Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ފުން ލޯބި (12)

Mimmi ❤️
February 13, 2017
5 Mins Read
114 Views
33 Comments

” އައި އޭމް ސޮރީ ހައިކް” ހައިކަލް އަހަރެންނާ ދޭތެރޭ ވިސްނާވަރު ހިތަށް އަރާފަ ކުރެވުނު ކަންތަކުން ސޮރީ ބުނީމެވެ. ހައިކަލް އެހާ ދެރަ ނުވަންދެން ކަންވީގޮތް ކިޔާދެވުނު ނަމައެވެ.

” ސޮރީ އަކުން ނުފުދޭނެ” ކުޑަ ކުއްޖެއްހެން ހައިކަލް ބުނެލިއެވެ.

” ދެން ކިހިނެތް ފުދޭނީ” އަހަރެން ބުނީމެވެ.

“ކޮލަށް އުމްމައެއް ދިނީމަ” ހައިކަލް އެހެން ބުނުމުން ލަދުގަންނަ ގޮތް ވިއެވެ.

” ހާދަ ވަރަކަށް ތި ބުލަޝް ވަނީ.. މިފަހަރު ސަލާމަތެއް ނުވެވޭނެ އިނގޭ.. އުންމައެއް ދިނީމަ ދުރަށް ދާނީވެސް” އެހެން ބުނެފަ ހައިކަލް އިތުރަށް އަހަރެންނާ ކައިރިވެލިއެވެެ. އަހަރެން މަޑު މަޑުން ހައިކަލްއާ ކައިިރިވެލީމެވެ.

” ޔަލްއަށް ކިހިނެތްތަ ތަނެއް ނުފެންނަ އިރު……………” ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހައިކަލް ކޮއްލި ކަމަކުން ހިއްސުތަށް ގަނޑުވިކަަހަލައެވެ. އަހަރެނަވެސް ހައިކަލްއާ އިތުރަށް ގާތްވެލަމުން އެ ހަރަކާތުގަ ބައިވެރި ވެވުނެވެ. ދެމީހުނަށް އެހެން ތިބެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭންގުނެވެ. ސިއްސައިގެން ދިޔައީ ދޮރު ހުޅުވުނު އަޑަށެވެ. ހައިކަލްވެސް ކުއްލިޔަކަށް އަހަރެންނާ ދުރުވިއެވެ. އަހަރެންއިނީ ދޮރު ހުޅުވީ ކާކުކަން ނޭންގިފައެވެ. އަނެއްކާ އެމީހަކަށް އެތަން ފެނުނު ބާއެވެ.

” ޔާނު” ހައިކަލް މަޑު މަޑުން އެހެން ބުނުމުން ދޮރުހުޅުވީ ޔާނުކަން ދެނެގަނެވުނެވެ.

” މިއައީ މަންމަ ބުނެގެން ސައިބޯން އެއްޗެސް ހިފައިގެން” ޔާނު މަޑު މަޑުން އެހެން ބުނެލުމަށްފަހު މޭޒުމަތީގަ ކޮތަޅު ބެހެއްޓި އަޑުއިވުނުވެ. ދެވަނަ ސިކުންތުގަ އޭނަ ނިކުމެގެން ދިޔަ އަޑު އިވުނެވެ. ހައިކަލްއާ ދެމީހުން އެހެން ތިއްބާ ފެނުމުން ޔާނު ހިތަށް އަރާނެ އެއްޗެއްވެސް ނޭންގެއެވެ. ހައިކަލްވެސް އެގަޑީ ޔާނުއާ އެއްވެސް ވާހަކައެއްް ނުދައްކާކަން ފާހަަގަ ކުރެވުނެވެ.

“ޔަލް… ޑޯންޓް ވޮރީ… ޔާނު އަކަށް ނުފެންނާނޭ..” ހައިކަލް އެހެން ބުނީ އަހަރެން ހާސްވެފަ އިންކަން އިނގުނީމަކަން ޔަގީނެވެ.

” ހިނގާ ސައިބޯން ދޯ.. ވަރަށް ބަނޑުހައި” އަހަރެން ބަނޑުހައިވެފަ އިންވަރުން ބުނެލީމެވެ. އާފަލުކާން އުޅެނިކޮށް އެވެސް ކެވޭގޮތް ނުވިއެވެ.

