
“އަވްލީން….. އަވްލީން……” ގިފިލިތެރޭގައި އެއްޗެހި ދޮންނަން އޮތް އަވްލީންއަށް ވިޝިކާ ގޮވާ އަޑު އިވުމާއެކު އަވަހަށް ތެދުވެގެން ގިފިލިން ނިކުންނަން ދުއްވައިގަތެވެ. އަވްލީންއަށް ދޮރު ހުޅުވާލެވުނުއިރު ވިޝިކާ ދޮރާ އަރާ ހަމަވީއެވެ. “ދޭބަަލަ މިއަށް މެގްނަމެއް ގަނެގެން އަންނަން.” އަވްލީން އަތަށް 50ރުފިޔާ ދިއްކޮށްލަމުން ވިޝިކާ ބުންޏެވެ. މެންދުރުގެ ރަތްދައްކާ ގަދަ އަވީތެރޭގައި އެއްޗެހި ދޮންނަން އޮވެފައި ހަމަ އެ ހޫނުގައި މަގުމައްޗަށް ނިކުމެ ފިހާރައަށްދާން ހިނގައިގަތްއިރު އަވްލީންގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ނަމަވެސް އެ ޝަކުވާތައް ހިތުގައި ފުނިޖެހި ގިނަވުން ނޫންކަމެއް ނުވާނެކަން އަވްލީންއަށް ވިސްނެއެވެ. އެ ޝަކުވާތައް އަޑުއަހާ ހިތްވަރުދީ ރަހުމްކުރާނެ މީހެއް އަވްލީންގެ ނެތެވެ.
އުމުރުން އެންމެ 7އަހަރުގައި މައިންބަފައިން ނިޔާވީއްސުރެ ބޮޑުބޭބެގެ ހިޔާވަހިކަމުގެ ދަށުގައި އުޅެން މަޖުބޫރުވެފައިވާ އަވްލީންއަށް އުޅެންޖެހިފައިވަނީ ހިތްދަތި ދިރިއުޅުމެކެވެ. ހިތާމަތަކަށް ކެތަކުރަމުން ކަރުނަތައް އޮބަހައްޓަމުން ކުރިއަށްދިޔަ އަވްލީންއަށް އޭނަގެ ދިރިއުޅުމުގައި ކުރިއަށް ރޭވިފައިވާ ކަންތައްތައް އިނގޭނީވެސްފަހެ ކިހިނަކުން ހެއްޔެވެ؟ ބާރުބާރަށް ހިނގާފައިދިޔަ އަވްލީން ގޯޅިއެޅިވަގުތު އެ ގޯޅިން ނިކުންނަން އައި ޒުވާނާގެ ގައިގަ ނުޖެހި ސަލާމަތްވީ އެ ޒުވާނާގެ ހުށިޔާރުކަމުން އެއްފަރާތަކަށް ޖެހިލުމުންނެވެ. އިސްްއުފުލާ ބަލާލި ނަވާޒްއަށް ހުއްޓުން އަރާފަ ހުރެވުނީ ކުރިމަތިން ފެނުނު ހޫރުޕަރީއެއްފަދަ ރީތި އަންހެންކުއްޖާ ފެނިފައެވެ. އެއްވެސް މޭކަޕެއްނެތި ހުރި އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލަށް ނަވާޒަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ.
16 Comments!
Comments are closed.
Masha allah v rythi ekam haadhakurey when nxt prt avahan up kollaabala plx gud nyt???❤????
Thank yu khajja.
1st part veema evarah visnaanulevuny. Insha allah. Dhn huri part thah genesdheyny dhigukoh.. ??
Maa kuru ??
Sorry snow white. Dhn faharakun ragalhu kuraanan.. ☺️?
Mi den vahaka genes dey goi tha… ?? 3 line liyefa ninmaalaafa.. Anyway rythii vaanehen hyvey
Sorry & thank you curious. ??
Insha allah. Iff work kuraany curious menah kamudha reethi vaahaka eh genesdhevaythw ?
Haadha kitukoh v reethi
Thank you reet ?
Insha allah. Dhn faharakun ragalhuvaane ☺️☺️
Haadha kurukoh v reethi
Wooooow v v v rythi…. ekm thankolhei kuryy… when next part….
Interesting story akah vaane kamah umeedhu ?
Pls avahah up kolladhybaa.. dhigukoh.. vrh reethi vaanehen heeveyy??
Thankx laii ??
Dhn faharakun dhigukoh genesdheynan ???
Next part pending ga. Insha allah. Mirayga up vaane. ☺️☺️
Masha Allah v ves rythi. Ekam maa bodahves kury.
Same as my life.. Vrh reethi??❤️