Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާދަހާ ލޯބިވޭ 1

blue sea
February 13, 2017
5 Mins Read
37 Views
22 Comments

ހާދަހާ ލޯބިވޭ 1

މަޖީދީ މަގުން މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔަ އާދު ސައިކަލު މަޑުކޮށްލީ ފޯނެއް އައުމުންނެވެ. މޮބައިލް ނަގާ ”ހަލޯ “ އޭ ބުނެލަމުން އާދު މަގުގެ ދެކޮޅު ބަލާލިއެވެ. ފޯނުގައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެ ރީތި މޫނުމަތީގައިވާ ދާތިކި ތަކުން ސަލާމަތް ވުމަށް އިރިއިރުކޮޅާ ނިތްކުރިމަތީގައި އަތް ހިންގާލައެވެ. މޫނުމައްޗަށް ވެރިވެފައިވާ ވަރުބަލި ކަމާއިއެކުވެސް އެ ޒުވާން މޫނުމަތީގެ ރީތިކަން ކުޑަ މިންވަރަކަށްވެސް ގެއްލިގެން ނުދެއެވެ. ކަޅު، ފަން އިސްތަށިގަ ނޑުގެ އެއްބައި ޖެލް ލައިގެން ސްޓައިލް ގޮތަކަށް ހިއްލާލައިފައިވާއިރު ނިއްކުރިމަށްޗައް ސްޓައިލްކޮށް އަދި އެހާމެ ރީއްޗަށް ގެނެސްފައިވާ އިސްތަށިތަކުން އެފިރިހެންވަންތަކަން އެތައްގުނައަކަށް އިތުރުވެއެވެ. ކުރު އިސްތަށިތަކަކުން ތުނބުޅީގެ ފަޅުފިލުވާލެވިފައިވާއިރު އޭނާގެ އަޅިކުލައިގެ ކަޅިއެއްވާ ރީތި ދެލޯ ފޮރުވިފައިވަނީ ކަޅު ކުލައިގެ ރޭބަން އަވި އައިނަކުންނެވެ. އެހޫނުގަދަ ހަލަބޮލި މާހައުލުގައި މަޑުއަޅި ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓްލޫނެއްގައި ސައިކަލުމަތީ މޮޑެލް ގޮތަކަށް އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު އެހެން ހިނގާފައިދާ އަންހެންކުދި ންގެ ލޯތައް އޭނާއަށް އަމާޒުވަމުން ދާކަމެއް އާދު ނުދެނެހުއްޓެވެ . އެކޮޅުން ވާހަކަ ދެއްކި ފަރާތަށް ކުޑައިރުކޮޅަކުން މިދަނީއޭ ބުނެލުމާއިއެކު ފޯނު ކަންފަތުން ނައްޓާލަމުން އޭނާގެ ދޮން، ފިރިހެންވަންތަ މޫނުމަތީގައި ވިދާ ބަބުޅަމުން ދިޔަ ދާތިކިތަކުން ސަލާމަތްވުމުގެ ގޮތުން އައިނު ނަގާ މޫނު ފޮހެލިއެވެ. މެންދުރުގެ އެހަލަބޮލި މާހައުލާއި އެކަހެރިވެ އަރާމުކޮށްލުމަށް އާދުގެ ހިތް އެދެމުން ދިޔައިރުވެސް އޭނާގެ ހަރުދަނާ މިޒާޖާއި ޒިންމާތައް އެކަމަށް ތަނެއްނުދެއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަނބުރާ އައިނު އަޅަން އަމާޒުކޮށްލި ވަގުތު އޭނާގެ ސައިކަލު ޕާކު ކުރެވިފައިވާ ދިމާއިން ހުރިގޭގެ ދޮރުމަތީ ހުއްޓިލައިގެން ހުރި އާދަޔާ ޚިލާފު އަންހެންކުއްޖާ ފެނުމުން ކުޑަވަގުތުކޮޅަކަށް ނަމަވެސް އާދުގެ ހިތުގެ ވިންދު އަވަސްވިއެވެ. ކިތަންމެ އަވަހަށް ދާންބޭނުންވެފައި ހުރިނަމަވެސް އެއަންހެން ކުއްޖާގެ ހަރަކާތްތަކަށް ކުޑަ ވަގުތު ކޮޅަކަށްވިއަސް ބަލާލަން އާދުގެ ހިތް އެދެމުން ދިޔައެވެ. އެހެންކަމުން އައިނު އަޅާލަމުން އޭނާ ސައިކަލުމަތީގައި ހަމަޖެހިލިއެވެ. އެއާދަޔާ ޚިލާފު އަންހެން ކުއްޖާގެ މަޑުމަޑު ރަތްކުލައެއް ވެރިވެފައިވާ ދޮން މޫނުގައިވަނީ އަޖައިބެއްފަދަ އޮމާންކަމަކާއި ވިދުމެކެވެ. ތަނބިކައްޓާއި ހަމައަށް އަންނަ ކަޅުކުލައިގެ ދޫ ޖިލްބާބަކުން އޭނާގެ ހަށިގަ ނޑު ނިވައިވެފައިވާއިރު ކަނާތު ކޮނޑުގައި ހަމަ އެކުލައިގެ ދަބަހެއް އަޅުވާފައިވެއެވެ. ދިގު، ހިމަ އިނގިލިތަކުން އަތުގައި އޮތް ފޯނާ ކުޅެމުންދިޔައިރު ގެންނަމުންދިޔަ މައުސޫމް ހަރަކާތްތައް ފެންނަ ކޮންމެ މީހެއްގެ ހިތްވެސް ލޯބިން ފުރިގެންދާނެއެވެ. އެއާއިއެކު ކަޅުކުލައިގެ ބޫޓަކުން ފައިތިލަ ފޮރުވާލައިފައި ވާއިރު ނުހަނު ރީތިކޮށް ބުރަކައްޓާއި، މޭމަތި ނިވައިވާ ގޮތައް އަޅާލެވިފައިވާ ކަޅުކުލައިގެ ޝޯލް އިން އެއަންހެން ކުއްޖާގެ މޫ ނުގެ ހިތްގައިމުކަން އިތުރުކޮށްދީ އަންހެންވަންތަކަން ރައްކާތެރިކޮށްދީފައިވެއެވެ. އެތަކެއް ރީތި އަދި ފެޝަން އަންހެން ކުދިންނެއްގެ ދައުވަތު ލިބުމުންވެސް ފުރަގަސް ދެމުންދިޔަ އާދު އެއަންހެންކުއްޖާ ފެނުމުން ހުއްޓުން އެރީ ކީއްވެގެންބާއެވެ. އާދުގެ ހިތް އެދެމުން ދިޔައީ އެރީތި، މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގެ ވެރި އަންހެން ކުއްޖާއާއި ހަތަރުކަޅި ހަމަކޮށްލުމަށެވެ. ނަމަވެސް އެކުއްޖާ އަޅާފައިވާ ކަޅުކުލައިގެ ޕްރާޑާ އަވިއައިނުގެ ސަބަބުން އެކަމަށް ހުރަސް އެޅުނެވެ .ހިތާހިތުން އެ ނުދަންނަ އަންހެންކުއްޖާއަށް ތަޢުރީފް ކުރެވެމުންދިޔަ އާދުއަށް ހަމަހޭވެރިކަންވީ ކުރިމަތިން އައި ސައިކަލެއްގެ ފަހަތަށް އެކުއްޖާ އެރުމުންނެވެ. ދެބައި އުމުރުގެ ފިރިހެނެއްގެ ފަހަތަށް އެއްފަރާތަށް އަރާ އިށީނުމަށްފަހު ހިތްތަށް ކަތިލާފަދަ ހިނިތުންވުމަކާއިއެކު ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ . އެރީތި ވަގުތުކޮޅު ނިމުމަކަށް އައުމުން ކުޑަހިނިތުންވުމަކާއިއެކު އާދުއަށް ފުންނޭވާއެއްލެވުނެވެ. ފެޝަނަކަށް ނަމަވެސް އެކަހަލަ ފެޝަން ކޮންމެ އަންހެނަކުވެސް ގެންގުޅޭނަމައޭ ހިތާހިތާ ބުނެލެވުނެވެ. މިހާރު ތުއިވެގެން އުޅޭ އަންހެންކުދިންނަށްވުރެ އެތައްގުނައެއް