” ހިނގާ ދޯ.. ނައީމާއްތަ ހަދާ ހެދިކާވެސް އެހާ މީރުވާނެ އަދި” ހައިކަލް ނައީމާއްތައަށް ތައުރީފް ކޮއްލިއެވެ. އެ ބުނީވެސް ތެދުވާހަކައެކެވެ. އިނޑިއާއަށް އައިފަހުން ކޮންމެ ދުވަހަކު ހަވީރު ނައީމާއްތަ ހެދިކާއާ ސައި ހަދާނެއެވެ. ރެސްޓޯރެންޓްއިން ގަންނަ ހެދިކާއަށްވުރެ އެ ހެދިކާ އަހަރެންނަށް މީރެވެ.  ދެމީހުން ސައިބޮއެ ނިމުނުތަނާހެން ނައީމާއްތައައެވެ.

” ދަރިފުޅާ ހައިކަލް ދެން ދޭ ގެޔަށް ރެސްޓްކޮށްލަން. މިރޭ ނައީމާއްތަ މިކޮޅު މަޑުކޮށްލާނަން” ނައީމާއްތަ އޯގާތެރި ކަމާއެކު ހައިކަލްއާ މުހާތަބު ކުރިއެވެ.

” އޯކޭ  ގެޔަށް ގޮސްފަ އަންނާނަން ބާރަ ޖަހާހާއިރު.. ނައީމާއްތަ މުޅިރޭ މަޑުކުރާނެ ކަމެއްނެތް” އެހެން ބުނެފަ ހައިކަލް އަހަރެން ކައިރޭ މިރޭ އަންނާނަމޭ ބުނެފަ ނިކުމެގެން ދިޔައީއެވެ. ހައިކަލްގެ އެވާހަކަ ތަކުން ހީވަނީ އޭނަ އަހަރެންނާއެކު ވަގުތު ހޭދަ ކުރަން ބޭނުން ވާ ހެނެވެ. އޭނަ ހިތުގަ ޔާނު އާ އަހަރެންގެ ގުޅުމާ ބެހޭ ގޮތުން އެތަށް ސުވާލެއް އުފެދިފައިވާނެކަން ގައިމެވެ. މިވަގުތު އެކަމާ ބެހޭ ގޮތުން  ސުވާލު ނުކުރިޔަސް އެ ސުވާލުތަށް އަަހަރެންނާ ކުރިމަތިވާނެކަން ޔަގީނެވެ. ހައިކަލްއަށް ހަޤީގަތް ކިޔާދޭންވީބާއެވެ. އޭނައަށް ހަގީގަތް ކިޔާ ނުދިނިއްޔާ ޔާނު ފަރާތުންވެސ ްހަޤީގަތް ހޯދާނެއެވެ. އެ ވާހަކަތަށް ކިޔާދޭނެ ހާ ހިތްވަރެއްވެސް އަހަރެންގައިގަ ނެތެވެ. އެއީ އެންމެ ހަނދާން އާ ކުރަން ބޭނުން ނުވާ ދުވަސް ތަކެވެ. އެ ދުވަސްތަސް ހަނދާން ނައްތާލަން އަހަރެން ކިހާ މަސެއްކަތެއް ކުރިންހެއްޔެވެ.؟ ނަމަވެސް މިއަދު މިޖެހުނީ އަލުން އެކަންތަކާ ކުރިމަތިލާށެވެ. ހައިކަލްއަށް ހަޤީގަތް ކިޔާދިނުންއެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި ދެކުނީމެވެ. އޭރުން އެހެންމީހެއްގެ ފަރާތުން އެވާޙަކަތަށް އެނގިގެން ހައިކަލް އަހަރެންދެކެ ރުޅިއައިސްފަ ހުންނާކަށް ނުޖެހޭނެއެވެ. ހައިކަލް މިރޭ އައުމުން  އަހަރެން އެވާހަކަތަށް ކިޔާދޭން ނިންމީ އެއީ ހައިކަލްއަށްވެސް އެނގެން މުހިންމު އެއްޗަކަށްވާތީއެވެ.

