Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ފުން ލޯބި (13)

Mimmi ❤️
February 14, 2017
9 Mins Read
100 Views
45 Comments

ހައިކަލް އަހަރެންނާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައޭ ހިތަށް އެރިއެވެ. އަހަރެން ނުވެސް ބުނަންދެން އޭނަ ބައްޕަ ހޯދުމުގެ މަސައްކަތްވެސް ފެޓީތާއެވެ. އިން ޝާ ﷲ އަދި އެއްދުވަހުން އަހަރެންނާ ބައްޕައާ ދިމާވާނެއެވެ. އަހަރެން ބައްޕަ މަރުވި ކަމަށް ގަބޫލު ކުރާނީ ބައްޕަގެ ފުރާނަނެތް މަސްގަނޑު ފެނުނު ދުވަހަކުންނެވެ. ދުނިޔޭގަ ހުރިހާ ހިނދެއްގަ ބައްޕަ ހޯދަން ކުރެވުނުހާ މަސެއްކަތެއް ކުރާނަމެވެ.

” ޔަލް.. ދެން މާ ބޮޑަށް ނުވިސްނައްޗޭ.. ޔަލް އެއްކޮށް ރަނގަޅު ވީމަ ދެމީހުން އުޅޭނީ ދޯ އެކަމާ.. އިން ޝާ ﷲ ބައްޕައާ ދިމާވާނެ އަދި” ހައިކަލްގެ އޯގާތެރި ބަސްތަކުން ބުނެދޭން ނޭންގޭ ފަދަ ހިތްހަމަ ޖެހުމެއް ހިތަށް ލިބުނެވެ.

އެދުވަސްވެސް ފޫހި ކަމެއްނެތި ވޭތުވެގެން ދިޔައީ ހައިކަލް ހުރީމައެވެ. އަހަރެން ވިސްނައިގެން ހުރީ އެރޭ ހައިކަލްއަށް ހުރިހާ އެއްޗެއް ކިޔާދޭށެވެ.

ކަންވީވެސް އަަހަރެން ބޭނުންވި ގޮތަށެވެ. އިރުއޮއްސުނު ހާއިރު ނައީމާއްތަ އައިސްފަ ހައިކަލް ގެޔަށް ފޮނުވާލާފަ އެރޭވެސް ދަންވަންދެން މަޑުކުރިއެވެ. ނައީމާއްތަ ރޭގަނޑުކާން ދޭން އުޅުމުން ކާނީ ފަހުން ކަމަށް އަަހަރެން ބުނީމެވެ. އޭރުން ހައިކަލް އައުމުން ނައީމާއްތަ އެވާހަކަ ބުނާނެކަން ޔަގީންވާތީއެވެ. އަދި ރޭގަނޑު ނުކައި އަހަރެން ނިދިޔަނުދޭނެކަން އިނގެއެވެ. އަހަރެންނަށް ހޭލެވުނީ ހައިކަލް އައިސް ކޭތޯ ސުވާލުކުރުމުންް ނައީމާއްތަ ނުކައޭ އޮތީ ބުނި ގަޑީގައެވެ. ނައީމާއްތަ ހައިކަލްއާ ވާހަކަ ދައްކަން ހުރުމަށްފަހު ދިޔުމުން އަހަރެނަން ކާންދެން އުޅުނެވެ.

” ޔަލް ކީއްވެ ނުކައި ތިއޮތީ؟… މާ ބޮޑަށް ވިސްނަނީތަ ކަމަކާ..” ހައިކަލް އެ ސުވާލު ކޮއްލުމުން ދޭނެ ޖަވާބެއް ނޭންގިގެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނީމެވެ.

” ބަނޑުހައި ނުވީ އެގަޑީގަ” ހައިކަލް އިތުރު އެއްޗެއް ބުނުމުގެ ކުރިން ބުނީމެވެ.

” ދެން އަވަހަށް ކާން ހިނގާ ދޯ” އެހެން ބުނެފަ އޯގާތެރި ކަމާއެކު އަހަރެންނަށް ކާންދެމުން ހައިކަލް ދިޔައެވެ.

