Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާނުލާ ދިރުމެއްނެތެވެ. (18)

who am i? Level 1100 Comments
February 11, 2017 5 Mins Read
15 Comments

“މަންމަ ސުދާއަށް ވިސްނައިދީބަލަ. ސުދާއަށް ވިސްނައިދީ ދީ އަހަރެން ވަރުބަލިވެއްޖެ.” ޒަވީންގެ އަޑުގައި ރިހުމެއްވާކަން މާނާއަށް އެނގެއެވެ. ޒަވީން އަކީ އޭނާ ބަނޑުއަޅާވިހޭ މައިމީހާ ނޫނަސް ދަރިއެއްގެ މަޤާމު އޭނާ ޒަވީންއަށް ދެއެވެ.

“މަންމަ ވިސްނައިދޭނަން. މި ކައިވެނި ދެމިގެން މިދަނީ ހަމަ ޒަވީންގެ ކެއްތެރިކަމުން. އެކަން މަންމަ ހަނދާންނައްތައެއް ނުލަން. ދަރިފުޅުމެން ދެކުދިންގެ ކައިވެނި އަބަދުވެސް ދަމަހައްޓަވާތޯ މަންމަ ދުޢާ ކޮށްދޭނަން.” މާނާ ހިތްދަތިވި ވަރުން ވާހަކަ ދައްކަން އުދަނގޫވިއެވެ. އަދި އެއަށްވުރެ ސުދާއަށް ވިސްނައިދޭން އުދަނގޫވާނެކަން މާނާއަށް އެނގެއެވެ.

މާނާ ގޭތެރެއަށް ވަންއިރު ސަލަފް އޮފީހުން އައިސް ވަންނަނީއެވެ. މާނާ ފުރަތަމަ ހިނގައިގަތީ ސަލަފް އާ ދިމާލަށެވެ. ސަލަފް ކޮޓަރިއަށް ވަން ފަހަތުން މާނާ އެތެރެއަށް ވަދެ ސަލަފް ކައިރިން ކާން އައުމަށް ބުނެލިއެވެ. ސަލަފް އެއްޗެހި ބަދަލުކޮށްލައިގެން ކާން ވަންއިރު މާނާ އިނީ މޭޒުދޮށުގައެވެ. ސަލަފް އިށީދެ ކާންފެށިއިރުވެސް މާނާ ކާން ފަށާކަށް ނޫޅެއެވެ. އަދި ސުދާ އާއި ޒަވީން ކެއުމުގައި ބައިވެރިވާ ތަނެއް ނުފެނެއެވެ. ސަލަފް ފުންކޮށް މާނާގެ މޫނަށް ބަލާލިއިރު މާނާ އިނީ ކަމަކާ ވިސްނަންކަން ނަގައިގަނެވުނެވެ.

“މަންމާ! ކިހިނެއްވީ؟” ސަލަފް މާނާގެ އަތުގައި ހިފާލިއެވެ. މާނާ އިސްއުފުލާ ބަލާލުމަށްފަހު އިސްއޮބާލިއެވެ.

“އަހަރެން ހިތަށް އަރާ އަހަރެންގެ ދަރިންނަށް ވިސްނޭނީ ކޮން ދުވަހަކުންބާއޭ. އެހެރީ ސުދާ އުޅޭގޮތް. ޒަވީންގެ ބަހެއް ޤަބޫލެއް ނުކުރޭ. އޮފީސް ކަންތަކަށް ނޫން އެހެން ކަމަކަށް ފަރުވާއެއް ނުބަހައްޓާ. ދެން ތިހުރީ ސަލަފް. ތިންބެއިން ތެރެއިން އެންމެ ދޮށީ މީހާ ކަމުގައިވިއަސް ދިރިއުޅުމާ ދޭތެރޭ ވިސްނާލާނެ ވަގުތެއް ނުވޭ. އުމުރު ހުސްވެގެން ތިޔަދަނީ ވިޔަފާރީގައި. ދިރިއުޅުމާ ދޭތެރޭ ވިސްނާނީ ކޮންއިރަކު؟ އަހަރެމެން އިންސާނުން ދުނިޔެއަށް ފޮނުވީ ވަރަށް މާތް މަޤްސަދެއްގައި. އެއީ އަހަރެމެން މިދުނިޔެއާ ވަކިވެގެން ދާއިރު އަހަރެމެންގެ ނަމާ ނަސްލު ދިރުވަން އިތުރު ބަޔަކު އުފަންކުރަން. ސަލަފް މިކަންކަމާ ވިސްނައިނުލަންތަ؟ ސަލަފް ތިހެން ހުއްޓާ ޔޫއާން ދިރިއުޅުމެއް ފަށާތަން ފެންނާނީ.” މާނާ ސަލަފްގެ މޫނަށް ބަލާލިއެވެ. މަންމަގެ ދެލޮލުގައި ސަލަފްއަށްޓަކައި ކުރާ އުއްމީދުތަކެއްވާކަން ސަލަފް ދެނެގަތެވެ.