ނިދިފަ އޮއްވާ އަހަރެންނަށް ހޭލެވުނީ ނައީމާއްތަ ރޭގަނޑުކާން ގޮވީމައެވެ. ނާއީމާއްތަ ކައްކާއެއްޗެހި މީރުވާހަކަ ބުނުމުން ނައީމާއްތަ ދެއްކީ މިކޮޅުގަ ކެފޭއެއް ހުޅުވަން ވިސްނާވާހަކައެވެ. އަހަރެންވެސް އެ ހިޔާލަށް ތާއީދުކުރީ ނައީމާއްތަ ކައްކާއެއްޗެހި މީރުކަމުންނެވެ. ކައިގެން ނައީމާއްތަގެ އެކި ވާހަކަތަށް އަޑުއަހަން އަހަރެން އިނީ ފޫހި ކަމެއްނެތިއެވެ. ނަމަވެސް ދޭތެރަކުން ޔާއްކޮއާ ޔާނުގެ ވާހަކަވެސް ދައްކައެވެ. ޔާނުގެ ވާހަކަތަށް އަޑު އަހަަން ހިތަށް އުނދަގޫ ވިނަމަވެސް އަަހަރެން އެކަން ނުދައްކާ އަޑު އަހަންއިނީމެވެ. އެހެންއޮއްވާ ނިދުނު އިރެއްވެސް ހުދު އަހަރެންނަކަށް ނޭންގެއެވެ. ހޭލެވުނީ ހައިކަލް ވާހަކަ ދައްކާ އަޑަށެވެ.

” ނައީމާއްތަ ދެން ދޭ ގެޔަށް.. ޔާނު އެބަހުރި ބޭރުގަ..  އަހަރެން މިރޭ މަޑުކޮށްލާނަން” ހައިކަލް އެހެން ބުނުމުން ނައީމާއްތަ ނިކުމެގެން ދިޔަ އަޑުއިވުނެވެ.

އަަހަރެން އަތެއްފަޔެއް ގުޑުވާނުލާ އޮތީ ހައިކަލް ކުރިމަތީ ނިދާފައޮތްކަމަށް ދައްކަންވެގެންނެވެ. ހައިކަލް މަޑު މަޑުން އަހަރެންގެ މޫނާ ދިމާލަށް ގުދުވި ކަމުގެ އިހްސާސްތަށް ކުރެވުނެވެ. އެ ހޫނު ނޭވާތަށް އަހަރެންގެ ހިއްސުތަކާ ކުޅެލިއެވެ. ހައިކަލް މަޑު މަޑުން އަހަރެންގެ ނިތްކުރީގަ ބޮސްދީފަ ކައިރީ ހުރީ ގޮނޑީގަ އިށީންނިއެވެ.

އެ ހަރަކާތުން ހިތުގަ ވި ލޯބި އިތުރުވި ކަހަަލައެވެ. އަހަރެންނާ އެހެން އޮއްވާ އަނެއްކާވެސް ނިދުނީއެވެ.

” ޔަލް..ޔަލް” އަަހަރެންނަށް ހޭލެވުނީ ހައިކަލް ގޮވާ އަޑަށެވެ.

” ކިކޭ” އަަހަރެން ރަނގަޅަށް ނުހޭލެވި އޮވެ ބުނެލީމެވެ.

” ފްރެޝް ވެލައިގެން ސައިބޯން ހިނގާދޯ.. މިހާރު ނުވައެއް ޖެހީ އެ… ނައީމާއްތަ އެހެރީ ސައިބޯއެއްޗެސް ފޮނުވާފަ..” ހައިކަލް އެހެން ބުނުމުން އަހަރެން ތެދުވެ ހައިކަލްގެ އެހީގަ ފާހާނާ ހަމަޔަށް ދިޔައީމެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުތްއިރު ކޮޓަރި ތެރޭގަ މަސްހުނިވަސް ހިފާލާފަ ހުރުމުން ހައިކަލް އަހަރެން ނިކުންނަންވާއިރަށް ސައިބޯން ތައްޔާރުކުރީކަން އިނގުނެވެ.

” ހައިކް ކީއްވެ ރޭގަ ނުގޮވީ ފަހުން.. ހައިކްއާ ވަރަށް ވާހަކަ ދައްކަން ބޭނުންވެފައޭ ހުރީ” ހައިކަލް ރޭގަ އަހަރެންނަށް ނުގޮވުމުން އަހަރެން ޝަކުވާކޮށްލީމެވެ. ރޭގަ އަހަރެން ނިންމައިގެން ހުރީވެސް ޔާނުގެ ވާހަކަ ކިޔާދޭށެވެ.

” ޔަލް ނިދާފަ އޮތީމަ އަޅާނުލީ ދެން..ހައިކްވެސް ރޭގަ ސޯފާގަ ޖައްސާލިއިރަށް ނިދުނީ.. ހޭލެވުނީ ފަތިސް ނަމާދަށް ފޯނު އެލާމް ވާ އަޑަށް” ހައިކަލް ބުނެލިއެވެ.

