Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާދަހާ ލޯބިވޭ 2

blue sea
February 14, 2017
5 Mins Read
58 Views
27 Comments

ހާދަހާ ލޯބިވޭ 2

”ސަޕްރާއިޒްޒް …“ އާދު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެންމެން ހަޅޭއްލަވައިގަތެ ވެ . ލިބުނު ސިހުމާއިއެކެ ސަފަކަށް އެތުރިތިބި އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ . އާދު އެންމެ ހައިރާންވީ ސަލީމް އާއި އަދުހަމްވެސް އެތާނގައި ހެވިފައި ތިބުމުންނެވެ. ނަމަވެސް އެތާނގައި ޚާއްސަ ކަމެއް ފެންނާކަށް ނެތެވެ. އާދު ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ . ”ދަރިފުޅާ އާދު..“ އާދުގެ މަންމަ އުއްމިއްޔާ ކުރިއަށް ޖެހިލަމުން ހިނިތުންވެލިއެވެ. މަޑު ނޫކުލައިގެ ދޫ ހެދުމަކާއި ހަމަ އެކުލައިގެ ބުރުގާއެއް އަޅާފައި ހުރި އުއްމިއްޔާގެ ދޮން މޫނު ވަނީ އުޖާލާވެ އަލިވެފައެވެ. މޫނުގެ ތާޒާކަމާއި، ކަޅު ދެލޮލަށް ބަލާލުމުން އޭނާގެ އެހާ ބޮޑެތި ދަރިން ހުންނާނެއޭ ބުނާނެ އެކަކުވެސް ނުހުންނާނެއެވެ . ”ވަޓްސް ގޮއިން އޮން..؟“ ހައިރާންވެފައި ހުރި އާދު ތަންކޮޅެއް ބާރަށް ހީލަމުން އަހާލިއެވެ . ”ޔޫ ޝުޑް ކްލޯސް ޔުއަރ އައިސް ފަސްޓް..“ އާދުގެ ކޮއްކޮ އުލާ އޭނާގެ ޅަ އަޑުން ގޮވާލިއެވެ. އުލާ އަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އުމުރުން 17އަހަރު ވީ އިރުވެސް އޭނާގެ އުޅުން ހުންނަނީ 10 އަހަރުގެ ކުއްޖެއް ހެންނެވެ. ސަލީމްގެ އެހެން ކުދިންހާ ދޮން ނުވިއަސް އުލާއަކީވެސް ބަލާލަން ރީތި ކުއްޖެކެވެ. އޮމާން ހަންގަ ނޑަކާއި ފަންފަން އިސްތަށިކޮޅެއް ލިބިފައިވެއެވެ. އިސްތަށިކޮޅު ކޮނޑާ ހަމައަށް ކޮށާލައިފައި ހުންނަ އިރު އޭނާ ފެންނަނީ ނުހަނު މައުސޫމް ކޮށެވެ. އުލާ އަކީ ބުރުގާ އަޅައިގެން އުޅޭ ކުއްޖެއް ކަމުގައިވިއަސް އޭނާ ގޭގައި އުޅޭ އުޅެނީ ބުރުގާ ނާޅައެވެ . އާދު ލޯ މަރާލިއެވެ. އެވަގު ތު އެންމެންގެ ހުނުމުގެ އަޑު އޭނާއަށް އިވިގެން ދިޔައެވެ. ދެތިން މިނެޓް ފަހުން ލޯހުޅުވުމަށް އުލާ ބުންޏެވެ. އާދު ލޯ ހުޅުވާލީ ކެތްމަދުވެ ހުރެއެވެ. އެއާއިއެކު ކުރިމަތިން އޭނާގެ ކޮއްކޮ ފެނުމުން އުފަލުން ގޮސް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ . ”އިޒާން… މައި ބްރަދަރ..“ އާދު ވީ އުފަލުން އޭނާގެ ބާރުގަދަ ދެއަތުން އޭނާގެ ކޮއްކޮ އުފުލާލިއެވެ. އިޒާންވެސް އަޑުގަދަ ހިނިގަ ނޑަކާއި އެކު އާދުގެ ގައިގައި ބައްދާލިއެވެ . ”ކީއްވެ އަންނަ ވާހަކަ ނުބުނީ… އެންޑް އެކަކުވެސް މަ ކައިރި ނުބުނޭ ..ހައު އަންފެއަރ..“ އާދު ޝަކުވާ ކުރަން ފެށިއިރުވެސް އިޒާންގެ ގައިން ދޫކޮށެއްނުލައެވެ . “ބުނިނަމަ ތިހާ ބޮޑަށް އުފަލެއް ނުވާނެއެއްނު.. އައި ޓޯލްޑް ދެމް ނޮޓް ޓު..“ އިޒާން އާދުގެ ބޮލުގައި ޖަހާލުމަށްފަހު ދުއްވައިގަތެވެ . “ޔޫ…“ އާދު ވެސް އިޒާންގެ ފަހަތުން ދުއްވައިގަތުމުން އެންމެން އެކުއެކީ ސަކަރާތް ޖަހަން ފެށިއެވެ . އިޒާން އަކީ މުޅި އާއިލާއިން އާދު އެންމެ ލޯބިވާ ކުއްޖާއެވެ .ކުޑައިރުއްސުރެވެސް އާދުގެ ’ފޭވަރިޓް ބްރޯ‘ އަކީ އިޒާންއެވެ. އޭނާގެ އަޚުލާޤާއި، ދީންވެރިކަމާއި، އަދި އުމުރުގެ އެއްވަރު ކަމުން އާދު އޭނާދެކެ ބޮޑަށް ލޯބިވަނީއެވެ. އެހެންނަމަވެސް އިޒާން އަކީ ސަލީމްގެ އެހެން ކުދިންނާ ތަފާތު ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. ދިވެއްސަކަށްވުރެ ބޮޑަށް ވައްތަރީ ބޭރު މީހަކާއެވެ. އުއްމިއްޔާ ބުނާގޮތުން އިޒާން އަށް ލިބިފައި އެހުރީ އުއްމިއްޔާގެ ބައްޕަގެ ސިފަތަކެވެ. އުއްމިއްޔާގެ ބައްޕައަކީ އިޓަލީ މީހެކެވެ. އިޒާންގެ ހަމުގެ ދޮންކަން ހުންނަނީ ބޭރުމީހުން ގޮތަށެވެ. ބޯ، ފަން އިސްތަށިގަ ނޑުގައި ހުންނަނީ އާދަޔާ ޚިލާފު ކަޅުކަމަކާއި އޮފް ކަމެކެވެ. ލޮލުގައި ހުންނަނީ ނޫކުލައެކެވެ. ހިނިތުންވެލުމުން ބޮޑަށް ވައްތަރުވަނީ ހޮލީވުޑްގެ އެކްޓަރަކާއެވެ. އިޒާން ލަންޑަނުގައި މެޑިސިން ހަދަން ހުރުމަށްފަހު ޗުއްޓީގައި މާލެ އައުންވީ ’މިއުރެކްސް‘ ގެ މުޅި އާއިލާއަށް ލިބުނު އިތުރު އުފަލަކަށެވެ. އުފާ ފާޅުކުރުމުގައި މުޅި އާއިލާ ބައިވެރިވުމަށްފަހު ރޭގަ ނޑު ކެއުމުގައިވެސް އެންމެން އެކުގައި ބައިވެރިވިއެވެ . “ސޯ.. ފުލް ފެމިލީ އިން ޑިނަރ..“ އުލާގެ ހަރަކާތްތަކުން މާހައުލުގެ އުފާވެރިކަން އިތުރުކޮށްދޭކަން އެންމެންވެސް ގަބޫލުކުރެއެވެ . “ދެން ޒާން ދަނީ ކޮން އިރަކުން..“ އާދު އިޒާންގެ ކޮނޑަށް އަތްވައްޓާލްމުން އަހާލިއެވެ . “އެހާ އަވަހަށް ނުގޮސްގެން..؟“ އިޒާން މޫނު ހަދާލިއެވެ. ހަމަ އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު މާހައުލުގައި ފެތުރިގެންދިޔައެވެ . “އަވަހަށް ގޮސްދާނެތީއޭ އެ އަހަނީ ދޯ އާދު..“ މިފަހަރު ވާހަކަ ދެއްކީ ސައީދާއެވެ. ސައީދާ އަކީ ސަލީމްގެ އެއްބަ ނޑު އެއްބަފާ ކޮއްކޮއެވެ .