އަގެއްނެތްލޯބި 3 ވަނަ ބައި
ފަަތިސްނަމާދުގެ ބަންގީގެ އަޑަށް ހަނާއަށް ހޭލެވުނެވެ. ތެދުވެ ނަމާދުކޮށްލައިގެން ހަނާ ކޮޓަރިން ބޭރަށް ނިކުތެވެ. ޒުހުރާ ފެންނަށް ނެތުމުން ހަނާ ޒުހުރާގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. ޒުހުރާ އިނީ ޤުރުޣާން ކިޔަވާށެވެ. ކިޔަވަން އިދެފަ ޒުހުރާ ހަނާއާދިމާއަށް ބަލާލުމުން ހިނިތުން ވެލުމަށްފަހު ހަނާ ދޮރުލައްޕާލިއެވެ. ހިގައިގަންނަމުން ހަނާގެ ދިގު ފަން އިސްތަށިގަނޑުން ހުޅިއެއް ޖަހާލިއެވެ. ދެން ހަނާ އިލޮށިފަތި ހިފައިގެން މަގުމައްޗަށް ނިކުމެ ކުނިކަހަންފެށިއެވެ. ހަނާ ބޭނުންވީ އޮފީހަށް ދިއުމުގެ ކުރިން ގޭތެރޭ ކުރަންހުރި ކުދިކުދި ކަންތައްކޮށްލާށެވެ. ޒުހުރާވެސް ކިޔަވާލަން އިދެފަ އައިސް ބަދިގެއަށް ވަނެވެ. ހަނާ އޮފީހަށް ދިޔުމުގެ ކުރިން ސައިތައްޔާރު ކުރާށެވެ.
ހަނާ އޮފީހަށްދާ ވަގުތު ކުޑަތައް ވެގެންއާދެއެވެ. ލޯގަނޑު ކުރިމަތީހުރެ ހަނާ އަރިއަރިއަށް ބަލާފަ ފަރިވަމުންދިޔައެވެ. ހަނާ އަވަސް އަވަސް ކޮށްލައިގެން ހޭޑް ބޭގް ކޮޑުގައި އަޅުވާލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. ” މަންމާ…” ހަނާ ގޮވާލިއެވެ. “މިއުޅެނީ ކާގޭގަ.” ޒުހުރާ ބުންޏެވެ.” އަހަރެން މިދަނީ” ހަނާ ބުންޏެވެ. “ސައިވެސް ނުބޮއި ދަނީތަ؟” ޒުހުރާ އަހާލިއެވެ. ” އަހަރެން ދެންސައިބޯނީ ފަހުން. މާލަސް ވެސް ވެއްޖެ މިހާރު” ހަނާ މިހެން ބުނެފަ ގެއިން ނިކުމެގެން ދިޔައެވެ. ހަނާ އޮފީހަށް ވަދެ ސޮއިކުރާ ފޮތުގައި ސޮއިކުރަން ހުއްޓާ މޭޒުމަތީއޮތް ސީވީއެއް ފެނުނެވެ. ސޮއިކޮށްލުމަށްފަހު އެސީވީ ނަގާ ގަޑަކަށްފަހު ގަޑެއް ބަލަމުންދިޔައެވެ. ސީވީ ބަލާލުމުން ހަނާގެ ހަރަކާތް ވަގުތު ކޮޅަކަށް ހުއްޓުނެވެ. ނިސާދުއަކީ ކިހަވަރެއްގެ ކާކުކަން ކުރިން ހަނާއަކަށް ނޭގެއެވެ. ކިޔަވައިގެން ހުރި މޮޅު މީހެކެވެ. އެކިއެކި ކަންކަމުގެ މަތީފާސްތަކެވެ. އިރުކޮޅަކު ހަނާއަށް އެގަޑުތަކަށް ބަލަންހުއްޓެވެ. ” އޭ ހަނާ… ކިހިނެއްވެފަތަ؟” އޮފީހަށް ވަދެގެން އައި ސާދުނާ ހަނާގެ ކޮޑުގާ ޖަހާލުމައްފަހުއަހާލިއެވެ. ހަނާ ދިޔައީ ސިއްސައިގެންނެވެ. ” ކަމެއްނުކުރަން.” އަތުގައި އޮތް ސީވީ މޭޒުމަތީ ބާއްވާލަމުން ހަނާ ބުނެލިއެވެ. ސާދުނާގެ ފަހަތުން ހިގަމުން ގޮސް ހަނާގެ މޭޒުކައިރީ ހުރި ގޮޑީގައި އިށީނެވެ. ހަނާގެ ހިޔާލުގަ ވަނީ ނިސާދު ހަނާ ބޭނުންވެގެން ދެއްކި ފޮނިފޮނި އަސަރުގަދަ ވާހަކަތަކެވެ. ބައެއްފަހަރު ހަނާއަށް އިހުސާސްވަނީ ދިރިއުޅުމުގެ ބޮޑުހަގުރާމައިން ފަތަހަ ލިބުނުހެންނެވެ. މަސައްކަތް ކުރުގެ ބަދަލުގާ ހަނާއަށް ވިސްނެމުން ދިޔައީ ނިސާދު އާމެދުއެވެ. ވީއެއްމެ އަވަހަކަށް ނިސާދުއަށް ޖަވަބެއްވެސް ދީފާނަމޭ ހަނާގެ ހިތަށްއެރިއެވެ. ނަމަވެސް ޖަވާބެއް ދިނުން ލަސްކުރަމުން ހަނާ އެދަނީ އަދިވެސް ބަލަން ބޭނުންވާ ކަންތައްތަކެއް ހުރުމުންނެވެ. އޮފީސް ނިންމާލުމަށްފަހު ހަނާ ޒިދުނާގެ ކައިރިއަށް ދިޔައެވެ. އަދި ނިސާދު ދެއްކި ވާހަކަތަކާ، ވަޒީފާއަށް އެދި ސިޓީ ލާފައޮތް ވާހަކަވެސް ހަނާ ޒިދުނާއަށް ކިޔާދިނެވެ. ޒިދުނާގެ ކަމަކަށްވީ ހަނާއާ ދިމާކުރުމެވެ.
ނިސާދު ހަނާއާ އެއްއޮފީހަކަށް ނިކުންނަތާ ހަފުތާއެއް ވެޖެއެވެ. އަދި ވެސް ހަނާގެ ޖަވާބެއް ނުލިބެއެވެ. އޮފީސް ތެރޭ އުޅޭއިރު ހަނާ ނިސާދުއާ ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނަން ނޫނީ ވާހަކައެއް ނުދައްކައެވެ. ނިސާދު ހުންނަނީ ވާނުވާ ނޭގިފައެވެ. ކޮންމެ ދުވަހަކުވެސް ނިސާދު އޮފީހަށް އައިސް އުންމީދުކޮށްގެން ހުންނަނީ ހަނާ ޖަވާބެއްދޭނެ ކަމަށެވެ. އެހެން ނަމަވެސް ހަނާ ނިސާދުއާ ދިމާއަށް ބަލާލަނީވެސް ހާލަކުންފަހަރަކުއެވެ. މިއަދުވެސް ނިސާދު އޮފީހަށް އެދަނީ ޖަވާބު ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އުފަލުންހުރެއެވެ. އެހެންކަމުން ނިސާދު ހަލުވި ހުމެއްގައި އޮފިސް ތެރެއަށް ވަދެގެންދިޔައެވެ. ނިސާދު ސޮއި ކޮށްލުމަށްފަހު ނިސާދުގެ މޭޒުކައިރީ މަޑުކޮށްލިއެވެ. އަދި