“މަންމައަށް އަހަރެން ވަރަށް އުފާވެރި ޚަބަރެއް ދީފާނަން. އަހަރެން ކައިވެންޏަކާ ދޭތެރޭ ވިސްނަން. އިރާދަކުރެވިއްޔާ މިގެއަށް ވަރަށް އަވަހަށް އަހަރެންގެ އަންހެނުން އަންނާނެ.” ސަލަފް ހިނިތުންވެފައި މާނާއަށް ބަލާލިއިރު މާނާގެ މޫނުވަނީ އަލިވެ އުޖާލާވެފައެވެ. އުފާވެރިކަން އެ މޫނުމަތިން ފެންނަމުން ދިޔައިރު އެކަމުގެ ހެއްކެއް ގޮތުން އުފާވެރިކަމުގެ ކަރުނަތައް ދިޔައީ ޖަމާވަމުންނެވެ.

“އެހެންތަ؟ މަންމައަށް ޤަބޫލެއްވެސް ނުކުރެވޭ. ސަލަފް އިންނަން އުޅެނީ ކޮންކުއްޖަކާ. މަންމައަށް ދައްކާލަން ގެންނަންވީނުން.“

“މަންމައަށް ދައްކާނަން ކައިވެނި ކުރާ ރޭ. އޭގެ ކުރިން ބާއްވާނީ ސިއްރެއްގެ ގޮތުގައި.” ސަލަފް ބޭނުންވީ މަންމައަށް އިތުރު އުފާވެރިކަމެއް ދޭށެވެ.

“ކައިވެނި ކުރަނީ ކިހާ ތާކު؟” މާނާ އަހާލިއެވެ.

“ވަގުތު އައިސްޖެހުމުން ހުރިހާ އެއްޗެއްވެސް މަންމައަށް އެނގޭނެ.” ސަލަފް ބުނެލިއެވެ. މާނާ އުފަލުން އިނދެ ސަލަފްއާއެކު ކައި ނިންމާލިއެވެ.

އެމެޖެންސީ ރޫމްގެ ދޮރު ހުޅުވާލުމުން ޝާޔާ އާއި އީރާ އެކުއެކީ އެދިމާލަށް ދިޔައެވެ. ދޮރު ހުޅުވާފައި ނިކުމެ ޑޮކްޓަރު އެދުނީ ވަކިން ބައްދަލުކުރަން ބޭނުންވާ ވާހަކަ އާއި ޑޮކްޓަރު ބައްލަވާ ކޮޓަރިއަށް އައިސް ދިނުމަށެވެ. ޝާޔާ އާއި އީރާ ޑޮކްޓަރުގެ ފަހަތުން ކޮޓަރިއަށް ވަނުމުން ޑޮކްޓަރު ވާހަކަ ފެށިއެވެ.