“ޔަލް  އަހަރެން ސުވާލެއް ކޮށްފިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟” ކައިނިމުމުން ތަށިތަށް ނެގުމަށްފަހު ގޮޑީގަ އިށީންނަމުން ހައިކަލް ސުވާލުކޮށްލިއެވެ.

” ހޫމް ސުވާލްކޮށްބަ…” ހައިކަލް އެ ކުރަން އުޅެނީ ޔާނުއާ ބެހޭ ސުވާލެކޭ ހިތް ބުނަމުން ދިޔައެވެ.

” ޔަލް އަދިވެސް ޔާނު ދެކެ ލޯބިވޭތަ..” ހައިކަލް ކުރީވެސް ހީކުރިގޮތަށް ޔާނުއާ ގުޅޭ ސުވާލެކެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގަ އަހަރެން ބޭނުންވީ ޔާނުއާ ދެމީހުންގެ ގުޅުން ހައިކަލްއަށް ކިޔާދޭށެވެ.

” ޔަލް ބަހެއްނުބުނެ ތިހެން އިނުމުގެ މާނައަކީ ކޮބާ… ޔޫ ސްޓިލް ލަވް ހިމް؟..” އަހަރެންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހައިކަލް އަނެއްކާވެސް ބުނެލިއެވެ.

” ޔަލް އިފް ޔޫ ޑޯންޓް މައިންޑު  ޕްލީސް ޓެލް މީ އެބައުޓު ޔޫ އެންޑު ޔާނު” ހައިކަލް އެ ސުވާލު ކުރުމުން އޭނަ އެވާހަކަ އިނގެން ބޭނުންވެފަ ހުރި ވަރު އިނގުނެވެ.

” ވަޓް އިފް ޔޫ ހޭޓް މީ އެވާހަކަތަށް އިނގުނީމަ..”  އަހަރެން ޖެހިލުންވެ އިނދެ ހިތުގަ އޮތްެއެތި ބުނެލީމެވެ.

” ޔަލް ޕާސްޓްގެ ކަންކަން އިނގިގެން ކީއްވެ ރުޅިއަންނަންވީ.. އެކަމް ޔާނު އެއީ ފެމިލީ މީހެއްވީމަ އަހަރެންނަށް އެނގުން މުހިންމުހެން ހީވާތީ ސުވާލު މިކޮށްލީ..” ހައިކަލް ބުނެލިއެވެ.

އަހަރެން މާޒީގެ ކަޅު ސޮފްހާތަށް ހައިކަލްގެ ކުރިމަތީގަ ހުޅުވާލީމެވެ.

,???????????????,???????????????,???????????????