” އެހެންތަ.. ހައިކްއާ ކުޑަ ވާހަކައެއް ދައްކަން ބޭނުންވެފަ އޮތީމަ އަސްލު އެހެން ބުނީ” އަހަރެން ޖެހިލުންވެ އިނދެ ބުނީމެވެ.

” އަނެއްްކާ ކޮންކަހަލަ ވާހަކައެއް” ހައިކަލް ލާނެއް ގޮތަކަށް އެހެން ބުނެލިއިރު އިއްޔެ ވީ ކަންތަށްވެސް އޭނަ ހަނދާން ނެެތް ކަހަލައެވެ.

“ފަހުންދޯ ދެން” އަހަރެން އެހެން ބުނުމުން ހައިކަލްވެސް މާ ބޮޑަށް އެ ކޮންވާހަކައެއްތޯ ބަލާކަށް ނޫޅެއެވެ.

” އިނގޭތަ.. މިއަދު ޒައިން ގުޅިޔޭ.. ވަރަށް މިސްވެޔޭ ބުނި ޔަލް މަތިން.. ސަލާމް ބުނައްޗޭވެސް ބުނި..” ހައިކަލް ބުނެލިއެވެ.

” ހެހެ އެހެންތަ.. ދެން ގުޅާ ފަހަރަކު ޔަލްގެވެސް ސަލާމް ބުނައްޗޭ” އަހަރެންވެސް ޒައިންމަތިން ހަނދާންވުމުން ބުނެލީމެވެ.

” މިއަދު ވަރަށް ވާހަކަ ދެއްކިޔޭ ގުޅައިގެން.. ޒައިން މެރީ ނުކޮށް އެހެން ހުންނާތީ އޭނަ މަންމަ އަބަދު ގުޅާފަ އެކަމާ ޝަކުވާކުރިނިއްޔޯ.. އެހެންވެގެން އިއްޔެ ގުޅީމަ ތިމަންނަ ބުނީމޭ މަންމަމެނަށް ކަމުދާ ރަނގަޅުކުއްޖެއް ހޯދާފަ ބުނާށޭ” ހައިކަލް ކިޔާދިނެވެ.

” އެހެންތަ.. ދެން އެރޭންޖް މެރިއޭޖްއެއް ކުރަން އެ އުޅެނީ ނޫނީ މަންމަ ހިތްހަަމަ ޖައްސާލަން ބުނި އެއްޗެއްތަ” އަހަރެން ސުވާލު ކޮށްލީމެވެ.

” ތިހެން ހީވެގެން އޭނަ ކައިރީ އެހީމޭ ހަމަ އަސްލަށްވެސް އެހެން މެރީ ކުރަންހޭ ތިއުޅެނީ.. ބުނީމަ ބުނީ ރާޔާ ކަން ކުރިގޮތުން މިހާރު  ފޫހިވެއްޖެޔޯ.. ދެން މަންމަމިނަށް ކަމުދާ ކުއްޖަކު ފެނުނީމަ މެރީ ކުރާނީ އޭ.. އެކު އުޅެލީމަ ލޯބި ވެވިދާނެޔޯ.. އެހެން ނޫނަސް އެ ގައުމުގަ ބޮޑަށް އިންނަނީވެސް އެރޭންޖް މެރިއޭޖްއެއްނު”  ހައިކަލް ޒައިންއާ ދެއްކި ވާހަަކަ ކިޔާދިނެވެ. ޒައިންއާ މެދު ރާޔާ ކަންކުރި ގޮތުން އަހަރެންވެސް ދެރަވިއެވެ. ޒައިން އެހާ ބޮޑަށް ލޯބި ވިއިރުވެސް ރާޔާއަށް ލޮއެއްބަށްވުރެ މުހިންމުވީ އޭނަގެ އަމިއްލައެދުމެވެ. ކުރާނެ ކަމެއްނެތެވެ. ދުނިޔޭގަ އުޅޭއިރު ދިމާވާނީ އެކި ކަަހަލަ މީހުނާއެވެ. ބައެއްމީހުން ދިރިއުޅުމަށް ބަހާރު މޫސުން ގެނެސް ދޭއިރު އަނެއްބަޔަކު ހަރީފްމޫސުން ގެނެސްދޭފަދައެވެ.

