“އާނ ވިސްނާލިން. އަހަރުމެންނަށް ވަރަށް މުއްސަނދި ދަނބި ދަރިއެއް ލިބިގެން ދާނީ. ކިހާ ރަނގަޅު؟ މަށަށް ފެންނަނީ ދެން ޝަފަޤް ވެސް ތި ވިސާމަކު ދޫކޮށްލަން. މިހާރު އޭނަ އަތުގަ ހުރީ ކޯޗެއް. އޭނައަށް ލިބޭ މުސާރައިން ކިރިޔަ ކިރިޔާ ކަލޭމެންނަށް އުޅެވޭނީކަން މަށަށް ޔަޤީންވިއްޔާ.” ޒަމީނާ ދެއްކި ވާހަކައިގެ މެދު ތެރެއިން ވަޅި ހިފައިގެންހުރި ވިސާމްގެ އިނގިލީގައި ވަޅި ޖެހި ލޭ އަންނަން ފެށުމުން އޭނަ ސިހުންވިއެވެ. އެކަން އެނގުންވި ޝަފަޤް ވަގުތުން މަންޒަރު ފެނި […]
ފުލައިޓަށް އެރުމާ އެކު އަހަރެން ހިނގައި ގަތީ އަތުގައި އޮތް ބޯރޑިން ޕާހު ގައި ޖަހާފައި އޮތް ނަންބަރު އިން ޝީޓާ ދިމާލަށެވެ. ޝީޓާ ހަމަޔަށް ދެވުމާ އެކު އަހަރެންގެ ކޮނޑު ގައި އޮތް ބެގު ޕެކު ބާލާ ކެބިނަށް ލުމަށް ފަހު އައި ޕެޑަށް ޖަހައި ފައިވާ ހެޑު ސެޓު ނަގައި ކަންފަތައް ޖަހައި ލަމުން ޝީޓު ގައި އިށީނދެ ރަނގަޅަށް ހަމަ ޖެހިލީމެވެ. އެހެނަސް ހެޑު ސެޓު ކަންފަތު ގައި ޖަހައިގެން އިން ނަމަވެސް […]
ކުޑަކޮށް ދޮރު ކައިރި ކޮއްލަމުން ރިޔާޒު ފަހަތަށް އެނބުރިލީ ޝަބީން އަންނަން ފެށުމުންނެވެ. އެންމެނަށްވެސް ކަމެއް ގޯސްވެއްޖެކަން އެނގުނީ އެހިސާބުންނެވެ. ދެމީހުންވެސް ވާހަކައެއް ނުދައްކާ ބަލާލީ ދުރުގައި ހުއްޓިގެން އެދިމާލަށް ބަލަން އިން ރަޔާލަށެވެ. ރިޔާޒުގެ މޫނުން ފެނުނު ނުރުހުމުގެ އަސަރުންވެސް ހަމައެކަނި އޭނާއެއީ ރިޔާޒް ރުޅި އަންނަ މީހެއްކަން އެނގުނެވެ. ރާބިޔާ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވާއެކު ރިޔާޒް އަތުން އެކަން މަނާ ކޮއްލައިފިއެވެ. ހީވީ މާކުރިން އެކަމަށް ތައްޔާރު ވެގެން ހުރި ހެންނެވެ. […]
އެއް އަހަރުފަސް.. ޔާއިންގެ އުމުރުން 5 އަހަރަށް އޮތް އިރު އޭނާ އަކީ އުމުރާއި ބަލާފައި އެހެން ކުދިންނަށްވުރެ ވިސްނުން ތޫނު ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ސަބަބަކަށް ހަމައެކަނި ވީ ސުމާ އާއި މާޒިންގެ އިތުރުން ލިބެމުން ދިޔަ މާރިޔާގެ ލޮތްބާއި ރަނގަޅު ތަރުބިއްޔަތެވެ. ސުމާ ދިޔައީ ޔާއިންއެކޭ އެއްފަދައިން މާޒިންއަށްވެސް ވަގުތު ދެމުންނެވެ. ދެމީހުންޝަކުވާ ކުރާނެ ޖާގައެއް އޭނާ ނުދެއެވެ. އެހެނީ އެއީ އޭނާ މިދުނިޔޭގައިވެސް އެންމެ ލޯބިވާ ދެމީހުންނެވެ. އެއްދުވަހެކެވެ. ޔާއިން ހެނދުނާއި […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އުމުރުން ނަވާރަ އަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮށްފައިވާ ފަރްހީންގެ ދުނިޔެ އަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ވހުރިހާ ވިސްނުމާ ފިކުރުތަށް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީންގެ […]
މަޑުމަޑުން ކޮޓަރިތެރެއަށް ވަން އިރު އޭނާގެ ދެފައި ތުރުތުރު އަޅައެވެ. ފެންނަމުން ދިޔަ މަންޒަރުން، ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ވިސްނައިދެމުން ދިޔައެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އެނދުކައިރީގައި ކުޑަކަކޫ މައްޗަށް ތިރިވެގެން އިން އާހިލް އަށެވެ. މެހެކް އަށް ފުރަގަހަށް ވާ ގޮތަށް އިންއިރު ކައިރީގައި ކުޑަ ދަބަހެއް ބަހައްޓާލާފައި ހުއްޓެވެ. އެވަގުތު މެހެކްގެ ހިތުގައި އުފެދުނު ހާސްކަމާއި އެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ. މުޅި ކޮޓަރިތެރޭގެ ރީތި […]
” ޔަލް… އައި ރިއަލީ ލައިކް ޔޫ.. ވިލް ޔޫ ބީ މައި ގާލް؟.. ” ކާރު ފަހަތު ސީޓުގައޮތް ބޮޑު މާބޮނޑިއެއް ނަގާ އަހަރެންނާ ދިމާލަށް ދިއްކޮށްލަމުން ޔާނު ބުނެލިއެވެ. ޔާނުގެ އެ ޖުމްލައިން ހިތަށް ލިބުނު އުފަވެރިކަން ބުނެދޭންވެސް ނޭންގުނެވެ. އަހަރެން އިސް އުފުލަަ ޔާނުއަށް ބަލާލީ ޖަވާބެއް ދޭން ވެގެންނެވެ. ނަމަވެސް އެ ވިދުން ގަދަ ދެލޮލުގެ ޖާދޫގަ ޖެހިފަ ބުނަން އުޅުނު އެތިވެސް ހަނދާންނެތުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން އެހެން […]
މީ މި ސައިޓަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ އެވެ. އަދި އަޅުގަނޑު ލިޔުނު ފުރަތަމަ ވާހަކަ ވެސް މެއެވެ. ފާޑު ކިޔުމަކީ އަޅުގަނޑު ގެ ކުރި އެރުމެވެ. އެހެން ކަމުން ބިނާ ކުރަނިވި ފާޑު ކިޔުން ތައް އުފަލާއި އެކު އަޅުގަނޑު ބަލައި ގަންނާ ނަމެވެ. ޝުކުރިއްޔާ. ގަޑިން ބާރަ ޖަހަން ދެން އިނީ އެންމެ ފަސް މިނެޓެވެ. އުނޫޝާގެ އަސަރު ގަދަ އަޑުން ކިޔައި ފައިވާ މީ ލޯބި ވެރިންގެ ރެޔޭ، މީ އިޝްޤު […]