Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (22)

shafu
February 14, 2017
10 Mins Read
83 Views
31 Comments

ޖެހިގެން އައި ދުވަހުގެ ހެނދުނު ޑިއުޓީއަށް ގޮސް މެހެކް މަސައްކަތް ކުރަމުން ދިޔައީ ކިޑްނީ ބަދަލުކުރުމާ ބެހޭ މަޢުލޫމާތު ހޯދުމަށެވެ. އެފަރުވާއަށް އެންމެ އެކަށޭނެ ތަންތަން އޭނާ ބެލިއެވެ. އަދި އެކަމަށް ދާނެ ޚަރަދު ރަނގަޅަށް ބަލާ ޔަޤީންކުރިއެވެ. މުޅި ޝައުގުވެރިކަން  ކުރިމަތީގައި ހުރި ލެޕްޓޮޕަށް ގެއްލުވާ ލައިގެން އޭނާ އިނީ ޑިއުޓީގައެވެ.

ހުރިހާ ތައްޔާރީތަކެއް އެންމެ ފުރިހަމަ ގޮތުގައި ވަމުން ދާ ކަމުގެ އުފާވެރި އިޚްސާސް އޭނާގެ ހިތުތެރޭގައި ހިނގަމުން ދިޔައެވެ. އެކަމުގައި ވެވުނުހާ ޤުރުބާނީއެއް އޭނާ އެދަނީ ލޯބިވާ ފިރިމީހާގެ ހައްޤުގައި ވަމުންނެވެ. އެތައް ހަމަޖެހުމަކާއި އަރާމަކުން މަހްރޫމްވެގެންނެވެ.

ސިކުނޑިއަށް ލުޔެއް ލިބުނީ ހިތްހަމަޖެހޭވަރަށް މަޢުލޫމާތު ހޯދުމުންނެވެ.

މެހެކްއަށް އެންމެ ހިތްހަމަޖެހޭ ތަނަކަށް ވީ އިންޑިއާގެ ބެންގަލޫރެވެ. އެހިސާބުގައި ބޭސް ފަރުވާ މޮޅެވެ. އޭގެ އިތުރުން އޭނާ އެތާގައި ފަސް އަހަރު ވެއަތު ކޮއްފައިވާތީ އެތަން އޭނާއަށް އެތައް ގޮތަކުން ފަސޭހަވާނެއެވެ. ޝިޔާމައްތަ މެންގެ އެހީތެރިކަންވެސް ލިބޭނެއެވެ. އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ނިންމާފައި މެހެކް ލެޕްޓޮޕް ލައްޕާލިއެވެ. ދެން ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ.

އެކަން އިވާން އާއި ހިއްސާކޮއްލަން މެހެކް ބޭނުންވިއެވެ. އިވާންގެ ނަންބަރަށް ގުޅާލުމާއެކު މާ ގިނައިރެއް ނުވެ ފޯން ނެގިއެވެ.

” ހެލޯ. ޔެސް މެހެކް”.

“އިވާން އަހަރެން ކަމެއް ހިއްސާކޮއްލަން ކަމަށް”. މެހެކް މަޑުމަޑުން ބުނެލިއެވެ.

” މިވަގުތު ވަރަށް ބިޒީ. މިހުރީ މާލޭގަ. ބައްޕަގެ އޮފީހުގައި. ލަންޗް ބްރޭކްގައި ދިމާވަމާ”. އިވާން ބުނެލިއެވެ.

” އޯކޭ”.

 

މެންދުރުގެ ވަގުތެވެ. މެހެކް އަށް ބްރޭކްވާން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އިވާން ގުޅަންފެށިއެވެ.

” ކޮންތާކަށް ދާންވީ؟” އިވާން އަހާލިއެވެ.

” އައި.ޖީ އެމް އެޗްގެ ކެންޓީން އޯކޭ އެއްނު”.

ދެމީހުން ބައްދަލު ކުރީ އައި.ޖީ.އެމް.އެޗް ކެންޓީނުންނެވެ. އެތަނުގެ ބޭރުގައި ބަހައްޓާލެވިފައި ހުރި މޭޒެއްގައި ދެމީހުން އިށީއިނދެލިއެވެ. ކިޑްނީ ބަދަލު ކުރުމުގައި ދާ ހުރިހާ ޚަރަދަކާއި އެކަމަށް އެންމެ އެކަށޭނެ ތަންތަނުގެ މަޢުލޫމާތު މެހެކް އިވާން އާއި ހިއްސާކުރިއެވެ.

” ހާދަ ރަނގަޅަށް މަޢުލޫމާތު ހޯދާލާފަ އެބަހުއްޓޭ ދޯ”. ހިނިތުންވެލާފައި ލޮލުގައިވި ކަޅުކުލާގެ އަވިއައިނު އިވާން ނަގާލިއެވެ.

” އަހަރެން ބޭނުންވަނީ އާހިލް އަށް އެންމެ ފުރިހަމަ ގޮތުގައި ފަރުވާ ލިބެން”. މެހެކް ގެ މޫނުމަތިން ފެނުނީ އުންމީދުން ފުރިފައިވި ހިނިތުންވުމެކެވެ.

 

އެދުވަހުގެ ޑިއުޓީ ނިންމާލުމަށް ފަހު، ގެއަށް އައިސް މެހެކް އުޅުނީ ގޭތެރެ ސާފު ކުރުމުގައެވެ. އޭރު އާހިލް އުޅެނީ ފާހާނާގައެވެ. މިއަދު މެހެކް ގެއަށް އައި ފަހުން އާހިލް މެހެކް އާއި ދައްކަނީ ކޮންމެހެން ދައްކަން ޖެހިއްޖެ ވާހަކައެކެވެ. އެއީ މިހާރަކަށް އައިސް ބައެއް ފަހަރު އާހިލްގެ އާދަތައް ހުންނަ ގޮތެވެ. އެކަމަށް ކެތްކޮއްލައިގެން މެހެކް ހުންނަނީއެވެ. ޝަކުވާއެއް އޭނާ ނުކުރެއެވެ.

ޝަކުވާއެއް ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އާހިލްއަށް ދިމާވެފައި އެވަނީ އެފަދަ ގޮތަކަށް ކަންތައް ހުންނަ ކަހަލަ ހާލަތެކެވެ.

އެފިކުރުތަކަށް ގެއްލިފައި ހުރެގެން މެހެކް ވަނީ ކޮޓަރިއަށެވެ. އަދިވެސް އާހިލް ފާހާނާއަކުން ނުނިކުމެއެވެ. މިހާރު އާހިލް ފާހާނާ އަށް ވަންތާ ބައިގަޑިއިރުވީއެވެ.

މެހެކް މަޑުމަޑުން ފާހާނާގެ ދޮރާއި ކައިރިވެލިއެވެ. އޭރު ފާހާނާތެރެއިން މަޑުމަޑުން އާހިލްގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. އެއަޑު އިވި ހިތަށް ކުރި އަސަރުން އިޚްތިޔާރަކާ ނުލާ މެހެކްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ އިންތިހާ އަށް ބިރުވެސް ގަތެވެ.

