Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިގެ ދިރުމޭ (6)

Aaran
February 13, 2017
10 Mins Read
47 Views
19 Comments

“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ.

ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު އެއްކޮށް ހުޅުވާލުމަށްފަހު ބޭރުން ގޮނޑިއެއް ގެނެސް އޭގައި އިށީނދެއްޖެއެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ ބައިބަރު ސުވާލުތައް އެބަހުއްޓެވެ. ކުރާނެ ގޮތަކާމެދު ޔާސީން ވިސްނަމުން ދަނިކޮށް ރަޔާލް އަނެއްކާވެސް ބަލާލައިފިއެވެ. އެމޫނުން ފެންނަނީ ބިރުގަނެފައިވާ ވަރެވެ. އަދިވެސް ހަމައަކަށް ނޭޅޭކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އަނެއްކޮޅުން އެމީހަކު މިގެއަށް ވަނީ ކިހިނެއް ކަމާމެދު ސުވާލުވެސް އުފެދުނެވެ.

“ރަޔާ… އިނގޭތަ އެއީ ކާކުކަން؟” ޔާސީން ދުރުގައި އިން އެނދުގައި އިށީދެގެން އިން ރަޔާލް ކައިރީގައި އަހާލައިފިއެވެ. އިސްޖަހާލައިގެން އިނުމަށްފަހު އޭނާ ހޫރުވާލީ ބޮލެވެ.

“ރަޔާ ވާހަކަ ދެއްކީމަ އަހަންނަށް ހެލްޕެއް ވެވޭނީ…” ދެވަނަ ފަހަރަށް އެހެން އަހާލުމުން ރަޔާލް އިސްއުފުލާ ބަލާލައިފިއެވެ. ތުންފަތް ހަރަކާތް ކޮއްލި ނަމަވެސް އަޑެއް ނުނިކުތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ރަޔާލް އޭނާ ނިއްކުރީގައި ހިއްލާފައިވާ ދާތައް ފުހެލަމުން އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރަން ފަށައިފިއެވެ.

“ހީ ނިއު މައި ޑްރީމްސް….” ރަޔާލްގެ ދުލުން ބޭރުވި އެޖުމްލައާއިއެކު ޔާސީންގެ ހިތުގެ ހިނގުމަށް ހުއްޓުން އެރި ކަހަލައެވެ. މީހަކަށް ހުވަފެނުން ފެންނަ ކަމެއް އެހެން މީހަކަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އެކަމާއި ޔާސީން ސުވާލެއް ނުކުރިއެވެ. ރަޔާލް އިތުރަށް ބިރުގަތުމަކީ އޭނާއަށް ލިބޭނެ ނާކާމިޔާބީއެކެވެ.

އެތަށް އިރަކު ދެމީހުން އެހެން ތިބުމަށްފަހު އެންމެ ފަހުން ޔާސީން ނިންމީ ރަޔާލް ގެއަށް ގެންދިއުމަށެވެ. ކާރު ދުއްވަމުން ދިޔައިރު ޔާސީނަށް ވިސްނެމުން ދިޔައީ ރަޔާލް ބުނި އެއްޗަކާ މެދުގައެވެ. އެމީހަކީ ކާކުކަން ކޮންމެހެންވެސް ބަލަން އެބަ ޖެހެއެވެ. އެމީހަކު ރަޔާލްގެ ފަހަތުން އެގެއަށް އައިގޮތެއްވެސް އޮންނާނެ ނޫން ހެއްޔެވެ؟ އެކި ހިޔާލު ތަކުގައި އިން ޔާސީން ސިހުނީ ރަޔާލް އެޗެކޭ ބުނުމުންނެވެ. ރަނގަޅަށް އަޑު ނީވުމުން ޔާސީން ހޫމް ސެކޭ ލައްވާލައިފިއެވެ.

“އަޅުގަނޑު….”

“އަޅުގަނޑު ތިކިޔަނީ އޯ… ތިންކް އޭސް އަމް ޔުއަރ ފޮރެންޑް..” ރަޔާލްގެ ކުރި މަރާލަމުން ޔާސީން އެހެން ބުނެލީ ރުޅި މޫނެއް ދައްކާ ލަމުންނެވެ.

“އައި ލައިކް ރެއިން…ވަރަށް ވަރަށް ގަޔާވޭ ވާރެއާ” ދެފަރަކާ ރަޔާލް އެހެން ބުނެލީ ބޭރަށް ބަލާލަމުންނެވެ.

“ކުޑައިރު ވާރޭގަ ކުދިން ތަކަކާއެކު އުޅުނު ހނަދާންވި އެދުހު..” ކިރިޔަ އަޑު ނިކުންނަ ވަރަށް އެހެން ބުނި ނަމަވެސް އެބުނި އެއްޗެސް ޔާސީނަށް އަޑު އިވުނެވެ.

“ދެން ކީއްވެ ބިރު ގަންނަނީ ވާރޭ ދެކެ؟” ޔަސީން ކޮއްލި ސުވާލުން ރަޔާލް ބަލާލި އޭނާއާއި ދިމާލަށެވެ. އޭގެއަށް ދޭނެ ޖަވާބެއް ރަޔާލަކަށް ނުވިސްނުނެވ. އޭނާ ވާރޭދެކެ ބިރު ގަންނަންވި ސަބަބެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ ފުރަތަމް އެކަން ވިސްނުނު ރަޔާލް ސިކުނޑިއަށް ބަރުލީ އޭނާ ވާރޭދެކެ ބިރު ގަންނަ ސަބަބު ހޯދާށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އެކި ހިޔާލުތަކުން ބަރު ވަމުން ދިޔަ ސިނކުނޑއަށް ލުޔެއް ލިބުނީ ޓްރެފިކަށް ކާރު މަޑުކޮއްލަމުން ޔާސީން ގޮވާލުމުންނެވެ. ދޭނެ ޖަވާބެއް ނޭނގުމުން ރަޔާލް ނިންމީ ބަހެއް ނުކިޔާ އިންނާށެވެ.

އެރޭގައި އެއްގޮތަކަށްވެސް ޔާސީންގެ ލޮލަކަށް ނިންޖެއް ނައެވެ. މީހަކު އަނެއްކާ ރަޔާލްގެ ފަހަތުގައި އަޅުވާލައިގެން އުޅެނީ ހެއްޔެވެ؟ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލައިފިއެވެ. ޒުހައިރާ ދެ ސަބްމެރީން ލާފައިވާ ކޮތަޅު ދައްކާލުމުން އޭނާ ހިނިތުން ވެލައިފިއެވެ.

