Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ތޭރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 23, 2017 8 Mins Read
27 Comments

ކުއްލިއަކަށް ތިން މީހުންގެ ނަޒަރު ގޮސް ހުއްޓުނީ ހުޅުވާލާފައި ހުރި ދޮރުމައްޗަށް އައިސް ހުއްޓުނު ފުލުހުންގެ ދެމީހުން ފެނިފައެވެ.

ފީރޯޒާ އަށް އިންތަނުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. ކައިރީގައި ހުރި އާސިރުގެ އަތުގެ މުލައްދަނޑީގައި ހިފާލެވުނީ ޖެހިލުންވީ ވަރުންނެވެ. ބިރުގަނެފައި ހުރި އިރުފާން ކުރިއަށް ޖެހިލީ ފުލުހުން އެމީހުން ދިރިއުޅޭ ގެއަށް އަންނަން ޖެހުނު ސަބަބެއް އޮޅުންފިލުވަން ބޭނުންވެގެންނެވެ.

“އައްސަލާމް އަލައިކުމް. އަޅުގަނޑަށް ކިޔަނީ ޕޮލިސް ކޯޕްރަލް ހުސައިން ނަސާއީ އިމާދު. މި އިމާރާތާއި ޖެހިގެން ހުރި އިމާރާތުގެ ތިންވަނަ ފްލޯރގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ. އަޅުގަނޑުމެން އިޝާރާތެއް ކޮށްލީމާ ފަހަރެއްގައި ތިޔަ ބޭފުޅުން ތަން ދޫކޮށް ނިކުނަން ޖެހިދާނެ. އަދި ގޭގައި ތިބޭ. މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން. އެމައުލޫމާތު ޙިއްސާ ކޮށްލަން  މިއައީ” ފުލުސް މީހާ އިރުފާނާއި ސަލާމް ކޮށްލަމުން ނިކުމެގެން ދިޔުމުން އޭނާ ފަޒާ ތެރެއަށް ދޫކޮށްލީ ފުން ނޭވައެކެވެ. މިހުރިހާ ިއރު އޭނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އާސިރު އާއި ފީރޯޒާ ވެސް ނަފްސު ހަމައަކަށް އަޅުވާލަމުން އަލުން ގޮނޑީގައި އިށީނދެލިއެވެ.

“ކޮންކަމަކާ މަންމަގެ މޫޑް ގޯސްވެފަ” ކޮޓަރި އަށް އައިސް ވަން ރަޔާހިނަށް އެނދުގައި ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައި އިން އިރުފާން ކައިރީގައި އަހާލިއެވެ.

“ކިހިނެއްވީ؟ މަންމަ މޫޑް ގޯސްވެފަތަ ހުރީ… ތި ވާނީ ބަލި ކަމަށް” އިރުފާން އޭނާ ކުރަމުން ދިޔަ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ރަޔާހީނަށް އިއްވާލިއެވެ.

“ނޫން އަހާލިން ބަލީހޭ. ބުނީ ނޫނެކޯ. އެހެންނޫނީ ބުނާނެ ތަނެއްގައި ރިއްސާލިޔަސް. މިއަދު އެހެން ދުވަސްތަކާއި ތަފާތު. އިއްޔެގަ މާމަގެއަށް ދިޔައިރު ގޭތެރޭގެ ހާލަތު ރަނގަޅު. އެކަމު މިއަދު….. ކަމެއް ސިއްރުކުރަނީތަ މަށަށް” ރަޔާހީން އިރުފާންގެ މަގަތުން އިށީންނަމުން އަހާލިއެވެ. އިރުފާން ރަޔާހީނަށް ބަލާލީ އެވާހަކައަށް ޝައުގުވެރިވެފައިވީ ވަރުންނެވެ. ކޮންމެސް އެއްޗެއް ބުނެގެން ރަޔާހީންގެ ސުވާލުތަކަށް ހުއްޓުމެއް ގެންނަން ބޭނުންވިއެވެ.

“ކީއްވެ ތިހެން ތިބުނީ. ކީއްވެ ދޫނި އަށް ކަމެއް ސިއްރުކުރަންވީ… ގޭތެރޭގައި ކަމެއްވިއްޔާ ހީން އަށް ވެސް ނޭނގިއެއް ނުދާނެ” އިރުފާން ރަޔާހީން ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ.

“މަންމަ މިއަދު ހުރީ ފާޑަކަށް. ރާނޯ އާއި އޯލާ ވެސް ތިބީ ފާޑަކަށް. ނުކެރުނު އަހާލާކަށް ވެސް” ރަޔާހީން އަދިވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ހަޤީޤަތުގައި އެގޭތެރޭގައި ވީ ކަމެއް ރަޔާހީނަށް ނޭނގޭއެވެ. އާބިދާާ ބަލިވެގެން އިއްޔެގަ އެއްކޮށް ކަހަލަ ގޮތަކަށް އޭނާ ހޭދަކުރީ ގެއިން ބޭރުގައެވެ.

“އޯވް…. ހެހެހެ…. ތިހެން ބުނީމަ މިހަނދާންވީ….. ރާނޯ އާއި އޯލާ ކޮންމެސް ކަމެއް ކޮށްގެން މަންމަ ކަޓާފައި އެހުރީ. އިއްޔެގަ ވަރަށް ހަޅޭއްލެވި އެމީހުންނަށް. އެވާނީ އެދެމީހުންނަށް ވަރަށް ބޮޑު ކަމެއް ކުރެވުނީކަމަށް. އެހެންނޫނީ މަންމަ އެއީ އެގޮތަށް ނޯކަރުންނަށް ބަވާ މީހެއް ނޫން. ހީން އަޅާނުލާ… ޖެހުނު މައްސަލައެއް މަންމަ އަމިއްލަ އަށް ހައްލުކުރާނެ” އިރުފާން ދެއްކި ވާހަކަތައް ގާތްގަނޑަކަށް ރަޔާހީން ޤަބޫލު ކުރިއެވެ.  ނަމަވެސް އޭނާގެ ސިކުނޑީގެ އެއް ކަނަކުން އަދި އެއީ ތެދެއް ނޫންކަމަށް ބުނަމުން ދިޔައެވެ.