އެއީ މީގެ ތިންއަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ދިޔައީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލްގެ ގުރޭޑް އެގާރައިގައެވެ. އޭރު ޔާނު ކިޔަވަމުންދިޔައީ ގުރޭޑް ބާރައިގައެވެ. ދެމީހުން ސުކޫލްއިން ދިމާވި ނަމަވެސް ވާހަކަދައްކާ ވަރަށް ނުހަދަމެވެ. ބާރައިގެ ކުދިންގެ ފަހު އަހަރުވުމުން އެމީހުން ރޭވީ އެގާރަ ބާރައިގެ ކުދިން އެކުވެގެން މަޖާ ދަތުރަކު ދިޔުމަށެވެ. އެދަތުރުވެގެން ދިޔައީ އަހަރެންނާ ޔާނުގެ ގުޅުން ބަދަހިވުމަށް މެދުވެރިވި ދަތުރަކަށެވެ. ސުކޫލް ފަރާތުން ރޭވި ދަތުރަކަށް ވުމުން އަހަރެންގެ ބައްޕަވެސް އަަހަރެން ދިޔުމަށް ހުއްދަ ދިނެވެ. ނަމަވެސް ބައެއް ކުދިން ޗުއްޓީގަ އެކިތަންތަނަށް ގޮސް ވުމާ، އަދި އެކި ސަބަބު ތަކާހެދި ދަތުރުގަ ބައިވެރި ވީ ގާތް ގަނޑަކަށް ތިރީސް ވަރަކަށް ކުދިންނާ ދިހަ ޓީޗަރުންނެވެ. ދަތުރު ދާން ނިންމީ މާލެ ކައިރީ އޮންނަ ކުޑަ ބަނޑޮހަށެވެ. ހެދުނު ހައެއް ޖެހި އިރު އަހަރެން ހުރީ ބައްޕައާއެކު     ފުރަން ހަމަޖެހިފަވާ ފާލަން ކައިރީގައެވެ. ބައްޕަ އަަހަރެންގައިގަ ކުޑަކޮށް ބައްދާލުމަށްފަހު ބަލައިގެން އުޅުމަށް ބުނެލިއެވެ. ރާޔާ މިފަހަރު ދަތުުރުގަ ބައިވެރި ނުވާތީ އަހަރެންހުރީ ފުދޭ ވަރަކަށް ފޫހިވެފައެވެ. ކުލާހުގަވެސް އެންމެ ގާތްކޮށް އުޅެނީ ރާޔާއާއެވެ. އެހެންކުދިންނާ ވަރަށް ވާހަކަ ދައްކާ ނޫޅެމެވެ. ރާޔާ ނުދާކަންވެސް އިނގުނީ ލޯންޗް ނައްޓާލުމުން އޭނަ ނުފެނިގެން ގުޅުމުންނެވެ. އަހަރެން ލޯންޗުގެ ވަކިން އިން ސީޓެއްގަ އިށީންދެލައިގެން ފޯނުން ލަވަޖަހައިގެން އިނީ  ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ލޯންޗް ދުއްވާފަ ދާ މަންޒަރުބަލަން އަހަރެން އިނީ ފޫހި ކަމެއްނެތިއެވެ.

ޔާނުއައިސް އަހަރެން ކައިރީ އިން ގޮނޑީގަ އިށީންނަމުން އެއްޗެއް ބުނެލިހެން ހީވިއެވެ. ޔާނުއަކީ އޭރު ސުކޫލް ކެޕްޓަންއަށް ވުމުން އަހަރެން އޭނަ ކޮންމެސް ވަރަކަށް ދަންނަމެވެ.

” ކީކޭ..” ހެޑްސެޓް ނައްޓާލަމުން އަހަރެން ބުނީމެވެ.

” ހާދަ އެކަނި.. އެންމެން މަޖާކުރާއިރު ހާދަ މާޔޫސް ވެފަ ތިއިނީ..” ޔާނު ބުނެލިއެވެ.

” ޔާ.. ބެެސްޓީ ފަހުވަގުތު ނާދެވޭ ވާހަކަ ބުނީ.. އެހެންވެ ވައި ވެފަ މިއިނީ.. އަނެއްހެން ކުލޯސް ފުރެންޑެއްވެސް  ނެތް…” އަހަރެން ވީގޮތް ބުނީމެވެ.

” ރިއަލީ.. ދެޓްސް ސޭޑް… އެކަމްދެން ތިހެން ވައިވެފަ ނީންދެވޭނެ އިނގޭ.. އައޭމް ޔާމިން..” ޔާމިން އަަހަރެންނަށް ތައާރަފް ވެލިއެވެ.

” އައި އޭމް ޔަލްވީ..” އަަހަރެންވެސް ނަން ބުނެލީމެވެ.

ކުޑަބަނޑޮހަށް ދެވެންދެންް ޔާނު ކައިރީ އިނދެ އެތަށް ވާހަކަތަކެއް ދެއްކިއެވެ. އަހަރެން އެއްވެސް ވަރަކަށް ފޫހިވިޔަކު ނުދެއެވެ. ޔާނު އަހަރެން ކައިރީ އިނުމުން ބައެއް ކުދިން ދިމާކޮށް އަޅުވާކިޔާހެދިއެވެ. ޔާނުގެ މަޖާވާހަކަތަށް އަޑު އަހަން އަހަރެންއިނީ ފޫހި ކަމެއްނެތިއެވެ.

