Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (30)

layaal
February 14, 2017
12 Mins Read
94 Views
109 Comments

އިރު ފެނުން ތޮޅެލިއިރު މުޅި ޖައްވު އާދުވަހަކަށް މަރުޚަބާ ކިޔަމުން ދިޔައެވެ. ކޮވެލީގެ ހިތްގައިމު ރާގު އެކި ކޮޅުކޮޅުން އިވެމުން ދިޔައިރު ހެނދުނުގެ އަރާމު އަވި މަގުތަކަށް އެޅިފައިވިއެވެ. ގޭދޮރުމަތީ ކުނިކަހަން އޮތް ހާޖަރާ އިލޮށިފަތިން ފަތްތަށް އެއްތަން ކުރަމުން ދިޔައެވެ. އޭރު ކައިރި ގޯތީގެ މީހުން ވެސް ހެނދުނަށް މަގުމަތި ކަހަމުން ދިޔައިރު ކުދި ދަރިންތައް ބޯޅަ ކުޅެ ރަށުތެރޭގައި ހޭލަމޭލަވެ އުޅެއެވެ. ގޯންޏަކަށް ފަތްތަށް އެއްކޮށްލުމަށްފަހު އަޅާލަމުން ހާޖަރާ ތެދުވެ ހިންދެމިލިއެވެ. ނިއްކުރީގައި ހިއްލާފައިވާ ދާތަށް އަތުގެ ނުފުށުން ފޮހެލަމުން އިލޮށިފަތިން ކުނޑިތައް ފޮޅާލުމަށްފަހު ގޭތެރެއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓުނީ ތަންކޮޅެއް ދުރުން ހިނގާފައި އައި މީހަކު ފެނިފައެވެ.

އިރުގެ އަލި ލޯމައްޗަށް އެޅިފައިވުމުން ނިއްކުރިމައްޗަށް އަތް ހުރަސްކޮށްލުމަށްފަހު އޭނާ ލޯ ކުޑަކޮށްލަމުން އެއީ ކާކުތޯ ރަނގަޅަށް ބަލާލިއެވެ. ބެގްޕެކެއް އަޅުވައިގެން ހުރިއިރު ތުންފަތުން ނުފިލާ ހިނިތުންވުމެއް ފާޅުކުރަމުން އެއަންނަނީ ރިއުމާން ނޫން އެހެން މީހެއް ނޫނެވެ. އެދޮން މޫނު ފާހަގަ ވުމާއިއެކު ހާޖަރާ އިލޮށުފައްޗަކާއި އިލޮށިފައްޗެއް ދޫކޮށްލާފައި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރިއުމާން ގައިގައި އޮޅުލައިގަތެވެ. “މަގޭ ދަރި.. ދަރިފުޅާ.. ދަރިފުޅާ ރިއުމާން. ހަމަ ރިއުމާންތަ ތިއީ؟” ހާޖަރާ ޤަބޫލު ކުރަން ދަތިވެފައި ހުރެ އަހާލިއެވެ. އެހައި ދުވަހަށްފަހު ރަށުގެ ފަސްގަނޑު އޭނާ ފެނުމުން ހާޖަރާ ހައިރާންވިއެވެ.

“އާނ މަންމާ. މިއީ ހަމަ ރިއުމާން..” ރިއުމާން ހެވިފައި ހުރެ މިހެން ބުނުމުން ހާޖަރާ އުފަލުން އެދަރިފުޅުގެ ނިތުގައި ބޮސްދިނެވެ. “އަނީސާ ބަލާބަލަ ރިއުމާން އައިސްފައި މިހުރީ. އަހަރެންގެ ދަރިފުޅު..” މަގުމަތި ކުނިކަހަން އޮތް ގޭދޮށި އަވައްޓެރިންނަށް ރިއުމާން ދައްކަމުން ދިޔައިރު އޭނާ އުފަލުގެ ކޮޅެއް ނެތެވެ. އަވަހަށް ރިއުމާން ގޮވައިގެން ގޭތެރެއަށް ވަދެ ދަބަސް ސޯފާ މައްޗަށް ލިއެވެ. “ހިނގާ އަވަހަށް ސައިބޯން.. ކީއްވެ އަންގާވެސް ނުލާ ތިއައީ. އިއްޔެ ވެސް ފާތުމައަށް ގުޅިން. އަންނަ ވާހަކައެއް ނުބުނޭ.” ހާޖަރާ ހިނިތުންވެ ހުރެ ސުވާލު ކުރިއެވެ.

“ދައްތަ ކައިރި ބުނިއްޔޭ މަންމަ ކައިރި ނުބުނާށޭ.. އޭރުއްނުން ސަޕްރައިޒެއް ދެވޭނީ.” ރިއުމާން އޮޅުންފިލުވައި ދިނެވެ. “އާނ.. ހަމަ ސަޕްރައިޒެއް ތިދެވުނީ. ދާންވީއެއްނުން ދަބަސް ކޮޓަރިއަށް ލާފައި ތާޒާ ވެލައިގެން އަންނަން.. ބެޑްޝީޓެއް ނާޅަ އޮންނާނި އެނދުގައި. ދަރިފުޅު އަންނަކަމެއް ނޭނގޭ ވިއްޔާ.. ފަހުން ތަންމަތި އަޅާލަ ދޭނަން އިނގޭ.” ހާޖަރާ މިހެން ބުނެފައި ބަދިގެ ފަރާތަށް ނިކުތުމުން ރިއުމާން ސިޓިން ރޫމަށް ނަޒަރު ހިންގާލިއެވެ. މާބޮޑު ބަދަލެއް އައިސްފައި ނެތް ނަމަވެސް ޓީވީ އާއި ސޯފާ ސެޓް ހުރީ ބަދަލުކޮށްލާފައެވެ. އިރުކޮޅަކުން އެހެން ހުރުމަށްފަހު ސޯފާގައި އޮތް ދަބަސް ހިފައިގެން އޭނާ ގޮސް އަމިއްލަ ކޮޓަރީގެ ބޭރުގައި މަޑުކޮށްލިއެވެ.

****

ތެޅިތެޅި އޮތް ހިތަކާއި އެކު ތަޅުގައި ހިފައި އެދޮރު ހުޅުވާލަމުން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ލަސްފިޔަވަޅު ތަކެއްގައި އެތެރެއަށް ވަދެގެން ދިޔައިރު ކުރީގެ ހަނދާންތައް އެހިތުގައި އާލާވަމުން ދިޔައެވެ. އެނދު ވެސް ކުރިން ހުރި ތަނުގައި ހުރިއިރު އެ އެނދު ފެންނުމުން ހީވަނީ އެރުއި ރުއިމާއި އާދޭސް ކުރި އަޑުތަށް ކަންފަތް ދޮށުގައި އިވެމުން ދާ ހެންނެވެ. އަތުގައި އޮތް ދަބަސް ރީތިވާ މޭޒު ކައިރީގައި ބަހައްޓަމުން އައިސް އެނދުގެ ބޯލާ ކޮޅުގައި މަޑުކޮށްލަމުން އެތަނުގައި ބަހައްޓާފައި ހުރި ފޮޓޯ ފްރޭމްތަކަށް ނަޒަރު ހިންގާލިއެވެ.

އެތަނުން އެކަތި ނަގައި ބަލާލި އިރު އޭގައި ވަނީ ކުޑަ ކުޑަ ރިއުމާންއެވެ. އަނގަޔަށް ސަމްސަލެއް ލައިގެން ހުރިއިރު މައުސޫމް ގޮތަކަށް ހިނިތުންވެލާފައި ހުއްޓެވެ. ދެން އިން ފޮޓޯގައި އިނީ ރިއުމާން ނާސަރީއަށް ދިޔަ ދުވަހު ނަގާފައި ހުރި ފޮޓޯއެކެވެ. ހުދު ޔުނީފޯމެއްގައި ހުރިއިރު ނުފިލާ ހިނިތުންވުމެއް އޭރުވެސް އެތުންފަތުގައި ވިއެވެ.

ދެން ފެނުނު ފޮޓޯ ފްރޭމްއިން ރިއުމާންގެ ހިތުގައި ރިއްސާލިއެވެ. އެއީ އޭނާގެ އުމުރުން ގާތްގަނޑަކަށް ތޭރަ އަހަރުގައި ސްކޫލުގައި ބޭއްވި މުބާރާތުން ވަނައެއް ލިބިގެން ނަގާފައި ހުރި ފޮޓޯއެކެވެ. އެމޫނު މިލާފައި ވީއިރު ތުންފަތުގައި ކުރިން ފޮޓޯތަކުގައި ވީ ހިނިތުންވުމެއް ނުވެއެވެ. އެލޮލުން ހިތްދަތިކަން ފެންނަމުން ދިޔައިރު ރިއުމާންއަށް އެދުވަސްވަރު އޭނަގެ ހާލު ހުރިގޮތް ފެނި ކަރުތެރެ ބެދި ހިންދިރުވާލަން އުނދަގޫ ވިއެވެ.

“ދަރިފުޅާ..” ހާޖަރާގެ އަޑަށް ޚިޔާލުތަކަށް ގެއްލިފައި ހުރި ރިއުމާން ސިހިފައި ފޮޓޯ ފްރޭމް އޭތި އިންތަނުގައި ބައިންދަމުން ފުންނޭވާއެއްލިއެވެ. އޭނާ ހަމައަކަށް އެޅިލަމުން ފަސް އެނބުރުނު އިރު ހާޖަރާ ދޮރުކަނީ އަތް އަޅާލައިގެން ހުއްޓެވެ. “އާދެ އަވަހަށް ސައިބޯން.. މިއަދު ހަމަ އިއްތިފާޤުން ސަޔަށް ހެދުނީ ދަރިފުޅަށް އެންމެ މީރު ކުޅިމަސް. މާ ރަނގަޅެއްނުން. ހިނގާ ސައިބޯން އަވަހަށް” ހާޖަރާ ހިނިތުންވެ ހުރެ މިހެން ބުނުމުން ރިއުމާން އޭނާގެ ފަހަތުން ހިނގައިގަތެވެ.

