ބަހާރުމަގު ގުލްޒާރުގެޔަށް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އެކިކުލަ ކުލައިގެ ބޯކިތަކުން މުޅިގެވަނީ ދިއްލާލާފައެވެ. އަދިވެސް ގޭތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތައިގެން އެކި ގުރޫޕް ގުރޫޕް ހަރަކާތްތެރި ވަމުންދެވެ. ކޮންމެމީހެއްވެސް އެމީހެއްގެ މަސައްކަތް ކުރަމުން ދަނީ ނުހަނު ހަލުވިކަމާއި، ފުރިހަމަކަމާއެކުގައެވެ. ކައިވެނި ޕާޓީގެ އިންވިޓޭޝަން ކާޑުތައް ބަލަށްހުރި އަޔާން އިރުކޮޅު ކޮޅުން ފޯންނަގާ ކަންފަތުގައި ޖައްސާލައެވެ. މީހެއްގެ އިންތިޒާރުގައި ހުރިކަހަލައެވެ. ކުޑައިރުކޮޅެއްފަހުން ގުލްޒާރުގޭ ދޮށަށް މަޑުކޮއްލި ކާރަކުން ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ފޭބިއެވެ. އިސްކޮޅުންދިގު ދޮން […]
” ޔަލް” ކައިރީގަ ޔާނުއިންކަން ހަނދާންވީވެސް އޭނަ އަހަރެންނަށް ގޮވާލުމުންނެވެ. ” ޔާނުއަށް އަހަރެންގެ ނަމުން ގޮވުމުގެ ހައްގެއްވެސް ނީންނާނެ މިހާރު.. ” ކިތަންމެ ރުޅިއައި ނަމަވެސް ބުނަން ބޭނުންވި ޖުމްލަވީ ހިތުގައެވެ. މިވަގުތު ޔާނުއާ ދިމާލަށް އެއްޗެެއް ބުނުން ރަނގަޅު ނޫންކަމަށް އަަހަރެންނަށް ވިސްނުނީ ހައިކަލްވެސް ނެތީމައާއެކުއެވެ. ” ޔަލް ކެން ވީ ޓޯކް” ޔާނު މަޑު މަޑުން ބުނެލިއެވެ. ” ވައި.. ހިޔެއް ނުވޭ ޔާނު އަހަރެންނާ ދައްކަންޖެހޭ ވާހަކައެއް އިންނާނެ ހެނެއް..” […]
ގެއަށްވަދެ ހަމަނޭވާއެއްވެސް ނުލެވެނީސް ފަރްހީންއަށް ފޯނެއް އައެވެ. ވަރަށް މުހިއްމު ކަމަކު އޮފީހަށް ކޮންމެހެންވެސް އައުމަށް ބުނުމުން ފޮތް މޭޒުމަތީ ބޭއްވުމަށްފަހު އޮފީހަށްދާން މިސްރާބުޖެހިއެވެ. އޭރުވެސް އެފޮތްކިޔާހިތުން ފަރްހީންއަށް ހުރެވެނީކީ ނޫނެވެ. ހިތަށްއަރަމުން ދިޔައެވެ. ” އެއީ ކޮން ފޮތެއްބާވައެވެ..” އޮފީހަށް ދިޔުމުން އެންމެ ފުރަތަމަވެސް ފަރްހީންއަށް ކުރިމަތިލާން ޖެހުނީ ޝަމްހާންއާއެވެ. އެއްފަހަރާ އެތައްސުވާލެއް އޭނާ ކުރިނަމަވެސް ފަރްހީން ހިނިތުން ވުމަކުން ފުއްދާލީއެވެ. އަދި ކުރަންއައި މަސައްކަތް އަވަސްކަމާއެކު ކުރަމުން ދިޔައެވެ. އެފޮތް ކިޔުމަށް ކެތްމަދުވެފައިވާ ހާލުއެވެ. […]
ވިސާމްގެ ގާތަށް އައި ސިނގު ރުޅިއާއެކީ އޭނައަށް ޗޮއްކަނޑާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަންހެން ކުއްޖާއާއި ދިމާލަށް އެނބުރިލަން އުޅުނު ވަގުތު ބިންމަތިން ސިޓީ އުރައެއް ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އޭނަ އަޖާއިބުވީ އޭގެ ބޭރުގައި އޮތް ނަމެއް ފެނިފައެވެ. “މެހެނާޒް.” އެ ނަން ވިސާމަށް ކިޔާލެވުނީ ވައި އަޑުންނެވެ. ސިޓީ އުރައިގެ މެދުގައި ބޯ އިނގިރޭސި އަކުރުތަކުން ލިޔެވިފައިވީ އެ ނަމެވެ. އެތައް ޖަޒުބާތެއް ވިސާމްގެ ހިތަށް އަރައި ފައިބަމުން ދިޔަ […]
ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. މުޅި ދުނިޔެވެސް ނިދާފަ ވާކަހަލައެވެ. ނަމަވެސް މަގު މަތިން ދުއްވާއެއްޗެހީގެ އަޑު އިވި އިވި ހުއްޓެވެ. ދަންވަރުގެ އެ ހިތްގައިމު ވަގުތު ކޮޓިރީ ބެލްކަނީގަ ހުރި ގޮނޑިއެއްގަ އޮށޯވެލަިގެން އަލްޔާ އޮތީ އެފްބީގައެވެ. ނިއުސްފީޑް ސްކްރޯލް ކުރަމުން ދިޔައިރު ބައެއް އަންހެންކުދިންގެ ތުއި ފޮޓޯތަށް ފެނުމުން ހިނިވެސް އާދެެއެވެ. އަލްޔާ އަކީ އެއްވެސް އިރެއްގަ އެހާ ދެއްކުންތެރިކަން ބޮޑު ކުއްޖެއް ނޫނެވެ. އެހެން ކަމުން އެފްބީ އައްވެސް އަލްޔާގެ އެއްވެސް ފޮޓޯ […]
“މިޔަދު އަހަރެން ލަވް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭން.. އެއްވެސް މީހަކަށް ނޭނގޭ ހަގީގަތެއް ބުނެދޭން ވެގެން.. ލަވްއަށް ކޮންމެހެން މިވާހަކަތައް އެނގެންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަނީ.. ބިކޯޒް އައި އެމް ސީރިއަސް ވިތް ޔޫ.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ލަވް އާ މެރީ ކުރަންވެސް..” ޝާކިން އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ. އަދި ލައިގެން ހުރި ސްކިނީ ޖީބަށް އަތް ލުމަށްފަހު ރިކޯޑަށް ޖައްސާލީމެވެ. އޭނާ ދެން އެ ދައްކަން އެއުޅޭ […]
ހަމައެވަގުތު ފާހަނައިގެ ދޮރު ހުޅުވުނެވެ. ޔާއިން ހުރީ ތުވާލި އޮޅާލައިގެންނެވެ. ފަހަތުން މާޒިން ނިކުތް އިރު އޭނާ ހުރީ ހަމައެކަނި ސޯޓްލާފައެވެ. ސޯޓްވެސް އެއްބައި ތަންތަންހުރީ ތެމިފައެވެ. ކަސްރަތީ ހަށިގަނޑުގެވެސް އެކި ދިމާ ދިމާއިން ތެމިފައިވެއެވެ. ޖިމަށް ދިޔުމާއި ނުލާވެސް ބަނޑުގައި ހުރި ހަރުމަސްތަށް ރީއްޗަށް ފާހަގަވާން ހުއްޓެވެ. މާޒިންގޮސް ތުވާލިން އޭނާގެ ގައި ފޮހުނެވެ. “ދެމީހުން ފެންކުޅި ކުޅުނީ ދޯ..؟” މަޖާވެލާފައި މާރިޔާ އެހެން ބުނުމުން އަނގަމަތީ އަތް އަޅާފައި ޔާއިން ހޭންފެށިއެވެ. އަދި އޭނާއަށް ހާއްސަ […]
އަހަރެން ނޭވާ ހިފަހައްޓާލައިގެން އިނީ އަހަރެންގެ ލޮލަށް ފެންނާނެތޯ ހިތަށް އަރާފައެވެ. މިވަގުތު ހައިކަލް އަހަރެން ކައިރީ އިންނަމައެވެ. އޭރުން ފުރަތަމަވެސް އަހަރެންނަސް ފެންނާނީ ހައިކަލްގެ މޫނެވެ. ހައިކަލްދެކޭ ހިތުން އުޅޭތާވެސް ކިހާ ދުވަހެއް ވެއްޖެހެއްޔެވެ. ” އޯޕެން ޔުއާ އައިސް ޑިއާ” ޑޮކްޓަރ ލޮލުގައިން ބޭސްގަނޑު ނަގަމުން ބުނެލިއެވެ. އަހަރެން އިނީ ލޯ ހުޅުވަން ނުކެރިފައެވެެ. ނަމަވެސް މަޑު މަޑުން ލޯ ހުޅުވާލީމެވެ. އެވަގުތު އަހަރެންގެ ހިތަށް އެތަށް އަސަރު ތަކެއް ކުރުވިއެވެެ. ފުރަތަމަވެސް ހެއްދެވި […]
” ބޭބީ އަޅެ އަހަރެންނާ ވާހަކަ ދައްކަބަ.. ދެމީހުން ވާހަކަ ދައްކައިގެން ހިތްހަމަ ނުޖެހޭ ކަމެއް އޮތިއްޔާ ރަނގަޅު ކުރާނީ.. އަހަރެންނަށް އިނގޭ ބޭބީވެސް އަހަރެންދެކެ ލޯބިވާކަން.. ހަމަ އެހާ ފަސޭހަތަ ތިހެން ބްރޭކްއަޕްވާން” އަހަރެން މެސެންޖަރއިން ޔާނުއަށް މެސެޖެއް ކޮށްލީމެވެ. ” ޔަލްއަށް އިނގޭތަ އަހަރެން ބްރޭކްއަޕްވި އަސްލު ސަބަބު” ޔާނު ރިޕްލައި ކޮއްލިއެވެ. އެއީ މިހާރުވެސް ޔަލް ތިވަރަށް ދެރަވެގެން ރޮއެ އާދޭސް ކުރާއިރު އަހަރެންގެ ހިތަށް އެކަށްޗެއްވެސް ނާރާތީ.. އަހަރެންނަށް ހެޔޮ ޔަލްއަށް […]