Skip to content
އެސްފިޔަ

އިންތިޒާެރުގައި ހުރިން (1)

ކައިވެންޏަށް ފަހު ސުމާ އަދި ޒިން އުޅެމުން އައީ މާޒިންގެ ގޭގައެވެ. މާ ގިނަ ދުވަހަކާއި ނުލާ ދެމީހުންވެސް އެ މާހައުލަށް ހޭނުނެވެ. ޒިންވެސް މާޒިންގެ މަންމައަށް މާމަ އަދި މާޒިންއަށް ބައްޕަ ކިޔައިގެން ވާހަކަދައްކާ ކޮންމެފަހަރަކު ސުމާގެ ހިތް ފުރިގެން ބަންޑުންވެއެވެ. މާރިޔާ ޒިން ގެންގުޅެނީ އަމިއްލަ މާމަ ދަރިއެއް ގޮތުގައެވެ. ޒިން ނިދަނީވެސް މާރިޔާ ކައިރި މާރިޔާގެ ކޮޓަރީގައެވެ. މާޒިންގެ  ބައްޕަ އެމީހުންގެ ކައިވެންޏަށް 2 ދުވަސްވީތަނާހެން އެކްސިޑެންޓެއްގައި ނިޔާވުމުން  ފަޅުކަން އިހްސާސްވާ މާރިޔާއަށް މިހާރު އެކަން އިހްސާސްއެއްނުވެއެވެ. ފުރަތަމަ ކޮޅު ކިތަންމެ ދެރަވެފައި ތިއްބަސް މިހާރު އެމީހުން ތިބީ ހަމަޔަކަށް އެޅިފައެވެ. އެންމެންގެ ލަފާގެ މަތިން ޒިންގެ ނަން މުހައްމަދު ޔާއިން އަށް ބަދަލުކުރީ މުސްތަގުބަލުގައިވެސް ދިމާވާނެ އުނދަގޫތަކާއި އޮޅުންގަނޑުތަކުން ސަލާމަތްވާށެވެ.

އެއްރެއެވެ. ޔާއިން އަށް ކާންދީ ނިދަން ތައްޔާރު ކުރުވުމަށްފަހު އޭނާ ގޮވައިގެން ސުމާ ދިޔައީ މާރިޔާގެ ކޮޓަރިއަށެވެ. އޭރު މާރިޔާ މިރެއަށް ޔާއިންއަށް ކިޔައިދޭންޖެހޭ ވާހަކަ ފޮތް ތައްޔާރު ކުރަނީއެވެ. “މާމަގެ ދަރިފުޅު! އަވަހަށް އާދޭ ނިދަން…” މާރިޔާ ޔާއިން އުރާލަމުން ބުންޏެވެ. ސުމާ ހިނިތުންވެލިއެވެ. “ގުޑްނައިޓް… ޔާން… ގުޑް ނައިޓް މަންމާ..” ސުމާ އެހެން ބުނެފައި ކޮޓަރިން ނިކުތީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. މިއަދު  ވަރަށް އާރޖެންޓް ކޭސްއެއްގެ ސަބަބުން ލަސްވާނެކަމަށް މާޒިން ގުޅާފައި ބުނިތާ މިހަރު 2 ގަޑިއިރު ވަނީއެވެ. އެއީ ކޮންމެ ކުއްޖެއްގެ ކަމުގައިވެސް އެކުއްޖާއަށް އަވަސް ޝިފާއަކަށް އެދެވުނެވެ.  އޭނާ ލަސް ފިޔަވަޅުތަކެއްގައި ބަދިގެއަށް ދިޔައީ އެހާ އަވަހަށް ނިދަން ބޭނުންނުވާތީއެވެ.

އޭރު ގޭގައި ގެންގުޅޭ ނޯކަރު ޝަރުމީލާ ކާ އެއްޗެހިތަށް ހޫނުކޮށްފައި ދަނީއެވެ. ސުމާ އޭނާއަށް ގުޑް ނައިޓް ކިޔާލުމަށްފަހު އައިސް ކޮފީއެއް ގިރާލައިގެން އެ ބޯން އިނެވެ. އޭނާގެ ހިޔާލަށް އައީ މާޒިންއާއި ސުމާގެ ގުޅުމެވެ. 3 ހަފްތާއަށް ވާންވެފައި އޮތް އެ ކައިވެނީގެ ގޮއްޖެހުނެއްކަމަކު ދެމީހުންނަށް އަދިވެސް އެކަކު އަނެކަކަށްޓަކައި ވަގުތު ހުހެއްނުވެއެވެ. އެ ގުޅުން ކުރިއަށް ގެންދެވޭ ގޮތެއްވަނީ އަދި ނުވެފައެވެ. ހަޤީޤަތުގައި ފުރުސަތެއްވެސް ނުލިބެނީއެވެ. ދަންވަރު ނުވެސް ވަނިސް ރޮއެގެން ޔާއިން ސުމާ ކައިރިއަށް ކޮންމެ ރެއަކުވެސް އާދެއެވެ. އެކަމާއި އެމީހުން ޝަކުވާއެއްނުކުރެއެވެ. ނޭވާ ލެވޭހާ ހިނދު އެކީވާނެކަން އެދެމީހުންވެސް ގަބޫލުކުރެއެވެ. ނަމަވެސް މިރޭ ސުމާއަށް އެކަމާ މާ ބޮޑަށް ވިސްނެނީއެވެ. އޭނާ އަދާ ކޮށްދެންޖެހޭ ޒިންމާ އަދިވެސް އަދާ ނުކުރެވޭ ކަމުގެ އިހްސާސްވާންފެށީއެވެ. މާޒިން އެކަމާ އެއްޗެއް ނުބުންޏެއްކަމަކު ސުމާ ވިސްނާފަދައިން އޭނާވެސް ވިސްނާނެއެވެ. ސުމާ ދެރަވަނީ އެހެންވެއެވެ.