އެއަންހެންކުއްޖާ ރީއްޗެވެ. އަންހެންވަންތައެވެ. ދީނީ އުސޫލްތަކަށް ލޯބިކުރާ އާދުއަށް އަބަދުވެސް ކަމުދަނީ އެކަހަލަ ކުދިންކަން އޭނާގެ އާއިލާއަށާއި ރައްޓެހިންނަށްވެސް އެނގެއެވެ. ނަމަވެސް އުމުރުންވީ 24 އަހަރުގައި ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން ނުވާ ގޮތްގޮތް މިއަދު ވީ ކީއްވެގެންކަމެއް ޚުދު އޭނާ އަކަށްވެސް ނޭނގެއެވެ . ފުން ޚިޔާލެއްގައި އެ އިންތާ އިން އާދު ސިއްސައިގެން ދިޔައީ ކައިރީގައި ހުރި މިސްކިތަކުން މެންދުރު ނަމާދުގެ ބަންގި ގޮވި އަޑަށެވެ. އަވަހަށް ސައިކަލުން ފުންމާލައިގެން ގޮސް މިސްކިތައް އެރީ އޮފީހަށް ދިއުމަށްވުރެ ބޮޑަށް ދީނީކަންކަމަށް ސަމާލުވުމަށް އޭނާގެ އީމާންތެރިކަން ބާރުދޭތީއެވެ .ނަމާދުކޮށްލައިގެން ސައިކަލުގައި ދުއްވާލާފައިގޮސް އާދު މަޑުކޮށްލީ މާފަންނު ކޮޅުގައި ހުރި ބޮޑު އިމާރާތެއްގެ ކުރިމަތީގައެވެ. 7 ބުރިއަށް ހެދިފައިވާ މި އިމާރާތަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު ތަނެކެވެ. އާދެ !މަޝްހޫރު ’މިއުރެކްސް‘ ކުންފުނީގެ މައިއޮފީހެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް އަދުނާންގެ ވިޔަފާރީގެ މައި ތަނބެވެ. މިއުރެކްސް ހޮޓަލާއި، މިއުރެކްސް ރިސޯޓްތަކަކީ ސަލީމްގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ. ސައިކަލުން ފައިބާފައި ދުވެލާފައި ކަހަލަ ގޮތަކަށް އާދު އޮފީހުގެ ތެރެއަށް ވަދެގެން ދިޔައެވެ. އޮފީސް ތެރެއަށް ވަދެގެން ލިފްޓާ ހަމައަށް ދެވެންދެން ފެންނަ ކޮންމެ މުވައްޒަފަކު އާދުއަށް ހިނިތުންވެލާ ބުމަ އަރުވާލައެވެ. އަދި އެއިން ކޮންމެ މީހަކަށް ޖަވާބުގައި އާދުވެސް ހިނިތުންވުމެއްދެއެވެ. ލިފްޓުގައި އޮފީހުގެ 3 ވަނަ ފްލޯއަށް އެރުމަށްފަހު އަވަސް ހިނގުމެއްގައިގޮސް އާދު ހުއްޓިލީ ’މެނޭޖަރ ކެބިން‘ ގެ ދޮރުމަތީގައެވެ. އޭނާ ޓަކިޖަހާލަމުން އެތެރެއަށްވަދެ އިށީނދެލިއެވެ .މެނޭޖަރ ގޮނޑީގައި އިށީނދެލައިގެން އިނީ 50 ކަށް އަހަރުގެ ފިރިހެނެކެވެ .މޫނުގެ ކުލަ އަލި، ރީތި މީހެކެވެ. ބޮލާއި ތުނބުޅީގެ އިސްތަށިތަކުގެ އެއްބައި ހުދުވެފައި ވީނަމަވެސް މާ ބޮޑަށް މުސްކުޅިކަމަކަށް ނުދައްކައެވެ . ލޮލުގައިވަނީ އާދުގެ ލޮލުގައި ވާފަދަ މަޑުއަޅިކުލައިގެ ކަޅިއެކެވެ .އެލޮލުގެ މަތިން ނަންބަރު އައިނެއް އަޅާފައިވެއެވެ. އެއީ މާލެއާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މެނޭޖްމެންޓް ދާއިރާއިން ޕީ.