Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މަންމަގެ ހައްޤުގައި (1ވަނަ ބައި)

Orchid Level 1
August 24, 2017 5 Mins Read
20 Comments

އަހަރެންނަކީ އުމުރުން ނަވާރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. މިވަގުތު މަސައްކަތް ކުރަމުން މިއަންނަނީ ރިސޯޓެއްގެ އެފްއެންޑްބީ ޑިޕާޓްމެންޓްގައެވެ. އިރާދަ ކުރެއްވީތީ މިއަދު އަހަރެންނަށް ވަޒީފާގައި ހިތްހަމަޖެހޭފަދަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. ގިނަ ފަތުރުވެރިންގެ ތައުރީފާއި ރިސޯޓުގެ އެކި މީހުން އަހަރެންނަށްދޭ ހިތްވަރަކީ އަހަރެން ކުރިއަރައިގެން ދިއުމުގެ އަސްލެވެ.
ގަޑިން ހަވީރު ފަހެއްޖަހައިފިއެވެ. މިއަދުގެ އަހަރެންގެ މަސައްކަތުގެ ވަގުތު ހަމަވެ ޑިއުޓީބަދަލުވުމަށް އެހެން ދެކުއްޖަކުއައީ އެވެ. އަހަރެންނާއި ލަމްހާ އަދި ދެންތިބި ދެފިރިހެން ކުދިން ވަރަށް އަވަސްކޮށް ކުރަންހުރި ކަންކަން ނިންމާލުމަށްފަހު ޑިއުޓީއަށް އައި ކުދިންނާއި ޑިއުޓީ ހަވާލުކުރުމަށްފަހު ބަރ އިން ނިކުތީމެވެ.
ލަމްހާއަކީ އަހަރެންނާއި އެއްކޮޓަރިއެއްގައި އުޅޭ ކުއްޖެކެވެ. އަދި ހަމައެއާއިއެކު މިހާރު އަހަރެންގެ އެންމެގާތް ރަހުމަތްތެރިޔާވެސްމެއެވެ. ދެމީހުންގޮސް ކޮޓަރީގެ ބޭރުގައި ހުންނަ ޖޯލިފަތީގައި ޖައްސާލީމެވެ. “އޭތް މަމިދަނީ ފެންވަރާ ލައިގެން ނިދާލަން. ވަރަށް ނިދިއާދޭ އެބަ” ލަމްހާ ތެދުވެގެން ގޮސް ކޮޓަރިއަށްވަނެވެ. އަހަރެން ބޭނުންވީ އަދި އިރުކޮޅަކު ޖޯލީގައި އޮވެލާށެވެ. އޭރު އެއްވެސް އިޚްތިޔާރަކާއިނުލައި އަހަރެންގެ ސިކުނޑީގައި މާޒީގެ ސޮފްހާތަށް އުކެމުންދިޔައެވެ. އެހަނދާންތައް އަނެއްކާވެސް އަަހަރެންގެ ހިތުގައި އާވާން ފެށިއެވެ.