ބަދިގެ ފަރާތަށް ނިކުއިން އިރު ކުރިން އެތަނުގައި ހުންނަ ބޮޑު ބަނބުކެޔޮ ގަހެއްނެތެވެ. އެތަނުގައި މިހާރު މިރުސް ގަސްތަކާއި ކޮޕީފަތް އިންދާފައި ހަންހަމުގައި ހުރިއިރު ކައިރީގައި ބޮޑު ޖޯލި ފައްޗެއް ހުއްޓެވެ. “މަންމާ.. ކީއްވެ ބަނބުކެޔޮ ގަސް ކަނޑާލީ.” އެހިސާބުގައި އައިސް މަޑުކޮށްލަމުން ރިއުމާން އަހާލިއެވެ.

“އެދެން މާ ފަތް ވެރޭތީ.. އެފަރާތު ގެއަށް ފަތްވެރެ ނިއްޔޯ ކިޔައި އެގޯތި ހަމީދު މައްސަލަ ޖެއްސީމަ ދެން ކަނޑާލީ. އެހެން ނޫނަސް ފާރާއި އެއްޗެހި ހަޑިވަނީ އެގަސް އެތަނުގައި ހުންނާތީ.. ވާރޭ ވެހެންޖެއްޔާ ފުރާޅަށް އަރައި ދިޔަދޮވި ސާފުކުރަން ޖެހޭ އެތަނަށް ފަތްވެރިފައި އޮންނާނެތީ. މިހާރު ކިހައި ފަސޭހައި. އަނެއްކާ މާ އަލި ވެސް ވެއެއްނުން.” ކާގޭގައި ހުރެ ހާޖަރާ ވާހަކަ ދައްކަމުން ދިޔައެވެ.

“ދެން އެކަމު ބަނބުކެޔޮއެއް ނުލިބޭނުން.. އެހާއި މީރުވާނެ އެގަހުގެ ކެޔޮ.” ކާގެއަށް ވަދެ ގޮނޑީގައި އިށީނދެލަމުން ރިއުމާން ބުނެލިއެވެ. “އާނ ދޯ.. ދެން ބަނބުކެޔޮ ލިބިދާނުން ނަފީސާމެން ގެއިން ވެސް. އެގެއަށް ގޮސްލަންވާނެ އިނގޭ.” ތައްޓަށް ސައި އަޅަމުން ހާޖަރާ ބުނެލިއެވެ. “ތިހެން ބުނީމަ މި ހަނދާންވީ.. ކޮބާތަ އައިމަން.. އޭނަ މާލެއިން އޭލެވެލް ނިންމާފައި ޑޮކްޓަރުކަން ކިޔަވަން ދިޔަ ވާހަކަ ބުނީމެއްނުން.. މިހާރު މިކޮޅުގަތަ އުޅެނީ؟” ސައިބޮމުން ރިއުމާން އަހާލިއެވެ.

“އާނ.. ބޭރުން ކިޔަވާ ނިމިގެން އައިސް މިހާރު މިރަށު ހޮސްޕިޓަލުގައި އެއުޅެނީ. ނަފީސާ ޤަބޫލެއް ނުވި އޭނަ ރަށުން ބޭރުގައި ވަޒީފާ އަދާ ކުރާކަށް. އެހެންވެ ދެން މިކޮޅުގައި އަދި އެއުޅެނީ.” ހާޖަރާ އޮޅުން ފިލުވައި ދިނުމުން ރިއުމާން ހިނިތުންވެލިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި އޭނާ ވާހަކަދެއްކިއެވެ.

“ކޮބާ ބައްޕަ؟” ރިއުމާންގެ ސުވާލުން ހާޖަރާ ހައިރާންވިއެވެ. ޒުބޭރުގެ ވާހަކަ ނުވެސް ދައްކާ މީހަކު އޭނާ ކޮބައިތޯ ބަލާފާނެ ކަމަކަށް ހާޖަރާ ހިއެއް ނުކުރެއެވެ. “މިހާރު މާ މަސް ގަންނާތީ ފަތިހު ދޮށި ހިފައިގެން އުތުރު ފަރާތަށް މަހެއް ގަނޭތޯ ބަލަން ދިޔައީ.. ދޯނި ފަހަރުން މިހާރު ނިކަން އަގުބޮޑު ވިއްޔަ މަސް ވިއްކާލެއް..” ހާޖަރާ ބުނެލިއެވެ.

“އެހެންތައް..” ރިއުމާން ސައިބޮމުން ބުނެލިއެވެ. ދެމައިން އެތަށް ވާހަކައެއް ދެއްކިއިރު ރިއުމާން ބުނީ އޭނާ ރަށަށް އައިސްލީ ހަމަ މަންމަ ދެކިލާ ހިތުންކަމަށެވެ. އަދި ރަށަށް ނައިސް މާގިނަ ދުވަސް ވުމުން އައިސްލާ ހިތްވީ ކަމެވެ. ނަމަވެސް އޭނާ އަދި ހަޤީޤީ މަޤްސަދު ހާމައެއް ނުކުރެއެވެ.

ސައިބޮއެ ނިމިގެން ރިއުމާން ބަދިގެއިން ނިކުއިން ވަގުތު ދޮއްޓަކާއި ބޮޑު ބާލިދީއެއް ހިފައިގެން ގޭގެ ބޭރު ދޮރުން އެތެރެއަށް ވަދެގެން އައި ޒުބޭރު ފެނި އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭރު ޒުބޭރުއަށް އަދި އޭނާ ނުފެންނަ އިރު ދެތިން މަސްއޮތް ބާލިދީ ގެންގޮސް ފެން އިސްކޫރު ކައިރި ބައްހައްޓަމުން އެއަށް ފެން އަޅަން އިސްކޫރު ދޫކޮށްލިއެވެ. “ހާޖަރާ.. ހާޖަރާ. މިއަދު މަސް ބޭނިއްޖެޔޭ.. ތިން މަސް ރަނގަޅެއްނުން. ވާނެ އެކަތި ފިހެލަން..” ދުރުގައި ދޮށި ބަހައްޓަމުން ޒުބޭރު ފަސް އެނބުރުނު ވަގުތު ބަދިގެ ދޮރު ކައިރީގައި ހުރި ރިއުމާން ފެނި އޭނާގެ ދޫ ބަންދު ވިއެވެ.

އިރުކޮޅަކު އެދިމާއަށް ބަލަން ހުރެފައި ލަސް ފިޔަވަޅު ތަކެއްގައި އައިސް ރިއުމާންގެ ކުރިމައްޗަށް ވާގޮތަށް ހުއްޓެލިއެވެ. “ދަރިފުޅާ ރިއުމާން.. ކޮންއިރަކު އައީ؟” ޒުބޭރު ހައިރާންވެ ހުރެފައި އަހާލިއެވެ. “އިރުކޮޅެއްވެއްޖެ..” ރިއުމާން ދިނީ ކުރު ޖަވާބެކެވެ. “ޒުބޭރު އައީދޯ.. އާދެ އަވަހަށް ފެންވަރައިގެން ސައި ބޯން. އަހަންނާއި ރިއުމާން ސައިބޮއެފިން.” ހާޖަރާ އައިސް ރިއުމާންގެ ފަހަތުގައި މަޑުކޮށްލަމުން ބުނެލިއެވެ. “އާނ.. މިއަންނަނީ.” ޒުބޭރު ފާޑަކަށް ހުރެފައި ރޯނުގައި އަޅުވާފައި އޮތް ތުވާލި ނަގައިގެން ގޭތެރެއަށް ވަނެވެ. އެވަގުތު ރިއުމާންގެ އަތުގައި އޮތް ފޯނު ރިންގުވިއިރު ގުޅަނީ އައްޔާދްއެވެ.

****

ރިއު ކޮބާ ދެވިއްޖެތަ؟” ސައިކަލު މަޑިމަތީގައި ޖައްސާލައިގެން އިން އައްޔާދް ވާހަކަދެއްކިއެވެ. ހެނދުނު ޑިއުޓީއަށް ދާން ތައްޔާރުވެގެން ހުރިއިރު އަތުގައި އޮތް ރޭބަން އައިނާއި ކުޅެލަ ކުޅެލައި އިނެވެ. “ބައްޕައާއި ދިމާވިތަ؟” އައްޔާދް ނިއްކުރީގައި އަތްހާކާލަމުން ބުނެލިއެވެ. “އާނ.. ދެންމެ ދިމާވީ” އެކޮޅުން ރިއުމާން ބުނެލިއެވެ. “އެވާހަކަ ދެއްކީތަ؟” ކެތްމަދުވެފައި އިން އައްޔާދް އަހާލިއެވެ. “ނޫން.. އަދި ނުދައްކަން. ރަނގަޅު ވަގުތެއް ބަލާފައި އެވާހަކަ ދައްކާނަން..” ރިއުމާންގެ ޖަވާބު ލިބުމުން އައްޔާދް ފުންނޭވާއެއްލިއެވެ.

“ބަލައިގެން އުޅެއްޗޭ.. ކޮޓަރި ތަޅުލައިގެން އުޅޭނީ.. ބައްޕައާއި އެކު އެކަހެރި ނުވާތި. ރިއު ބުނީމަ އަހަރެން ނުދިޔައީ.. ނިމުނީ ޒުބޭރު ކަމެއް ކޮށްފިއްޔާ..” އައްޔާދް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “އިނގެޔޭ.. ބަލައިގެން އުޅޭނީ. ކުރިން ހެދިހައި ގޮތެއް މިހާރަކު ނުހެދޭނެ. ގުޅާނަން އިނގޭ ފަހުން.. ވަރަށް ޓަޔަޑް. ކުޑަކޮން ނިދާލަން މިދަނީ..” ރިއުމާން މިހެން ބުނުމުން އައްޔާދް އެކަމާއި އެއްބަސްވެ ފޯނު ކަނޑާލުމަށްފަހު ޖީބަށް ލިއެވެ.

