ހުރިހާ ކަމެއް ވަމުން ދިޔަ ގޮތް އޮމާންކަމުން ދެން އެމީހުންގެ ޙަޔާތަށް ކުޑަވެސް ކޫރުމެއް ނާންނާނެހެން އެ މީހުންނަށް ވެސް ހީވަމުން ދިޔައެވެ. އެހެނަސް ވިސާމްގެ މާޒީގައި އޭނައަށް ވެސް ފޮރުވިފައިވި ސިއްރު ބިރުވެރި ހުވަފެނެއްގެ ސިފައިގައި އޭނަގެ ޙަޔާތް ބަނަކުރުމަށް އަންނަމުން ދާކަން އޭނަ ނުދެނެ ހުއްޓެވެ.
**
“ހެލޯ ބައްޕާ! ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ. އޭތި އަހަރެން އަތުން އަނެއްކާވެސް ގެއްލިއްޖެ!” ހާސްވެފައިވާ އަޑަކުން އެ ވާހަކަ ބުނެލީ އޭނަގެ ތަނަވަސް ކޮޓަރީގެ އެކި ތަންތަން ހާވަމުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރި ޒައިދެވެ.
“ކީކޭ؟! ކިހިނެއް އޭތި ގެއްލުނީ؟” ފޯނުގެ އަނެއްކޮޅުން ބައްޕަގެ އަޑު އައި ވަގުތު ޒައިދް ދެންވެސް އޭނަގެ ވަތްގަނޑެއް ހާވަމުން ދިޔައެވެ.
“އައި ޑޯންޓް ނޯ ޑޭޑް! ވަރަށް ހީވޭ އެ ޝިޔާ އޭތި އަނބުރާ ނެގީހެން. އޭނަ އިހަކަށް ދުވަހު މިގެއަށް އައި.” ޒައިދް ފުން ނޭވައެއް ދޫކޮށް ދެލޯ މަރާލަމުން ބުނެލިއެވެ.
“ޒައިދް ހައު ކުޑް ޔޫ ލެޓް ދިސް ހެޕެން؟ އޭތި އަތުޖެހުނުތަނާ އަންދާނުލީ ކީއްވެ؟ ދެން ޖެހޭނީ ވީހާވެސް އަވަހަކަށް ޒައިދް ޝިޔާއާއި ދެވަން. އެހެންނޫނީ އެކުއްޖާ އަތުގަ އެބައޮތް އަހަރުމެން ބަރުބާދުކޮށްލެވޭނެ ހަތިޔާރެއް. މި ހުރިހާ ދުވަހު އޭނަ އަހަރުމެންނާ ދެކޮޅަށް އެއްޗެކޭ ނުބުނެ ހުރީ ކީއްވެކަމެއްވެސް އެނގެނީއެއްނޫން. ޝީޒް ޑޭންޖަރަސް. އަހަންނަށް ފެންނަނީ ހަމަ މިއަދު ކައިވެނީގެ ވާހަކަ ދައްކަން.” ބައްޕަ ކަންބޮޑުވުމަކާއެކީ ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި ޒައިދް ވާހަކަ ދެއްކިއެވެ.
“އެހެން ވާނެހެނެއް ހިއެއްނުވޭ ޑޭޑް. ޝިޔާގެ ބައްޕަ ނުލާހިކު ޝިޔާދެކެ ލޯބިވޭ. އޭނަ ބޭނުންވާ ގޮތަށް ނޫނީ ކަންތައް ކޮށްނުދޭ. ޝިޔާ ބޭނުންވަނީ ސީދާ ވިސާމާއި ހަމައަށް އޭތި ގެންދަންހެން އަހަންނަށް ހީވަނީ. އިއްޔެ އަހަރެން އެ ގެއަށް ދިޔައިމަ ޝިޔާ އައްޑޫއަށް ދާން ބޭނުންވެގެން އުޅޭ ވާހަކަ އޭނަގެ ބައްޕަ ބުނި. އައްޑޫއަކީ ޝިޔާގެ މަންމައާއި ބައްޕަ ވެސް ރުޅިއަންނަ ރަށެއް. އެއީ ހަމައެކަނި ވިސާމާހެދި. އެކަމަކު ޝިޔާ އެމީހުންނަށް ޙަޤީޤަތް ހާމަކޮށްފިއްޔާ އެކަންވެސް ބަދަލުވެދާނެ.” ޒައިދް މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ގޯޑް ވީ ހޭވް ޓު ގެޓް އައުޓް އޮފް ދިސް މެސް! ވިސާމާއި ހަމައަށް އޭތި ފޯރައިފިއްޔާ ސަލާމަތެއް ނޯންނާނެ. ޒައިދް، ޝިޔާ ތިކޮޅުގަ މަޑުކުރުވޭތޯ މަސައްކަތް ކުރޭ ކޮންމެވެސް އެއްގޮތަކަށް. އަހަރެން އެކޮޅުގަ ތިބި ބައިވެރިންނާއެކީ ވިސާމަށް ކޮންމެވެސް ގޮތެއް ހަދާލެވޭތޯ ބަލާނަން. ކޮންމެ ގޮތެއްވިޔަސް އެ ސިޓީ ވިސާމްގެ އަތަށް އަރައިގެން ނުވާނެ.” ބައްޕަ އެހެން ބުނެލުމުން ޒައިދް ސާބިތުކަން ވެރިވެފައިވި މޫނަކާއެކީ ހޫންލައްވާލިއެވެ.
**
ޖެނުއަރީ މަހުގެ އިމްތިޙާންތައް ނިމި ކިޔެވުން ފެށިގެން ދިޔުމުން އަޒާން އައިމަންގާތު ސްކޫލަށް އަނބުރާ އައުމަށް އެދުނެވެ. އައިމަނަކީ މިހާރު އަމިއްލައަށް ފައިސާ ހޯދައި އަމިއްލައަށް ކައި އުޅޭ ކުއްޖަކަށް ވިޔަސް އޭނަ އުޅެމުން ދަނީ އޭނަގެ ޢާއިލާއާއި އެއްފުރާޅެއްގެ ދަށުގައެވެ. މަންމައާއި ބައްޕަ އޭނަ އެގޭގައި ނުއުޅެން އެދުނެއްކަމަކު އަޒާން އެގޮތް ބޭނުމެއް ނުވުމުންނެވެ. އަދި އަމުދުން ދެބެއިންނަށް 18 އަހަރު ވީ ދުވަހު އަޒާންގެ ނަންމައްޗަށް ގޭގެ ބޮޑުބައެއް ރަޖިސްޓްރީ ކުރުމުން، އަޒާން އޭނަގެ ބާރުގެ ބޭނުންކޮށް އައިމަން ހުންނާނީ އެގޭގައި ކަމަށް އެންމެނަށް އެންގުމުންނެވެ. އެދުވަހުގެ އެ ވަގުތު ކޮޅުން ވެސް ދެބެއިންގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުން ބަދަހިވެގެން ދިޔައެވެ. ދެބެއިންގެ ދެމެދުގައި އަނެއްކާވެސް ވާހަކަ ގިނަވެގެން ދިޔައީ ބަދަހިވެގެން ދިޔަ އެ ގުޅުމުގެ ސަބަބުންނެވެ.
“ޑޫޑް ދެން ބުނެބަލަ!” އަޒާން އެހެން ބުނެލީ އެމީހުން އެކީގައި އެންމެ ގިނައިން އައިސްއުޅޭ ބްރިޖްގެ ކައިރީގައި އޮންނަ ދޮންވެލިގަނޑުމަތީގައި އިނދެއެވެ.