” ޔަލްވެސް އެރޭންޖް މެރިޖްކުރަންތަ ތި ވިސްނަނީ” އަހަރެން ވިސްނުމެއްގަ އިންހެން ހީވެގެން ހައިކަލް ސުވާލްކޮށްލިއެވެ.

” ނޫނު.. ކައިވެންޔާ ދޭތެރޭ އަދި ނުވިސްނަން.. ފުރަތަމަ އަމިއްލަ ހާލައިގެން އުޅެވޭ ވަރުު  ވީމައެނު ކައިވެންޔަކީ” އަހަރެން ދިރިއުޅުމާދޭތެރޭ ވިސްނާލާފަ ބުނެލީމެވެ.

” މިހާރުވެސް ތި އުޅެނީނު.. ކެއަރިން ހަޒްއެއް ލިބިއްޖިއްޔާ ޔަލް ލޮލަށް ނުފެނުނު ނަމަވެސް ޔަލް ހެޕީކޮށް ގެންގުޅެދޭނެ… ލޮލަށް ނުފެންނަކަން ފީލްވިޔަކު ނުދޭނެ..” ހައިކަލްގެ އެވާހަކަ ތަކުން އަހަރެންގެ ހިތަށް އަސްރު ކުރިއެވެ. ހައިކަލް އެ ވިސްނީ ދެން އުމުރަށްވެސް އަހަރެން ލޮަލަށް ނުފެންނާނެ ކަމަށް ހެއްޔެވެ؟

” ޔަލް މި ބުނީ ޔަލް ލޮލަށް ނުފެންނާނެ ވާހަކައެއްނޫން އިނގޭ… އިރާދަ ކުރެއްވިއްޔާ ކުރި އޮޕްރޭޝަން ކާމިޔާބުވާނެ.. އެކަމް މިބުނީ އަސްލު އެކަހަލަ ހާލަތެއް މެދުވެރިވިޔަސް  ޔަލް ދެކެ ލޯބިވާމީހެއް ވިއްޔާ ޔަލް ދޫކޮށް ނުލާނޭ” ހައިކަލްއަށް އަހަރެންގެ ހިތުގައޮތް އެތިވެސް އިނގުނު ކަހަލައެވެ.

” ހެހެ އެހެންތަ.. ލެޓްސް ސީ ދޯ ދެން”  ހައިކަލް އިނޑައިރެކްޓްކޮށް އެބުނީ އަހަރެން ދެކެ ލޯބިވާ ވާހަކަހެއްޔެވެ.. ކޮންމެ ގޮތަކަށް އޮޕެރޭޝަން ދިޔަ ނަމަވެސް ދޫކޮށް ނުލާނެ ވާހަކަ ހެއްޔެެވެ. އަހަރެންގެ ހާލު އިނގުމުން އަހަރެންނަށް އެހީވި މީހަކީ ހައިކަލްއެވެ. މިޒަމާނުގަ ހިލޭ މީހަކު އެހެން އެހީ ނުވާތާ ބަލާވެސް ނުލާނެކަން ޔަގީނެވެ. ހައިކަލްގެ އެ އޯގާތެރިކަމުން އަހަރެން އެހެން މާނައެއް ނަގަންވީ ހެއްޔެވެ؟ ހައިކަލް ހިތުގަ އަހަރެންނާ ދޭތެރޭ އެއްޗެއް ނުވާނަމަ އިއްޔެ އެގޮތަށް ކަންތަށް ނުކުރާނެއެވެ. ނަމަވެސް ހައިކަލް ކަހަލަ މޮޅު ޑޮކްޓަރަކަށް އަހަރެން ކަހަލަ ނުކުޅެދޭ މީހަކު ކުފޫހަމަ ނުވާނެކަން ޔަގީނެވެ.

” ޔަލް ހިނގާބަ މިތާ ގޯތިތެރޭ ހިނގާލަން ދާން.. ވަރަށް ސަޅި ގާޑެންއެއްވެސް އޮވޭ.. އަބަދު ރޫމްގަ އޮންނަންޔާ ފޫހިވާނެއްނު.” އަހަރެންވެސް ހުރީ ބޭރަށް ނިކުމެލާ ހިތުންނެވެ. ރޫމްގަ އެހެން އޮންނަތާ ތިން ދުވަސް ވީއެވެ.