“މިއަދު މިގެއަށް ބަޔަކު އައޯ؟” ދިމާކޮށްލާފަދަ ރާގަކަށް ޒުހައިރާ ބުނެލައިފިއެވެ.

“ކާކު ބުނީ ؟”” ޔާސީންވެސް އޭގެން އެތިކޮޅެއްގައި ދަތްއަޅައި ނައްޓާލަމުން ބުނެލައިފިއެވެ.

“ބައްޕަ އެއްނު ބުނާނި.. ބުނި ބައްޕަ ބޭރަށް ނިކުންނަން އުޅުނު ގަޑީގައޭ އައީ..” ހީލަމުން އެހެން ބުނި ނަމަވެސް ޔާސީންގެ މޫނުގައި އުފަވެރިކަމެއް ނުވާކަން ޒުހައިރާ ދެނެގަތެވެ.

“މައު އެއްޗެކޭ ބުނީތަ؟” ޒުހައިރާ ހީކޮއްގެން ހުރީ ޔާސީންއާއި މައުވާއާއި ދެމެދުގައި ގުޅުމެއް އިންނަ ކަމަށެވެ. ޔާސީން ފާޑަކަށް ބަލާލަމުން ބޯހޫރާލައިފިއެވެ.

“އިޓްސް ރަޔާލް..” ޔާސީންގެ އެހެން ބުނިއިރު އެއަޑުގައިވަނީ ހަމްދަރުދީއެވެ.

“ކިހިނެއްވީ؟ އަނެއްކާ ރަޔާއާއި ލައިކް ވަނީތަ..” ޒުހައިރާ ދިމާކޮށްލުމުން ޔާސީން ހީލަމުން އިންތަނުން ތެދުގެން ދުރަށް ހިނގައި ގަނެއްޖެއެވެ. އެމޫނުގައިވި ކުލަވަރުތަކުން ޒުހައިރާ ހިނިތުންވެލީ އޭނާ އެބުނި އެއްޗެއް ތެދަކަށް ވެދާނެތިއެވެ.

“އިޒް އިޓް؟” އަނެއްކާވެސް ޒުހައިރާ ސުވާލު ކޮއްލައިފިއެވެ.

“ނޭނގެ މަންމާ… އަޅުގަނޑު މާބޮޑަށް ސިމްޕަތީ ވަނީ ކަންނޭނގެ ދޯ..” ޔާސީން ދެއަތުން މޫނު ފޮރުވާލަމުން

*    *    *    *    *    *

ރަނގަޅަށް ނުހިނގުނު ކަމުގައިވިއަސް ފައިސަލް އެކުއްޖާގެ އަތުގައި \ފައިސަލް ދަމަމުން ގެންގޮސް ކުރިމަތީގައި ހުރިގެއަށް ވައްދައިފިއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެފަހަރަކު ގޮވާލުމުން ރާބިޔާ އެތެރޭގައި ހުރި ކޮޓަރިން ނިކުމެގެން އަތުވެއްޖެއެވެ. ދެއަތާއެކު އުނގުޅިފައިވާ ލޭތައް ފެނުމުން ފައިސަލް ދެލޯ ބޮޑު ކޮއްލައިފިއެވެ. ވާރޭގެ އަޑާއެކު އެމަންޒަރު ފެނުނު ގޮތުން ފައިސަލްވެސް ބިރު ގަނެއްޖެއެވެ. ކޮޓަރިން ބޭރަށް ނިކުމެފައިވާ ފިރިހެނެއްގެ އަތްތިލަ ފެނުމުން ރޫބީ ފަހަތަށް ޖެހިލައިފިއެވެ. އެތަން ފެނުނު ރާބިޔާ ފުންމައިގެން އައިސް ރޫބީގައި ހިފަހައްޓައިފިއެވެ. ރޫބީ އެތަނުން ނިކުމެއްޖެނަމަ އޭނާއަށް ކުރެވުނު ކަންތައް ފަޅާއަރާނެއެވެ ނަމަވެސް ފައިސަލް ފަހަތުން އައިސް ރާބިޔާ ދުރުކޮއްލައިފިއެވެ.

“ރާބީ ކިހިނެއް ވީ؟” ފައިސަލް ތިރީގައި އިށީނދެވިފައިން ރޫބީ ނަގާކަށް ނޫޅުނެވެ.

“ފައިސަލް އަހަރެން ގަސްތުގައެއް ނޫން.. އަސްލުކޮށް މިބުނީ..” ރޮވިފައިވާ އަޑުން ވާހަކަ ދައްކަމުން ދިޔަ ރާބިޔާ ހުރީ އޭރު ހާސްވެފައެވެ. ދެލޯ ބޮޑު ކޮއްލައިގެން ހުރިއިރު އޭނާގެ ލޮލުގައި އަޅައިގައިގަތީ އެތަނުގައި އިށީނދެވިފައި އިން ރޫބީއެވެ. އެކުއްޖާޖެ ފައިފަލަ މަސްގަނޑުން ތިރިއަށް ފައިބައިބާފައި ހުރި ލޭތައް ފެނުމުން ރާބިޔާ ހިމޭން ވެލައްޖެއެވެ.

“ފައިސަލް އެއީ ބޮޑު މީހެއް ނޫނޭ…” ރޫބިއަށް އިޝާރާތް ކޮއްލަމުން ރާބިޔާ ބުނެލައިފިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެމޫނަށް މައިވަންތަ ކަމުގެ އެއްވެސް އަސަރެއް ފެނުނުހެން ހީވިއެވެ.

“ނޫން އަހަރެން އެހެނެއް ނޫ…” ފައިސަލަށް އެހެން ބުނެނެވިގެން އުޅެނިކޮށް ހުޅުވިފައިވާ ދޮރުން ރޫބީ ނިކުމެގެން ދުއްވައި ގަނެއްޖެއެވެ.

“ފައިސަލް އޭނާ ހިފަހައްޓާ… ޕްލީސް އެހެންނޫނީ…” ރާބިޔާ ތެޅި ގަންނަމުން ބުނެލައިފިއެވެ.

“ރާބި އެ ފޮރުވާ… ޕްލީސް..” ފައިސްލ އެހެން ބުނަމުން ދޮރުން ނިކުމެގެން ދުއްވައި ގަނެއްޖެއެވެ.