އެއީ މީގެ ދިހައަހަރު ކުރިއެވެ. އަހަރެންނަށް އޭރުވާނީ ނުވައަހަރެވެ. އަހަރެންގެ ހަގަށް ހުންނަ ކޮއްކޮ މީޒާއަށް ހައަހަރެވެ. އެންމެ ކުޑައަށް ހުންނަނީ ދެއަހަރުގެ މާޒިންއެވެ. އަހަރެން ހަނދާންވާން ފެށީއްސުރެވެސް އަހަރެންނާއި ކޮއްކޮމެން އަދި މަންމައާއި ބައްޕަ އުޅެމުން އަންނަނީ އެއްކޮޓަރީގައެވެ. ބައްޕަގެ މައިންބަފައިން ނިޔާވެފައި ވުމާއިއެކު ގޭގައި އުޅެނީ ބައްޕަގެ ދޮއްޓަށް ތިބޭ ދެދައްތަ ކަމުގައިވާ މަރިއްތައާއި ފާތުންދައިތަ އާއި ބައްޕަގެހަގަށް ހުންނަ ފިރިހެން ކޮއްކޮ އަލިބެއާއި އެމީހުންގެ އާއިލާއެވެ. ގޭގައި މުޅިއެކު ހަކޮޓަރި ހުންނައިރު އަހަރެންގެ އާއިލާ އުޅެނީ އެއްކޮޓަރީގައެވެ. ނަމަވެސް މަރިއްތަގެ ސީމާ އަށާއި ފާތުން ދައިތަގެ ސުހާއަށް ވަކިން ކޮޓަރި އެއްދީފައި ހުރެއެވެ. އަދި ހަމަ މަރިއްތަގެ ޒައިން އަދި ޒިޔާން އަށާއި ފާތުން ދައިތަގެ ޖިހާދުއަށް ވަކިން ކޮޓަރިއެއް ހުރެއެވެ.
ސީމާއަކީވެސް އަހަރެންނާއި އެއްއުމުރެއްގެ ކުއްޖެކެވެ. އަދި ސުހާއަކީ މީޒާ ވަރުގެ ކުއްޖެކެވެ. ވީއިރު އަހަރެންނާއި މީޒާވެސް އެކޮޓަރީގައި ބައިތިއްބާނެނަމަ ކިހާ މަޖާވާނެ ބާއޭ އަހަރެން އަބަދުވެސް ހިތަށް އަރައެވެ. އަދި މަންމަ ކައިރީގައިވެސް ބުނަމެވެ. ނަމަވެސް މަންމަ ކައިރީގައި އެހެން ބުނުމުން މަންމަ އަބަދުވެސް ބުނަނީ އަހަރުމެންގެ އާއިލާ އެންމެން އަބަދުވެސް އުޅޭނީ އެއްކޮށް ކަމުގައެވެ.
މަންމަ އެހެންބުނިނަމަވެސް އެކަން އެހެން ވާންނެތީ ކީއްވެކަން އަހަރެންނަށް އެނގެއެވެ.
އެހެންރޭތަކެކޭވެސް އެއްގޮތަށް އެރޭވެސް އަހަރެން ވަރަށް އަވަހަށް ނިދައިފީމެވެ.
“ކަލެއައް ކީއްތަ މަ ކޮންމެ ގޮތަކަށް އުޅުނަސް؟ މަގޭ އަމިއްލަ ކަންކަމާ ބެހެންޏާ ކަލެއަށް އެނގޭނެ ވާނެގޮތް.” ސިއްސައިގެންގޮސްފައި އަހަރެންނަށް ހޭލެވުނީ ވަރަށް ކައިރިން ބައްޕަގެ އަޑުއިވުމުންނެވެ. ކުޑަކުޑަކޮށް ދެލޯހުޅުވާލާފައި ބަލާލީރު ބައްޕަހުރީ މަންމަގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ. އޭރު މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތައްއޮހެމުންދިޔައެވެ. “ހެޔޮ ނުވާނެ ޒަރީރު…ތިކަން ހުއްޓާލާ. އަހަރުމެންގެ މައުސޫމް ދަރިންނަށްޓަކާ ނަމަވެސް… ” މަންމަ ގިސްލަމުން އާދޭސް ކުރިއެވެ. ނަމަވެސް ބައްޕަގެ ހަރުހިތަކަށް މަންމަގެ އާދޭހަކުން އެއްވެސް އަސަރެއްނުކުރިއެވެ. މަންމަ ދުރަށް ކޮއްޕާލާފައި ގޮސް ގޮދަޑީގައި އޮށޯވެ ބައްޕަ ނިދީއެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. އިރުއޮއްސުމަށްފަހު އަބަދުވެސް ބައްޕަ ހުންނާނީ މަސްތުވެފައެވެ. ބައްޕަ ދުވާލު އޮފީހަށް ދެއެވެ. ނަމަވެސް ބައްޕަ ރާ ބޯކަމެއް މާގިނަމީހުން ނަކައް އެނގޭހެނެއް ހިޔެއްނުވެއެވެ.
އަހަރެންނާއި އެއްއުމުރެއްގެ ކުދިން ސުކޫލަށް ދާއިރު ގެންދާ ރީދި ދަބަސްތަކާއި ރީތި ޕެންސިލްކޭސްތަކާއި ފެނުމުން އަހަރެން ދެރަވެއެވެ. ނަމަވެސް ދުވަހަކުވެސް އެއްޗެއް ހޯދައިދޭށޭކިޔައި މަންމަ ކައިރިއަކު ޝަކުވާއެއް ނުކުރަމެވެ. މީޒާ ކޮންމެ ދުވަހަކު މެޓާކާން ރޯހެން އަހަރެންނެއް ނުރޮމެވެ. އެއީ މަންމަ އުޅޭހާލު އަހަރެންނަށް އެނގޭތީއެވެ.
ގޭގެ ކަރަންޓުބިލު ދައްކަނީ ހުރިހާއެންމެންގެ އަތުން ރުފިޔާ ނަގައިގެން ކަމުން ކޮންމެ މަހަކު ބައްޕަ މަންމަގެ އަތަށް ދެނީ ބިލްދައްކުމުގެ އިތުރަށް އެންމެ އެއްހާސް ރުފިޔާއެވެ. އަހަރުމެން ތިންބެއިންގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އޭގެއިންނެވެ. ބައްޕަގެ މުސާރައިގެ ބާކީބައި ހަރަދު ކުރަނީ ބަނގުރާގަތުމަށެވެ.
ދުވަސްތައް މާޒީވަމުންގޮސް މާގިނަދުވަސް ތަކެއް ނުވަނީސް ބައްޕަގެ އޮފީސް މީހުންނަށް ބައްޕަ ރާބޯކަން އެނގުމުން އޮފީހުން ވަކިކުރިއެވެ. އެހާހިސާބުން މަންމައަށް ޖެހުނީ މަންމަ ރައްކާކޮށްފައިހުރި މަދު ފައިސާކޮޅުން ހަރަދު ކުރަންފަށާށެވެ. މަންމަގެ އަތުގައި ފުދޭވަރައް ފައިސާނެތުމުން ގޭގެ ކަރަންޓުބިލަށް ފައިސާނުދެވި ތިންމަސް ފާއިތުވެގެން ދިޔައީއެވެ. ބައްޕަގެ އަތުން ފައިސާ ހުސްވުމުގެ ސަބަބުން މަންމައަށް އަނިޔާކޮށްގެން އެވެސް އަތުލީއެވެ. އޭގެފަހުން އަހަރުމެން ކުރިއަށްވުރެވެސް ނިކަމެތިހާލުގައި އުޅެމުންގޮސް މަސްދުވަސް ފާއިތުވިއެވެ.