“ހޯވް! ބްރޯ މިހާރު އަންހެން ކުއްޖަކަށްވުރެ ގޯސް. ވާހަކަ ދައްކަން ނުއުޅުނީމަވެސް ގެޓެއްނުވޭ.” އަޒާންގެ ކައިރީގައި އިން އައިމަން ސަމާސާ ރާގަކަށް ބުނެލިއެވެ. އަޒާން ޗޮއްކަނޑާލިއެވެ.
“އައްމު އައި ކެއާރ އެބައުޓް ޔޫ. އޭ ލެވެލް ނިންމާފަ ހުރިއްޔާ ފަހުން ވަރަށް ފަސޭހަވާނެއޭ. އެންމެން ހާދަ އުއްމީދެއް ކުރެއޭ އައްމު ކިޔެވެން އޮތް އެންމެ ދުރަކަށް ކިޔަވަން. ވަޓް ހެޕެންޑް ޓު ޔޫ؟ ސީރިއަސްކޮށް އަހަންނަށް ކިޔާލަދީބަލަ. ދިސް އިޒް ސީރިއަސްލީ ނޮޓް ޔޫ.” އަޒާން ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ބުނެލިއެވެ. ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ދުރު ބަލަން އިން އައިމަން އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“ވީ ގޮތަކީ އަހަރެންގެ ނަސީބުހުރި ދުވަސްތައް ނިމުމަކަށް އައީ. އަހަރެން ޒާންހާ ނަސީބުގަދައެއްނޫން މިހާރު. މިއީ ޒާންގެ ދުވަސްވަރު. މިއަދު ޒާން ބޭނުންވިހާ ކަމެއް ޒާންއަށް ލިބިފަ ތިހިރީ. ބްރިލިއެންސް، ޕޮޕިއުލަރިޓީ، ގާރލްފްރެންޑް…….” އައިމަނަށް އެހެން ބުނެވުނުތަނާހެން ޒާން ވަޓްއޭ ކިޔާލީ ޤަބޫލު ނުކުރެވިގެން އުޅޭ ފަދައަކުންނެވެ. އައިމަން އޭނައަށް ބަލާލި ވަގުތު އެ މޫނުމަތިން ހިނިތުންވުމެއް ފެނިފައި އައިމަނަށް ހީލެވުނެވެ.
“ހޫނ ދެން ހެދޭނެކަމެއް ނެތޭ. ކޮންމެ ދުވަހަކު ހެވިދިއްލިފަހުރެ ގެއަށް އަންނަނީ ކީއްވެކަން މަށަށް ނޭނގޭ ކަމައްތަ ހީކުރަނީ؟ މަ އެހާވެސް ގަމާރެއްނޫނޭ.” އައިމަން އެހެން ބުނެލި ހިނދު އަޒާނަށް ހެވެން ފެށިއެވެ.
“ހެހެ…….ގާލްފްރެންޑެއްނޫން ދެން. އިޓްސް ޖަސްޓް……” އަޒާންގެ ވާހަކަ މެދުކެނޑުނެވެ.
“ސާބަސް! ފްރެންޑް ޒޯން އިން އަދިވެސް އަރައިނުގަނެވިގެން އުޅެންޏާ އަހަރެން ކައިރި ނުބުނީ ކީއްވެ؟ ޕިސް ޕިސް…….ތިހާ ރަކިވާކަށް ނުވާނެ ފިރިހެން ކުއްޖަކަށްވެ ހުރެ. އެއީ ކޮން ކުއްޖެއް؟ އަދިވެސް އެ ހުދާތަ؟” އައިމަން އަހާލިއެވެ.
“އާނ……އަސްލު އަހަރެން ބޭނުމެއްނުވަނީ ރައްޓެހިވާކަށް. ހުދާ އެދުނު އެކަމަކު އަހަރެން ބުނިން އަހަރެން އެގޮތް ބޭނުމެއްނުވެއޭ. ދެޓް ޑަޒްންޓް ފީލް ރައިޓް.” އަޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. ހަމަ އެއާއެކު އައިމަން ނިކަން ބާރަށް އެއްއަތުން އޭނަގެ އަމިއްލަ ނިތުގައި ޖަހާލިއެވެ.
“ސުބުޙާނަ ﷲ މަ ކީއްތަ ކުރަންވީ މި ކުއްޖާއަށް؟ ތިހެން ހަދައިގެން އުޅެނިކޮށް ހުދާ އެހެން މީހަކާ ރައްޓެހިވާނީ. ދެން ކިހިނެއް ހަދާނީ؟” އައިމަން އަހާލިއެވެ. އެ ހިނދު އަޒާންގެ ހިނިތުންވުން ފިލައި އޭނަގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. އޭނަ ހުދާގެ އެ އެދުމަށް ފުރަގަސްދިނީ އެއީ ﷲ ރުހިވޮޑިގެންވާނެ ކަމެއް ނޫންކަން އޭނައަށް އެނގިފައިވާތީވެއެވެ. އޭނަ އޭނައަށް ފެންނަހާ ޢިލްމެއް ފުންކޮށް އުނގެނެން މަސައްކަތް ކުރިއެއްކަމަކު އޭނަ މިހާތަނަށް އައިއިރު އެދިގެން ހުރެވެސް ދީނާއިމެދު އުނގެނިފައިނުވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ﷲ އަށް އުރެދިގެންނުވާނެ ކަމަށް އޭނަގެ ހިތް ބުނަމުން ދެއެވެ. ދީނުގެ މާ ބޮޑު ޢިލްމެއް ލިބިފައި ނެތަސް އޭނައަށް އޭނަގެ ތަޣައްޔަރުނުވާ ވިސްނުމުން ރަނގަޅު ނިންމުންތައް ނިންމިފައިވާ ފަދައެވެ. އެހެނަސް އެ ޢިލްމު ނެތުމުގެ ސަބަބުން އަޒާނަށް އަދިވެސް އެކި ޙާލަތްތަކުގައި ހުރެވެނީ ޝައްކެއްގެ މަތީގައެވެ. އޭނައަށް އަދިވެސް އޭނަގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ދަސްވެފައެއްނެތެވެ. އޭނައަށް އެއާއި ބެހޭ ގޮތުން ރަނގަޅަށް ނުވެސް އެނގޭ ދީނަކަށްޓަކައި މިފަދަ ބޮޑު ޤުރުބާނީއެއް އޭނައަށް ދެވޭނީ ކިހިނަކުންތޯ މިވަގުތު ވެސް އޭނަގެ ހިތް ސުވާލުކުރިއެވެ. ހަމަ އެވަގުތު އައިމަން ވާހަކަ ދެއްކިއެވެ.
“ޒާން ޔޫ ކާންޓް ޑޫ ދިސް. ޒާން ޖެހޭނީ ހުދާ ކައިރިއަށް ދާން. ވީހާވެސް އަވަހަކަށް. އިން ފެކްޓް އަހަރެން ބުނާނީ ހަމަ މިރޭ ދާން. މިރޭ ގޮއްސަ ހުދާދެކެ ލޯބިވާ މިންވަރު ހުދާއަށް ކިޔައިދީ. އަހަރެން ޓިޕްސްތައްދޭނަން.” އައިމަން އެހެން ބުނެލީ އޭނަގެ ބޭބެ ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. އޭނައަށް ވީ ފަދައިން އޭނަގެ ބޭބެއަށް ބޭބެ ލޯބިވާ ފަރާތެއް ގެއްލެން ބޭނުންނުވީތީވެއެވެ. އެކަމުގެ ދިލަކަން އޭނައަށް އަދިވެސް އިޙްޞާޞް ކުރެވެމުން ދާތީވެއެވެ. އައިމަންގެ އެ ވާހަކައަށްފަހު އަޒާން އިރުކޮޅެއް ވަންދެން ހިމޭނުން އިނުމަށްފަހު ބޯޖަހާލަމުން ހޫންލައްވާލިއެވެ.