އޭނާ ސިހުނީ ބޮޑު ދޮރު މަޑު މަޑުން ހުޅުވާލި އަޑަށެވެ. އެއައީ މާޒިންއަށް ސުމާއަށް އިނގުމުން އަވަސް އަވަހަށް ކޮފީތަށީ ބޯލުމަށްފަހު އެ ދޮވެފައި ނިކުތެވެ. އޭރު މާޒިން މައްޗަށް އަރައިގެން ހިނގައްޖެއެވެ. ސުމާ ދޮރު ތަޅުލެވިފަތޯ ހުރީ ބަލާލުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަތްއިރު މާޒިން ހުރީ ލައިގެން ހުރި ގަމިސް ބާލާށެވެ. އޭނާއަށް ބަލާލާފައިވެސް އެ ހުރި ވަރުބަލިވެފައިކަން އިނގެއެވެ. އޭނާ ހުރީ ކުޑަކޮށް ދާވެސް ހިއްލާފައެވެ. ނަމަވެސް ސުމާ ފެނުމާއި އެކު އޭނާ ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. އަޅައިގެން ހުރި ވަށް ބުރުގާ ބޭލުމަށްފަހު ސުމާ އަވަސް އަވަހަށް އެނދު ރީތިކޮށްލާ ހެދިއެވެ. އަދި ދެންމެ ޔާއިން ކުޅެފައި ދިޔަ އެއްޗެހި ތަށް ވެސް އެނދުމަތިން ނެގިއެވެ. މިއަދު އޭނާ ހުރީ މާޒިންއާއި ވާހަކަ ދައްކަން ބޭނުންވެފައެވެ.

މާޒިން ފާހަނައިން ނިކުންނާނެ އިރަކަށް ސުމާ އިނީ އިންތިޒާރުގައެވެ. މާޒިން ނިކުތުމާއި އެކު ހެން އޭނާއަށް އެނދުން ތެދުވެވުނީ ކުއްލިއަކަށެވެ. ހަމައެކަނި ސޯއްޓެއް ލައިގެން ނިކުތް މާޒިންގެ ކަސްރަތީ ހަށިގަނޑަށް ސުމާއަށް ބަލާލެވުނެވެ. ހިތުގައި ރާޅު ބާނީއެއް އުފެދުނެވެ. “ހެއި.. ބޭބީ.. ކޮބާ ޔާން ނިދީތަ؟” މާޒިން އައިސް ސުމާގެ ގައިގާ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. އެ ރީތި މޫނު ނުފެންނަތާ ގިނައިރުތަކެއް ވެއްޖެތާއެވެ. ހަމައެކަނި އެ މޫނު ފެނިލުމުންވެސް އޭނާގެ ވަރުބަލިކަން ފިލައިފިއެވެ. “މަންމަ ކޮޓަރީގަވީ، މިހާރު ނިދާފާނެ…” ސުމާ އެ ހުރިގޮތަށް ހުރެ ބުންޏެވެ. މާޒިން ސުމާގެ އިސްތަށިގަނޑަށް ބޮސްދެމުން އޭނާ ދުރަށްލާން އުޅުނެވެ. ނަމަވެސް ސުމާ ދުރަކަށް ނުދިޔައެވެ. “އަނހަ.. ކިހިނެއްވީ؟ މިއަދު މާ މިސްވީތަ؟” މާޒިން ބުނެލީ މަޖާ ރާގެއްގައެވެ.. ސުމާ ބޯ ޖަހާލުމުން މަޒިން ހީލާފައި އިތުރަށް އެ އަތުގެ ތެރެއަށް ސުމާ ލިއެވެ. “މިރޭ އަނެއްކާ ދުވެފައި އައިސްދާނެ ޔާއިން…. އަދިވެސް ދަންވަރު ހޭލެވެޔޭ ދޯ އޭނާއަށް….” މާޒިން ބުނީ ހެވިލާފައެވެ.