ޔުނީފޯމްގެ ބެގީ ރަނގަޅު ކޮށްލަމުން އޭނާ ސައިކަލު ދުއްވާލީ ޑިއުޓީއަށް ދިއުމަށެވެ. މާ ދުރަށް ނުދެވެނީސް ޖީބުގައި އޮތް ފޯނު އިރުއިރުކޮޅާއި ހުއްޓުމެއްނެތި ވައިބްރޭޓް ވަމުން ދިޔައެވެ. އައްޔާދް އެންމެފަހުން މަގުގެ އެއްފަރާތަށް ސައިކަލު މަޑުކޮށްލަމުށަފަހު ފޯނު ނަގައި ބަލާލިއިރު ގުޅަނީ އަނާއެވެ. މިގަޑީގައި އަނާ ގުޅުމުން އޭނާ ހައިރާންވިއެވެ. “ހަލޯ.” އައްޔާދް ފޯނަށް ޖަވާބު ދިން ނަމަވެސް އެކޮޅުން އިވުނު އަނާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހި އޭނާ ސިހުނެވެ.

“އަނާ.. ކީއްވެ ތި ރޮނީ؟ ކިހިނެތްވީ؟” އައްޔާދް ވީގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ. “މަންމަ.. ދޮންބޭ މަންމަ.. އާދެބަ އަވަހަށް..” އަނާ ގިސްލަމުން ދެއްކި ވާހަކައިން އެހިތުގެ ތެޅުން ދެގުނައަށް އިތުރުވިއެވެ. “މަންމައޭ؟! ކިހިނެތްވީ މަންމައަށް؟” އައްޔާދް ހާސްވެފައި ހުރެ އަހާލިއެވެ. ނަމަވެސް އަނާ އަނެއްކާ ވެސް ކުރިން ދެއްކި ވާހަކަ ތަކުރާރު ކުރިއިރު އޭނާއަށް ރޮވޭވަރުން އިތުރު އެއްޗެކޭ ނުކިޔުނެވެ. “ޑޭމް އިޓް! ކިހިނެތްވީ އަނާ! ޓެލް މީ ނައު!!” އައްޔާދް ދެބުމަ ގޮށްޖެހިފައި ހުރެ ހަރުކަށިކަމާއި އެކު އަމުރު ކުރިއެވެ.

“މަންމަ ހާޓް އެޓޭކެއް ޖެހުނީ.. ހެނދުނު ކޮޓަރިއަށް ވައިން ގޮތަށް ސައިބޯން ނުނިކުމެގެން ބެލިއިރު.. ދޮންބޭ އަޅެ މަންމަ..” އަނާ ރޮއެ ގަތުމުން އައްޔާދަށް ހީވީ ވަށައިގެންވީ މާހައުލު ހުއްޓުނު ހެންނެވެ. ފަހަތުން ދުއްވާ އެއްޗެހީގެ ބަރުގަނޑުގެ އަޑު އިވެމުން ދިޔައިރު އެހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. “އޭޑީކޭގައި މިތިބީ.. ހަލޯ.. ދޮންބޭ.” އައްޔާދްގެ އެއްވެސް ޚަބަރެއް ނުވުމުން އަނާ ގޮވަމުން ދިޔައެވެ.

ކުއްލިއަކަށް ވެގެން އުޅޭގޮތް ރޭކާލުމުން ފޯނު ކަނޑާލުމަށްފަހު އެހުރިގޮތަށް ސައިކަލު އައިކޮޅަށް އަނބުރާލިއެވެ. ވަންވޭއެއް ކަމަކު އައްޔާދް އެކަމަށް ބެލުމެއްނެތި ބާރު ސްޕީޑެއްގައި އޭ.ޑީ.ކޭ ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އެތަނުގައި ދުއްވާ އެއްޗެހީގައި ތިބި މީހުން އައްޔާދަށް ގޮވަމުން ހަޅޭލެވި ނަމަވެސް އޭނާ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާގެ ޚިޔާލުގައި ވީ އެންމެފަހުން މަންމައާއި ބައްދަލުވި ދުވަހެވެ. އެއީ މީގެ ދެ ހަފްތާ ކުރިއެވެ.

****

ދެހަފްތާ ކުރިން

ދޮރު ހުޅުވުނު އިރު ކުރިމަތީގައި ހުރި މާރިއާ ފެނުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ އައްޔާދް ގޭތެރެއަށް ވަދެގެން ދިޔައެވެ. ދަރިފުޅުގެ މޫނުމަތިން ފެނުނު ނަފްރަތުން މާރިއާގެ ހިތުގައި ރިއްސާލިއެވެ. “އައްޔާދް.” މާރިއާ ގޮވާލުމުން އައްޔާދްގެ ފިޔަވަޅުތައް ހުއްޓުނެވެ. މާރިއާ ހިތުގައި އޮތް އެއްޗެއް ބުނަން ދޫ ހަރަކާތް ކުރިކަމަކު އޭނާ ފަސްޖެހުނެވެ. “ހުންނާނެ ފޮއްޓަށް އަލަމާރީގައި ހުރި ބައެއް ހެދުންތައް އަޅާފައި.. ދެން އައްޔާދަށް ފެންނަ އެއްޗެއްލާ. ބައްޕަ އައުމުގެ ކުރިން ދާން ވާނެ..” މާރިއާ މިހެން ބުނުމުން އައްޔާދް އެދިޔަ ގޮތަށް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.

އެނދުމަތީގައި ބަހައްޓާފައި ހުރި ފޮށިތެރޭގައި ބައެއް އައްނައުނު ހުރިއިރު އޭނާ ގެންގުޅޭ ރީތިވާ ސާމާނުތައް އެނދުމަތީގައި އޮތެވެ. އައްޔާދް ވާހަކައެއް ދެއްކުމެއްނެތި އަލާމާރިން އިތުރު އަންނައުނުތައް ނެގުމަށްފަހު ފޮއްޓަށް އެޅިއެވެ. އަދި ގެންގުޅޭ ރީތިވާއި އެއްޗެއްސާއި ފާޚާނާގައި ހުރި އޭނާގެ ސާމާނު ގެނެސް އެއްތަން ކުރިއެވެ.

“ދެން ރިއުމާންއާއި އިންނަނީތަ؟” ދޮރުކަނީގައި ލެނގިލައިގެން ހުރެ އައްޔާދްގެ ހަރަކާތްތައް ބަލަން ހުރި މާރިއާ އަހާލިއެވެ. “އަޅުގަނޑު އެންމެ ފުރަތަމަ ވެސް މަންމަ ކައިރި ބުނިން އޭނާ ނޫން އެހެން ކުއްޖެއް މިޚަޔާތަކަށް ނުގެނެވޭނެޔޭ. އެހެންވީމަ މިހާރު އެ ނިންމުން ބަދަލުވާންވީ ވަކި ކީއްވެ؟” ފޮއްޓަށް އެއްޗެހި އަޅަމުން އައްޔާދް ބުނެލިއެވެ. “ކީއްވެ ހަޤީޤަތް މަންމައަށް އޮޅުވާލީ؟ އެންމެ ފުރަތަމަ ވެސް މަންމަގާތު ރިއުމާންގެ ވާހަކަ ދެއްކިއިރު ކީއްވެ ބައްޕަ ނުރުހޭ ސަބަބު ހާމަ ނުކުރީ.. މަންމަ ރުއްސަން ދޯ.” މާރިއާ މިހެން ބުނުމުން އައްޔާދް ފަހަތަށް އެނބުރި މާރިއާއި ކުރިމަތިލިއެވެ.

“ނޫން.. ކޮންމެހެން މަންމަ ރުއްސާކަށް ނޫން. ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ނުދައްކާން. ކަމުގެ ހަޤީޤަތް އެނގުނީމަ އަޅުގަނޑު ހުރީ އަމިއްލައަށް ރިއު ގެނެސް މަންމައާއި ތަޢާރަފް ކޮށްދޭން. އެކަމު ބައްޕަ ވެއްޖެ އޭގެ ކުރިން.. ދެން ވީކަމެއްވީ. އެކަމު ރިއުމާން އަކީ އެކަހަލަ ކުއްޖެއް ނޫން.” އައްޔާދް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

“އެހެން ނޫނަސް މަންމަ ވެސް ޤަބޫލު ކުރީ ބައްޕަގެ ވާހަކަ.. އަޅުގަނޑު ނުވި އެއްވެސް މީހަކަށް.. އެންމެފަހުން ގެއިން ބޭރުކޮށްލީމަ ވެސް މަންމަ ހުރީ ހެދި ގޮތެއް ހަދަންދެން. އަޅުގަނޑުގެ ދިފާޢުގައި އެއްޗެކޭ ބުނުމުގެ ބަދަލުގައި ބައްޕަގެ ކޮޅަށް ދިޔައީ..” އައްޔާދް ދެބުމަގޮށްޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. “ނޫން.. މަންމަ އެއްވެސް އިރެއްގެ ނޭދެން ދަރިފުޅު ގެއިން ބޭރުކޮށްލާކަށް. މިއީ އެންމެ ކުޑައިރުއްސުރެ އުޅެ ބޮޑުވި ގެ. މަންމަ ކިހާ ވަރަކަށް ބައްޕަ ހުއްޓުވަން އުޅުނިން..” މާރިއާ މާޔޫސްވެފައި ހުރެ ބުނެލިއެވެ.