ހަނާގެ މޭޒާ ދިމާއަށް ބަލާލިއެވެ. އެމޭޒު ކައިރީ ވަނީ ހުސް ގޮޑިއެކެވެ. ނިސާދު ގޮޑީގައި އިށީދެ ފޯން އަތްގަޑު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި ނަންބަރުތަކަށް ފިތަންފެށިއެވެ. އިރުކޮޅަކު ކަންފަތު އަތްގަޑު ޖައްސައިގެން ހުރެފަ ބޭވިއެވެ. އަތްގަޑު ބޭވިއިރު ނިސާދުގެ މޫނުގެ ކުލަވަރުވަނީ ބަދަލުވެފައެވެ. އޮފީހަށް އައިރު ހުރިއުފާވެރި ކަމެއްނެތެވެ. އޮފީހުގަ އިންނަންވެސް ނިސާދު ފޫހިވިއެވެ. މަސައްކަތެއް ކުރާހިތެއްނެތެވެ. ޖަވާބު ނުލިބުނަސް ހަނާ ފެނުމުން ނިސާދުގެ ހިތަށް ހަމަޖެހުން ލިބެއެވެ. އުފާވެއެވެ. އެކަމަކު މިއަދަކު ހަނާ އޮފީހަކަށް ނާދެއެވެ. އެއްވެސް މީހަކާ ނިސާދު ވާހަކައެއް ނުދައްކައެވެ. މީހަކު އެއްޗެއް ބުނެލުމުން ހީލަނީއެވެ. އެވެސް ހިތާ ދެކޮޅަށެވެ. މިގޮތުގާ ނިސާދު އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. އަދިވެސް ނިސާދުގެ ހަރަކާތްތަކަށް ބަދަލެއްނާދެއެވެ. ފާޑަކަށް އިނީއެވެ. އޮފީހުގެ މަސައްކަތް ތަކާވެސް ދުރުވެފައެވެ. އޮފީސް ނިމުނު އިރުވެސް ގިނަވަގުތު ނިސާދުގެ ނަޒަރު ހުއްޓިފަ ވަނީ ހުސްވެފަވާ ހަނާގެ ގޮޑިއާ މޭޒަށެވެ.
ޒިޔާދުއަކީ ރަށު ސުކޫލް އޮފީހުގައި މަސައްކަތް ކުރާ މީހެއްކަމުން ރަސްމީ ދުވަސް ދުވަހު އޭނާއަށް އޮފީހުން ސަލާމަތް ވެވެނީ މެންދުރު ފަސްވެ ހަވީރު ވާފަހުންނެވެ. ހަވީރުވުމުގެ ކުރިން އޮފީހުންނިމޭ ދުވަހެއްނަމަ ގެއަށްގޮސް ކައިގެން އަރާމު ކޮށްލުމަށްފަހު ހަވީރުވުމުން ނިސާދާއެކު ހިގާލަން ނިކުންނަނީއެވެ. އެގޮތުން މިއަދަކީވެސް ޒިޔާދު މެންދުރުފަހު އޮފީސް ނިމުނު ދުވަހެކެވެ. އަސްރު ނަމާދުކޮށްލައިގެން ނިސާދުއަށް ގުޅިއެވެ. ނަމަވެސް ޒިޔާދުގެ އެއްވެސް ކޯލްއަކަށް ނިސާދު ޖަވާބެއްނުދެއެވެ. “ކީއްވެގެންތަ މި ނިސާދު ފޯން ނުނަގަނީ.” ގުޅާގުޅާ ވެސް ނިސާދު ފޯން ނުނެގުމުން ޒިޔާދު ބުންޏެވެ. ނިސާދު ފޯން ނުނެގުމުން ޒިޔާދު އެގޭދޮށަށް ދިޔުމަށް ހިގައިގަތެވެ.