ގަޑިން އެގާރަޖެހި ވަގުތު ހީން ގެއިން ނިކުތީ ވަކި ތަނަކަށް ދިޔުމަށް އޭނާ ސިކުނޑީގައި ރާވާލަމުންނެވެ. އިރުފާން އަދި ގެއަށް ނާންނާތީ އެކަން ކުރަން ރަޔާހީނަށް ފަސޭހަވެގެން ދިޔައެވެ. ފީރޯޒާ ވެސް ފައިގަ ރިއްސާތީ މިރޭ ތަންކޮޅެއް އަވަހަށް ކޮޓަރިއަށް ވަދެއްޖެއެވެ. ގޭތެރޭގައި ޖެހިފައިވާ މައްސަލަގަނޑަށް އަދިވެސް ހައްލެއް އައިކަމުގެ ނިޝާނެއް ނުފެނެއެވެ.  ވިސްނުމެއްގައި ހުރެ ދެކޮޅު ބަލަމުން ދިޔަ ރަޔާހީން ވެއްޓެންދިޔަ ވަގުތު ބާރުގަދަ ދެއަތަކުން އޭނާ ވެއްޓުނަ ނުދީ ސަލާމަތްކުރިއެވެ. އަނގައިން ކުޑަ އަޑެއް ބޭރުވިޔަ ނުދިނުމަށް ރަޔާހީން އޭނާގެ އަނގަމަތީގައި އަތް އަޅާލުމަށްފަހު އަޑު ކޮންޓްރޯލް ކުރިއެވެ. ހަމަ އެހިނދު އެނާގެ ދެބުމަށް ގޮށްޖަހާލާ ކުރިމަތިން ފެންނަން ހުރި މީހާ އަށް ލޯ އަލާލިއެވެ.

“ބަލައިގެން އުޅެބަލަ ލޯބިގަނޑާ” މާކިލް ރަޔާހީންގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ. މާކިލް ގެ އަތް ފޮޅުވާލަމުން ރަޔާހީން އިހުނަށް ވުރެ ވެސް ބޮޑަށް ލޯއަޅާލިއެވެ. އެކަން މާކިލް އަށް މަޖާ ވުމުން އިތުރަށް ރަޔާހީން ރުޅި އަރުވާލާހިތްވިއެވެ.

“ކޮންތާކަށް ތިދަނީ. މީ އެއްވެސް މީހެއް ގެއިން ބޭރަށްދާ ވަގުތެއް ނޫނެއްނު” މާކިލް ބުނެލިއެވެ.

“ކަލެއަށް ކީތް؟ ނުބެހޭ ކަންތަކާއި ނުބެހި ހުރީމަ ނިމުނީ….. އޯވް ސޮރީ….. ދަރިފުޅު ދޭ ނިދަން. މަންމަ މިތާ ޖޯލީގަ މަޑުކޮށްލާނަން ބައްޕަ އަންނަދެން. ދަރިފުޅަށް ނޭނގުނަސް މިރޭ މީ މަންމަ އާއި ބައްޕަގެ ކައިވެންޏަށް 6 މަސް ފުރޭ ރޭ.. މިރޭ ކުޑަކަމެއް އޮތީމަ. އަވަހަށް ދޭ” ރަޔާހީން އެގޮތަށް ޖަވާބުދީފާނޭ ކަމަކަށް މާކިލް ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ. އޭނާ ކައިރިއަށް އައި ރުޅިން ހިފީ ރަޔާހީން އަތުގެ މުލައްދަނޑީގައެވެ. އެއަށްފަހު ގާތަށް ދަމާލުމާއެކު ރަޔާހީން އައިސް ތަތްވީ މާކިލްގެ މޭގައެވެ. އެވަގުތު ރަޔާހީން ރުޅި އަޔަސް މޫނުމަތިން އެކަން ހިންދާލިއެވެ. އޭނާ ބޭނުންވަނީ އޭނާގެ ބަސްތަކުން މާކިލް ބަލި ކުރާށެވެ.
“ހޯހޯ… ހަޑިކަމެއްނު…. ދޭ ބަސްއަހައިގެން އަވަހަށް” ރަޔާހީން ބުނެލީ ތިންއަހަރުގެ ކުޑަދރިފުޅު ކައިރީގައި ވެސް ބުނާނެހާ ލޯބިންނެވެ. މާކިލް ރުޅިން ދަތްކުނޑި ވިކައި ގަތުމަށްފަހު ރަޔާހީންގެ ގައިން ދޫކޮށްލިއެވެ. އެހިނދު ރަޔާހީން މާކިލް އޭނާގެ އަތުގައި ހިފެހެއްޓިތަނުގައި އަނެއް އަތުން ފިރުމާލުމަށްފަހު މާކިލް އަށް ފަތަހައިގެ ހިނިތުންވުމެއް ދިނެވެ. އަދި އަނބުރާލާފައި ގޮސް ޖޮލީގައި އޮށޯތެވެ. މާކިލް އިރުކޮޅަކު ބަލަން ހުރުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔުމުން ރަޔާހީން އޭނާގެ މަންޒިލަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

“މިގަޑީގައި ކިހިނެއްވީ؟ ބީ ނިދާކަށް ވެސް ބޭނުމެއްނުވޭތަ” ދިއްގާ ގަސްދޮށުގައި ހުއްޓެމުން ރަޔާހީން ބީހާލް ކައިރިން އަހާލިއެވެ.

“ހެހެހެ… ނިދިއައިމަ ނިދާނެތާ… ގޭތެރޭގައި ޖެހިގެން އުޅޭ މައްސަލަގަނޑު ހަމަޖެހިއްޖެތަ” ބީހާލް އަހާލިއެވެ.

“ނޭނގެ ފާޑަކަށް. އެއުޅޭ ނޯކަރު ދެކުދިންގެ ކޮންމެސްކަމެއް ވީ. މާބޮޑަކަށް ނޭނގޭ.. ބަލާކަށް ޝައުގެއް ވެސް ނެތް” ރަޔާހީން ފޫހިގޮތަކަށް ބުނެލިއެވެ.