“މަންމަ ދެރޭއެއް ވެއްޖެ ދުޢާ އެއް ކިޔައިދީފަ ނިންދަވާތާ، ރޭވެސް ނާދެއެއްނު… ހިއެއްނުވެ މިރޭ އައިސްދާނެހެންނެއް… މިހާރު އޭނާ ހުންނާނީ ވާވަރަށް އަހަރެންނާއި އެކު ނުލާ އޮންނަން ދަސްވެފައި.. ރޭވެސް ތައްޔާރަށް އިނީ އަންނާނެކަމަށް ވިއްޔަ.. ހެހެހެ.” ސުމާ ހީލާފައި ބުންޏެވެ. މާޒިން ސުމާ ދުރަށްލާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި އިތުރަށް މެއާއިލާ ބޮނޑިކޮށްލީއެވެ. “ޒިން….. އައި ލަވް ޔޫ….” ސުމާ ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ…” މާޒިން ބުނެލިއެވެ. މާ ގިނައިރުތަކެއް ނުވެ މާޒިންގެ ބީހުންތަށް ސުމާއަށް އިހްސާސްވާންފެށިއެވެ. ދެމީހުންގެ ނޭވާ އެވަގުތު އަވަސްވިއެވެ. ސުމާ މާޒިންގެ އަތް ތެރެއަށް ވިރިގެން ދިޔައީ މީ އޭނާގެ ހައްގެކޭ ބުނާފަދަ ގޮތަކަށެވެ. މާޒިން ސުމާ ގެންގޮސް އެނދުމަތީ ބޭއްވިއެވެ.އަދި ސުމާގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން އޮތެވެ. ސުމާ ހިނިތުންވެލާފައި މާޒިންގެ މޫނުގައި ހިފަހައްޓާލާފައި އެ މޫނާއި ކައިރިކުރިއެވެ. މާޒިން ސުމާގެ ފިޔާތޮށިކުލައަށް ދާ އެ ތުންފަތަށް ބަލައިލިއެވެ. ހިންދިރުވާލެވުނީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. މާޒިން ސުމާގެ އެ މަޑު ތުންފަތަށް ބޮސްދޭންފެށިއެވެ.

ސުމާގެ ހިމަ ލޯލި އިނގިލިތަށް މާޒިންގެ ފަން އަދި އެހާ ކުރުނޫން އިސްތަށިގަނޑަށް މަހާލި ވަގުތު ދެމީހުންގެވެސް ހިއްސުތަށް ހޭލެވުނުކަހަލައެވެ. މާޒިން ސުމާ ގެންގުޅެލި ގޮތް އޭނާ ދުވަހަކުވެސް ހަނދާނުން ފިލާނެހެންނެއް ހިއެއް ނުވެއެވެ. އެ ލޮތްބަށް ފެންބޮވައިގަނެފައި ހުރި ސުމާ އަށް އެ ލޯބި ލިބިގެން ދިޔައީ ހަނދާނުން ފިލާނެކަހަލަ ގޮތަކަށްވެސް ނޫންތާއެވެ. މާޒިންގެ ކޮންމެ ބީހިލުމަކަށް އޭނާ މަރުހަބާ ކީއިރު މާޒިންގެ ކޮންމެ ހަރަކާތެއްގައިވެސް ސުމާއަށްޓަކައި ވާ ލޯބި އޭނާއަށް އިހްސާސްވަމުންދިޔައެވެ. އިންތިޒާރު ގެ ނިމުން އެއައީ ދެމީހުންގެ ހިތުގައި އުފެދިފައިވާ ލޯބިއަށް އާރޯކަމާާއި ތާޒާކަން ގެނެސްދީފައެވެ.

……….

ސުމާ މާޒިންގެ އަތް މަތީ ލޯ މަރާލައިގެން އޮތް އިރު އޭނާގެ އަތް އޮތީ މާޒިންގެ ތަނަވަސް މޭމަތީގައެވެ. މާޒިން އޮތީ އެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭނާއަށް ދިޔައީ ފުން ނޭވާތަކެއް ލެވެމުންނެވެ. ނަމަވެސް އެ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. އަތް މަތީ ލޯ މަރާލައިގެން އޮތް ސުމާގެ ބޮލުގައި ބޮސްދެވުނެވެ. ސުމާ ލޯ މަރާލައިގެން އޮތެއް ކަމަކު މާޒިންގެ އެ ހަރަކާތުން ހިނިއައިތަން މާޒިންއަށް ފެނުނެވެ. އޭނާ ހީކުރީ ސުމާއަށް ނިދުނީކަމަށެވެ. މާޒިން އަނެއްކާވެސް ސުމާގެ އިސްތަށިގަނޑަށް ބޮސްދިނެވެ. ދެތިން ފަހަރު ތަކުރާރުކޮށްލުމުން ސުމާ ދެލޯ ހުޅުވާލާ މާޒިންއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވުމާއި އެކު ދެމީހުންނަށްވެސް ހެވުނެވެ. ސުމާ ކުޑަކޮށް ލަދުގަނެފައި އިސް ތިރިކޮށްލަމުން ލޯމެރިއެވެ.

“އައި ލަވް ޔޫ ބޭބީ….” މާޒިން ސުމާ ތަންކޮޅެއް ބޮޑަށް ގަޔާލާ ކައިރިކޮށްލަމުން ބުންޏެވެ. ދެމީހުންނަށްވެސް ވަނީ ހިތްހަމަޖެހުމާއި އަރާމްލިބިފައެވެ. އެތަކެއް އަހަރު ކުރި އިންތިޒާރުގެ ބަދަލު އެދެމީހުންނަށް ލިބުނު ފަދައެވެ. ސުމާ އެއްޗެއް ނުބުނެ އޮތްގޮތަށް އޮއްވާ ނިދުނީ ކޮންއިރަކުވެސް ނޭނގެއެވެ. މާޒިންއަށްވެސް ނިދުނީއެވެ.

….

ހެނދުނެވެ. ސުމާއަށް ހޭލެވުނީ އެލާރމްގެ އަޑަށެވެ. ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން ނިދަން ބޭނުންވިއެއް ކަމަކު އޭނާ އަށް އެ ފުރުސަތެއް ނުލިބުނެވެ. ޔާއިން އައިއްސިއްޔާ އޮންނާނީ ވާނެކަމެއް ވެ ނިމިފައެވެ. ސުމާ މާޒިންގެ އަތް އޭނާގެ ބަނޑުމަތިން ނަގާލުމަށްފަހު މަޑު މަޑުން ފާހަނައަށް ވަންނަން މިޝްރާބް ޖެހިއެވެ. ފެންވަރައިގެން ނިކުތް އިރުވެސް މާޒިން އޮތީ ނިދާފައެވެ. އެތަކެއް ފަހަރު މާޒިންގެ ފޯނު ރިންގްވަމުން ދިޔަ އަޑު ފެންވަރަން ހުރިއިރު ސުމާއަށްވެސް އިވެއެވެ. ނިދި ގަދަ އިންސާނެއްތާއެވެ. ގައިމު ފޯނު އެއޮތީ އޭނާގެ ފަޅީގައި ހުރި ކުޑަ ކަބަޑުމަތީގައެވެ. ފާހަނައިގައި ފެންވަރަން ހުރި މީހަކަށްވެސް އެ ރިންގްވަމުން ދިޔަ އަޑުއިވުނުއިރު މާޒިންއަށް ހިލަމެއްވެސް ނުވިއެވެ. މާޒިންގެ ނިދިގަދަކަމާއި މެދު ކުސްތަޅަމުން ސުމާ ދިޔައެވެ. ތުވާލި އަޅުވާލުމާއި އެކު އަނެއްކާވެސް ފޯނު ރިންގްވިއެވެ. ސުމާ ފޯނު ނަގާ ބެލިއިރު އެއީ އޭޑީކޭއިންނެވެ. ސުމާ ދެބުމަ ގޮށްޖަހާލުމަށްފަހު ފޯނު ނެގީ އަނެއްކާ އެމަރޖެންސީއެއް ބާއޭ ހިތާއެވެ.

“ހަލޯ…..” ސުމާ ފޯނު ނަގާ ހަލޯ ބުންޏެވެ. އެކޮޅުން މާޒިން ކައިރި އެމަރޖެންސީކޮށް އައުމަށް އެދެމުން ދިޔައެވެ. ސުމާ އާނއެކޭ ބުނެލުމަށްފަހު ފޯނު ކަނޑާލާ މާޒިންއަށް ގޮވަންފެށިއެވެ. އޭނާ އެވަގުތު ހުރީ ވަރަށް ހާސްވެފައެވެ. ވާހަކަ ދެއްކި ކުއްޖާގެ ހާސްކަން ނަގައިގަނެވި ކޮންމެވެސް ކަމެއްވެއްޖެކަން އޭނާއަށް ހީވީމައެވެ. ކުއްޖަކަށް ކަމެއްވީބާއެވެ؟ ރޭގައި މާޒިން ބަލަމުންދިޔަ ކުއްޖާ ހާލުދެރަވީބާއެވެ؟ ސުމާ ހާސްވެފައި ހުރި މާޒިން އަށް ގޮވުނީ ވަރަށް ބާރަށެވެ. އެވަރުން ނުހޭލުމުން މާޒިންގެ ގައިގާ ހިފާ ސުމާ ވަރަށް ބާރަށް ތަޅުވައިގަތް އިރު އޭނާގެ ހިތްއަވަހެވެ. މާޒިން ސިހިފައި އެނދުން ތެދުވެވުނުއިރު ހުރީ ދެލޯ ބޮޑުވެފައެވެ. ސުމާ ހުއްޓި ހުއްޓިފައި އައި ފޯނު ކޯލުގެ ވާހަކަ ބުނުމުން މާޒިން އަވަސް އަވަހަށް ފާހަނައާއި ދިމާލަށް ދިޔައެވެ.