ޒިޔާދުއަކީ ނިސާދުގެ އެންމެގާތް ރަހުމަތްތެރިޔާ ކަމުން އެކެއް އަނެކެއްގެ މައްޗަށް ޖެހިފައި ހުންނަނީ ވަރަށް ވަރުގަދަ ރަހުމަތްތެރި ލޯތްބެކެވެ. ބައެއްފަހަރު ދެމީހުން އުޅޭގޮތުން ބައެއްމީހުންނަށް ހީވެފައި އޮށްނަނީ އެއީ އެއްބަޑު އެއްބަފާ ދެމީހުން ކަމަށެވެ. ޒިޔާދު ގޮސް ނިސާދުމެންގޭ ދޮރުމައްޗަށް އަރާ ސަލާމް ގޮވާލިއެވެ. އެވަގުތު އެއްފަރާތެއްގަ ހުރި ކޮޓަރިތެރެން ސަލާމް ބަލައިގަތް އަޑުއިވިގެން ދިޔައެވެ. ހަމަ އެވަގުތު ކާކުތޯވެސް އެއްސެވެ. މީ ޒިޔާދު އޭ ބުނުމުން އެތެރެއަށްވަދެ އިށީނުމަށް ބުންޏެވެ. ޒިޔާދު އިށީދެ އިރުކޮޅެއްވީތަނާ ހަފުސާ ކޮޓަރިން ނިކުތެވެ. “އަހާ. ޒިޔާދު.. ކީއްކުރަނީ…” ޒިޔާދުއާ ޖެހިގެން ހުރި ސޯފާގައި އިށީންނަމުން ހަފުސާ ސުވާލު ކޮށްލިއެވެ. “ދައްތާ ކޮބާ ނިސާދު. އަހަރެން ނިސާދުއަށް ގުޅާގުޅާ ވެސް ފޯނެއްނުނަގާ. އެހެންވެ ވީގޮތެއް ބަލާލަން މިއައީ” ޒިޔާދު ބުންޏެވެ. “ދައްތައަށް ހީވަނީ ނިދާފަހެން. މިއަދު އޮފީހުގަ މާބުރަދުވަހަކީ ކަންނޭގެ. ދޭބަލަ ބަލާލަން.” މިހެން ހަފުސާ ބުނުމުން ޒިޔާދު އެއްވެސް އެއްޗެއް ނުބުނެ ހިގައިގަތެވެ. ނަމަވެސް ޒިޔާދުގެ ހިތް ބުނަމުން ދިޔައީ އަދި އެހެން ވާހަކައެކެވެ. ޒިޔާދު ގޮސް ނިސާދުގެ ކޮޓަރީ ދޮރުގަ ޓަކި ޖަހާލިއެވެ. ހަބަރެއް ނުވުމުން މަޑުމަޑުން ތަޅުގަހިފާ ޒިޔާދު އަބުރާލިއެވެ. ދޮރު ހުޅުވުމާއެކު ޒިޔާދުއަށް ފެނުނީ ހައިރާންކުރުވާފަދަ މަންޒަރެކެވެ. ޒިޔާދު އެތެރެއަށްވަދެ ދޮރުލައްޕާލިއެވެ.އެދުގެ ބެޑުސީޓް ވަނީ ވަރަށް ބޮޑަށް ރޫޖެހިފައެވެ. ބާލީސްތައް ވަނީ އެގޮތް މިގޮތަށް އުކާލާފައެވެ.
ނިސާދުއޮތީ އެދުގެ ހުރަހަށްވާ ގޮތަށް ބަންޑުން އޮށޯވެގެންނެވެ. އޮފީހަށްދާންވެގެން ލީގަމީސްވެސް ބަދަލުނުކޮށެވެ. ކޮޓަރީގެ ހަތަރު ފާރުންއެތެރެއަށް ނަޒަރުހިންގާލުމުން ވެސް ކޮންމެވެސް ކަމެއްވެއްޖެކަން ޒިޔާދުއަށް ޔަގީންވިއެވެ. އެދުގެ އެއްފަރާތުގައި އޮތް ބާލީސް ނެގުމަންފަހު އެދުގައި ޒިޔާދު އިށީނެވެ. އަދި ނިސާދުއަށް ގޮވަންފެށިއެވެ. ދެތިންފަހަރު ގޮވާލުމުން ނިސާދު އުޑުތިލަމަތިން ޖެހުނެވެ. “ކިހިނެއްވީ. އަނެއްކާ ކަމެއްގޯސްވީތަ؟” ޒިޔާދު އަހާލިއެވެ. “ނޫން. އެއްވެސް ކަމެއް ނުވޭ. އޮފީހުން އައިސް ހަމަ ނިދާލީ” ލޯ އުގުޅަމުން ނިސާދު ބުންޏެވެ. “އެހެންތަ؟ ކޮށްއިރަކު ނިސާދު އަހަރެންނަށް ދޮގުހަދަން ފެށީ. ކާކު ތިޔަހާ މޮޅަށް ދޮގުހަދަން ދަސްކޮށް ދިނީ” ނިސާދުގެ މޫނަށް ބަލަންއިދެ ޒިޔާދު ބުންޏެވެ. ނިސާދު ތެދުވެ އެދުގައި އިށީދެލިއެވެ. “އަހަރެން ދޮގެއް ނުހަދަން. ކީކުރަން ޒިޔާއަށް ދޮގެއް ހަދަންވީ. ތީ އަހަރެންގެ އެންމެގާތް ރަހުމަތްތެރިޔާ އެއްނު. އަހަރެންގެ ބެސްޓްފުރެންޑެއްނު ” އަޅއަިގެން އިން ތައީ ނަގަމުން ހެވިލާފަ ބުންޏެވެ. “އެކަމަކު ނިސާދުގެ މޫނުމަތިން އެބަހެކިދޭ ހިތްހަމަ ނުޖެހޭ ކަމެއްވެއްޖެކަން. މި ކޮޓަރިއަށް ބަލާލީމަވެސް އެކަން އެގޭ. ތީ ތަރުތީބު މަގުން ދަރިފުޅު ހާނާހެން، ތަރުތީބުން ކަންތައް ކުރާ މީހެއްނޫންތަ؟ މިއަދަކީ އަހަރެން ނިސާދު ދަންނަ ފުރަތަމަ ދުވަހެއްނޫނޭ ” އެވަރަށް އޮޅުވާލުމުން ޒިޔާދު ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔައިގަތެވެ. ނިސާދު ބުނާނެ އެއްޗެއް ނޭގި އިސްޖަހާލިއެވެ.
“ތިހަމަހިމޭންކަން ވެސް އެބަހެކިދޭ ކަމެއްވެއްގެކަން. ބުނެބަލަ… ހަނާގެ ކަމެއްތަ؟” ޒިޔާ އަހާލިއެވެ. ނިސާދު އާއެކޭ ބުނުމުނެ ގޮތުން ބޯޖަހާލިއެވެ. “ދެންއެހެން ވިޔާ ބުނެބަލަ. ވެގެން އުޅޭގޮތެއް.” ކެއްމަދުވެފަ އިން ޒިޔާދު އަހާލިއެވެ. ނިސާދު ކަންތަށް ވީގޮތް ކިޔާދިނެވެ. ހަމަ އެވަގުތުން ފެށިގެން ޒިޔާދު ހަނާ ކައިރިއަށް ދިޔުމައް ނިންމިއެވެ. ދުވަހަކުވެސް ނުކުރާކަމެއް ރަހުމަތްތެރިޔާއަށްޓަކާ ކުރުމަށް ޒިޔާދު ތެދުވިއެވެ. ޒިޔާދު ހަނާ ހޯދަން ގޮސްގެން ހަނާއަކާ ދިމާވާ ގޮތެއްނުވިއެވެ. ޒިޔާދު ނިސާދު ގެ ގާތަށް އެބުރި އައީ ހުސްއަތާއެވެ. އޭގެ އަނެއް ދުވަހެވެ. ހަނާ އޮފީހަށް ދިޔައިރު ނިސާދު އޭނާގެ މޭޒުކައިރީ ހުރި ގޮޑީގައި އިށީދެގެން އިސްދަށަށް ޖަހައިގެން އިނެވެ. މޫނުމަތިން ކަންބޮޑުވުމާ، މާޔޫސްކަން ފާޅުވަމުންދިޔައެވެ. ބަލި ފާޑުވެސް ޖަހައެވެ. ސޮއި ކުރުމަށްފަހު ހަނާ ހިގައިގަތުމުން ހަނާގެ ފުންނާބު އުސްފައިވާނުގެ އަޑަށް އެދިމާއަށް ނިސާދު ބަލާލިއެވެ. ހަނާ ފެނުމުން ކެއްމަދުވެފަ އިން ނިސާދު ހަނާއަށް ބަލަންފެށިއެވެ. ކަޅިވެސް ޖަހާނުލައެވެ. ހަނާއަށް އެކަން ފާހަގަ ވެސް ވިއެވެ. ނިސާދުގެ ބެލުމުގާ ހަނާ ބޭނުންވާކަން ހާމަވަމުން ދެއެވެ. އެކަން ހަނާއަށް ފާހަގަ ވެސް ވެގެންދިޔައެވެ. ބައެއްފަހަރު ހަނާއަށް އިހުސާސްވަނީ ނިސާދު އިމްތިހާން މިކުރެވެނީ ކުރަންވާ ވަރަށް ވުރެއް ބޮޑުކޮށެވެ. އޮފީހުގެ ހުރިހާ ވަގުތެއް ނިމިގެން ދިޔައީ ނިސާދު ހަނާއަށް ބެލުމުގައެވެ. ހަނާ ނިސާދުއާމެދުގައި ވިސްނުމުގައެވެ.