“ހެހެހެ… ޔަޤީންތަ” ބީހާލް ފާޑަކަށް އަހާލިއެވެ. ރަޔާހީން ވެސް ބީހާލް އަށް ބަލާލީ ފާޑަކަށެވެ. ހުސް ކަޅުކުލައިގެ ފޭރާމެއްގައި ހުރި ބީހާލްގެ ދިގު އިސްކޮޅަށް އިސްއުފުލާ ރަޔާހީން ބަލާލީ އޭނާގެ ހިތުގައި ޝައްކުގެ އޮއިވަރެއް ދުވެލުމުންނެވެ.

“ކަމެއްވީމަ ބީ މިގަޑީގަ ބައްދަލްކޮށްލަން ބުނާނީ.. ކޮން ޚަބަރަކައިގެންބާ” ރަޔާހީން ހަށަން ބަނދެލަމުން އަހާލިއެވެ.

“އާން… ތިހީވީ ރަނގަޅަށް. ރަމްލާދައްތަ ހުރީ އަހަރެންގެ ބެލުމުގެ ދަށުގައި. ހީން ބައްދަލުކުރަން ބޭނުންވަންޏާ މާދަމާ އިރުއޮށްސޭ ވަގުތު ހަމަ މިތަނަށް އާދޭ… މިހާރު ހީންގެ އަނިޔާވެރި މަކަރުވެރިޔާ ގެއަށް އަތުވެއްޖެ. ހީން އެބަ ހޯދާ” ބީހާލް ބުނެލިއެވެ. ނަމަވެސް ރަޔާހީން ހުރީ ދެންމެ ބީހާލް ދިން ޚަބަރަކުން ބުނަންވީ ކީކޭ ކަމެއް ނޭނގިފައެވެ. ރަމްލާދައްތަ ބީހާލް ގެ ކައިރީގައޭ އެބުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ފީރޯޒާ ރުޅިއަތުވެގެން އެއުޅެނީ ކުއްލިއަކަށް ރަމްލާދައްތަ ވީނުވީއެއް ނޭގުމުން ހެއްޔެވެ؟ ހިތޔަށް އެރި އެއްޗަކުން ރަޔާހީންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“އެނގިއްޖެދޯ.. މާދަމާރޭ ހީންގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ. އަވަހަށް ދޭ” ބީހާލް ރަޔާހީންގެ ކޮނޑުގެ ދެފަރާތުގައި ހިފާލަމުން ބުންޏެވެ. ރަޔާހީން ނިކުމެގެން ދިޔަ މަންޒަރު ބަލަން ބީހާލް ހެވިފައި ހުއްޓެވެ. ނަމަވެސް ކުޑަވގުތު ކޮޅެއްގެ ތެރޭގައި އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވީ ހިނިތުންވުން ފިލާ ދިޔައީ ހުޅުކޮޅެއްވެސް މީހަކު ފުމެލުމާއެކު ނިވޭނެހާ ވެސް އަވަހަށެވެ. އޭނާ ހުރި ދިމާލުން ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލުމަށްފަހު ދެކަކޫ މައްޗަށް ތިރިވިއެވެ. ދެއަތުފުރާ ނެގި ވެލިމުށް ނޭފަތާއި ކައިރިކޮށްލުމަށްފަހު އޭގައި ބޮސްދިނެވެ. އޭރު އޭނާގެ ދެލޮލުން ފައިބައިގެން އައި ލޭކަރުނަ ދަތްދޮޅީ ކޮޅުން ތިކި ޖަހަން ފެށިއެވެ.

“ފަރޫ….. ވަރަށް ވަރަށް ލޯބިވޭ….. ވަރަށް ބޮޑަށް ލޯބިވޭ… އަބަދުވެސް ފަރޫ މަތިން ހަނދާންކުރާނަން… ދުނިޔެ ހުރިހާ ދުވަހަކު ފަރޫގެ މަޤާމަށް އެހެންމީހަކަށް ނާދެވޭނެ. ތީ ހަމައެކަނި ބީގެ މީހެއް. އަދި މީ ހަމައެކަނި ފަރޫގެ…. އިންސާނަކަށް ވިޔަސް ކުޑަދުވަސްކޮޅަކު ފަރޫގެ ފަރާތުން ބީ އަށް ލިބުނު އުފާތައް މިހަޔާތަކާއި ވަތްކެއް ނުވާނެ. ފަރޫގެ ޤާޠިލަށް މިދުނިޔޭގައި އުފަލުގައި އުޅޭކަށް ލާހިކެއް ނޫން. އަހަރެންގެ ލޯބި މިދުނިޔެއިން ވަކިކޮށްލުމަށްފަހު އޭނާ އަށް ވަކި އުފާވެރި ދިރިއުޅުމެއް ލިބުނަކަ ނުދޭނަން… ނުދޭނަން. އަހަރެން އޭނަގެ ދުވަސް ދުއްވާލާނަން. އެހެންނޫނީ އޭނާ ޖެހޭނީ މިދުނިޔެ ކުރިމަތީގައި އަމިއްލަ ކުށް ޤަބޫލުކުރަން…..” ބީހާލް ގެ ވޭނީ ގިސްލުމުގެ އަޑު މުޅި ޖައްވުގައި ވެސް ގުގުމާލި ފަދައެވެ. ނަމަވެސް އިންސީންގެ ކަންފަތްތަކަށް ނީވޭނޭ ފަދައަކުންނެވެ.

އަނގައިން ލަވައެއްގެ ރާގު އަޅުވައިގެން ހުރެ އިރުފާން ފާޚާނާ އަށް ވަން އިރު ކޮނޑުމަތީގައި ވަޅުފެހި ކުލައިގެ ތުވާލި އޮތެވެ. ތަނަވަސް ފާޚާނާއިގާ ތުވާލި އަޅުވަން ޙާއްސަވެފައިވާ ރިންގުގައި ތުވާލި އަޅުވާލުމަށްފަހު އޭނާގެ އަންނައުނު ހަށިގަނޑާއި ވަކިކޮށް ފެންވަރާލުމަށް ތައްޔާރުވިއެވެ. ނަމަވެސް އޭގެ ކުރިން އޭނާ ފާޚާނާ ތަށިމަތީގައި އިށީނީ ތުނބުގައި ސިނގިރެޓެއް ރޯކޮށްލައިގެންނެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ކުއްލިއަކަށް އޭނާގެ ބުޑުގައި ތޫނު ނިޔަފަތިތަކެއްގެ ވެރި އަތަކުން ހިފާ ފާޚާނާ ތަށި ތެރެއަށް ދަމަމުން ދިޔައެވެ. އެހިނދު އޭނާގެ ދެއިނގިލި ދޭތެރޭގައި އޮތް ސިނގިރެޓަށް ވީ ގޮތެއް ވެސް ނޭނގުނެވެ. އަނގައިން އަޑެއް ނިކުތްއިރު ބިރުން މުޅި މީހާގެ އޮށްދާހިތްލަން ފެށިއެވެ. ރުހާނީ ފަރާތެއްގެ އެއްވެސް އުނދަގުލެއްނެތި ހަފްތާއެއް ވުމުން އޭނާ ހީކޮށްގެން ހުރީ އެކަންތަކުން އޭނާ ސަލާމަތްވީ ކަމުގައެވެ. ނަމަވެސް ހީކުރި ގޮތަށް ނުވުމުން އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ފާޚާނާތަށީގެ ތެރޭގައި އޭނާ ތާށިވުމާއެކު ނޭވާ އަވަސްވާން ފެށިއެވެ. މައިބަދައިގަ ވެސް ކަށިކޮޅެއް ނުހުންނާނޭ އޭނާ އަށް ހީވުމާއެކު އަޑުނަގާ ރޯން ފެށުނެވެ.

“އަހަރެން ދޫކޮށްލާ….” ބަރު އަޑަކުން އިރުފާނަށް ބުނެވުނެވެ. އެހިނދު އޭނާގެ ބުޑަށް ލުއިކަމެއް އިހުސާސް ކުރެވުނެވެ. ނުވިސްނާ ހުއްޓާ އޭނާގެ ހަށިގަނޑު ގޮސް ފާރުގައި ޖެހުނު އިރު ފާޚާނާ ތެރެއިން ބަން އަޑެއް ވެސް އިވިގެން ދިޔައެވެ. ފާރުގައި ޖެހި އިރުފާން މުށިތަކުގެ މައްޗަށް ވެއްޓުމާއެކުހެން އޭނާ ކޮޅަށް ތެދުވިއެވެ. އަދި ފާޚާނާއިގެ ހުރިހާ ދިމާލެއް ބަލާލީ އޭނާ އަށް އަނިޔާވެރިވަމުންދާ ރޫޙާނީ އެތީގެ އެއްވެސް ހިލަމެއް ވޭތޯއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ފެންނަން ނެތުމުން އޭނާ އުނުގައި ތުވާލި އޮޅާލިއެވެ. ހިތަށް ލިބިފައިވީ ބިރުވެރިކަމުގައި އޭނާ އިތުރަށް ފެންވަރާކަށް ވެސް ބޭނުމެއް ނުވިއެވެ. ކުޑަކަމުދާން ވެއްޖެކަން އަންގައިދިނުމުގެ ގޮތުން އޭނާގެ ހަށިގަނޑު އިންޒާރު ދެމުން ދިޔަސް ފާޚާނާތައްޓާއި ދިމާލަށް ބަލާލަން ވެސް އޭނާ އަށް ނުކެރުނެވެ. އެހެންކަމުން ނިކުންނަން އެއްފައި ކުރިއަށް އަޅާލި ވަގުތު އޭނާގެ ބޮލުގެ ނާށިގަނޑުގައި ހަމައެގޮތަށް ހިފަހައްޓައިފިއެވެ. އިރުފާންގެ ހަށިގަނޑު އަރިއަޅާލާ ތިރިއަށް ވެއްޓުނު ވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހެއަށް ވެސް ގޮތްވި ކަހަލައެވެ. އޭނާގެ ބޮލުގައި ހިފާފައި ހުރި އަތް ނިކުމެފައި އިނީ ފާހާނާތަށި ތެރެންނެވެ. އޭނާގެ ބޮލަށް ލުއިވިކަން އެނގުމާއެކު ފާހާނާއިގެ ދޮރާއި ދިމާލަށް ދުއްވައިގަތް ވަގުތު ކުރިމަތިން ފެނުނު ސިފަހުތުރު ރޫޙާނީ އެތި އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވައިފިއެވެ.

އޭތީގެ އިސްކޮޅު ފުރާޅުގައި ޖެހި ފިތިފައި ހުރުމުގެ ސަބަބުން އޮތީ އިރުފާނުގެ ބޮލާއި ދިމާލަށް ގުދަށެވެ. އޭތީގެ ބޮޑުމިނަށް ބަލާނަމަ އިރުފާނަކީ މިވަގުތު ދިގު ރުކެއް ދޮށަށް ވެއްޓިފައިވާ ފީ ގޮބޮޅި އެކެވެ. އޭގެ އަނގުރު ކޮޅެއްފަދަ ދެލޯ ނިކުމެގެން އައިސް ހުރީ އިރުފާންގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. މުޅި މޫނާއި ބޮލުގައި ވަނީ ފަކުރުގަންނަ ޒާތުގެ ޗަކަތަކެއް ހޭކިފައެވެ. ޖަނަވާރެއްގެ ސިފަ ޖެހިފައިވާ މުޅި އެތީގެ ހަށިގަނޑގައި ވަނީ ކަޅު މުށިކުލައެކެވެ. އެބޮޑު ބިޔަ އެތިން ވަނީ މުޅި ފާޚާނާ ފުރާލެވިފައެވެ. އިރުފާން ދެލޯ ހުޅުވައިގެން ހުއްޓަސް އޭނާގެ ހަށިގަނޑުގައި  ފުރާނަ ހުރި ކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާ އަށް ކުރިމަތިން ފެންނަ މަންޒަރުން ހުރީ އަނގައިގެ ބަސްހުއްޓިފައެވެ. ބަހެއް ކިޔާނެހާ ހިތްވަރުު އޭނާގެ ނެތީއެވެ. އޭތި އަނގަ ހުޅުވާލުމަށްފަހު ނެރެލި ދޫ ގޮސް އިރުފާންގެ މުޅި ހަށިގަނޑު ވަށާލިއެވެ. އެހިނދު އިރުފާން ސަލާމަތްވުމަށް ތެޅިގަތެވެ.

