Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސޯޅަވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 22, 2017 8 Mins Read
40 Comments

ނޫރައިންގެ ދެލޮލަށް ސާފުވެ، ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށުމުން ފުންމައިގެން ތެދުވިއެވެ. އަދި ހަލީމާގެ އަތުގައި ހިފާލަމުން ޔަލްވީ ކޮބައިތޯ އަހާލިއެވެ. ހަލީމާ، އޭނާ ފާޚާނާއަށް ވަންއިރު ޔަލްވީ ކޮޓަރީގައި އޮތްކަމަށާއި ނަމަވެސް ނިކުތްއިރު ނެތްކަމަށް ބުނެލިއެވެ. އަދި ގޭގެ އެއްވެސްތާކުން އޭނާ ފެންނާން ނެތްވާހަކަވެސްބުންޏެވެ. ހަލީމާގެ ވާހަކަ އަޑުއަހާފައި “މަގޭ ދަރިފުޅާ” އޭ ކިޔާ ނޫރައިން ބާރަށް ރޮއިގަތެވެ. އަދި ގޭގެ މައި ދޮރާދިމާއަށް ދުއްވައިގަތެވެ. ހަލީމާގެ އިތުރުން ޝިއުރީމެންވެސް އޭނާގެ ފަހަތުން ދިޔައެވެ.


 

ހެޔަށް ދުވެފައި ދިޔަ ނޫރައިން ލައިގަތީ ގެއަށްވަންނަން އައި ފަހުމީގެ ގައިގައެވެ. ފަހުމީއަށް ފާރުގައި އަރިމަތިން ލެނގި ނުލެވުނުނަމަ ދެމީހުން އެއްކޮށް ބިންމައްޗަށް ވެއްޓުނީހެވެ.

“ދަރިފުޅާ ކިހިނެއްވީ؟؟؟؟ ކީއްވެ މާބާރަށް ތިއައީ….” ނޫރައިންގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން، ކަމެއް ގޯސްވެއްޖެކަން ފަހުމީގެ ދުވަސްވީ ސިކުނޑިއަށް ނަގައިގަނެވުނެވެ.

“ބައްޕާ…. ޔާލް…. ނޭނގެ ދިޔަ ތަނެއްވެސް…. އޭނާ ހޯދައިގެން ގެނެސްދީ ބައްޕާ…… ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު ހޯދައިދީ…… އާދޭސްކޮށްފައި މިބުނީ އަހަރެންގެ ދަރިފުޅު ހޯދައިދީ ބައްޕާ” ރޮއެ ގިސްލަމުން ފަހުމީގެ ދެއަތުގައި ހިފައި ތަޅުވައިގަންނަމުން ނޫރައިން އާދޭސް ކުރަން ފެށިއެވެ. ލޮލުންނާއި، ނޭފަތުން ހުއްޓުމެއް ނެތި ކަރުނައާއި، ފެން އަންނަމުން ދިޔައިރު ބޮލުގައި އަޅާފައިވާ ބުރުގާ އޮތީ ނިއްކުރިމައްޗަށް ބޮޑުބައެއް ފައިބައިފައެވެ. ފެހިކުލައިގެ ބުރުގަލުގައި ކަރުނައިގެ ނިޝާންތައް ފެންނަން ހުއްޓެވެ.

“ދަރިފުޅާ،ޔަލްވީ ކޮންތާކަށް ދިޔައީތަ…؟؟؟؟” ވާނުވާ ނޭނގޭ ހާލު ނޫރައިންގެ ބުރުގަލުގައި ހިފައި ފަހަތަށް ދަމާލާ ރަނގަޅުކޮށްލަމުން ފަހުމީ ސުވާލުކޮށްލިއެވެ.

“ނޭނގެ ބައްޕާ…. އޭނަ ހޯދައިގެން ގެނެސްދީ… އެހެންނޫނީ އަހަރެން މަރުވެދާނެ…… ހެޔޮނުވާނެ ބައްޕާ….. އާދޭސްކޮށްފައި މިބުނަނީ….. އަހަރެންގެ ޔަލްވީ ގެނެސްދީ……” ރޮއެ ރޮއެ ވަރުބަލިވެގެން ފަހުމީގެ ދެއަތުގައި ހިފަހައްޓައިގެން ހުރި ނޫރައިން މަޑުމަޑުން ތިރިވާން ފެށިއެވެ. ބިންމަތީ ދެކަކޫ ޖައްސާލަމުން ފަހުމީގެ ދެއަތްތިލާގައި މޫނު ޖައްސާލައިގެން އިނދެ ގިސްލަމުން ދިޔަ ނޫރައިންގެ ހާލު ފެނުމުން ހަލީމާގެ ދެލޮލުން ކަރުނަ ނިރާލާފައިވާއިރު، ޝިއުރީމެންވެސް ތިބީ ފެންކަޅިވެފައެވެ. އޭރު ނޫރައިންގެ ރުއިމުގެ އަޑަށް ކައިރި ގޭގޭގެ މީހުންވެސް އެދިމާއަށް އެއްވެ ވެގެން އުޅޭގޮތެއް އަހަމުން ދިޔައެވެ.

މިޝްޔާ ދެލޯ ފުހެލަމުން ކުރިޔަށް ޖެހިލާ ނޫރައިންގެ ދެކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ. އަޔާނީ ހަލީމާގެ ގައިގައި ހިފަހައްޓާލައިގެން ހުރީ އޭނާއަށްވެސް ރޮވޭތީއެވެ. ޝިއުރީ ފަހުމީއަށާއި އެތަނަށް އެއްވެ ތިބި މީހުނަށް، ވެގެން އުޅޭގޮތް ކިޔައިދިނުމުން އެމީހުން އަވަސްވެގަތީ ޔަލްވީ ހޯދަން ދިއުމަށެވެ. ޔަލްވީ ގެއަށް އައިސްދާނެތީއާއި، ނޫރައިންމެންގެ ހާލު ދެރަކަމުން، ޝިއުރީމެން އެގޭގައި މަޑުކޮށްގެން ތިބީއެވެ. ޔަލްވީ ހެޔޮ ޙާލުގައި ލެއްވުމަށް އެދި މާތް ﷲ ގެ ޙަޟްރަތަށް ދުޢާކުރަމުންނެވެ.