އަޒާން ފަދައިން ވިސާމަށް ވެސް ދީނަށްޓަކައި އޭނަގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ދަތިވެފައިވިއެވެ. ޝަފަޤް އޭނަ ކައިރި މީހުންނަށް ޖެހިލުންވުމެއްނެތި ކޮންމެ ތާކުވެސް ނަމާދުކުރަން ނަޞޭޙަތް ދިނެއްކަމަކު ވިސާމަށް ހަމަ ނަމާދު ކުރެވެނީ ގޭގައި ހުރެއެވެ. އޮފީސް ބުރަވެ މެންދުރު ނަމާދާއި ޢަޞްރު ނަމާދުވެސް ގެއްލޭ ދުވަސްދުވަހު ވިސާމް ގެއަށް އައިސް އެ ނަމާދުތައް ޤަޟާ ކުރަނީ ރޮމުންނެވެ. ރުއިމުގެ އެއްވެސް ބޭނުމެއްނެތޭ ކިޔައި ޝަފަޤް ނުރުހުންތެރިކަން ފާޅުކުރަން ބޭނުންވިއެއްކަމަކު އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަނީ ވިސާމަށް ވެސް އެޅޭނީ ފަހަރަކު ފިޔަވަޅެއްކަން އަމިއްލަ ނަފްސަށް ވިސްނައިދީގެންނެވެ. އަދި ވިސާމަށް ރަނގަޅު ކަންތައްތަކެއްގެ ގޮތުން އޭނައަށް ކުރަން ފަސޭހަވާނެ ކަންތައްތައް ކިޔައިދެމުންދިޔައީ އޭނަގެ އުއްމީދު އާލާ ކޮށްދިނުމަށްޓަކައެވެ. މިގޮތުން އޭނަ އެންމެ ފުރަތަމަ ކަމަކަށް ބުނީ އެންމެ ރަނގަޅު މީހުންނަކީ އެމީހެއްގެ ޢާއިލާ މީހުންނަށް ރަނގަޅު މީހެއްކަމެވެ. އެ ވާހަކަ އަޑުއިވުނު ދުވަހުއްސުރެ ވިސާމް އިހުނަށްވުރެ ވެސް ބޮޑަށް ޝަފަޤާއި މިޝްކާއަށް ކަންތައް ކޮށްދޭން ފެށިއެވެ. އެމީހުންނާއެކީ އިހުނަށްވުރެ ގިނަ ވަގުތުތައް ހޭދަކުރަން ފެށިއެވެ. ވިސާމް ކުރާ ކޮންމެ ކަމެއްގައި އޭނައަށް ސުންނަތް އެނގޭ މިންވަރަކަށް ސުންނަތާއި އެއްގޮތަށް ޢަމަލުކުރަމުން ދިޔަ ގޮތުން ޝަފަޤަށް ހުއްޓުމެއްނެތި ހިނިތުންވެވެމުން ދިޔައެވެ. މިހުރިހާ ކަމެއްގެ އުފާވެރި ޚަބަރު ރަޝީދާއާއި ހަމައަށް ގެންދަން އެތައްފަހަރަކު ހިތަށްއެރިއެއްކަމަކު ޝަފަޤް އިންތިޒާރު ކުރަމުން ދިޔައީ ވިސާމް އަމިއްލައަށް މަންމަގެ ވާހަކަ ދައްކާނެ ދުވަހަކަށެވެ. އެފަދަ ވާހަކައެއް އެދެމެދުގައި ދެކެވެން އުޅެވުނު ދުވަހަކު އެކަމަށް ހުރަސް އެޅިގެން ދިޔައީ ޝަފަޤްގެ ފޯނަށް އައި ކޯލަކުންނެވެ.
“އައްސަލާމްޢަލައިކުމް!” ގުޅީ ބޮޑުދައިތަ ކަން އެނގި ޝަފަޤް ބަދިގޭގެ ކެބިނެޓް މަތީގައި އޮތް އޭނަގެ ފޯނު ސްޕީކަރަށްލިއެވެ. އެވަގުތު ވިސާމްވެސް އެތާ ކައިރީގައި ހުރެ މެންދުރު ކެއްކުމަށްޓަކައި ޝަފަޤަށް އެހީވުމުގެ ގޮތުން ތަރުކާރީ ކޮށަމުން ދިޔައެވެ.
“ކިތަންމެ ވަރަކަށް ސަލާން ގޮވިޔަސް މަ ކިޔާނީ ހަމަ ހެލޯ! ދެންވެސް ތި ގޮތްގަނޑު ދޫކުރަން އުޅެބަލަ. އެއޮތް ގަދަ ވިސާމް ވެސް ތި އުޅުމުގެ އަވައިގަ ޖެހިގެން މުޅިން ބިކަވެފަ މިހާރު އެ ހުންނަނީ. ކަލެއަށް ވާ ހަމަ ސާބަސް!” ޒަމީނާ މަލާމާތުގެ ރާގަކަށް ދެއްކި ވާހަކަތަކަށް ޝަފަޤާއި ވިސާމްގެ ޙަރަކާތްތައް ވެސް މަޑުވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވަގުތު ޝަފަޤް ބޯހޫރުވާލީ އެވާހަކަތައް އަޑުނާހާށޭ ބުނާ ފަދައަކުންނެވެ. އެއަށްފަހު އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޒަމީނާ ދެންވެސް ވާހަކަ ދެއްކިއެވެ.
“މަގޭ ދަރިފުޅު މިހާރު ރައްޓެހިވެގެން އުޅެނީ ކާކާކަން އެނގޭތަ؟ މަޝްހޫރު ޚާލިދުގެ ދަރިފުޅާ. ޚާލިދުގެ މުދަލުގެ ބޮޑުބައެއް ވެސް ވަނީ އެ ދަރިފުޅުގެ ނަންމަތީގަ. އޭނަ ހުދާއަށް ދޭން އެތައް އަގުބޮޑު ހަދިޔާތައް ވެސް ގެނެސްދޭ މާ ޝާ ﷲ!” ޒަމީނާ އުފާވެފައިވާ އަޑަކުން ކިޔައިދިން ވާހަކައިން ޝަފަޤް އިންތިހާއަށް ނުރުހުންވިއެވެ.
“ދައްތާ! ދައްތަ ކިހިނެއްތަ ހިތުން ރުހުމުން ހުދާ އެފަދަ ގޮތަކަށް ދޫކޮށްލައިގެން ތިއުޅެނީ؟ އެ ގޮތަށް ރައްޓެހިވާން ހިތްވަރު ދިނުމުން ކުރިއަށް އޮތް ތާނގަވާނެ ގޮތާއިމެދު ދައްތަ ވިސްނާލިންތަ؟” ޝަފަޤް އަހާލިއެވެ.
“އާނ ވިސްނާލިން. އަހަރުމެންނަށް ވަރަށް މުއްސަނދި ދަނބި ދަރިއެއް ލިބިގެން ދާނީ. ކިހާ ރަނގަޅު؟ މަށަށް ފެންނަނީ ދެން ޝަފަޤް ވެސް ތި ވިސާމަކު ދޫކޮށްލަން. މިހާރު އޭނަ އަތުގަ ހުރީ ކޯޗެއް. އޭނައަށް ލިބޭ މުސާރައިން ކިރިޔަ ކިރިޔާ ކަލޭމެންނަށް އުޅެވޭނީކަން މަށަށް ޔަޤީންވިއްޔާ.” ޒަމީނާ ދެއްކި ވާހަކައިގެ މެދު ތެރެއިން ވަޅި ހިފައިގެންހުރި ވިސާމްގެ އިނގިލީގައި ވަޅި ޖެހި ލޭ އަންނަން ފެށުމުން އޭނަ ސިހުންވިއެވެ. އެކަން އެނގުންވި ޝަފަޤް ވަގުތުން މަންޒަރު ފެނި ވިސާމްގެ ގާތަށް ޖެހިލަމުން އޭނަގެ ޒަޚަމްވެފައިވި އަތުގައި ހިފަހައްޓާލިއެވެ.