“ކަލޭ ހީކުރީތަ ކަލެއަށް ސަލާމަތެއް އޮތް ކަމަށް…. ކަލޭގެ ކިބައިން އަހަރެންގެ ލޯބިވެރިޔާގެ މަރުގެ ބަދަލުހިފާނަން. ހިފާނަން…..” ކުއްލިއަކަށް އިރުފާންގެ ކަންފަތަށް އިވުނު ބަރު އަޑެއްގެ ސަބަބުން ދެކަންފަތުގައި އަތް އަޅަން ބޭނުންވިއެވެ. ކުރިމަތީގައި ހުރި ރޫޙާނީއެތީގެ ބޭރަށް ނިކުމެފައި ހުރި ދެލޯ އިރުވީންގެ ކަރު ފާރާލާއި ފިއްތާލުމާއެކު އިރުފާންގެ ކަރުން އަޑެއް ބޭރުވިކަން އޭނާ އަށް އެނގުނެވެ. ދެން ފެނުނީ މުށިތަކުގެ މައްޗަށް އޭނާ ވެއްޓުނު ތަނެވެ. އެވަގުތު ފާޚާނާއިގެ ތެރެއިން ފެންނަން ހުރި ރޫޙާނީ އެތި ވިދާލި ވިދުވަރެއްހެން ނެތިގެން ދިޔައެވެ. އިސާހިތަކު ފާޚާނާ ކުރިން ހުރި ޙާލަތަށް ރުޖޫޢަ ވެގެން ދިޔައެވެ.

 

“އަހަރެން ބުނީމެއްނު ކަމެއް އެބަ އުޅެޔޭ މިގޭގަ. ހުރިހާ ކަމެއް މިވަނީ އެކުއެކީގަ….” އެނދުގައި ބާއްވާލާފައި އޮތް އިރުފާންގެެ މަގަތުން އިށީނދެގެން އިން ފީރޯޒާ އޭނާގެ ކައިރިން އިން އާސިރަށް ބަލާލަމުން  ބުންޏެވެ. ފީރޯޒާ އަށް ޖަވާބު ދިނުމުގެ ގޮތުން އެއްޗެއް ބުނަން އާސިރު އުޅުނު ވަގުތު މަޑުޖެހިލީ އިރުފާން ކަރުކެހިލުމަށްފަހު ވާހަކަދައްކަން ފެށުމުންނެވެ.

“މަންމާ މިބުނީނުު އަޅުގަނޑު ސައިބޯންޏާއި އެކުވެގެން ވެއްޓުނީއޭ. ބޯޖެހުނު ގޮތަކުން ކަންނޭނގެ ފަޅައިގެން އެދިޔައީ” އިރުފާން ދެވަނަ ފަހަރަށް ވެސް ފީރޯޒާގެ ވިސްނުން ބަދަލުކުރެވޭތޯ ބެލިއެވެ.

“ހުރިހާ ފަހަރަކު ވެސް ތަންތަނަށް ވެއްޓެންވީ ދަރިފުޅުތަ؟ ކީއްވެ މަންމަމެން ބައްޕްމެން ނުވެއްޓެނީ… މީކީ ރޭގަނޑެއް ވެސް ނޫނެއްނު. ރޯމާ ރޯދުވާލު ސައިބޯނި އެޅިފައި ހުއްޓަސް ދަރިފުޅަށް ފެންނާނެއްނު. ހެޔޮނުވާނެ ދަރިފުޅާ ކަމެއް އުޅެންޏާ މަންމަ ކައިރީގައި ބުނޭ. އޭރުން ވަގުތު އޮށްވާ ރަނގަޅުކުރެވޭނީ…..”

“ނުވާނެ ރަނގަޅެއް. ވަގުތެއް ވެސް ނެތް” ކުއްލިއަކަށް ރަޔާހީން ބުނި އެއްޗަކުން އެންމެން އެދިމާލަށް ބަލާލިއެވެ.

“ކީކޭ ހީން ތިބުނީ…” ފީރޯޒާ ރަޔާހީނަށް ބުނެލިއެވެ.

“މިބުނީ… އަޅުގަނޑު ބުނިން އިރޭ ފާޚާނާ އަށް ވަންއިރުގަވެސް މުށިތައްމައްޗަށް ހުންނާނީ ބޭސް އަޅާފައޭ… ކިހިނެއް އަޑުއިވޭނީ.. މާރީތި ލަވައެއް ކިޔަމުންވިއްޔާ ފާޚާނާ އަށް ވަނީ” ރަޔާހީން އަވަސް އަވަހަށް އޭނާ އަށް ކުރިން ބުނެވުނު ބަސް އެމީހުންގެ ކަންފަތުން ނެރެވޭތޯ މަސައްކަތްކުރިއެވެ.

“މަންމާ ޤަބޫލުކުރޭ.. މަންމަ ތިވިސްނާ ކަހަލަ ކަމެއް އުޅެންޏާ އަޅުގަނޑު ބުނާނަން. މަންމަ ތިކަހަލަ ވާހަކަދައްކަންޏާ ހީން ވެސް ބިރުގަންނާނީ… މަންމަ ހަމަޖެހިލާފައި ދޭބަލަ ހަވީރަށް ރަނގަޅު ސައިބޯ އެއްޗެއް ހަދަން. ބުނީމެއްނު ދޮންދައްތަމެން ބައިވެރިވާނޭ މިއަދު ސައިގަ” އިރުފާން އޭނާގެ މަންމަ ހަމަޖެއްސޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ފީރޯޒާ އާއި އާސިރު އެކޮޓަރިން ނިކުތީ އިރުފާނަށް އެތައް ނަޞޭހަތެއް ދީފައެވެ.