ފަރިކަމާއި ފެޝަނަށް ނުހަނު ލޯބިކުރާ އަންހެނެކެވެ. ދެބައި އުމުރަށް ގޮސްފައި ހުއްޓަސް މޭކަޕް ކޮށްލާފައި ހުންނައިރު ހީވަނީ 25 އަހަރުގެ ކުއްޖެއް ހެންނެވެ. އޭނާގެ ފަން އިސްތަށިގަ ނޑު އަބަދުވެސް އޮންނަނީ އައްސާލާފައެވެ. ލާނީ ކުރުތާ ގޮތައް ހުންނަ ހެދުމެވެ. މިހާރުގެ ޒަމާނީ ހެދުން ލާ ހިތްވިޔަސް ސަލީމް އަށް ކުރާ ގަދަރެއްގެ ބޮޑުކަމުން ލާން ނުކެރެނީއެވެ. ނަމަވެސް ސަލީމް ބުނުމުންވެސް އޭނާ ބުރުގާ އަޅާކަށް ގަބޫލެއްނުވިއެވެ. ސައީދާ އެގޭގައި އުޅޭތާ މިވަނީ 8 އަހަރެވެ. މީހަކާ އިނދެގެން އެހެން ގެއެއްގައި އުޅެނިކޮށް ދިމާވި މައްސަލައެއްގައި ސައީދާ ވަރިކޮށްލިއިރު 10 އަހަރުގެ އަންހެން ކުއްޖަކު ލިބިފައިހުއްޓެވެ. އެއީ ޝިމްރަން އެ ވެ. ޝިމްރަން ގޮވައިގެން ސަލީމްގެ ގެއަށް ދިރިއުޅުން ބަދަލުކުރިތާ އަހަރެއް ނުވަނީސް ޝިމްރަންގެ ބައްޕަ ނިޔާވީ އެކްސިޑެންޓެއްގައެވެ. ސައީދާ އަކީ ސަލީމްފަދަ ރިވެތި އަޚުލާގެއް ލިބިފައިވާ މީހެއް ނޫނެވެ. ފޮނިކަމާއި ބޮޑާކަމުގެ އިންތިހާއެވެ. ނަމަވެސް ޝިމްރަން މުޅިން ތަފާތެވެ. މަޑުމައިތިރި ކަމުން ސަލީމްގެ ދަރީންނާއި ވެސް ވާހަކަ ދައްކާ އުޅެން ލަދުގަނެއެވެ. އޭނާ އަކީ ކުރުކޮށް ހުންނަ ލޯބި ކުއްޖެކެވެ. ދޮންދޮން ކުޑަކުޑަ މޫނެއްގެ ވެރިއެކެވެ. ކަޅު ލޮލަކާއި ބުޅި އިސްތަށިކޮޅެކެވެ. ސައީދާ އޭނާގެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެއެވެ .ނަމަވެސް ޝިމްރަން އޭނާގެ މަންމަ އުޅޭގޮތުން ވަނީ ފޫއްސެވެ. ފެޝަން ކުރުވަން އުޅޭތީވެސް ރުޅި އާދެއެވެ. ޝިމްރަން އެންމެ ދެރަވަނީ އޯލެވެލް އަށްފަހު ކިޔެވުމުގެ ފުރުސަތުވެސް މަންމަ އޭނާއަށް ނުދިނުމުންނެވެ. ގެއިން ބޭރަށް ނުކުތަނުދީ ހިފަހައްޓާފައި އިންނައިރު ހީވަނީ ކޮއްޓެއްގައި ބަންދުވެފައި އިންނަ ދޫންޏެއް ހެންނެވެ. އުލާއާއި އެއްކޮޓަރީގައި ނިދަން އެދުނަސް އެކަމާވެސް އޭނާގެ މަންމަ ގަބޫލެއް ނުވާނެއެވެ. މަންމަ ކައިރީގައި މަންމަގެ ފޮނި ވާހަކަ އަޑުއަހަން އޮންނަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. މަންމަގެ އަޑި އޮންނަ ގޮތް އެނގޭ އިރުވެސް އެވާހަކަ އުލާމެން ކައިރިވެސް ނުދެއްކެނީ އެހެންވެގެންނެވެ . “ހުމްމްމް.. މަ ދާނީ ވަން މަންތް ފަހުން.. ދެން ބާކީ އިނީ 6 މަންތްސް އެއްނުން ކިޔަވަން..“ އިޒާން ބުނެލިއެވެ . “ދެން ޔޫ ވިލް ބީ ’ މިއުރެކްސް ’ ގެ ޑރ. އިޒާން ސަލީމް ދޯ “..އަދު ހަމްގެ އަންހެނުން މީނާޒް ވެސް ވާހަކައިގައި ބައިވެރިވެލިއެވެ .މީނާޒްއަކީ އޭދަފުށީ ކުއްޖެކެވެ. އަދުހަމް އާއި ކައިވެނި ކޮށްގެން ދެއަހަރު ވާން ގާތްވެފައި ވާއިރު މިހާރު އޭނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ .ބަ ނޑަށް 5 މަސް ފުރިގެންދާއިރު އާއިލާގެ އެންމެންވެ ސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދަނީ އާއިލާއަށް އިތުރުވާން އުޅޭ އާ މެމްބަރަށެވެ .