުން އަވަސްއަވަހަށް ނައިލް އެވާގަނޑު ބުރިކޮއްލައިފިއެވެ. މާސް ހިނގައިގަތީ ނައިލް އާއެކު ދާށެވެ. އެހެނަސް ފުރަގަހަށް ދެ އަތް ލައިގެން އަންޝް އޭރު ބަލަންހުރީ އެ ގުރޫޕަށެވެ. ” އަދިވެސް ހުރީތަ؟ މިކޮޅަށްއާދޭ. ” ” އަހަރުމެންގެ ތިންމީހުން ކާލައިގެން އެތިބީ. ” ޒަހަމްތަކުގައި އަޅާ ދިލަވޭނަށް ކެތްކުރަން ދަތިވެފައިވާއިރުވެސް އަންޝްގެ އަޑަށް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. ނައިލް ވަރަށް ބޮޑަށް ހާސްވިއެވެ. ” އަންޝް މިތަނުންހިނގާ. އަހަރުމެންނަށް އެއްކަމެއްވެސް ނުކުރެވޭނެ. މިކޮޅަށްއާދޭ. ނޫނީ ބާކީ ތިބި މީހުންކޮޅުވެސް ދެން ވާނީ މަރު. ލޯންޗްގެ ޕެޓްރޯލް އެބަހުރި. ގޮތެއްފެންނަންދެން އަހަރުމެންނަށް ކަނޑުމަތީގައި ތިބެވޭނެ. ” ނައިލް މަސައްކަތް ކުރީ އަންޝް އަށް ވިސްނަދޭށެވެ. އެހެނަސް ދެންވެސް އަންޝް ހުރީއެވެ. އިލާގެ ގިސްލުމާއި ރުއިމުގެ އަޑު އޭރު ދެވަނަ ފަހަރު އެކަންފަތްދޮށުގައި ގުގުމަމުންދިޔައެވެ. އިލާ ކަހަލަ ބަދުނަސީބް އެތަށްބައެއް އެމީހުންގެ ޝިކާރައަކަށް ވެއްޖެއެވެ. އެތަނުންދާން ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަންޝް ނޭޅިއެވެ…..

އަންޝް ބަލަންފެށީ ހަމަލަދޭނެ ރަނގަޅު އެއްޗެއް އަތުޖެހޭތޯއެވެ. ” އަންޝް އަދިވެސްހުރީ ތަ؟ ” ” ކަނޑަށް ނުކުމެ އަހަރުމެންނަށް ފިލިދާނެ. އެކަމަކު އެއީ ހައްލެއްނޫން. މަށަށް ހީވަނީ މިރަށު ކޮންމެވެސް ހިސާބަކު މީހުން އެބައުޅޭހެން. ސްކޫލް ބަހެއް އެ އޮތީ ” އަންޝް އިޝާރާތް ކުރި ދިމާއަށް ނައިލް އާއެކު މާސް އަށްވެސް ބަލައިލެވުނެވެ. ދުވަސްވެ ބާވެފައިވާ ބަހުގައި ލޭގެ ލަށްލަށްގަނޑު ގިނަދުވަސްވެ ކަޅުވެފައި ހުއްޓެވެ. ހަލާކުކޮށްލާފައި އޮތް ބަސްކައިރީ އިތުރު ތިން ސައިކަލަކާ ކާރެއް އޮތެވެ. އެ އެއްޗެހީގެ ހާލަކީވެސް އެއެވެ. ” އަހަރުމެން ނޫނަސްކިތަންމެ ބަޔަކު މިމީހުންގެ އަތްދަށު އެބަވޭ. މިހާރު ދޫކޮށްލައިފިއްޔާ ކުރިއަށް އޮތްތާންގަވެސް ކަންތަށްވާނީ އެހެން. ”  ” ދެން އެހެނޭ ކިޔާފަ އަހަރުމެންނަށް ކުރެވޭނީކީތް؟ ކަމެއްކުރެވޭކަހަލަ ހާލަކު ނޫން އަންޝް ވެސް ތިހުރީ. ތަދުވެސް ނުވަނީތަ އަންޝް އަށް ” ކިތަންމެ ރުޅިއަޔަސް ނައިލް އަށް ވާހަކަ ދެއްކުނީ ވައި އަޑުންނެވެ. ” އެހެރީ ޕެޓްރޯލް ކަންނޭގެ. އެހެރަ ދުނި ދަނޑިތަށް ހިފައިގެން ނައިލް މެން ދޭ. ” ” އަންޝް…. ” ދުރަށް އަންޝް ހިނގައިގަތުމުން ނައިލްގެ ހޭބުއްދި ފިލައިނުދިޔައީ ކިރިއާއެވެ. ތުރުތުރު އަޅަމުން މާސް ހިފެހެއްޓީ ނައިލް ކޮނޑުގައެވެ. ” މާސް ދޭ އެކޮޅަށް. އަންޝް ގޮވައިގެން މަ މިދަނީ. ” އެތަނަށް އަންޝް އެކަނި ދޫކޮއްލާފައި ނައިލް އަކަށް ނުދެވުނެވެ. ބޯ ޖަހާލަމުން މާސް އެމީހުން ގެންގުޅުނު ހުރިހައި ދުނި ދަނޑި ތަކެއްހިފައިގެން އަވަސް އަވަހަށްގޮސް ތަނާލް މެން ތިބިތަނަށް ފިލައިފިއެވެ. ” އިލާ ބަލާތަ އެދަނީ؟ ” ތަނާލް އަށް އެހުނީ ވަރަށް ބޮޑަށް ހާސްވެފައިއެވެ. އެއްވެސް އެއްޗެއް މާސް އަށް ނުބުނެވުނެވެ. ޖަވާބެއްނުލިބުމުން ކަންބޮޑުވެފައި ދެންވެސް ތަނާލްއަށް ބަލައިލެވުނީ އަންޝް އަށެވެ. އޭރު ފަސް ލީޓަރުގެ ހަމެއްނަގައިގެން އަންޝް އުޅެއެވެ. އެކަހަލަ ހައެއްކަ ހަން އެތަނުގައިހުއްޓެވެ. ” އަންޝް ” އެމީހުންނަށް ހޭލެވިދާނެތީ އަޑެއްއިއްވައިނުލައި ގޮސް ދެންވެސް ނައިލް ހިފެހެއްޓީ އަންޝް ގައިގައެވެ. އެހެނަސް އަންޝް ނައިލް އަކާއިނޫޅެއެވެ. އެއީ ޕެޓްރޯލް ކަންޔަޤީން ވުމުން ދެހަމުގެ މަތި ނަގައި އެއްލާލާފައި ދެހަން ހިފައިގެންގޮސް އަންޝް ހުއްޓުނީ ނިދައިހަރުވެފައިތިބި ގުރޫޕް ކައިރީގައެވެ. ހެއްދެވިހާލާވެގެން އެކަކު އަނެކަކު ގައިމަތީ ކަހަލަގޮތަކަށް ޖެހި ފިތިގެން އެމީހުންތިއްބެވެ. އެމީހުން ފެނުމުންވެސް އަންޝްގެ ހަންދާނާއި ކުޅެލީ އިލާ އެވެ. ” އަލިފާން ދަރުފައެއްގެނޭ ” ރުޅިއައިސްގެން ދެ ލޯ ރަތްވެފައިހުއްޓަސް އަންޝް އެމީހުންގެ ގަޔަށް ޕެޓްރޯލް އަޅަންފެށީ އެއިން މީހަކު ހޭލަފާނެތީ ވިސްނައިގެންހުރެ އެވެ. ” އަންޝް ކީތްތިކުރަނީ؟ ” އަންޝް ކުރަންއުޅޭ ކަންތަށް ވިސްނުމުން ނައިލް އަށް ދެއަތުންހިފެހެއްޓުނީ ބޮލުގައިއެވެ. ” އަވަސް ކުރޭ  މީހުން ހޭލަފާނެ ” ގަދަނިދީގައި ތިބުމުން ގައިގައި ޕެޓްރޯލް ޖެހުމުންވެސް އެއިން މީހަކަށް ހިލަމެއްނުވިއެވެ. ހެދޭނެ އިތުރުގޮތެއްނެތުމުން ނައިލް އަށް ޖެހުނީ އަލިފާން ގެންނާށެވެ. ދެ ޕެޓްރޯލްހަން އެމީހުންގެ ގަޔަށް އަޅައި ހުސްކޮށްލިއިރު އުންދަގޫވެގެން އެމީހުން އުޅެންފަށައިފިއެވެ. ގުގުރިދަމާ އަޑުފައްގަނޑު އެކީކަހަލަ ގޮތަކަށް ކެނޑިއްޖެއެވެ. ދުއްވައިގަންނަން ރެޑީއަށް ނައިލް ހުއްޓައި އެކަހަލަ ހަށިގަނޑުންބިޔަ ތިންމީހުން ވަލުތެރެއިން ނުކުމެއްޖެއެވެ. ގޮސް އަލިފާން ދަރުފައިގައިހިފި އަންޝްގެ ފައިދަށުން ބިންގަނޑު ދެމިގެތްކަހަލައެވެ. އަޅައިއިތިކޮށް ނައިލް ދުއްވައިގެންފިއެވެ. ވަލުން ނުކުތް ތިންމީހުން އެކުގައިބަލައިލީ އެދިމާއަށެވެ. ބަލާކަށް އަންޝް ވެސް މަޑެއްނުކުރިއެވެ. ޕެޓްރޯލުން ފެންވަރުވާލާފައިތިބި ގުރޫޕްގެ މެދަށް އަލިފާން ދަރުގަނޑު އެއްލިގޮތަށް ނައިލް ފަހަތުން ދުއްވައިގެންފިއެވެ. ދިހަމީހުންގެ ތެރޭ އަލިފާންގަނޑު އެބުރިގަތީ ވަށްބޯޅައެއްހެނެވެ. އެމީހުންގެ ބިރުވެރި ހަޅޭކުގެ އަޑު މުޅި ޖައްވުތެރޭ ގުގުމައިގަތެވެ. އަންޝް އާއި ނައިލްފެނި ދުނިގަނޑު ކޮނޑުންނަގަން ހިފާލި ތިންމީހުން ބިރުވެރި އަޑަކުން ހަލެއިލަވަމުން ދުއްވައިގަތީ އެމީހުންގެ ރަހުމަތްތެރިންނާއި ދިމާއަށެވެ. ” ތަނޫ ތެދުވޭ އަވަހަށް މިތަނުންހިނގާ ” ކަންފަތްމަތީ ދެއަށް އަޅައިގެން އޮތް ތަނާލް ގޮވައިގެން ނައިލް ދުއްވައިގެންފިއެވެ. ފަހަތުން އަންޝް މެންވެސް ގޮސް އޮބާލައިފިއެވެ. އަލިފާނުން އަދަމުންދިޔަ ރަހުމަތްތެރިން ދޫކޮށްލާފައި އެކަކު ދުއްވައިގަތީ އަންޝް މެންގެ ފަހަތުންނެވެ. އޭރު ދިހަމީހުން ރޯވެ އަނދަނީއެވެ. އެއްބަޔަކު މުޅި ގައިގައި ރޯވެފައިއޮތެވެ. ވެލީ ތެރޭފުރޮޅި މުޅި ތަނުގައި އެމީހުން އެނބުރެމުންދިޔައިރު އެމީހުން ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހައިމަސަށްކަތެއް އެދެމީހުން ދިޔައީ ކުރަމުންނެވެ. އެމީހުންގެ ބިރުވެރި ހަޅޭކާއި ރުއިމުގެ އަޑުން މުޅިމާހައުލު ގުގުމާލައިފައިއޮތެވެ.

އެއެއްމިއެއް ނުބަލައި ވަލުތެރޭން ފަސްމީހުން ދުވަމުންދިޔައިރު އެތަށް އަނިޔާއެއް އެމީހުނަށް ލިބުނެވެ. ވެއްޓި ތަންތަނުގައި ޖެހި ގައިގެ އެތަށް ތަނަކުން ލޭ ކޮށުނެވެ. އިތުރުބަޔަކު އެތަނުގައި އުޅެފާނެކަމަށް އަންޝް ކުޑަކޮށްވެސް ހީނުކުރެއެވެ. ކިތަށްމެ އަނިއާއެއް ވިއަސް ފަހަތުން އެކަކު އަންނާތީ އެކަކަށްވެސް ހުއްޓޭކަށް ނުކެރުނެވެ. އެމީހުންނަށް މަގުދައްކަން ކުރީގައި އެޓަމް އޮތްކަން އެއީ އެމީހުންގެ ނަސީބެވެ. އެތަށް އިރަކު ދުވެފައި އެމީހުން ހުއްޓުނީ އެޓަމް މަޑުޖެހިލުމުންނެވެ. އެހެނަސް ގައިން ނަގަމުންދިޔަ ދިލައާއި އެކު ނޭވާކުރުވެގެން އަންޝް އަށް ކެތްކޮއްލެވޭގޮތެއްނުވިއެވެ. ހުންއައިސް ރަތްވެފައި ހުރި އަންޝް ބޮލަށް އެބުރުންއެރިވަގުތު ފައިކަހާލައިފިއެވެ. އުސްތަނެއްގެ އަރީގައި ތިބެވުމުން އަންޝް އަރިއަޅައިލީ ތިރިއަށެވެ. ” އަންޝް ” ބަލައިލެވުނު ތަނާލް އަށް އެއްލިއަތުން އަންޝް ޓީޝާޓް ކަރުގައި ހިފުނީ އަންޝް ވެއްޓިވެއްޓި އޮއްވައެވެ. ތަނާލް އަށް އަންޝް ހިފަހައްޓައިލެވޭގޮތެއްނުވިއެވެ. ” ތަނޫ….. ” ދެމީހުން އެކުގައި ތިރިއަށް ފުރޮޅައިލި ވަގުތު ތަނާލް އަދި އަންޝްއަށް ވެސް ހަޅައިލަވައިގަނެވުނެވެ. އެއްލި އަތުން ތަނާލްގެ އަތުގައި ހިފުނަސް ނައިލްގެ އަތުތެރެއިން ތަނާލްގެ އަތް ދޫވެގެން ހިނގައްޖެއެވެ. އެވަގުތު ވަލުތެރެއިން އައި ދުނި ދިޔައީ ނައިލްގެ އިސްތަށިގަނޑުގައި ވައިކަފާލާފައިއެވެ. މާސް އާއި މުބާ އަދި ނައިލް އަށް ވެސް ބަލައިލެވުނީ ފަހަތަށެވެ. އޭރު ފަހަތުންއައި ކަލޭގެ ދުނިގަނޑުގައި ދުނި އަޅުވަނީއެވެ. ބަލާކަށް ނޯވެ އެޓަމް ދުއްވައިގަތީ ވަލުތެރެއަށެވެ. ތިންމީހުން ދުއްވައިގަތީ އެޓަމް ފަހަތުންނެވެ. ދުނިޖަހަމުން އެމީހާވެސް ވަނީ އެތިންމީހުންގެ ފަހަތުން ވަލަށެވެ.