ރާބިޔާ މަސައްކަތް ފެށީ އެހަށިގަނޑު އެތަނުގެ އެތެރެއިން ނެރެވޭތޯއެވެ. ދެއަތުގައި ހިފައި މަރުވެފައިވާ އެމިހާ އެތަނުން ނެރުނުއިރު އޭނާހުރީ ދާހިއްލާ ފޯވެފައެވެ. އެންމެ އަންނައުނު ފަށެއްވެސް އެހަށިގަނޑުގައި ނެތްއިރު ރާބިޔާގެ ހެދުމުގެ ވަކި ހިސާބަކުންވެސްވަނީ ހަލާކުވެފައެވެ. އެފިރިހެންމީހާގެ ކުރިމަތި ފަރާތް ނުވެސް ނެތެވެ. ރާބިޔާ އެމީހާ ގެންގޮސް ގޭގެ ފުރަގަހުގައި އޮތް ހުސްޖާގައަށް ލައިފިއެވެ.

#  #   #   #   #   #

ދޮރުގައި ޓަކި ޖަހާލިލުމުން ރާބިޔާ ސިހިފައި އެދިމާލަށް ބަލާލައިފިއެވެ. ކަނާތުން މޫނު ފޮހެލަމުން އޭނާ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ހުޅުވާލި ދޮރުން އެތެރެއަށްވަން ފައިސަލް ފެނުމުން ރާބިޔާގެ ރުޅިވީ އިތުރެވެ. މޫނު ހަދާލައިގެން އެތެރެއަށް ހިނގައިގަނެއްޖެއެވެ. ފައިސަލް މިއަދު އެހާ ގިނައިރު އޭޏާއަށް ހަބަރެއް ނުވެ އުޅުމުން ރާބިޔާހުރީ ރުޅި އައިސްފައެވެ. ފައިސަލް ހިނިތުންވެލަމުން ދޮރުފަތް ލައްޕާލައިފިއެވެ. ނަމަވެސް ރާބިޔާގެ މޫޑު ރަނގަޅު ވާގޮތެއް ނުވިއެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑަށް ބޯ ހާސްވެފައެވެ.

“ރާބި އަހަރެންނަށް ހީވަނީ ރޫބީ ދުނިޔޭގައި އެބަހުރިހެން” އަތުގައިވި ސިގިރޭޓް ރޯކޮއްލަމުން ފައިސަލް ބުނެލައިފިއެވެ.

“ތިކަމުން އަހަންނަށް އޮތީ ކޮން އުފަލެއް؟ އޭނާ ދުނިޔޭގަ ނެތިއްޔާ ރަނގަޅީ” ރާބިޔާގެ ރުޅިއައިސްފައިވާ މޫނަށް ޖަންބު ކުލަ ވެރިވެގެން ހިނގައްޖެއެވެ.

“ހިނގާބަ މިގެ ހަނދަން ދޯ… މިހެންދެން އަބަދު ގެ ނުބެހެއްޓޭނެ އެއްނު..” ފައިސަލް ބުނި އެއްޗަކުން ރާބިޔާ ފުންމައިގެން ތެދުވެއްޖެއެވެ.

“އަހަރެން މިގެ ހަނދަން ބޭނުން ނުވެގެނެއް ނޫނެ ނުހަދާ މިހުރީ… އަހަރެންގެ ދެއަތުން މިގޭ ފުރަގަހުގަ އެއޮށް ބައިގަ އެމީހާ ވަޅުލީ.. މިގެ ހަނދަން އުޅެންޏާ އެމީހާ އެތަނުން ނަގާނެ..” އެރި ރުޅީގައި ރާބިޔާ ކޮޓަރިއަށް ގޮސް ބަންލާފައި ދޮރު ޖަހާލައިފިއެވެ. ފައިސަލް އެތަން ބަލާލީ ފާޑަށެވެ. ރާބިޔާ ދެން ނުނިކުންނާނެ ކަން އެނގުމުން އޭނާވެސް އެތަނުން ނިކުމެގެން ދިޔައީއެވެ.

 

********

ޒުހައިރާ އިނީ ޔާސީންގެ އެނދު ކައިރީގައި އިށީންދެގެންނެވެ. އޭރުވެސް ޔާސީން އޮތީ ނިދިފައެވެ. ހުކުރު ދުވަސް ކަމުން އޭނާ އެވަރަކުން ޔާސީނަށް ގޮވާކަށް ނޫޅުނެވެ. ޒުހައިރާ ދިޔަތާ އިރުކޮޅެއްވެސް ނުވަނީސް ޔާސީން ލޯ ހުޅުވާ ލައިފިއެވެ. މިހާރަކަށް އައިސް އަބަދު އޭނާ ހުންނަނީ ސިނކުޑިއަށް ބަރުވެފައެވެ. ރަޔާލަކީ ކުރިން ފެނުނު ކުއްޖާއަށް ވެއްޖެނަމަ އޭނާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރާނެއެވެ. އެކި ހިޔާލު ތަކުގައި ހުރެގެން ނިތުން ޔާސީން ހުރީ ކުރު ސޯޓު ކޮޅުގައެވެ. ބޭރަށް ނިކުތްއިރު އެންމެ ފަހަރަކުވެސް އޭނާ ވަށައިގެން ބަލައެއް ނުލައެވެ. އެއަށްވުރެ ބޮޑަށް ސިކުނޑި ވަނީ ފުނިޖެހިފައެވެ. މޫނުގައި ދެއަތް ކާތާލަމުން ބަލާލެވުނު އިރު ކުރިމަތިން ރަޔާލް ފެނުމުން ޔާސީނަށް ޖެހެވުނީ ފަހަތަށެވެ. ހީވީ ބިރުވެރި ހުވަފެނެއް ފެނުނު ހެންނެވެ.

ދުރުގައި އިން ރަޔާލް ހީލި ގޮތުން ޔާސީނަށް ބަލަން އިނދެވުނީއެވެ. އޭނާ ކޮންމެހެން އެއްޗެހި ލާކަށްވެސް ބޭނުމެއް ނުވިއެވެ. އަޅާވެސް ނުލައި އޭނާ ހިނގައިގަތީ  އައިސް އަލަމާރި އާއި ދިމާލަށެވެ. އެމަންޒަރު ފެނުނު ޒުހައިރާވެސް ހުރީ ހައިރާން ވެފައެވެ. ޔާސީނަކީ ދުވަހަކަވެސް އެހެން މީހެއްގެ ކުރިމަތިގައި އެހެން އުޅުނު ފިރިހެނެއް ނޫނެވެ. އޭނާގެ ދަރިފުޅުވެސް ބޮޑު ވެއްޖެތައެވެ. ޔާސީން ފެންފުޅި އަނބުރާ އައިސް އަލަމަރިއަށް ލަމުން ލޮލުގެ އެއްކޮޅުން ދުރުގައި އިން ރަޔާލަށް ބަލާލައިފިއެވެ. ކޮޓަރިއާއި ދިމާއަށް ދަމުން ޔާސީން އަނެއްކާވެސް އެނބުރި ބަލާލައިފިއެވެ. ނަމަވެސް އަނގައިން ބުނާކަށް ނުކެރުނެވެ.

ޒުހައިރާ ދިން ކޯކު ފުޅިއެއް ހިފައިގެން ރަޔާލް ދިޔައީ ޔާސީންގެ ކޮޓަރިއާއި ދިމަލަށެވެ. މައުވާމެން ކުކުޅު ހިފައިގެން ނާންނާތީ އޭނާވެސް ނިންމީ  އެގޭގައި މަޑު ކުރާށެވެ. ދޮރުގެ ތަޅުގައި މަޑުމަޑުން ހިފާލާފައި އެތެރެއަށް ވަދެއްޖެއެވެ. ކޮޓަރީގެ ޔާސީން ފެންނަން ނެތުމުން ރަޔާލް  ކުރިއަށް ހިނގައި ގަނެއްޖެއެވެ. އެއާއެކު ފަހަތުން ދޮރު ލެއްޕުނު އަޑަށް ރަޔާލް ދިޔައީ ސިހިގެންނެވެ.

“ކީއްވެތަ އެވަރަށް ތި ސިހެނީ؟” ދޮރުގެ ލެގި ލައިގެން އިން ޔާސީން ހިނިތުން ވެލަމުން ބުނެލިއެވެ. ދެލޯ ބޮޑު ކޮއްލައިގެން އިން ރަޔާލަށް ޔާސީންގެ ރީތި ހަށިގަނޑު އެހާ ކައިރިން ފެނުމުން ބިރުގަތީއެވެ.

“ވަޓް..؟” ރަޔާލް ހުއްޓުން އަރާފައި ހުރިތަން ފެނުމުން ޔާސީން ބިރު ގަނެއްޖެއެވެ. އޭނާއަށް މިކުއްޖާއާ ސަމާސާއެއްވެސް ކޮއްލެވެނީއެއް ނޫނެވެ. ކުރިއަށް ޖެހިލަމުން އެމޫނުގައި ހިފާލާފައި ގެނެސް ޔާސީންގެ ނޭޥާ އެޅޭ ހިސާބުގައި ބަހައްޓައިފިއެވެ. ނަމަވެސް ޔާސީން އެހެން ހަދާލުމުން ރަޔާލް ދުރަށް ޖެހިލައިފިއެވެ. ޔާސީންގެ އަތުގައި ހިފާލަމުން ރަޔާލް އެބޮޑު ލޮލުން ކޮއްލީ ސުވާލެކެވެ.

“ރަޔާ ބިރު ގަތީތަ؟” އެފިނި އަތް ތިލަ ބީހިލުމުން ޔާސީނަށް އަހާލެވުނީ އެހެންނެވެ. ޖަވާބުގައި ބޯހޫރާލި ނަމަވެސް އޭނާ ހުރީ ބިރު ގަނެފައެވެ. އެހެން މީހެއް ކައިރި ވުމުން ނުވާ ގޮތްތައް އޭނާއަށް ޔާސިން ފެނުމުން ވެއެވެ.

“ކޯކް..” މަޑުމަޑުން އެހެން ބުނިއިރު ރަޔާލްގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. އެއަޑު ކިތަންމެ މަޑު ނަމަވެސް ޔާސީން ދިއްކޮއްލި ފުޅީގައި ހިފާލަމުން ރަޔާލާއި ދުރަށް ޖެހިލައިފިއެވެ.

“އާދޭ ކާޓޫން ބަލަން..” ތިރީގައި އިން ލެޕްޓޮޕް އިން ރިއޯ ކާޓޫން ޕްލޭ ކޮއްލަމުން ޔާސީން ކޯކު ފުޅި ކަނދާލައިފިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން ރަޔާލްވެސް އިށީންދެއްޖެއެވެ. ދެމީހުން ބަހެއްވެސް ނުކިޔައި އެހެން އިންއިރު އަވަސް ވަމުން ދިޔައީ ޔާސީންގެ ހިތެވެ. އޭނާ ހަމަ ހަމްދަރުދީ ވަނީހެއްޔެވެ.

“ޔާސީން…” ދޮރުން ވަދެގެން އައި މައުވާމެން ގޮވާލުމުން ޔާސީން އިންތަނުން ފުންމައިގެން ތެދުވެއްޖެއެވެ. އެތަން ފެނުމުން ޝަބީން އަނގައަށް ގޮތެއް ހަދާލައިފިއެވެ. ޔާސީން މިހާރަކަށް އުޅޭގޮތުން އެންމެންވެސް ތިބެނީ ޝައްކެއްގެ މަތީގައެވެ. ފަހަތުން އައިސް ޔާސީންގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލަމުން ރަޔާލްގެ ފުރަގަހުން އިށީނދެއްޖެއެވެ. އެތަން ބަލަން އިން ޔާސީނަށް ބުނާނެ އެއްޗެއް ނޭނގުޖވެ.

