ބަންޑާރަ ކޮށިން ނިކުމެގެން އައި ތިން ފިރިހެން ކުދިން ތިބީ ސިފައިންގެ ޔުނިފޯމުގައިއެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ވަޅުފެހިކުލައިގެ ދަބަސް ބަރުކަމުން ތިންމީހުންވެސް ތިބީ ކުޑަކޮށް ގުދުވެލައިގެންނެވެ. ކުރިމަތީ ހުރި ފިރިހެންކުއްޖާ ހުރީ ކޮނޑުމަތިން ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެންނެވެ. ނިއްކުރިއާއި މޫނުވަނީ ގިނަދުވަހު ހޫނުގައި އުޅުމުގެ ސަބަބުން ރަތްވެ އަނދާފައެވެ. އަބަދު އަވީގައި އުޅުމުގެ ސަބަބުން ނިއްކުރިއާއި ކޮލުގައިވަނީ ކުދިބިހި ގިނަވެފައެވެ. އޭނާގެ އިސްތަށިގަނޑުވެސް ވަނީ އެއްކޮށްހެން ތުނި ކޮއްލާފައެވެ. އަވިން ލޯ ފޮރުވަން އަޅާފައިވާ އައިނުން އެމޫނަށް […]
ޔާސީން ތިރިން ކުރު ސޯޓެއް ލައިގެން ވަރަށް ހަލުވި ކަމާއެކު ނިކުމެގެން އަތުވެއްޖެއެވެ. އޭރުވެސް ތިރީގައި ޒުހައިރާ ހުރީ ހަށަން ބަނދެލައިގެންނެވެ. މަންމަ ހުރިގޮތް ފެނުމުން ހިނި އައި ނަމަވެސް ޔާސީން އިސްޖަހާލައިގެން ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ޒުހައިރާ ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ޔާސީން ކައިރީގައި މަޑުކޮއްލުމަށް ބުނެލައިފިއެވެ. ސޯފާއާއި ދިމާލަށް ދަމުން ޒުހައިރާވެސް ފޯނު އަނެއްކާވެސް ދަބަހަށް ލައިފިއެވެ. “އެގުޅީ މައު.. ރަޔާއާ ދެކުދިން މިއަދު ގެއަށް އަންނަން ވެގެން..” ޒުހައިރާ އެހެން ބުނުމުން […]
ޒުހައިރާ ޔާސީންގެ އަތުގައި ހިފާލަމުން ހިފަހައްޓާލީ ދައްކާލީ ފައިލެވެ. އޭރު ޔާސީނާއި ދިމާލަށް ބަލަހައްޓައިގެންހުރި ރަޔާލް ލޮލުގެ ކޮޅުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ އޭނާގެ ކޮނޑުމަތީގައެވެ. އެތުންފަތުގައިވި ހިނިތުންވުމުން ހީވަނީ މީ ޔާސީނަށް އޭނާ ފެންނަމީ އެންމެ ފަހު ފަހަރު ހެންނެވެ. އެލޮލުގައިވަނީ އޭޏ ޔާސީންދެކެ އިންތިހާއަށް ލޯބިވާ ކަމެވެ. އެހިނިތުންވުމަށް ދޭނެ ރައްދެއް ޔާސީނަކަށް ނޭނުގެނެވެ. ޒުހައިރާގެ އަތުން ނެއްޓި ގަނެގެން އެދިމާއަށް ބާރަށް ހިނގާފައި ދިޔައިރު ރަޔާލް ލިފްޓަށް އަރައިގެން ހިނގައްޖެއެވެ. ބޮލުގައި […]
ދޮރުން އެތެރެއަށް ވަދެގެން އައި ރިޔާޒު ހުރީ ނުރުހިފައިކަން ރަޔާލަށް ވަގުތުން އެނގިއްޖެއެވެ. ނަމަވެސް ބައްޕަ އެހާ ރުޅި އަންނަން ވި ސަބަބެއް ރަޔާލަކަށް ނޭނގުނެވެ. އޭނާ ރާބިޔާ ކައިރިއަށް ދިޔަ ވާހަކަވެސް މައުވާ މީހަކަށް އެނގޭނީ ނޫން ވިއްޔާއެވެ؟ ނަމަވެސް ފަހަތުން މައުވާ ކުއްވެރި އެއްހެން ވަނުމުން ރަޔާލް ފާޑަކަށް އަނގަ ހަދާލައިފިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ރޮޔާޒް އެތަނުން ނިކުތުމުން ޔާސީންވެސް ރަޔާލްއަށް ބަލާލަމުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ރާބިޔާ ކައިރިއަށް ގޮސްފައި އައިފަހުން […]
އިސްޖަހާލައިގެން ތިރިއަށް ކޮޓަރީގެ ދޮރުމަތިން ކުރި ކަނޑާލި ރަޔާލް ފެނުމުން އެންމެން ހިމޭންވީ އޭނާއަށް އަޑު އިވުނު ކަމަށް ހީކޮށެވެ. ރަޔާލް ދިޔަކަން ޔަޤީން ވުމުން ޔާސީންވެސް އެކޮޓަރިން ނިކުމެން ތިރިއަށް ގޮސް ހުއްޓިލީ އޭނާގެ ކާރު ކައިރީގައެވެ. މިއަދު ކުރިން ނޭނގޭ އެތައް ކަމެއް އެނގުމުން އަނެއްކާ އޭނާ ކުރިއަށްދާނެ ހިތްވަރު ލިބިއްޖެއެވެ. އަމިއްލަ ބައްޕައާއި ދެކޮޅަށް ނިކުމެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. އަދި ހެކިވެސް ހުރެގެންނެވެ. “އަހަރެން ނުބުނަން ސިމްޕަތީ ވާށޭ އެއް..” ފަހަތުން […]
ކުޑަކޮށް ދޮރު ކައިރި ކޮއްލަމުން ރިޔާޒު ފަހަތަށް އެނބުރިލީ ޝަބީން އަންނަން ފެށުމުންނެވެ. އެންމެނަށްވެސް ކަމެއް ގޯސްވެއްޖެކަން އެނގުނީ އެހިސާބުންނެވެ. ދެމީހުންވެސް ވާހަކައެއް ނުދައްކާ ބަލާލީ ދުރުގައި ހުއްޓިގެން އެދިމާލަށް ބަލަން އިން ރަޔާލަށެވެ. ރިޔާޒުގެ މޫނުން ފެނުނު ނުރުހުމުގެ އަސަރުންވެސް ހަމައެކަނި އޭނާއެއީ ރިޔާޒް ރުޅި އަންނަ މީހެއްކަން އެނގުނެވެ. ރާބިޔާ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވާއެކު ރިޔާޒް އަތުން އެކަން މަނާ ކޮއްލައިފިއެވެ. ހީވީ މާކުރިން އެކަމަށް ތައްޔާރު ވެގެން ހުރި ހެންނެވެ. […]
“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ. ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު […]
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާ ހުރީ ތުރުތުރު އަޅައެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ދެމިފައިވާ ގޮތުން އިތުރު ދިހުމެއް ހުއްޓެވެ. އެބޯވާރޭތެރޭގައިވެސް އޭނާ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ. ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުންވެސް އޭރު ލޭ އާދެއެވެ. ލައިގެން ހުރި ހެނދުމުގެ މޭމަތިން ބޮޑު ބައެއް ހަލާކުވެ ފެންނަން […]
guys i know i have stopped my story in middle. however if you all wish to read it again i can up load the whole story. but i will split part by part. but this time longer than before. i need all your votes for that 🙂