ބޭރަށް ނިކުމެލުމުން ފިނި ރޯޅިތަށް އައިސް ގައިގަ ބީހިލުމުން ހީކަރުވާގޮތް ވިއެވެ. އަދިވެސް ޖައްވުގަ ފިނިކަން ހިފާލާފަ ހުރިކަހަލައެވެ.

“ޔަލް އަހަރެން ވަރަށް ބެލިން ޔަލް ބައްޕަ ދަތުރުކުރި ބޯޓުގެ މައުލޫމާތު ހޯދަން.. އޭގެން ދަތުރު ކުރިމީހުންގެ ތެރެއިން ދެމީހަކާ ގުޅޭނެ ނަމްބަރއެއް ލިބިއްޖެ… އެމީހުނަށް ގުޅައިގެން އިތުރަށް އޮޅުން ފިލުވަން ކަމަށް މިއުޅެނީ..” ހައިކަލް ބުނެލިއެވެ.

” ވަޓް އަސްލުވެސް…” އަހަރެން އެހެން ބުނިގޮތުންވެސް ހުރީ ކިހާ އުފާވެފަކަން ހައިކަލްއަށް އިނގޭނެއެވެ.

” އެކަމް ކިހިނެތް އެހާ އިންފޮމޭޝަން ތި ހޯދީ” ހިތުގަ އުފެދުނު ސުވާލު ހައިކަލްއާ ކޮށްލީމެވެ.

” ވަރަށް ކުލޯސް ފޮރެންޑެއް އުޅޭނެ ޕޮލިހުގަ.. އޭނަ އާ އެވާހަކަ ދައްކާލުމުން އިނގުނީ އެ ކޭސްގަ އިސްކޮށް އުޅުނީ އޭނަކަން.. ދެން އޭނަ ކައިރިން ވަރަށް ގިން އިންފޮމޭޝަން ލިބުނު” ހައިކަލް ބުނެލިއެވެ. ހައިކަލް އަހަރެންނާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައޭ ހިތަށް އެރިއެވެ. އަހަރެން ނުވެސް ބުނަންދެން އޭނަ ބައްޕަ ހޯދުމުގެ މަސައްކަތްވެސް ފެޓީތާއެވެ. އިން ޝާ ﷲ އަދި އެއްދުވަހުން އަހަރެންނާ ބައްޕައާ ދިމާވާނެއެވެ. އަހަރެން ބައްޕަ މަރުވި ކަމަށް ގަބޫލު ކުރާނީ ބައްޕަގެ ފުރާނަނެތް މަސްގަނޑު ފެނުނު ދުވަހަކުންނެވެ. ދުނިޔޭގަ ހުރިހާ ހިނދެއްގަ ބައްޕަ ހޯދަން ކުރެވުނުހާ މަސެއްކަތެއް ކުރާނަމެވެ.

” ޔަލް.. ދެން މާ ބޮޑަށް ނުވިސްނައްޗޭ.. ޔަލް އެއްކޮށް ރަނގަޅު ވީމަ ދެމީހުން އުޅޭނީ ދޯ އެކަމާ.. އިން ޝާ ﷲ ބައްޕައާ ދިމާވާނެ އަދި” ހައިކަލްގެ އޯގާތެރި ބަސްތަކުން ބުނެދޭން ނޭންގޭ ފަދަ ހިތްހަމަ ޖެހުމެއް ހިތަށް ލިބުނެވެ.

?❤ ނުނިމޭ ?❤

61
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

ހިތާ ފުރާނައިގެ ދިރުމޭ (6)

Next

ހާދަހާ ލޯބިވޭ 1

Next
February 13, 2017

ހާދަހާ ލޯބިވޭ 1

Previews
February 13, 2017

ހިތާ ފުރާނައިގެ ދިރުމޭ (6)

33 Comments

  1. ham says:
    February 13, 2017 at 4:11 pm

    Wow..nice ekam haadha kurey

    1. pretty says:
      February 13, 2017 at 4:36 pm

      Thankx ham ❤ Dhen iny past kiyaadhey bai v ma ebai vakin genesdheyn hedhyma mi bai kuru v..

  2. R......m says:
    February 13, 2017 at 4:29 pm

    Vvvvsalhi akamu kuruhenheevey vedhaa maabodah kiyaahithun teethi veema heevi gothehhen thaks??

    1. pretty says:
      February 13, 2017 at 4:37 pm

      Thankx R…..m ❤ Dhen iny past kiyaadhey bai v ma ebai vakin genesdheyn hedhyma mi bai kuru v..