ޚާއްސަކޮށް އަބަދު ކޮއްކޮ އެއް ނުލިބިގެން އުޅޭ އުލާއެވެ . އެންމެން އެކުއެކީ ކެއުން ނިންމާލުމަށްފަހު ސަލީމް އާއިލާއާއި ރޭގަ ނޑުގެ ސަލާމް ކުރަމުން ނިދަން ދިޔައީ އާދު ލެކްޗަރަރ އަކަށް ދާން އުޅޭ ޚަބަރުވެސް އިއްވާލުމަށްފަހުގައެވެ. މިކަމާ އެންމެން އާދުއަށް ވަރަށް ތަޢުރީފް ކުރިއެވެ. މަންމައާއި ބައްޕަ ދިޔުމުން ސަކަރާތް ޖަހާލަން ތިބުމަށްފަހު އާދުވެސް ނިދަން ދިޔައީ 11 ޖެހިފަހުންނެވެ. ނިދަން ލޯމަރާލުމާއިއެކު އަނެއްކާވެސް އެއްކަލަ ނުދަންނަ އަންހެން ކުއްޖާގެ ޚިޔާލުތައް އޭނާއަށް އުނދަގޫ ކުރަން ފެށިއެވެ. އެންމެ ފަހަރެއްގެ ފެނިލުމަކުން އެހާ އުނދަގޫ އެވަނީ ކީއްވެބާއޭ އާދުގެ ހިތައް އަރަމުންދިޔައެވެ. އެ ޚިޔާލުގައި އޮއްވާ އޭނައަން ނިދުނީ ގަޑިން 1 ޖެހުމާ ގާތްވެފައި ވަނިކޮށެވެ . ޖެހިގެން އައި ބުރާސްފަތި ދުވަހާއި ހަފްތާ ބަންދު ވީ އާދުއަށް ނުހަނު ބުރަ ތިން ދުވަހަށެވެ. ގޭގައި އާއިލާ އާއިއެކު ވަގުތު ހޭދަ ކުރަމުން، އޮފީހުގެ މަސައްކަތްތައް ފޯރީގައި ކުރަމުން، އަދި ކުރިއަށް އޮތް ލެކްޗަރ އަށް ތައްޔާރުވަމުން ދިޔައިރުވެސް އާދުގެ ހިތުގައި ކުރެހިފައިވާ ގޮތް ނޭނގޭ އަންހެން ކުއްޖާގެ ތަސްވީރަށް ކުޑަވެސް ފަ ނޑު ކަމެއް ނާދެއެވެ . ޖެހިގެން އައި އާދީއްތަ ދުވަހަކީ އާދުގެ ފުރަތަމަ ލެކްޗަރ ދޭން އޮތް ދުވަހެވެ. ފަތިހު ފަތިހާ ހޭލައިގެން އެކަމަށް ނުހަނު ރަނގަޅަށް އޭނާ ތައްޔާރުވިއެވެ. ހެނދުނު ހަތް ގަޑި ބައިވީއިރު އޭނާ ކޮޓަރިން ނުކުތީ ހެނދުނުގެ ނާސްތާއަށް އޭނާއަށް އެންމެން އިންތިޒާރު ކުރާނެކަން އެނގޭތީއެވެ. ވިލު ނޫކުލައިގެ އަތްދިގު ގަމީހަކާއި، ކަޅު ފަޓްލޫނެއް ލާފައި ހުރިއިރު އަޅާފައި ހުރި މަޑުނޫކުލައެއްގެ ޓައީ އިން އޭނާގެ ފިރިހެންވަންތަ ކަން އިތުރުކޮށްދެއެވެ. ގަމީހުގެ އަ ތުކުރި ރީތިވަރަކަށް އޮޅާލާފައި، ގަމީސް ދަށަށް ޖަހާލާފައި ވުމުން އޭނާގެ ރީތިކަން އެތައް ގުނައަކަށް ބޮޑެވެ. ކަޅު، ފަން އިސްތަށިގަ ނޑު ތެތްވެފައި އަދި ޖައްސާލާފައިވާ ޒަމާނީ ރީތި ސްޕައިކް ގެ ސަބަބުން ބަލާ ފޫހި ނުވާނެކަން ޔަގީނެވެ. ރީތި ހިނިތުންވުމެއް މޫނުމައްޗަށް ގެނެސްފައި މަޑުމައިތިރި ހިނގުމެއްގައި ޑައިނިން ރޫމަށް ވަން އިރު އެންމެން ތިބީ އޭނާގެ އިންތިޒާރުގައެވެ . “ވާއު.. އާދުބެ.. ޔޫ ލުކްސް އެކްސްޓްރާ އެކްސްޓްރާ ހޭންސަމް.. ޖަސްޓް ލައިކް އަ ލެކްޗަރަރ..“ އާދު ފެނުމާއިއެކު އުލާ އޭނާގެ ކޮނޑުގައި އެލިގަންނަމުން ވާހަކަ ދެއްކިއެވެ . “އައި އޭމް އަ ލެކްޗަރަރ..