*******************

 

ޖޯލީގައި އިށީނދެގެން ތިބި ނޫރައިންއަށާއި ހަލީމާއަށް ބަލާލަމުން ދުރަށް ޖެހިލި މިޝްޔާ މަސައްކަތް ކުރަމުންދިޔައީ މިޝަލަށް ގުޅުމަށެވެ. ނަމަވެސް، ދެތިން ހަތަރު ފަހަރު ގުޅިއިރުވެސް މިޝަލް ފޯނެއް ނުނެގިއެވެ. އޭނާ ދެން ބަލާލީ ފޯނުކަންފަތުގައި ޖަހައިގެން ދުރުގައި ހުރި އަޔާނީއަށެވެ. އަޔާނީވެސް އިޔާޒަށްގުޅަން މަސައްކަތްކުރަނީއެވެ. އޭނާވެސް ފޯން ނުނެގުމުން ދެން ގުޅީ ޝައުނަށެވެ. ނަމަވެސް ޝައުންވެސް ފޯނެއް ނުނަގައެވެ. އަޔާނީ މިޝްޔާއަށް ބަލާލުމަށްފަހު، ދެފަރާތަށް ބޯހޫރާލީ ދެމީހުންކުރެ އެކަކުވެސް ފޯނު ނުނެގުމުންނެވެ.

“އެކަކުވެސް ނުނެގިދޯ ފޯނެއް…. ދޮންބެ ރަށުގައި އުޅޭތީ އަހަރެން ދޮންބެއަށްވެސް ވަރަށް ގުޅައިފިން…. އެކަމަކު ދޮންބެވެސް ނުނެގި ފޯނެއް….” މިޝްޔާއާއި އަޔާނީ އައިސް ޖޯލީގައި އިށީނުމުން ޝިއުރީ ބުނެލިއެވެ.

“ކަމަކު ޖެހިގެން ގުޅައިފިއްޔާ މިމީހުންނަށްވެސް ނޭނގޭނެ ފޯނު ނަގާކަށް…..” އަޔާނީ އަނެއްކާވެސް އިޔާޒްގެ ފޯނަށް ގުޅަން ފެށިއެވެ.

“އަހަންނަށް ހީވަނީ އެންމެން އެކީގައި ތަނަކަށް ދިޔައީ ކަންނޭނގެ……” މިޝްޔާ އޭނާއަށް ހީވާގޮތް ބުނެލިއެވެ. އެމީހުން އެވަރަށް ވާހަކަ ދެއްކިއިރުވެސް ނޫރައިންއާއި ހަލީމާ އަނގައިންވެސް ނުބުނެ ޖޯލީގައި އޮތެވެ. ނޫރައިންގެ ދެލޮލުން އޭރުވެސް ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހަލީމާވެސް އިރުއިރުކޮޅާ ދެލޯ ފުހެލައެވެ.

********************

 

މިޝަލާއި އޭނާގެ އެކުވެރިން ތިބީ ހުޅަނގުފަރާތު އަތިރިމަތީ ޖަހާފައިވާ ތޮށިގަނޑުމަތީގައި މަސްބާނާށެވެ.

“އޭ މިއޮތީ ވާ ކަމެއް….. މަހަކަށްފަހު މަހެއް…..” މުށިމަސް އައިނަކުން މަހަކަށްފަހު މަހެއް ބާނަމުން ދިޔަ ޝައުން ފަޚުރުވެރިވެލަމުން ބުނެލިއެވެ.

“ކަލޯ މަށަށް ބޭނުނީ އަދި އެންމެ މަހެއް……” މޫދަށް ނަނު އެއްލައިގެން ހުރި އިޔާޒް ބޯކަހާލަމުން މިހެން ބުނުމުން މިޝަލްމެން ހޭންފެށިއެވެ.

“އެހެންނޭ ވާނީ…. އިޔާ އަބަދުވެސް ތިބަލަނީ އެއްގަމަށް ނަނު އުކޭތޯ ވިއްޔަ….. އަހަރެމެންހެން ކުރިއްސުރެ މޫދަށް ނަނު އުކަން އާދަ ކުރިނަމަ މިހާރު މަސްބާނަންވެސް ދަސްވީސް…..” ޝައިމަން ވައްބަހުން ޖަހާ އިޔާޒާއި ދިމާކޮށްލުމުން އަނެއްކާވެސް އެންމެން އެއްފަހަރާ ހޭން ފެށިއެވެ.

“އެއްގަމަށް ނަނު އުކައިގެންވެސް މަށަށް ރަނގަޅު ބިޓެއް ލިބުނީއެއް ނޫން ވިއްޔަ…. އޭ މިޝަލް ދީބަލަ ސްޕާރިއެއް……” ޝައިމަނަށް ރައްދު ދެމުން އިޔާޒް ބުނެލިއެވެ. މިޝަލް އޭނާ ލައިގެން ހުރި މުށިކުލައިގެ ކަކުލަށްވުރެ ތިރިއަށްވާގޮތަށްހުރި ސޯޓުބުރީގެ ޖީބަށް އަތްކޮށްޕާލިއެވެ.

“މަސް ނުބޭނުނަސް ހެވެއްނު…. އަހަރެން ޖީބަށް އެޅިހާ ސްޕާރިއެއްދުފާ ހުސްކޮށްފި….. ދެން ސްޕާރި ހުންނާނީ ދަބަހުގައި…. އަންނާނަން ސްޕާރިކޮޅެއް ހިފައިގެން……” މިހެން ބުނެފައި މިޝަލް ހިނގައިގަތީ އެތާ ކައިރީގައި ހުރި ހަޓާއި ދިމާއަށެވެ. ދަބަސް ހުޅުވާލުމަށްފަހު ސްޕާރި ފޮށްޓެއް ކަނޑާ އަތްފުރާ ސްޕާރި ނެގުމަށްފަހު ޖީބަށް އަޅާލިއެވެ. އެއަށްފަހު ދަބަސް ޒިބު އަޅުވަން އުޅުނު ވަގުތު އިޔާޒްގެ ފޯނު ދިއްލިފައި އޮތުމުން ބަލާލިއެވެ. އަޔާނީގެ ބައިވަރު “މިސްޑް ކޯލް” ތަކެއް އައިސްފައިވުމުން، މިޝަލް ދެން ބަލާލީ އޭނާގެ ފޯނެވެ. އޭނާގެ ފޯނަށްވެސް ބައިވަރު ފަހަރު މިޝްޔާ ގުޅާފައި އޮތުމުން ޝައުންގެ ފޯނާއި ޝައިމަންގެ ފޯނުވެސް ބަލާލިއެވެ. އެންމެންގެ ފޯނަށް އެހާ ބައިވަރުފަހަރު ގުޅާފައި އޮތުމުން ކަމެއް ގޯސެވެއްޖެކަން މިޝަލަށް ދެނެގަނެވުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް މިޝްޔާއަށް ގުޅާލިއެވެ.