“ދަރިފުޅާ.. ކޮއްކޮ ނިންދަވާފަ ހިނގާބަލަ ސާމިޔާއްތަމެންގެ ގެއަށް ގޮސްލަން. ސާމިޔާއްތަ ބުނި ދަރިފުޅުމެންނަށް ހުރި ހެދުންކޮޅެއް ހުރިވާހަކަ.” މާޒިން އުނގުމަތީގައި ބާއްވަމުން މަންމަ މިހެން ބުނުމުން އަހަރެން އާއެކޭ ބުނުމަށްފަހު ގޮސް ބޮލުގައި ފުނާއަޅަން ފެށީމެވެ. ސާމިޔާއްތައަކީ މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އެއީ މިދުނިޔެމަތީގައި ހުރި މަންމައަށް އަޅައިލާ ހަމަ އެކަނި މީހާއެވެ. މަންމަގެ އެއްބަނޑު ދެދައްތަ ތިއްބެއްކަމަކު އެމީހުންގެ ފަރާތުން މަންމައަކަށް އެއްވެސް އެހީއެއްނުލިބެއެވެ.
“މީޒާ.. މަންމަ ބުނީ އަހަރުމެންނަށް އާހެދުން ލިބެނީޔޯ.. ހިނގާ އަވަހަށް ސާމިޔާއްތަމެންގެ ގެއަށްދާން ތައްޔާރުވާން…” ހެދުން ލިބޭތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ސާމިޔާއްތަގެ ކުދިން ލާފައި ހުންނަ ހެދުމަކަސް އަހަރުމެންނަށް އެއީ އާހެދުމެވެ. އަހަރެން ވަރަށް އުފަލުންހުރެ މީޒަގެ ބޮލުގައިވެސް ފުނާއެޅުވީމެވެ. މާޒިން ނިދުމުން މަންމަ އަހަރުމެން ގޮވައިގެން ސާމިޔާއްތަމެންގެ ގެއަށް ދިއުމަށް ނިކުތެވެ.