“ އާދު ލޯ ހަނިކޮށްލަމުން އުލާގެ ކުޑަ ނޭފަތުގައި ހިފާލިއެވެ . “ދަރިފުޅާ.. މިއަދު ހަމަ ހީވަނީ ބައްޕަގެ ޒުވާންއުމުރުގެ ތަސްވީރެއް ފެންނަހެން..“ ސަލީމުވެސް އޭނާގެ ރީތި ދަރިފުޅަށް ތަޢުރީފުގެ ބަހެއް ފަޚުރުވެރިކަމާއެކު ބުނެލިއެވެ . “ހޭއި.. ޑޯންޓް މޭކް ޔުއަރ ސްޓޫޑެންޓްސް އަންކޮންޝިއަސް އިނގޭ ބްރޯ “..ސައިބޮއި ނިންމާފަ ދަމުން އަދުހަމް އާދުގެ ކޮނޑުގައި ޖަހާލަމުން އެއްލޯ މަރާލިއެވެ . “އިޓް ވިލް ނޮޓް ޗޭންޖް ހިމް.. ހެހެ.. ވަން އެންޑް އޮންލީ އަންހެންކުއްޖަކު ބޭނުންނުވާ އަހުމަދު އާދު ސަލީމް..“ އަދުހަމް އާ ބައިވެރިވެލަމުން އިޒާންވެސް އާދުއާއި ދިމާކޮށްލިއެވެ. އެފަދަ ކޮންމެ ޖުމްލަ އަކުން އާދުގެ ހިތައް އެދުވަހު ފެނުނު ކުއްޖާގެ ސޫރަ ވެރިވެގެންދެއެވެ . އާއިލާގެ އުފާވެރި ވަގުތުކޮޅަކަށްފަހު ހިތްހަމަޖެހިގެންހުރެ އާދު މަންދު ކޮލެޖަށް ދިޔައީ ސެމިނަރ ފެށުމުގެ ބައިގަޑިއިރު ކުރިންނެވެ. އެއީ އެތަނުން އަންގާފައި އޮތްގޮތެވެ. ގަޑި ކައިރިވަމުންދިޔަ ވަރަކަށް ކުދީން ގިނަ ވަމުން ދިޔައެވެ. ގަޑިން 9 ޖެހިއިރި ހުރިހާކުދިން އައިސް ހަމަވެއްޖެއެވެ .ކުދިންގެ އަދަދު ފުދޭ ވަރަކަށް ގިނައެވެ. ލެކްޗަރ ފެށުމުގެ ކުރިން ކޮލެޖުގެ ފަރާތުން އެންމެންނަށް އާދު ތަޢާރަފް ކޮށްދިނެވެ. އާދު ފެނުނިއްސުރެ އެތަނުގައި ތިބި ހުރިހާ އަންހެން ދަރިވަރުންނާއި، އަންހެން މުވައްޒަފުން ވެސް އާދުއާއި ދިމާއަށް ކަޅި އެއްލަމުން ދިޔައީ މައުނަވީ ގޮތަކަށެވެ .އާދުގެ ރީތި ހިނިތުންވުން އެންމެންނަށް ހަދިޔާ ކުރަމުން ދިޔައިރު އޭގެ ސަބަބުން އެ ޒުވާން ހިތްތަކަށް ކުރާ އަސަރު އޭނާއަކަށް އިހުސާސެއް ނުވެއެވެ. ލެކްޗަރ ދެމުންދިޔައިރު އޭނާގެ އަޑުގައިވަނީ ކިޔަވައިދިނުމުގެ ޖޯޝެވެ. ކުޑަވެސް ފި ނޑިކަމެއް، ނުކެރުމެއް ފާހަގައެއްނުވެއެވެ. އޭނާ ލެކްޗަރ ނިންމާލީ ހުރިހާ ކުދިންގެ މޫނުމަތިން ފެންނަމުންދިޔަ ޝައުގުވެރިކަމުގެ ސަބަބުން ހިނިތުންވެހުރެއެވެ. އުފަލާއިއެކު ދަރިވަރުންގެ ސުވާލުކަށް އިންތިޒާރު ކުރާކަމުގައި އާދު ބުންޏެވެ . ”ސަރ.. އައި ހޭވް އަ ޑައުޓް..“ ތަންކޮޅެއް ފަހަތުން އެވަގުތު އިވިގެންދިޔަ މިޔުޒިކީ ރީތި އަޑުގެ ސަބަބުން، ސެމިނަރގައި ތިބި ކުދީންނަށް ފުރަގަސް ދީގެން ފެންބޯން ހުރި އާދުގެ ލޭގެ ހިނގުން އަވަސްވެގެން ދިޔައެވެ .އާދު އެނބުރުނީ ޖަވާބުދިނުމަށް ތައްޔާރުވެ ހުރެއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނީ ކުރިމަތިން ފެނުނު މަންޒަރު ޔަ ގީން ނުވުމުންނެވެ . ދެތިން ފަހަރަކު ބޯ ދެފަރާތައް އަނބުރާލަމުން އޭނާއަށް ފެނުނީ ރަނގަޅަށްތޯ ޔަގީން ކޮށްލިއެވެ.