“ތިއެއް ނޫން މައްސަލައަކީ.. އަޅުގަނޑު ދެރަވީ މަންމަ އަޅުގަނޑަށް އިތުބާރު ނުކުރީތީ.. މަންމަގެ އުނގުގުއި ބޯއަޅައިގެން އެރުއި ރުއިމާއި ކުރި އާދެހުން ހަމަ އެއްވެސް އަސަރެއް ނުކުރީތީ. ދަރިއެއްގެ އިހުސާސް މަންމައަށް މުހިއްމު ނުވީތީ.. ދެން ނާންނާން މިގެއަކަށް ވެސް އަދި މަންމަ ކައިރި އަކަށް ވެސް.” ފޮށީގެ ޒިބު ދަމާލުމަށްފަހު އައްޔާދް ފޮށި ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

އެވާހަކަތައް އަޑުއިވި މާރިއާ ރޮވިފައި ހުރެ އައްޔާދްގެ އަތުގައި ހިފިއެވެ. “ތިހެން ނުބުނޭ.. އައްޔާދް މަޑުކޮށްބަލަ..” މާރިއާ އާދޭހުގެ ރާގެއްގައި އައްޔާދްގެ އަތުގައި ހިފައިގެން ހުރެ ބުނެލިއެވެ. ނަމަވެސް އައްޔާދް އައިސްފައި ހުރި ރުޅީގައި އަތް ފޮޅުވާލުމަށްފަހު ގޭގެ ދޮރު ހުޅުވާލިއެވެ. “ދަރިފުޅާ..” މާރިއާ އެންމެފަހުން ގޮވާލި އަޑު އިވުނު ނަމަވެސް އޭނާ ދިނީ ބީރު ކަންފަތެކެވެ.

****

ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އައްޔާދް ހުރީ މައިނޭވާ ލެވޭވަރު ވެފައެވެ. އަވަސް ފިޔަވަޅުތަކެއްގައި އަވަސް ފަރުވާދޭ ކޮޓަރިއާއި ހަމައަށް ދިޔައިރު އެތާ ބޭރުގައި އާޒިމް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އަނާ މޫނުގައި ދެއަތް އަޅައިގެން އިނދެ ގިސްލަމުން ދިޔައެވެ. “އަނާ..” އައްޔާދްގެ އަޑު އިވުމާއިއެކު އަނާ އިންތަނުން ފުންމައިގެން ތެދުވެ އެދިޔަ ގޮތަކަށް ގޮސް އައްޔާދްގެ ކޮނޑުގައި ބޯއަޅާލިއެވެ. “ދޮންބޭ..” އަނާ ނުރޯން މަސައްކަތް ކުރި ކަމަކު ކަރުނަތައް އިޚްތިޔާރަކާއި ނުލައި ފައިބަމުން ދިޔައެވެ.

“މަންމަ ކިހިނެތް؟ ކިހިނެތްވީ ކަމެއް މީ؟” އައްޔާދް ވާހަކަ ދެއްކިއިރު އެއަޑުގައި ވެސް މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. “ދޮންބެ ދިޔަފަހުން މަންމަ ހުންނަނީ އަބަދުވެސް ދެރަވެފައި.. ރޭގައި ވެސް އިނދެގެން ކީ ދެން އައްޔާދް ނާންނެޔޯ މަންމަ ކައިރިއަކަށް. ރުޅިއައިސްފައި ޔޯ އެހުރީ. ދެން ދުވަހަކުވެސް މަންމައޭ ކިޔައި ގޮވާ ވެސް ނުލާނެ ކަންނޭނގެ ޔޯ.. ވަރަށް ރުއި. އުޅުނިން ދޮންބެއަށް ރޭގައި ގުޅަން ވެސް. އެކަމަކު މާ ލަސްވެފައި ހުރީމަ ހިތަށް އެރީ މިއަދު ހަވީރު ދޮންބެ ގެންނާނިއްޔޭ މަންމަ ކައިރިއަށް. އެކަމަކު..” އަނާ ގިސްލަމުން ދެލޯ ފޮހެލިއެވެ.

އައްޔާދް ބުނާނެ އެއްޗެއް ނޭނގިފައި ހުރެ އެދިޔަ ގޮތަށް ގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. އެގޮތަށް ނުވަދެވޭނެކަން އެނގި ހުރެ ވެސް އޭނާ ފުލުސް ޔުނީފޯމުގައި ހުރުމުން އެކަކު ވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. މާރިއާ ބާއްވާފައި އޮތް އެނދު ކައިރީގައި ޑޮކްޓަރަކާއި އެކު ނަރުސް ކުދިންތައް ފަރުވާ ދެމުން ދިޔައިރު އެމީންގެ ހަރަކާތްތަށް އަވަހެވެ. “ޕުޝް އޭން އެޕީ..” ޑޮކްޓަރ އިރުޝާދު ދެމުން ދިޔައިރު އައްޔާދް ދުރުގައި ހިރިލަން ވެސް ނޭނގިފައި ހުއްޓެވެ. އޭރު އެއްވެސް ހަރާކާތެއް ނެތި އޮތް މާރިއާ ފެނި އައްޔާދް ލޮލަށް ކަރުނައިގެ ދިލަ އިހުސާސްވިއެވެ.

“ޗާރޖް ޓު ޓޫ ފިފްޓީ..” މާރިއާގެ މޭގައި ދެ ޕެޑަލް ބާއްވާލަމުން ޑޮކްޓަރުގެ އިރުޝާދަށް ނަރުހުން މަސައްކަތް ކުރަމުން ދިޔައެވެ. “ކްލިއާ!” މާރިޢާގެ ހަށިގަނޑަށް ކަރަންޓުގެ ބާންޏެއް ދަތުރުކޮށްލި ނަމަވެސް މޮނީޓަރުން ހިތުގެ ވިންދަން ބަދަލެއް ނާދެއެވެ. “ޗާރޖް ޓު ތްރީ ހަންޑްރެޑް.. ކްލިއާ!” އަނެއްކާ ވެސް އިތުރު ޝޮކެއް ދިން ނަމަވެސް މޮނީޓަރުން ފެންނަން އިން ރޮނގު ތިރިވަމުން ގޮސް އެއް ރޮނގަށް ބަދަލު ވެއްގެން ދިޔައެވެ. އެވަގުތު ޑޮކްޓަރު ވެސް ފުންނޭވާއެއް ލަމުން އަތުކުރި ގަޑިއަށް ނަޒަރު ހުއްޓާލިއެވެ. “ޓައިމް އޮފް ޑެތް.. ނައިން ފޯޓީ ޓޫ އޭ އެމް.” އެއަޑު ކަންފަތުގައި ޖެހުމާއިއެކު އައްޔާދްއަށް ހީވީ ބޮލަށް އެނބުރުން އެރިހެންނެވެ. “ނޫން..” އައްޔާދް ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ގޮސް މާރިއާ އެނދާއި އަރައި ހަމަވުމުން ޑޮކްޓަރ އޭނާ ދުރުކުރުވަން އުޅުނެވެ. “މަންމާ.. ދޫކުރޭ! މަންމާ އަހަރެން އައީއެ މި.. އެހެން ބުނި އެއްޗެއް ނޫނޭ އެއީކީ. މިއައީ އެއްނުން.. ދޭ ލޯ ހުޅުވާލަބަލަ.” މާރިއާގެ ކޮނޑުގައި ހިފައި އައްޔާދަށް ރޮއެ ގަނެވުނެވެ.

“އައި އެމް ސޮރީ.. ޝީ އިޒް ނޯ މޯ. ޕްލީޒް ޔޫ ކާންޓް ބީ އިން ހިއާ..” ޑޮކްޓަރ ހަމްދަރުދީވެ އައްޔާދަށް ވިސަނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ މާރިއާގެ ގައިގައި އޮޅުލައި ގަނެގެން އޮވެ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު މި މަންޒަރު ފެނި ނަރުސް ކުދިން ވެސް ދުރަށް ޖެހިލިއެވެ. އިރުގަނޑެއް ފަހުން އައްޔާދް އަމިއްލައަށް ތެދުވެގެން އެތަނުން ނިކުތެވެ.

މާރިއާގެ ކުއްލި މަރު ޤަބޫލު ކުރަން ދަތިވެފައި ހުރިއިރު އޭނާ ބޭރަށް ނިކުމެ އެތަނުގެ ގޮނޑިއެއްގައި އިށީނދެވުނު އިރު މުޅިމީހާ ހުރީ ގަބުވެފައި ކަހަލަ ގޮތަކަށްށެވެ. އެވަގުތު ނިކުއިން ޑޮކްޓަރު އާޒިމަށް އެޚަބަރު ދިނުމުން އޭނާ ބަސްމަދުވެފައި ހުރިއިރު އަނާއަށް ރޮއެގަނެވުނެވެ. އޭރު އެތަނަށް އައިސް ހުރި ޒުލްފާ އަނާ ގައިގައި ހިފައްޓާލިއިރު ނަޒީރު ވެސް ދުރުގައި ހުއްޓެވެ.

****

ނިދިފައި އޮތް ރިއުމާން މޯޅިއަކަށް ދެމިލަމުން ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ. ފޯނަށް ނަޒަރު ހުއްޓާލިއިރު މެންދުރުން އަނބުރާ ބާރަ ޖެހިއިރު ގަޔަށް ހޫނުކަމުގެ އިހުސާސް ވިއެވެ. ތެދުވެ ފޮށި ހުޅުވާލުމަށްފަހު ތުވާއްޔެއް ނަގައިގެން ފިނި ފެނުން ފެންވަރާލުމުން ހަށިގަނޑަށް އަރާމު ވިއެވެ. ބޮލުގައި ތުވާލި އޮޅާލައިގެން ނިކުމެ އޭނާ ރީތި ވަމުން ދިޔައިރު އެނދުމަތީގައި އޮތް ފޯނު ވައިބްރޭޓް ވަމުން ދިޔަ ކަމެއް ނޭނގެއެވެ.

ތެތް އިސްތަށިގަނޑު ފަހަތަށް ދޫކޮށްލަމުން ބޮލުން ފެން ހިއްކާލި ވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް ރިއުމާން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. “ކާކު؟” ރިއުމާން އަހާލިއެވެ. “މަންމައޭ..” ހާޖަރާގެ އަޑު އިވުމުން ރިއުމާން ހަމަޖެހިލުމަށްފަހު ގޮސް ދޮރު ހުޅުވާލިއެވެ. “ދަރިފުޅު ނިދާފައި އޮތީމަ ނުގޮވީ.. ހިނގާ ނަފީސައްތަމެން ގެއަށް ކާން ދާން.. ރިއުމާން އައި ވާހަކަ ބުނީމަ ބުނެފި މެންދުރު ކާން އަންނަން ވާނީ އެގެއަށްށޯ..” ކޮޓަރި ތެރެއަށް ވަންނަމުން ހާޖަރާ ވާހަކަ ދެއްކިއެވެ.