ރެއަކީ ވަރަށްވެސް ހިތްގައިމު ރެއެކެވެ. އަހަރެންނާއި މީޒާ ހަނދު ފެނޭތޯ މަތިބަލައިލީމެވެ. އޭރު އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތަކާއި ދިއްލިފައި އިން ބޮޑުހަނދުގެ އަލިކަމުން ބައެއް ވިލާތައްވެސް ފެނެއެވެ. ރަށަކީ ލާމުއަތޮޅުގެ ފާހަގަކޮށްލެވޭ ބޮޑުރަށަކަށް ވެފައި ސާމިޔާއްތަގެ ގެ ހުންނަނި ރަށުގެ އަނެއްފަރާތުގައި ކަމުން ފުދޭވަރަކަށް ދުރަށް ހިނގަންޖެހުނެވެ.
އެގެއަށް ގޮސް ހެދުންތައް ހިފައިގެން މާލަސްނުކޮށް ގެއަށް އަންނަންނިކުތީ ގޭގައި މާޒިން ނިދާފައި އޮތުމުންނެވެ. ގެއަށް އައި މަގުމަތީގައި ވަރަށް ވައިގަދަވެ ވިއްސާރަހެދިއެވެ. ގެއާއި ވަރަށް ކައިރިއަށް އާދެވުނުތަނާ ވަރަށް ބޯކޮށް ވަރޭ އޮއްސައިލިއެވެ. އޭރު ގުގުރަންވެސް ފަށައިފިއެވެ. ތިންމީހުން ދުވެފައި އައިސް ގޭތެރެއަށް ވަތްއިރު ބައްޕަ ފިޔަވައި ގޭގެ އެންމެން ސިޓިންރޫމުގައި ތިއްބެވެ. އެންމެން ތިބިއިރުވެސް ގޭތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމުން އަނެއްކާ ކިހިނެއްވީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
އަހަރުމެން ފެނުމާއި އެކު އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

މަންމަގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ކޮޓަރީގެ ތެރޭގައި އެއްވެސް އަލިކަމެއްނެތެވެ. އެހެންކަމުން އަހަރެންނާއި މީޒާ ކޮޓަރިތެރެއަށް ނުވަދެ ބޭރުގައި މަޑުކުރީމެވެ. މަންމަ ވަދެ ހެދުންކޮތަޅު ބޭއްވުމަށްފަހު ނިދާފައި އޮތް މާޒިން ކޮނޑުމަތީގައި ބާއްވައިގެން ނިކުތެވެ. “ފާތުންދައިތާ.. ކީއްވެ ހަމައެކަނި މިކޮޓަރިން ކަރަންޓުދިޔައީ؟” މަންމަގެ ސުވާލު އިވިފައި ފާތުންދައިތަ އިންތަނުން ފުންމައިގެން ތެދުވިއެވެ. އޭނާ ތެދުވިގޮތުން ހީވީ މަންމަ އެސުވާލު ކުރާނެ އިރެއްގެ އިންތިޒާރުގައި އިންހެންނެވެ. “ކަރަންޓު ދިޔައީކީ ނޫން… ކަރަންޓު ކަނޑާލާފަ ތިހުރީ…ބިލު ދައްކަން ރުފިޔާ ނުދެންޏާ ވާނެގޮތް ވެފަ ތިއޮތީ..”

