“މިކަން ހިނގަހިނގާ ހުންނަ ނަމަ އަހުރެން މިއުޅެނީ އަހުރެންގެ ސިކުނޑި ގޮއްވާލަން.” އަހުރެން އެންމެ ފުލަށް ވެއްޓިއްޖެކަން ރޭކާލީ ހަގީގަތުގައި މި ބަސްތައް ބުނެވުމަށް ފަހުގަ އެވެ. އަހުރެން ހަމައެކަނި އެ ބަސްތައް ބޭރުކޮށްލީކީ އެއް ނޫނެވެ. އަހުރެން އޭގައި މާނަ ވެސް ހަރުލެއްވީމެވެ. އަހުރެންގެ ސިކުނޑި މާ ކުރިން ފެށިގެން ދިޔައީ، އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. ބައްޕަގެ ކުރީގެ އަތުބަޑި އަދިވެސް އޮތީ އަހުރެންގެ ހެދުން ކަފޭރާ ތެރޭގައެވެ. ބައްޕަ މަރުވުމުގެ ކުރިން، ބައްޕަ […]
އިރާދަ ކުރެއްވިއްޔާ މިވާހަކަ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން އަޕް ކުރާނަން އެދުވަހަކީ އަޅުގަނޑުގެ ހަޔާތުގަ ވަރަށް މުހިންމު ދުވަހެއް ވީމަ އެދޮވަހަށް މަޑު ކޮއްލުން އެދެމެވެ. އުންމީދު ކުރަން މިވާހަކަޔަށް އިންތިޒާރު ކުރާނެކަމަށް މިއީ ހިތާމަވެރި ލޯބީގެ ވާހަކައެއް ހާއްސަކޮށް އަންހެން ބޭފުޅުންނަށް ވިދާޅުވަން ވަރަށް ކަމުދާނޭ. ޝުކުރިއްޔާ ވަރަށް ލޯބިވޭ އަޅުގަނޑުގެ ވާހަކަ ވިދާޅުވާ ހުރިހާ ބޭފުޅުން ދެކެވެސް. އަލްޔާގެހަޔާތުން މިވެސް ދުވަހެކެވެ. އެފަކީރުގެ މުޅި ހަޔާތުގައި ވެސް މިނޫން ދުވަހެއް އަދި […]
“އަހަރެން މިގޮވަނީ ޝިއު އަކަށް ނޫން….. ޔާނީއަށް…..ޔާނީ އާދެބަ……” ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ފާޑަކަށް ހީގަނެގެން އިނދެ ޔަލްވީ މިހެން ބުނުމުންނެވެ. ޙަމްދަރުދީވާހާލު، އޭނާއަށް ބަލާލެވުނީ މިޝްޔާގެ އަތުގައި ހިފަހައްޓާލައިގެން ބިރުގެންފައި ހުރި އަޔާނީއަށެވެ. އަޔާނީ މިވަގުތު ބިރުގެންފައި ހުންނާނެވަރު އަންދާޒާކޮށްލަމުންނެވެ. އަޔާނީއަށް ބަލަހައްޓައިގެން ހުރި ޝިއުރީއަށް ހައިރާންކަމެއް ލިބިގެންދިޔައީ ލަސްފިޔަވަޅުތަކެއް އަޅަމުން އަޔާނީ ކުރިއަށް އަންނަން ފެށުމުންނެވެ. އަޔާނީއަށް އެފަދަ ހިތްވަރެއް ލިބުމުން އޭނާއަށް އަނގަ ހުޅުވައިގެން ހުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނީ ބިރުގެންފައި […]
މާލޭގެ ކާރޫބާރޫ ބޮޑު މަޖީދީމަގުން އެއްވަރަކަށް ދުއްވަމުންދިޔަ އަރޫންމެންގެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަވަހަށް އެމީހުންގެ މަންޒިލަށް ދެވޭތޯ މަސައްކަތް ކުރީއެވެ. މާވެޔޮމަގާއި ހަމައިން އަރޫން ޝަމާލް މެންނާއި ވަކިވީ މާހިލްމެންގެއަށް ދިއުމަށް ނިންމާފައި ވުމުންނެވެ. ޒިޔާދާ މަންޒިލްއާއި ހަމަޔަށް ދެވުމާއިއެކު ޝަމާލްއާއި ޖަޒްލާންއަށް އެކަކު އަނެކަކާދިމައަށް ބަލާލެވުނީ ހައިރާންވީވަރުންނެވެ. މުޅިގެހެން އެއްކޮށްވަނީ ދިއްލާފައެވެ. އެގޭގައި މީހުން ނޫޅޭވެސް މީހަކު ނުބުނާނެއެވެ. “އޫމް އަނެއްކާ.. ވަގެއް.. ” ޖަޒްލާން އެހެންބުނުމާއެކު އަވަހަށް ސައިކަލް ޕާކްކޮށްލާފައި އެތެރެއަށް ވަދެގެން […]
