(ކުރީ ބައިގެ ތެރެއިން) ގަޑިން ރޭގަނޑު 22:00 އެވެ. އިޝާމް އޮތީ ފުން ހިޔާލަކައް ގެއްލިފައެވެ…… އިޝާމް ގެއްލިފައިވަނީ މިއަދު ސައިކަލް ފަހަތައް އަރުވާގެން ގެންދިޔަ ރިފާ ގެ މަތިންނެވެ. “ކިއްވެބާ އަހަންނައް ރިފާޔާ ދޭތެރޭގައި މި ވިސްނެނީ. އެއި އަހަރެން ދަންނަ ކުއްޖެއް ވެސް ނޫން.” އިޝާމް ފުން ހިޔާލުގެ ތެރޭގަ އޮއްވާ ނިދިއްޖެއެވެ. ގަޑި ސޯނާ ވާ އަޑަށް އިޝާމައް ހެލެވުނެވެ. ގަޑި ބަލާލިއެވެ. ގަޑިން 7:40 ވެއްޖެއެވެ. އަވަސް ކޮއްލާގެން އިޝާމް ބެލީ […]
ޝަހުދު ބޭރަށް ނިކުމެ ދެފަރާތް ބަލާލުމަށްފަހު އެތެރެއަށް ވަދެ ދޮރުޖެހި އަޑަށް ގަސްތަކާއި ނިވާވެގެން ހުރި އީރާ ނިކުތެވެ. ލޮލަށް ފެނުނު މަންޒަރުގެ ސަބަބުން ހިތަށް ކުރި އަސަރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ގަދަ މުށިކުލައިގެ ކަޅީގެ ވިދުން ގަދަވަމުން ދިޔައީ ގިނަވަމުން ދިޔަ ކަރުނައިގެ ސަބަބުންނެވެ. ސިއްރުން ދެލޯ ފޮހެލަމުން މަގުމައްޗަށް ނިކުތްއިރު މަގުމަތިވަނީ ހަލަބޮލިވެފައެވެ. އިރު ނިވާވަމުން ދިޔަކަން އުދަރެހުން ފާޅުވަމުން ދިޔައެވެ. ރަންކުލައިގެ ވިލާތަކުން އުދަރެސް ޖަރީކުރަމުން ދިޔައެވެ. މަންޒަރުބަލަން ބައެއް […]
މިފަދަ ޚިޔާލުތަކެއްގައި ހުރެ މިޝްކާ އޭނަގެ އަތަށް ދިނުމަށް ޝަފަޤަށް އަނެއްކާވެސް ރޮވިފައިވާ އަޑަކުން އާދޭސްކުރެވުނެވެ. އެހެނަސް އެވަގުތު ހައިޖާނެއްގެ ތެރޭގައި އިން ވިސާމަށް އެ އަޑު ނުވެސް އިވުނު ފަދައެވެ. ތާރު މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް ވިސާމް ގޯޅިއަކުން އަނބުރާލީ ބުރަކިވެސް ޖެއްސުމެއް ނެތިއެވެ. ދުއްވަމުން ގޮސް އެންމެ ފަހުން ހޮސްޕިޓަލަށް ވެސް ކާރު ވައްދައި ޕާކް ކޮށްލެވުނީ ވެސް ކާރުތައް މަޑުކޮށްފައި ދުއްވާލާ ތާނގައެވެ. އެއަކަށް ފަރުވާލެއްނެތި ވިސާމް މިޝްކާއާއެކީ […]
ކުއްލިއަކަށް އޭނާ އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ބޮލަށް އަރާފައިވާ އެނބުރުންގަނޑު ފިލަމުން ދިޔަވަރަކަށް، ފުސްވެފައިވާ މަންޒަރު މަޑުމަޑުން ސާފުވަމުން ދިޔައެވެ. އޭރު ދާދި ގާތުން އިވާން ގެ މޫނު ފެނެއެވެ. ދުރުދުރުން އިވާންގެ އަޑު އަންނަހެން ހީވެއެވެ. އޭނަ ގޮވަމުން ދަނީ މެހެކް ގެ ނަމުން ކަން އެނގުނެވެ. އޭރު މެހެކް އޮތީ ޑޮކްޓަރު ކޮޓަރި ތެރޭގައި ހުރި އެނދުމަތީގައެވެ. ހޭވަރިކަން ވަމުން ދިޔަ ވަރަކަށް ސިކުނޑި ތެރޭގައި ދެންމެ ވީ ކަންތައް އެނބުރެން ފެށިއެވެ. […]
މޭޒުތައް ދޮށުގައި މަސައްކަތް ކުރަން ތިބި މުވައްޒަފުން އެދިމާލަށް ބަލަން ތިބީ ޙައިރާންވެފައެވެ. ސަލަފް ކޯތާފަތްމަތީ ފިރުމާލަމުން ޝާޔާގެ މޫނަށް ބަލާލިއިރު ޝާޔާ ހުރީ މޫނުގައި އަތް އަޅައިގެންނެވެ. ހިމަ ހޯލިތަކެއްފަދަ ރީތި އިނގިލިތަކުގެ ދޭތެރެއިން ފޭދިގެން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ މުލަދަނޑިން އައިސް އުޅަބޮށި ކައިރިން އޮބާލައެވެ. މަޑު ގިސްލުމުގެ އަޑުން ހިމޭންވެފައިވާ އޮފީސްތެރޭގެ ހިމޭންކަން ނަގާލިއެވެ. ހަނާ އާއި ސުދާ މަންޒަރު ބަލަންތިބި އިރު ދެމީހުންގެ މޫނުމަތިންފެނިގެން ދިޔައީ ވިހަ ހިނިތުންވުމެކެވެ. ޝާޔާ […]