ހަމައެވަގުތު ދޮރުގައި ޔާއިން ތަޅައިގަތް އަޑުއިވުނެވެ. ސުމާ އޭނާގެހިތާއި ނޭވާ ކޮންޓްރޯލް ކުރަމުން ދޮރު ހުޅުވާލިއިރު ޔާއިން މާރިޔާ ކޮޓަރީގައި އޮތް އޭނާގެ ކުޅޭ އެއްޗެއް ހިފައިގެން ލޯ އުނގުޅާލަ އުނގުޅާލަ ހުއްޓެވެ. ސުމާ ޔާއިން އެތެރެއަށް ވައްދާލަމުން އޭނާގެ އެއްޗެހި ބޭލުވިއެވެ. “ބައްޕި ނިކުތީމަ ޔާން އަށް ވަދެވޭނީ….” ސުމާ ބުނެލީ ޔާއިންގެ އުނަގަނޑުން ތިރީގައި ޔާއިންގެ ނޫ ކުލައިގެ ތުވާލި އޮޅާލަމުންނެވެ. “މަންމި ދަރިފުޅު، ރޭ މަންމި މަތިން މިސްއެއް ނުވޭތަ؟” ސުމާ ބުނެލީ މައުސޫމް ގޮތަކަށް ސުމާއަށް ބަލަހައްޓައިގެން ހުރި ޔާއިންގެ ކޮލަށް ދަމާލަމުންނެވެ. “މިހާރު މާ މަޖާ މާމަ ކައިރި އޮންނަން.. މާމާ ބައިވަރު ބައިވަރު މަޖާ ވާހަކަ ކިޔައިދޭ.. އެކަމް މަންމި މަތިން މިސްވެޔޭ…” ޔާއިން އެހެން ބުނުމުން ސުމާ ހޭންފެށިއެވެ. މާރިޔާގެ ސަބަބުން ޔާއިން ވަނީ ފުދޭވަރަކަށް ދިވެހި ބަސްތަށް ބޭނުންކުރަން ފަށައިފައެވެ. ހޭނޭވަރަކަށް އޭނާއަށް ދިވެހިން ވާހަކަދައްކަން އުނދަގުލެއް ނުވާނެއެވެ.

ސުމާ ޔާއިން ދައްކާ ވާހަކަތަށް އަޑުއަހަން އިނީ އޭނާ މޫނަށް ހަދާ ގޮތްތަކާއި އަތަށް ހަދާ ގޮތްތަކަށް ބަލަން ހެވިފައި އިނދެއެވެ. ޔާއިން ކުޑައިރުގެ ހަނދާންތަށް އޭނާ ވަށާލީ އެވަގުތުއެވެ. ވާހަކަ ދައްކަން ނޭނގޭއިރުވެސް އަތުންނާއި ފައިން ބޭނުންވާ އެއްޗެއް ދައްކައި ރޮއެ ހަދައެވެ. ސުމާއަށް ހެވުނެވެ. އިރުކޮޅެއްފަހުން މާޒިން ނިކުތެވެ. ޔާއިން ވަރުގަދަ ވާހަކައެއް ފަށައިގެން އުޅޭތަން އޭނާއަށްވެސް ފެނުނެވެ. ސުމާ އޭނާއާއި ދިމާ ގެއްލިފައި އިންތަން ފެނި މާޒިން ހިނިއައެވެ. ނަމަވެސް ދިމާވެފައިވާ އެމަރޖެންސީ މަތިން ހަނދާނެއް ނުނެތެވެ. ތަންކޮޅެއް އަވަހަށް ގޮސް އަލަމާރި ހުޅުވާލުމަށްފަހު އެއްޗެހި ލިއެވެ. “ހާދަ ވަރުގަދަ ވާހަކައެއްގައޭ…” މާޒިން ބުނެލީ އަތުން ބޮލުގައި ފުނާ އަޅާލަމުންނެވެ. ތައްޔާރުވާކަށް އޭނާ ބޭނުމެއްނުވިއެވެ. ލަސްވެދާނެތީއެވެ. އެމީހުންނަށް އެއްޗެއް ނުބުނެ ދާން އޭނާ ބޭނުންނުވީއެވެ. “އޯ… ޒިން… ކޮފީއެއް ގިރަންތަ އަވަހަށް؟” ކުއްލިއަކަށް މާޒިން ފެނިފައި އޭނާ ހިޔާލީ ދުނިޔެއިން ބޭރުވިއެވެ.