 

“މިޝަލް އެދިޔައީ ސްޕާރި ބަލާތަ….؟؟؟؟ ނޫނީ އުފައްދައިގެން ގެންނަނީތަ…..؟؟؟؟؟ ސްޕާރި ކެއުމަށް ދެވިހިފާފައިހުރި އިޔާޒް ހަޓާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“އޭނަ ސްޕާރި އުފައްދަނީ ކަންނޭނގެއެއްނު….” އިޔާޒްގެ ވާހަކައާއި ގުޅުވާލަމުން، މިހެން ބުނެ، ޝައުން ހިނިގަނޑެއް ޖަހާލިއެވެ. ހަޓާއި ދިމާއަށް ބަލާލި އިޔާޒްގެ ލޮލުގައި ދުރުން އެދިމާއަށް ދުވެފައި އަންނަ އަންހެންކުއްޖަކު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ޔަލްވީއާއި ވައްތަރުވުމުންނެވެ.

“އިޔާޒޫ…. ހަމަ އެއްގަމަށް ދޯ ނަނު އުކެނީ……” އިޔާޒް އެއްގަމާއި ދިމާއަށް ބަލަހައްޓައިގެން ހުރިކަން އެނގުމުން ޝައިމަން ދިމާކޮށްލިއެވެ.

“ނޫނޭ…. އެދިމާ ބަލާބަލަ….. އެއަންނަނީ ޔާލް ދޯ…..” ސަމާސާ ގޮތްގަނޑު އެއްފަރާތްކޮށްލަމުން އިޔާޒް މިހެން ބުނުމުން ޝައިމަނާއި ޝައުންވެސް އެދިމާއަށް ބަލާލިއެވެ.

“އަހަންނަށް ހީވަނީ ޔާލް އެހުރީ ހަމައަކު ނޫންހެން……” ޝައިމަން ވަރަށް ރަނގަޅަށް ޔަލްވީއަށް ބަލާލަމުން މިހެން ބުނެފައި ދުއްވައިގަތީ އޭނާއާއި ދިމާއަށެވެ. ޝައިމަންގެ ފަހަތުން އިޔާޒްމެންވެސް ނަނު ބޭއްވުމަށްފަހު ދުއްވައިގަތެވެ.
މިޝްޔާގެ ފަރާތުން ޔަލްވީ ގެއްލިގެން އުޅޭ ޚަބަރު ލިބުމުން އެޚަބަރު ޝައުންމެނަށް ދޭންވެގެން ހަޓުން ނުކުތް މިޝަލަށްވެސް ނުކުމެވުނީ އެވަގުތެވެ. އޭނާއަށްވެސް ޔަލްވީ ފެނުމުން އެ ދިމާއަށް ދުއްވައިގަތެވެ.

 

ދުވެފައި އައި ޔަލްވީ މިސްރާބު ޖަހާފައިވަނީ މޫދާއި ދިމާއަށެވެ. ނަމަވެސް ޝައިމަން އޭނާގެ ކުރިމައްޗަށް އަރާ ކުރިބެއްދުމުން އޭނާއަށް މޫދާ ދިމާއަށް ދެވޭގޮތެއް ނުވިއެވެ.ޔަލްވީ ރުޅިވެރިކަމާއިއެކު ޝައިމަނަށް ބަލާލިއެވެ. އަދި އޭނާގެ އެއްފަރާތުން ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ޝައިމަން ހުޝިޔާރުކަމާއިއެކީ، އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ޔަލްވީ ބަލާކަށް ނުހުރެ ޝައިމަންގެ އަތުގައި ދަތްއެޅިއެވެ. އޭނާގެ ތޫނު ފޭރާ ދަތްތައް ހެރުމުން ތަދުވީވަރުން ޝައިމަން، ބާރަށް ހަޅޭލަވައިގަންނަމުން ޔަލްވީގެ އަތުން ދޫކޮށްލިއެވެ. އޭރު އޭނާގެ އަތުގައި ޔަލްވީގެ ދަތްވަޅު ފެންނާން ހުއްޓެވެ. ލިބުނު ފުރުސަތުގައި ޔަލްވީ އަނެއްކާވެސް ދުއްވައިގަތެވެ. ނަމަވެސް ކުރިޔަށް ދެވޭގޮތް ނުވީ އިޔާޒާއި ޝައުން ހިފެހެއްޓުމުންނެވެ. އެކަމާ ހެދި ޔަލްވީގެ ރުޅި އިތުރަށް ގަދަވިއެވެ. އެވަގުތު އާދާޔާ ޚިލާފު ބާރެއް ލިބިފައިވުމުން އިޔާޒްމެންނަށް ޔަލްވީ ހިފެހެއްޓުންވީ އުނދަގޫ ކަމަކަށެވެ. ބާރަށް ހަޅޭއްލަވަމުންދިޔަ ޔަލްވީ، އިޔާޒްމެންގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރިއެވެ. ގަދަހަދަމުން ދިޔަ ޔަލްވީ، އަތުގެ އުޅަނބޮށިކޮޅުން ދެތިން ހަތަރުފަހަރު އިޔާޒްގެ ބަނޑުގައި ޖެހިއެވެ. ބަނޑަށް ތަދުވީވަރުން ކެތް ނުވެގެން އިޔާޒްޔަލްވީގެ ގައިން ދޫކޮށްލިއެވެ. ލިބުނު ކާމިޔާބުގައި ޔަލްވީ ޝައުނަށްވެސް ހަމަލާ ދިނެވެ. އޭނާގެ މޫނަށް ކުޅުޖެހީއެވެ. އެއްފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރުއެވެ. އެވަރުން ނުވެގެން ސަލާމަތުން އޮތް އަތުން ޝައުންގެ އިސްތަށިގަނޑަށް ހިފައި ދަމަންފެށިއެވެ. ޝައުނަށްވެސް ކެތްވީ އެހިސާބަށެވެ. އޭނާއަށްވެސް ޔަލްވީގެ ގައިން ދޫކޮށްލެވުނެވެ. އެވަގުތުވީ މިޝަލަށްވެސް އެތަނަށް އައިސް މަޑުކޮށްލެވުނު ވަގުތަށެވެ. ޝައުންގެ ގާތުން ސަލާމަތްވެގެން ދުއްވައިގަން ޔަލްވީއަށް ގޮސް ވަދެވުނީ މިޝަލްގެ އަތުތެރެއަށެވެ. މިޝަލް ބާރަށް ހިފަހައްޓާލުމުން އޭނާ ގަދަހަދަން ފެށިއެވެ. ކިތަންމެ ވޭނެއް އެޅި ނަމަވެސް ދެންތިބި ތިންކުދިންވެސް ގޮސް ޔަލްވީ ހިފެހެއްޓިއެވެ. އޭރު ރަށުގެ ބައެއް މީހުންގެ ފަރާތުން ޔަލްވީ އެދިމާއަށް ދިޔަ ޚަބަރު ލިބިގެން ފަހުމީއާއި ގޭ ކައިރި އަވަށްޓެރިންވެސް އެދިމާއަށް އަންނަތަން ފެނެއެވެ. ބާރުގަދަ ހަތަރު ފިރިހެނުން ކައިރީގައި ގަދަހަދަމުން ދިޔަ ޔަލްވީ ގޮވަމުން ދިޔައީ “ދާންވެއްޖެ” އޭ އެވެ. ޔަލްވީގެ ފަރާތުން ކުދިކުދި އެކި އަނިޔާތައް ވަމުން ދިޔަ ނަމަވެސް ކެތްތެރިކަމާއިއެކު، މިޝަލްމެން ޔަލްވީ ގެއަށް ގެންދެވޭތޯ ބެލިއެވެ.