“މިތަނަށް ގެނައި ވަރަށްވުރެ މިހާރު ޕޭޝައެންޓް ރަނގަޅު. ލޭގެ ޕްރެޝަރުވެސް އަންނަނީ ކޮންޓްރޯލްވަމުން. މިއީ ކުޑަ ސްޓްރޯކެއް. ލޭގެ ޕްރެޝަރު މަތިވެގެން ގޮސް ދިމާވި ކަމަކަށްވާތީ އަޅުގަނޑު ބަލިމީހާގެ އެހީތެރިންނަށް ދޭން އޮތް އިރުޝާދަކީ ބަލިމީހާ ހިތްހަމަޖައްސައިގެން ގެންގުޅޭށޭ. ލޭގެ ޕްރެޝަރު މަތިވެދާނެ މާބޮޑަށް ކަމަކާ ވިސްނައިގެންވެސް. އަނީސާ އަކީ ކުރިންވެސް ހިތުގެ މައްސަލަ ހުރުމާއެކު ނޭވާހިއްލާ ބަލި ހުންނަ މީހެއް. އޭގެތެރެއަށް އިތުރު ރިސްކެއް މިއައީ.“ ޑޮކްޓަރު އޭގެ އިތުރުން ވަރަށް ބައިވަރު މައުލޫމާތު ދިނެވެ.

“މަންމަ އާ ބައްދަލުކުރެވޭނީ ކިހާއިރަކުންތޯ؟” މަންމަ ދެކިލަން ކެއްމަދުވެފައި އިނުމުން ފުރަތަމަވެސް ޝާޔާއަށް އަހާލެވުނީ އެހެންނެވެ.

“މިހާރުވެސް ބައްދަލުކުރަންވީ. އެކަމަކު ބުނަން އަނީސާ ހިންހަމަނުޖެހޭ އަދި ދެރަވާވަރުގެ ވާހަކައެއް އޭނާގެ ކުރިމަތީ ދައްކައިގެން ނުވާނެ. ބަލިމީހާއަށްވުރެ އެހީތެރިންގެ ހިތްވަރު ޖެހޭނެ ގަދަވާން. ބަލިމީހާ ކުރިމަތީ ރޮއިގެން ނުވާނެ.“ ޑޮކްޓަރު މިފަހަރު އިރުޝާދާއެކު ދިނީ ކުޑަ އިންޒާރެކެވެ. ދެލޯ ފޮހެލަމުން ޑޮކްޓަރުގެ ކޮޓަރިން ނިކުމެވުނުތަނާއި އަނެއްކާވެސް ޝާޔާއަށް ރޮވުނެވެ.

“ދޮންތާ. ހުއްޓާލަބަލަ. މަންމަ ކައިރިއަށް ދާއިރު ރޮއިފައި ހުރިކަން އެނގުނީމައި މަންމަ ވަރަށް ދެރަވާނެ.” އީރާ ހީކުރިވަރަށްވުރެ ހިތްވަރު ގަދައެވެ. ކަރުނަތައް އޮއްބާލައިގެން ޝާޔާއަށް ހިތްވަރު ދެމުން ދިޔައިރު އޭނާވެސް ހުރީ މަންމައާމެދު ކަންބޮޑުވެފައެވެ. އަދި މިއަދު ޝަހުދުގެ ފަރާތުން ދިމާވި ކަންތައްތަކުގެ ސަބަބުން އިތުރަށް މާޔޫސްވެފައެވެ.

“އަހަރެން މަންމަގެ ކުރިމައްޗަށް ދާނީ ކޮންމޫނަކައިގެން. މަންމަ އެހާލުގައި އެއޮތީ އަހަރެންގެ ސަބަބުން. މަންމައަށް އަހަރެންގެ ކުށެއް ނެތްކަން އަންގައިދެވުނު ނަމަ.” ޝާޔާ ގިސްލަމުން އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އީރާ ޝާޔާ އާ ޖެހިގެން އިށީންނަމުން ދެއަތުން ޝާޔާގެ މޫނުގައި ހިފަހައްޓާލިއެވެ.

“ނުރޮއި ހުއްޓާލާ. މަންމަ ރަނގަޅުވީމާ މަންމައަށް ވިސްނައިދޭނީ. މަންމަ ދޮންތައަށް އިތުބާރު ކުރާނެ. ދޮންތަ ކުށެއް ނުކުރާއިރު އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.“ އީރާ ދިން ހިތްވަރުގެ ސަބަބުން ޝާޔާ ހަމަޔަކަށް އެޅުނެވެ.