ކުޑަ ބަނޑޮހަށް ދެވުމާއެކު އަންހެންކުދިންތަށް އުޅެގަތީ ހެދުނު ސަޔަށް ސޭންޑްވިޗެް ހެދުމަށެވެެ. އަހަރެންވެސް ގޮސް އެމީހުނަށް އަތްގާތް ކޮށްދީ އުޅުނީމެވެ. އެގޮަތަށް ވާހަކަ ދައްކާ އުޅެން ފެށުމުން ހުރިހާ ކުދިންނާ އެކުވެރި ވެވިއްޖެއެވެ. ސައިބޮއެ ނިމިގެން އެންމެން ދިޔައީ ވޮލީ ކުޅޭށެވެ. ވޮލީއަކީ އެއްވެސް އިރެއްގަ އަހަރެން ކުޅޭހިތްވާ ކުޅިވަރަކަށް ނުވާތީ އަހަރެން ދިޔައީ އަތިރިމަތީގަ ހިނގާލަންށެވެ. ރާޅު ޖަހާ ފަށުގަ އަހަރެން ހުއްޓިލައިގެން ހުރީ ފަޔަށް ރާޅު ބީއްސާލާ ހިތްގައިމު މަންޒަރު ބަލާށެވެ. ކުއްލިޔަކަށް އަހަރެެެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އަހަރެން ކޮއްޕާލުމުންނެވެ.

ނުވިސްނާ ހުރުުމުގެ ސަބަބުން އަހަރެން ރަނގަޅަށްވެސް މޫދު ތެރަށް ވެއްޓުނެވެ.

” ހެހެ.. ރުޅިއައީތަ” އަހަރެން ރުޅިވެރި ކަމާއެކު ބާލާލުމުން ޔާނުބުންޏެވެ.

” އާހް ނުވެސް ތެދުވުނު.. ހެލްޕް މީ..” ސިކުނޑިއަށް މޮޅުހިޔާލެއް އައުމުން އަހަރެން އެކްޓް ޖައްސާލީމެވެ. ޔާނު ވަރަށް ހާސްވެފަ ހުރެ އަހަރެން ނަގައިދޭން މަސައްކަތް ކުރިއެވެ. ޔާނު އަަހަރެން ނަގަން އަތް ދިއްކޮލުމުން އެ އަތުގަ ހިފަމުން އަހަރެން އޭނަ ކޮއްޕާލީމެވެ. އޭނަވެސް ނުވިސްނާ ހުރުމުން ވީ ހަމަ އަހަރެންނަށް ވީ ވަރެވެ. އަހަރެން ހޭން ފެށުމުން ޔާނު ލޯ އަޅާލިއެވެ.

” ދެންވެސް މީހުނަށް ލަނޑުދޭން އުޅޭތި” އަހަރެން ޔާނު އާ ދިމާލަށް ދޫ ނެރެލަމުން މަލާމާތްކޮށްލީމެެވެ.

އެފަހަރު ދަތުރު ނިމިގެން ދިޔައީ އަހަރެންނާ ޔާނުއާ ދެމެދުގަ އޮތް ދުރުކަން އެއްކޮށް ނެތިކޮށްލާފައެވެ. ޔާނު ބުނެގެން އަހަރެން ނަމްބާރ  ދިނީ އޭނަ އެދުވަހު ދަތުރުގޮސް ނެގި ފޮޓޯތަށވައިބާރ ކުރާށެވެ. ނަމަވެސް އެކަން ވެގެން ދިޔައީ ދެމީހުންގެ ގުޅުމުގެ ފެށުމަށެވެ.

އެދުވަކަށް ފަހު ޔާނު އަހަރެނަށް މެސެޖްކޮށް ގުޅާ ހަދައެވެ. އަހަރެންނަށްވެސް ޔާނުގެ ފޯނު ކޯލްތަކަށް އިންތިޒާރު ކުރެވެން ފެށުނީ ބޭއިހްތިޔާރުގައެވެ. ބައްޕައަށްވެސް އަހަރެންގެ އުޅުން ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވިގެން އެވާހަކަ ދެއްކިއެވެ. އަހަރެންނާ ޔާނުގެ ގުޅުމުގެ ސަބަބުން  ކިޔެވުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އަހަރެން ޔަގީންކަން ދިނީމެވެ. ބައްޕަވެސް އަހަރެންނަށް އެތަށް ނަސޭހަތެއްދީފަ ބޯޓްދަތުރުކުރަން ފުރީއެވެ.