“އެހެންތަ.. މި ތައްޔާރު ވެލަނީ.” އަތުގައި އޮތް ތުވާލި ހަރުގަނޑުގައި އަޅުވާލަމުން ރިއުމާން ބުނެލިއެވެ. “މަންމަ ވާހަކައެއް އަހާލަންތަ؟” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ހާޖަރާ އަހާލިއެވެ. “އަސްލު ހަމަ ރަށަށް އައިސްލީކީ ނޫން ދޯ ތި.. ކޮންމެ ވެސް ކަމެއް ވެއްޖެ.” ހާޖަރާ ވިސްނާލަން އިނުމަށްފަހު ބުނެލިއެވެ. ރިއުމާން ވަކި އެއްޗެކޭ ނުބުނެ އާދައިގެ ބުރުގަލެއް ނަގައި އަޅާލަމުން އޭގައި ދަތި ޖަހާލިއެވެ. “އާނ.. ހަމަ އައިސްލީކީ ނޫން މި.” ބުރުގާ އަޅައި ނިމިގެން އައިސް ރިއުމާން ހާޖަރާ ކައިރި އެނދުގައި އިށީނދެލިއެވެ.

“މަންމަމެން ގާތު ވަރަށް ވޮޑު ވާހަކައެއް ދައްކަން ވެގެން މިއައީ.. އިނގޭ ދޯ އައްޔާދް.” ފުންނޭވާއެއް ލަމުން ރިއުމާން ވާހަކަދެއްކިއެވެ. “އާނ.. އާޒިމްގެ ދަރިއެއްނުން އެއީ. މިރަށަށް ވެސް އައެއްނުން. އޭނައެއްނުން ރިއުމާން ސަލާމަތްކޮށް ދިނީ ވެސް.. ކިހިނެތްވީ؟” ހާޖަރާ އޮޅުން ފިލުވުމަށް އަހާލިއެވެ. ރިއުމާން ހަމަޖެހިލައިގެން އިނދެ އައްޔާދްއާއި އޭނައާއި ދެމެދު ހިނގި ކަންތައް ކިޔާދިނެވެ. ލައިބާގެ ވާހަކައާއި މިހާރު އައްޔާދް އޭނައާއި އިންނަން ބޭނުންވާ ކަމެވެ.

“އިންނަން ވިއްޔޭ؟ ދަރިފުޅަށް ޔަޤީންތަ ތިއީ ހަމަ އެންމެ ރަނގަޅު ކުއްޖާކަން. ތިބުނީ އާޒިމް ވެސް ޤަބޫލެއް ނޫނޭ.” ރިއުމާންގެ ވާހަކަ އަޑުއަހަން އިނދެފައި ހާޖަރާ އަހާލިއެވެ. “އާނ.. ހަމަ ޔަޤީން. މަންމައަށް ކަމުނުދަނީތަ؟” ޖެހިލުންވެ އިނދެފައު ރިއުމާން ސުވާލުކޮށްލިއެވެ. “ދަރިފުޅަށް ރަނގަޅިއްޔާ ރަނގަޅު ވާނެ ހަމަ.. އަނެއްހެން އައްޔާދަކީ ގޯސް ކުއްޖެއް ނޫން. ހަރުދަނާ ވަޒީފާއެއްގައި އުޅޭ ރަނގަޅު އާއިލާއެއްގެ ކުއްޖެއް.. ހަމަގައިމު ވެސް މިރަށަށް އައިސް މަންމައާއި ދިމާވި އިރު އޭރު ވެސް ނުލާހިކު ހިތްހެޔޮ. އެކަމު އޭނަގެ އާއިލާ ނުޤަބޫލު ވީމަ މަންމަ ހައިރާން ވަނީ.. ކޮންކަމަކާ އާޒިމް ނުރުހެނީ؟” ހާޖަރާ ވިސްނާލަން އިނދެފައި އަހާލިއެވެ. އެސުވާލުގެ ޖަވާބުގައި ވީގޮތް ރިއުމާން ކުރުގޮތަކަށް ކިޔާދިނެވެ. އެވާހަކަ އަޑުއަހާފައި ހާޖަރާ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގި ހިމޭނުން އިނެވެ. “މަންމާ..” ރިއުމާން ގޮވާލުމުން ވެސް ހާޖަރާއަށް ދުލުން ބަހެއް ބޭރެއް ނުވިއެވެ.

“އިނގޭ މިވާހަކަ އަހަން ފަސޭހައެއް ނުވާނެކަން.. އެކަމަކު އަޅުގަނޑު ނިންމައިފިން ހަޤީޤަތް ހާމަ ކުރަން. ބައްޕަ ކައިރި ކައިވެނީގެ ވާހަކަ ދެއްކުމަށްފަހު ފުލުހަށް މި މައްސަލަ ހުށައަޅާނަން. ބައްޕަ މިކައިވެންޏާއި ޤަބޫލު ވިއަސް ނުވިއަސް އެކަން ކުރާންނަ.” ރިއުމާން ޔަޤީން ކަމާއިއެކު މިހެން ބުނުމުން އެއްޗެކޭ ނުބުނެ އިން ހާޖަރާ އޭނާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމަގެ ރިއުމާން ހާދަ ހިތްވަރުގަދައޭ މިހާރު. ދަރިފުޅަކަށް ނޭނގޭނެ މަންމަ ހިތުގައި ތިކަންތައް ފޮރުވައިގެން އުޅުނު ހާލެއް.. މިހެން އުޅުނަސް މަންމަ ހާދަ ފޫއްސެއްވެޔޭ ޒުބޭރު ދެކެ.. ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެދުވަހު މަންމަ ކުރިމަތީގައި ދަރިފުޅަށް ކޮށްލި ވަރެއް. އަދިވެސް މޫނުގައި މިއިންނަ ލަކުނު ފެންނަ ކޮންމެ ފަހަރަކު އެވޭން ހަނދާންވެ ރޮވޭ. މަންމަ މިހުރީ ތިކަމުގައި ދަރިފުޅާއިއެކު. މިކަން ކުރަން މިހާރު ވެސް ލަސްވެއްޖެ.. އެކަމަކު ދުނިޔެއަށް މިކަން ސިއްރު ކުރުމަށްވުރެ އެކަހަލަ މީހުންނަށް ފަހުން ނަމަވެސް ހައްޤު އަދަބު ލިބުން މުހިއްމު.” ހާޖަރާއި ހިތްވަރާއި ދެއްކި ވާހަކަ އިވި ރިއުމާންގެ ލޮލުން އުފަލުގެ ކަރުނަ ނިރާލިއެވެ.

“ބައްޕައަށް ހައްޤު ސަޒާ ލިބޭނެ. އެދުވަހަކުން ނޫނީ އަޅުގަނޑުގެ މި ހަޔާތުގެ އަނދިރިކަމެއް ނުފިލާނެ. ހަޔާތުގެ އެންމެ ޅައުމުރުގެ ހިތްދަތި ހަޤީޤަތް ވަންހަނާ ކޮށްގެން ވަރަށް ދުވަހު އުޅެވިއްޖެ.. އިރާދަ ކުރެއްވިއްޔާ ބައްޕަ ދިން ހުރިހާވޭނެއްގެ އަދަބު ދޭނަން.” ރިއުމާން މިހެން ބުނެފައި ހާޖަރާގެ ކޮނޑުގައި ބޯ އަޅާލަމުން އެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ.

****

މުޅި މާހައުލަށް ހިމޭންކަން ވެރިވެފައި އޮތްއިރު އާސަހަރާ ބޭރުގައި އެތަށް ބައެއް ތޮއްޖެހިފައި އޮތެވެ. މާރިއާގެ މޫނުދެއްކުން ކުރިއަށް ދިޔައިރު ވަޅުލުން އޮތީ އަޞުރު ނަމާދަށް ފަހުއެވެ. ގައިގައި ނެތް ހިތްވަރުވެސް ނެތްލައިގެން އައްޔާދް އެތަނަށް އައި ކޮންމެ މީހަކާއި ސަލާމްކޮށް އެމީހުންގެ ހިތްވަރުގެ ބަސް އަހަމުން ދިޔައެވެ. އާއިލާގެ ދޮށީ ދަރިފުޅު ހިތާމައިން ފޯވެއްޖެ ނަމަ ދެން ހުރި ކޮއްކޮއާއި ތިމައިގެ މީހުންނަށް ހިތްވަރު ދޭނީ ކާކު ހެއްޔެވެ.

މާރިއާގެ ކުއްލި މަރުގެ ޚަބަރު އިވި އެމީހުން އާއިލާގެ އެތަށް ބަޔަކު ސިހިފައި ތިބިއިރު އާޒިމް މާރިއާގެ ބޯލާ ކޮޅުގައި އިސްޖެހިފައި އިނެވެ. އޭރު ކައިރީގައި އެމީހުން އާއިލާގެ ދެތިން ފިރިހެނުން ތިބިއިރު ދުރުގައި އަނާގެ ގައިގައި ހިފައްޓާލައިގެން އޭނާގެ ބައެއް ރަޚުމަތްތެރިން ތިއްބެވެ. އެހިސާބުގައި ބޮކަރާއި ހުދުކާފޫރުގެ ވަސް ހިފާލާފައި ވާއިރު އައްޔާދް ހިތްވަރު ކުރަމުން ދިޔައީ ނުރޯށެވެ. އޭނާ ދެތިން ފަހަރަކު ރިއުމާންއަށް ގުޅާލުމުން ވެސް ޖަވާބެއް ނުލިބުމުން އޭނާ މެސެޖެއް ކޮށްލީ މަންމަ ނިޔާވެގެން އުޅޭކަމަށް ބުނެފައެވެ.