ޖެހިގެންއައި ދުވަހުވެސް ހަނާ ހޯދުމަށް ޒިޔާދު އެގޭ ވަށައިގެން ބުރުޖަހަން ފެށިއެވެ. ދެތިން ބުރުޖެހިފަހުން ހަނާ ގެއިން ނިކުތްތައް ފެނުނެވެ. ނިސާދު ހަނާއަށް ގޮވާލާފަ، ދުއްވައިގަތެވެ. ހަނާ ބަލަން ހުއްޓެވެ. ހަނާއަށް ޒިޔާދުގެ މޫނުމަތިން ހާސްކަންފެނުނެވެ. “ޒިޔާދު އަހަރެންނަށް ކަމެއްކޮށްދީ” ޒިޔާދު އެއްޗެއް ބުނަށް އަނގަހުޅުވާލި ވަގުތު ހަނާ ވާހަކަ ދައްކަންފެށިއެވެ. “ކޮށްވާހަކައެއް… އަވަހަށްބުނޭ… އިރާދުކުރެއްވިޔާ ތިކަންކޮށްދޭނަން…” މާނޭވާ ލަމުން ޒިޔާދު ވާހަކަ ދެއްކިއެވެ. “ނިސާދުގެ ގާތުގަ ބުނޭ އަހަރެން ބުންޏޭ އާއެކޭ…. އަދި ބުނާތި އަހަރެން ބައްދަލުކުރަން ވެސް ބޭނުން ވާހަކަ…” ހަނާ ފަސްޖެހުމެއްނެތި ބުނެލިއެވެ. “ކޮށްތާކަށް އަންނާށޭ ބުނަންވީ” ޒިޔާދު އަހާލިއެވެ. “ބުނޭ ތުޑީކޮޅަށް އަންނާށޭ… އަހަރެން އިންތިޒާރު ކުރާނަމޭ…” ހަނާ މިހެންބުނެ ހިގައިގަތެވެ. ހަނާގެ ވާހަކަ ދެއްކުމުގާ ޖެހިލުންވުމެއްނެތެވެ. އެހާ ޖެހިލުން ކުޑަގޮތަކަން ހަނާއަށް ވާހަކަ ދެއްކުނީތީ ހަނާ ހައިރާންވިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެފަދަ ގޮތަކަށް މީހަކާ މުހާތަބްކޮށް ވާހަކަ ދައްކާފަ ނުވާތީއެވެ. ހަނާގެ އެފަށުވި ޖުމްލަތަކާއިގެން ނިސާދުގެ ކައިރިއަށް ދިޔުމަށް ޒިޔާދު އަވަސް ފިޔަވަޅު ތަކެއް އަޅަމުންދިޔައެވެ. ހަނާގެ އެއްމެ ޖުމްލައެއްގެ އެއްމެ އަކުރެއްވެސް އުނިކޮށްނުލާ ޒިޔާދު ނިސާދުއަށް ކިޔާދިނެވެ. ނިސާދު އުފާވިއެވެ. ޒިޔާދު ގައިގާ ނިސާދު ބައްދާލީ ރަހުމަތްތެރިޔާ ވެދޭ އެހީތެރިކަން ހަނދާން ނައްތާނުލާނަމޭ ބުނަމުންނެވެ. ނިސާދުގެ މަޑުމޮޅިކަމުގެ އަސްލަކީ ހަނާއެވެ.