” ހެޕީ ބާތު ޑޭ ޕްރިންސެސް” ގަޑިން ބަރާބަރު ބާރަ ޖެހި އިރަށް އަަހަރެންނަށް ޔާނުގެ މެސެޖެއް ލިބުނެވެ. އެހެން ފަހަރުތަކުގަ އަހަރެންނަށް ފުރަތަމަ ވިޝްކުރަނީ ބައްޕައެވެ. ނަމަވެސް ބައްޕަވެސް ފުރައިގެން އެ ދިޔައީ އަހަރެންގެ އުފަންދުވަހާ ދިމާކޮށްށެވެ. އެކަމާ ދެރަވި ނަމަވެސް ބައްޕަ އެހެން ކަން ކުރީ އިތުރު ގޮތެއް ނެތުމުންކަން އަހަރެންްނަށް ވިސްނުނެވެ.

އިރުކޮޅަކުން ޔާނު ގުޅިއެވެ.

” ޔަލް ބޭރަށް ނިކުމެވިދާނެތަ” ޔާނު ފޯނުން ވާހަކަ ދައްކަމުން ބުނެލިއެވެ.

” މިގަޑީގަ؟…” އަހަރެންނަށް ގަޑީގެ ގޮތުން ނިކުންނަން ނުކެރިގެން ބުނެލީމެވެ.

” ކިހިނެތް ވީ މިގަޑި.. އަޅެ ޕްލީސް ނިކުމެލަަބަ..” ޔާނު ގެ އާދޭސް ތަކުން އަަހަރެންނަށް ނުކުންނަން މަޖުބޫރުވިއެވެ. ނިދަން ލައިގެން ހުރި ސޯޓާ ޓީޝާޓް ލައިގެން އަހަރެން ނިކުތީ ގޭތެރެއިންވެސް މީހަކަށް އަހަރެން ފެނިއްޖިއްޔާ ބަހަނާއެއް ދައްކަން ފަސޭހަ ވާނެތީއެވެ. އެހެންނޫނަސް ކޮޓަރިއަށް އަަހަރެން ކޮބައިތޯ ބަލަން ބައްޕަ ނޫން މީހަކު ނުވަންނާނެއެވެ. އެހެންކަމުން ކޮޓަރި ތަޅުލާފަ މަޑު މަޑުން ހިނގާފަ އަހަރެން ގޭޓުން ބޭރަށް ނިކުތް އިރު ދޮރުމަތޯގަ ކާރެއް އޮތެވެ.

” ޔަލް.. އަވަހަށް އަރާ” ކާރުގެ ލޯގަނޑު ތިރިކޮށްލަމުން ޔާނު ބުންޔެވެ.

” ޔާމިން ކާރުވެސް ދުއްވަންތަ؟…” ކާރަށް އަރާ ހަަމަޖެހިލަމުން އަހަރެން ސުވާލުކޮށްލީމެވެ.

“ޔެސް މި ދުއްވަނީނު.. އެއިޓީން ވީ އިރަށް ދުއްވަން ފަށައިފިން” ޔާނު ކިޔާދިނެވެ. ޔާނު ކާރުޕާކުކޮށްލީ ތަންކޮޅެއް މީހުން މަދު ގޯޅިގަނޑެއް ތެރޭގައެވެ.

” ޔަލް… އައި ރިއަލީ ލައިކް ޔޫ.. ވިލް ޔޫ ބީ މައި ގާލް؟.. ” ކާރު ފަހަތު ސީޓުގައޮތް ބޮޑު މާބޮނޑިއެއް ނަގާ އަހަރެންނާ ދިމާލަށް ދިއްކޮށްލަމުން ޔާނު ބުނެލިއެވެ.

.? ނުނިމޭ .?

53
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

ހާދަހާ ލޯބިވޭ 1

Next

Next
February 14, 2017

Previews
February 13, 2017

ހާދަހާ ލޯބިވޭ 1

45 Comments

  1. pretty says:
    February 14, 2017 at 12:39 am

    Guys here is the yesterday’s part. Aslu ulhuny 12ge kurin up kureveythw.. Ekam internet connection mahsala ulheythi las v.. Hope you guys will like this part ?