********************

 

ގޭގެ ދޮރު ހުޅުވުނު އަޑަށް އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ދެލޯ ބޮޑުކޮށްލައިގެން އެންމެންނަށް ބަލަން ތިބެވުނީ ފެނުނު މަންޒަރުންނެވެ. އޭރުވެސް ޔަލްވީ ގަދަހަދަމުން ދިޔައީ އެމީހުންގެ ކިބައިން ސަލާމަތްވެގެން ދެވޭތޯއެވެ. މިޝަލްމެން، ޔަލްވީ އެތެރެއަށް ވެއްދިއެވެ.އިޔާޒް ގޭގެ ބޮޑުދޮރު ތަންޑު އަޅުވާލުމަށްފަހު، ހުރި ދިމާލަށް ތިރިވެ ދޮރުގައި ލެނގިލައިގެން އިނދެވުނީ ވަރުބަލިވުމުގެ އިތުރުން ބަނޑަށް ތަދުވާވަރުންނެވެ. ޝައިމަންގެ ހާލަކީވެސް އެއީއެވެ. އޭނާވެސް އަތުގައި ހިފަހައްޓައިލައިގެން އިޔާޒްގެ ގާތުގައި އިށީންއިރު މާނޭވާލެވެމުންދެއެވެ. ޔަލްވީ ދަތްއެޅިތަން ހުރީ ރަތްވެގެން ގޮސް އަރާފައެވެ. ޝައުނާއި މިޝަލް ޔަލްވީގެ ދެއަތުގައި ހިފަހައްޓާލައިގެން ތިބީ ފަހުމީ ސުލައިމާނުބޭ ގޮވައިގެން އަންނަންދެނެވެ.

ލޯބިވާ ދަރިފުޅު ފެނުމުން ނޫރައިންއަށް މަޑަކުން ނުހުރެވުނެވެ. “މަގޭ ދަރިފުޅާ” އޭ ކިޔާފައި ގޮސް ޔަލްވީގެ މޫނުގައި ހިފަހައްޓާލިއެވެ. ޔަލްވީގެ އެއްވެސް ބާރެއް މިވަގުތު ނުހިނގާހާލު، ރުޅިއައިސް ރަތްވެފައި ހުރިޔަލްވީ ނޫރައިންގެ ބަޑުގައި ފައިންޖަހާ ކޮށްޕާލުމުން ނުވިސްނާހުރި ނޫރައިން އިދިފުށަށް ވެއްޓުނެވެ. ބިންމައްޗަށް ވެއްޓި އުނަގަނޑަށް ތަދެއް އެރިނަމަވެސް، އެ ވޭނަށްވުރެ ނޫރައިންގެ ހިތުގައިވާ ވޭން މާފުންވިއެވެ. ހިތްދަތިވެ ރޮވެން ފެށުމުން އޭނާއަށް އަނގަމަތީ އަތްއަޅާލަމުން، ދެލޯމަރާލެވުނެވެ. ކިތަންމެ ކެތްތެރިވީނަމަވެސް، އޭނާގެ ގިސްލުމުގެ އަޑު ހަޅޭލަވަމުން ދިޔަ ޔަލްވީގެ އަޑާއިއެކު ފަޒާގައި ގުގުމާލިއެވެ. އަމިއްލައަށް ކޮޅަށް ތެދުވުމަށް ނުކުޅެދުމުން އޭނާ ކޮޅަށް ނަގައި ޖޯލީގައި ބޭންދީ އަޔާނީއާއި މިޝްޔާއެވެ. ޖޯލީގައި އިށީނދެވުނު ކަމެއް ނޭނގެ އަޔާނީގެ ގައިގައި ބައްދާލަމުން އަޑުންއަޑު ނަގާ ނޫރައިންއަށް ރޮއިގަނެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ކެތްކުރެވޭ އެންމެ މަތީ ދަރަޖައަށް އޭނާއަށް ކެތްކުރެވިއްޖެއެވެ. ނޫރައިންގެ ވޭނީ ގިސްލުމުގެ އަޑުންވެސް ޔަލްވީގެ ހަޅޭލެވުމަށާއި ގަދަހެދުމަކަށް ބަދަލެއް ނާދެއެވެ. އަސަރު ކުރީ އެތާ ތިބި އެހެން މީހުންނަށެވެ. ނޫރައިންގެ ބުރަކަށީގައި ފިރުމަމުން ދިޔަ މިޝްޔާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައިރު އަޔާނީގެ ޙާލަކީވެސް އެއީއެވެ. މަޔަކު އެހާ ހިތްދަތިވެގެން ރޯތަނެއް އެމީހުން އަދި މިވީހާތަނަށް ދެކިފައެއް ނުވެއެވެ. ހަލީމާގެ ޙާލަކީތޯއެވެ. ރޯންވެސް ނޭނގިފައި ހިތްދަތި ގޮތަކަށް ޔަލްވީއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރީއެވެ. ހަލީމާގެ ގައިގައި ހިފަހައްޓާލައިގެން ގާތުގައި ހުރި ޝިއުރީ، ދެލޯ ފެންކަޅިވެފައި ވީނަމަވެސް ތުންފަތުގައި ދަތްއަޅައިލައިގެން ކަރުނަތައް އޮއްބަން މަސައްކަތް ކުރަމުން ދިޔައީ އެއީ އޭނާގެ އާދައަށް ވީތީއެވެ. އެކަނި އިނދެ ކިތަންމެ ވަރަކަށް ރުއި ނަމަވެސް ޝިއުރީއަކީ މީހުންގެ ކުރިމަތީގައި އާއްމުގޮތެއްގައި ރޯ ކުއްޖެއް ނޫނެވެ. ކަރުނަތަކާ ހަނގުރާމަ ކުރުމަކީ އުނދަގޫ ކަމެއްނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޝިއުރީއަށް އެކަމާ ކުރިމަތިލާންޖެހެއެވެ.