ސަލަފްއަށް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރާތުން އަނީސާ އެޑްމިޓްކޮށްފައިވާކަން އެނގުމުން އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ގެއިން ނިކުންނަމުން ގަޑި ބަލާލިއިރު މެންދަމު ބާރަގަޑި ބައިވަނީއެވެ. ސަލަފް ކާރު ޕޯޓިކޯގައި މަޑުކުރުމުން ސަލަފްއަށް ޚަބަރު ދިން މުވައްޒަފު ސަލަފްގެ ކައިރިއަށް ގޮސް އަނީސާ އޮތް ވޯޑުގެ ނަންބަރު ދިނެވެ. ވޯޑަށް ވަނުމުގެ ކުރިން ސަލަފް ކައުންޓަރު ކައިރީ ހުއްޓި ވާހަކަތަކެއް ދެއްކުމަށްފަހު ވޯޑަށް ދިޔައެވެ.

ހަމަހިމޭންކަން ވެރިވެފައިވާ ވޯޑުގައި ތިބި ހުރިހާ ބަލިމީހުންތިބީ ނިދާފައެވެ. އެހީތެރިންވެސް ތިބީ އެނދުގައި ބޯއަޅާލައިގެން ނޫނީ ގޮނޑީގައި އެއިންގޮތަށް ތިބެ ނިދިފައެވެ. ސަލަފް ފަރުވާތެރިވެ ހިނގަމުންދިޔައީ ޓައިލްސްމަތީ އަޅާ ފިޔަވަޅުތަކުގެ އަޑު ސިއްރުވާނެހާ މަޑުންނެވެ. ސަލަފްއަށް އަނީސާ އޮތް އެނދާ ހަމަޔަށް ދެވުނު އިރު އަނީސާގެ އެއްފަރާތުގައި އީރާ އަނެއްފަރާތުގައި ޝާޔާ ތިއްބެވެ. އަނީސާ އޮތީ ނިދާފައެވެ. ސަލަފް ހުއްޓުނުތަން ފެނި އީރާއަށް ތެދުވެވުނެވެ. އީރާ އަށް އައި ބަދަލުފެނި ޝާޔާ ފަސްއެނބުރި ބަލާލިއިރު ދާދި ކައިރީ ހުރި ސަލަފް ފެނި މޫނު އަނެއްފަރާތަށް އަނބުރާލެވުނެވެ.

“މަންމަ ކޮންއިރަކު އެޑްމިޓްކުރީ؟” ސަލަފް ދެޖީބަށް އަތްޖަހާލަމުން ވާހަކަ ދެއްކީ ވަރަށް އާދައިގެ ގޮތަކަށެވެ.

“ހަތްގަޑިބައިވަނިކޮށް.” ސަލަފްގެ ސުވާލަށް ޖަވާބުދިނީ އީރާއެވެ. އެއީ ސަލަފް އުއްމީދު ކުރި ގޮތެއް ނޫނެވެ. ޝާޔާ އާ އެހާ ކައިރީ ހުރެ އެހެން އަހާލުމުން ޝާޔާގެ ފަރާތުން ރައްދު ދޭނެކަމުގައި އޭނާއަށް އުއްމީދުކުރެވުނެވެ.

“މަންމަގެ ހުރިހާކަމެއްވެސް އަހަރެން ބަލަހައްޓާނަން. ދެމީހުން ގެއަށް ގޮސް އަރާމުކޮށްލަންވީނު. އަހަރެން އަނީސައްތަ ބަލަން ބަޔަކު ހަމަޖައްސާނަން. އެމީހުން ހުރިހާ ކަމެއްވެސް ކޮށްދޭނެ. ކުރީ ފަހަރެކޭ އެއްގޮތަށް ހޮސްޕިޓަލުގެ ފީތަކާއި ބޭސްސިޓީތަކާއި އަހަރެން ހަވާލުވާނަން.” ސަލަފް ބުނެލިއެވެ. އީރާއަށް އެކަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޝާޔާގެ މޫނަށް ބަލާލެވުނީ ބުނަންވީ ކީކޭހޭ އަހާފަދަ ނަޒަރަކުންނެވެ.