މަންމަ އިސްޖަހައިލި ގޮތުން އެނިކަމެތި މަންމަގެ ދުލަށް ބުނާނެ އެއްވެސް ބަހެއް ނައީކަން އަހަރެންނަށް އެނގުނެވެ. އަހަރެން އެންމެންގެ މޫނަށް ވަކިވަކިން ބަލައިލީމެވެ. އޭރު ގޭތެރޭގައި ތިބި އެންމެންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް އައިސްފައި ތިއްބެވެ. އެބައިމީހުންގެ ހިތުގައި އިންސާނިއްޔަތުކަމެއްވެސް ނެތީބާއެވެ؟ ކުޑަކުޑަ މާޒިން އެކަނި ކޮޓަރީގައި ނިދާފައި އޮއްވައި އެހެންހަދަން ހެޔޮވާނެ ހެއްޔެވެ؟ ފާތުން ދައިތަ މަންމައާއި ދިމާލަށް އެހެން ބުނާއިރު، ބައްޕަ މަންމައަށް ފައިސާ ނުދޭކަން ހަމަ ރަނގަޅަށް އޭނާއަށް އެނގޭނެއެވެ. މަންމައާއިމެދު ކިތަންމެ އިހާނެތިކޮށް ހިތިޔަސް ކުޑަމިނުން އަހަރުމެން ތިންބެއިންނަކީ ބައްޕަގެ ދަރިންނަށް ވީތީ އަހަރުންނާއިމެދު ވިސްނާލަންވެސް އެންމެރަނގަޅުތާއެވެ.

އަހަރެންގެ ޅަސިކުނޑީގެ ތެރޭގައި އެތަކެއް ސުވާލަކާއި އެތަކެއް ހިޔާލުތަކެއް އުފެދެންފެށިއެވެ. އެއެންމެންދެކެ ނަފްރަތުކުރެވެންފެށިއެވެ.
“ފާތުން ދައިތާ…” މަންމަ މަޑުމަޑުން އިސްއުފުލައިލަމުން މިހާހިސާބައް ބުނިތަނާ ފާތުންދައިތަ ވަރަށް ރުޅިއައިސްފައިހުރެ މަންމަގެ މޫނާއިދިމާލަށް އޭނާގެ އަތުގެ ޝަހާދަތްއިގިލި ދިއްކޮށްލިއެވެ. މަންމައަށް ފަހަތަށް ޖެހިލެވުނެވެ.
“އިތުރު ވާހަކަތަކެއް އަޑުއަހާކަށް މަށެއް ބޭނުމެއްނެތް. އެހުރީ ކަލޭމެންގެ ހެދުންތަށް ބޮޑު ފޮއްޓަކަށްވެސް އަޅާފަ .. ހަމަމިހާރު މިގެއިން ނިކުމޭ.”
މިހެންބުނެ، ސޯފާ ކައިރީގައި ބަހައްޓާފައި ހުރި ބޮޑުފޮއްޓާއި ދިމާލަށް ފާތުންދައިތަ އިޝާރާތްކޮއްލިއެވެ. އެވަގުތު މަންމަގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އެމަންޒަރު ފެނިފައި އަހަރެންނާއި މީޒާއަށްވެސް ރޮވެންފެށިއެވެ.

ބައްޕައައިސް ގޭތެރެއަށް ވަނީ އެވަގުތުއެވެ. ފާޑަކަށް ހޫރެމުން އައިސް މަންމަ ކައިރީގައި ބައްޕަ ހުއްޓުނު ގޮތުން ބައްޕަހުރީ ހަމައިގައި ނޫންކަން އެތާގައިތިބި އެންމެންނަށްވެސް އެނެގެއެވެ.
“ޒަރީރު.. ކަލޭގެ މިހިރަ ސުންޕާ އަންހެނުންނާއި ކުދިން މިގެއިން ނެރޭ.. ކަލޭ ނުބައި މަގުންދާންޖެހުމުގެ އަސްލަކީވެސް މިސުންޕާ އަންހެނާ..” ފާތުންދައިތަ އެހެން ބުނުމުން ބައްޕަ ފާތުން ދައިތަ ކައިރިއަށް ޖެހިލިއެވެ. “އާނ.. ހަމަ ރަނގަޅަށް ތިބުނީ.. މީނާއާއި އިންތަނާހެން މިތިބީ ތިންކުދިން ލިބިފަ. މި އެންމެންގެ ކަންކަމާ ވިސްނަން ހަދައިގެން މަށަށް މިހެންއުޅެން ފެށުނީ… މީހަމަ ރަނގަޅަށްވެސް ސުންޕާ އަންހެނެއް.”
ބައްޕަ މިހެން ބުނުމުން މަންމަ ގިސްލަމުން ބައްޕައާއި ދިމާލަށް ބަލައިލިއެވެ. އެ ނިކަމެތި މަންމަގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ ހަމައެވަގުތު އަހަރެންގެ ހިތުގައި ބައްޕައާއި ދޭތެރޭގައި އިންތިހާއަށް ރުޅިވެރިކަމާއި ނަފްރަތު އުފެދުނެވެ.
“ކަލޭ ތިހުރީ ވަރިކޮއްފަ .. ދާތާކަށް ދޭ…” ބައްޕަ އެހެންބުނެ ގޮސް ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.