ނުނިމޭ
25 Comments!
Comments are closed.
Varah reethi.. Maashaa Allah!!
🙂
Alhamdhulillah! (All praise and thanks belong to Allah) 🙂
Stry v rythi v furihama masha allah n zamyna mykonkahalamyheh hyvey v rythigothakah dhaane myheh hen n zaidh ge dad dhw wshamge kuryge wife maraaly v hyvey ehen mihaaru eba anyway v rythi v inthizaaru kurevey stry eh nxt prt kon irakun thankolheh avas kolladhybala nxt prt plx plx pls
Alhamdhulillah! hehe….Zameena dho? ey hisaabah vure dhuniye ah dhahivethi veema vaa goiy. Maai Allah alhamen egothah vumun rakkaatheri kuravvaashi. Ameen! hehe…..Zaid ge bappa ge mi sirraky kobaikan ves engigendhaane In Sha Allah. next part thursday ga 🙂
V reethi maashaALLAH
Alhamdhulillah! 😀
Kuriah huri baithkah vrah bodah inthizaarukurevey. Masha Allah. Keep it up. Varah reethi mibaives
Alhamdhulillah! jana ves kuriah huri baithah varah varah liyaahithun mihiry In Sha Allah 😀
Maasha allah v reethi. Waiting to for da nxt part. Plx up soon
Alhamdhulillah! next part thursday ga In Sha Allah 🙂
Mihaaru vaahaka varah reethi hisaabegga miulhenee????
adhives jana ah emme kamudhaa hisaabu naadhey ingey 😀
Maashaallah you are telented.. Jazakillah khairan
Alhamdhulillah! whatever talent that i have is no doubt given to me by Allah swt. 🙂 Barakallah Laka!
Assalaam Alaikum.. mi part ves varah reethi.. nd janaa dheke rulhieh naadhe ey adhoo eh.. ulheyleh bura kamun hama comment koh nuleveny ekm ves hurihaa uodate eh baraabarah kiyan.. janaa kithanme dhigu koh vaahaka liyunas adhoo bunaanee hama kurey.. ehn veema eiee janaa ge massalaeh noonthaa dhw.. hehehe thats bcox u r so telented Masha Allah..
Wa’alaikumussalam 😀 Alhamdhulillah! varah ufaavejje rulhinaannakan enguneema. hehe…aslu ehen heevy ey emme ginain kuru kamah bunefa oiythan consistent koh fenifa hury Adhoo ge faraathun kamahvaathy. 🙂 mee aslu jana ge massala eh kamah jana dhekeny. emme furihama gothuga genesdhevey kamah vaany dhigukoh genesdhevenya. striving to deliver excellence is something i mustnt give up on. no matter how many compliments i get In Sha Allah 🙂
Haadha kurey
dhiraasaa in dhakka gothuga mi bai varah kurudho? 😀 dhen anna bai miavvure dhigu vaane In Sha Allah 🙂
Maasha Allah varah reethi mi bai ves..? next part avas kollachey ? hehe komme faharaku mihen eba bunevey dhw ?
hehe….aan komme faharaku. 😀 next part thursday ga In Sha Allah 😀
FB Post:
Ever had those days where you really wanted to get close to Allah? Days where a reminder that you heard or came across on youtube or facebook really hit you hard? And you even tried to take steps to get close to Allah in your own capacity? Either by trying to get regular with your prayers or trying to stay away from something you were doing wrong? But somewhere along the line you just felt weak and went back to your old self. Ever thought about why that happens, my dear brothers and sisters?