 

ނަސީބަކުން މާގިނައިރުތަކެއް ނުވެ ފަހުމީ، ސުލައިމާނުބޭ ގޮވައިގެން އައެވެ. ޔަލްވީ ގޮނޑިއެއްގައި ބޭންދުމަށްފަހުން ހަތަރު ފިރިހެނުން ހިފަހައްޓާލައިގެން ތިބިއިރު ސުލައިމާނުބޭ ފަރިތަކަމާއިއެކު ކިޔެވެލި ކިޔެވުމަށްފަހު ފެންތަށްޓަށް ފުމެލިއެވެ. އަދި އެ ފެންތަށިން ޔަލްވީއަށް ބޯންދިނެވެ. ގަދަހަދާވަރުން ޔަލްވީއަށް ދެވުނީ ފެންތަށީގެ ދެބައިކޮށްފައި އެއްބައެވެ. އެހެންކަމުން އެހެން ފެންތަށްޓެއް ކިޔެވުމަށްފަހު، އޭގެއިންޔަލްވީގެމޫނަށް ފެން ވިއްސިއެވެ. މާގިނައިރުތަކެއް ނުވެ ޔަލްވީގެ ހަޅޭލެވުން މަޑުވަމުންގޮސް އެއްކޮށް އަޑު ކެނޑުނެވެ. ވަރުއެރުވުންވެސް ހުއްޓުމުން މިޝަލްމެން އޭނާގެ ގައިން ދޫކޮށްލިއެވެ. އޭރު ޝިއުރީގެ ފޯނުން ޤުރުއާން ޖަހާފައިވާ އަޑުވެސް އިވެމުންދެއެވެ.

އެންމެން ތިބީ ޔަލްވީގެ ޙަރަކާތްތަކަށް ބަލާށެވެ.އިރުކޮޅަކު މަޑުން އިނުމަށްފަހު، ޔަލްވީ ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. އެވަގުތު ދުރުގައި ހުރި ޖޯލީގައި އަޔާނީއާއި މިޝްޔާގެ މެދުގައި އިށީނދެލައިގެން އިން ނޫރައިން ފެނުމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް “މަންމާ” އޭ ކިޔާފައި ގޮވާލެވުނީ އޭނާގެ ދެލޮލުގައިވާ ކަރުނަތައް ފެނުމުންނެވެ. ނޫރައިން ރޯތީ ޔަލްވީގެ ހިތަށް ނުބައި ގޮތެއް ވެގެންދިޔައެވެ. އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލާލެވުނީ އޭނާގެ ހިތަށް ވެރިވެގަތް ޚިޔާލަކުންނެވެ. އެންމެންގެ ނަޒަރު އޭނާއަށް ސީދާވެފައިވުމުން ޔަލްވީގެ ހިތުގައި އުފެދިފައިވާ ޝައްކަށް ބޮޅެއް އިތުރުވިއެވެ. އޭނާގެ މޫނުގައި ހުރި ފެންތަކުންނާއި، ފަހުމީގެ ގާތުގައި ތަށްޓެއް ހިފައިގެން ހުރި ސުލައިމާނުބެ ފެނުމުން ޔަލްވީގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ކުރީގެ ކަންތައް އަނެއްކާވެސް ލައިގަތީކަން ޔަލްވީއަށް ފަހުމްވުމާއިއެކު، ފޫކޮޅުގައި ކަށްޓެއް ޖެހިހެން ކޮޅަށް ތެދުވިއެވެ.

“މަންމާ….” އެންމެން ހައިރާންވެފައި ބަލަން ތިބީ،ޔަލްވީ އާދައިގެ ރާގަކަށް ގޮވާލުމުންނެވެ. ނޫރައިން އިންތަނުން ތެދުވެ ބާރަށް ހިނގާލާފައި ގޮސް ޔަލްވީގެ ގައިގައި ބައްދާލިއެވެ.

ހަލީމާވެސް އުފާވީވަރުން ޝިއުރީގެ އަތުގައި ހިފައިލަމުން އޭނާއަށް ބަލާލިއެވެ. ބަދަލުގައި ޝިއުރީވެސް ފުޅާހިނިތުންވުމެއް ރައްދުކޮށްލިއެވެ. ޔަލްވީގެ ޙަރަކާތްތަކުން އޭނާގެ ޙާލަތު މިވަގުތަށް ރަނގަޅުވެފައިވާކަމަށް ސުލައިމާނުބޭ ބުނެލިއެވެ. ނަމަވެސް އަދި މުޅިން ރަނގަޅު ކުރެވޭނީ ރުޤްޔާއަށް ކިޔެވުމުން ކަމުގައި ބުނެފައި ސުލައިމާނުބޭ ދިޔައީއެވެ.

“މަންމާ… ކީއްވެ އެންމެން މިތާނގަ މިތިބީ….؟؟؟ އަނެއްކާ އަހަންނަށް……” ނޫރައިންއާއި ދުރަށް ޖެހިލަމުން ޔަލްވީ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ނޫރައިން ޔަލްވީގެ މޫނުގައި ލޯބިން ފިރުމާލަމުން ހަމަޖެހުމަށް ބުނެލިއެވެ.