އުސްފަސްގަނޑުމަތިން ފުރޮޅެމުންގޮސް ދެމީހުން ވެއްޓުނީ ތިރީގައި ދެމެމުންދިޔަ ފެނަގަނޑުގެ އަރިއަށެވެ. އިތުރަށް ލިބުނު އަނިއާއިން އަންޝް އަށް ހިރިވެސް ނުލެވެނެވެ. ތަނާލްގެ ގައިން ލެކޮށިގެން ދިޔައީ ކިތަށްތަނުންކަމެއް ހުދު ތަނާލްއަށް ވެސް ނޭގެއެވެ. ކިތަށްމެ ތަދުވިއަސް ތަނާލް ޖެހުނީ ތެދުވާށެވެ. ” އަންޝް…. އަންޝް ” ފިރުކެމުންގޮސް ތަނާލް ހިފެހެއްޓީ އަވަސްކުރު ނޭވާތަކެއް ލަމުންދިޔަ އަންޝް މޫނުގައިއެވެ. ތެޅިތެޅި އޮތް އަންޝްގައިގައި ދެލޯހުޅުވައިލާނެހައި ހިތްވަރެއްވެސް މިހާރު ނެތެވެ. ” އަންޝް އެމީހުން އަތުވެދާނެ. ލޯ ހުޅުވަބަލަ ” ރޮމުން ތަނާލް އަންޝް ތަޅުވަންފެށީ ބިރުން ހަލާކުވާ ވަރުވެފައި ހުރެއެވެ. ” އަންޝް ޕްލީސް ލޯ ހުޅުވަބަލަ ” އަންޝް ތަޅުވަތަޅުވާފައި ފެންގަނޑަށް އަތްލައި ތަނާލް އަންޝްގެ ބޮލާއިމޫނަށް ފެންއަޅަންފަށައިފިއެވެ. ފިނިވެގެން ދަތްދޮޅި ތެޅިތެޅި ތޮތް އަންޝް އަށް ތަނާލްގެ އަތްދުރުކޮށްލެވުނީ ތެޅިގެންފައެވެ.

ފަހަތުން އައި ކަލޭގެއަށް ނައިލްމެން ގެއްލިއްޖެއެވެ. މުޅި ސަރަހަށްދު ހޯދަމުން އެމީހާ ހިނގައްޖެއެވެ. އެހެނަސް އެހާ ފަސޭހައިން ދެން އެ ގުރޫޕް އެމީހުން ދޫކޮށެއްނުލާނެއެވެ. ގަހެއްގެ މޫ ތަކުގެ ތެރޭއޮތް ވިނަފުންޏެއްގެ ތެރޭ ތިންމީހުން ގުޑިވެސް ލާން ނުކެރިފައި ތިއްބެވެ. އެޓަމްވެސް ހަމަ އެގޮތަށް އޭގެތެރޭ ފިލައިއޮތީ މައިތިރިވެފައިއެވެ.

އިރުއިރުކޮޅާއި ޒަހުނާގެ ބަނޑަށް ތަދު އަރައެވެ. ފަހަރަކަށްވުރެ ފަހަރެއް ތަދުވަނީ ބޮޑެވެ. އެހެނަސް ތަދު ކެނޑިލާފަހަރަކު އެކީ ތަދުކެޑިގެންދެއެވެ. އެހާލުގައި މުޅިރޭ ހޭދަވަމުންގޮސް ފަތިސްވެއްޖެއެވެ. ފަތިސްވީވީހެން އާދައާއި ހިލާފަށް ފިނިގަދަވަމުންދިޔައެވެ. ދުންފިނިން މުޅި ރަށުތެރެއޮތީ ބައްދާލާފައިއެވެ. ފިނިފައިބައި ގަހުގެ ފަތްތަކާއެކު ބިންގަނޑު ތެމިފައިއޮތެވެ. ” އެކަމަކު އަހަންނަކަށް ނުފެނޭ ޒަހޫ ވަލަށްވަންނާކަށް. އިރުއެރީމަ ކޮމާންޑު ދާނެ އެމީހުން ހޯދަން ” ސަމާހްގެ ވާހަކައަށް ކޮމާންޑުވެސް ބޯޖަހާލިއެވެ. ” ދާ އެކަކުވެސް އެންބުރި ނާދެއެއްނު. ކޮމާންޑު ގެއްލުނީމަ އެމީހުންވީތަނެއް އަހަންނަކަށް ނޭގޭނެ. ކޮމާންޑް ހުރޭ ދައިތަ ކައިރީގަ. ސަމާހް ހިނގާ އަހަރެންގޮވައިގެން. ” ރޭގަނޑު ނޫންނަމަ ޒަހުނާ ވަލަށްވަންނާނެތާ މިހާރު ކިތަށްމެ އިރެކެވެ. ” ޒަހޫ ތީ ރަނގަޅު ގޮތެއްނޫން. އިރުއިރުކޮޅާ ކެތްނުކުރެވިގެން ޒަހޫ ތިއުޅެނީ. ތިހާލުގައި ވަލަށްވަނީމަ އޯ ” ” ކިތަށްމެ ދުވަހަކުވެސް މިހެންތަދުވެދާނެ. ނުދަންޏާ ސަމާހް ހުރޭ ތިތަނުގަ. ވަގުތު ޖެހުމުގެ ކުރިން މޫމިނާއްތަ ހުރި ހިސާބަކަށްދާން އަހަރެންބޭނުން. ” ދެ ލޯ ފުހެމުން ޒަހުނާ ހިނގައިގަތީ ވަލަށް ވަންނާށެވެ. ޒަހުނާއަށް ވިސްނަ ދެވޭތޯ މަސައްކަތް ކުރަމުން ސަމާހް ހިނގައިގަތީ ޒަހުނާގެ ފަހަތުންނެވެ. އެހެނަސް ޒަހުނާ ކުރަންހިތުއެޅި ކަމެއްމީގެ ކުރިންވެސް ސަމާހް އަށް މަނާކުރެވިފައިނެތެވެ. ފޯނުން އަލިކުރަމުން އަންޝް މެން ވަތްދިމާއިން ޒަހުނާ ވަލަށް ވަދެއްޖެއެވެ. ނޭވައެއް ދޫކޮއްލަމުން ސަމާހް ބަލައިލީ ކޮމާންޑަށެވެ. ” އެމީހުން ނުފެނުނަސް މެންދުރުވުމުގެ ކުރިން އަހަރުމެން އަންނާނަން. ދައިތަ ރަނގަޅަށް ބަލާތި ” އަވަސް އަވަހަށް ކޮމާންޑު ބޯޖަހައިލައިފިއެވެ. ޒަހުނާގެ ފަހަތުން ސަމާހްވެސް ވަލުތެރެއަށް ވަދެގެން ހިނގައްޖެއެވެ.