ނިސާދު ތައްޔާރުވީ ތުޑިއަށްދާށެވެ. ހިތްއެދޭ ބައިވެރިޔާއާ ބައްދަލުކުރާށެވެ. “ޒިޔާ. ސައިކަލްގެ ތަޅުދަނޑި އެބައޮތްތަ؟” ކެއްމަދުވެފާހުރި ނިސާދު އަހާލިއެވެ. “އާނ… އެބައޮތް” މިހެންބުނެ ޖީބަގައޮތް ތަޅުދަނޑި ދިއްކޮށްލިއެވެ. ނިސާދު ސައިކަލްއަށް އެރުމުން ފަހަތުން ޒިޔާދު ވެސް އެރިއެވެ. ދެމީހުން އެކުގައި ތުޑިއަށް ދިޔައެވެ. ތުޑިއާހަމައަށް ދެވުމުން ނިސާދު ސައިކަލް ބަހައްޓާފަ ދުވެފަ އަތިރިމައްޗަށް ފޭބިއެވެ. ފަހަތުން ޒިޔާދު ވެސް ހިގައިގަތެވެ. ޒިޔާދުއަށް އަތިރިމައްޗަށް ފޭބުނުއިރު ނިސާދު ހުރީ ހަނާގާތުގައެވެ. އެހެންކަމުން ޒިޔާދު ކުޑަކޮށް އެއްގަމަށް އެރިއެވެ. “ކީއްވެ މިތާ ތިހުރީ. މީއެހެންޏާ ހަނާ ހުންނަތަނެއް ނޫނެއްނު.” ބުޑުގަޑަށް އިސާރާތް ކުރަމުން ނިސާދު ބުންޏެވެ. “ކަމެއްނުވޭ… އެހެންނޫނަސް ހީނުކުރާ ކިތަންމެ ކަމެއް ވެއެއްނު.. މިއަދު ހިތަށްއެރީ ހަމަ މިތާހުންނާނީއޭ!!” ހަނާ ޖަވާބު ދިނީވެސް ނިސާދު ހީނުކުރާ ގޮތަކަށެވެ. “ކިހާވަރަކަށް ވިސްނާފަތަ އާއެކޭ ތިބުނީ” ނިސާދުގެ ސުވާލާއެކު ހަނާ އިސްދަށަށް ޖަހާލިއެވެ. “ވަރަށް ބޮޑަށް ވިސްނާފަ” ލަދުންހުރެ ހަނާ ބުނެލިއެވެ. ހަނާގެ މި ޖުމްލައާއެކު ނިސާދު ހަނާއާ ގާތްވެލިއެވެ. ނިސާދުގެ ހޫނު ނޭވާ ހަނާއަށް އިހުސާސްވާހާ ކައިރިއަށެވެ. ނިސާދު ހަނާގެ ދަތްދޮޅީ ހިފާލާފަ މައްޗަށް މޫނު ހިއްލާލިއެވެ. ހަނާ ރަކި ގޮތަކަށް ހީލުމަށްފަހު މޫނު އަނެއްފަރާތަށް އަބުރާލިއެވެ. އަލަތު ލޯބީގެ މާތަށް ފޮޅުވަން ތިބިއިރު ވަގުތު ދިޔަގޮތް ވެސް ނޭގުނެވެ. ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އަތްތިލަބަޑީގެ އަޑުންނެވެ. ދެމީހުން އެކުގަ ބަލާލިއެވެ. ޒިޔާދު ދުރުގަ ހުރެގެން އަތުގެ އިސާރާތުން ދެން ނިމުނީ ކަމަށް ބުންޏެވެ. އެވަގުތު ހަނާ ނިސާދުގެ މޫނަށް ބަލާާލާފަ ހީލިއެވެ.