  3. shaziyya says:
    February 13, 2017 at 5:04 pm

    Varah reethi vaahaka gendhaaleh

    1. pretty says:
      February 14, 2017 at 12:43 am

      Thankx shaziyya ❤..

  4. Almaa says:
    February 13, 2017 at 5:21 pm

    Nice

    1. pretty says:
      February 14, 2017 at 12:44 am

      Thankx Almaa ❤..

  5. Jee says:
    February 13, 2017 at 5:52 pm

    Yeyyyy ? mibaivesvarah salhi.. waiting for tonight’s part?

    1. pretty says:
      February 14, 2017 at 12:44 am

      Thankx jee ❤.. Already uploaded

  6. Kamana says:
    February 13, 2017 at 5:53 pm

    V v reethi… Mirey adhi on naane dhw 1 part prertty

    1. pretty says:
      February 14, 2017 at 12:45 am

      Thankx kamana ❤.. yes & Already uploaded

  7. kudee says:
    February 13, 2017 at 6:07 pm

    Wow…waiting for the next part…nice masha allah

    1. pretty says:
      February 14, 2017 at 12:45 am

      Thankx kudee ❤..

  8. Reader ? says:
    February 13, 2017 at 7:08 pm

    Wow one of the best story in esfiya ?
    Pretty i know baeh faharu upkuran bunefaves kan dhimaavaagothun upkoh nudhevidhaanekan. Ekam upkoh nudhevunyma e part fahun thihen upkohdheythi varah happy vejje. Mireyge bai kiyaahithun kei madhuvefa mihiry

    1. pretty says:
      February 14, 2017 at 12:45 am

      Thankx Reader ❤..

  9. Faathee says:
    February 13, 2017 at 8:19 pm

    Maasha Allah.. vara reethi. Waiting for next

    1. pretty says:
      February 14, 2017 at 12:46 am

      Thankx Faathee❤..

  10. Jee says:
    February 13, 2017 at 8:34 pm

    Next part when..waiting eagrly

    1. pretty says:
      February 14, 2017 at 12:46 am

      Uploaded ❤..

  11. Aish says:
    February 13, 2017 at 8:46 pm

    Waiting waiting waiting pretty alhe mirey upkohdhehchey

    1. pretty says:
      February 14, 2017 at 12:47 am

      Uploaded ❤

  12. Hykal says:
    February 13, 2017 at 9:50 pm

    I love you Yal, ummwah, :p vaahakaige
    kurimaraalee mi ?

    den mi baives varah reethi,

    1. pretty says:
      February 14, 2017 at 12:47 am

      Hehe thankx hykal ❤..

  13. yalvee says:
    February 13, 2017 at 10:26 pm

    Sorry I don’t love you haik. yAanu is my everything, I am sorry. vaahakaige kuri marAaly hykal hen. hehe ekam story varah perfect ingey

    1. pretty says:
      February 14, 2017 at 12:49 am

      hehe yalvee.. thankx ❤ Story ithurah kiyaalyma adhi ingeyney kaaku dhekekan aslu loabivany ^-^

  14. މީ says:
    February 13, 2017 at 11:18 pm

    ވަރަށް ރީތި ވާހަކަ

    1. pretty says:
      February 14, 2017 at 12:51 am

      Thankx me ❤..

  15. Yaane says:
    February 13, 2017 at 11:49 pm

    I don’t love u too yalvy….vrh foohivey yal dheke..i’m sorry..???vhk kurimaraaly aharenvx…??bt vvv awsme story eh mee..when nxt part??waitinggg for the nxt epsd..??

    1. pretty says:
      February 14, 2017 at 12:50 am

      hehe thankx yaane ❤ 13th part upload kohlaafa innaany ^-^

  16. Yaan says:
    February 13, 2017 at 11:50 pm

    I don’t love u too yalvy….vrh foohivey yal dheke..i’m sorry..???vhk kurimaraaly aharenvx…??bt vvv awsme story eh mee..when nxt part??waitinggg for the nxt epsd..??

  17. Rozaina says:
    February 14, 2017 at 9:10 am

    V v v reethi mibaives dhen knirakunbaa up kuraany dhen genesdhay bai ehaa kuru nukurahchay igay

  18. Brain says:
    May 24, 2017 at 2:46 pm

    Mi photo ga inn series ge name bunevidhaane thr?

Comments are closed.

All Right Reserved!