މަޑުމަޑުން ހިނގާފައި ކުރިއަށްދިޔަ އަންޝްގެ އަތުގެ މުލަށްދަނޑީގައި ހިފަހައްޓައިގެންހުރި ތަނާލްގެ ފަޔަށް ތަދުވާވަރުން ތަނާލް ކުރިއަށް ދިޔައީ ކޮރުޖަހަމުންނެވެ. ތަނާލް ކޮރުޖަހާތީ އިރުއިރުކޮޅާ އަންޝް ބަލާލައެވެ. އެހެނަސް އެއްޗެއް ބުނެވޭވަރަށްވުރެ އަންޝްގެ ހާލު ގޯހެވެ. ގައިގައި އަޅާވޭނަށް ކެތްކުރަންދަތިވަމުން ދިޔައިރު އެވާ ފިނިން އަންޝް ކުދިކުދި ވުމާއި ގަތްވެއްޖެއެވެ. އެހާލުގައި މާދުރަށް އަންޝް އަކަށް ނުހިގުނެވެ. ފިނިނުވާ ނަމަވެސް އެންމެ ރަނގަޅެވެ. ބޮޑެތި ހިލަތަކެއްގެ ތެރޭ ހެދިފައިއޮތް ހޮހަޅައެއްކަހަލަ ތަންކޮޅެއްގެ ތެރެއަށް ވަދެ އަންޝް ހުއްޓިއްޖެއެވެ. ” އިރުއަރަންދެން މިތާ މަޑުކޮށްލާން ހިނގާ ” ފިނިވެގެން ތެޅިތެޅިހުރި އަންޝް އިށިއިނީ އުނދަގޫ ގޮތަކަށެވެ. ” ދޮންބެ ވި ހާލެއްވެސް ނޭގެ. އިލާ ކޮބާތަ؟ އެމީހުން އިލާ ވެސް މަރާލީތަ؟ އަންޝްއަށް އެގޭތަ ލޯންޗް އޮތް ދިމާއެއް؟ ” އަންޝް އިށީއިނުމުން އަންޝްގައިގައި ޖެހިފިތިގެން ތަނާލް އިށިންދެއްޖެއެވެ. ” ތަނާލް ރީތިކޮށްއިދޭ. އަލިވެލީމަ ނައިލް ހޯދަން ދެންދާނީ ” އަންޝް އަވަސް އަވަހަށް ތަނާލް އާއި ދުރަށް ޖެހިލައިފިއެވެ. ” އަންޝް ގައިގައި އެމީހުން ތެޅީ ކީތްވެ؟ ހުންވެސް އައިސްފަ ތިހިރީ. ” ތަނާލް އަންޝް ކަނދުރާގައި އަތުގެ ބަނޑުފުއް ޖައްސައިލުމުން އަންޝް އެއަތް ދުރުކޮށްލީ ރުޅިއަންނަގޮތްވެފައިއެވެ. ” ރިތިކޮށް އިދެބަލަ ތަނާލް” ” އަންޝް އަހަރެންދެކެވެސް ބިރުގަންނަނީތަ؟ ” ދެ ލޯ ފުހެލަމުން ތަނާލް އަންޝް އާއި ކުރިމަތިލީ ހައިރާންވެފައިއެވެ. އަންޝް މޫނު އަނބުރައިލި ވަރުދެރަ ގޮތަކަށެވެ. އަދި އެކަނު ތެރެއަށް ބޮނދައި ކުރުގެޅިއްޖެއެވެ. ތަނާލްއަށް ބަލަހައްޓައިގެން އިންދެވުނީ ފެންކަޅިވެފައިއެވެ. ތަނާލްގެ ސުވާލަށް އެއްވެސް ޖަވާބެއް އަންޝް ނުދިނެވެ. ނޫނީ ދޭނެހައި ހިތްވަރު އަންޝް ގައިގައި ނެތިއެވެ. ތަނަށް ވެރިވެގެންދިޔަ ހިމޭންކަމުގެ ތެރެއަށް ފަނިފަކުސައިގެ އަޑުފައްގަނޑު ފެތުރިގެން ދިއުމުން ތަނާލްގެ މެ ނެގިނެގިފައި ޖެހެންފަށައިފިއެވެ. ” އަންޝް ކީތްވެ އެމީހުން އަންދާލީ ؟ ” އިރުކޮޅަކުވެސް ތަނާލްއަށް އެއްޗެއް ނުބުނެ ނީދެވުނެވެ. އަންޝްގެ ބޮލަށް ވަރަށް ބޮޑަށް އުންދަގޫވިއެވެ. ” އަންޝް ކުރިންވެސް އެކަހަލަކަންތަށް ކުރަންތަ؟ ނުކުރާނަމަ އެގޮތަށް ބަޔަކު އަންދާލާކަށް ނުކެރޭނެ. އަހަރެން ދުވަހަކުވެސް ނުދެކެން އެހާ ބިރުވެރި މަންޒަރެއް. އެމީހުން އައިސް މަރާލާނެ އަހަރުމެން.އަންޝް…. އަންޝް ނިދަނީތަ؟ އަންޝް…. އަންޝް ވާހަކަ ދައްކަބަލަ. ” އަތުހިފައި ތަޅުވައިލުމުންވެސް އަންޝް އަށް ހަރަކާތެއްނައެވެ. ބިރުން ތަނާލްގެ ހިތް ނުހުއްތުނީ ކިރިއާއެވެ. ބާރަށް އަންޝް އަތުހިފައިތަޅުވައިގެންފައި ތެދުވެ އަންޝް އުނގުތެރެއަށްއެރި އިށިއިނދެ އަންޝް މޭގައި ތަނާލް ބޮނޑިވެއްޖެއެވެ. ” ތަނާލް ތީ….. ” ހުރެވުނުތަންވެސް އަންޝްއަށް ނޭގުނެވެ. ” އަހަރެން އިންނާނީ މިތާންގަ. ފިނިވެގެން އަންޝް މަރުވެއްޖިއްޔާ އަހަރެން ކުރާނީކީތް؟ ކޮންތަނަކަށް އަހަރެންވަންނާނީ؟ އެމީހުންއައިސް އަހަރެން މަރާލިއަސް އަހަރެން ސަލާމަތް ކުރަން އެކަކުވެސް މިތާކު ނެތް. ” އަންޝް ބުރަކަށީ ދެއަތުން ހިފަހައްޓަމުން ތަނާލް ބޯ އެޅީ އަންޝް ކޮނޑުގައެވެ. އަންޝްގެ ހަށިގަނޑުގެ އެންމެ ހިމަނާރާއި އެގަތްކަން ކުޅެލިއެވެ. ތަނާލް ދުރުކޮއްލަން ތަނާލް ދެކޮނޑުގައި ހިފެހެއްޓި އަންޝްގެ މުޅިހަށިގަނޑުން ދިޔައީ ހީފިލައިގެންނެވެ. ޒަހަމުންތަކުގައި އަޅަމުންދިޔަ ވޭންވެސް އަންޝްދިޔައީ ހަންދާންނެތިގެންނެވެ. ދުރުކޮށްލަން އަންޝް ހިފުމުން ތަނާލް ގަދަދައްކާލާފައި އަދިވެސް ބޮޑަށް އަންޝްގެ މޭގައި ތަތްވެއްޖެއެވެ. ” އަންޝްދެން މިނޫންގޮތެއްނެތް. އަހަރެން އެއްވެސް މީހެއްކައިރީ ނުބުނާނަން އަންޝް އަހަރެންގައިގައި އަތްލިވާހަކަ. ” ތަނާލް މަސައްކަތް ކުރި އަންޝްއަށް ވިސްނަދޭށެވެ. ނޭވާ ހިފަހެއްޓިފައިހުރި އަންޝް އަށް ހީގަނެވިއްޖެއެވެ. ތެދުވެ ތަނާލްއަށް ބަލައިލެވުނީ އަންޝްގެ މޫނަށެވެ. ” އަހަރެންތަ ތަނާލްގައިގައި އަތްމިލަނީ؟ އަންޝް ތަނާލް އާއި ހަތަރުކަޅި ހަމަކުރި ތަނާލްގެ މޮޔަކަމުން ހިނިއައިސްފައެވެ. އެހާލުގައިހުރެވެސް އަންޝް ހީލުމުން ތަނާލްގެ ހިތް އުފަލުންފުރުނެވެ. އެހެނަސް ޖެހިފައިވާ ނިކަމެތިހާލު ހަނދާންވެ ތަނާލްއަށް ރޮވުނީއެވެ. ” އެމީހުން އަތްދަށުވެ މަރުވާކަށް އަހަރެން ބޭނުމެއްނޫން. އަތުޖެހިއްޖިއްޔާ މޫމިނާއްތަ އަށް ހަދާލިހެން އަހަންނަށްވެސް….. ” ” ޝޫ…. ” އަންޝް ޝަހާދައިނގިލި އެޅީ ތަނާލް ތުންފަތުގައެވެ. އަދި އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލައިފިއެވެ. ” ތިކަހަލަ ވާހަކަ ނުދައްކާ. އެމީހުންގެ ތެރެއިން ގިނަ މީހުން މިހާރު މަރުވެދާނެ. އަހަރެން އަދިވެސް އުންމީދު ކަނޑައެއްނުލަން. ” ސަލާމަތް ވާނެކަމުގެ އުންމީދެއްނެތަސް އަންޝް ބުނެލީ ތަނާލް ހިތްހަމަޖައްސައިލަދޭށެވެ. ތަނާލް އެހާ ބިރުގެނަފައި ރޯތަންދެކޭނެހައި ހިތްވަރު އަންޝް ގަޔަކު ނެތެވެ. ” މަރުވިއަސް އަންޝް ބުނާނީ ތިހެން. އެކަމަކު ދެން އަހަރުމެން ސަލާމަތެއްނުވާނެ. މިއަށްވުރެ މާރަނގަޅުވިސް މަރުވަންދެން ކަނޑުމަތީގައި ތިބެންޖެހުނަމަ. ގައިމު މަރުވިއަސް އެންމެން އެއްތަނެއްގައި ތިބީހެއްނު. ދޮންބެ މިހާރުވި ހާލެއްވެސް….. ” ” އަހަރެން މިހިރި މަގާމުގައި މާސް ހުރިނަމަވެސް ތަނާލް އިންނާނީ ތިތަނުގަތަ؟ ” އަންޝް ކުރި ސުވާލުން ރޮއިލަރޮއިލައި އިން ތަނާލްގެ ރުއިން ހުއްޓިއްޖެއެވެ. ހިތުގެ އުފެދުނު ސުވާލް އަންޝްކޮއްލީވެސް އެމަގުސަދުގައިއެވެ. ” މުބާ ހުރިނަމަ ހަމަގައިމުވެސް…. ” ” ޗި…. މަށެއްނޫޅެން. ” ތަނާލްގެ އަޑުވެސް ދިޔައީ ބާރުވެގެނެވެ. އަދި ރުޅިއައިސްފައި އަންޝް ގައިގައި ޖަހައިފިއެވެ. ” އާހ…. ތަނަލް ތަދުވޭ މަށަށް. މިހާރުވެސް މިއުޅެނީ ކެތް ނުކުރެވިގެން. ” ” އެހެންވިއްޔާ ތިކަހަލަ ހަޑިވާހަކަ ކީތްވެ ތި ދައްކަނީ؟ ” “ބަލަ މަށާ މާސްގެ ތަފާތަކީ ކޮބާތަ؟ އަހަރެންވީމަ އެ ނުވޭތަ ހަޑިކަމަކަށް؟ ގޯހެއް ހެދިދާނެތީ ބިރުން މިހާރުވެސް އަހަރެން މިއިންނަނީ. ” ރިހުމެއް އެއަޑުގައިވިއަސް އަންޝްގެ ރާގުގައިވީ ސަމާސާގޮތެކެވެ. އަދި ލޯބިން ތަނާލްގެ ލޯ ފުލެލަދީފިއެވެ. އެއްވެސް އެއްޗެއް ނުބުނެ ތަނާލް ބޯ އެޅި އަންޝް ކޮނޑުގައިއެވެ. އަންޝްއަށް ވެސް މިފަހަރު ތަނާލް ގާތް ކޮއްލެވުނެވެ. އަންޝް ވާހަކަ ދެއްކުމުންވެސް އިތުރަށް ތަނާލް އެއްވެސް އެއްޗެއް ނުބުންޏެއެވެ. އަންޝް އަށް ވެސް މާ ގިނަ ވާހަކަތަކެއް ނުދެއްކުނެވެ. އެހެނަސް ތަނާލްގެ ހަށިގަނޑުގެ މަޑުހޫނުކަމުން ވަރަށް ބޮޑަށް އަންޝްއަށް ލުއިވެއްޖެއެވެ. ލޯބި ނުވާނަމަ ތަނާލް އަންޝްއަށް އެހާ ގާތްކަމެއް ނުދޭނެއެވެ. ހިތްހަމަ ޖެހުނުވަރުން އަންޝްގެ ހިތް އެދުނީ އަދިވެސް ބޮޑަށް ތަނާލް ގާތް ކޮއްލާށެވެ. އަމިއްލަ ހައްޤަކަށް ތަނާލް ހަދަން މިހާރުވެސް އަންޝް އަށް ލަސްވެއްޖެއެވެ. އެހެނަސް ޖެހިފައިވާ މުސީބާތް އެންމެ ހިނދުކޮޅަކަށްވެސް އަންޝް ހިތުންފިލައިގެން ނުދެއެވެ. އަނދިރި ރޭގަނޑު ކަމުން އެގުރޫޕަށް ފިލައިގެން މިހާއިރު އަންޝް މެންނަށް އުޅެވިއްޖެއެވެ. އެހެނަސް ލަސްތަކެއްނުވެ ދެން އިރުއަރައިފާނެއެވެ…… ނުނިމޭ..

