ހާދަހާ ލޯބިވޭ 2 ”ސަޕްރާއިޒްޒް …“ އާދު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެންމެން ހަޅޭއްލަވައިގަތެ ވެ . ލިބުނު ސިހުމާއިއެކެ ސަފަކަށް އެތުރިތިބި އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ . އާދު އެންމެ ހައިރާންވީ ސަލީމް އާއި އަދުހަމްވެސް އެތާނގައި ހެވިފައި ތިބުމުންނެވެ. ނަމަވެސް އެތާނގައި ޚާއްސަ ކަމެއް ފެންނާކަށް ނެތެވެ. އާދު ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ . ”ދަރިފުޅާ އާދު..“ އާދުގެ މަންމަ އުއްމިއްޔާ […]
ހާދަހާ ލޯބިވޭ 1 މަޖީދީ މަގުން މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔަ އާދު ސައިކަލު މަޑުކޮށްލީ ފޯނެއް އައުމުންނެވެ. މޮބައިލް ނަގާ ”ހަލޯ “ އޭ ބުނެލަމުން އާދު މަގުގެ ދެކޮޅު ބަލާލިއެވެ. ފޯނުގައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެ ރީތި މޫނުމަތީގައިވާ ދާތިކި ތަކުން ސަލާމަތް ވުމަށް އިރިއިރުކޮޅާ ނިތްކުރިމަތީގައި އަތް ހިންގާލައެވެ. މޫނުމައްޗަށް ވެރިވެފައިވާ ވަރުބަލި ކަމާއިއެކުވެސް އެ ޒުވާން މޫނުމަތީގެ ރީތިކަން ކުޑަ މިންވަރަކަށްވެސް ގެއްލިގެން ނުދެއެވެ. ކަޅު، ފަން […]
ޔޫއާން ގޮސް ލޯމަތިން އޮބާލުމުން ޝާޔާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. ޝާޔާ އެތެރެއަށް ވަންއިރު ސޯފާގައި އަނީސާ އާއި ޖެހިގެން އިން ސަލަފް ފެނި ހުއްޓުން އެރިއެވެ. ޝާޔާ ފެނުމުން އަނީސާ ތެދުވެގެން އައިސް ޝާޔާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަލަފް މިގަޑީގައި ގޭތެރެއިން ފެނުމުން ޝާޔާ ހިތުގައި ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. “އަށެއްޖެހިއިރު އައިގޮތަށް ސަލަފް އެއިނީ ދަރިފުޅު އައީމަ ނޫންވެ ނުދާން. ޝާޔާ ސަލާމުގައި ހުރި ދުވަހެއްވީމާ ހާލުބަލާލަން […]
”މިއީ އީރާގެ ކޮލެޖުން. އެއް ހަފުތާ ވެގެން ދިޔައިރު އީރާ ކޮލެޖަށް ނާންނާތީ އެކަން އޮޅުން ފިލުވާލަން މި ގުޅާލީ. ބަލިވެ އުޅޭކަމެއް ވެސް އަންގާފައެއް ނެތް. ކިހިނެއްތޯ ވީ؟” އެކޮޅުން ކުރި ސުވާލާއެކު ޝާޔާއަށް ހުރެވުނީ އެއްޗެއް ބުނަން ނޭނގިފައެވެ. މިއަދުވެސް އީރާ ކޮލެޖަށް އެ ދިޔައީ އޭނާގެ ލޯމަތީގައެވެ. ކޮންމެ ދުވަހަކު ކޮލެޖަށް ދާކަށް އެނގެއެވެ. ”ހަލޯ.” ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން އެކޮޅުން ހަލޯއޭ ބުނެލި އަޑު އިވުނެވެ. ”އާދެ. މާދަމާ އިން […]
ސަލަފްއަށް އިރުކޮޅަކަށް ހުރެވުނީ ޙަރަކާތެއް ގެންނަން ހަނދާންނެތިފައެވެ. ސަލަފްގެ ގަމީހުގައި ހިފަހައްޓާލި ގޮތަށް ޝާޔާ އިރުކޮޅަކު ހުރެފައި ކުއްލިއަކަށް ސޮހިގެން ތިރިއަށް ދާން ފެށުމުން ސަލަފް ޝާޔާ ނަގައި އަތްދަނޑި މައްޗަށް އުފުލާލީ ވަރަށް ލުއިކޮށެވެ. އެއްވެސް ބާރެއް ނެތް ހިކި ފަންގަނޑެއް އުފުލާލާހާ ފަސޭހައިން ޝާޔާ ނަގައިގެން ސަލަފް ހިނގައިގަތީ އޭނާގެ ކެބިންއަށެވެ. އެތަނުގައި ހުންނަ ސޯފާތަކުގައި ޝާޔާ ބޭއްވުމަށްފަހު ސަލަފް ކާރު ޑްރައިވަރަށް ގުޅާ އެތަނަށް އައުމަށް އެދުނެވެ. އިރުކޮޅަކުން ފެނުނީ ޝާޔާ […]