  2. R......m says:
    February 14, 2017 at 12:42 am

    Mivaahakaage inthxaaruga hurin vvyageenkn hithuga oey mirey up koddeynekn vvvvthenkx?????

    1. pretty says:
      February 14, 2017 at 12:54 am

      Thankx R…..m ? Good night ?

  3. R......m says:
    February 14, 2017 at 1:00 am

    Vvv salhi akamu kurudhoa vvvufaa vejj konme dhuvahaku up kure venee viyy mivaruves ragalhu ?

    1. pretty says:
      February 14, 2017 at 10:42 pm

      Yah dailykoh upkuraathy kanneynge aslu kuruvanee ?

  4. Reader ? says:
    February 14, 2017 at 1:03 am

    Was waiting for this story. Thankx pretty ??

    1. pretty says:
      February 14, 2017 at 10:48 pm

      Thankx Reader ?

  5. ham says:
    February 14, 2017 at 6:58 am

    Thanks pretty. Miba ves v v nice

    1. pretty says:
      February 14, 2017 at 10:49 pm

      Thankx ham ?

  6. Akky says:
    February 14, 2017 at 7:42 am

    Dhen miadhu up kuraanantha

    1. pretty says:
      February 14, 2017 at 10:49 pm

      In Sha Allah mަަaadhan upkohdheynan ?

  7. Almaa says:
    February 14, 2017 at 7:43 am

    Really nice bt maakury thanks

    1. pretty says:
      February 14, 2017 at 10:50 pm

      Thankx Almaa ?

  8. Well wisher says:
    February 14, 2017 at 9:18 am

    Hai pretty. Aharen mi mi story baraabarah kiyaa meeheh. adhi esfiyaiaga hunna ehnn story thahves kiyan. konme story ehgeves concept innany unique koh. ekam mi storyge loa andhiri kujjehge bain feshyma asluves varah varah reethi. ehves thaneh sifa nukoh dheveyiru pretty genesdhyfa inna goi varah salhi. Adhi faahaaga kohlevey eh kameh bunan. aharen story kiyaafa varah commnt kiyan. ekam prettyge story akun ehgothakahves negative commnteh nufeney. kuruvegen nuuni lahun upvaathy kuraa shakuvaa eknai innany. esfiyaiaga madhuvaane negative commnt nulibey story thah. So keep up the good work. Dhen mihen bunyma negative commnt kuraa kudhin kolhu mi story aa alhaiganefaane dhw. but still meehaku kiyaa ehchakah nubalaaa kuriyah dhey. You have the potential. waiting for the next part

    1. pretty says:
      February 14, 2017 at 10:51 pm

      Thankx Well Wisher?

  9. yoon says:
    February 14, 2017 at 9:20 am

    beautiful story whn is the nxt prt?

    1. pretty says:
      February 14, 2017 at 10:56 pm

      Thankx yoon? In Sha Allah tomorrow ?

  10. thooba says:
    February 14, 2017 at 9:24 am

    Yes i totally agree with well wisher thooves varah nudheken mi storyge negative commntkohfa hunna than. cx this story is so perfect. pretty mi story nimunas pretty ithuru storythah kiyaalan libeyne kamah unmeedhu kuran.

    1. pretty says:
      February 14, 2017 at 10:57 pm

      Thankx Thooba .? Ekam mihaaru liben fashaifiye negative feedbackves .?

  11. new says:
    February 14, 2017 at 10:27 am

    Maaginain igireyshi basbeynun kuraathi foohi ebasthahves dhivehin liyeveynedhw dhivehi vaahakaehveema bunelee

    1. Well wisher says:
      February 14, 2017 at 10:31 am

      Haha here comes the negative commenter. bunymehnu ehn bunevijjiyaa mimeehun comment kuran fashaaney

    2. old says:
      February 14, 2017 at 6:04 pm

      Liyumuge massala varah gina…feshigen dhevana sentence ves hama nujehey…dhen abadhu hus dialog…v foohi…ehves sifakurumeh nuhurey…vaahaka liyan nengenyaa nuliyan v nu….plx…Ryn vareh ney esfiyaaga

    3. pretty says:
      February 14, 2017 at 10:55 pm

      Thankx New.. Ebai rangalhu kureveythw try kuraanan .?
      Old Thankx for the negative feedback. Trying to improve.. .?