އަނެއްކާ އާހިލްއަށް މިއަދު މާ އުނދަގޫވަނީ ބާއެވެ؟ ހަށިގަނޑުގައި އަޅާވޭނެއް ދުވަހަކުވެސް އޭނާ، ހިއްސާއެއް ނުކުރާނެއެވެ. އެއީ އޭނާގެ މިޒާޖެވެ. އޭނާއަކީ ބަސްމަދު، ޝަކުވާމަދު ކެތްގަދަ ފިރިހެނެކެވެ.

” އާހިލް”. ތަންކޮޅެއް ބާރަށް ގޮވާލި ނަމަވެސް އެއަޑުގައި ވަނީ އޯގާތެރިކަމެވެ.

އާހިލް އެއްވެސް ޖަވާބެއް ނުދިނުމުން މެހެކް ހާސްވާން ފެށިއެވެ.

ކުޑައިރުކޮޅެއްފަހުން އާހިލް ދޮރު ހުޅުވާލިއެވެ. އޭނާ ހުރީ ތުވާލި އަނދެލައިގެންނެވެ. ތެމިފައި ހުރި އިސްތަށިގަނޑު ހުރީ އެއްކޮން މައްޗަށް ނަގާލާފައެވެ. މުޅި ދެ ލޯ ވަނީ ރަތްވެފައެވެ. މޫނުމަތިވަނީ އެއްކޮށް މިލާފައެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރިހެންނެވެ.

މެހެކްގެ މޫނަށް ބަލަން އިރުކޮޅަކު އާހިލް ހުރީއެވެ. ދެން ފާހާނާ ދޮރު ލައްޕާލިއެވެ. ތަންކޮޅެއް ބާރަށެވެ. އާދަޔާ ޚިލާފަށް އާހިލް ހިތްހަމަނުޖެހިފައި ހުރިހެން މެހެކް އަށް ހީވިއެވެ. ނަމަވެސް ވާ ގޮތް އެސިކުންތުގައި އޭނާއަށް ވިސްނުނެވެ. އާހިލްގެ ލޭ މަތިވަނީއެވެ. ފިރުކުތައް މާ ގިނަވަނީއެވެ. ލޭމަތިވާ މީހުން އަބަދު ކަންކަމާއި ވިސްނާ ފިކުރުކޮށް ހަދާ ކަމުގައިވާ ނަމަ އެބަލި ބޮޑުވާނެއެވެ. އެކަމުގެ ސަބަބުން ކިޑްނީއަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެއެވެ.

” އާހިލް ކިހިނެއް ވީ ލޯބީ؟ މާ ހިތްހަމަ ނުޖެހިފަ ކީއްވެ؟”

“ނޫން ހިތްހަމަނުޖެހިފަކާ ނޫން”. އާއްމުކޮށް ގޭގައި އުޅޭއިރު ލާ ސޯޓުބުރި ލަމުން އާހިލް ޖަވާބު ދިނެވެ.

” ކަމެއްވަނީތަ؟” އަނެއްކާވެސް މެހެކް ވަރަށް މަޑުމަޑުން އަހާލިއެވެ. ނަމަވެސް އެ ސުވާލަކަށް އާހިލް އެއްވެސް ޖަވާބެއް ނުދިނެވެ. އެހަމަހިމޭން ކަމުން އާހިލްއަށް ކޮންމެވެސް ކަމެއްވަނީކަން މެހެކް އަށް ދެނެގަނެވުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މުޅިމީހާ ފިނިވިއެވެ. އާހިލްއަށް ދެރަގޮތެއް ނުވުމަށް އެދި ހިތާހިތުން ދުޢާކޮއްލެވުނެވެ.

 

އެ ހަފްތާ ފާއިތުވެ ދިޔައެވެ. ފައިސާ ލިބެން އެއް ހަފްތާ އަށް ވިއެވެ. ފުރާ ދުވަސް ކައިރިވަމުން ދިޔަވަރަކަށް ހިތަށް ލިބޭ ހަމަޖެހުމަށްވުރެ އާހިލްގެ އުޅުން ހުންނަ ގޮތުން ހިތުގައި އަޅާވޭން ބޮޑުވަމުން ދިޔައެވެ.

އެހެންގޮސް އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ގަޑިން އަށެއް ޖެހީއެވެ. ސޯފާގައި އާހިލް އިނީ ފޯނާކުޅެލަކުޅެލައެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒަށް ދެފައި އަރުވައިގެންނެވެ. އެނޫން ގޮތަކަށް އިނދެފިނަމަ، ގިނައިރުވާ ވަރަކުން އާހިލްގެ ފައި ދުޅަވެއެވެ.

މޭޒުމައްޗަށް ސައި ހަދަމުން ދިޔައިރު އިރުއިރުކޮޅުން މެހެކް އާހިލްގެ ހަރަކާތް ތަކަށް ބަލާލައެވެ.

ސައިހަދާ ނިމުމުން މެހެކް ގޮސް ގާތުގައި އިށީ އިނދެލިއެވެ. އެއާއެކު އާހިލް ސޯފާ މަތީގައި ފޯން ބާއްވާލިއެވެ.

” މެހެކް..”. ދުރަށް ނަޒަރު ހިންގާލަމުން އާހިލް ގޮވާލިއެވެ. އޭރު މެހެކް އިނީ އާހިލްގެ އަތުގައި ފިރުމާލަ ފިރުމާލައެވެ.

” މެހެކް އަހަންނަށް މަޢާފް ކުރޭ”. ކުއްލިއަކަށް އާހިލް ބުނެލިއެވެ.

” އެއީ ކީއްވެ އާހިލް؟” މެހެކް ހައިރާންވެފައި އަހާލިއެވެ.

” މެހެކް…އަހަންނަށް އެނގޭ މިހާރު އަހަންނަށް މެހެކް އަށް އެއްވެސް އުފަލެއް ނުދެވޭކަން.. އަހަރެން މީ ވަރަށް ބަލި މީހެއް. ނިކަމެތި މީހެއް”.

” އާހިލް…އަބަދު ތިގޮތަށް ވިސްނަނީ ކީއްވެ؟. ވަރަށް ވަރަށް އަވަަހަށް އާހިލް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ”. އެހެން ބުނިއިރު މެހެކް އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އާހިލް އަބަދުވެސް އެކަހަލަ ކަންކަމާ ވިސްނާ ފިކުރުކުރާތީއެވެ.

” ލޭ މައްޗަށް ދިއުމަކީ މިހާ ބޮޑު ވޭންތައް ތަޚައްމަލް ކުރަންޖެހޭ ބައްޔެއްތަ؟” އަނެއްކާވެސް އާހިލް ސުވާލު ކުރިއެވެ.