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

blue sea

Other Articles

Previous

އެއީ ކީއްވެ..؟ 7

Next

ފިރިމީހާގެ ހައްޤުގައި (22)

Next
February 14, 2017

ފިރިމީހާގެ ހައްޤުގައި (22)

Previews
February 14, 2017

އެއީ ކީއްވެ..؟ 7

27 Comments

  1. blue sea says:
    February 14, 2017 at 4:32 pm

    here ix 2nd part..hope u will enjoy reading it..

    1. shelly says:
      February 15, 2017 at 5:35 pm

      varah reethiiiiiiiiii

  2. girl :))) says:
    February 14, 2017 at 5:49 pm

    omg.. ei e girll dhwww

    1. Zoaeee says:
      February 14, 2017 at 7:04 pm

      Aan dhw .. ???

  3. Aisha says:
    February 14, 2017 at 7:20 pm

    Wow.. Speachless???

  4. Anonymous says:
    February 14, 2017 at 7:39 pm

    mirey 3 upload kh daythi egay vvv ufaa vaanay dhigu kh ebai genes dee feeyaa

  5. NAU says:
    February 15, 2017 at 9:34 am

    next part plxxxxx….wow very nicw

  6. loo says:
    February 15, 2017 at 10:19 am

    Alhe blu see avleen vaahaka kiyaalan libeyne gotheh hadhai dheeba. Keevvethe e vaahaka negy up koffa

  7. Yum says:
    February 15, 2017 at 1:35 pm

    Evlyn vaahaka Kogan beynun plz up koh dheeba

  8. >>>> says:
    February 15, 2017 at 1:40 pm

    blue sea copy paste kuraathy remove kury thoahcheh evahaaka. konmes meehaku bunedhyba mivaahaakie original story in website eh.. yagyn mives copy paste ehkan.