“ހިތްވަރުކުރާތި ދަރިއާ..” އައްޔާދް ކައިރިއަށް ހުއްޓެލި އުމުރުން ދުވަސްވީ އައިލާ ރަޚުމަތްތެރިއެކު އޭނާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އަޞްރު ނަމާދަށް ގޮވަން ކައިރި ވުމުން އައްޔާދް ހިތްވަރުކޮށްފައި އެންމެ ފަހުފަހަރަށް މަންމަގެ މޫނު ދެކިލަން ކައިރިވެލިއެވެ. އެދެލޯ މެރިފައި ވީއިރު ހުދުކަފުނުގެ ތެރެއިން އެ މޫނުފެނުމުން އައްޔާދްގެ ހިތަށް ކެތެއް ނުވިއެވެ. އިޚްތިޔާރަކާއި ނުލައި ހަށަމަށް އަރުވާފައި އޮތް މާރިއާގެ އަތްމަތީ އަތް އަޅާލަމުން އައްޔާދަށް ރޮވުނެވެ.

މުޅި މީހާ ތުރުތުރު އަޅަމުން ދިޔައިރު އޭނާގެ ކަންފަތަށް އިވެމުން ދިޔައީ އެންމެފަހުން މާރިއާ އޭނައަށް ދަރިފުޅާއި ކިޔައި ގޮވާލި އަޑެވެ. ނަމަވެސް އެފަހަރު މަޑުކުރުމެއް ނެތި ދެވުނީތީ އޭނާ ހިތާމަ ކުރިއިރު މިހާރު އެހުރީ އަދި އެއްފަހަރު ނަމަވެސް އެއަޑުން ދަރިފުޅާއޭ ކިޔައި ގޮވާލާނެ އަޑުއަހަން ކެތްމަދުވެފައެވެ. “މަންމާ..” އައްޔާދްގެ ދުލުން އާހެއްގެ އަޑު ބޭރުވި އިރު ކައިރީގައި ހުއްޓެލި ލައިބާ އޭނާގެ ކޮނޑިގައި އަތް އަޅުވާލިއެވެ. އޭނާ ވެސް ރޮވިފައި ހުރިއިރު އާދިލް ފަހަތުގައި މި މަންޒަރު ބަލަން ހުއްޓެވެ. އައްޔާދަށް ގިސްލެވެމުން ދިޔައިރު ލޮލުން ފޭބިހައި ކަރުނައެއް އެކޯތާފަތް ތެންމިއެވެ.

****

ރިއުމާން ރީތިވެލައިގެން ކޮޓަރިން ނިކުމެ ހާޖަރާއާއި އެކު މަގުމައްޗަށް ނިކުތީ ނަފީސާމެން ގެއަށް ދިއުމަށްށެވެ. ފޯނު ނަގަން ޖީބުގައި އަތްލި ވަގުތު އެ ނެތްކަން އިހުސާސް ވުމުން އޭނާ ހިނގުން މަޑުކޮށްލިއެވެ. “ކިހިނެތްވީ؟” ހާޖަރާ ހުއްޓިލަމުން އަހާލިއެވެ. “ފޯނު ނުލައި މި އާދެވުނީ.. އެބަ އަންނަން.” ރިއުމާން މިހެން ބުނުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރިއަށް ވަދެ ބާލިސް ދަށަށް ވަދެފައި އޮތް ފޯނުނަގައި ހުޅުވާލުމުން ސްކީރަން އަރާފައި ހުރި މިސްކޯލްތައް ފެނި ހައިރާންވިއެވެ. އައްޔާދް އެވަރަށް ގުޅާފައި އޮތްއިރު އެންމެ ފަހަތުގައި އޮތް މެސެޖު ފެނުނު ހިނދު ރިއުމާން ސިހުނެވެ.

އޭނާ އަވަސް އަވަހަށް ފޯނު ހުޅުވާލުމަށްފަހު އައްޔާދަށް ގުޅާލިއެވެ. އެހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައިރު ނިއްކުރީގައި އަތް ހާކާލިއެވެ. އެއްފަހަރު ގުޅުމުން ފޯނު ނުނެގުމުން އަނެއްކާ ވެސް އޭނާ ގުޅާލިއެވެ. ދެފަހަރަކު ރިންގުވި ތަނާއި އައްޔާދްގެ އަޑު ޖެހުމުން ރިއުމާންގެ ހިތަށް އަސަރު ކުރިއެވެ. ކުރަކި ވެފައިވާ އެ އަޑުން އޭނާ ރޮއެފައި ހުރިކަން ހާމަ ވެއެވެ.

“އައްޔާދް. ދެންމެ މި ފެނުނީ.. މަންމަ. ބޭބީ އައި އެމް ސޯ ސޮރީ. ކިހިނެތްވީ؟” ރިއުމާން މާޔޫސްވެ ހުރެ ބުނެލިއެވެ. “މިއަދު ހެނދުނު.. ރިއުއަށް ގުޅާފައި ޑިއުޓީއަށް ދަނިކޮން އަނާ ގުޅީ. ޝީ.. ޝީ ހޭޑް އަ ހާޓް އެރެސްޓް.. ޑޮކްޓަރުން ވަރަށް ޓްރައި ކުރި އެކަމަކު.. އައި ސޯ ހާ ފްލެޓް ލައިން..” އައްޔާދްގެ އަޑު ކުރެހުމުން ރިއުމާންގެ ލޯ ވެސް ކަރުނުން ތެމުނެވެ. “އަހަރެން ދަން ތަ؟” ރިއުމާން ދެރަވެފައި ހުރެ އަހާލިއެވެ.

“ނޫނޭ.. އަޞުރަށްފަހު ކަށުނަމާދު ކޮށްފައި ވަޅުލަން މިއުޅެނީ.. ދެން ރިއު އަނެއްކާ އަންނާނެ ކަމެއްނެތް. މިއަދު ތި ދިޔައީ ވެސް..” އެކޮޅުން އައްޔާދް ބުނެލިއެވެ. މިފަދަ ހިތާމަވެރި ވަގުތެއްގައި އޭނައަށް އައްޔާދް ކައިރީގައި ނުހުރެވުމުން އެހިތަށް ވަރަށް އަސަރު ކުރިއެވެ. އައްޔާދްގެ ގައިގައި ފިރުމާލަދީ އޭނާއަށް ހިތްވަރުދޭން ހުންނަން ރިއުމާން ބޭނުންވިއެވެ. “ދިސް އިޒް މައި ފޯލްޓް.. މާ ބޮޑަށް ސްޓްރެސް ބޮޑުވެގެން ވީކަމެއް ކަމަށް ޑޮކްޓަރުން ބުނަނީ.. އެންމެ ބޭނުންވި ވަގުތު އަހަންނަށް މަންމަ ކައިރީގައި ނުހުރެވުނީ.” އައްޔާދްގެ އަޑުގައި މާޔޫސްކަމުގެ ފޮށާއެއް އޮޅާލެވިފައި ވީކަހަލެވެ.

“ނޫނޭ.. ތިހެން ނުބުނޭ. އަމިއްލަ ނަފްސް ކުއްވެރި ކުރުމުގެ ބޭނުމެއް ނެތް.. އެފަރާތް އިރާދަ ކުރައްވާ ގޮތަކަށް ކަންތައްވާނީ. އެކަމުގައި އައްޔާދްގެ އެއްވެސް ކުށެއް ނެތް.” ރިއުމާން ވިސްނައިދިނެވެ. “އެކަމަކު.. އިނގޭތަ އެންމެ ފަހުން މަންމައާއި ދިމާވީ އަހަރެންގެ އެއްޗެހި ބަލާ ދިޔަ ދުވަހު. އެދުވަހު ވަރަށް އެއްޗެހި ކިޔުނު ރުޅި އައިސްގެން.. ބުނިން ދެން ދުވަހަކު ވެސް މަންމަ ކައިރިއަކަށް ނާންނާނަމޭ. ބަލާބަ މިހާރު މަންމަ އެދިޔާއީ ދޫކޮށްލާފައި އަބަދަށް.. ދެން ނާންނާނެ.” އައްޔާދަށް ބޭއިޚްތިޔާރުގައި ރޮވުނެވެ.

ރިއުމާން އެނދުގައި މަޑުމަޑުން އިށީނދެލި އިރު އައްޔާދް ތުރުތުރު އަޅަމުން ރޮމުން ދިޔަ އަޑު އިވި އޭނާގެ ކޯތާފަތް ކަރުނުން ތެމުނެވެ. ހިތްވަރުގެ ބަހެއް ދުލުން ބޭރު ނުވިއިރު މިނޫނީ އައްޔާދް އެހައި އަސަރު ކުރިވަނިވި ގޮތަކަށް ރޯއަޑު އިވިފަކާއި ނުވެއެވެ. އޭނާ ހުއްޓުމެއްނެތި ގިސްލަމުން ދިޔައިރު އިރުއިރި ކޮޅުން މަންމައަށް ގޮވާލާ އަޑު އިވި ރިއުމާންގެ ހިތް ފަޅައިގެން ދާހާވަރު ވިއެވެ.

-ނުނިމޭ-

35
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (22)

Next

ޢަޞްރު (ސައުރަޔާޅީސްވަނަ ބައި)

Next
February 15, 2017

ޢަޞްރު (ސައުރަޔާޅީސްވަނަ ބައި)

Previews
February 14, 2017

ފިރިމީހާގެ ހައްޤުގައި (22)

109 Comments

  1. layaal says:
    February 14, 2017 at 5:01 pm

    Hi all. Sorry for the delay. Actually i’m moving abroad so i have been busy these past few days with stuff. Anyways i hope this episode is long enough for the delay caused. Enjoy Reading and please do comment below. Your comments and reviews is what makes the time I spent writing worth while 🙂

    1. hei says:
      February 14, 2017 at 5:04 pm

      hey layaaluuuu
      where r u going?

