“ފް….ފް…ފަ..ފަރުހީން…” ކުރަކިވެފައިވާ އަޑަކުން އަންހެންމީހާ ރަޔާހީނަށް މުހާތަބް ކުރިއެވެ. ރަޔާހީން ސިހި ދެލޯ ބޮޑުވިއެވެ. ނިތްކުރި މަތީގައި ޖެހިގެން ދިޔައީ ސުވާލު މާކެކެވެ. އެމީހާ ބަލަން އޮތީ ދުޅަވެ މަޑުލާފައިވާ ދެލޮލުންނެވެ. ރަތްއަރާފައިވާ ދެލޯ ފެނި ރަޔާހީންގެ ލޮލަށް ވެސް އުނދަގުވިއެވެ. އޭނާގެ މާފަލަ ނޫން ހަށިގަނޑު ހިއްލާލެވޭތޯ އެ އަންހެންމީހާ މަސައްކަތް ކުރަން އުޅޭހެން ހީވުމުން ރަޔާހީން ތެދުވެ އަންހެންމީހާގެ ބޯދަށަށް އަތް ލައްވާލިއެވެ. އެމީހާ ދެލޯ މަރާ ބާރުކޮށްލީ ހަށިގަނޑުގެ ކޮންމެސް […]
:ޓްރެއިލަރ: ވެހެމުންދިޔަ ބޯވާރޭ ތެރޭގައި މަންމަ ރޮމުން އަހަރެންގެ އަތުގައި ހިފައިގެން ގެއިން ނުކުތްއިރު ހުއްޓުމެއްނެތި ވިދާ ގުގުރަމުން ދިޔައެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރި ހަ އަހަރަށްދާ އަހަރެންގެ ކޮއްކޮ މީޒާ، މިވެގެން އުޅެނީ ކީއްކަމެއް ނޭނގުނު ނަމަވެސް މަންމަ ރޯތަން ފެނުމުން ދެރަވެގެން އޭރު ބާރަށް ރޮމުންދިޔައެވެ. އޭރު މަންމަގެ އުރުގައި އިން ދެއަހަރުގެ މާޒިން ހީކަރުވައިގަނެގެން ތުރުތުރު އަޅައެވެ. “ދަރިފުޅާ އަޔާ… މީޒާ އަތުގައި ހިފައިގެން ބާރަށް ހިނގާ..” ތުރުތުރު ލާފައިވާ […]
ހިޝާމް ގޮސް ދޮރުހުޅުވާލުމާއެކު ޕޮލިހުން ގޭތެރެއަށް ވަނެވެ. “ކޮބާތޯ ޖަޒްލާން އަކީ.. އަދި ޝަމާލްއަކީ.. އަޅުގަނޑުމެންނަށް ކޮށްފައިވާ ރިޕޯޓެއްގެ ސަބަބުން އެދެމީހުން ހައްޔަރުކުރުމުގެ އަމުރުމިއޮތީ..” ޕޮލިހުންގެ ތެރޭގައި އިސްކޮށް ހުރި އޮފިސަރު ވާހަކަދެއްކިއެވެ. އެވަގުތު އެތެރެއަށް ވަންނަން އައި އަރޫންވެސް އިނީ ވަމުންދާގޮތްނޭންގި އެތެރެއަށް އިތުރަށް އެންމެފިޔަވަޅެއްވެސް އަޅާލަން ނުކެރިފައެވެ. އެއްވެސް ގަދަހެދުމަކާނުލައި ޖަޒްލާން އާއި ޝަމާލް ޕޮލިހުންނާއިއެކުގައި ނިކުތީ އެމީހުން ކުށެއްނުކުރާކަމަށް ބުނުމަށްފަހުގައެވެ. ގުޑާލަން ނޭންގިފައި އިން އަރޫން އަށް ހޭވެރިކަންވީ ފޯނުރިންގްވާން ފެށުމުންނެވެ. އޭރު […]
“ޝަޙާ.. އައި ލަވް ޔޫ.. ވިލް ޔޫ ބީ މައި ގާލްފުރެންޑް.؟” ޝަޙާއަށް އަނގޮޓި ދިއްކޮށްލަމުން ރިޒުވީން ބުންޏެވެ. އެ އިރު ވެސް ރިޒުވީންގެ ފުރަގަހުން ޝަޙާއާއި ރިޒުވީން އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ މަންޒަރުތައް ސުކްރީނުން ދައްކަމުން ދިޔައެވެ. “ޔެސް.. ޔޫ އިޑިއަޓް.. ޔެސް.. އައި ލަވް ޔޫ ޓޫ ރިޒުވީ..” ޝަޙާގެ ޖަވާބަކީ އާނއެކެވެ. ރިޒުވީނަށް ހިނިތުންވެވުނެވެ. ތިމާގެ ހިތް އެދޭ ފަރާތް ވެސް ތިމާއަށް އޭނާގެ ހިތް ދީފައިވާކަން އެނގުމުން ކުރެވޭ އުފާވެރި އިހުސާސް […]
” ހަމަ އެހާވެސް މިސް ވިތަ… ޔަޤީން ތިއުޅެނީ ކޮންމެވެސް ކަމަކު ކަން… ބުނޭ އަވަހަށް..” ކައިލް ޖެއްސުން ކޮށްލީ ކިޔާރާ ރުޅި އެރުވުމަށެވެ. އެެހެން ރޯތަން ބެލުމަކީ އުދަނގޫ ކަމަށް ވުމާއި އެކުވެސް މެއެވެ. “އެއްވެސް އެއްޗެއް ބޭނުމެއް ނޫން ކިޔާ… ކިޔާ ބޭނުމީ ނިދާލަން… ދޮންބެ އާ ހުރެ ހޭލެވިއްޖެ..” މަޔާ ބޭނުންވީ ކައިލް އަަވަހަށް އެތަނުން ފޮނުވުމަށެވެ. ގުޑްނައިޓް ބުނުމަށްފަހު ކައިލް ކޮޓަރިން ނިކުތީ ދޮރު ތަޅުލުމަށް ފަހުގައެވެ. ކިޔާރާއަށް ކޮންމެވެސް […]
