އަހަރެންނަކީ އުމުރުން ނަވާރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. މިވަގުތު މަސައްކަތް ކުރަމުން މިއަންނަނީ ރިސޯޓެއްގެ އެފްއެންޑްބީ ޑިޕާޓްމެންޓްގައެވެ. އިރާދަ ކުރެއްވީތީ މިއަދު އަހަރެންނަށް ވަޒީފާގައި ހިތްހަމަޖެހޭފަދަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. ގިނަ ފަތުރުވެރިންގެ ތައުރީފާއި ރިސޯޓުގެ އެކި މީހުން އަހަރެންނަށްދޭ ހިތްވަރަކީ އަހަރެން ކުރިއަރައިގެން ދިއުމުގެ އަސްލެވެ. ގަޑިން ހަވީރު ފަހެއްޖަހައިފިއެވެ. މިއަދުގެ އަހަރެންގެ މަސައްކަތުގެ ވަގުތު ހަމަވެ ޑިއުޓީބަދަލުވުމަށް އެހެން ދެކުއްޖަކުއައީ އެވެ. އަހަރެންނާއި ލަމްހާ އަދި ދެންތިބި ދެފިރިހެން ކުދިން ވަރަށް އަވަސްކޮށް ކުރަންހުރި […]
2028ވަނަ އަހަރު ރިޒުވީން ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް އެކިއެކި ޤައުމުތުކުގެ ފުލުހުންނާއި ބައިނަލް އަޤްވާމީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުންގެ އިތުރުން ޑރ.ހެންރީއާއި އޭނާގެ ބައިވެރިން ވެސް ދަނީ ރިޒުވީން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް ރިޒުވީން ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ. ރިޒުވީން ވީ ތަނެއް ދަންނަ މީހަކު ހުރިކަމަށް ވެސް ނުވެއެވެ. ރިޒުވީން ގެއްލުމަށް ފަހުގައި ނަބީޙާއި ސޯފީ ތިބެނީ އަބަދުހެން ހިތާމަކުރުމުގައެވެ. މަޖާކޮށް ހަދާ އުފަލުގައި […]
” ތާރާ ނޯ.. އެއްވެސް މީހެއް ކައިރީ މިވާހަަކަ ނުދައްކާތި.. ޕްލީޒް… އަހަންނަށް ދުވަހުކުވެސް ކަމެއް ކޮށްދެންޏާ އެއްވެސް މީހެއް ކައިރީ ނުބުނާތި.. ހާއްސަކޮށް މަންމަ ކައިރީގަ” ތާރާއަށް ވިސްނާދެމުން އަރުޝީ ބުންޏެވެ. އަރުޝީގެ ވާހަކަ ވިސްނި ތާރާވެސް އަރުޝީ އެދުނު ގޮތަށް އެއްބަސްވިއެވެ. ” އަރުޝީ މެޑަމް… ހެލްޕް ބޭނުންވަނީމަ ތާރާ ކައިރީގަ ބުނަނީ.. ތާރާ ހެލްޕްވަނީ އެނގޭ..” ތާރާގެ މިޖުމްލައިން އަރުޝީއަށް ކުޑަ ހިތްވަރެއް ލިބުނެވެ. ތާރާގެ އެހީއާއި އެކު ޒިވާންގެ ކިބައިން […]
ޖައްވަށް ވެރިވެފައިވާ ހޫނުގެ ސަބަބުން މަގުމަތިން ހިނގާ ގިނަ މީހުން ފެންނަނީ ކުޑަ އަޅައިގެން ތިބި ތަނެވެ. ކޮންމެ މީހަކުވެސް އެ މީހަކު ދާން ބޭނުންވާ ދިމާއަކަށް ހިނގަމުން ދިއައީ ނުހަނު ހަލުވި ކަމާއެކުގައެެވެ. މަގުގެ މެދެއްހާ ހިސާބުގައި ހެދިފައި ހުރި ބިޔަ ނިކަގަހުގެ ވަށައިގެން ރާނާފައިވާ ކުޑަ ފާރުކޮޅުގެ މަތީގައި ގިނަ ޢަދަދެއްގެ މީހުން އިށީންދެގެން ތިބިއިރު ޖެހޭ މަޑުމަޑު ވައިރޯޅިއާއެކު އެގަހުގެ ފެހި ފަތްތައް ހެލިލާ ގޮތުން އެއިން ކޮންމެ މީހެއްގެ ހިތަށް ވެސް […]
ފަަތިސްނަމާދުގެ ބަންގީގެ އަޑަށް ހަނާއަށް ހޭލެވުނެވެ. ތެދުވެ ނަމާދުކޮށްލައިގެން ހަނާ ކޮޓަރިން ބޭރަށް ނިކުތެވެ. ޒުހުރާ ފެންނަށް ނެތުމުން ހަނާ ޒުހުރާގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. ޒުހުރާ އިނީ ޤުރުޣާން ކިޔަވާށެވެ. ކިޔަވަން އިދެފަ ޒުހުރާ ހަނާއާދިމާއަށް ބަލާލުމުން ހިނިތުން ވެލުމަށްފަހު ހަނާ ދޮރުލައްޕާލިއެވެ. ހިގައިގަންނަމުން ހަނާގެ ދިގު ފަން އިސްތަށިގަނޑުން ހުޅިއެއް ޖަހާލިއެވެ. ދެން ހަނާ އިލޮށިފަތި ހިފައިގެން މަގުމައްޗަށް ނިކުމެ ކުނިކަހަންފެށިއެވެ. ހަނާ ބޭނުންވީ އޮފީހަށް ދިއުމުގެ ކުރިން ގޭތެރޭ ކުރަންހުރި ކުދިކުދި ކަންތައްކޮށްލާށެވެ. ޒުހުރާވެސް […]