އެޗް.ޑީ ހަދާފައިވާ ޑރ.ސަލީމް އަދުނާނެވެ . ”ބައްޕާ.. ކުޑަކޮށް ލަސްވީ.. ނަމާދުކޮށްލަން ވެގެން..“ އާދު އޭނާގެ ބައްޕަޔާއި ވާހަކަ ދެއްކީ އަދަބުވެރިކަމާއެކުގައެވެ . ”އެހެންތަ؟ އެންމެ ރަނގަޅު.. ކުޑަ ވާހަކައެއް ދައްކާލަންވެފަ އޮތީމަ..“ ހިނިތުންވެލަމުން ސަލީމް ވާހަކަދެއްކިއެވެ . ”މިއަންނަ ހަފްތާގަ އެބަޖެހޭ ކޮންފަރެންސަކަށް ތައިލޭންޑަށް ދާން.. ދެން މިއަދު މަންދު ކޮލެޖުން އިގުބާލް ގުޅާފަ ބައްޕަ ކައިރި އެދެފި އަންނަ ހަފްތާގަ އެކޮލެޖްގަ އޮންނަ ސެމިނަރ އަކަށް ލެކްޗަރަރ އަކަށް ގޮސްދިނުމަށް..“ ސަލީމް ވާހަކަދައްކަމުން ދިޔައީ ވިސްނުންތެރި ކަމާއިއެކުގައެވެ . ”ބައްޕަ މީ ދުވަހަކުވެސް އެކޮލެޖްގެ ކަމަކަށް ދެކޮޅު ހެދި މީހެއް ނޫން ..އިގުބާލަކީ ބައްޕަގެ ވަރަށް ގާތް ފަރާތެއް.. އެކަމަކު ކޮންފަރެންސް ކެންސަލް ކުރެވޭކަށްވެސް ނެތް.. އެހެންވެ މިހާރު މިވިސްނަނީ ބައްޕަގެ ބަދަލުގަ ދަރިފުޅު ސެވިނަރއަށް ދިޔުމުން ކިހިނެތްވާނެބާއޭ؟“ ސަލީމް އޭނާގެ އައިނު ނަގާ މޭޒުމަތީގައި ބާއްވާލިއެވެ . ”ބައްޕާ.. އަޅުގަ ނޑު ދުވަހަކުވެސް ކިޔަވަދީފައެއް ނެތް “.. ”އެއީ އުނދަގޫކަމެއް ނޫން..ދަރިފުޅު ތީ ނުލާހިކު ރަނގަޅަށް އެދާއިރާއިން ޑިގްރީ ހަދާ ފާސްވެފައި ހުރިކުއްޖެއް.. އެހެންވީމަ ޕޮއިންޓްކޮޅެއް ނޯޓްކޮށްގެން ލެކްޗަރއެއް ދޭން އެހާ އުނދަގުލެއް ނުވާނެ..ދެން އާދު ދާން ބޭނުންނުވަންޏާ މަޖުބޫރުކުރާކަށް ބައްޕަ ބޭނުމެއްނޫން “.. ”ނޫނޭ..އަޅުގަ ނޑު ހަމަ ރެޑީ..އަންނަ ހަފްތާގަ ވެއްޖެއްޔާ ރެޑީވެލަން އަދި ދެތިން ދުވަސް މިއޮތީނުން..“ އާދު ހިނިތުންވެލަމުން އޭނާގެ ބައްޕަގެ ހިތްހަމަ ޖައްސައިދިނެވެ . ”އައިމް ޕްރައުޑް އޮފް ޔޫ ސަން..“ ސަލީމް ހިނިތުންވެލަމުން އާދުގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ . ތެދެކެވެ. އާދު އަކީ ސަލީމްގެ ހަތަރު ކުދިންކުރެ އެންމެ ކިޔަމަންތެރި ކުއްޖާއެވެ. ސަލީމްގެ ހުރިހާ ސިފަތަކެއް ލިބިފައިވާ ކުއްޖާއެވެ. ސަލީމްގެ ލޮލުގެ ކުލަވެސް ލިބިފައިވަނީ ހަމައެކަނި އާދުއަށެވެ . ބައްޕައާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހ އާދު އޭނާގެ ކެބިންއަށް ދިޔައީ ކޮލެޖަށް ދާންޖެހޭ ގަޑިތަކާއި ލެކްޗަރ ދޭންޖެހޭ މަޢުލޫތަކުގެ ލިސްޓެއް ހިފައިގެންނެވެ. ގޮނޑީގައި އިށީނދެ ކަރުގައިވާ ޓައީ ދޫކޮށްލަމުން އޭނާ ފުން ނޭވާއެއް ލަމުން ލޯމަރާލިއެވެ. ލޯ މަރާލުމުން އޭނާއަށް ފެނުނީ އެއްކަލަ އަންހެންކުއްޖާއެވެ. އެފަރި ހަރަކާތްތަކެވެ. އެރީތި ހިނިތުންވުމެވެ. އާދުއަށް އިޚްތިޔާރަކާ ނުލާ ހިނިތުންވެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ . ”އާދު.. މިއަދު ގެނައި ޑޮކިއުމެންޓް.. އޭ ….