“ތޭންކިއު ދޫންޏާ… މަންމަ މިއަދު އެމައުލޫއަށް ވާހަކަދެއްކުން ހުއްޓާނުލީސް ހީން އެދޮގު ނުހެދިނަމަ….” ރަޔާހީން އަތުގައި ހިފާލަމުން އިރުފާން ބުންޏެވެ.

“އަހަރެން ދޮގެއް ނުހަދަން. އަހަރެން މިދިނީ ތިކަމުން ސަލާމަތްވާން ފުރުސަތެއް އިރޭ އަށް. މިދަނީ މަންމަ އަށް އެހީވާން ބަދިގެއަށް” މަޑުވެސްކޮށްނުލާ ރަޔާހީން ކޮޓަރި ދޮރުޖަހާުމަށްފަހު ބޭރަށް ނިކުމެލިއެވެ. ރަޔާހީންގެ އެ ދެމާނަ އެކުލެވޭ ޖުމްލަ އަށް ކުޑައިރުކޮޅަކު ވިސްނާލަން އިރުފާން އޮތެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ އެއީ ރަޔާހީން އޭނާ އަށް ރަނގަޅަކަށް ބުނި އެއްޗެކޭ ހިތަށް އަރުވާފައެވެ.

 

ހަވީރުގެ ސައި ފެށިގެން ދިޔައިރު އެތަނުގައި މަދުވަނީ ހަމައެކަނީ ވިކްޔަން އެވެ. ވިކްޔަން ކުޑައިރުކޮޅަކުން ބައިވެރިވާނޭ މައިސަރާ ބުނުމުން ހުރިހާ އެންމެން ވެސް މަޑުކޮށްލިއެވެ. ރަޔާހީން ވެސް ރާނޯ އާއި އޯލާ ވެގެން މޭޒުމައްޗަށް ތަށިތައް ނެގުމުގައި އުޅެއެވެ. ވިއްސަކަށް މިނިޓް ފަހުން މައިސަރާ އަށް ކޮޅަށް ތެދުވެވުނީ ވިކްޔަންގެ އަތުގައި ހިފާލައިގެން ވަދެގެން އައި އަންހެންކުއްޖާ ފެނުމުންނެވެ. ފުރިޖުން ފެންފުޅިއެއް ނަގައިގެން އެނބުރިލި ރަޔާހީނަށް އެމަންޒަރު ފެނުމާއެކު މޫނުމަތީގައި މީހަކު ޖެހިކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ދުވަހަކު ވެސް އޭނާ މިހާ ދެރައެއް ނުވޭއެވެ. ވިކްޔަން އޭނާގެ ފަރާތުން ބަދަލު އެހިފާލީ ކޮންފަދަ ނުބައި ގޮތަކަށް ހެއްޔެވެ؟ ހުރި ހިސާބުގައި ރަޔާހީން ހުއްޓިގެން ހުރީ އެއަންހެންކުއްޖާއަށްޓަކައި ވިކްޔަންގެ ދުލުން ބޭރުވާނެ ބަސްތަކެއްގެ ސަބަބުން އޭނާގެ ހިތަށް އިތުރަށް އިތުރު ލިބިދާނެ ވޭންތަކަކުން މިންޖުވުމަށެވެ.

“މަންމާ! ބޮޑުދައްތާ! މީ ނިހާ…. އަޅުގަނޑާއި އެކު ފްލައި ކުރާ ކުއްޖެއް. އަޅުގަނޑު ވަރަށް އަވަހަށް ނިހާ އާއި ކައިވެނި ކުރަން ބޭނުން. ހުރިހާ މީހުން މިގޮތަށް އެއްތަންވަނީ މަދުފަހަރަކު ދޯ. ހިތަށް އެރީ މިއަދު ނިހާ ގެއަށް ގެންނަން. މަންމާ އަޅުގަނޑު ބުނީމެއްނު ވަރަށް އަވަހަށް މަންމަ އާއި ކުއްޖަކު ބައްދަލުކޮށްދޭނަމޭ.. މީ އެކުއްޖަކީ…” ނިހާގެ އަތުގައި ހިފައިގެން މައިސަރާގެ ކުރިމައްޗަށް ގެނެސް ވިކްޔަން ބުންޏެވެ. މައިސަރާ ހިތްހެޔޮކަމާއެކު ނިހާ އާއި ވާހަކަދެއްކިއެވެ. އަދި ފީރޯޒާ އާއި އެހެންމީހުން ވެސް ވާހަކަދެއްކިއިރު މަޑުން އިނީ އެކަނި މަހާއެވެ.

ކިތަންމެ ދުރުގައި ހުރި ނަމަވެސް ވިކްޔަންގެ ކޮންމެ ޖުމްލައެއް ވިހަގަދަ ތީރުތަކެއް ފަދައިން ރަޔާހީނުގެ ހިތް ޒަހަމްކުރަމުން ދިޔައެވެ. ވިކްޔަން އަކީ އޭނާގެ މުޅި ދުނިޔެއެވެ. އޭނާގެ ކުރިމަތީގައި ވިކްޔަން އެހެންމީހެއްގެ ފިރިއަކަށް ވެގެންދާ މަންޒަރު ބަލަން އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެގޮތަށް ވިކްޔަން އެކަންތައް ކުރަނީ ކީއްވެ ހެއްޔެވެ؟ ވިކްޔަން ބޭނުންވަނީ އޭނާ ދިރިހުއްޓާ ވަޅުލަން ހެއްޔެވެ؟ ވިކްޔަންގެ ދުރުކަން އޭނާ ތަހައްމަލް ކޮށްފާނެއެވެ. ނަމަވެސް އެހެން އަންހެނެއްގެ ބާރުގެ ދަށަށް ވިކްޔަން ދިޔުން އެއީ އޭނާއަށް ކެތްކުރެވޭނޭ ކަމެއް ނޫނެވެ.