  2. hei says:
    February 14, 2017 at 5:14 pm

    alheyyyyyy, ayyaad mum ah kyhve ehen hedy
    she doznt evn knw riu ge truth

  3. hanni says:
    February 14, 2017 at 5:22 pm

    ayaaaadh! my pooor baby. alheyy layaaaaalloooo. keevehey thihen thi hedhi kusha kaa nulaa. mage ayaadh fakeeru ?? dhera vejje but varah salhi. ❤️❤️

  4. Anonymous says:
    February 14, 2017 at 5:24 pm

    mas baanaaniy
    not gannaaniy

    1. Anonymous says:
      February 14, 2017 at 5:36 pm

      Bulhyga mas ganna vaahaka eynun eothy

    2. layaal says:
      February 14, 2017 at 6:57 pm

      Bulhi ga mas ganna vaahaka ah refer kohfa e ini

  5. Rifa says:
    February 14, 2017 at 5:29 pm

    Oh my god rovijje kihineh thi hedhee layaal

    1. layaal says:
      February 14, 2017 at 6:58 pm

      neyge kihine tha evi dhw

  6. mary says:
    February 14, 2017 at 5:35 pm

    Wow! varah salhi. dhen varah dhera gothe mi vi. layaa hama rovey varu kohlaane konme faharaku

    1. layaal says:
      February 14, 2017 at 6:59 pm

      thank you

  7. Azy says:
    February 14, 2017 at 5:39 pm

    Mas baanan dhaanee …but bulheega mas gannaanee…

  8. Vaahaka kiyaa meeha says:
    February 14, 2017 at 5:40 pm

    Salhi

  9. cher says:
    February 14, 2017 at 5:46 pm

    Awwwwwwn…so sad..???
    But varah salhi mi part vx..next part kn iraku..waiting waiting..?????????

    1. layaal says:
      February 14, 2017 at 7:00 pm

      thank you. Next part up vaane vaki dhuvahe adhi neyge. Once i settle so next week Sunday ah i will try ?

  10. girl :))) says:
    February 14, 2017 at 5:59 pm

    why u make us alll cryyyyyy… :'( <3

  11. shahy says:
    February 14, 2017 at 6:13 pm

    hama rovjje. dhigu inthizaara kah fahu roh vaali thi hama. varah furihama sifakurun. heeva nukuran mihen vedhaane ye. layaal your the best. And have a safe trip love ❤️❤️

    1. layaal says:
      February 14, 2017 at 7:01 pm

      Thank you

  12. h25 says:
    February 14, 2017 at 6:13 pm

    alhe riuge truth ayyaadh mom ah ingunu nama..n ayyaadh fakyru evarah dhera kuraakah nuvaannu….stry hama vrh salhi ingey…waiting for the next part…avahah up kohdhehchey…kiyaa hithun hureveny ennoon…

    1. layaal says:
      February 14, 2017 at 7:04 pm

      Thank you

  13. naff says:
    February 14, 2017 at 6:16 pm

    heart arrest or heart attack…im confused..

    1. aan says:
      February 14, 2017 at 6:18 pm

      both can be used. Its the same thing

    2. layaal says:
      February 14, 2017 at 7:10 pm

      Both has the same meaning ?

  14. Rozy says:
    February 14, 2017 at 6:22 pm

    Thank dhigu koh genes dhineema. Appriciate your work. Delay viyas its worth the wait. ehaa ves furihama. And abroad ah gossa ves vaahaka up koh dhechey dhoonya adhi one more thing. Are you married layaal? hama ahaali curious vegen.

    1. layaal says:
      February 14, 2017 at 7:17 pm

      Hehe no i’m not married and Thanks for reading ?

  15. Sama says:
    February 14, 2017 at 6:30 pm

    Alheyyy…. Hama rovijje…… Varah varah reethi….. Waiting for next part?

  16. Shu says:
    February 14, 2017 at 7:02 pm

    Its beautiful……

  17. F2 says:
    February 14, 2017 at 7:09 pm

    So beautiful. When is the next part? Pls Continue uploading it.

  18. Faathee says:
    February 14, 2017 at 8:45 pm

    Vara touching. Vara furihama. Maasha Allah. Story ga baakee adhi kitha episode inaane tha? Khonme gothe viyas Riumaan and ayyadh dhuru nukoh story kuriyah gendhachey alhe. Adhi labia n adhil ge loabi ge baeh ves annaane dhw

    1. layaal says:
      February 14, 2017 at 10:05 pm

      Thanks. Dhen ehaa gina parts thake neh. nimeni mi ?

  19. Xoxo says:
    February 14, 2017 at 9:16 pm

    Layaal keevvetha abadhu emmenge mamma maraalanee hama hurelaafa…kurin vaahakaigavxx adhii mi vaahakaigavxx..maa rangalhennu zubair maraalii namavxxxxx

  20. Afee says:
    February 14, 2017 at 9:26 pm

    Alheyyy rovijjeye v v reethi

  21. Shai says:
    February 14, 2017 at 9:33 pm

    Hama rovihje haadha asaru gadhavegen.

    1. layaal says:
      February 14, 2017 at 10:07 pm

      dhen nuroane.

  22. Kiyaaraaaaaa says:
    February 14, 2017 at 9:41 pm

    Vahaka vara reethi slw kamu v sad

  23. Brainless says:
    February 14, 2017 at 9:53 pm

    Ohh wow..
    Varah salhi and varah heart touching mi bai..??????
    I luv your story’s layaal..??
    And ayyaadh haadha varakah sheyy e ruee varah dhera vehje ayyaadh ehaa sad v ma.. ??? Ayyaadh dnt cry ehaa varah ingey yuh ge riu adhi ahnaane hithaama ahh luehh dheyn.. Dnt cry plxx..??
    And mi part dhigukoh genesdhinyma varah varah bodah thanks layaal..❤

    1. layaal says:
      February 14, 2017 at 10:10 pm

      Thank you so much dear ❤️

  24. Fan says:
    February 15, 2017 at 12:07 am

    Wow varah Salhi

  25. Enaash says:
    February 15, 2017 at 12:13 am

    Salhi twist eh bt v heart touching

  26. ham says:
    February 15, 2017 at 7:53 am

    Wow v ince story

  27. ella says:
    February 15, 2017 at 9:20 am

    ???

  28. Maih says:
    February 15, 2017 at 11:01 am

    Ohh shit ayyaadh ge mom ahh evy haadha dhera gothekey dhw…? Bt dis prt also awsome ???… Cnt wait fr da nxt part… Alhe layaal plx thankolheh avahah upp khhdhyba dhw…. ??

  29. 404Error says:
    February 15, 2017 at 2:42 pm

    wow varah salhi mi part ves… keep it up! ???????

  30. 5 says:
    February 15, 2017 at 6:16 pm

    dhivehi bahuga ‘fakaa’ kiyaa baheh norvey…

    1. ??? says:
      February 16, 2017 at 1:39 am

      Ahahhahahahhahahahah

  31. Iyaan says:
    February 15, 2017 at 9:38 pm

    Mamma mathin varah handhaan vey.. Iyaab ge mom ves heart attack eh jehigen niyaa vee.. Iyaan A Level result libun dhuvahu.. Result nagan dhiya iruves mamma hama rangalhah huri.. Ekam geyah annanikoh neighbor eh bunee mamma hospital ah gengossi ey.. Vaguthun dhiyain mamma proud vaa varuge result eh hifain ekam ICU dhoru mahchan eri vaguthu doctor bunuvvi adu ehin “she is no more” ey.. Varah dheravi.. Hama ethanah thirivefa roan feshunee..
    Its been 5 months since you left me.. But every single second goes by missing you.. Abadhuves mamma dheke varah loabivey..
    May Allah bless you mamma! May you rest in peace.. May Allah grant you jannat.. Iraadha kurevviyyaa mamma dhuniyeyga nethas dhuvahakuves mamma dhera vaane kameh nukuraanan.. Mamma ge one and only Iyaan abadhuves mamma proud vaavaruge dharifulhakah vaanan.. ❤??

    1. layaal says:
      February 16, 2017 at 12:58 pm

      Sorry for your loss dear. My deep condolences. In sha allah may she rest in janna.

  32. Iyaan says:
    February 15, 2017 at 11:18 pm

    And most importantly vaahaka varah reethi.. Thi talent ah hama hats off.. Ibaaraaithah hama 100..
    ~ Muhammadh Iyaan Abdul Muhusin ~

    1. cher says:
      February 16, 2017 at 1:37 am

      Is that ur real name????????
      Mihen mi buny I have friend hama thi name..eyna ge full name aky vs

    2. Naazim says:
      February 16, 2017 at 9:54 am

      I don’t even know who you are.. But still varah dheravejje.. Aharen mee Iyaan nama hama gaimuves thihaa kehtheri nuvees kanneyge..
      Don’t worry brother! Komme kameh ves vaanee emme rangalhakah.. Allah will not put you a test that you cannot take.. Be strong.. Insha Allah you’ll meet your mother in jannat.. My prayers are always with you.. Take care. My heartfelt condolences are always with you.. May god bless her soul and bestow his eternal blessings on her soul..
      Insha Allah everything will be fine.. You are a strong boy.. Hivvarukuraathi.. God bless you, bro!

    3. layaal says:
      February 16, 2017 at 1:00 pm

      Thank you for the kind words ?

  33. Iyaan says:
    February 16, 2017 at 7:39 am

    Yeah! Alhugandu real name hama.. From GA. Vilingili

  34. shahy says:
    February 16, 2017 at 11:08 am

    Very beautiful. Hama rovijeh. Keep it up dear.

  35. layaal says:
    February 16, 2017 at 1:02 pm

    Hey all. Dhen oi part next week Sunday ga up kohla dheynan in sha allah. Thank you for the sweet comments and reviews ??