  12. Rozaina says:
    February 14, 2017 at 10:50 am

    Mibaives reethi massalayakee maa kurukoh genesdhaytheeve ummeedhu kuran dhen genesdhay paat that dhiguvaanekamah

    1. pretty says:
      February 14, 2017 at 10:58 pm

      Thankx Rozaina .?

  13. jee says:
    February 14, 2017 at 10:51 am

    vrah salhi mi baives. miadhu adhi upkohdhehchey ingey

    1. pretty says:
      February 14, 2017 at 11:08 pm

      Thankx Jee .?

  14. Pinker says:
    February 14, 2017 at 11:17 am

    Maa kuru but varah varah reethi…when next part?…

    1. pretty says:
      February 14, 2017 at 10:59 pm

      Thankx Pinker .? In sha Allah tomorrow

  15. fan says:
    February 14, 2017 at 11:24 am

    alhey yal asluves yaanu dheke lwbiveytha? varah kiyaa hithun mihiry. miadhu adhi upkohdhehchey. dhen dailykoh upkurairu thankolheh kuruviyas oke.

    1. pretty says:
      February 14, 2017 at 11:01 pm

      In Sha Allah maadhan upkohdheynan .?

  16. Yalvee says:
    February 14, 2017 at 12:23 pm

    OMG I cant say no to yaanu hehe mibaives hama varah salhi

    1. pretty says:
      February 14, 2017 at 11:09 pm

      Hehe yalvee thankx .?

  17. girl :))) says:
    February 14, 2017 at 1:07 pm

    miadhu mi kiyan feshi.. vv reethi story. hikal n yalvi ingey. btw love how u insert hearts nunimey jahaafa <3

    1. pretty says:
      February 14, 2017 at 11:10 pm

      Thankx girl?

  18. shiu says:
    February 14, 2017 at 1:30 pm

    varah reethi mi partves dhen inbai kiyaahithun mi iny keimadhuvefa

    1. pretty says:
      February 14, 2017 at 11:10 pm

      thankx shiu ?

  19. Faathee says:
    February 14, 2017 at 3:11 pm

    Speechless. Ehaa ves reethi. Khon iraku next part othee

    1. pretty says:
      February 14, 2017 at 11:03 pm

      Thankx Faathee .? In Sha Allah maadhan upkohdheynan .?

  20. Hykal says:
    February 14, 2017 at 7:45 pm

    evaguthu aharenge hithah hoonu fen ehcheh ossaalihen heevi eve. vaaneeves ehen thaa eve. e maabondi Yal ah dheyn jeheynee aharen neve. Yaanu eh nooneve. ?

    konme baehves hama ehaa reethi

    1. pretty says:
      February 14, 2017 at 11:02 pm

      hehe Thankx Hykal .?

  21. Reehan says:
    February 15, 2017 at 12:52 am

    Mirey new episode eh up vaane thr

  22. kiyuntheriyaa says:
    February 15, 2017 at 3:15 pm

    Maadhen up kohdheynan……… bt konmehkameh gaves time eh othumakee vaahaka kiyunterinnah varah faseyhavaane kameh kanneyge……. ( konmeh dhuvahaku story up kuraane time eh angaalumakee kiyaa kudinna varah feseyhavaane kameh kamah feney)

    1. pretty says:
      February 16, 2017 at 12:08 am

      aslu egothah time eh nubunany yageenkan neennaathy.. Ae ginafaharah reygandu up kurevenyves.. time eh bunefa up nukurevijjiyyaa anehkaa maa bodah kiyuntheringe shakuvaa annaane..

  23. Faathee says:
    February 15, 2017 at 9:09 pm

    Hi pretty wen Up kuranee

Comments are closed.

All Right Reserved!