“ސަލަފް. ކުރީފަހަރު ސަލަފް ދެއްވި އެހީއަށް އާއިލާގެ ފަރާތުން އަހަރެން ޝުކުރު އަދާކުރަން. އެކަމަކު މިފަހަރު އަހަރެން ހުރިހާ ކަމެއް ބަލަހައްޓާނަން. މަންމަ ކައިރީ މަޑުކުރާނީ އަހަރެން. އަހަރެން ބޭނުމެއް ނޫން އިތުރުބަޔަކު ލައްވާ އެ ޒިންމާ އުފުލާކަށް. ސަލަފް މަންމަގެ ހާލުބަލަން އައީތީ ޝުކުރިއްޔާ. މިފަހަރު ސަލަފްގެ އެހީއެއް ބޭނުމެއް ނޫން.” ޝާޔާ ރުންކުރުގޮތަކަށް އެހެން ބުނުމުން ސަލަފްގެ ހިތަށް އަނިޔާވިއެވެ. މި ނޫނީ ދުވަހަކުވެސް އޭނާ ދޭން ނިންމި އެހީއެއް ނުހިފާފައެއް ނެތެވެ.

“ޝާޔާ ކިހިނެއް ހުރިހާ ކަމެއް މެނޭޖުކުރާނި. ޝާޔާ މިއަދު އައީ ވަޒީފާއިން ރިޒައިންކޮށްފައި.އަހަރެން ހެޔޮހިތުން އެއްޗެއް ދޭން ބޭނުންވާއިރު އޭގައި ނުހިފާ އަނބުރާ ރައްދު ތިކުރީ ޝާޔާގެ މޮޔަކަމުން.” ސަލަފް އާއި ޝާޔާގެ މެދުގައި ބަހުސް ހޫނުވަމުން ދިޔައިރު އީރާ އެތަނުގައި ނުހުރެ އަވަހަށް ބޭރަށް ނިކުތެވެ.

“ސަލަފްގެ އިޙްސާން ތެރިކަމާއި ދީލަތިކަން އެއްފަރާތުގައި ބާއްވާ. ދެއްކުންތެރި ވާންވެގެން އަހަރެން ފަޟީހަ ކުރުމަށްފަހު މާތްމީހަކަށް ވާންވެގެން މިތަނަށް ތިއައީ ސަލަފް ހީކުރީތަ އަހަރެން އެއްބަސްވާނެއޭ. ނޫނީ ފައިސާއަށް ހެއްލޭނެއޭ. ސަލަފް ހިތުގެ ނިޔަތެއް އަހަންނަކަށް ނޭނގޭ. އެކަމަކު އަހަރެން ހިތުގައި ފައިސާ އާއި ހެދި ދަހިވެތިކަމެއްނެތް. އަހަރެން ސަލަފްގެ އޮފީހުގައި މަސައްކަތް ކުރީ ސަލަފްއަކީ މުއްސައްޖަކަށް ވާތީއެއް ނޫން. އަހަރެން ދުވަހަކުވެސް މަސައްކަތެއް ނުކުރަން އަހަރެންގެ ރީތިކަން ދައްކައިގެން ސަލަފްގެ ހިތް ލަންބުވާކަށް.އަހަރެން ތިޔަ އޮފީހަށް ވަނީ ދާއޮހޮރުވައިގެން ހަލާލުގޮތުގައި ފައިސާ ހޯދުމުގެ ނިޔަތުގައި. އެކަމަކު އޭގެ ބަދަލުގައި އަހަންނަށް ލިބުނީ ވަރަށް ހުތުރު ނަމެއް.” ޝާޔާ ދެރަވެފައި ހުރިވަރުން މާކުރިން ސުދާ އެއްދުވަހު ކީ އެއްޗެހި މަތިން ހަނދާން އާވަމުން ދިޔައެވެ. އެދުވަހު ސުދާ އޭނާއަށް އޮފީހުން ވަކިވާށޭ ކިޔައި ދިން އިންޒާރުތައް މަތިން ހަނދާންނެތިފައިވަނިކޮން މި ދިމާވި ހާދިސާއަށްފަހު އެހުރިހާ ކަމެއް ދެންމެ ވީކަމެއްހެން ހަނދާންވަމުން ދިޔައެވެ.