ނަމަވެސް ހަމަ އެވަގުތުގައި އޭނާގެ ސުވާލަށް ޖަވާބު ވެސް ލިބުނެވެ. އޭނާގެ އަމިއްލަ ހިތް ނިކަން ހުޝިޔާރެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ވެސް ދިނީ އޭނާގެ ހިތެވެ. ވިކްޔަންގެ މައްޗަށް އޭނާ އަށް މިހާރު އޮތީ ކޮން ޙައޤެއް ހެއްޔެވެ؟ އެލޯބި ކަފުންކޮށް ވަޅުލީ އޭނާގެ ދެއަތުންނެވެ. ވިކްޔަން އަށް ބޭވަފާތެރިވީ އޭނާ އެވެ. ވިކްޔަންގެ ހިތް ހަލާކުކޮށްލީ އޭނާއެވެ. އޭނާގެ ހިތް ބަދަލުވޭތޯ ވިކްޔަން ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ ވިކްޔަން         ކުރި ހުރިހާ އާދޭސްތަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އެހެންވީއިރު މިއަދު ވިކްޔަންގެ ހަޔާތަށް އަންހެންކުއްޖަކު އަންނަން އުޅުމުން އެކަން ހުއްޓުވަން އޭނާ އަކީ ކާކު ހެއްޔެވެ؟

ހިތަށް ކޮށްފައިވާ އަސަރަކުން ކަންނޭނގެއެވެ. ރަޔާހީންގެ ދެލޮލަށް ކަރުނަ ޖަމާވެ ފުސްވެގެން ދިޔުމުގެ ސަބަބުން އަތުގައި ހުރި ބިއްލޫރި ފެންފުޅި އަތުން ދޫވެ ގޮސް ޖެހުނީ އޭނާގެ ފައިތިލަ މަތީގައެވެ. އަޑުފަށްގަނޑާއެކު އޭނާގެ އަނގައިން ނިކުތް އާހެއްގެ އަޑުން ހުރިހާ މީހުންގެ ސަމާލުކަން އެދިިމާލަށް ހުއްޓުނެވެ. ވިކްޔަން މެނުވީއެވެ. ކަމެއްވީހެން ވެސް ވިކްޔަން އަކަށް ހީނުވެއެވެ.

އިރުފާން ދުވެފައި އައިސް ރަޔާހީން ކައިރިއަށް ތިރިވިއެވެ. ރަޔާހީނަށް އިރުފާންގެ ކޮނޑުގައި ހިފަހައްޓާލެވުނީ އެވަގުތު ފަޔަށް އަޅަމުން ދިޔަ ވޭނަކުންނެވެ.

“ދަރިފުޅާ ކީއްވެ ފުޅި ވެއްޓުނީ. ބަލާބަލަ ފައި މިއޮށް ދުޅަވީ. ދަރިފުޅާ އިރުފާން ހީން ސޯފާއަށް ގެންދޭ. މަންމަ މިދަނީ އައިސް ހިފައިގެން” ފާޚާނާ ތެރެއަށް ވެއްޓި އިރުފާންގެ ކަކުލަށް ލިބުނު ގެއްލުމުގެ ސަބަބުން އިރުފާނަކަށް ރަޔާހީން އުފުއްލޭ ގޮތެއް ނުވިއެވެ. އެހެންކަމުން މާކިލް އަށް އިރުފާން ގޮވާލިއެވެ. އޭރު މާކިލް ފާޚާނާއަކަށް ބުނެ ކޮޓަރިއަށް ދިޔަކަން އިރުފާން ހުރީ ހަނދާންނެތިފައެވެ.

“ދަރިފުޅާ ވިކްޔަން!” އިރުފާން ވިކްޔަން އަށް ގޮވާލުމާއެކު ރަޔާހީނަށް ސިހުމެއް ލިބުނެވެ. ވިކްޔަން އަށް ވެސް ވީ އެވަރެވެ.

“އިޓްސް އޯކޭ އިރޭ.. އަހަރެން އެކަނި ދެވޭނެ” ރަޔާހީން ހިނގައިގަތުމާއެކު އެއްފަރާތަކަށް އަރިއަޅާލީ އެފައިތިލަ އަށް ބާރު ނުކުރެވުނީމައެވެ.

“ނޯ ހީން…. ވަރަށް ބޮޑަށް ދުޅަވެފަ އެހެރީ… ދަރިފުޅާ ވިކްޔަން އާދެބަލަ. ފަހަރި ސޯފާއަށް ގެންގޮސްދީބަލަ” އިރުފާން ގޮވާލުމުން ލަސްލަހުން ވިކްޔަން އެމީހުން ތިބި ފަޅިއަށް ބަލާލިއެވެ. އެވަގުތު ރަޔާހީން އިސްޖަހާލީ އޭނާގެ ނަޒަރު ވިކްޔަން އަށް އަމާޒުވިޔަ ނުދިނުމަށެވެ.

ވިކްޔަންގެ ފައި ހިއްލާލީ ވެސް ދެވަނަ ފަހަރަށް އިރުފާން ގޮވާލުމުންނެވެ. ވިކްޔަން އޭނާގެ މަންމަ އަށާއި ނިހާ އަށް ބަލާލުމާއެކު ކުރިއަށް ހިނގައިގަތީ ދެމީހުންގެ ފަރާތުން ވެސް ލިބުނު އިޝާރާތަކުންނެވެ. ވިކްޔަންގެ އަތް ދަނޑިމައްޗަށް ރަޔާހީން އުފުއްލުާލުމާއެކު ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ނަޒަރު ރަޔާހީނަށް ހުއްޓުނެވެ. އެންމެފަހުން މިގޮތަށް އޭނާ ރަޔާހީން އުފުއްލާލި ރޭ މަތިން ހަނދާންވެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އެއީ ފާފައެއްކަން އެނގި ވިކްޔަން ހަމަޖެހިލިއެވެ. ރަޔާހީން ސޯފާގައި ބާއްވާލަމުން ވިކްޔަން މޭޒު ކައިރިއަށް ގޮސް ނިހާގެ އުނަގަނޑުގައި އަތް އަޅުވާލި މަންޒަރު ރަޔާހީނަށް ފެނުނެވެ.  ހިކިކޮށް ކުރުކޮށް އެންމެ ޒަމާނީކޮށް ހެދުން އަޅާފައި ހުރި އެދޮން އަންހެންކުއްޖާ އާއި މެދު ރަޔާހީންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. ރަޔާހީން ފަހު ފަހަރަށް ވިކްޔަން އަށް ބަލާލީ ޝުކުރުއަދާކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް ފެނުނު މަންޒަރަކުން ޖެހުނީ އިސް ޖަހާލާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބިން އަންނާށޭ ކަލާ… (އެގާރަ ވަނަ ބައި)