މަންމައަށް އޭރު ގިސްލަގިސްލާފައި ރޮވެނީއެވެ. އޭރު މާޒިންވެސް ހޭލައިފިއެވެ. އެކުޑަކުޑަ މައުސޫމް ކުއްޖާ މަންމަގެ އުނގުގައި އިނދެ މަންމަ ރޯތަންފެނުމުން މަންމާ އޭ ކިޔަމުން މަންމަގެ މޫނުގައި އަތްހާކަން ފެށިއެވެ. އޭރުވެސް ގޭތެރޭގައި މަންޒަރު ބަލަންތިބި މީހުން ހިނި އައިސްފައި ތިއްބެވެ. އަހަރުމެންނަށް މިލިބުނު ހިތާމައިގެ ސަބަބުން އެމީހުން އުފަލުން ތިބިކަން އެނގެއެވެ.
މަންމަ ރޮމުން ގިސްލަމުން ގެއިން ނިކުންނަން ހިނގައިގަތެވެ. އަހަރެންނާއި މީޒާވެސް ރޮމުން މަންމަގެ ފަހަތުން ދިޔައީމެވެ.
“ފޮށި ބަލާ މީހަކު ފޮނުވާތި…” އެހެންބުނެ ފާތުންދައިތަ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފަސްއެނބުރި ބަލައިވެސް ނުލާ މަންމަ ގެއިން ނިކުތެވެ. އަހަރެންގޮސް މަންމަގެ އަތުގައި ހިފީމެވެ.

ވެހެމުންދިޔަ ބޯވާރޭ ތެރޭގައި މަންމަ ރޮމުން އަހަރެންގެ އަތުގައި ހިފައިގެން ގެއިން ނުކުތްއިރު ހުއްޓުމެއްނެތި ވިދާ ގުގުރަމުން ދިޔައެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރި މީޒާ، މިވެގެން އުޅެނީ ކީއްކަމެއް ނޭނގުނު ނަމަވެސް މަންމަ ރޯތަން ފެނުމުން ދެރަވެގެން އޭރު ބާރަށް ރޮމުންދިޔައެވެ. އޭރު މަންމަގެ އުރުގައި އިން ދެއަހަރުގެ މާޒިން ހީކަރުވައިގަނެގެން ތުރުތުރު އަޅައެވެ.
“ދަރިފުޅާ އަޔާ… މީޒާ އަތުގައި ހިފައިގެން ބާރަށް ހިނގާ..” ތުރުތުރު ލާފައިވާ އަޑަކުން މަންމަ އެހެންބުނެ ހިނގުން ބާރުކޮށްލިއެވެ. ހިޔާވާނެ ކުޑައެއްގެ މިންވަރުވެސް ނެތުމާއިއެކު ބޯވާރޭގައި މާދުރަށް ހިނގަންޖެހުމުން އޭރު އަހަރެންވެސް ހީކަރުވައިގަނެގެން ތުރުތުރުލާން ފަށައިފިއެވެ. އިރުއިރުކޮޅާ ޖަހާލާ ބާރު ގުގުރީގެ އަޑަށް ސިއްސައިގެންދާ ކޮންމެ ފަހަރަކު އަހަރެންގެ ރުއިމުގެ އަޑުވެސް ބާރުވިއެވެ.

