“މަންމަ ސުދާއަށް ވިސްނައިދީބަލަ. ސުދާއަށް ވިސްނައިދީ ދީ އަހަރެން ވަރުބަލިވެއްޖެ.” ޒަވީންގެ އަޑުގައި ރިހުމެއްވާކަން މާނާއަށް އެނގެއެވެ. ޒަވީން އަކީ އޭނާ ބަނޑުއަޅާވިހޭ މައިމީހާ ނޫނަސް ދަރިއެއްގެ މަޤާމު އޭނާ ޒަވީންއަށް ދެއެވެ. “މަންމަ ވިސްނައިދޭނަން. މި ކައިވެނި ދެމިގެން މިދަނީ ހަމަ ޒަވީންގެ ކެއްތެރިކަމުން. އެކަން މަންމަ ހަނދާންނައްތައެއް ނުލަން. ދަރިފުޅުމެން ދެކުދިންގެ ކައިވެނި އަބަދުވެސް ދަމަހައްޓަވާތޯ މަންމަ ދުޢާ ކޮށްދޭނަން.” މާނާ ހިތްދަތިވި ވަރުން ވާހަކަ ދައްކަން އުދަނގޫވިއެވެ. އަދި އެއަށްވުރެ ސުދާއަށް ވިސްނައިދޭން […]
ޝަހުދު ބޭރަށް ނިކުމެ ދެފަރާތް ބަލާލުމަށްފަހު އެތެރެއަށް ވަދެ ދޮރުޖެހި އަޑަށް ގަސްތަކާއި ނިވާވެގެން ހުރި އީރާ ނިކުތެވެ. ލޮލަށް ފެނުނު މަންޒަރުގެ ސަބަބުން ހިތަށް ކުރި އަސަރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ގަދަ މުށިކުލައިގެ ކަޅީގެ ވިދުން ގަދަވަމުން ދިޔައީ ގިނަވަމުން ދިޔަ ކަރުނައިގެ ސަބަބުންނެވެ. ސިއްރުން ދެލޯ ފޮހެލަމުން މަގުމައްޗަށް ނިކުތްއިރު މަގުމަތިވަނީ ހަލަބޮލިވެފައެވެ. އިރު ނިވާވަމުން ދިޔަކަން އުދަރެހުން ފާޅުވަމުން ދިޔައެވެ. ރަންކުލައިގެ ވިލާތަކުން އުދަރެސް ޖަރީކުރަމުން ދިޔައެވެ. މަންޒަރުބަލަން ބައެއް […]
މޭޒުތައް ދޮށުގައި މަސައްކަތް ކުރަން ތިބި މުވައްޒަފުން އެދިމާލަށް ބަލަން ތިބީ ޙައިރާންވެފައެވެ. ސަލަފް ކޯތާފަތްމަތީ ފިރުމާލަމުން ޝާޔާގެ މޫނަށް ބަލާލިއިރު ޝާޔާ ހުރީ މޫނުގައި އަތް އަޅައިގެންނެވެ. ހިމަ ހޯލިތަކެއްފަދަ ރީތި އިނގިލިތަކުގެ ދޭތެރެއިން ފޭދިގެން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ މުލަދަނޑިން އައިސް އުޅަބޮށި ކައިރިން އޮބާލައެވެ. މަޑު ގިސްލުމުގެ އަޑުން ހިމޭންވެފައިވާ އޮފީސްތެރޭގެ ހިމޭންކަން ނަގާލިއެވެ. ހަނާ އާއި ސުދާ މަންޒަރު ބަލަންތިބި އިރު ދެމީހުންގެ މޫނުމަތިންފެނިގެން ދިޔައީ ވިހަ ހިނިތުންވުމެކެވެ. ޝާޔާ […]
ބޭރުގައި ހުރި ސެކިއުރިޓީ ބަލަހައްޓާ މީހާގެ ކަންފަތާއި ހަމަޔަށް ޝާޔާގެ އަޑު ފޯރުމުގެ ކުރިން އެތަނުން އެކަކު ޝާޔާގެ އަނގަމަތީ އަތް އަޅާ ގަދަކަމުން އެތަނުން ކެބިންއަކަށް ވައްދައިފިއެވެ. ”ކެމެރާ އޮންކުރޭ.” އެމީހުންގެ ތެރެއިން އެކަކު ބުނެލިއެވެ. ހަތަރު ފިރިހެނުންގެ ތެރެއިން ތިން މީހުން ޖީބުން ފޯނާއި ކެމެރާ ކަހަލަ އެއްޗެހި ނަގާ ތައްޔާރުވެއްޖެއެވެ. ޝާޔާ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލިއެވެ. މޫނު ނިވާކޮށްގެން ތިބުމުން އެއްވެސް މީހެއް ވަކިކުރާކަށް ނޭނގެއެވެ. އެތަނުން އެކަކު މޫނުގައި […]
ލޯގަނޑު ކުރިމަތީގައި ހުރެ ޔޫއާން ތައްޔާރުވަމުން ދިޔައެވެ. ހިތްހަމަޖެހޭ ވަރަށް އިސްތަށިގަނޑު ހަދާލުމަށްފަހު، ޝާޔާއަށް ގުޅާލަން އުޅެނިކޮން ނޫރީން އެކޮޓަރިއަށް އައިސް ޔޫއާންގެ ގާތުގައި ސަލަފް ގޮވާކަމުގައި ބުނެލިއެވެ. ނޫރީންގެ ގާތުގައި ދަބަސް ތައްޔާރު ކޮށްދޭށޭ ބުނެ ޔޫއާން ގޮސް ސަލަފްގެ ކޮޓަރިއަށް ވަންއިރު ސަލަފް އިނީ އެކޮޓަރީގެ މޭޒުދޮށުގައި ފައިލެއް ހުޅުވައިގެންނެވެ. ޔޫއާން ވަނުމުން އިސްއުފުލާ ބަލާލިއެވެ. ސަލަފްއަށްވުރެ ހަށިގަނޑު ފުޅާވެފައި ފިރިހެންވަންތަކަން އެބަހުއްޓެވެ. ”ފުރުމުގެ ކުރިން މި ލިޔުންތަކުގައި ސޮއި ކޮށްދީބަލަ. ތީގައި އިންނާނެ […]
މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ފުންޙިޔާލެއްގެ ތެރެއަށް ގެއްލިފަ އެވެ.އެއީ މީގެ 3އަހަރުކުރި އެވެ……. ޢިންތިޒާރު ކޮއްލައްވާ…….