ތިޔެއް އެނގިދާނެ ! އަހަރެން ހުންނާނަން ޒިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭގޮތް ބަލަން ..! ލޫތު އެނދުން ތެދުވަމުން ބުންޏެވެ. މަލާމާތްކޮށް ލާނަން އެދުވަހަކުން.. ހަނދާންކުރާތި..! އެރޭ ގެ އިރު އޮއްސުނުވަގުތެވެ. ޒިޔާވެސް އެހެންއުޅެފައި ގެއަށް ދިޔަތާ އެތަށް އިރެއްވެއްޖެއެވެ. ލޫތު ކުޅެ ނިންމާލުމަށްފަހު ގެއަށް އެއައީ ހަމަދެންމެއެވެ. އޭނާ އަށް ފެންވަރާލާ ހަދާލައިގެން ނުކުމެވުނު އިރު ހުރީ އިޝާނަމާދަށް ގޮވަން ކައިރިވެފައެވެ. އެހެން ކަމުން ވަރަށްއަވަސް އަވަސް ކޮއްލައިގެން ނަމާދަށް ދިއުމަށް ޓަކާ ލޫތު ގެއިން […]
“އެހެންވީމަ އެކަކު ވެސް މާޒީގެ ވާހަކަ ނުދައްކަމާ…. އަހަރެންގެ މާފެއް ހަމައެކަނި ނުލިބޭނެ މީހަކީ މީހުން މަރާ މީހުންނަށް. އެކަހަލަ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ. އެކަހަލަ މީހުން މިދުނިޔޭގައި ހިތި ގޮތަކަށް ތަޅުވަން އަހަރެން ބޭނުމީ…” ރަޔާހީންގެ ވާހަކަތަކުން އިރުފާނަށް ޝޮކެއް ލިބުނެވެ. ރަޔާހީންގެ އުނގުން ބޯހިއްލާލެވުނީ ހަމަ ކުއްލިއަކަށެވެ. “ކިހިނެއްވީ” އިރުފާން ތެދުވި ގޮތުން ރަޔާހީން ހާސްވެފައި އަހާލިއެވެ. “ކަމެއްނުވޭ ނިދިއައްސި. ހިނގާ ނިދަން” އިރުފާން ބާލީހުގައި ބޯއަޅާލައިގެން އޮށޯތުމުން ރަޔާހީން ވެސް […]
އަރުޝީއަށް ހޭވެރިކަމެއްވީ އިޝާ ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށެވެ. އަވަހަށް ފާހަނައަށް ވަދެ ވުޟޫކޮށްލައިގެން ނިކުތީ ކިރިޔާ ކެރުނަސް ނަމާދުކުރަން ބޭނުންވާތީއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އަރުޝީއަށް ކެތްތެރިކަން ދެއްވާ ޒިވާން އާއި ކުރިމަތިލުމުގެ ހިތްވަރު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވިއެވެ. އެއަށް ފަހު ކޮތަޅަކަށް ދެތިން ހެދުމާއި ބޭނުންވާނޭ އެހެން އެއްޗެހި ހިފައިގެން އަރުޝީ މަރިޔަމް ކޮޓަރިއަށް ދިޔައީ ޒިވާން އާއި އެއްކޮޓަރީގައި އުޅެން ބޭނުން ނުވާތީއެވެ. މަރިޔަމް ކައިރީ އެކޮޓަރީ ހޭދަ […]
ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާ ފަތިސްނަމާދު ކޮށްލައިގެން އައިސްވަނީ ބަދިގެއަށެވެ. ހަނާ އޮފީހަށް ދާދުވަސް ދުވަހު ބަދިގޭގަ އުޅެނީ ޒުހުރާއެވެ. ބަންދު ދުވަހެއް ކަމުން ޒުހުރާވެސް ނަމާދު ކޮށްލައިގެން އޮށޯވެލައިގެން އޮތީއެވެ. ހަނާ ބަދިގެއަށްވަދެ އެއްމެ ފުރަތަމަވެސް ރޮށިފިހެ ނިއްމާލިއެވެ. ގޭގައި މާގިނަމީހުން ނޫޅޭކަމުން ކާން އެހާ ގިނަ އެއްޗެއް ހަދާކަށް ނުޖެހެއެވެ. ލައިގެންކާނެ އެއްޗެއް ހުރުމުން އިތުރު އެއްޗެއް ހަދާކަށް ހަނާ ބޭނުމެއްނުވިއެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމައްފަހު ހަނާގޮސް ޒުހުރާއަށް ގޮވިއެވެ. ދެމައިން އެކުގަ […]