“ޝާޔާ ކީކޭ ތިކިޔަނީ..ދުވަހަކުވެސް އަހަރެން ތިކަހަލަ އެއްޗެއް ބުނިންތަ؟ އަހަރެން އެންމެ ފުރަތަމަ ދުވަހުވެސް އެހީދިނީ އަމިއްލަ ޒަމީރު އެކަމަށް ކިޔަން ފެށުމުން. އަހަރެމެން ދެމީހުންގެ މެދުގައި ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންތަކެއް ވާކަން އެނގޭ. އަހަރެން މިއައީ އެކަމަށް ހައްލު ގެންނަން. ޝާޔާ ހީވިއަސް ފޮޓޯތަކަކީ އަހަރެން ނެގުވި އެއްޗެއް ނޫން. އެއީ ހަނާ ކުރި ކަމެއް. އަހަންނަށް ހީވަނީ ޝާޔާގެ މަޤާމާއި މުސާރަ ބޮޑުވެގެން އެކަމުގެ ހަސަދަ އޭނާގެ ހިތުގައި އޮންނަނީހެން.އަހަންނަށް އެކަން މިއެނގުނީ މިރޭ. ޝާޔާ ބޭނުންނަމަ އަހަރެން ވަޒީފާ އަނބުރާ ދީފާނަން.” ސަލަފް ގެ ފަރާތުން އިވުނު ހަޤީޤަތް ޝާޔާއަށް ޤަބޫލެއް ނުކުރެވެއެވެ.

“އަހަރެން ދައްކާވާހަކަ ޤަބޫލުކުރޭ. ޝާޔާ ބޭނުން ނަމަ އަހަރެން މިކަން ސާބިތުކޮށްދީފާނަން. ކުރިންވެސް އަހަރެން ބުނި ފަދައިން މިފަހަރުވެސް މިބުނަނީ. އަހަރެން ޝާޔާއަށް ދެރަގޮތެއް ނުހަދާނަން.އަހަންނަކީ ޝާޔާ ހީކުރާ ކަހަލަ ގޯސްމީހެއް ނޫން.” ސަލަފްގެ މޫނަށް ޝާޔާ ބަލާލިއެވެ. ކުރިން ދުވަހަކުވެސް ޝާޔާއަށް ސަލަފްގެ މޫނުމަތިން ނުފެންނަ ސިފަތަކެއްމިވަގުތު ފެނިގެން ދިޔައެވެ. ހިތްތިރިކަމާއި މަޑުމައިތިރިކަން ދަސްކުރަންވީ ސަލަފްގެ ކިބައިންނެވެ.

ދެމީހުންގެ މެދަށް ހިމޭންކަން އައެވެ. ދުލުން އެންމެ ލަފްޒެއްވެސް ނުބުނެ އެކަކު އަނެއްކަކަށް ބަލަން ހުރެވުނެވެ. ދެހިތުގެ މެދުގައި އެހެން އިޙްޞާސެއް ކުޅެލިއެވެ. ސަލަފް ބަލަން ފެށިގޮތުން ޝާޔާއަށް އިސްޖަހާލަން މަޖުބޫރުވިއެވެ. ސަލަފް ދެއްކި ވާހަކަ އޭނާގެ ސިކުނޑީގައި އެނބުރެމުން ދާތީ ވަކިގޮތެއް ނިންމަން މިވަގުތު އުދަނގޫވެއެވެ.

“ސަލަފްގެ ވާހަކަ އަހަރެން ޤަބޫލުކޮށްފިން. އަހަންނަށް ސަލަފް ހިތްދަތިވާފަދަ ބަހެއް ބުނެވިފައިވާނަމަ މަޢާފަށް އެދެން..ސަލަފްގެ ހެޔޮކަން އަހަރެން އަގުވަޒަން ކުރަން.އެކަމަކު އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ ހުރިހާ ތަކުލީފްތަކެއް ސަލަފްގެ ބޮލުގައި އަޅުވާކަށް. ސަލަފް އަހަންނަށް މަޢާފްދޭން ބޭނުންނަމަ އަހަރެމެންނަށް އެހީނުވޭ.އަހަރެމެން އަމިއްލަ ހާލަށް ދޫކޮށްލާ. އާދޭސްކުރަން.“ އެތައް އިރަކު އެއްޗެއް ނުބުނެ ހިމޭންވެފައި ހުރުމަށްފަހު ޝާޔާ އާދޭސްކުރިއެވެ.