“މަންމާ ޕްލީޒް ބުނެބަލަ….. އަނެއްކާ އަހަންނަށް….. އަހަންނަށް….. އަނެއްކާ އަހަންނަށް އެހެންވީތަ….؟؟؟؟” ޔަލްވީ ވަރަށް އުނދަގުލުން އަހާލިއެވެ. ނޫރައިން ޔަލްވީގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލުން ޖަވާބު ބޭނުންވެފައިވާ މިންވަރު ނޫރައިންއަށް ދެނެގަނެވުނެވެ. އޭނާ މަޑުމަޑުން ބޯޖަހާލަމުން ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ. ނޫރައިންގެ ފަރާތުން ޖަވާބު ލިބުމުން ޔަލްވީއަށް ވީގޮތްވެސް ނޭނގުނެވެ. އަނގަމަތީ އަތްއަޅާލަމުން އޭނާއަށް ފުރަތަމަވެސް ބަލާލެވުނީ ހަލީމާގެ ގާތުގައި ތިބި ޝިއުރީމެންނަށްށެވެ. އޭނާގެޙަޤީގަތް އެނގުމުން ކުރީގެ އެކުވެރިން ފަދައިން ޝިއުރީމެންވެސް އޭނާއާއި ގުޅުން ކަނޑާލާފާނެއޭ ހިތަށް އެރުމުން، އޭނާގެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެގަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް އޭނާއަށް ނޭނގޭކަމަކީ މި ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނާ އެޙާލުގައި ވަނިކޮށް، ކޮންމެ ދުވަހަކު ޝިއުރީމެން އެގެއަށް ގޮސް އޭނާގެ ޙާލު އެންމެ ގާތުން ބަލަމުންދިޔަކަމެވެ.

އެކުވެރިންނަށް އޭނާގެ ޙާލަތު އެނގުމުން ދެރަވީވަރުން، ނޫރައިންގެ ގައިގައި ބައްދާލައިގެންހުރެ ޔަލްވީ އަޑުން އަޑު ނަގާ ރޯންފެށިއެވެ. ނޫރައިންއަށްވެސް ރޮވުނެވެ. ދެމައިން އެކަކު އަނެކަކު ގައިގައި ބައްދަ ބައްދާފައި ރޮމުން ދިޔައިރު އެންމެންވެސް ބަލަހައްޓައިގެން ތިބީ ހިތްދަތިވެފައެވެ. ނަމަވެސް ހިތުގެ އެއްކަނުން ޔަލްވީ މިވަގުތަށް ރަނގަޅުވެފައިވީތީ އުފާވެސް ވިއެވެ. އަދި ކުރިއަށް އޮތްތާ ޔަލްވީއަށް ދިމާވެފައިވާ ބިރުވެރިކަމުން މުޅި އުމުރަށް މިންޖުކޮށްދެއްވުމަށް އެދި ހިތާހިތުން މާތްﷲ ގެ ޙަޟްރަތަށް އެންމެންވެސް ދުޢާކޮށްލިއެވެ.

އިރުކޮޅަކު އެގޮތުގައި ތިބެފައި ޔަލްވީ ނޫރައިންއާއި ދުރަށް ޖެހިލަމުން ދެލޯ ފުހެލިއެވެ. އަދި ހަލީމާގެ ގާތުގައި ތިބި ޝިއުރީމެންނަށް ބަލާލިއެވެ. އެއާއިއެކު އަނެއްކާވެސް އޭނާގެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެގަތީ އޭނާގެ ޙަޤީގަތް އެނގުމުން ޝިއުރީމެން އޭނާއާއި ދުރަށް ގޮސްދާނެއޭ ހިތަށް އެރުމުންނެވެ. އެވަގުތު މެޔަށް ހޫނު ތަދެއް އެރިހެންވެސް އޭނާއަށް ހީވިއެވެ. ޝިއުރީމެން އޭނާއާއި ދުރަށް ގޮސްފިއްޔާ ޔަލްވީ ވަރަށް ދެރަވާނެއެވެ. އޭނާގެ މުޅި އުމުރުގައިވެސް މިހާތަނަށް ލިބުނު އެންމެ ރަނގަޅު އެކުވެރިންނަކީޝިއުރީމެންނަށް ވީތީއެވެ.

ކަރުނައިގެ ސަބަބުން ފުސްވެފައިވާ ދެލޮލުން ޝިއުރީމެން ޔަލްވީއާއި ދިމާއަށް އަންނަތަން ފެނުމުން ޔަލްވީއަށް ފަހަތަށް ފިޔަވަޅެއް އެޅުނީ ޖެހިލުންވީ ވަރުންނެވެ. ނަމަވެސް ޝިއުރީމެން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. ތިން ކުދިން ގޮސް ޔަލްވީގެ ގައިގައި ބައްދާލިއިރު އެކުދިންގެ ތުންފަތަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ޝިއުރީމެންގެ ޙަރަކާތްތަކުން ޔަލްވީއަށް ލިބުނީ ހައިރާންކަމެކެވެ. ކަންތައް ވެގެން ދިޔައީ އޭނާގެ ހިތަށް އެރި ގޮތާއި ދިމާ އިދިކޮޅަށެވެ. އިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު ޝިއުރީމެން ޔަލްވީގެ ގައިން ދޫކޮށްލިއެވެ.

“ޝިއުމެން އަހަރެންދެކެ ބިރެއް ނުގަނޭތަ….؟؟؟ އަހަރެންނަށް މިހެން ވާއިރުވެސް އަހަންނާއި އެކުވެރިކަން ބާއްވާނަންތަ…؟؟” ކުރިމަތީގައި ތިބި އެކުވެރިންނަށް ބަލާލަމުން ޔަލްވީއަށް އަހާލެވުނެވެ. ޝިއުރީމެން އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެތިބެ، ތިން ކުދިން އެކީ ބޯޖަހާލިއެވެ. އެސްފިޔަތައް ފޫ އަޅުވާލުމަށްފަހު، ޔަލްވީގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބައިގަތީ ލިބުނު އެފަލެއްގެ ބޮޑުކަމުންނެވެ. މާތްﷲ ގެ ކިބަފުޅަށް ޙަމްދު ކުރަމުން ހުރިތަނަށް ތިރިވެވުނީ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމަކުންނެވެ. ޝިއުރީ ކުރިއަށް ޖެހިލަމުން ޔަލްވީގެ ދެކޮނޑުގައި ހިފައި ނެގިއެވެ. އެވަގުތު އިޔާޒްމެންވެސް ހިނިތުންވެ ތިބެ އެމީހުންގެ ގާތަށް އައެވެ. ޔަލްވީ އިޔާޒްމެންނަށް ބަލާލިއެވެ. އެއާއިއެކު އޭނާއަށް ހައިރާންކަން ވެރިވީ އެމީހުންނަށް ކުދި ކުދި އަނިޔާތައް ވެފައިވާތަން ފެނުމުންނެވެ. އެކަމާ ބެހޭގޮތުން އެމީހުންނާއި ސުވާލުކުރުމުން އިޔާޒްމެން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އެސުވާލުގެ ޖަވާބު ދޭން އެކަކުވެސް ބޭނުންނުވާ ކަހަލައެވެ. އެންމެންވެސް އިޚްތިޔާރު ކުރީ ހިމޭންކަމެވެ.