އެވަގުތު މެހެކް ބަސް ހުއްޓުނެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟

” ކުރިން އާހިލް ލޭމަތިކަން ނޭނގުނީމަ އެހެން އެވީ”. އާދައިގެ މަތިން އާހިލް ހިތް ހަމަޖައްސުވައިދެވޭ ތޯ މެހެކް މަސައްކަތް ކުރިއެވެ.

“އާހިލް ޕްލީޒް ދެން އެވަރަށް ނުވިސްނަބަލަ. ވަރަށް އަވަހަށް ރަނގަޅުވާނެ މަގޭ ލޯބި އިރާދަކުރެއްވިއްޔާ. މެހެކް އާހިލްގެ ކޮނޑުމަތީގައި ބޯ އަޅާލިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އާހިލްއަށް ވަމުން ދާ ގޮތާއި ކުރިމަތި ކުރުވަމުން އެދާ ސުވާލުތަކުން މެހެކްގެ ސިކުނޑި ބަރުވާން ފެށިއެވެ. ވިސްނެމުން ދިޔަވަރަކަށް ބޮލުގެ ނާރުތަކަށް ވާންވަމުން ދިޔައެވެ.

” ހިނގާބަލަ މިއަދު އާޓިފިޝިއަލް ބީޗަށް ގޮސްލަން. އެއީ އެންމެ ފުރަތަމަ އަހަރުމެން ދިމާވި ތަނެއްނު. ވަރަށް މަޖާކޮށް ދޯ އަހަރުމެން ދިމާވީ؟ “. ކުރީގެ ހަނދާންތައް އާ ވުމުން މެހެކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

 

ހަވީރު ގެ ވަގުތެވެ. ދެމީހުން ތިބީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އެތާގައި ހުރި ހިލަގޮނޑިއެއް މަތީގައި އިށީއިނދެލައިގެންނެވެ. އެހެން އިނދެފައި އިރުއިރުކޮޅުން، އާހިލް މޫދާ ދިމާއަށް ގާ ކޮޅެއް އެއްލައެވެ. އޭރުވެސް ހުއްޓާނުލާ މެހެކް ދައްކަމުން ދިޔައީ އެދެމީހުން އެތަނުން ދިމާވި ދުވަހުގެ ވާހަކައެވެ. އެދުވަހުގެ މަޖާކަމުގެ ވާހަކައެވެ.

” ހިނގާ މަންމަމެން ގެއަށް ގޮސްލަން”. އެތާގައި ތިއްބައި، އިރުއޮއްސެން ގާތްވާން ފެށުމުން އާހިލް ބުނެލިއެވެ.

” މިހާރު އެގެއަށް އަހަންނަށް ނުވެސް ދެވޭ ދޯ”.

 

އިރުކޮޅަކު އެތާގައި ތިބެލާފައި، ދެމީހުން މިސްރާބު ޖެހީ ބޮޑުބޭބެމެން ގެއާއި ދިމާއަށެވެ. ކޮންމެ ތަނަކަށްވެސް ދަނީ ކާރުގައެވެ. ގިނައިރު ހިނގާނަމަ އާހިލްގެ ފައި ދުޅަވެދާނެތީ ވިސްނަން ޖެހެއެވެ.

އެގެއަށް ދިޔައިރު އެންމެންތިބީ ޓީވީ ބަލާށެވެ. މެހެކްމެން ފެނުމާއެކު މަންމަ ހިނިތުންވެލިއެވެ. އެވަގުތުވެސް މަންމަގެ ކުރިމަތީގައި އާހިލް އާއި އިވާން އަޅާކިޔާލެވުނު ކަހަލައެވެ.

ސޯފާގައި ޓެބް ހިފާލައިގެން ގޭމް ކުޅެން ޝައުގުވެރިވެފައި އިން ޝަހަފް މެހެކްމެން ވަނުމާއެކު ދުވެފައި އައިސް ކައިރީގައި ހުއްޓިލިއެވެ. އެވަގުތު އާހިލް ޝަހަފްއަށް ގަނެގެން ގެނައި ހަދިޔާ ދިއްކޮއްލިއެވެ. އެއީ ބޮޑު ފަންސޫރު ކުލަ ފޮއްޓެކެވެ. ޝަހަފް އިރުކޮޅަކު އެއަށްބަލަން ހުރީއެވެ. ދެން ކުއްލިއަކަށް ހިނިތުންވެލިއެވެ. ހީވީ ކޮންމެވެސް ކަމެއް ހަނދާންވިހެންނެވެ.

” މެހެކް ދައްތާ” ޝަހަފް ގޮވާލުމާއެކު މެހެކް ހިނިތުންވަމުން ޝަހަފްގެ ގާތަށް ގުދުވެލިއެވެ. އޭރު އާހިލް ވެސް ހުރީ ހެވިލާފައެވެ.

” ކޮބާ އިވާން ބޭބެ؟” ކުއްލިއަކަށް ޝަހަފް އަހާލިއެވެ. ” ބުންޏެއްނު އަޅުގަނޑަށް ގިފްޓެއް ގެންނާނަމޭ”.

މެހެކް އަށް ހީވީ އޭނާގެ މޭގަނޑު އަނގައަށް އައިހެންނެވެ. ކުއްލިއަކަށް ބިރުންގޮސް އޭނާގެ އަތްފައި ފިނިވެ ތުރުތުރު އަޅަން ފެށިއެވެ. އެއަޑު އާހިލްއަށް އިވޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އާހިލްއަށް އިވޭނެކަން ޔަޤީނެވެ.

” މީވަރަށް ރީތި ކުލަފޮއްޓެއް. ހިނގާބަ ކުލަ ޖައްސާލަން. ދޭބަލަ ފޮތެއް ހިފައިގެން އަންނަން”. އަވަސް އަވަހަށް މަޢުލޫޢު ބަދަލު ކުރެވޭތޯ މެހެކް މަސައްކަތް ކުރިއެވެ. ބޯ ޖަހާލާފައި ޝަހަފް ކޮޓަރިއަށް ދިޔައެވެ. އެވަގުތު މެހެކް ކުޑަކޮށް އާހިލްގެ މޫނަށް ބަލާލިއެވެ. އޭރު އާހިލް ހުރީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. އިރުއޮއްސެންގާތް ވެފައިވާތީ ޓީވީއިން އަންނަމުން ދަނީ ޤުރުއާނެވެ.

މެހެކް އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އާހިލް އަށް އެއަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. މަޑު ހިނގުމެއްގައި ދެމީހުން އެކީގައި  ގޮސް ސޯފާގައި އިށީއިނދެލިއެވެ.

” އާހިލް ސައިބޮމާ”. އާދައިގެ ގޮތަކަށް މަންމަ އަހާލިއެވެ.

” ނޫން. އިރުކޮޅަކުން ގެއަށް ދާންވީ. މަންމަމެން ނުފެންނާތި ދުވަސް ވެގެން ދެކެލަން  މިއައީ”. އާހިލް މަންމަ އާއި ދިމާއަށް ބަލާލަމުން ހިނިތުންވެލިއެެވެ.

” އެހެންތަ؟” ލުއި ހިނިތުންވުމެއްގައި އިނދެ މަންމަ ވެސް ބުނެލިއެވެ.

އިރުކޮޅަކު އެގޭގައި ތިބެލާފައި މަޢުރިބް ނަމާދު ވަގުތު ދިއުމުގެ ކުރިން ދެމީހުން އައީ ގެއަށެވެ.

 

އެގޮތުގައި ދުވަސްތައް ގުނެމުން ދިޔައެވެ. މިހާރު އާހިލް އޭނާގެ ބައްޔާ މެދު މާ ބޮޑަށް ވިސްނާހެން މެހެކް އަށް ހީވެއެވެ. މެހެކް، އާހިލް ހިތްހަމަޖެއްސުމަށްޓަކައި ދައްކާ ވާހަކަތަކަށް އާހިލް އިތުބާރު އެކުރަނީ މެހެކް ޑޮކްޓަރަކަށް ވާތީއެވެ. ނަމަވެސް ހަޤީޤަތް ހާމަ ކުރެވޭނީ އަދި ހަފްތާއެއް ހައި ދުވަސް ފަހުންނެވެ. ހުރިހާ ކަމެއް ހަމަޖެހި ފައިސާ އަތަށް ލިބެންދެން މެހެކް ހިތްވަރު ކުރަނީއެވެ.

ނުނިދިފައި އެ ފިކުރުތަކުގައި މެހެކް އިނެވެ. އަރާމު ނިދި އޭނާ އަށް ނުލިބޭތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ؟ ފޯން ނަގާ ގަޑި ބަލާލިއިރު ދޭއް ޖެހީއެވެ. ދެން އޭނާ ބަލާލީ އާހިލް އާއި ދިމާއަށެވެ. ދެފައި ގަޔާއި ކައިރިކޮއްލައިގެން މެހެކް އަށް ފުރަގަހަށް ވާ ގޮތަށް އާހިލް އޮތެވެ. ހީވާ ގޮތުން އޭނާ ހީކަރުވަނީއެވެ.

އާހިލްގެ ގައިމަތީގައި އޮތް ބެޑްޝީޓް މެހެކް އެއްވަރުކޮއްލިއެވެ.

ފިނިވެފައިވާ ދެއަތް ދެއަތާ ޖޯޑު ކުރަމުން މެހެކް ނުކުމެލީ ބެލްކަންޏަށެވެ. މަގުމައްޗަށް އޭނާ ނަޒަރު ހިންގާލިއެވެ. ދަންވެފައިވާތީ ކާރޫބާރޫ ބޮޑު މަގުމަތިވަނީ ކޮންމެވެސް ވަރަކަށް ހިމޭން ވެފައެވެ. ޖެހެމުން ދިޔަ ފިނިރޯޅިތައް ގައިގައި ބީހިލުމުން މެހެކް އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ހީވީ އޭނާ އަށް އުނދަގޫ ކުރަމުން އައި ހުރިހާ ޚިޔާލެއް ފަޒާގެ ތެރެއަށް ދޫކޮއްލި ހެންނެވެ. ހަމަޖެހުން ގެއްލިފައިވާ ހިތުގެ މައްޗަށް ބާރުފޯރުވަން މެހެކް މަސައްކަތް ކުރިއެވެ. މާތް ރަސްކަލާނގެ މަތިން ހަނދުމަ ކުރަމުންނެވެ. އާހިިލް އަށް ދެރަގޮތެއް ނުވެ އަވަހަށް ފަރުވާ ދެއްވުމަށް އެދި ކެނޑުނޭޅި އޭނާ ދުޢާ ކުރެއެވެ.

 

ޖެހިގެން އައި ދުވަހުގެ ހެނދުނު މެހެކް އިވާން އަށް ގުޅިއެވެ. އިވާންގެ ޚަބަރެއް ކުރީ ދުވަހުގައި ނުވީމައެވެ. ކޮންމެ ދުވަހަކުވެސް އާހިލްގެ ހާލް ބަލަން އިވާން މެހެކް އަށް ގުޅާލައެވެ. އިވާންގެ ޚަބަރެއް މެހެކް ބަލާލަން ބޭނުންވީ އެހެންވެއެވެ.

” ހެލޯ މެހެކް ކިހިނެއް ހާލް؟” ފޯން ނެގިގޮތަށް އިވާން އަހާލިއެވެ.

” އަލްޚަމްދްﷲ. އިވާން ކިހިނެތް؟”

” ހަމަ ގްރޭޓް. މިއުޅެނީ މިއަދު މާލޭގަ ނޫރީންގެ ބާރތްޑޭ ފާހަގަ ކުރަން. މިތާ ނޫރީންގެ ހުރިހާ ފްރެންޑްސް ވެސް އުޅެނީ. ދެން ހުޅުމާލެއަށް މިއަދު ނާދެވޭ ކުދިންވެސް ތިބީމަ. އެއީ އޭނަ އަބަދުވެސް ވަރަށް ލޯބި ކުރާ ކަމެއް”. އިވާން ބުނެލިއެވެ.

” މެހެކް އަށް ތަންކޮޅެއް ފަހުން ގުޅާލަން މަޑުކޮއްގެން މިހުރީ. މިކަން ސެލެބްރޭޓް ކޮއްލަން އަހަރުމެންނާއެކު ބައިވެރިވެލުމަށް މެހެކް އަށް ދަޢުވަތު އަރުވަން. ވަރަށް ކުޑަ ޕާޓީއެއް”. އިވާން ވަރަށް ހެވިލާފައި ވާހަކަ ދެއްކިއެވެ.

” މެހެކް އިރޮޅަކު ވިސްނާލިއެވެ. ހަޤީޤަތުގައި މެހެކް އެއްވެސް ވަރަކަށް އެތަނަށް ދާ ހިތެއް ނުވިއެވެ. ނަމަވެސް ނޫނެކޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އެހާ ބޮޑު ހެޔޮކަމެއް ކޮއްދޭން އުޅޭމީހަކު ދިން ދަޢުވަތަކަށް ވުމުން އެކަން އޭނާ ޤަބޫލުކުރީއެވެ.

” އޯކޭ. އަހަރެން ދާނަން. އިވާންމެންގެ ގޭގަތަ އޮތީ؟”. މެހެކް އަހާލިއެވެ.

” ނޫން ގެއަކު ނޫން. މިއަދު މަންމަ ކުޑަކޮށް ބަލިވީމަ ގޭގަ ނެތް އެކަން ވާކަށް. މާބުލް ގެސްޓް ހައުސް ގަ”.

“އެހެންވީމަ ޑިއުޓީ ނިންމާލާފަ އަހަރެން ގުޅާނަން”. ހިތާއި ދެކޮޅަށް މެހެކް ބުނެލިއެވެ.

” އާހިލް އަހަރެން ތަންކޮޅެއް ލަސްވެދާނެ އިނގޭ ގެއަަށް ދެވޭލެއް ލޯބީ. އެކަމަކު އިރުއޮއްސުމުގެ ކުރިން ދާނަން އިރާދަކުރެއްވިއްޔަ. ކޮންމެވެސް ބޭސްކާތި އިނގޭ. ލަވް ޔޫ”. މެހެކް ވަރަށް ލޯބިން އާހިލް ގާތުގައި އެހެން ބުނެލުމަށް ފަހު ފޯން ކަނޑާލިއެވެ. ޕާޓީއަކަށް ދާ ވާހަކަ އޭނާ ނުބުނީ އާހިލް ދެރަވެދާނެތީއެވެ.

 

ހަވީރުގެ ވަގުތެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލައި ކުޑަކޮށް ފްރެޝްވެލައިގެން، މެހެކް ބޭރަށް ނުކުމެލުމަށް ފަހު އިވާން އަށް ގުޅާލިއެވެ.

” ހެލޯ މެހެކް”. އިވާންވާހަކަ ދައްކަމުން ދިޔައިރު އިވެމުން ދިޔަ މަޑު މިއުޒިކުގެ އަޑުން އެޕާޓީ ފެށިއްޖެ ކަން މެހެކް އަށް އެނގުނެވެ.

” ދަންތަ ބަލާ؟” އިވާން އަހާލިއެވެ.

” ނޫން އަހަރެން ހިނގައިދާނަން”. މެހެކް ފޯން ކަނޑާލިއެވެ.

ޓެކްސީ އަކަށް އަރައިގެން މެހެކް ދިޔައީ އެ ގެސްޓް ހައުސް އަށެވެ.

ތިރީގައި ހުރެފައި މެހެކް އަނެއްކާވެސް އިވާން އަށް ގުޅާލިއެވެ.

“އަހަރެން މި ފައިބަނީ އިނގޭ”.

އިރުކޮޅެއް ނުވެ އިވާން ހުރީ ތިރީގައެވެ.

 

ދެމީހުން އެކީގައި މައްޗަށް އެރިއެވެ. ދޮރު ހުޅުވާލިއިރު ކޮޓަރިތެރެ ފެނިފައި މެހެކް ހައިރާން ވިއެވެ. އެއީ ތަނަވަސް ރީތި ބޮޑު ކޮޓަރިއެކެވެ. ނަމަވެސް މުޅިތަނުގައި ވަނީ ކަރުދާހާއި އޭތި މީތި އަޅާފައެވެ. އޭރުވެސް އެތެރޭގައި ކޮންމެވެސް ބަޔަކު ސަކަރާތް ގަންނަމުން ދިޔައެވެ. ފިނި ގަދަ އޭސީގެ ސަބަބުން ކޮޓަރި ތެރޭގައި އެކި ކާ އެއްޗެހީގެ ވަހުގެ އިތުރުން ސެންޓްގެ މީރުވަސް ހިފާލާފައި ހުއްޓެވެ. އޭރު ކޮޓަރި ތެރެއިން އިވެމުން ދިޔައީ ހިތްގައިމު މަޑު މިއުޒިކެކެވެ.

” އަހަރުމެން ނިމުނީ”. މެހެކް އާއި އިވާން އައިސް ވަނުމާއެކު އެތާނގައި ތިބި ތިން ކުދިން ނުކުންނަން ހިނގައި ގަތެވެ.

” ހޭ މެހެކް ހައުސް ޔޫ؟ ކޮބާ ހަޒް ކިހިނެތް؟” ހެވިލާފައި މެހެކްގެ ކައިރިއަށް ހުއްޓިލަމުން ނޫރީން އަހާލިއެވެ.

” ހަޒް ގޭގަވީ. ދެން ރަނގަޅު އަލްޚަމްދްﷲ”. މެހެކް ބުނެލިއެވެ.

” ތޭންކްސް އައީތީ. ހިނގާ އަވަހަށް އެއްޗެއް ކާލަމާ. ބައެއް ޕްރެންޑްސް އެދިޔައީ. އަދި ބައެއް މީހުން ނާދޭ”. ކޮޓަރީގެ އެތެރޭގައި އޮތް ބަޔާ ދިމާއަށް ހިނގައި ގަންނަމުން ނޫރީން ބުނެލިއެވެ.

” އާދޭ އިށީ އިނދެލަން. ކުރިމަތީގައި ހުރި ބޮޑު ސޯފާ އަށް އިވާން އިޝާރާތް ކޮއްލިއެވެ.

“ބަލައިގެން އަންނާތި އިނގޭ. ސަކަރާތް ޖެހުމުގެ ތެރޭގައި އެމީހުން ވަރަށް ފާޑުފާޑު އެއްޗިހި އުކި މިތަނަށް”.

މެހެކް މަޑުމަޑުން ސޯފާ އާއި ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް ކޮންމެވެސް އެއްޗަކަށް އޭނާ އަށް އެރުނުހެން ހީވިއެވެ. ކަހާލައިގެން ވެއްޓެން ދިޔަ ވަގުތު އެތާގައި ހުރި މޭޒުގައި ހިފަހައްޓަން ކުރި މަސައްކަތް ވީ ބޭކާރެވެ.

ބާރުބާރަށް އޭނާއަށް ހަޅެއް ލަވައިގަނެވުނު ވަގުތު ދުވަމުން އައިސް އިވާން މެހެކްގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް އިވާން އަށް ވެސް އެއެއްޗަކަށް އެރުނީއެވެ. މެހެކްގެ އަތުގައި ހިފާފައި ދަމައިގަން ވަގުތު އަރިއަޅާލައިގެންގޮސް މެހެކް އަށް ވުރެ ކުރިން އިވާން ތަޅުންގަނޑު މައްޗަށް ޖެހުނެވެ. އެވަގުތު މެހެކް ވެއްޓުނީ އިވާންގެ ގައި މައްޗަށެވެ. އިވާން އަށް ހިފަހައްޓާލެވުނީ މެހެކްގެ އުނަގަނޑުގައެވެ. އޭރު މެހެކްގެ ދިގު ފަން އިސްތަށިގަނޑު އޮތީ އިވާންގެ މޫނު މަތީގައެވެ. ނޭފަތް ހުރީ ކިރިޔާ އިވާންގެ ނޭފަތުގައި ނުޖެހިއެވެ.

” ކިހިނެއްވީ؟”. ދުވަމުން ކަހަލަ ގޮތަކަށް އެތެރެބައިން ނޫރީން ނުކުތެވެ.

” އައި އެމް ސޮރީ” މެހެކް އަވަސް އަވަހަށް އިވާންގެ ގައިމަތިން ތެދުވިއެވެ. އޭރު އޭނާ ހުރީ ލަދުން ގޮސް ރޮވެން ކައިރިވެފައެވެ. އަޑުވެސް ކޮންމެވެސް ވަރަކަށް ތުރުތުރު އަޅައެވެ.

މުޅިފައިގައި ހުރީ އައިސިންކޭކެވެ. އޭނާ ވެއްޓުނީ ކޭކް ގަނޑަކަށް އެރިގެންކަން އެނގުނެވެ.