“އެންމެ ރަނގަޅު. އަހަރެން މިދަނީ. ޝާޔާ ހަނދާންކުރާތި. ތި އާއިލާއަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އަބަދުވެސް އަހަރެން ހުންނާނަން. އަހަރެން ކައިރިއަށް އަންނަން ފަސްނުޖެހޭތި. އަހަރެން މަންމަގެ ހާލުބަލަން އައި ވާހަކަ މަންމަ ކައިރީ ބުނެދޭތި. މީގެ ފަހުން ދުވަހަކުވެސް އަހަރެން ނާންނާނަން.” ސަލަފް އަނީސާގެ މޫނަށް އެންމެ ފަހު ފަހަރަށް ބަލާލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

who am i?

Level 1100 Comments

No One Care's Who I Am? No One Knows Me! NoBody Can Find Me.. Where Am I? Who Knows? NoBody Knows..

Other Articles

Previous

leykoaru

Next

ޢަޞްރު (ތެއާޅީސްވަނަ ބައި)

Next
February 12, 2017

ޢަޞްރު (ތެއާޅީސްވަނަ ބައި)

Previews
February 11, 2017

leykoaru

15 Comments!

  1. Mal mal says:
    February 11, 2017 at 3:48 pm

    Yeyyy mee first

  2. Mal mal says:
    February 11, 2017 at 3:50 pm

    Vvvv shalhi ekam maaa kury@☺

  3. Thaa says:
    February 11, 2017 at 3:54 pm

    Wow haadha reehchey me first dho

  4. shelly says:
    February 11, 2017 at 5:31 pm

    salhi thanku 404error hutta nulaa genesdheythyy varah salhi and oh yeah shaya and uaan pls

  5. nihaa says:
    February 11, 2017 at 5:36 pm

    ” Kuludufusi online” ga ebain mi Stry eko nimam dhan….
    Mi kiyafin eko…

  6. Shai says:
    February 11, 2017 at 9:18 pm

    Konmes thankun kee handhaanvey konthaakun handhaan nethifa mininee. But it’s nice story.

  7. Inu says:
    February 11, 2017 at 11:06 pm

    Kuru kuru burivareh mi … Dhigu kohli nama v kiya hiyy vey

  8. Aish says:
    February 12, 2017 at 2:59 pm

    Kuludhufushi online ga Evans kiyaaba

    1. zyk says:
      June 29, 2017 at 6:08 pm

      Aish..eyge link funuvabw plxxxxx..

  9. Aakee says:
    February 14, 2017 at 12:09 am

    vvv reethi mi vaahaka… konirakun up kohlanee

  10. *A says:
    February 14, 2017 at 12:05 pm

    Plx plx plx upload the other parts of this story. Since you have uploaded the latest parts of this story plx plx upload the rest of the parts as well. Plx plx plx plx plx plx plx plx plx plx plx plx plx plx 404Error.. Please

  11. 404Error says:
    February 15, 2017 at 8:19 am

    hi readers! this is n’t my story. mi vaahaka innaane kuluduffushi.com ga……. dhn mi siteah mi story ge dhn huri ep thah up kuran beynunwaa kudhin comment kohbala..

    1. *A says:
      February 18, 2017 at 1:05 pm

      I REALLY WANT. plx plx upload the other parts. u can mention the original writers name so that would not create any problems. hope you will upload the story till the end

  12. Aakee says:
    February 28, 2017 at 1:06 pm

    beynun

  13. Leen says:
    November 24, 2018 at 5:22 pm

    Vvv reethi ??☺️☺️

Comments are closed.



All Right Reserved!