  9. 404Error says:
    February 15, 2017 at 2:49 pm

    myyna kurany hus copy paste.. dhn bunaane mii ves thimanna amaa ehen website akah liyunu vaahaka ekey…. LOL hama thanakun reethi vaahakaeh fenna irah myna copy paste kuraane..?

  10. 404Error says:
    February 15, 2017 at 2:53 pm

    myyna kurin copy paste kuri story ge dhethin bai ma ves up kurin eii mi site ga writters ah copy ah govaa myyhunnah aslu copy vakikuran ingey vareh balaalan vegen… e story innaane kuluduffushi.com ga…..

  11. >>>> says:
    February 15, 2017 at 2:59 pm

    404Error ingeytha mi story in website eh

  12. 404Error says:
    February 15, 2017 at 3:06 pm

    reethi vejje eh nun??? blue sea!!! COPY PASTE Dhen roalabala!!!!! avahah dhn mi vaahaka ves remove kollaa noony mi comments fenidhaane emmennah….. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. cher says:
      February 15, 2017 at 11:37 pm

      Alhey u r so mean 404error but I do agree with u..hehehheheheh…???????????????????????????????????????????????????

  13. kaira says:
    February 15, 2017 at 3:17 pm

    blue sea akah remove eh nukureveyne.. mi pagein e copy pastehkan ingunyma remove kurany

  14. 404Error says:
    February 15, 2017 at 3:19 pm

    kae kon vaahaka eh dhahkaakah.. furathama kaeves hama copy pastehnu kury. ehn v ma ehn meehunaa dhimaalah copy paste kiyeykah nynnaane kae akahves. hini annany

    1. Fathu says:
      February 15, 2017 at 10:48 pm

      Amillah ah copy kohfa ehen myhuney kiyaa iru ladeh vx niganeytha. Thivahak aslu liyunu liyun teriya ah vevunu kihaa bodu bey insaafeh. Esfiya team ah govaalan blu sea beyrukohlan

  15. 404Error says:
    February 15, 2017 at 3:20 pm

    404Error kae kon vaahaka eh dhahkaakah.. furathama kaeves hama copy pastehnu kury. ehn v ma ehn meehunaa dhimaalah copy paste kiyeykah nynnaane kae akahves. hini annany

    1. 404Error says:
      February 15, 2017 at 3:28 pm

      varah avahah mithanah annaane mi vaahakaage link hini annany konthanakun tha hit fulhieh nei tha?? ??

  16. Blue sea f**** says:
    February 15, 2017 at 3:39 pm

    hama hairaan vey mi ulhey blue sea akaa hedhi. dhen thivarah copy nukoh e storythah balaafa amillayakah liyan try kohba. amilla story eh up kuryma maa hiyhama jeheyney. hope you’ll update your own story someday istead of copying others hard work and taking credit

  17. yippy says:
    February 15, 2017 at 3:49 pm

    mi story kurin up kuri site bunedhyfantha pls

  18. sib says:
    February 15, 2017 at 7:08 pm

    i dnt remember where i finished reading the whole story,but i am looking forward to read it again,it will be a pleasure if one of u could tell where to find the whole story. And Loo evelyn story fennane author list in muthaa ah click kuriyma, he is the author of evelyn!

  19. Sharu says:
    February 16, 2017 at 9:57 am

    I dont think mi story aky meehaku update kohfa in story eh hen.. if that mi story mi story up kohfa in site or link eh bunebala..

  20. loo says:
    February 16, 2017 at 2:04 pm

    thankx sib but mutha ah click kuryma eynage hurihaa vaahaka eh nufene. Emme fahun liyefa in.story fennaneeee.

  21. Nonono says:
    February 18, 2017 at 11:35 pm

    Alhe up kohdheeba meehun kiyaa ehchakah nubala

  22. Aisha says:
    August 10, 2019 at 3:10 pm

    Kobaa 3 vana bai??

Comments are closed.

All Right Reserved!