އަހަރެންނަށް ޔާނު ފެންނަށް ޖެހޭ ހެއްޔެވެ. ލޮލަށް ނުފެންނާތީ ހުވަފެނުންވެސް ޔާނު އަހަރެންނަށް އުނދަގޫ ކުރަންފެށީހެއްޔެވެެ. މިހާރުވެސް އޭނަ އަހަރެންނަށް ކުރި ވަރު ކުޑައީހެއްޔެވެ. އަހަރެން ކިތަންމެ ވަރަކަށް ޔާނުއަށް ނަފްރަތު ކުރަން ބޭނުންވިޔަސް އެއީ މި ވީ ހާތަނަށް އަހަރެންނަށްް ކާމިޔާބު ކުރެވިފައިނުވާ ކަމެކެވެ. ނަމަވެސް ހުވަފެނުގަ އަހަރެންނާ ޔާނުގެ އެފަދަ ގާތް ކަމެއް އިހްސާސް ކުރެވުމުން ކުރީގެ ހަނދާންތަށް އާވާންފެށިއެވެ. ” ޔަލް..ކޮން ވިސްނުމެއްގަ.. އާ ޔޫ އޯކޭ” ހައިކަލް ކައިރީ އިންކަންވެސް ހަނދާންވީ ހައިކަލްގެ އަޑުއިވުމުންނެވެ. ” […]
އަނެއް ސަބަބަކީ އޭނައަށް ދާދި ދެންމެއަކު ބަދިގެތެރެއިން އިވުނު ވާހަކަތަކެވެ. އެ މީހުންނަށް ހަމަ މިރޭ ތިއްތިބެ މި ރެސްޓޯރެންޓަށް އަންނާނެކަން އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. ވިސްނުމެއްގެ ތެރޭގައި އައިމަން ހުއްޓާ އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ނުހަނު ކައިރިން “އެކްސްކިއުޒް”އޭ ބުނެލި އަޑަށެވެ. އެވަގުތު އޭނަގެ ކުރިމަތީގައި ހުރި މޭޒުގައި އިން ފިރިހެނަކު ހުރީ ފައިސާ ލާފައި ލެއްޕިފައި އޮތް ޕޮކެޓް އޭނައަށް ދިއްކޮށްގެނެވެ. އައިމަން ގަދަކަމުން ހިނިތުންވެލަމުން އޭތި ހޯދި ވަގުތު ވެސް އޭނަވީ […]
ވިއްސާރަ ދުވަހެކެވެ. އެއް އަތުން ވިއްސާރަ ކުޑަ ހިފާގެން، އަނެއް އަތުން ސައިކަލް ދުއްވަމުން އިޝާމް ދަނިކޮއް ޖަމާލުއްދީން ސްކޫލް ކައިރިން ރީތި އަންހެން ކުއްޖެއް ހުއްޓިލާއިގެން ހުރި ތަން އިޝާމް ލޮލުގަ އަޅާގަތެވެ. އިޝާމް ސައިކަލުގައި ގޮސް ކައިރިކޮއްލިއެވެ. “ލިފްޓެއް ބޭނުންތަ؟” އާއެކޭ ބުނުމުގެ ގޮތުން އެކުއްޖާ ބޯ ޖަހާލިއެވެ. ސައިކަލް ފަހަތައް އެކުއްޖާ އަރުވާގެން އިޝާމް ނިކުތީ ބުރުޒު މަގަށެވެ. “ކޮން ނަމެއް ކިޔަނީ؟” އިޝާމް އަހާލިއެވެ. “ރިފާ” އެކުއްޖާ ޖަވާބު ދިނެވެ. “ކޮން […]
ބޭރުގައި ހުރި ސެކިއުރިޓީ ބަލަހައްޓާ މީހާގެ ކަންފަތާއި ހަމަޔަށް ޝާޔާގެ އަޑު ފޯރުމުގެ ކުރިން އެތަނުން އެކަކު ޝާޔާގެ އަނގަމަތީ އަތް އަޅާ ގަދަކަމުން އެތަނުން ކެބިންއަކަށް ވައްދައިފިއެވެ. ”ކެމެރާ އޮންކުރޭ.” އެމީހުންގެ ތެރެއިން އެކަކު ބުނެލިއެވެ. ހަތަރު ފިރިހެނުންގެ ތެރެއިން ތިން މީހުން ޖީބުން ފޯނާއި ކެމެރާ ކަހަލަ އެއްޗެހި ނަގާ ތައްޔާރުވެއްޖެއެވެ. ޝާޔާ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލިއެވެ. މޫނު ނިވާކޮށްގެން ތިބުމުން އެއްވެސް މީހެއް ވަކިކުރާކަށް ނޭނގެއެވެ. އެތަނުން އެކަކު މޫނުގައި […]