“ޔާނު އުޅޭ ގޮތުން ހީވަނީ ކަމެއް ބޭޒާރު ވެދާނެހެން” އެންމެ ފަހުން ޝަބީން ފަށައިފިއެވެ. ޝަބީން އެހެން ބުނުމުން ބަލާލި ރަޔާލެވެ. ޝަބީން ބުނި އެއްޗަކުން ބިރުވެރިކަން އުފެދުނީ އޭނާގެ ހިތުގައެވެ. އެތަނުން ނިކުމެގެން ދިޔަ ރަޔާލް ދުވަހުގެ ބާކީ ބައިގައި އިނީ ފާޑަކަށެވެ. އެއްވެސް  ީހަކާއެއް ވާހަކައެއް ނުދައްކައެވެ. އެހެން މީހަކާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ޝަބީން އެހެން ބުނުމުން ޔާސީން ޙިގަންނަމުން ބޯހޫރާލައިފިއެވެ. ހުކުރުން ފައިބައިގެން އެންމެން އައިސް ކާން ފަށައިފިއެވެ. އެތަނުން މަތީ ރަޔާލް އެކަންޏެވެ. މައުވާވެސް ރަޔާލަށް ގޮވާ ލުމުން އޭނާވީ މަތީގައި ހުރި ބައިގައި ކަމަށް ޒުހައިރާ ބުނެލައިފިއެވެ. ޔާސީންގެ މުނަށް ވި ގޮތް ފެނިފައި ޒުހައިރާ ހީލައިފިއެވެ. ޔާސީން އެތަނުން ތެދު ވުމުން މައުވާއާއި ރިފާއުވެސް އޭނާގެ ފަހަތުން ސިޑިން މައްޗަށް އަރައިގެން ދާން ހިނގައި ގަނެފިއެވެ. މަތީބައި ހަދާފައި ވަނީ ޒުހައިރާ ގަޔާވާ ގޮތަށެވެ. ބޮޑު އެޕާޓްމެންޓްގައި އެންމެ ކޮޓަރިއެއްވެސް ނެތެވެ. ހުދު ކުލަ ލާފައި ހުރި އިރު މެދުގައިވަނީ ބޮޑު ޕިއާނޯއެއް ބަހައްޓާފައެވެ. ވާށައިގެން ޖަހާފައިވާ ހަރުތަކުގައިވަނީ އެކި ކަހަލަ ފޮތްތެކެވެ. މައުވާ މީގެ އެތެރެ ބަލާލުމަށްފަހު ހުއްޓުން އަރާފައި ހުރި ޔާސީނަށް ބަލާލައިފިއެވެ. ދެލޯ ބޮޑު ކޮއްލައިގެން ހުރި އިރު އޭނާ ބަލަމުން ދިޔައީ ޕިއާނޯ ކައިރީގައި އިށީނދެގެން އެ ކުޅެން އިން ރަޔާލަށެވެ. އޭނާގެ ލޮލަށް ސިފަ ވަމުން ދިޔަ ކަންތައް ދޮގަކަށް ވާނެ ނަމައޭ އެތަށް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ.

 

#   #   #   #

 

ފައިސަލްއާއި އެކު ޔާސީން އައިސް ރާބިޔަމެންގެ ކައިރިއަށް ހުއްޓުނު އިރު ޔާސީން ހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައެވެ. ވަށައިގެން ބަލާލި ޔާސީނަށް ފާހަގަވީ މިއީ ނުވެސް އަންނަ ހިސާބެއް ކަމެވެ. އަލަށް އެ ގޯޅި ގަނޑު ތެރެ ފެނުމުން ޔާސީން ބަލަން ފަށައިފިއެވެ. ބައްޕަ ހިނގަމުން ދިޔަ ގެއާއި ކައިރިން އިވެންފެށި މިއުޒިކުގެ އަޑުން ޔާސީންގެ ގައިން ހީބިހި ނަގައި ގަނެއްޖެއެވެ.

“ބައްޕާ…” ފައިސަލް ތަންކޮޅެއް ބާރަށް ހިނގާފައި އެގެއާއި ދިމާލަށް ދާން ފެށުމުން ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައިސް ޔާސީން ބުނެލައިފިއެވެ.

ފައިސަލް ދޮރުގައި ޓަކި ޖަހާލުމުން އެދޮރު ހުޅުވާލީ ވަރަށްވެސް ރީތި އަންހެނެކެވެ. ދޮންދޮން އެމޫނަށް ޔާސީން ބަލާލީ އަނގަ ހުޅުވައިގެން އިނދެއެވެ. އެމީހުންގެ ފަހަތުން ވަދެގެން އައި ޔާސީންގެ ނަޒަރު ސީދާވީ ކުރިމަތިން ފެންނަން ހުރި 8އަހަރަށްދާ އަންހެން ކުއްޖާއަށެވެ. ޕިއާނޯގެ ފިއްތަކުގައި އެއަތް ހަރަކާތްތެރި ވަމުން ދާއިރު ވަރަށްވެސް ފަރިތައެވެ. ކައިރީގައި ހުރި ބޭރު ފިރިހެން މީހާ ހުރީ އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހީގަނެގެންނެވެ. އެމީހާގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަރި އަކަށް އިންއިރު އެދިގު އިސްތަށިގަނޑު ކޮނޑުމަތިން ލާފައި ކުރިމައްޗަށް ވެއްޓިފައި އޮތެއެވެ. އެހާ ދުރުންވެސް ޔާސީނަށް އެދިގު އެސްފިޔަތަށް ފާހަގަ ވިއެވެ. ކުރިމަތީގައި ހުރި މީހާ ފަދައިން އެކުއްޖާގެ ހަންގަނޑު އައްޔެއް ނޫނެވެ. އެހާ ރީތި މިއުޒިކެއް މިހާތަނަށް އޭނާ އަޑު އަހާފައެއް ނުވެއެވެ. ރާގު ކޮޅު ކުޅެ ނިންމާލުމަށްފަހު އެކުއްޖާ ދޮރާއި ދިމާލަށް ބަލާލިއިރު އެލޮލުގައިވި ވިދުމުން ޔާސީނަށް ހިނިތުން ވެވިއްޖެއެވެ.

 

#   #   #   #

 

ރަޔާލް ޕިއާނޯއިން އަތް ދޫކޮއްލުމަށްފަހު ދޮރާއި ދިމާލަށް ބަލާލިއިރު އެލޮލުގައިވަނީ ކަރުނައެވެ. ދުރުން އެބޮޑު ތިކިތައް ވިދަ ވިދައި ހުރިއިރު ޔާސީނަށް ހުރެވުނީ ބަލާށެވެ. މާކުރިންސުރެ ހަނދާން ނުނެތިގެން އުޅުނު ކުއްޖާ މިހުރިހާ ދުވަހު މިހުރީ އޭނާގެ ކުރިމަތިގައެވެ. ދެމީހުންވެސް ކަޅި ޖަހާނުލައި ތިބުމުން މައުވާ މިވަނީ ކީއްކަމެއް ނޭނގި ބަލާލީ  ރިފާއުއާއި ޝަބިންގެ މޫނަށެވެ. ކުރިން ފެނުނު ވިދުމެއް މިއަދު ޔާސީނަށް އެލޮލުން ނުފެނުވެ. ޔާސީން އެތެރެއަށް ފައި ނަގާފައިވެސް އަނެއްކާ ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. އެއީ އޭނާ ބައްޕައާއިއެކު އެގެއަށް ދިޔަ ފުރަތަމަ ދުވަހެވެ. އެދުވަހު އެ ފެނުނު އުފާވެރި ކުއްޖާ ވަދެ ފިލީ ކޮންތާކަށް ހެއްޔެވެ؟ އެ ފިޔަވަޅުތައް ކިތަންމެ ދުރުގައި އަޅަމުން ދިޔަ ނަމަވެސް އޭނާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ ރަޔާލަށް އޭނާ ނޭނގުނު ކަމުގައި ވިއަސް އޭނާއަށް އެއީ ކާކު ކަން އެގިއްޖެ އެވެ. އެތަށް ދުވަހަކު މި ކުއްޖާއަށް ރައްކާތެރި ކަމެއް ނުދެވުމުން އޭނާގެ ހިތް ހަލާކު ވެއެވެ. މިއަދު މިހެން ކުއްލިއަކަށް ރަޔާލަކީ ކާކުކަން އެނގުމުން އެހިތުގައި އުތުރި އަރަމުން އައި އިހްސާސްތަކަށްވެސް ހުއްޓުމެއް އަތުވެއްޖެއެވެ.