“އެއީވެސް އަހަރެންގެ ކަމެއް ދޯ…..” އެންމެންގެ މޫނަށް ވަކިވަކިން ބަލާލަމުން ޔަލްވީ އަހާލިއެވެ. ނަމަވެސް ދެންވެސް އެންމެން ޚިޔާރުކުރީ ހިމޭންކަމެވެ. އެކަކުވެސް ޖަވާބު ނުދޭނެކަން އެނގުމުން ޔަލްވީ ދިޔައީ ނޫރައިންގެ ގާތަށެވެ. އެތައްފަހަރަކު އެހުމުން އެންމެފަހުން ނޫރައިން ތެދު ހާމަކުރީ ޔަލްވީ ގޮތްދޫނުކުރުމުންނެވެ. އެއާއިއެކު، އަނގަމަތީ އަތްއަޅާލަމުން ޔަލްވީ، އިޔާޒްމެންނަށް ބަލާލިއެވެ. އެމީހުން ތިބި ހާލު ފެނުމުން ޔަލްވީ އިންތިހާއަށް ދެރަވިއެވެ. ހަމަ އެހާމެ ލަދުވެސް ގަތެވެ. ރޮއިގަންނަމުން އެތަނުން ދުއްވައިގަތީ އޭނާގެ ސަބަބުން އިޔާޒްމެންކަހަލަ ރަނގަޅު އެކުވެރިންތަކަކަށް އަނިޔާވުމުން ހިތްދަތިވީވަރުންނެވެ. އެދިޔަގޮތަށްގޮސް ކޮޓަރިއަށް ވަދެ ދޮރުތަޅުލުމަށްފަހު ދޮރުގައި ލެނގިލައިގެން އިނދެ ރޮމުން ދިޔައެވެ. ޝިއުރީމެން ގޮވުމުންވެސް އޭނާ ދޮރެއް ނުހުޅުވިއެވެ. ޔަލްވީ ދޮރު ނުހުޅުވާނެކަން އެނގުމުން ޝިއުރީމެންވެސް ދެން ދިޔައީ ގެއަށެވެ. އެއީ އެވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި ވިސްނުމުންނެވެ.

********************

 

އަފްލާކާއި ވާހަކަ ދައްކަމުން ބަދިގެއަށް ވަން އަޔާނީ އަވަހަށް ފޯނު ކަނޑާލީ ކާގޭގައި ހުރި އަމްހާ ފެނުމުންނެވެ. އެވަގުތު ބަދިގެއިން އަމްހާ ފެނުމުން އޭނާ ހައިރާންވިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަމްހާއަކީ އާއްމުކޮށް ދެނަމާދު ދޭތެރޭ ބަދިގެއަށް ވަދެއުޅޭ މީހަކަށް ނުވާތީއެވެ.

“މަންމާ…. މިރޭ މިގަޑީގައި މިތާ ކީއްކުރަނީތި…..؟؟؟؟” މީހާ ހަމަޔަކަށް އެޅިލަމުން އާދައިގެ ގޮތަކަށް އަޔާނީ ސުވާލުކޮށްލިއެވެ. އަޔާނީގެ އަޑަށް ފަސްއެނބުރި ބަލާލުމަށްފަހު އަމްހާ ހިނިތުންވެލިއެވެ.

“ބައްޕަ މިރޭ މާ ބަނޑުހައިވަނީއޯ….. އެހެންވެ ބިސްގަނޑެއް އަޅާލަނީމި……” ތަވާއިން ބިސްގަނޑު ނަގާ ތަށްޓަކަށްލަމުން އަމްހާ ޖަވާބު ދިނެވެ. އަދި އެތަށްޓާއިއެކު ކިރުތަށްޓެއް ދިއްކޮށްލަމުން އެއެއްޗެހި ޓެރެހުގައި އިން އޭނާގެ ބައްޕައަށް ގެންގޮސްދިނުމަށް އަޔާނީގެ ގާތުން އެދުނެވެ. އަޔާނީ ހިނިތުންވެލަމުން އެއެއްޗެހި ހިފައިގެން ހިނގައިގަތުމުން އަމްހާ ދިޔައީ ތަވާ ދޮންނާށެވެ. ކާގެ މޭޒުމަތީގައި އޮތް އަޔާނީގެ ފޯނު ރިންގުވާންފެށީވެސް އެވަގުތުއެވެ. އެއްފަހަރު ރިންގުވުމަށްފަހު ކެނޑުމުން ދެވަނަ ފަހަރަށްވެސް ރިންގުވާންފެށިއެވެ. އެހެންކަމުން އަތްފުހެލުމަށްފަހު، އަމްހާ މޭޒާއި ގާތްވެލީ ފޯނު ނެގުމަށެވެ. ނަމަވެސް ފޯނަށް އަރާފައި އިން އަފްލާކްގެ ނަމާއި، އޭނާގެ ފޮޓޯ ފެނި އަމްހާގެ ދެލޯބޮޑުވެ ބުމަގޮށްޖަހާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

02:30 ބާރަވަނަ ބައި

Next

އަވްލީން

Next
August 23, 2017

އަވްލީން

Previews
August 22, 2017

02:30 ބާރަވަނަ ބައި

40 Comments!

  1. Eemyaa says:
    August 22, 2017 at 11:32 pm

    Hei all 🙂
    Sorry v las vejje dw.. 🙁
    Mihaarakah ais v lahun part thah up kohleveny ulhen jeheyleh bxy kamun. Day time ga eh gothakah ves time nulibey mihaaru… Ekam ves eem v try kuraanan bunaa date ah up kohleveytho
    Heekuran understand vaane kamah 🙂
    Mi partves kiyuntherinnah kamudhaane kamah ummeedhu kuran 🙂
    kuhthah faahaga kohalaidhinun edhen
    Have a good nyt :):):)
    Tgggggc alll 🙂

  2. Reeeee says:
    August 22, 2017 at 11:53 pm

    Yeyy me first

    1. Eemyaa says:
      August 23, 2017 at 10:26 am

      Yes u first ?