  36. Ell says:
    February 16, 2017 at 2:56 pm

    This story is awesome.. I need help from u guys. Eggs kujjakah I get that muthage ”Evelyn’ vaahaka kiyaalan libeyne site eh. Plz plx

  37. Ell says:
    February 16, 2017 at 2:57 pm

    This story is awesome.. I need help from u guys. Ehvxs kujjakah I get that muthage ”Evelyn’ vaahaka kiyaalan libeyne site eh. Plz plx

  38. Ell says:
    February 16, 2017 at 2:57 pm

    This story is awesome.. I need help from u guys. Ehvxs kujjakah Ingeytha muthage ”Evelyn’ vaahaka kiyaalan libeyne site eh. Plz plx

    1. 404Error says:
      February 20, 2017 at 3:06 pm

      Ell i know link.. i will comment it below…

    2. 404Error says:
      February 20, 2017 at 3:19 pm

      https://drive.google.com/drive/folder/wauRFhZd1plQUtoZHc

    3. 404Error says:
      February 20, 2017 at 3:26 pm

      https://drive.google.com/drive/u/0/mobile/folders/0B8zho7fy-wauRFhZd1plQUtoZHc

    4. 404 error! says:
      February 20, 2017 at 3:34 pm

      e site ga innaane story ge full doc download kohfa laptop in kanneyge kiyeynii.. mi 4n in e doc read eh nukurevenu.letters dhimaa nuvey..

  39. Snow flake❄ says:
    February 17, 2017 at 11:00 am

    Alheyyyyy. ??
    Dhera Vehjje. ?
    Layaaaal Komme Faharaku rovey meethi kiyafaa.?
    So Heart touching.?
    Layaaal Varah Sad mi story.?
    But Ehaaa Interesting.?
    love you.?
    Good luck.???

  40. Riu says:
    February 19, 2017 at 1:00 pm

    Layyal o’ level ga dhivehin libuny kon natheehjaa eh tha? Mihen mibuny vaahakaige hurihaa bai tha keh ves hama furihama kamun. V v v v reethi vaahaka. Plz ans me

    1. layaal says:
      February 20, 2017 at 7:15 pm

      A

  41. Fat says:
    February 19, 2017 at 1:11 pm

    Waiting . Hada rechey

  42. Aish says:
    February 19, 2017 at 2:58 pm

    Koba waithing waiting

  43. Jasmine says:
    February 19, 2017 at 7:48 pm

    Kobaa miyadhu Sunday

  44. Aish says:
    February 19, 2017 at 8:02 pm

    Haadha duvahekey dho dhn huhtaalanveenun

  45. Xoo says:
    February 20, 2017 at 10:29 am

    Kobaa hey next part? avas koh balaa shey

  46. Anonymous says:
    February 20, 2017 at 2:16 pm

    Haadha lahey ..waiting waiting

  47. Brainless says:
    February 20, 2017 at 2:50 pm

    layaal where are yuh dear.. Missing this story and yuh soooo much..?
    Tomorrow is my birthday and I want a gift from yuh.. Dheynantha?☺
    Mi vaahaka up kohla dheyn v that’s the gift I want..???

  48. suray says:
    February 20, 2017 at 5:34 pm

    layaal ….. as usual …..again ….are going to repeat what you did to previous story……….. so disappointing.. you are a v bad writer… sorry m not gonna read any of your stories ever….

  49. layaal says:
    February 20, 2017 at 7:13 pm

    Hey all. Sorry i have been under the weather the past few days. Maahaulu badhalu veema roagaa jehigen hama liyaane haa hiyvaru nethigen update nukurevuni. And a close relative passed away so right now not in the mood to write anything. In sha allah will update when i get better. Sorry for the delay. Just wanted to inform you all.

    1. Orchid says:
      February 20, 2017 at 7:28 pm

      update nuvegen mi balaa li hama vee gothe bunelaafa oi tho. thanks for letting us know. And niyaavi faraatha jahnna rahumai kura vaashi. aameen.
      And get well soon layaaa dhoonyaa

    2. Anonymous says:
      February 22, 2017 at 11:03 pm

      alhe dhen haadha lahey vaahaka up kuraathaa dhen kon irakuntha up kuraanee bunelabala

    3. Anonymous says:
      February 23, 2017 at 11:47 am

      alhe dhen kon irakuntha up kureveynee

    4. Lamm says:
      February 27, 2017 at 12:46 am

      Layaaalooooo?

  50. Nayaa says:
    February 20, 2017 at 8:48 pm

    Ok dear. thikahala kame ves dhimaa vedhaane hama. Sorry for the loss. Layaa las viyas angaala dheythi varah ufaavey. hope for a speedy recovery. this is the best story on this site mihaaru .<3

  51. Iyaan says:
    February 21, 2017 at 11:08 am

    Really sorry for you! My deepest condolences to you.. May Allah bless his/her soul and grant firdaus. Be strong!

  52. Lamm says:
    February 23, 2017 at 6:25 am

    Worth a read?knme faarakuves ovey mi vaahakaiga dhera kn kameh vayaa? keeps touching my heart everytime❤varah reethi layaage dhe vaahakaves??

  53. Lamm says:
    February 23, 2017 at 6:26 am

    Rovey*
    Vanyaa*

    1. Zoo says:
      February 23, 2017 at 8:46 am

      Kobaa tha vaahaka anehbai..??

  54. kiara says:
    February 23, 2017 at 11:02 am

    GET WELL SOON LAIE.

  55. Ree says:
    February 23, 2017 at 6:58 pm

    Inthixaar koh koh varubalivanee vhk kiyaahithun keh vaneekeenoon layaal plx next part plx plx

  56. Aimin mau says:
    February 25, 2017 at 3:56 pm

    Layaa….. kobaa tha next part…. can’t wait to read it… get well soon layaa….

  57. Jeen says:
    February 26, 2017 at 12:44 pm

    Alheyyy ?.. Kurin story ah vii hen nuhadhahchey.. Plzzzz… Inthixaaruga adhives ?

  58. Aish says:
    February 26, 2017 at 2:12 pm

    Koba adhives nuveybaa

  59. ainth says:
    February 26, 2017 at 5:16 pm

    Layaal

  60. Bella says:
    February 27, 2017 at 11:32 am

    Dhan KN iyyrakun mi vaahaka iyyge ahneyybai up vaane

  61. Fath says:
    February 27, 2017 at 8:01 pm

    So happy you have inform us. Family ah ketheketherikan devaa shi

  62. mari says:
    March 2, 2017 at 10:59 am

    Are you still sick and grieving?

  63. Yalv says:
    March 2, 2017 at 4:41 pm

    Mivaahaka huhtaaleetha???

  64. Pinkish Pinker says:
    March 2, 2017 at 5:28 pm

    Mihurihaa dhuvahaku mi vaahaka mathin handhaan nethifa hutta hama dhemme mi hadhaan vee mivaahaka mathin…. kobaatha mi vaahaka liyaa layaal kiyaa kujjaa….kon dhuvahakun vaahaka up kolla dheyny?☺…

  65. I'm me says:
    March 2, 2017 at 8:04 pm

    Dhn upload nukuranyaa e vhk vex bunyma dhw vhk upload veythw konme dhuvahaku nubalaa vaany.. Dhn thimanna liyaa hiy nuveyey kiyaafa hunna iru neygey tha kithah meehun vhk ge inthizaaruga hunna kan.. ??

    1. whateven says:
      March 8, 2017 at 3:23 pm

      she doesn’t owe you anything lol

  66. rim says:
    March 3, 2017 at 11:19 pm

    Haadha lahey konirakun tha upvaanii dhenbumebala aslumaves hadhaan nethifa hurii

  67. Ree says:
    March 4, 2017 at 9:59 pm

    Plxxxxxx

  68. Niky love story says:
    March 6, 2017 at 5:47 am

    Plxx mi story up kondhyba

  69. Yalv says:
    March 6, 2017 at 2:44 pm

    Kommeves kuhjaku buneladheebala dhivehi vaahaka kiyaane ehen site eh , mi site ga liyaa kudhin fake kamun vvv foohi

    1. Jeen says:
      March 6, 2017 at 3:48 pm

      Laarage vaahaka innaane avas.mv ga.. Baraabarah upload vaane.. Ehaa reethi vaane

  70. shaa says:
    March 6, 2017 at 4:43 pm

    p/x story up kohdheeba

  71. Samit says:
    March 7, 2017 at 12:06 am

    kobaa mivaahaka,v inthizaaru kurevey eba

  72. Anonymous says:
    March 7, 2017 at 6:22 pm

    Vaahaka huhtunytha anehka??

  73. lily says:
    March 7, 2017 at 6:30 pm

    mi storyge nxt part alhe kon irakuntha upkohdheyny

  74. Lamm says:
    March 8, 2017 at 11:39 pm

    Layaaloo heyo nuvaane thihen hadhan…hih nurohvaa…laya plx mi haaru kiyaaa hithun hurevenykiii noon…plzplzplz up kohbaa??

  75. mari says:
    March 9, 2017 at 9:39 am

    dhen nuliyevenya nu.iyeveyne ey bunefa miharu vejje ehnu kiyuntherin mikura comment thakah reply kuran. hadha ehvva meehekey thy miharu eohgen 01 mass vany viya.

  76. Xoo says:
    March 10, 2017 at 1:29 am

    Ma varah aithybaaaru kohfa layaal ge vaahaka thah kiyan afetty.. ekam mihaaru ithubaaru gelley hisaabah higahje… hurikaa kiyun therin kuraa commentah kudaminun javaab dheyn ves muhimmu nuvi.. dhen kiyun therin ves mivaahaka yaa dhey there ummeedhu nukuriyyaa kanneyge rangalhu vaany….

    1. Jeen says:
      March 10, 2017 at 8:14 am

      Xoo ge vaahaka aa ebbas… liyeveynii one month fahunney bunyas gaboolu kuraane dhwww.. ekam evaru ves nuvey.. hama ithubaaru geheleniii… vaanuvaa angaa nama ehnu dhw…

  77. Snow flake❄ says:
    March 12, 2017 at 2:46 pm

    LAYAAAAAALLLOOO.?
    Are You sick?????
    Can you tell us your problem Darla???
    Neenaane emme dhuvaheh ves Upload Vefa thoa nubalaa. ???
    Ehaaves MI story kiyan beynun. ?
    Plx. Darl Don’t Stop Writing this.?
    Adhi othynu Interesting Partss ???
    ALHEYYY CANT WAIT.???
    Upload soon. MAY GOD FIX YOUR PROBLEM SOON✨✨. God Bless you Queen.??????❤????❤❤❤❤

Comments are closed.

All Right Reserved!