Next

އަގެއްނެތްލޯބި 3 ވަނަ ބައި

Next
August 23, 2017

އަގެއްނެތްލޯބި 3 ވަނަ ބައި

Previews
August 23, 2017

ލޯބިން އަންނާށޭ ކަލާ… (އެގާރަ ވަނަ ބައި)

27 Comments!

  1. Ushaali says:
    August 23, 2017 at 9:37 am

    assalam alikum and alhamdhulillah… huriha kudhinge haalu kihineh? huriha kudhinnah ves dhulha heyo sihhathakah edhen 🙂 mi part ves huriha kudhinnah kamudhaane kamah heekuran. maadhama mi gadyga 14 vana bai genesdheynan. insha allah 🙂 varah baajjaveri dhuvahakah edhen. ushali ah supprt kuraa huriha kiyuntherin dheke ves varah loabivey….. 🙂 🙂 🙂

  2. leen says:
    August 23, 2017 at 9:52 am

    Leen First dw… 🙂 Vaahaka Varah varah Reethi.. Loved this story..

    1. Ushaali says:
      August 23, 2017 at 9:57 am

      awwwww….. thankyou leen 🙂

  3. Naaz says:
    August 23, 2017 at 10:02 am

    Next part kon irakuh

    1. Ushaali says:
      August 23, 2017 at 10:05 am

      2morrow 🙂

  4. Jewel says:
    August 23, 2017 at 10:29 am

    Baeh faharu Iruveen. Anehbaifaharu Irufaan. Ushaalige hithugaivany Irufaan dhw.. Hehe.. Just kidding. Btw Waahaka reethi.

    1. Ushaali says:
      August 23, 2017 at 10:57 am

      emme furathama vahaka liyan feshee ‘iruween’ mi namuga. ekamu baeh kiyuntherinnah e nan undhagu hen heeveema ‘irufaan’ mi namah badhalu kury. baeh scene thakuga iruween indhedhaane. ushaali ah fahaga nuve eynee… ekamu buneladhineema shukuriyya. badhalu kollaanan. 🙂

  5. Reet says:
    August 23, 2017 at 10:35 am

    V reethi egy

    1. Ushaali says:
      August 23, 2017 at 10:59 am

      thankyou. 🙂 Reet

  6. Shii says:
    August 23, 2017 at 10:54 am

    V salhi

    1. Ushaali says:
      August 23, 2017 at 10:59 am

      thankyou shii 🙂

  7. Ainth says:
    August 23, 2017 at 12:41 pm

    Masha Allah v rythi vaahakeh. Anehbai avahah genes dhybala plx

  8. ROMAN REGINS says:
    August 23, 2017 at 1:18 pm

    Wow

  9. ROMAN REGINS says:
    August 23, 2017 at 1:19 pm

    Wow nice keep it up

  10. khajja says:
    August 23, 2017 at 1:41 pm

    Ohhh wow ?? masha allah v rythi mi prtves alhey vikyan n hyn gulhuvachchey plx plx stry v v v rythi ushaali thank u so much mihaa rythi stry eh genesdheythy baajjaveri dhuvas thakakan edhen dear god bless u n keep it up ly?????❤❤❤?????

  11. Juvey says:
    August 23, 2017 at 2:07 pm

    Ur gret ushaa doonee ? ?

  12. Shaa says:
    August 23, 2017 at 2:34 pm

    V salhi mi pt ves

  13. nux says:
    August 23, 2017 at 3:43 pm

    stry kuriah dhaaleh v furihama v intresting well done dear ??????????????????????next partah v inthizaaru eba kurevay avahah up kohla dhehchey????????

  14. manje says:
    August 23, 2017 at 5:02 pm

    hama fen fulhi vettey irah dhulha veytha?
    minute eh nuvanis varugadha ah dhulha vejje viyya

    1. Anonymous says:
      August 23, 2017 at 7:32 pm

      Manje vehttuny fen furaa alhaafa huri billoori fulhi eh. Nikan manje ge fai mahchah vaa gotheh balaalan ekahala fen fulhi eh vahttaalaba. Engidhaanethaa dhulha vany konthaneh kan

  15. Ainth says:
    August 24, 2017 at 9:39 am

    Masha Allah v rythi vaahakeh.

  16. Shayaa says:
    August 24, 2017 at 10:30 am

    Kobaa vaahaka adhi ves updates nuvey dhw

  17. myra says:
    August 24, 2017 at 10:31 am

    When next part

  18. Shima says:
    August 24, 2017 at 5:09 pm

    Kobaa next part

  19. mint says:
    August 24, 2017 at 9:16 pm

    mi vaahakaige 1 – 7 ge episode thah kobaatha.. nufeney alhe 🙁

    1. Een says:
      August 25, 2017 at 9:07 am

      Select biruveri..you can see it on the top of the page..eyrah fennaane all the episodes .. ☺

  20. myra says:
    August 25, 2017 at 12:37 am

    Kobaa tha next part. Plz upload kodhy ba avaha can’t wait plz plz plz plz pkz

Comments are closed.

Next Episode02:30 ސާދަވަނަ ބައި←


All Right Reserved!