ނިސާދުގެ މޫނުމަތިން ފެންނަމުން ދަނީ އުފާވެރި ކަމެވެ. ހިތްހަމަޖެހުމެވެ. ދުވަހަކުވެސް ނުލިބޭ އެއްޗެއް ލިބުނުހެން ނިސާދުއަށް ހީވަމުން ދިޔައެވެ. ތެދެކެވެ. ހަނާ ނުލިބިގެން ނިސާދު ވަރަށް ދެރަވިއެވެ. ނަމަވެސް މިއަދު އެވަނީ އެތަށް ދުވަހެއްވަންދެން ފާރަލަމުން ދިޔަ ފިނިފެންމާ ހާސިލް ކޮށްފައެވެ. މަލުގެ ވަށައިގެން މާބުރެއް އެބުރެމުންދާ އުސޫލުން ނިސާދު ހަނާ ހަސިލް ކުރުމަށް އެބުރުނެވެ. މުގޯލި އެޅިއެވެ. ނުކައި ނުބޮއެވެ. ނިދުމެއް ކަމެއްނެތި އެވެ. ނަމަވެސް ދިގު، އެހެނަސް ކުރު އިންތިޒާރެއްގެ ނިމުން ކިހާފޮނި ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުން ދެއެވެ. ލޯބީގެ ބަގީޗާ ތަކުން ފޮޅެމުންދާ މާތަށް ގިނަވަމުން ދިޔައެވެ. ބައްދަލުކުރާ ރޭތަށް ގިނަވިއެވެ. އެރޭތަކުގައި ދެމީހުންވާ ވައުދުތަކާ އަހުދުތައްވެސް ގިނަވިއެވެ. މިހާރު ދެމިހުންނަކީ އެއްނޭވާގެ ދެމީހުން ކަމުގައި ވެގެން ހިގައްޖެއެވެ. ދެމީހުންވެސް ނިމިދާނީ ވަފާތެރި ލޯތްބެއް ވާކަން މުޅިދުނިޔެއަށް ހާމަކުރަމުން ކަމުގައި ބުނަމުންނެވެ. ކޮންމެ މީހަކުވެސް ލޯބިވާތާ ކުރީކޮޅު މިކަހަލަ ވައުދުތަކާ، އަހުދުތައް ވަމުންދެއެވެ. މީދުނިޔޭގެ އާދައެވެ.
20 Comments
Comments are closed.
v reethi mi vaahaka
ޝުކުރިއްޔާ ނީމް……
v reethi mi vaahaka..thihthi haadha molhey vaahaka liyan…:D
އަހަރެންނަކި ވާހަކަ ލިޔުމަށް މުޅިން އާ މީހެއް. އެކަމަކު އަހަރެން މަސައްކަތް ކުރަނީ އަހަރެންގެ ފެންވަރުން ރަގަނޅު އެއްޗެއް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް……….. ދެއްވި ހިޔާލަށް ޝުކުރިއްޔާ ހަޒް….
Reethi avahah apu kurahchey ingey
އިރާދުކުރެއްވިޔާ ވަރަށް އަވަހަށް އަނެއްބައި އަޕް ކުރާނަން…. ދެއްވި ހިޔާލަށް ޝުކުރިއްޔާ އަޒޫ….
varah reethi…like dis story
ދެއްވި ހިޔާލަށް ޝުކުރިއްޔާ ލިލީ…..
nimunytha…varah reethi…like this story
އަދި ނުނިމޭ…. ދެއްވި ހިޔާލަށް ޝުކުރިއްޔާ ލައި….
VV SALHI
ޝުކުރިއްޔާ ލީ……
V reethi avahah apkurahchey
އިރާދުކުރެއްވިޔާ ވަރަށް އަވަހަށް އަނެއްބައި އަޕް ކުރާނަން…. ދެއްވި ހިޔާލަށް ޝުކުރިއްޔާ ލޮލީ…..
nice stwry
Ohhh?? wow wow masha allah v v v rythi v furihama ?? nishaadhu ah kameh v kaman hykoh kiriyaa hiynuhuttuny!! Hehe ehaaves interesting stry when nxt prt avaskollachchey keep it up ly??❤❤❤???????
thanx khajja…. adhi nishad ah kameh nuvaane….
Vvvvvv Reethi ingey keeep it up?? when next part???
thanx aree
Meethi up vani kon dhuvasthakehga?