“ނޫނޭ…. މިދަނީ އަވަހަށް ދާން…. އެތަނުން ކާލަފާނަން… ވަރަށް އެމަރޖެންސީ ވީމަ ނޫނީ އެވަރަކަށް ނުގުޅާނެ… އެބަހުއްޓެއްނު ގުޅާލާފައި.. މިގަޑީގަ އަހަރެން ނޫނީ މީހެއްވެސް މިހެން ތައްޔާރުވެގެން ދާކަށް ނޫޅޭނެ ކިތަންމެ އެމަރޖެންސީ ވިޔަސް.. ވަރަށް ހިތްމޮޅު ވާނެ.. އޭ އޯކޭ… ސުމް މި ދަނީ އިނގޭ… ބައި ޔާން.. ބައްޕި އެބަ އަންނަން އިނގޭ….” ފޯނަށް އައިސްފައި ހުރި މިސްކޯލްތަށް ބަލަމުން މާޒިން ވާހަކަ ދައްކަމުން ދިޔައެވެ. އެއަށްފަހު އެނދުގައި އިށީނދެ އިން ސުމާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ޔާއިންގެ ބޮލާއި ކުޅެލިއެވެ. އަދި އަވަހަށް ދާން ނިކުތެވެ. މާޒިން ދިޔަ ދިމާލަށް ބަލަން އިނދެ ސުމާ ހިތުން ދުޢާ ކޮށްލީ ހުރިހާ ކަމެއްވެސް ރަނގަޅުވުމަށެވެ. އެހެނީ މާޒިންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ނުތަވަސްކަމެވެ. ތެދެކެވެ. ބޮޑުކަމެއްވެގެން ނޫނީ އެވަރަށް ނުވެސް ގުޅާނެއެވެ.

ސުމާ ހިޔާލުން ބޭރުވީ ޔާއިން  އޭނާގެ ގައިގާ ކޮށްޓާލުމުންނެވެ. އަވަސް އަވަސްކޮށްލާފައި ޔާއިން ތައްޔާރުކޮށްލުމަށްފަހު ސުމާ ބޭރަށް ނިކުތެވެ. އޭރު މާރިޔާ ބަދިގޭގައި ކާއެއްޗެހި ހެދުމުގައި ޝަރުމީލާއާއި އެކު އުޅެއެވެ. ސުމާ ޔާއިން ބައިންދާފައި އޭނާ އަށް އެއްޗެއް ދެވޭތޯ އުޅުނެވެ. “މާޒިން ހޮސްޕިޓަލަށްތަ އެ ދިޔައީ މާ އަވަހަކަށް؟ މަންމަ ކޮފީ ބޯލަން ބުނީމަވެސް ނޫނެކޭ ބުނެފައި ގޮއްސި..” މާރިޔާ ރޮށި ފިހަން ހުރެފައި ބުންޏެވެ. “ހޮސްޕިޓަލުން ވަރަށް ގިނައިން ގުޅާތީވެ ދިޔައީ… އެމަރޖެންސީއެއް ކަންނޭނގެ… ރޭވެސް ވަރަށް ލަހުން އާދެވުނީ…” ސުމާ ޖަވާބު ދެމުން ހެދުނު ކިރުތަށި ޔާއިން ކުރިމަތީ ބެހެއްޓީ އެ ބޯށޭ ބުނަމުންނެވެ. އެއަށްފަހު ސުމާ ގޮސް މާރިޔާއަށް އެހީވެދެން ފެށިއެވެ.

……

މާޒިން އާއިރު މެންދުރު ވެއްޖެއެވެ. އޭރު ސުމާ ވީ ޔާއިން ލާންގޮހެވެ. މާޒިން އައިގޮތަށް އައިސް ފެށީ ކާށެވެ. އެކޮޅަށް ދިޔަ ގޮތަށް ލިބުނު ކުޑަ ބްރޭކެއްގައި އޭނާ ހަމައެކަނި ކޮފީއަކާއި ބިސްކޯދުކޮޅެއް ކާލެވުނުކަމެވެ. ނަމަވެސް ބަލިވެފައި އޮތް ކުއްޖާގެ ހާލު ދަށްކަމުގެ ސަބަބުން އޭނާއަށް ހަމަޖެހިގެން އެކަންވެސް ނުކުރެވުނެވެ. އެކަމާ އޭނާ ކަންބޮޑެއްނުވެއެވެ. އެމީހުންނަށް ފަރުވާ ދިނުމަކީ މާޒިންމެންގެ ޒިންމާއެއްތާއެވެ. މާޒިން ކާން ފެށިގޮތުންވެސް އިނީ ހައިވެފައިކަން މާރިޔާއަށް އިނގުނެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ އޭނާއަށް މޭވާ ކޮޅެއްވެސް ގެނައުމަށެވެ.

“ސުމްކޮ ދިޔައީތަ ޔާން ސުކޫލަށް ލާން..؟” ކާން އިނދެ މާޒިން އެހިއެވެ. “އާނ އިރުކޮޅަކުން އަންނާނެ.. ދަރިފުޅު މި އާފަލުކޮޅުވެސް ކާލާތި..” އާފަލުކޮޅު ކޮށާލަމުން މާރިޔާ ބުންޏެވެ.