ކޮޓަރިއަށްވަދެ ދޮރު ޖަހާލި ޔާސީން ދޮރުވެސް ނުހުޅުވިއެވެ. އެންމެންވެސް ހީކުރީ ރަޔާލް ޕިއާނޯގައި އަތް ލުމުން ޔާސީން ރުޅިއައީ ކަމުގައެވ ނަމަވެސް ޔާސީން އެހައި ރުޅި އަންނަންވި ސަބަބެއް ރަޔާލަކަށް ނުވިސްނުނެވެ. ރަޔާލްމެން އެގެއިން ދިޔައިރުވެސް ޔާސީން ކޮޓަރިން ނުނިކުމެއެވެ. އެންމެން ނިކުމެ ގޭތެރެ އަމާންވުމުން ޒުހައިރާ ތަޅުދަނޑިން ޔާސީންގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ކުޑަކޮށް ދޮރު ހުޅުވާލަމުން ކޮތަރި ތެރެއަށް ބޯދިއްކޮއްލި ޒުހައިރާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެނދުގައި އިށީނދެގެން މޫނު ދެއަތުން ފޮރުވާލައިގެން އިން ޔާސީނެވެ. އަވަހަށް އެތެރެއަށްވަދެ ޔާސީން ގެ ކޮނޑުގައި ޒުހައިރާ ފިރުމާ ލައިފިއެވެ.

“ޔާން އެހަ ރުޅި އަރާވަރުގެ ކަމެއްތަ ހަމަ ރަޔާ ކުރީ؟ އެ ޕިއާނޯ” ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޔާސީން އިސް އުފުލާ ބަލާލައިފިއެވެ.

“މަންމައަށް ކިހާ ވަރަކަށް ބައްޕަ އިނގޭ…” އެއަޑުގައިވި ރިހުން ޒުހައިރާއަށް ސާފުކޮށް އެނގުނެވެ. ބުނާނެ އެއްޗެއް ނޭނގުނު ޒުހައިރާ އެނބުރުނީ އަނެއް ފަރާތަށެވެ. ދަރިފުޅަސް ދޭނެ ޖަވާބެއް އޭނާއަކަށް ނުވިސްނުނެވެ.

“މަންމައަށް އެނގޭތަ މީ ކާކު ކަން… މީ ރޫބީ… ދެން އެހުރީ ބައްޕަ.. ފުރަގަސް ޖަހައިގެން..” ކުޑަ ކޮށް ރޫއަރާފައިވާ ފޮޓޯގަނޑު ދައްކާލަމުން ޔާސީން ބުނެލައިފިއެވެ. ފުރަގަސް ޖަހައިގެން ހުރި މީހަކީ ފައިސަލްކަން އެއްވެސް ޝައްކަކާއި ނުލައި އޭނާއަށް އެނގެއެވެ. ނަމަވެސް ތިރީގައި އިށީނދެވިފައި އިން އަންހެން ކުއްޖާއަކީ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެކުއްޖާގެ އަނގައިގެ ދެކޮޅުން އޭ އައިސްފައި ހުރިތަން ފޮޓޯ ކައިރި ކޮއްލަމުން ޒުހައިރާ ބަލާ ލައިފިއެވެ.

“ކޮން.. ރޫބީ. އެއް؟” ލަސްލަހުން ނިކުތް އެޖުމްލަތަކުން ހާމަވީ ޒުހައިރާގެ ހިތުގައި އުފެދިފައުވާ ހައިޖާނު ގަނޑެވެ. މޫނުން ދާތިކިތައް ފާޅުވާން ހުރިއިރު އޭނާއަށް ހީވަމުން ދިޔަ ހީވުން އެއީ ދޮގެކޭ ކިތަންމެ ފަހަރު ބުނާނެ ނަމައޭ ހިތައް އަރަމުން ދިޔައެވެ.

“އައި ފައިނަލީ ލައިކްޑް ސަމް ވަން އެންޑް އެކުއްޖާ ކައިރީގަ އެހެން ބުނެވެންވެސް ނެތް..” ޔާސީން އެފޮޓޯއިން ނަޒަރު ވަކިކޮށް ނުލައި އިނދެ ވާހަކަ ދައްކަން ފަށައިފިއެވެ.

 

“ޔާނު.. ކޮން ރޫބީ އެއް” އަނެއްކާވެސް ޒުހައިރާ އަހާލައިފިއެވެ.

“މީހެއް ނޫން މަންމާ…” ޔާސީން ބޭރުކޮއްލި އެޖުމްލައާއިއެކު ހިފަހައްޓަމުން ދިޔަ ކަރުނަތައް އެކޯތާފަތް މައްޗަށް އޮހޮރި ގިނެއްޖެއެވެ. އަމިއްލަ ދަރިފުޅު އެހެން ރޯއަޑު އަހަން ކެއް ނުވުމުން ޒުހައިރާ ތެދުވެގެން ހިނގައި ގަނެއްޖެއެވެ.މަންމަ ކައިރީގައި އޭނާ ބައްޕަގެ ވާހަކަ ދައްކާނީ ކޮން ދުލަކުން ހެއްޔެވެ؟ އެފަދަ ވާހަކަ އެއް ދައްކަން އޭނާ ލަދުވެސް ގަނެއެވެ. ހަށިގަނޑުގައިވި ހުރިހާ ލޭތަކެއް ހީވީ އނާގެ މޫނަށް ޖަމާވެފައިވާ ހެންނެވެ.

ދެތިން ދުވަހު ހޮސްޕިޓަލަށް ނުނިކުމެ ހުރުމަށްފަހު ޔާސީން ނިކުތީ އިތުރު ގޮތެއް ނެތުމުންނެވެ. އެމް.ސީ އެއް ލެވޭނީވެސް ބައްޔެއް ވިއްޔާ ތާއެވެ. މޫނު ކަހަމުން އައިސް ކޭންޓީނަށް ވަން ޔާސީން ފެނުމުން މައުވާ އެންމެ ފުރަތަމަވެސް ހިނގައިގަތީ އެ ދިމާއަށެވެ. އޭނާ އަހައި އޮޅުން ފިލުވަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ދުރުން ހިނގާފައި އަންނަ މައުވާ ފެނުމުން ޔާސީން ބަލާލީ ދުރަށެވެ. ހަމަ ޔަޤީނުންވެސް މައުވާ އޭނާ އެހާ ފަސޭހައިން ދޫކޮށެއް ނުލާނެއެވެ. ދުރުގައި ހުރިއިރުވެސް މައުވާ ކުރާނެ ސުވާލިތަކުގެ ޖަވާބު ޔާސީން ދިޔައީ ހިތުން ކުޔަމުންނެވެ. ކައިރިއަށް އައިސް ހުއްޓުނު މައުވާ އަތުގައި ހުރި ކޮފީ ތަށި ތަންކޮޅެއް ބާރަށް ކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓަމުން އިނށީދެއްޖެއެވެ.

“ސޮރީ..” މައުވާ އެއްޗެކޭ ބުނުމުން ކުރިން ޔާސީން އަތުން މޫނު ފޮރު ވާލަމުން ބުނެލައިފިއެވެ. އެމޫނުގައި އަދިވެސް ވަނީ ވަރު ބަލި ކަމެވެ. ހީވަނީ މިވީ ދުވަސް ތަކުގައި ނުވެސް ނިދައި އުޅުނު ހެންނެވެ. ދެތިން ފަހަރު މޫނު ފުހެލުމަށްފަހު ބަލާލިއިރު އަދިވެސް މައުވާ އިނީ ހަމަ އެހެންނެވެ.

“ޔާނު ސޮރީ އޭ ބުނަންވީ އަހަރެން ކައިރީގަ އެއް ނޫން” މައުވާ އިސްޖަހާލަމުން ފޯނަށް ބަލާލައިފިއެވެ.

“ދެން… އެވާހަކަ ހުއްޓާލާ..” ނިތަށް ރޫ ގިނަ ކޮއްލަމުން ޔާސީން ތެދުވަން ވެގެން އުޅުމުން މައުވާ ފޯނު ދިއްކޮއްލީ އޭނާއާއި ދިމާލަށެވެ.

“ޔާނު ކީއްވެ ރަޔާ އެ ޕިއާނޯ ކުޅެލީމަ އެހާ ރުޅި އަންނަން ވީ..” މައުވާ ދިއްކޮށްލި ފޯނުގައި ހިފާލަމުން ޔާސީން ގޮނޑީގައި އިނށީދެއްޖެއެވެ.

“ދެޓް ރިމައިންޑްސް މީ… ރަޔާ ކޮންއޮރަކު ޕިއާނޯ ކުޅެން ދަސްކުރީ؟” ކުއްލިއަކަށް އެހެން އަހާލުމުން މައުވާ ބުނީ އެމީހުން ގެއަށް އައި އިރުވެސް އިނގޭ ކަމުގައެވެ.

“ރަޔާ ތަންމައްޗަށް ހީސްވެސް ލާ ދޯ ކުޑަ އިރުގަ؟” ދެންވެސް ޔާސީން ކޮއްލީ ސުވާލެކެވެ. އޭގެ ޖަވާބުގައިވެސް މައުވާ ޖަހާލީ ބޮލެވެ.

“އިނގޭތަ އެއީ ކީއްވެކަން؟ ކުޑަ އިރުގަ މީހެއްގެ ގޯނާ ވެފަ ތިބޭ ކުދިން އާންމު ކޮށް ތަންމައްޗަށް ހީސްލާނެ. މިބުނީ 8 އަހަރުގެ ކުދިން ހުންނަނީ އެއުމުރުގަ މިކަން ހުއްޓިފަ.. ބައެއް ކުދިންނަށް އެކުދިންގެ ގައި އަބަދުވެސް ހަޑި ވެގެން އުޅޭނެ…” އަޑު ބެދޭ ގޮތް ވުމުން ޔާސީން ހުއްޓާލަމުން ކަރި ކެހި ލައިފިއެވެ.

“ޔާނު ކީކޭ ކިޔަން ތިއުޅެނީ؟” އެންމެ ފަހުން މައުވާ ރުޅި ގޮތަކަށް ބުނެލުމުން ޔާސީން މަޑު ޖެހިލައިފިއެވެ. ޔާސީން ދައްކަމުން ދިޔަ ވާހަކައެއް އެއްވެސް ވަރަކަށް މައުވާއަކަށް ނޭނގުނެވެ.

“ރަޔާލް…ރަޔާލަށް މީހެއްގެ ގޯނާ ވެފަ އެބަހުއްޓޭ އަހަރެންގެ ހިތް ބުނަނީ..” މައުވާގެ ފޯނުން ފެންނަމުން ދިޔަ ރަޔާލްގެ ފޮޓޯގައި އަތް ހާކާ ލަމުން ބުނެލައިފިއެވެ.

“ކުރިން އަހަންނަށްވެސް ހީވި… އެކަމް ރަޔާ އެއްވެސް ހަނދާނެއް ނެތޭ..” މައުވާ އޭނާއަށް ފެންނަ ގޮތްވެސް ހާމަ ކުރަމުން ދިޔައެވެ.

“އަހަރެން ހެލްޕް ވާނަން…” ޔާސީންގެ މިޒާޖަށްއައި ބަދަލުން މައުވާ އަނެއްކާވެސް އިތުރު ކޮއްލީ އިތުރު ސުވާލެކެވެ.

 

*  *   *   *   *

ރަޔާލް އިށީނދެ ލައިގެން އިނީ ވާހަކަ އެއް ކިޔާށެވެ. އާމިރާ އާއި ރިޔާޒް ވެސް ތަންކޮޅެއް ދުރުގައި ވާހަކައެއްގައި ތިއްބެވެ. ޝަބީން ފޯނުގައި އައިސް އިނދެގެން ސޯފާއަށް ވެއްޓިގަތީ ރަޔާލަށް ޖެއްސުން ކުރުމުގެ ނިޔަތުގައެވެ. ދެމީހުން ސަކާރަތް ޖަހަން ފެށުމުން އާމިރާ ދޭތެރެއަކުން އެމީހުނާއި ދިމާއަށް އަޑުލައެވެ. ގޭގެ ދޮރުގައި މީހަކު ޖަހަން ފެށުމުން ރަޔާލް ފޮތް ސޯފާމަތީގައި ބޭއްވުމަށްފަހި ގޮސް ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރި އަންހެންމީހާފެނި ރަޔާލްވެސް ހައިރާންވިއެވެ. ތުނި ތުނި އެހަށިގަނޑާއި ދޮންކަމުން ހީވަނީ އުމުރުން ވަރަށް ޒުވާން ހެންނެވެ. ފަންފަން ދިގު އިސްތަށިގަނޑު ފެނިފައި ރަޔާލް ހިނިތުން ވެލިއެވެ. ދުނިޔޭގައި މިހާ ރީތި މީހުން އުޅޭބާއޭ ރަޔާލްގެ ހިތަށް އެރިއެވެ. ދޮރުމަތީގައި އިން އަންހެންމީހާ އޭރު ރަޔާލްގެ ކޮލުގައި ހިފާލަން އަތް ނަގަނީއެވެ.

“ރަޔާ..” ދޮރުމަތީގައި ގިނަ އިރު ވުމުން ރިޔާޒް ކައިރިއަށް ދަމުން ގޮވާލައިފިއެވެ. އެއަޑު އިވުމާއެކު އެއަންހެންމީހާ އަތް ތިރިކޮއްލައިފިއެވެ.

ރަޔާލް ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން ރިޔާޒް ތަންކޮޅެއް ބާރަށް އައިސް ދޮރުގައި ހިފާ  ބޮޑަށް ހުޅުވާލައިފިއެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރަ ފެނުމުން އެންމެ ފުރަތަމަވެސް ރިޔާޒަށް ބަލާލެވުނީ ރަޔާލަށެވެ.

“ރޫ…”

“ރަޔާލް… ދޭބަ މަންމަ ކައިރިއަށް..” ކައިރީގައި ހުރި މީހާ ޖުމްލަ ފުރިހަމަ ނުވަނީސް ރިޔާޒް އެހާ ބާރަށް ރަޔާލްގެ ނަން ބުނުމުން އޭނާ ދިޔައީ ސިއްސައި ގެންނެވެ. އާމިރާ ކައިރިއަށް ދާން ހިނގައިގަތް ރަޔާލް ފެނުމުން ރިޔާޒް ރުޅިވެރި ކަމާއެކު ބަލާލައިފިއެވެ.

“ރާބިޔާ..” ރިޔާޒްގެ އަޑުންވެސް ހަމައެކަނި ނުރުހުން ވެފައި ހުރިކަން އެނގެއެވެ.

ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aaran

Other Articles

Previous

އިންތިޒާެރުގައި ހުރިން (1)

Next

ފުން ލޯބި (12)

Next
February 13, 2017

ފުން ލޯބި (12)

Previews
February 13, 2017

އިންތިޒާެރުގައި ހުރިން (1)

19 Comments

  1. Mary-Anne says:
    February 13, 2017 at 3:58 pm

    yeah me first
    alhey dhen kihineh vaaniy

  2. Mal mal says:
    February 13, 2017 at 4:24 pm

    Me 2 nd

  3. Girllll says:
    February 13, 2017 at 4:52 pm

    Nice

  4. sam says:
    February 13, 2017 at 4:58 pm

    I don’t see part 2345

    1. Aaran says:
      February 13, 2017 at 5:52 pm

      go to authors
      find Aaran
      click on that and you will see all the episodes

  5. rooya says:
    February 13, 2017 at 6:15 pm

    v salhi. next part knirakun

  6. rooya says:
    February 13, 2017 at 6:17 pm

    v salhi.cant wait for the next part

  7. Brainless says:
    February 13, 2017 at 6:50 pm

    Wow..
    Varah salhi mi part ves..❤
    I really like this story..❤
    Next part avahah up kohla dhehchey..
    Aaran.. Are yuh a boy..?

  8. Aaran says:
    February 13, 2017 at 7:05 pm

    Time to give my Intro
    guys m a female writer. Aaran is a combinations of many names that i would like to give my future daughter and son in shaa allah . thats all about me
    Thank you 🙂

  9. Elsaa says:
    February 13, 2017 at 7:45 pm

    Aaran.. When will you update next Part??? Story warah reethi inge❤❤

  10. Reader says:
    February 13, 2017 at 7:46 pm

    When is next part??

  11. Rehendhi says:
    February 13, 2017 at 8:47 pm

    Haadha dhuvaheh fahunney thi up kureee.. Dhen ehen nuhadhahchey. Plx mi vaahaka v reethi…

  12. nina says:
    February 13, 2017 at 8:56 pm

    eeeh .. cant wait for next part :O ,, reethi

  13. Sharu says:
    February 13, 2017 at 9:29 pm

    Many spelling mistakes and grammar mistakes when completing the sentence… story is very nice.. but please careful these things.. keep it up..

  14. shafu says:
    February 13, 2017 at 10:41 pm

    Eki bai bai mihury kyhve tha neyngey vaanuvaa eh …aslu mauva yaan ah hagygai kiyaa dhenytha mi kihineh tha mivany konmx kuhjaku olhun filuva dhyba

    1. Anonymous says:
      February 14, 2017 at 5:20 pm

      aaran ge name ah fihthafa ey ga huri episode thah kiyaalabala!!!

  15. Jumaaa says:
    February 13, 2017 at 11:30 pm

    V reethi vaahakaeh v kiyaa hihvaa gothah liyefa in vaahakaeh… dhen nikunnabayah inthizaarugai…

  16. Anonymous says:
    February 14, 2017 at 6:02 pm

    where are gou aaran

    1. Aaran says:
      February 14, 2017 at 7:22 pm

      thursday 5:30 ge kurin aneh bai up kohlaanan.. won’t be late in shaa allah.. baeh mistakes huri vaahaka bunyma anehka alun kiyaafa mi rangalhu kurany baithah ehnve mi las vany.. guys in shaa allah up kuraanan thursdayga

Comments are closed.

All Right Reserved!