ކުއްލިއަކަށް ތިން މީހުންގެ ނަޒަރު ގޮސް ހުއްޓުނީ ހުޅުވާލާފައި ހުރި ދޮރުމައްޗަށް އައިސް ހުއްޓުނު ފުލުހުންގެ ދެމީހުން ފެނިފައެވެ. ފީރޯޒާ އަށް އިންތަނުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. ކައިރީގައި ހުރި އާސިރުގެ އަތުގެ މުލައްދަނޑީގައި ހިފާލެވުނީ ޖެހިލުންވީ ވަރުންނެވެ. ބިރުގަނެފައި ހުރި އިރުފާން ކުރިއަށް ޖެހިލީ ފުލުހުން އެމީހުން ދިރިއުޅޭ ގެއަށް އަންނަން ޖެހުނު ސަބަބެއް އޮޅުންފިލުވަން ބޭނުންވެގެންނެވެ. “އައްސަލާމް އަލައިކުމް. އަޅުގަނޑަށް ކިޔަނީ ޕޮލިސް ކޯޕްރަލް ހުސައިން ނަސާއީ އިމާދު. މި އިމާރާތާއި ޖެހިގެން ހުރި […]
20 އޮގަސްޓް 2017 ގެ ބަޔާ ގުޅޭ… އެވަގުތު ޖައިޝްއާއި އިމީވެސް އެތަނަށް އައިސް ހުއްޓުނެވެ. “ކިހިނެތް ވެފަ މިތަނުގަ ތިތިބީ…؟!” ފާރުގައި ލައްވެލައިގެން ބަލްޚާ ހުރިގޮތް ފެނިފައި، ވަމުން ދިޔަ ކަންތަކުގެ ޚަބަރެއްނެތި ހުރެ ޖައިޝް އެހިއެވެ. އިނާޒާ މާނަ ފުން ނަޒަރަކުން ބަލްޚާއާއި ހިޝާންއަށް ބަލަމުން އެއްވެސް އެއްޗެއް ނުބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. އިނާޒާގެ އެ އެމަލުން ބަލްޚާގެ ހިތް ބިރުގެންނުވިއެވެ. ގަދަ ފަދަ ތޫފާނުގެ ކުރިން އެފަދަ ހިމޭންކަން އަންނަ ކަމުގައި […]
“އަވްލީން….. އަވްލީން……” ގިފިލިތެރޭގައި އެއްޗެހި ދޮންނަން އޮތް އަވްލީންއަށް ވިޝިކާ ގޮވާ އަޑު އިވުމާއެކު އަވަހަށް ތެދުވެގެން ގިފިލިން ނިކުންނަން ދުއްވައިގަތެވެ. އަވްލީންއަށް ދޮރު ހުޅުވާލެވުނުއިރު ވިޝިކާ ދޮރާ އަރާ ހަމަވީއެވެ. “ދޭބަަލަ މިއަށް މެގްނަމެއް ގަނެގެން އަންނަން.” އަވްލީން އަތަށް 50ރުފިޔާ ދިއްކޮށްލަމުން ވިޝިކާ ބުންޏެވެ. މެންދުރުގެ ރަތްދައްކާ ގަދަ އަވީތެރޭގައި އެއްޗެހި ދޮންނަން އޮވެފައި ހަމަ އެ ހޫނުގައި މަގުމައްޗަށް ނިކުމެ ފިހާރައަށްދާން ހިނގައިގަތްއިރު އަވްލީންގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ނަމަވެސް އެ ޝަކުވާތައް […]
ނޫރައިންގެ ދެލޮލަށް ސާފުވެ، ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށުމުން ފުންމައިގެން ތެދުވިއެވެ. އަދި ހަލީމާގެ އަތުގައި ހިފާލަމުން ޔަލްވީ ކޮބައިތޯ އަހާލިއެވެ. ހަލީމާ، އޭނާ ފާޚާނާއަށް ވަންއިރު ޔަލްވީ ކޮޓަރީގައި އޮތްކަމަށާއި ނަމަވެސް ނިކުތްއިރު ނެތްކަމަށް ބުނެލިއެވެ. އަދި ގޭގެ އެއްވެސްތާކުން އޭނާ ފެންނާން ނެތްވާހަކަވެސްބުންޏެވެ. ހަލީމާގެ ވާހަކަ އަޑުއަހާފައި “މަގޭ ދަރިފުޅާ” އޭ ކިޔާ ނޫރައިން ބާރަށް ރޮއިގަތެވެ. އަދި ގޭގެ މައި ދޮރާދިމާއަށް ދުއްވައިގަތެވެ. ހަލީމާގެ އިތުރުން ޝިއުރީމެންވެސް އޭނާގެ ފަހަތުން ދިޔައެވެ. […]