  3. ilsha says:
    August 22, 2017 at 11:55 pm

    Varah salhi mi part

    1. Eemyaa says:
      August 23, 2017 at 10:27 am

      Thanks ilsha ?

  4. Juvey says:
    August 23, 2017 at 12:11 am

    my favourite vaahaka miee .mi part vx v nice emm you are the best ????.good nyt .tgc..

    1. Eemyaa says:
      August 23, 2017 at 10:29 am

      Oww thanks Juvey ☺☺☺

  5. Jin says:
    August 23, 2017 at 12:21 am

    Oh nooo…. Mifaharu ayaany mamma ah bust vaane kanneyge!???

    1. song joong ki..KOREAN says:
      August 23, 2017 at 6:10 am

      vv reethi mi part. sifa kurumaa asaru genessa huri goih hama habbu!!! 🙂 vaahaka kiyaali iru heevy hama kurimathin sifa vee hen!! 😀 u’re great. mi part perfect ingey. 🙂 waiting eagerly for the next part ?? !!! 🙂 😀

    2. song joong ki..KOREAN says:
      August 23, 2017 at 6:12 am

      SORRY. e comment kurevunu iru eynee rply akah vefa. hehe.

    3. Eemyaa says:
      August 23, 2017 at 10:30 am

      Haha vaagotheh balama dw ??

    4. Eemyaa says:
      August 23, 2017 at 10:32 am

      Thanks song ☺☺☺ v happy vejje mi part thihaa kamudhiya eethee

  6. khajja says:
    August 23, 2017 at 12:38 am

    Masha allah v rythi?? when nxt prt avahan up kollabala plx v waiting gud nyt ly??❤❤?????

    1. Eemyaa says:
      August 23, 2017 at 10:35 am

      Thanks khajja ☺☺☺
      Next part on Thursday ?
      Ly too?

  7. Sidhu says:
    August 23, 2017 at 7:49 am

    Great. ..???ayaany mI faharu salaamai kohdheyni kaakubaa. …konmevex dhogeh hadhaalaanehen hyvany ….eam thihaa buxy koh ulhemunvex story genesdheythi v happyvey. ..thankx alot

    1. Eemyaa says:
      August 23, 2017 at 10:38 am

      Thanks sidhu ☺
      Asluves kaakubaa dw mifaharu salaamaiy kohdheynee ?
      Eem ves v happy vejje Sidhu ah understand v ma ☺☺

  8. Shahoo says:
    August 23, 2017 at 8:23 am

    Wen next part?

    1. Eemyaa says:
      August 23, 2017 at 10:57 am

      Next part on Thursday ☺

  9. ??? says:
    August 23, 2017 at 8:28 am

    Yalvy fakeeru ragalhu kurann ulhey avahah mihaaru ekuhjja rove halaaku vanii e? vvvvv rythi mi baiii vess????

    1. Eemyaa says:
      August 23, 2017 at 10:58 am

      Asluvess ey dw
      Thanks dear ☺☺☺

  10. Adha? says:
    August 23, 2017 at 10:42 am

    Varah dheravejje mi part kiyaafa?… yaal nd yaal ge mom ulhey goiy keema hama rovey? heevany kurimathin sifa vaahen… varah touching?… and omg.. this time yaany mom ah bust vaany kanneynge…
    Eem! Thihaa buxi kn ulhemun ves up kohdheythy varah happy ?.. thankyou…
    Waitingss ❤❤❤❤

    1. Eemyaa says:
      August 23, 2017 at 11:02 am

      Oww thanks Adha ☺
      Bust veytho balama dw ??
      Wc n eem ves v happy vejje Adhaa ah eem ge situation understand v ma ☺☺☺
      Eem v try kuraanan eem ge best dheyn ???

  11. Xidhan says:
    August 23, 2017 at 1:18 pm

    Vaahaka kiyaairu heevani lomahchah fena hageegatheh hen… ehaaves vaahakaige sifa kurun furihama…. Keep it up eemyaa❤❤
    Mi vaahakayah hama ragalah addict vehjje…
    Next part ah inthizaaru kuran ??

    1. Eemyaa says:
      August 23, 2017 at 2:56 pm

      Thanks Xidhan ☺☺☺ v ufaavejje mi vaahaka Xidhan ah thihaa kamudhiya eema ?
      Thanks a lottt dear ???

  12. Someone says:
    August 23, 2017 at 1:34 pm

    Vaahaka kiyaairu kurimathin fennahenves baeh faharu hyvey.. V v v v v v rythi. Eem mivaahaka hama habeys. V v kiyaalaahithun kiyany.. When next part???ly.. ???

    1. Eemyaa says:
      August 23, 2017 at 3:00 pm

      Asluvestha Someone ☺
      V ufaavejje mi vaahaka thihaa kamudhiya eema ☺☺☺
      Thanks a lottt dear ???
      Next part on Thursday In Sha Allah ??
      Ly too ?

  13. Aif says:
    August 23, 2017 at 1:34 pm

    This part is so emotional ???? waiting fo the next part.. ?

    1. Eemyaa says:
      August 23, 2017 at 3:01 pm

      Awwww thanks ☺☺☺

  14. Sinaa says:
    August 23, 2017 at 1:43 pm

    Vrh loabiii

    1. Eemyaa says:
      August 23, 2017 at 3:02 pm

      Thanks Sinaa ☺☺☺

  15. Coco says:
    August 23, 2017 at 1:57 pm

    Heeey long time comet eh nukuraatha buxy veema nukureveny sorry but vaahka kiyan abadhuves n story is awsome I understand ur situation

    1. Eemyaa says:
      August 23, 2017 at 4:42 pm

      Its k Coco ☺
      Thanks a lott ☺☺☺

  16. azeen says:
    August 23, 2017 at 4:53 pm

    wowww v salhi…

    1. Eemyaa says:
      August 23, 2017 at 11:02 pm

      Thanks azeen ☺☺☺

  17. Shafu says:
    August 24, 2017 at 1:45 pm

    V nice story…waitin for next part….?????

    1. Eemyaa says:
      August 24, 2017 at 10:41 pm

      Thanks Shafu ☺

  18. nashlee says:
    August 29, 2017 at 7:50 am

    hama habeys

    1. Eemyaa says:
      August 29, 2017 at 9:28 am

      Thanks nashlee ☺☺☺

  19. mal says:
    March 28, 2018 at 2:27 pm

    v. v. reethi

    1. ??? says:
      December 5, 2018 at 1:15 pm

      Dhw…… … vvvvvvvv reethi

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސަތާރަވަނަ ބައި)←


All Right Reserved!