މާޒިން ކައިގެން ކޮޓަރިއަށް ގޮސް ބަންޑުން އެނދުމަތީ އޮށޯތެވެ. އިރާދަފުޅާމިންވަރުފުޅުން އޭނާ ފަރުވާކުރަމުންދިޔަ ކުއްޖާ ނުރައްކަލުން ސަލާމަތްވެއްޖެއެވެ. އޭނާގެ ބޮލަށްވެސް ލުޔެއް ލިބުނެވެ. އެހެނީ އެ ކުއްޖާ ދިޔައީ ފުރާނައާއި ހަނގުރާމަކުރަމުންނެވެ. މަރުގެ ތުންފަތް މަތިން ސަލާމަތްކޮށްގެން ގެނެވުނީ ކިރިޔާއެވެ. މާޒިންއަށް އެހެން އޮއްވާ ނިދުނީއެވެ. ވެފައިވާ ވަރުބަލީގެ ސަބަބުންނެވެ.

ސުމާ އާއިރު މާޒިން ބަންޑުން އޮތުމުން އޭނާ ރަނގަޅު ކުރަންދިޔައެވެ. ފެނިފައިވެސް އެ އޮތީ ނިދާފާކަން ކަން ސުމާއަށް އިނގުނެވެ. އޭނާ އަނބުރާލުމާއި އެކުހެން މާޒިން ކުޑަކޮށް ތެޅިލި ވަގުތު އަތްގޮސް ޖެހުނީ ގުދުވެގެން އޭނާއަށް އެހީވެދެން އޮތް ސުމާގެ މޫނުމަތީގައެވެ. ސުމާ “އާހް” އޭ ކިޔާފައި ތެދުވީ ޖެހުނުލެއް ބާރުކަމުންނެވެ. ތަނެއް ފަޅައިގެން ނުދާކަންވެސް ނޭނގެއެވެ. ސުމާ ރުޅި އައިކަމަށް ހަދާލާފައި މާޒިން އާއި ދުރަށް ޖެހުނެވެ. ރުޅި ފިނިވެގެން ދިޔައީ މާޒިންގެ މޫނުމަތި ރަނގަޅަށް ފެނުމުންނެވެ. ހަމަޖެހިފައި އޮތްކަހަލަ ގޮތަކަށް އޭނާ އޮތުމުން ސުމާވެސް ހިތްހަމަޖެހުނެވެ. ރޭގައި ވީ ކަންތަށް ހަނދާންވުމާއި އެކު ހިނިތުންވެވުނެވެ. ލަދުވެސް ގަތެވެ. ހިތަށް އަރަމުން ދިޔަ އެއްޗެހިން މާޒިންގެ މޫނުމައްޗަށް ބަލަން ހުރެވޭވަރަށްވުރެ ބޮޑަށް ލަދުގަތުމުން އޭނާ ފަސްއެނބުރުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. leon

    mee first

    1. Ryn
      leon

      Congrats ??

  2. Ryn

    Hello guys. ?? a very good morning to all of u. Ok so here it is.. The first ep of the story. And if u wish to read the first chapter just go through my stories. And I hope u liked this part. And also I wont b able to upload daily so I b uploading this story on every Monday and Thursday. And no hate plx. Just say want u want in simple words… ?? Tc and will b on right now to reply u guys ???

    1. Aakee
      Ryn

      vv reethi ekamu week ga dhe faharu veema dheravanee

  3. III

    nice bt hada kurey…v dhigu kohbenmy…

    1. Ryn
      III

      Oh. In sha Allah dhn huri part thah dhigukureveythw will try. This story is finished but Will try to make other parts long. Thank you. ????

  4. 404Error

    wow ??

    1. Ryn
      404Error

      Thank you. ?❤

  5. nadhu

    yeayy.. finally reen is here.. dhn mithan foohi filaane.. all these days this place was so dead.. thankoo reen.. story awsum.

    1. Ryn
      nadhu

      Awww. Thank you. ?❤

  6. nafa

    Wow nice thankole kury

    1. Ryn
      nafa

      Thank you and I will try dhigukhlan dhn huri parts. Thanks. ??

  7. nikyy

    Nice?.week ga dhea dhuvahu genanya mun.kon mea part ves dhigu kon geanes dhenjey..ryn i love your story

    1. Ryn
      nikyy

      Thank you and will try ingey. ??❤ thank you. ?

  8. Reesh

    Reeenoooo.. Juzz love this story.. Ekam mi part ga hama ekani hospital in geah..

    1. Ryn
      Reesh

      Thank you and ehn part thakun u will get to see new things. ???❤

  9. Alya

    ryn kithah part innany ehkh

    1. Ryn
      Alya

      Vaahaka nimifa othy and part thah count eh vx nukurevun.. Liyuny numbers nujaha ehnve adhi neynge. Will let u know in sha Allah next part ga. ???❤

    2. Alya
      Alya

      Okay
      Btw vrh reethi ?