މަންމަ އަހަރުމެން ގޮވައިގެން ދާނީ ކޮންތާކަށް ބާއެވެ؟ މަންމަ އެހީއަށް އެދޭނީވެސް ވަކި ކާކުކައިރިން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެން ފެށިއެވެ.

ނުނިމޭ…

Share Article

Follow Me Written By

Orchid

Level 1

Other Articles

Previous

ދިހައެއް ( ފަހު ބައި )

Next

އަވްލީން 2 ވަނަ ބައި

Next
August 24, 2017

އަވްލީން 2 ވަނަ ބައި

Previews
August 23, 2017

ދިހައެއް ( ފަހު ބައި )

20 Comments!

  1. Orchid says:
    August 24, 2017 at 3:04 am

    Hello every one.. unmeedhu kuran mibai hurihaa kudhinnaves reethi vaane kamah. Insha allaah sutardayga 2vana episode upload kuraanan. ?

  2. Desert Rose. ? says:
    August 24, 2017 at 5:49 am

    Maa Sha Allah… Varah reethi n v.asarugasda feshumeh… Ummeedhu kuran v. reethi vaanekamah adhi nimenden genes dheyne kamah.. Keep going… ?

  3. Yuaan says:
    August 24, 2017 at 5:57 am

    Vrh reethi… huttaanulaa nimendhen up kuraane kamah ummydhukuran…

  4. shahoo says:
    August 24, 2017 at 7:59 am

    maasha allah v reethi bt thankolheh kuru

  5. Juvey says:
    August 24, 2017 at 8:51 am

    V asaru gadha ..vaahaka v reethi vaane hen heevanee. .keep it up ??

  6. xaan says:
    August 24, 2017 at 8:59 am

    Maasha allah v reethi

  7. Star says:
    August 24, 2017 at 9:04 am

    varah reeethivaanehen heevey. nice work,

  8. Sidhu says:
    August 24, 2017 at 10:27 am

    Feshun v salhi. …..heevany story v salhi vaanehen. …v interest vejje. …

  9. Xxxx says:
    August 24, 2017 at 10:41 am

    Maasha Allah..varah furima n touching.. waiting 4 next part???

  10. Xxxx says:
    August 24, 2017 at 11:04 am

    Maasha Allah..varah furihama n touching.. waiting 4 next part???

  11. Queen says:
    August 24, 2017 at 11:24 am

    Varah reethi. Dhevana bayah inthizaarukurany.

  12. click a shot ? says:
    August 24, 2017 at 1:11 pm

    Varah asarugadha vaahakaeh hen hyvny.. Heart touching varah… Anyways mi part ves varah reethi.. Kuriah oi thaa ves migothah part thah genesdheyne kamah umeedhukursn

  13. someone says:
    August 24, 2017 at 1:43 pm

    V v v rythi.when next part???

  14. Adha? says:
    August 24, 2017 at 2:09 pm

    Varah touching and interesting..❤❤❤❤
    Waiting..

  15. xan says:
    August 24, 2017 at 2:58 pm

    Mashaa Allah varah reethi ……vvv interest vejje…..woooooow

  16. Sedee says:
    August 24, 2017 at 8:35 pm

    Rovihje ,varah reeti

  17. neem says:
    August 25, 2017 at 7:53 am

    Rovihje varah reethi

  18. Liaa says:
    August 25, 2017 at 10:12 am

    V reethi vaanehen heevey mi story. Waiting for next part. ☺

  19. Ainth says:
    August 25, 2017 at 12:25 pm

    Masha Allah v rythi vaanehen hyvey mi vaahaka. V kiyaahithun kiyaa mi ninmaaly. V asarugadha n v v dheraves vehje. Kuda kudhin thakah ehaal emyhun jehsyma

  20. Orchid says:
    August 25, 2017 at 3:58 pm

    M so glad that u guys like this episode. Thank you everyone for the support ?? insha allaah madhama reyga aneh bai upload kuraanan. ❤ luv u guys

Comments are closed.



All Right Reserved!