އާދު…“ އާދު ސިއްސައިގެންދިޔައީ އޭނާގެ ބޭބެ އަދުހަމްގެ އަޑުންނެވެ . ”އަނ… އާނ… ކީކޭ ދޮންބޭ..؟“ އާދު ވާހަކަ ދެއްކީ އަޅައަޅައިގަންނަމުންނެވެ . ”ހާދަ ނުފެންނަ މަންޒަރެއް.. އަނެއްކާ..“ އަދުހަމް އާދުގެ ކޮނޑުގައި ޖަހާލަމުން ދިމާކޮށްލިއެވެ . ”ދެން ދޮންބެވެސް.. ދިމާކުރާނެ ގޮތެއް ނުފެނިފަ ހުންނާނީ..“ އެއްމިޔަކަނުން ނުހަނު ފިރިހެންވަންތަ ހިނނތުންވުމެއް ދެމުން އާދު ޖަވާބުދިނެވެ . ތެދެކެވެ. އަދުހަމަކީ މަޖާކުރުމަށް ނުހަނު ފޯރި ހުންނަ ޒުވާނެކެވެ. އޭނާގެ ހަގަށް ތިބޭ ކުދިންނާއި ދިމާކޮށް ސަކަރާތް ޖެހުމަކީ ކުޑައިރުއްސުރެ ކުރާހިތްވާ ކަމެކެވެ. އާދުއަށްވުރެ 3 އަހަރު ދޮށީކަމުގައިވިޔަސް އުޅޭ އުޅުމުން ހީވާނީ އޭނާއަށްވުރެ ހަގުހެންނެވެ. އަދުހަމަކީ ދިގު އިސްކޮޅަކާއި، ކަޅު ކަޅިއެއްވާ ލޮލަކާއި އަދި ފަން އިސްތަށިގަ ނޑެއްގެ ވެރިއެކެވެ .ރީތިކަމާއި، ފެޝަނަށް ލޯބިކުރުމާއިއެކުވެސް އުޅުމާއި އަޚުލާގު ރަނގަޅު ޒުވާނެކެވެ. ”މިއުރެކްސް“ ކުންފުނިން ހިންގާ ރިސޯޓްތަކުގެ ކަންތައްތައް ބަލަހައްޓަނީ އޭނައެވެ . ”ދެންދޯ.. މިއުރެކްސް ގެ މރ. ހޭންސަމް ތިގޮތައް އިންދަ ފެނުނީމަ.. ހަމަ ހީވަނީ ޑްރީމިން އޮފް.. އެހްހްމްމް..“ އަދުހަމް ހިނިގަ ނޑެއް ޖަހާލިއެވެ . އާދު ހިނިތުންވެލިއެވެ. ޖެއްސުމަށް ނަމަވެސް މިފަހަރު އަދުހަމް އެބުނީ ތެދެކެވެ. ”ނޫނެކޭ.. ލެކްޗަރަރ އަކަށް ވާނެ ގޮތާއިމެދު މިވިސްނަނީ “.. ”ވަޓް..؟؟ ޔޫ..؟ ޔޫ ގޮއިން ޓު ބީ އަ ލެކްޗަރަރ؟“ އަދުހަމްގެ ދެލޯ ބޮޑުވިއެވެ . އާދު ހީލަމުން ސަލީމް ދެއްކި ވާހަކަތައް އަދުހަމް އަށް ކިޔައިދިނެވެ ” .އޯހހ.. ބައްޕަގެ ބަސްއަހާ ދަރިފުޅު.. ހެހެ..ޕްރައުޑް ޓު ބީ ޔުއަރ ބިގް ބްރަދަރ..“ އަދުހަމް އާދުގެ އިސްތަށިގަ ނޑު ހަޑިކޮށްލިއެވެ . ”އެންޑް ޖެލަސް އޮފް މައި ހެއަރ..