“އަނީސާ އަޙްމަދު.” ފައިލު ހުޅުވާލުމާއެކު ސުދާއަށް ފެނުނު ބިލުގެ މަތީގައި ލިޔެފައިވާ ނަން ސުދާއަށް ކިޔާލެވުނެވެ. އެއަށްފަހު އެ ބިލުގެ ތަފްސީލަށް ނަޒަރު ހިންގާލެވުނެވެ. ހޮސްޕިޓަލުން ހޯދާފައިވާ ޚިދުމަތްތައް ލިސްޓް ކުރެވިފައި ވާއިރު ތިރީގައި ބިލުގެ ޓޯޓަލް ލިޔެވިފައި ވިއެވެ. ”އަށާވީސް ހާސް.” ސުދާ ހައިރާންވެ އަންތަރީސްވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑި ހިންގައިލީ އަނީސާ އަޙްމަދުއަކީ ކާކުކަން ހަނދާންކުރުމުގައެވެ. އަނީސާއަކީ އެގޭގައި މަސައްކަތް ކުރި އަންހެނެކެވެ. އެއީ ޝާޔާގެ މަންމައެވެ. “ހައު ކުޑް […]
”އަހަންނާއި ގާތްނުވާތި. އަހަރެން ބޭނުމެއް ނޫނޭ ބުނަންވީ ކިތައް ފަހަރު؟ އަހަންނަށް ނުވެސް އެނގި އަހަރެންގެ ފަރާތުން…” ސުދާ ރުޅި އުތުރުރެމުން ދިޔައެވެ. ސުދާއަށް ބަލަހައްޓައިގެން ޒަވީން ހުރެފައިކުއްލިއަކަށް ސުދާގެ އަތުގައި ހިފާ އޭނަގެ ކައިރިއަށް ދަމައިގަތެވެ. “އަހަރެން އަބަދުވެސް ސުދާގެ ކަންތައްތަކަށް ކެއްތެރިވިން. ގަދަކަމުން އަހަރެން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަހަންނަކީ ސުދާގެ ފިރިމީހާއަށް ވުމުގެ ޝަރަފު ދުވަހަކުވެސް ނުދޭ. ސުދާއަށް އެނގޭތަ އެކަމުގެ ސަބަބުން ސުދާ ފާފަވެރި ވާނެ ވަރު. އަހަރެން […]
ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (8) ”އިހަށް މަޑުކުރޭ. ޒަވީން ހުރިހާ ކަމެއް މަތިން ހަނދާންނެތޭހާ ކޮށްފައި ނޫނީ އެހެން ފިޔަވަޅެއް އަޅާނެ ކަމެއް ނެތް. ޝާޔާއަށްވެސް އަހަރެމެންގެ މޮޅުގައި އުޅުނަ ދީ. ހަނާ ކުރަންވީ ކަމަކީ ޝާޔާ އާއި އެކުވެރިކަން ބަދަހިކުރުން.” ސުދާ ހަނާއަށް އިރުޝާދު ދެމުން ގޮސް ޝާޔާ އާއި އެކުވެރިކަން ބަދަހިކުރާ ވާހަކަ ބުނުމުން މޫނު ހަދާލެވުނެވެ. އޭނަގެ ކަންފަތާއި ހަމަޔަށް ފޯރި އަޑަކީ ރަނގަޅު އަޑެއް ބާއޭ ހިތަށް އެރިއެވެ. ”މަ. […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (7) ”ވަފާގެ ބޭބެއާއެކުއޭ ބުނުމުގެ ބަދަލުގައި އެހެން ބުނީ. ވަފާއަށް ރޭގަނޑު ކިހިނެއް އާދެވޭނީ އަހަރެން ގޮވައިގެން” އީރާ ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ. ”އެންމެ ރަނގަޅު. ފޮތްތައް ބަހައްޓާފައި އާދޭ ކާން” ޝާޔާ ހިނގައިގަތީ ބަދިގެ ތެރެއަށެވެ. އީރާ އައުމުގެ ކުރިން ކާން ހަދާ ތައްޔާރުކުރިއެވެ. ތިންމައިން އެކުގައި ކައި ނިންމާލެވުނު އިރު އަށްގަޑި ބައިވެގެން ބޮޑުވެއްޖެއެވެ. ކާމޭޒުދޮށުގައި ސަލަފް ކާން ނުފަށާ އިންނަތާ ބައިގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ. ސަލަފްގެ މަންމަ މާނާ އިރުކޮޅުކޮޅާ ދޮރާއި […]