    3. Ryn
      Alya

      Thank you. ??❤

  10. Azuna

    Love it

    1. Ryn
      Azuna

      Thank you. ??❤

  11. Sm1

    I’m like..huhhhh… 😮 Finally! <3
    Awsome ryyyn!! 😀

    1. Ryn
      Sm1

      Aww thank you darling. ??❤

  12. Shy beauty

    Woww…awsum…i luv ur storys…???…

    1. Ryn
      Shy beauty

      Thank you darl! ??❤

  13. Rash

    Wow…Ryn u r great… I love ur story’s…

    1. Ryn
      Rash

      Thankyou ???❤

  14. Brainless

    Omg omg omg… Ryynnn yuh are back.. Yayyy.. Yayyy .. Yipeeee..??
    Ryn is back eyy..????
    I luv reading your story’s ryn..
    And the this part is also awesome..❤❤❤
    Luv yuh a lot..❤

    1. Ryn
      Brainless

      Awww. And I love to read ur comments. And happy that u like my stories. ??? and once again thank you and love u more. ???❤❤❤

  15. blackangel

    owww ryn sis is back ……….yayyyyyyyy..story hama best kay….

    1. Ryn
      blackangel

      Thank you darl! Happy to know that u like it. ??❤

  16. Samee

    V nyc mi prt n v interesting.. I lvu ur stories.. Keep it up ryn..

    1. Ryn
      Samee

      Thankyou. ❤❤

  17. Unknown

    It was habeys.

    1. Ryn
      Unknown

      Thankyou. ❤❤

  18. yoohaa

    VVVVVVVVVVVV obi mi part….
    Waiting

    1. Ryn
      yoohaa

      Thank you ❤❤

  19. bodu handi

    bodu handi returned to this blog ryyyn go for it

    1. Ryn
      bodu handi

      Ahah. ?❤❤

  20. Zain

    Waaauuu… Ryn…Story v nice hama… Ekm Zain bunelanta 1 vaahaka… sifakun tankolhey kudai.. Ehen noony hama v nice… Nxt part ga Sifakun mi partah vure rangalhu vaane kamah Zain uhmeedh kuran…. Insaa Allah kyp it up Dear..

    1. Ryn
      Zain

      Ya I will try my best. Thank you. ???

  21. 444

    Ingey kuhjaku or Writter pls pls bunedyba Storyge fst paragraph ga evaa goiyy pls… hama kiyaa varakah confiux vany vaa gotey neyge… Kon Zin ney n Maazin eh…

    1. Ryn
      444

      First chapter kiyaalintha? Aslu xin is sumage sis ge son but suma xin balanyy.. dhn eyna ah eyru loabivevuny maxin kiyaa kuhjeh dheke dhn eyru liben nethyma eyna sumage sis ge son ah maaxin kyy dhn vaahakaige dhe maxin ulheythy kuryge chapter in fashaign vx kuda baby ah ky xin and bodu maaxin ah hama maaxin dhn mi chapter ga egothah gendhan undhagu vaathyve yaain ah name badhalukury… if u wish u can read the first chapter. Thank you and if u r still confused just ask me ok? ??❤

  22. ReeXa

    I love this story.. keep it up.. Waiting 4 next part

    1. Ryn
      ReeXa

      Thaankyouu. ❤❤?

  23. Someone

    Wow… Varah reethi mi part ves? Masha Allah??? Thankx ryn for uploading soon???

  24. Zoaeee

    Run.. Nimifa oiiy vaahaka eh nun me..

  25. Shaya

    Wow❤…..varah reethi…Ryn ge vaahakathah v kiyaa hithun kiyan komme faharakuves…ekam please gavaidhun genesdhehchey

  26. Ulya

    Very nice ??? thanks

  27. Chum handi

    OMG OMG OMG OMG…. chum adhikiriyaa free v…. this is just wow…. and finally Ryn sissy is back… so nice to meet you again… and hello handis… ok week eh ga 2 days viyas…. we wll also say ” inthizaarugaa hurin” hehe… hope this one will go better than the others… and if somthing happen and you can’t up the story please let up know… and story stuck nukoh lachey.. ingey Ryn ehen nuhadhaane kan… but mi site ga mihaaru vrh vaa kameh vee ma bunely… waiting for the next part

  28. Anjee

    Ryn is back….hahahaa so happy..story v salhi plx awaha up kurahchey….

  29. naaanu

    Hey yo yo ryyyn….long time no see hm????btw i miiiiiiissssssed you soooo much.vaahaka dhen reethi vaane kamah ummeedhu kurameve..dhen anna part ga sumko preg vaany thoacheh.ehm ehm ????LOL.see ya .❤comment nukurias in sha allah vaahaka kiyaanan nge ?✌❤

Comments are closed.