“ އަދުހަމްގެ އިސްތަށިގަ ނޑު ހާވާލަމުން އާދުވެސް ޖެއްސުން ކޮށްލިއެވެ . ދެބެންގެ ސަކަރާތަށްފަހު ކުރަން އައި މަސައްކަތް ނިންމާލުމަށްފަހު އަދުހަމް ދިޔައީއެވެ. ނަމަވެސް އާދު އޭނާގެ މަސައްކަތް ކުރަން އުޅެއުޅެ އެއްގޮތަކަށްވެސް ކުރެވޭގޮތެއް ނުވިއެވެ. ހަނދާންވަނީ އެ އަންހެންކުއްޖާއެވެ. ގަޑިން 4 ޖެހިއިރުވެސް އާދު އުޅުނީ މިފަދަ ހާލެއްގައެވެ. އެންމެ ފަހުން ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ . އާދު ގެއާ ދިމާއަށް ދިޔައީ އަސްރު ނަމާދު ކޮށްގެންނެވެ. ”މިއުރެކްސް “ ގެ ދޮރުމަތީ ސައިކަލު ޕާކް ކުރުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. 5 ބުރިއަށ ހަދާފައިވާ މާލޭގެ މަޝްހޫރު ”މިއުރެކްސް “ އަކީ އެންމެންވެސް ދަންނަ ގެއެކެވެ. ބޭރުދޮރުން ވަންނައިރު ފުރަތަމަ އޮންނަނީ ބަގީޗާއެކެވެ. ހިނގާ މަގުގެ ދެފަރާތުގައި ތަފާތު މާގަސްތައް ހައްދާފައިވެއެވެ. ގޭގެ ބޭރުގައި ލާފައިވަނީ މަޑު ނޫކުލައެކެވެ. ބޮޑުދޮރުން ގޭތެރެއަށް ވަންނައިރު ފެންނަނީ ތަޅުމުގައި ތަންކޮޅެއް ގަދަ ނޫކުލައެއްގެ މާބްލް މުށި ޖަހާފައިވާ ބޮޑު ސިޓިންގ ރޫމެކެވެ. ސިޓިންރޫމުގެ ފަޅުފިލުވާލެވިފައިވަނީ ތަފާތު މާޓުކުރިތަކުންނާއި މަސް ޓޭންކް ތަކުންނެވެ. ގޭގެ ގްރައުންޑް ފްލޯރގައި ސިޓިންރޫމްގެ އިތުރަށްވަނީ ބަދިގެބަޔާއި، ސަލީމްގެ ދެމަފިރިންގެ ކޮޓަރިއާއި، އަދުހަމްގެ ދެމަފިރިންގެ ކޮޓަރިއާއި އަދި ސަލީމްގެ ހަގު ދަރިފުޅު އުލާގެ ކޮޓަރިއެވެ. އަދި ފުރަތަމަ ފްލޯރގައި ހުންނަނީ ސަލީމްގެ ކޮއްކޮ ސައީދާގެ ކޮޓަރިއެވެ. އެބަޔަކީ ސަލީމް ސައީދާއަށް ދީފައިވާ ބައެކެވެ. ނަމަވެސް ސައީދާ ވެސް ކެއުމާއި އަދި އާއިލީ ކަންތައްތައް ކުރަނީ ގޭގެ އެހެންމީހުންނާ އެކުގައެވެ. އާދުގެ ކޮޓަރިއާއި، އާދުގެ ހަގަށް ހުންނަ އިޒާންގެ ކޮޓަރި ހުންނަނީ ދެވަނަ ފްލޯރގައެވެ. އެބައިގައި ޖިމް ރޫމަކާއި 2 ގެސްޓް ރޫމްވެސް ހުރެއެވެ. އޭގެ މައްޗަށް ހުންނަ ތިންބައި ހުންނަނީ ކުއްޔަށް ދީފައެވެ. ނަމަވެސް ޓެރަސް ވެފައި އޮންނަނީ ފެމިލީ ފަންކްޝަންތައް ބާއްވާ ތަނެއްގެ ގޮތުގައެވެ . ”ސަޕްރާއިޒްޒް …“ އާދު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެންމެން ހަޅޭއްލަވައިގަތެ ވެ . ލިބުނު ސިހުމާއިއެކެ ސަފަކަށް އެތުރިތިބި އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ . އާދު އެންމެ ހައިރާންވީ ސަލީމް އާއި އަދުހަމްވެސް އެތާނގައި ހެވިފައި ތިބުމުންނެވެ. ނަމަވެސް އެތާނގައި ޚާއްސަ ކަމެއް ފެންނާކަށް ނެތެވެ. އާދު ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ .

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

blue sea

Other Articles

Previous

ފުން ލޯބި (12)

Next

ފުން ލޯބި (13)

Next
February 14, 2017

ފުން ލޯބި (13)

Previews
February 13, 2017

ފުން ލޯބި (12)

22 Comments

  1. blue sea says:
    February 13, 2017 at 10:52 pm

    i ah mi story v reethi vegen mi story mi up kury..hope u all will like it too ….

    1. aish says:
      February 16, 2017 at 10:03 am

      varah gina duvas vehje mi vahaka hoadathaa.. thanks up kohdeythy 🙂

  2. Kiyuntheriyaa says:
    February 13, 2017 at 11:01 pm

    Thy v reethi vaahakaeh. Thnkx up kureema. V v v beynun vaahakaeh thy kiyaalan. Red ridding hood.

    1. blue sea says:
      February 13, 2017 at 11:08 pm

      tanks

  3. Shy beauty says:
    February 13, 2017 at 11:05 pm

    V reethi…next ep kon irakun????

    1. blue sea says:
      February 13, 2017 at 11:08 pm

      2morrow

  4. Shiyaa says:
    February 13, 2017 at 11:07 pm

    Varah reethi☺

    1. blue sea says:
      February 13, 2017 at 11:09 pm

      10Q

  5. mishel says:
    February 13, 2017 at 11:08 pm

    Ehentha mish heekury laya ehen namehga alun liyan feshee kamah

    1. blue sea says:
      February 13, 2017 at 11:10 pm

      ooh..tanks 4 thi comment

  6. Badoo says:
    February 13, 2017 at 11:23 pm

    Varah reethi mivahakaves thanx

    1. blue sea says:
      February 13, 2017 at 11:26 pm

      tanks..

  7. leon says:
    February 13, 2017 at 11:56 pm

    tanxs up kohdheythy..thi vaahaka eh adhi nukiyan..hykuran reethi vaane kamah

  8. cutex says:
    February 13, 2017 at 11:58 pm

    vv nice begining

  9. Anonymous says:
    February 14, 2017 at 12:01 am

    Mees meehun kohfa hunna bura massakaiy mi upkuranee amilla ah credit hoadhan dho..amilla ah vaahaka liyan neygenya ehen meehunge vaahakathah upkohgen reethinan hoadhan ulhumakee v viyaanudhaa kameh…e liyuntheringe hudhdha haodhaafa upkureveynee ves

  10. geetha says:
    February 14, 2017 at 8:33 am

    next part avas kohn up kohdhee plxxx?

  11. Lam says:
    February 14, 2017 at 10:13 am

    Mi vaahaka kiyaafin…vvv reethi…

  12. mutha says:
    February 14, 2017 at 12:33 pm

    She is copy pasting other writers story too. plx do something

  13. Meee says:
    February 14, 2017 at 1:19 pm

    Mee nimifa inn vaahakaeh.. thigothah ehn meehunge stories thah copy paste kurumaky v kada kameh.. amillain vaahaka liyan neygenna copy nukoh vaahaka kiyan hurebala.. just like us

    1. naju says:
      February 18, 2017 at 11:12 am

      mi story in page eh bubeba

  14. Rau Shan says:
    February 14, 2017 at 2:23 pm

    Alhe wqiting……. Jon gadiehgrta up kuraany I mean haveeru or mirey?? BTW v reeti

  15. Aisha says:
    February 14, 2017 at 3:19 pm

    Aisha nukiyan thivaahaka eh varah reethi mi part

Comments are closed.

All Right Reserved!