” އޭ.. އަހަރުން މިކޮޓަރި ބޭނުންވެއްޖެ.. ކެ ދޭ އެހެން ކޮޓަރިއަކަށް” މައިރާ އަމުރު ކޮށްލަމުން ބުނެލިއެވެ. ” މައިރާ ޕްލީޒް” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. އިތުރު ބަހެއް ބުނެވުމުގެ ކުރިން ޒިވާން ބާރަށް ހިނގާފައި އައިސް އަރުޝީގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ބޭރަށްލާ ތަޅުލީ އަރުޝީގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އަރުޝީއަށް މޭގައި އަތް އަޅާލެވުނީ ހިތުގައި ޖެހުނުވަރުންނެވެ. ގިސްލަމުން އަނގަމަތީގައި އެޅީ އެހެން މީހަކަށް އިވިދާނެތީއެވެ. މަޑުން މަޑުން ހިނގާފައި […]
ރީނާއާއި ސަމާއަކީ ދެބެންގެ ދެދަރި ދެބެންނެއްކަމަކު އެކުދިންގެ ގުޅުން އެއްބަނޑުއެއްބަފާ ދެކުދުން ނަށް ވުރެ ދުރުހެނެއް ހިޔެއް ނުވާނެއެވެ. އެއްކުއްޖެއްގެ ސިއްރު އަނެއްކުއްޖަކަށް އެނގޭނެއެވެ. ގޭގައި ކުރާ ލާނެތް ކަމެއްގައި ރާނާ ބެދޭ މަޅިއެއްގައި ސަމާވެސް ޖައްސާފައި ނޫނީ ރީނާ ހުއްޓައެއް ނުލާނެއެވެ. ދެކުދިން ބޮޑުވަމުން އައީވެސް ވަރަށް ލޯބި ލިބި ތަފާތު ކުރުމެއް ނުފެނި ސުލްހަވެރި މާހައުލެއްގައި ކަމުން އެކުދިން ނަށްވެސް ދަސްވެފައިވަނީ އެކުވެރި ކަމާ އެއްކުއްޖަކު އަނެއްކުއްޖަކަށް ދޫކުރުމުގެ އުސޫލެވެ. މާމަ ސަލްމާއަކީވެސް އުޅުން […]
ރިއާ.. ! ރިއާ..! ރިއާ..! ފަހަރަކަށްވުރެ ފަހަަރަކު ބާރުވަމުން ދިޔަ އަޑު ދިޔައީ ގަދަވަމުންނެވެ. ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ސިއްސައިގެންގޮސް ރިއާ އަށް ހޭލެވިއްޖެއެވެ. އޭސީގެ ފިނިކަން ކޮޓަރި ތެރޭ ހުރި ނަމަވެސް ހޫނުކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. ހެޑްބޯޑުގެ ބާލީސް ޖައްސާލުމަށްފަހު ހަމަޖެހިލައިގެން ޖައްސާލި ނަމަވެސް ރިއާގެ މޫނުމަތީން ފެންނަމުން ދިޔަ މާޔޫސްކަމާ ކަންބޮޑުވުން ބަލާލި މީހަކަށް ސިއްރުވެގެނެއް ނުވެއެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން އެމޫނުމަތީގެ ހާސްކަން ފޮރުވިގެން ނުދާ ކަހަލައެވެ. ބާލީސްދަށް […]
18 އޮގަސްޓް 2017 ވަނަ ދުވަހުގެ ބަޔާ ގުޅޭ…… އިމީގެ މޫނަށް ބަލައިލަމުން ހިޝާން އެއަތުގައި ހިފިއެވެ. ” ތިއީ ދޮންބެ ގެ ފްރެންޑެއްދޯ! އެކަމް މީގެ ކުރިން ނުދެކެން! މިގެއަކަށްވެސް ނާންނަމެއްނު!” އިމީ ހުރީ ހިޝާންއާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ހިޝާން ބޭނުންވީ އަވަހަށް އެގެއިން ނުކުމެގެން ދާށެވެ. އިމީ އޭނާގެ އަތުން ދޫކޮށްނުލައި އެހުރި ގޮތަށް ހުރުމުން އޭނާއަށް އެކަން ކާމިޔާބުވާގޮތް ނުވީއެވެ. “ސްކޫލް ނިންމި ގޮތަށް ލިބުނު، ސްކޮލާރޝިޕްގައި ކިޔަވަން އުޅެލާފަ، ނިންމާލިގޮތަށް […]
” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ. އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ […]