Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ވިހިވަނަ ބައި)

azzadhil Level 210 Stories100 Comments
August 23, 2017 4 Mins Read
20 Comments

 

” ތާރާ ނޯ.. އެއްވެސް މީހެއް ކައިރީ މިވާހަަކަ ނުދައްކާތި.. ޕްލީޒް… އަހަންނަށް ދުވަހުކުވެސް ކަމެއް ކޮށްދެންޏާ އެއްވެސް މީހެއް ކައިރީ ނުބުނާތި.. ހާއްސަކޮށް މަންމަ ކައިރީގަ” ތާރާއަށް ވިސްނާދެމުން އަރުޝީ ބުންޏެވެ. އަރުޝީގެ ވާހަކަ ވިސްނި ތާރާވެސް އަރުޝީ އެދުނު ގޮތަށް އެއްބަސްވިއެވެ.

” އަރުޝީ މެޑަމް… ހެލްޕް ބޭނުންވަނީމަ ތާރާ ކައިރީގަ ބުނަނީ.. ތާރާ ހެލްޕްވަނީ އެނގޭ..” ތާރާގެ މިޖުމްލައިން އަރުޝީއަށް ކުޑަ ހިތްވަރެއް ލިބުނެވެ. ތާރާގެ އެހީއާއި އެކު ޒިވާންގެ ކިބައިން އަރުޝީއަށް ސަލާމަތް ވެވިދާނެއެވެ. ކުރިން ފިލައިގެން ދާން ބޭނުންވިޔަސް މިހާރު އަރުޝީ ބޭނުންވަނީ ޒިވާންގެ ހަގީގަތް އެންމެންގެ ކުރިމައްޗަށް ގެންނާށެވެ. އެގޮތުން އެންމެ ފުރަތަމަ ޖެހޭނީ ޒިވާންގެ ފޯނުގައިވާ އޭނާގެ ބައްޕަ މަރާލި ވީޑިއޯ ހޯދާށެވެ. އެއަށްފަހު ދެން ބޭނުން ވަނީ އެ ހެކި ފުލުހުންނާ ހަމައަށް ގެންގޮސްދޭނެ މީހެކެވެ. ޒިވާން ވަނީ އަރުޝީއަށް ގެއިން ނިކުތުން މަނާކޮށްފައެވެ. ނަމަވެސް ތާރާއަށް އެކަން ކުރެވިދާނެއެވެ.
” ތާރާ ވަރަށް ބޮޑު ކަމެއް ކޮށްދެން ވެއްޖެ.. އެކަމަކު މިވަގުތަކު ނޫން.. އަހަރެން ބުނާނަން… ” ލޮލާއި ކޮލުގައިވާ ކަރުނަތައް ފޮހެލަމުން އަރުޝީ ބުނެލިއެވެ.
” ވަރަށް ބޮޑަށް ޝުކުރިއްޔާ ތާރާ.. މިހާރު މާލަސްވެސް ވެއްޖެއްނު.. ތާރާވެސް ނިދާލާ.. އަހަރެންވެސް މިދަނީ ނިދާލެވޭތޯ މަސައްކަތް ކުރަން.. މާދާން އެއީ ބޮޑު ދުވަހެއް.. އިރާދާކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާން ދެން މާގިނަ ދުވަހެއް ނުނަގާނެ” އަރުޝީގެ ޖުމްލަތަކުން ތާރާ އަށް ހިނިތުންވެވުނެވެ. އަރުޝީވެސް ހީލަމުން ތާރާ ކޮޓަރިން ނިކުމެގެން ގޮސް މަރިޔަމް ކޮޓަރިއަށްވަދެ އެނދުގެ ބިއްދޮށައް އަރާ ކުޑަކޮށް މަރިޔަމް ގައިގާ ބައްދާލަމުން ލޯމަރާލިއެވެ.

އެނދުގައި ޒިވާން ދެކޮޅުދެކޮޅަށް ފުރޮޅިލާ އޮތީ ނުނިދިގެންނެވެ. މިރޭ ނިދި ޒިވާން އާއި މާދުރުގައިވާ ކަހަލައެވެ. އަރުޝީގެ ތުންފަތް ޖެހުނު ތާނގައި އަދިވެސް އެއިހްސާސް ހުރި ކަހަލައެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ޒިވާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހިނދުކޮޅެވެ. އެހިނދުކޮޅުގައި ވީ މީގެ ކުރިން ދުވަހަކުވެސް ޒިވާން އަށް ނުވާ ގޮޮތްތަކެވެ. އަރުޝީގެ އެ’ކިސް’ މުޅިން ތާފާތެވެ. އެހިނދުކޮޅު ގައިމުންވެސް ޒިވާންގެ ހިތާ ކުޅެލައިފިއެވެ. އެކަމާ ވިސްނި ވަރަކަށް އެކަމަށް ބޭނުންވާލެއް ބޮޑުވަމުންދިޔައެވެ. މައިރާ ނެތީމާ ވާގޮތޭ ހިތަށް އަރާފައި ޒިވާންގެ ހިތްހަމަ ޖައްސާލިއެވެ. އަދި އެނދުކައިރީގައި ބެހެއްޓިފައިވާ ކުޑަމޭޒުމަތީގައި އޮތް ފޯނުނަގައި މައިރާއަށް ގުޅާލިއެވެ.
** ** **
އަނެއް ދުވަހު އިރު އެރުމާއެކު އަރުޝީ ކޮޓަރިން ނިކުތީ އާ އަޒުމަކާ އެކުއެވެ. ޒިވާންގެ ކޮޓަރިއާއި ދިމާއަށް އަރުޝީ ދިޔައިރު ރައިހާނާ ބަދިގޭގައި ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އުޅެއެވެ. އަރުޝީ ރައިހާނާއަށްވެސް ނުފެންނާނެހެން މަޑު ފިޔަވަޅުތަކަކާއެކު ސިއްރު ސިއްރުން ގޮސް ޒިވާންގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު އަނބުރާލާފައި ކުޑަކޮށް ދޮރު ހުޅުވާލާފައި އެެތެރެ ބަލާލިއެވެ. އޭރު ތުވާލި ހިފައިގެން ޒިވާން ފާހާނައަށް ވަންނަނީއެވެ.
ޒިވާން ފާހާނައަށް ވަންތާ އިރުކޮޅެއް ފަހުން އަރުޝީ ހަމައެކަނި ފައިގެ އިނގިލިތައް ޖައްސައިގެން މަޑުފިޔަވަޅުތަކެއްގައި އެކޮޓަރިއަށް ވަނެވެ. އެއަށްފަހު ޒިވާންގެ ފޯނު ހޯދަންފެށިއެވެ. ފޯނު އޮތީ އެނދުގެ އަރިމަތީ ކުޑަ މޭޒުމަތީގައި ބާއްވާލާފައެވެ. އަރުޝީ އަވަހަށް ގޮސް އެފޯނު ނަގާ ހުުޅުވަން އުޅުނެވެ. ނަމަވެސް އޭގައި ޕާސްވޯރޑެއް ޖަހަން އިނުމުން އަރުޝީއަށް އޭތި ހުޅުވޭ ގޮތެއް ނުވިއެވެ. އެހެން ކަމުން ފޯނު އޮތްތާނގައި ބާއްވާފައި އެނދުމަތީގައި އޮތް ޒިވާންގެ ލެޕްޓޮޕް ނެގިއެވެ. ފޯނާއި ހިލާފަށް ލެޕްޓޮޕް ފަސޭހަ ކަމާއިއެކު ހުޅުވިގެން ދިޔައެވެ. އެއަށްފަހު އަވަސް އަވަހަށް ޒިވާން އާއި ހިލާފަށް ބޭނުން ކުރެވޭނެ ހެއްކެއް ހޯދަންފެށިއެވެ. ނަމަވެސް ބަދަލުގައި އަރުޝީއަށް ފެނުނީ މުޅިން އެހެން އެއްޗެކެވެ. ޒިވާން އާއި މައިރާ ލިފްޓި ތެރޭގައި ގައިގޯޅިވާ ވީޑިއޯއެކެވެ. އައިދަންވެސް އަރުޝީއަށް ދައްކާފައި ވަނީ ހަމަ މިވީޑިއޯއެވެ. ނަމަވެސް އޭގައި ޒިވާންގެ ބަދަލުގައި ވަނީ ކައިސަން އެވެ. މާގިނައިރެއް ނުވެ އަރުޝީއަށް ކައިސަންގެ ވީޑިއޯވެސް ފެނުނެވެ. އެވީޑިއޯ ރަނގަޅަށް ބަލާލުމުން އެއީ ހަދާފައި އިން ވީޑިއޯއެއް ކަން އަރުޝީއަށް އެނގިގެން ދިޔައެވެ. ކައިސަން އާއި އަރުޝީ ޖެއްްސުމުގެ ގޮތުން ޒިވާން ކުރިކަމެއް ކަން އަރުޝީއަށް އެނގުނެވެ. އެހެން ވީޑިއޯއެއް އަޅުވާލުމާއެކު އެވީޑިއޯއިން ފެނުނު މަންޒަރުން އަރުޝީއަށް ހައިރާން ކަމެއް ލިބުނެވެ. އޮފީހުގެ ކެބިން އަކަށް ވަން ކައިސަން އެތަނުން ކޮންމެވެސް ފައިލެއް ހޯދަން މަސައްކަތް ކުރަނީއެވެ. އެވަގުތު ނޫކުލައިގެ ފައިލެއް ކައިސަންއަށް ފެނުމުން ފައިލް ހުޅުވާލައި އޭގައިވާ އެއްޗެއް ކިޔަންފެށިއެވެ. އެއާއެކު ކައިސަންގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފެންނަން ފެށިއެވެ. އެއަށްފަހު ފައިލް ލައްޕާލުމަށްފަހު އެހިފައިގެން އެކެބިން އިން ނިކުތް އިރުވެސް އެމޫނުމަތީގައި ވަނީ ހާސްކަމާއި ރުޅިވެރިކަމެވެ.

ވީޑިއޯތައް ބަލަން އިން އަރުޝީ ސިއްސައިގެން ދިޔައީ ކުއްލިއަކަށް އައިސް ޒިވާން އަރުޝީގެ އަތުގައިވާ ލެޕްޓޮޕް އަތުލުމުންނެވެ. އަރުޝީއަށް އިންތަނުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ބާރަށް ހިނގާފައި އެތަނުން ނިކުންނަށް އުޅުނު ވަގުތު ޒިވާން އެއަށްވުރެ ކުރިން ގޮސް ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ.
” އެހާ ފަސޭހައިން ސަލާމަތް ވާނެ ކަމަށް ހީނިކުރައްޗެ.. މިއަދު ތިކުރީ އަހަންނަނށް މައާފުކުރެވޭނެ ކަހަލަ ކަމެއް ނޫން” ހަމައެކަނި ތުވާލި އަނދެގެން ހުރި ޒިވާން ބުނެލިއެވެ. އަރުޝީ އެދިމާއަށް ލަދުން ބަލަން ނުކެރިފައި ހުއްޓެވެ.
” އަހަރެން ނޫޅެން ކޮންމެހެން ކަލޭގެ މައާފު ނުލިބިގެނެއް..” އެހުރިގޮތަށް ހުރެ އަރުޝީ ވާހަކަ ދެއްކިއިރު އެއަޑުގައި ވަނީ ފޫހިކަމެވެ.
” ކަލެއަށް ފެނުނީ ކޯންޗެއް އޭގެން؟” އެނގެން ބޭނުންވާ ގޮތަކަށް ޒިވާން ބުންޏެެވެ.
” ޒިވާން ދައްކަން ބޭނުންނުވާ އެތައް އެއްޗެއް ފެނިއްޖެ.. އަހަރެންގެ ކައިސަންގެ ކުށެއް ނެތްކަންވެސް އެގިއްޖެ.. ކަލޭގެ ހިންގި ހަޑި މުޑުދާރު އަމަލުތައްވެސް ފެނިއްޖެ.. ކަލޭގެ އަނބަކަށް ވިތީ ދެރަވެ ހިތާމަ ކުރަން.. އަހަރެން ދުއާ އަކީ ތިކަހަލަ ނުބައި ނުލަފާ މީހެއްގެ ކިބައިން އަހަރެން ސަލާމަތް ކޮށްދެއްވުން” އަރުޝީގެ ޖުމްލަތައް ޒިވާންއަށް ހަޖަމެއް ނުކުރެވުނެވެ. ކުއްލި ހަރަކާތަކާއެކު އަރުޝީގެ ކަރުގައި ހިފާ ދޮރުގައި ޖައްސާ ބާރުކޮށްލިއިރު ރުޅިއަިއސްގެން އެދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ.
” އޭ މާ އަނގަ ގަދަވެގެން އުޅޭނެ ކަމެއް ނެތް.. ކަލެއަށް އަހަރެންގެ ކިބައިން ސަލާމަތް ވެވޭނީ އަހަރެން ކަލޭ ދޫކޮށްލި އިރަކުން… ” ދަތްކުޑިވިކައިގެން ހުރެ ޒިވާން ބުނަމުން ދިޔައިރު އަރުޝީ ނޭވާ ހާސްވެ ތެޅި ފޮޅެނީއެވެ. އެންމެ ފަހުން އަރުޝީގެ ދެލޯ ބޮޑުވެ ނޭވާކުރުވާހެން ހީވާން ފެށުމުން ޒިވާން އަރުޝީ ކަރުން ދޫކޮށްލާ އެނދުމައްޗަށް ޖެހިއެވެ. އަރުޝީ ކެއްސަމުން ނޭވާ ހަމައަކަށް އަޅުވަމުން ދިޔައިރު ޒިވާން އަވަސް އަވަހަށް ޖިންސަކާ ގަމީހެއް ލައިގެން އޮފީހަށް ދާން ތައްޔާރުވެލިއެވެ.
” ކަލެއަށް އަނިޔާ ކުރުން ނޫން ކަމެއް ނޭނގެނީތަ… އަންހެނުންނަށް އަނިޔާ ނުކުރާނެ ހަގީގީ ފިރިހެނެއް…” އަރުޝީގެ މިޖުމްލައާއި އެކު ޒިވާން އެއައި ގޮތަށް އައިސް އަރުޝީގެ އަނގަމަތީގައި ގޮށްމުށުން ޖެހިއެވެ. އަރުޝީއަށް ވީތަދުން އަނގަމަތީ އަތް އެޅިއެވެ. އެއަށް ފަހު އަތް ނަގާ އަތް ބަލާލިއިރު ދެތުންފަތް ފަޅައިގެން ގޮސް ލޭއައިސްފައި ހުއްޓެވެ.
” ކޯންޗެކޭ ހިތަށް އަރައިގެން ތިއުޅެނީ.. ތިގަޮތަށް އަނގަ ތަޅުވަންޏާ މާރިއްޗެއް ނުވާނެ.. ތިހެން އަހަރެން ރުޅި އަރުވަންޏާ މިގެއިން ނެރޭނީ ކަލޭގެ މަރުވެފައިވާ މަސްގަނޑު” އަރުޝީގެ އަތުގެ ފަލަމަސްގަނޑުގައި ހިފާ ނަގަމުން ޒިވާން ބުންޏެވެ. އެއަށްފަހު އަނެއްކާވެސް އަރުޝީ އެނދުމައްޗަށް ދޫކޮށްލަމުން ލެޕްޓޮޕާއި ފޯނު ހިފައިގެން ކޮޓރިން ނިކުމެ ބޭރުން ތަޅުލިއެވެ. ކަރާއި އަނގައިގާ ހިފަހައްޓަލައިގެން އަރުޝީގެ ކޯތާފަތް ތެމިގެން ދިޔައީ ޒިވާން ނިކުމެގެން ދިއުމުންނެވެ. ހަނދާން ވަމުން ދިޔައީ އައިދަން އަރުޝީއަށް ކައިސަންގެ ވީޑިއޯ ދެއްކުމުން އަރުޝީއަށް ރޮވުނު ވަރެވެ. ކައިސަން ބޭވަފާތެރިވީ ކަމަށް ހީކޮށް ހިތާ ހިތުން ކައިސަން އާއި ދޭތެރޭ ކުރެވުނު ޝަކުވާ ތަކެވެ. ކައިސަން އާއި މެދު އަރުޝީއަށް ހީކުރެވުނު ގޮތެވެ. ހިތާ ހިތުން އަރުޝީ ކައިސަންގެ ކިބައިން މައާފަށް އެދެން ފެށިއެވެ. އަދި މާތްﷲގެ ކިބައަށް ދެރަކުއަތް ނަމާދެއް ކޮށް ނޭނގިނަމަވެސް އަރުޝީއަށް ކުރެވުނު ފާފައަށް ތައުބާވިއެވެ.

މެންދުރުވެގެން ދިޔައިރުވެސް ޒިވާން ކޮޓަރި ހުޅުވާކަށް ނައެވެ. އަރުޝީ ބަނޑުހައިވެސް ވެއްޖެއެވެ. ތާރާއަށް ގުޅާފައި ބުނެވޭނީވެސް އަތުގައި ފޯނެއް އޮތް ނަމައެއް ނޫން ހެއްޔެވެ. އަވަސް ކުރަންވެގެން އާދެވުނީވެސް ކޮޓަރީގައި ފޯނު ބާއްވާފައެވެ. މަރިޔަމްވެސް މިހާރު އޮންނާނީ ބަނޑުހައިގެން ހަލާކުވާވަރުވެފައެވެ. މިހުރިހާ ކަމަކާ ވިސްނާލުުން އަރުޝީ ބޯގޮވާ ވަރުވިއެވެ.

އަރުޝީ އަސުރު ނަމާދުން ފޭބިތަނާހެން ކޮޓަރީ ދޮރު ހުޅުވާލާފައި އެެތެރެއަށް ވަނީ ރައިހާނާއެވެ. އޭރު ރައިހާނާގެ އަތުގައި މޮޑެފައިވާ ބަތްތައްޓެއް ހުއްޓެވެ. ރައިހާނާ ފެނުމުން އަރުޝީ ގޮސް ރައިހާނާ ގައިގާ ބައްދައިގަތެވެ. އަދި ޒިވާންގެ ހުރިހާ އަމަލެއްގެ ވާހަކަ ރައިހާނާ ކައިރީގައި ބުނަން ނިންމިއެވެ.

” ދަރިފުޅު ކިހިނެއްތަ މިހާރު.. މިތާ އިށީނދެބާ.. ތުންފަތުގަ ރިއްސާތަ އަދިވެސް” އަރުޝީގެ ދުޅަވެފައިވާ ތުންފަތަށް ބަލާލަމުން ރައިހާނާ ސުވާލުކުރިއެވެ. ހަމައެވަގުތު އަރުޝީގެ ކަރުގައި ރަތްވެފައިވާ ތަންގަނޑު ފެނުމުން ވެސް ރައިހާނާ ހިތުގައި ރަހުމް އުފެދުނެވެ.
” މަންމާ.. ޒިވާން.. ޒިވާން އަހަނ” އަރުޝީގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
” މަންމައަށް އެނގޭ.. ޒިވާން މިއަދު މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދީފި.. ދަރިފުޅު ހާސްނުވޭ ވަރަށް އަވަހަށް ރަނގަޅުވާނެ އިންޝާﷲ..” ރައިހާނާގެ ވާހަކަ ތަކުން އަރުޝީއަށް ލިބުނީ ހައިރާން ކަމެކެވެ. އަމިއްލައަށް ކުރި ނުބައި ކަންތައް ހަމަ ރަނގަޅަށްވެސް ޒިވާން ރައިހާނާއަށް ކިޔައިދިނީހެއްޔެވެ،.
” މަންމައަށް އެނގޭތަ ޒިވާން…” މިފަހަރުވެސް އަރުޝީއަށް ޖުމްލައެއް ފުރިހަމައެއް ނުކުރެވުނެވެ.
” މަންމަ ކައިރީ ޒިވާން ބުނެފިއޭ އަރުޝީއަށް ނަފްސާނީ ގޮތުން އަސަރުކޮށްގެން އުޅޭ ވާހަކަ.. އެނގޭ އެއީ ވަރަށް ވޭން ހުރި ބައްޔެއްކަން.. ” ރައިހާނާގެ ޖުމްލައާއި އެކު އަރުޝީއަށް ލިބިފައިވާ ހައިރާންކަން އިތުރުވިއެވެ.
” ކީކޭ ޒިވާން ބުނީ..” ހައިރާން ކަމެއްގެ މަތީގައި އިނދެ މަޑުމަޑުން އަރުޝީ އަހާލިއެވެ.
” ޒިވާން ބުނި އެދުވަހު ހުން އައިފަހުން އަރުޝީ އަށް ނަފްސާނީ ގޮތުން އަސަރުކުރި ވާހަކަ..ރޭގައި ނިދީގައި އޮވެ އަމިއްލަ ކަރުގައި ހިފާ މަރުވަން އުޅުުނު ގޮތައި ފާހާނައިގައި ފެންވަރަވަރާ ހުރެފައި ހަޅޭއްލަވައިގެންފައި ނިކުންނަވެގެން ކައްސާލައި ތުންފަތް ފަޅައިގެން ދިޔަ ވާހަކަ” ރައިހާނާ އަރުޝީ ބޮލުން ފިރުމާލުމާއެކު އަރުޝީއަށް ދެބުމަ ކައިރިކޮށްލާ އިންތަނުން ތެދުވެވުނީ ޒިވާންގެ މަކަރުވެރިކަން ހައްދުފަހަނައަޅައި ގޮސްފިކަން އިހުސާސްވުމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (1)

Next

ދިހައެއް ( ފަހު ބައި )

Next
August 23, 2017

ދިހައެއް ( ފަހު ބައި )

Previews
August 23, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (1)

20 Comments!

  1. azzadhil says:
    August 23, 2017 at 6:05 pm

    before nay comment i want to make a confession.. i am azzadhil AKA hayyu.. Aisha was written by me. aslu ehen id eh mee.. mivaahaka amilla namuga liyan beynuvaathy name azzadhil ah badhalukohly..

    so.. heekuran mibaives hurihaa kudhinnah kamudhaane kamah..

    1. meehun says:
      August 25, 2017 at 12:15 pm

      “mi hiy ebathelhey kalaa ah huwaa” mi vaahaka next part up vaany kon dhuvahaku.

  2. Xaan says:
    August 23, 2017 at 6:05 pm

    First dhw

  3. Reem says:
    August 23, 2017 at 6:19 pm

    Nice. When next part

  4. Mai says:
    August 23, 2017 at 6:59 pm

    Gud… hayyu ge vaahaka eh kiyaalaa hithun hury vx…vrh vythi mivaahaka vx…ekm aisha aee hama bst…avahah up khdhehchey… luv your strys… ?????

  5. Reet says:
    August 23, 2017 at 7:23 pm

    Haadha kurukoh

  6. khajja says:
    August 23, 2017 at 8:00 pm

    Masha allah v v v rythi when nxt prt v wait avahah up kolladhybala, ohhh zivaan? thy alhe insaaneththa? Thyhaadhahaa goiykudamyhekey dhw kaleyge kanthah raikhaanaa ah engeydhuvahun vaany kihineiybaa? Alhe hivvaru kollaafa raihaanaa kairy bune bala arushy ehennoony thaaraa ah keiynuvegen bunan nukerenyaa dhakkabala zivaan arshy ah aniyaakuraathan raihaanaa ah alhe avahah up kollabala plx plx ly????❤❤❤?????????????

  7. Aishath Lewsher says:
    August 23, 2017 at 8:08 pm

    ?????????????????????❤❤?❤❤??❤❤??❤???????❤??????❤??????❤????❤????❤?????❤???????????❤?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  8. shahoo says:
    August 23, 2017 at 8:10 pm

    mi part vs v salhi bt maa kury

  9. anm says:
    August 23, 2017 at 8:21 pm

    V salhi.

  10. Shifu says:
    August 23, 2017 at 8:40 pm

    Haadha kurey. Dhen thivarah nuthalhuvaa aneh part avas kohladhee

  11. Ammaar says:
    August 23, 2017 at 9:03 pm

    V intresting …keep it up???

  12. Sidhu says:
    August 23, 2017 at 9:58 pm

    V nice. ..arushy thihaa fidi nuve zivaan bust kohlaa haiyaru kurey. …arun hunnane jail ga amilayah Aniyaa kohkoh. ….when next part

  13. Juvey says:
    August 23, 2017 at 10:24 pm

    V sad vey arushee ah zivaan hadhaa gothun ..avahah aarav ahna nama dww..story is gd

  14. Amin says:
    August 23, 2017 at 11:37 pm

    Nice

  15. Adha? says:
    August 24, 2017 at 10:11 am

    Mi part ves varah salhi❤❤ but kuruhen heevey…

  16. Kamana says:
    August 24, 2017 at 11:25 am

    Ey hayyu.. aisha vaahaka nuves ninman dho. Evaahaka ves e ee varah reethi vegen kee vaahaka eh. Ok dhen ekam mivaahaka migothah kiyan livenyaa.. varah reethi mi part ves..

    1. Azza says:
      August 24, 2017 at 12:13 pm

      Aisha vaahaka nimifa iny

  17. Roo says:
    August 24, 2017 at 1:36 pm

    Wow….waiting 4 nxt part….?

  18. bata says:
    August 24, 2017 at 9:59 pm

    alhey kobaatha next part waiting

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (އެކާވިސް ވަނަ ބައި)←


All Right Reserved!