މެހެކް ބޭނުންވީ އެތަނުން އަވަހަށް ނުކުމެގެން ދާށެވެ.

އޭރު އިވާންވެސް ބޮލުގައި އަތް އަޅާލައިގެން މަޑުމަޑުން ތެދުވަނީއެވެ. ވެއްޓުނު ގޮތުން ޓައިލްސް މަތީގައި އިވާންގެ ބޯ ވަރަށް ބާރަށް ޖެހުނުހެން މެހެކް އަށް ހީވިއެވެ. ހެދިކާ އަޅާފައި ހުރި ތަށި އެނދުމަތީގައި ބަހައްޓާލުމަށް ފަހު އިވާންގެ އަތުގައި ނޫރީން ހިފަހައްޓާލިއެވެ.

” އައި އެމް އޯކޭ. ވަރަށް ބޮޑަށް ސޮރީ މެހެކް. ސަކަރާތް ޖެހުމުގެ ތެރޭގައި އެމީހުން ކޭކްވެސް މިތަނަށް އުކި ކޮންމެވެސް ވަރަކަށް”. އެނދުމަތީގައި އިށީ އިނދެލަމުން އިވާން ބުނެލިއެވެ.

” މެހެކް އަވަހަށް ކޮންމެވެސް އެއްޗެއް ކާލަން އުޅޭ”.

އޭރު ނޫރީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތް ހަމަ ނުޖެހުމުގެ އަސަރުތަކެވެ. އެއްޗެއް ކާން ނުބުނި ތާގައި މެހެކް އާއި ދިމާއަށް ބަލާވެސް ނުލިއެވެ. ހިނދުކޮޅެއް ކުރިން ހިތްހެޔޮ ހިނިތުންވުމަކުން ފުރިފައިހުރި މޫނު މިހާރު ހުރީ އެއްކޮށް ބަދަލު ވެފައެވެ. ނޫރީންގެ މޫނަށް ބަލަންވެސް މެހެކް އަށް އުނދަގޫވިއެވެ.

” އަހަރެން..އަހަރެން ގެއަށް މި ގޮސްލަނީ”. މެހެކް އަވަސް އަވަހަށް ބުނެލިއެވެ. އޭރު އޭނާ ހުރީ ފެންކަޅިވެފައެވެ.

“އަހަރެން ތިދެމަފިރިންގެ އެދުމަށް ހަމަ އައިސްލީ މިތަނަށް. އެއްޗެއް ކާކަށް ބޭނުމެއް ނޫން. ދެން ދަނީ. ނޫރީން އަހަރެން ދަނީ”. ގެނައި ގިފްޓް ނޫރީން އަށް ދިއްކޮއްލަމުން މެހެކް ބުނެލިއެވެ.

އޭނާ އަވަސް އަވަހަށް އެތަނުން ނުކުން އިރު ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފައިބައިގަތެވެ. މެހެކް އެހާ ބޮޑަށް ދެރައެވީ ނޫރީން ހިތް ހަމަ ނުޖެހުމަށް ވުރެ ބޮޑަށް އާހިލް ފިޔަވައި އެހެން ފިރިހެނެއްގައިގައި އެފަދަ ގޮތަކަށް ނަމަވެސް އޭނާ ޖެހުނީތީއެެވެ. ނަމަވެސް އެކަމުގައި އިވާންގެ ކުށެއްވެސް ނެތެވެ. އިވާން އުޅުނީ މެހެކް ސަލާމަތް ކުރާށެވެ.

އަވަސްފިޔަވަޅު ތަކުގައި އެތަނުން ނުކުމެ ޓެކްސީއަކަށް އަރައިގެން މެހެކް އައީ ގެއަށެވެ.

އިރު އޮއްސެން ގާތް ވަމުން ދާތީ ގޭތެރޭގައިވަނީ މަޑު އަނދިރިކަމެކެވެ. ގެއަށް ވަން ގޮތަށް ސިޓިންރޫމްގެ ލައިޓް މެހެކް ޖައްސާލިއެވެ. ކާފަ މިހާރުވާނީ މިސްކިތުގައެވެ. އަބަދުވެސް ވަގުތު ޖެހުމުގެ ކުރިން ކާފަ މިސްކިތައް ދާނެއެވެ. ކުރިން އާހިލްގެ އާދަތައް ވެސް ހުންނާނީ އެގޮތަށެެވެ. ނަމަވެސް މިހާރު ބަލި ހާލަތު ހުންނަ ގޮތުން ނަމާދު ކުރަނީ ގޭގައެވެ.

ކޮޓަރީ ދޮރު ހުޅުވާލިއިރު އާހިލް އެއް ނެތެވެ. ފާހާނާ އަކުވެސް ނެތެވެ. މެހެކް އަވަސް އަވަހަށް ނުކުމެލީ ބެލްކަންޏަށެވެ. އޭރު ފުރަގަހަށް ވާ ގޮތަށް ބެލްކަނީގެ ދަގަނޑުގައި ހިފަހައްޓާލައިގެން އާހިލް ހުއްޓެވެ.

އާހިލް ފެނުމާއެކު ހިތަށް ލިބުނު ހަމަޖެހުމުގައި މެހެކް ގޮސް އާހިލްގެ ގައިގައި ބައްދައިގަތެވެ. އަރިއަކަށް ވާ ގޮތައް ބައްދާލިއިރު މެހެކް ގެ ނިއްކުރި އާހިލްގެ ދަތްދޮޅީގައި ޖެހުނެވެ. އެވަގުތު  ނިއްކުރިއަށް ފިނިވެގެން ދިޔައެވެ. މެހެކް އިސް އުފުލާލާފައި އާހިލްގެ މޫނަށް ބަލާލިއެވެ. އޭރު އާހިލް ރޮނީއެވެ. ދިގު އެސްފިޔަތައް ތެމި ދެލޯ ރަތްވެފައި ހުރުމުން އާހިލް ރޯތާ އެތައް އިރެއް ވެއްޖެހެން މެހެކް އަށް ހީވިއެވެ. މެހެކްގެ ނިއްކުރީގައި ހޭކުނީ އާހިލްގެ ކަރުނައެވެ.

” އާހިިލް” އެމޫނު ފެނި ހާސްވެގެން ގޮސް މެހެކް އަށް ރޮވުނެވެ.

” އަހަރެން.. އަހަރެން ވަރަށް ވަރުބަލިވެއްޖެ”. ލޮލާއި މޫނުމަތި ދެއަތުން ފުހެލަމުން އާހިލް މަޑުނުކޮށް ގޭތެރެއަށް ހިނގައިގަތެވެ. މެހެކް އަށް  ރޮވިފައި އާހިލްއާއި ދިމާއަށް ބަލަން ހުރެވުނީއެވެ.

މިފާއިތުވެ ދިޔަ ދެ ހަފްތާއެއް ހައި ދުވަސް ތެރޭގައި އާހިލް ކުރިއަަށް ވުރެވެސް ބަސްމަދެވެ. އަނެއް ކަމަކީ ކެއިން ބުއިމާ ދުރުވިކަމެވެ. އެކަމުގެ ސަބަބުން އޭނާގެ ބިޔަ ހަށިގަނޑަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ގެއިން ނުކުންނަން ބޭނުން ނުވާ ކަމާއި އާދަޔާ ޚިލާފަށް ފާހާނާގައި ގިނައިރުވާ ކަން ވެސް ފާހަގަވެއެވެ. އަދިވެސް އާހިލް އެހުރީ ސަލާމުގައެވެ. އިރާދަކުރެއްވިއްޔާ އާހިލް ދެން އޮފީހަކަށް ނުކުންނާނީ އެބޮޑު ބައްޔަށް ފަރުވާ ލިބިގެންނެވެ.

އަޒުމާއި ހިތްވަރު އާލާވުމުން ލޮލުން ފޭބި ކަރުނަތައް މެހެކް ފޮހެލިއެވެ. ދެން އޭނާވެސް ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

މެހެކް ގެއަށް އައި ފަހުން އެތައް ފަހަރަކު ސޮރީގެ މެސެޖްތައް އިވާން ފޮނުވިއެވެ. ނަމަވެސް މަޢާފަށް އެދެން ޖެހޭނީ މެހެކް އެވެ. އޭނާ އަށް ވިސްނުނީ އެގޮތަށެވެ. އިވާން އެވަރަށް ބުނުމުން ވެސް  އެތަނަށް ވަދެ ހިނގިއިރު ރަނގަޅަށް ނުބެލުނީ އޭނާ އަށެވެ.

އެގޮތަށް ވިސްނިފައި މެހެކްވެސް އިވާން އަށް ސޮރީގެ މެސެޖެއް ފޮނުވިއެވެ.

 

ޖެހިގެން އައި ހަފްތާގެ އާދިއްތަ ދުވަހެވެ. ހެނދުނުވަގެތެވެ. މެހެކްގެ ފޯން ރިންގް ވާން ފެށުމުން އޭނާ އަވަސް އަވަހަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް އޭނާގެ މޫނު މައްޗަށް ވެރިވިއެވެ. އޭނާ އިންތިޒާރު ކުރިވަގުތު އައިސް ޖެހުނީއެވެ.

” ހެލޯ މެހެކް ހުރިހާ ކަމެއް ހަމަޖެހުނީ. ތިން ލައްކަ ޑޮލަރު މެހެކްގެ ޑޮލަރު އެކައުންޓަށް ޖަމާކޮއްފިން މިހާރު. ދިމާވެލަމާ ދޯ”. ހިތްހެޔޮ ކަމާއެކު އިވާން ބުނެލިއެވެ.

ދެމީހުން ބައްދަލުކުރީ ސީހައުސް ރެސްޓޯރެންޓުންނެެވެ.

” މިއޮތީ ފައިސާ ޖަމާކުރި ސްލިޕް”. އިވާން ހިނިތުންވަމުން ސްލިޕް ދިއްކޮއްލިއެވެ. އޭގައި ހިފިއިރު މެހެކް އިނީ ފެންކަޅިވެފައެވެ. އޭނާގެ ހިތް އުފަލުން ނަށާލި ކަހަލައެވެ.  މޫނުމަތިން ފެންނަމުން ދިޔައީ ފިލާ ނުދާނެ ކަހަަލަ ރީތި ހިނިތުންވުމެކެވެ.

” އިވާން އަހަރެން..އަހަރެން ކިހިނެއް ޝުކުރު އަދާކުރާނީ”. ކަރުނައިން ބަރުވެފައިވާ ދެލޮލުން މެހެކް އިވާން އާއި ހަތަރުކަޅި ހަމަކުރިއެވެ.

” އަހަރެން މެހެކްއަށް ކޮންމެ ކަމެއްގައިވެސް މިގޮތަށް އެހީވެދޭނަން އިރާދަކުރެއްވިއްޔަ”. އިވާންގެ ތުންފަތުގައިވަނީ އޯގާތެރި ހިނިތުންވުމެކެވެ.

ކޮން ދުވަހަކުން ފުރާ ގޮތަށް ހަދާނީ؟”.

” ފުރާނީ މި ހަފްތާގެ ބުރާސްފަތި ދުވަހު. އެހިސާބަށްް ދާއިރު ހުރިހާ ހަޤީޤަތެއް އެނގި އާހިލްވެސް ހުންނާނީ ހަމައަކަށް އެޅިފަ. ކާފަ އާއި މަންމަ މެންވެސް”.

އިވާން އަށް އެތައް ފަހަރަކު ޝުކުރު އަދާ ކުރުމަށްފަހު މެހެކް އެތަނުން ނުކުތެވެ. އަވަސް ފިޔަވަޅުތަކުގައި އޭނާ ގޮސްވަނީ ހޮސްޕިޓަލުގެ އޮފީހަށެވެ. މެނޭޖަރާ ހުރިހާ ކަމެއް ހިއްސާ ކުރުމަށް ފަހު އޭނާ ތިރީސް ދުވަހުގެ ޗުއްޓީ ދުވަހުން ދުވަހަށް ހަމަޖެއްސިއެވެ. ނަސީބަކުން އެމަހަކީ އޭނާ ވަޒީފާއަށް ނުކުންނަތާ އެއްއަހަރުވީ މަހެވެ.

މެހެކް ގެއަށް ދިޔައީ ކާރުގައެވެ. މިއަދަކީ އޭނާގެ ޚަޔާތަށް އައި އެންމެ އުފާވެރި ދުވަސް ހެން ހީވާ ކަހަލައެވެ. އޭނާ މާތްރަސްކަލާނގެއަށް ކުރަމުން އައި ދުޢާ އިޖާބަކުރެއްވީއެވެ. އެހާ ގިނަ ފައިސާ ލިބުނު ގޮތާއި މެދު އާހިލް ސުވާލު ކުރާނެކަން ޔަޤީނެވެ. ނަމަވެސް އެކަމަށްވެސް މެހެކްވަނީ ޖަވާބެއް ވިސްނާފައެވެ. އެއީ ހެޔޮއެދޭ ފަރާތަކުން އާހިލްއަށް ދިން ހަދިޔާއެއްކަމަށް އޭނާ ބުނާނީއެވެ.

ޚިޔާލުތަކުގައި އިނދެގެން އިރުއިރުކޮޅުން އޭނާ އެ ސްލިޕް ގެނެސް މޭގައި ޖައްސާލައެވެ. އޭގައި ބޮސްދެއެވެ. ދެން ހިނިތުންވެލައެވެ. އުފަލުންގޮސް އޭނާ މޮޔަވެދާން އުޅޭހެން ހީވެއެވެ. ވާނީވެސް އެހެންތާއެވެ. އެކަމަށްޓަކައި އެހާ ވަރަށް އޭނާ ރޮއިފިއެވެ. އޭނާގެ ހިތް އެތައް ފަހަރަކު މަރުވިއެވެ. ފިކުރުތަކުގައި ގުނީ ކިތައް ރޭ ހެއްޔެވެ؟

ކާރުއައިސް ގޭ ކައިރިއަށް މަޑުކޮއްލުމާއެކު އޭނާގެ ހިތުގެ ވިންދު ކުރިއަށް ވުރެ އަވަސްވިއެވެ. ކާރުން ފައިބައިގެން ސިޑިން މައްޗަށް އަރަމުން ދިޔައިރު ހިތުގެ ވިންދާއި އެއްވަރަށް އޭނާގެ ފިޔަވަޅުތައްވެސް އަވަސް ހެން ހީވެއެވެ.

އެވާހަކަ ބުނުމުން އާހިލް ހާސްވެ ބިރުގަންނާނެ ވަރު ހިތަށް އަރާފައި މެހެކްގެ ހިތް ފިނިވިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އޭނާގެ ޒަމީރު އޭނާ އަށް ވިސްނައިދިނެވެ. އެބިރާއި އެކުވެސް އާހިލްގެ ބޭސްފަރުވާ ހަމަޖެހިފައިވާކަން އެނގުމުން އެހިތަށް ކިހާ ހަމަޖެހުން ލިބޭނެ ހެއްޔެވެ؟ ކިހާ އުފާ ވާނެ ހެއްޔެވެ؟ އާހިލް، މެހެކް އަށް ކިހާ ތަޢުރީފެއް ކުރާނެ ހެއްޔެވެ؟

ހާސްކަމުގެ ތެރެއިން ހިނިތުންވެފައި ހުރެގެން އޭނާ ކޮޓަރީއަށް ވަދެލިއެވެ. ނަމަވެސް ކުއްލިއަކަށް ފެނުނު މަންޒަރުން ބިރުވެރި އިހްސާސްތަކުން ހިތް ވަށާލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވި ހިނިތުންވުން އެއްކޮށް ގެއްލިއްޖެއެވެ.

(ނުނިމޭ)

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ހާދަހާ ލޯބިވޭ 2

Next

ވަންހަނާ (30)

Next
February 14, 2017

ވަންހަނާ (30)

Previews
February 14, 2017

ހާދަހާ ލޯބިވޭ 2

31 Comments

  1. shelly says:
    February 14, 2017 at 5:54 pm

    ohhh myyy me first varah salhiii

    1. shafu says:
      February 14, 2017 at 9:57 pm

      Thankxxxxxx shelly ?

  2. Ely says:
    February 14, 2017 at 5:59 pm

    Interesting

  3. Shaa says:
    February 14, 2017 at 6:55 pm

    Kihinehvbaa anehkaa deravey ebamihaaruvs next part konirakun up kohdeyny

    1. shafu says:
      February 14, 2017 at 10:04 pm

      Thankx Ely and shaa.. ❤❤
      E vy varah ehen kahala kameh.. balamaa.. next part v avahah up kuraanan in sha Allah..

  4. rain says:
    February 14, 2017 at 7:34 pm

    Shafoo evarah aadeys kohkoh ohvaa aahil maraaly e.. ?

    1. shafu says:
      February 14, 2017 at 10:06 pm

      Hehe.. balamaa dhw rain.. thankx v bodah ?

  5. Aashoo says:
    February 14, 2017 at 7:42 pm

    Omg.. Anekka aahila ah kihineh v?

    1. shafu says:
      February 14, 2017 at 9:56 pm

      Balamaa aashoo.. thankx v bodah ?

  6. Rozaina says:
    February 14, 2017 at 7:54 pm

    V bodah shukurihya mi paat dhigukoh genes dhineema. Jehigen in paat kiyaahithun mihaaru hurevenee eh noon

    1. shafu says:
      February 14, 2017 at 9:55 pm

      Ur welcom rozaina and thankx.. v avahah up kureveythw balaanan in sha Allah ❤

  7. 404Error says:
    February 14, 2017 at 8:21 pm

    ohh kihinaii mi vyy

    1. shafu says:
      February 14, 2017 at 9:53 pm

      Balamaa.. thank 404Error. ?

  8. shaat says:
    February 14, 2017 at 8:52 pm

    Mirey v beynun adhi eh part kiyaalan.vedhaanethr shafu.

    1. shafu says:
      February 14, 2017 at 9:51 pm

      Dear shaat.. vv bodah sorry ?.. miray alhugandah vaanehen hieh nuvey.. veehaa vx avahah veythw balaanan.. madama in sha Allah v masahkaiy kuraanan ingey.. thank v bodah ❤

  9. Petite says:
    February 14, 2017 at 9:37 pm

    Wowww.. varah reeethi ❤❤

    1. shafu says:
      February 14, 2017 at 9:49 pm

      Thank u petite.. ?

  10. Sham cham says:
    February 14, 2017 at 11:40 pm

    Dhen knirakun next part up kohlla dheynee

    1. shafu says:
      February 15, 2017 at 1:15 pm

      Thankx sham cham..? Mirey nuny madama in sha Allah

  11. Inu says:
    February 14, 2017 at 11:48 pm

    Anehkka aahil maru vytha??? Maruviya nudhey thi mi stry liya kuhjja… V kada vaane ehen viyya ma nuvess kiyaanan ok dho heheh just kidding

    1. shafu says:
      February 15, 2017 at 1:18 pm

      Hehehe.. thankx inu.. ?

  12. Kiuntheri eh says:
    February 15, 2017 at 12:15 am

    C rias.Ahil maruvejjeyyaa hiyfalhaigendhaanee

    1. shafu says:
      February 15, 2017 at 1:21 pm

      thankx kiyuntheriya.. ❤..

  13. Petite says:
    February 15, 2017 at 12:46 am

    Mi storyga in photo ves varah salhi ingey pretty.. hama bunelaa hiyy vee mivaahaka ves.. waiting for the story.. ❤ ❤

    1. shafu says:
      February 15, 2017 at 1:24 pm

      Thankx petite ?.. haalataa gulhuvaalaafa. hehe..

  14. ham says:
    February 15, 2017 at 8:14 am

    Shaf. Aahil ah dhera goteh nahadhacheyyy….mehek fakeeru halaaku vedhaane……any w story hama habeys

    1. shafu says:
      February 15, 2017 at 1:25 pm

      Thankx ham always supporting me.. ?

  15. Maumoon says:
    February 15, 2017 at 6:37 pm

    Vaahaka kiyamun dhiyairu heeevany film eh balan hen mi idhevuny varah Delhi

  16. Crazi says:
    February 15, 2017 at 6:43 pm

    Aslu mivahaka kiyanee vrh kiyaa hithun..aslu maumoon thibunee ragalhu vahaka manzaru sifa vey vahaka kiyaa iru..shafu plz mirey genes dheebah

  17. Nas says:
    February 15, 2017 at 11:09 pm

    Waiting waiting… story reethikamun .. konirakun up kohdheynee??

  18. shaat says:
    February 15, 2017 at 11:43 pm

    Haadha lasvejjey.

Comments are closed.

All Right Reserved!