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shyx

Other Articles

Previous

ފުން ލޯބި (11)

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (18)

Next
February 11, 2017

ކަލާޔާނުލާ ދިރުމެއްނެތެވެ. (18)

Previews
February 11, 2017

ފުން ލޯބި (11)

28 Comments

  1. Mal mal says:
    February 11, 2017 at 12:35 pm

    Vvvv rythi.plxxx dhen think myhun maraa nulahchey.adhi amdhun nail when noony thanu. Maruvedhaane dheravgn

  2. Mal mal says:
    February 11, 2017 at 12:37 pm

    Mal dhw first yeeyyy and waiting nextpartah

  3. Yaalu says:
    February 11, 2017 at 12:55 pm

    Haadha reethi story ekey♥♥♥♥

  4. aysh says:
    February 11, 2017 at 1:00 pm

    alhey wow…vrh salhi mi part ves…n thankx thihaa dhigukoh genesdheythy…next part avahah up kohdhehchey…vrh kiyaa hithun myndhy..can’t wait…

  5. F says:
    February 11, 2017 at 1:00 pm

    Wow vvv obi

  6. ? says:
    February 11, 2017 at 1:01 pm

    Its too creepy?… Birun halaaku vejje… Imagine kurevey… Varah salhi.. Rangalhahvex minika raajje ah dhw edhevunee… Varah goas baeh dhw.. I hate them????… Ansh n thanaal ekani kanneynge salaamaiy vaanee thivarun dhenyaa… Next bayah varah inthizaaru kurevey eba… Story hama habeys.. Keep up the good work?

  7. mona says:
    February 11, 2017 at 1:42 pm

    Alhey vaahaka v v v reethi…plx maadhama next part up kohba…plx plx shyx…☺☺☺cant wait to read????

  8. Shiu says:
    February 11, 2017 at 1:50 pm

    Omg..?
    Keep it up writer..
    Varah varah rythi mi part vex..
    Next part please…varah kiyaa hih vey..
    Avahah up kohla dhehchey..plx plx..

  9. Hoooooo says:
    February 11, 2017 at 2:02 pm

    Dhen ekaku ves maraanulahchey.

  10. Anonymous says:
    February 11, 2017 at 2:27 pm

    Love its “raamaamakunu”
    Not rambamakunu

  11. Mary mal says:
    February 11, 2017 at 2:41 pm

    Koba tha meege kury part?

  12. sunshine says:
    February 11, 2017 at 2:49 pm

    Alhe v loabi mi vaahaka.. Dhn ekakuves maraanulanchey plxx dhera vejje v aneh kudhin thah maru v ma…. Next part thankolheh avahah up kohdhehchey plxx

  13. Pinker says:
    February 11, 2017 at 3:32 pm

    Birun huri varun rangalhah neyvaaves nulevey kiyamun dhiya iru…seriously meygudaa eba…

  14. Eem says:
    February 11, 2017 at 4:25 pm

    Wow…haadha rychey….varrah rythi story eh….keep it up

  15. Enaash says:
    February 11, 2017 at 4:28 pm

    V intresting heevany film eh ga fennahen v salhi asluves… meyves eba thelhey

  16. Kai says:
    February 11, 2017 at 5:48 pm

    Alhey dhen vaani kihinh baa…..
    Shyx avahah next part up kohla dhyba…
    Varah rythi vaahaka
    Mivaruge vaahaka eh adhi nukiyan ?

  17. NAAZ says:
    February 11, 2017 at 6:34 pm

    heyonuvaane mivaru nukurey ….birun halaaku
    vvvvvvvv reethi vaahaka

  18. bro says:
    February 11, 2017 at 7:30 pm

    Vvvv salhi story eh asluvx shyx adhi mivaruge story eh nukiyan shyx plx next part avas kohdheyba next part kiyaa hithun hurevenikeynun..

  19. Akky says:
    February 11, 2017 at 8:18 pm

    Vvvv inthixaaru ebakurevey next prt ah. V rythi storey

  20. Shai says:
    February 11, 2017 at 8:48 pm

    Birun avadhi vaavaru story eh

  21. Aisha says:
    February 11, 2017 at 9:20 pm

    Best story i ever read..???
    Avahah up kohdhyba heyo nuvaane alhe..❤

  22. Shai says:
    February 11, 2017 at 9:25 pm

    Meyga heevanee beru jahaahen birun varah varah reethi

  23. lovely girl says:
    February 11, 2017 at 11:04 pm

    Alhe shyx plx tanuu ge drother maraa nulaathi he is so cute

  24. girl :))) says:
    February 11, 2017 at 11:06 pm

    birun aives gudaa eba. huvaa mibuni mivaruge vaahaakaeh nukiyeyy. mikahala. plx dhen thibi emmen salaamai kohdhehcheyyy

  25. shau says:
    February 12, 2017 at 1:11 am

    MashaAllah. mihaa reethi story eh adhi nukiyan

  26. Leen says:
    February 12, 2017 at 1:27 am

    Alhey zahoo ge babyves maraalaane tha?? No ehen nahadhaathi. Aharwn roeroe halaakuvedhaane..

  27. MAIII says:
    February 12, 2017 at 6:00 pm

    Varah reethi vaahaka eh…..aneh bayah varah inthizaar kuran???

  28. Anonymous says:
    February 16, 2017 at 9:56 pm

    kobaatha aneh part thah? part 2 fenifa dhn mi fenuny part 5.. i want to read other parts

Comments are closed.

All Right Reserved!