The thing is, we can’t hold onto anything for a long time if we are unsure about it. For example if you are unsure that a certain routine of exercise is going to get you in the shape that you want to be in, then guess what? Pretty soon you are going to leave the routine. Because it was never easy to do something extra in your life. And it’s easy for us to forget why we started in the first place.
Hence we are in need of constant reminders. Reminders that keep telling us of where we are headed. Because at the end of the day, we do whatever we do in hope of something good to look forward to. And where will we get the reminders to do things that please Allah? The Quran! Which is perfectly also called a “reminder”.
The Quran will remind you of the beautiful return you will have if you do good deeds. It will remind you of the rewards you will get for every effort you make. . It will keep giving you more reasons why not to give up on this beautiful way of life that your heart has inclined towards. And it will also give you reasons WHY your heart is inclined to it in the first place.
Now some of you might be thinking that you don’t know the meaning of what you are reading when reciting Quran. If that’s the case, how is it going to benefit you? You might expect me to tell you to start reading those volumes of tafseer books that explain the ayat of Quran. But I won’t. Because there was a time in my life where I had absolutely no idea of what I was reciting when I was reading through those ayat. But still it inspired me to do good things that I would have never had the strength to do. That only happened when I had the intention to get close to Allah. When I had the intention to become a better person.
So the next time your heart calls out to you to make an effort to be a good human being, hold on to that Book with all your might. With whatever little you can do. Recite it, listen to it and try to learn little by little even if it’s just the translation. The impact even that will leave on your heart is inexplicable no matter how engrossed in sin you find yourself to be in. The change that you will see in your character will be so significant that you would wish you had done this way before in your life The contentment that your heart will feel will be so deep that it will well your eyes up with tears.
May Allah make us of those who have the intention to get close to Him and constantly make the effort to do so with the help of His powerful Reminder. Ameen!
Jazakillah Khairan uhktha
Barakallah Laka! 🙂
Someone tried to kill Miska.And Aiman knows and informed Shafaq.But she kept it to herself. The doctors knew the child had taken some chemical.So in today’s world doctors won’t leave such matters so easily,they will inform the case to higher authorities like police.These kind of things are taken very seriously these days.And Shafaq seems to be like more hiding than being open to Visam.So I find the above things very irritating in this story.And oh yes one more thing,I was wondering why Visaams mother is tolerating her husband who is not so very religious in his actions.In Islam,a wife have full power to file a case against her husband,Visaam and Khalid can be witnesses.If he is abusive she can ask for a divorce too.I know this is just a story.A story which you want to open the mindset of people,awakening them,making them realise the good and bad.I hope you will try to perfect your story and I hope you make it more real and agreeable in certain situations. Everyone is not perfect,we can’t perfect ourselves in a night or in a week.We can’t undo things we have done in the past.But we can try not to repeat the same thing over and over again. But stories are different, especially these types of on going episode vise stories.You can perfect them,add bits and pieces,twists and turns, so that the past episodes will be having a meaning.Maybe the coming parts will have all those and Shafaq may burst the bubble and inform Visam about Mazin.But the doctor must have questioned about the matter on that very previous part of the story.I hope I’m not offending you in anyway.Do take this feedback positively.I don’t mean to be so judgemental but JUDGING,is all we all do these days forgetting to perfect ourselves first.But commenting to a story is a fuel to the writer.The writer can improve a lot.May Allah accept our deeds and make us among the people who spend their free time doing good deeds instead of wasting.And may Allah make us to be among the people who are sincere and not showing off.Amen
May Allah bless you with good for this comment. Ameen! Alhamdhulillah! 😀 Of course i won’t take this feedback negatively. In fact I celebrate any negative comment. Because its always easy to improve oneself if somebody points out what’s wrong instead of thinking about it for yourself. I will take your points into consideration In Sha Allah and will try to address each and every single one of them. Once again Jazakallah Khairan for this comment 🙂