Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ… (އެގާރަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
August 23, 2017 4 Mins Read
23 Comments

20 އޮގަސްޓް 2017 ގެ ބަޔާ ގުޅޭ…
އެވަގުތު ޖައިޝްއާއި އިމީވެސް އެތަނަށް އައިސް ހުއްޓުނެވެ.
“ކިހިނެތް ވެފަ މިތަނުގަ ތިތިބީ…؟!” ފާރުގައި ލައްވެލައިގެން ބަލްޚާ ހުރިގޮތް ފެނިފައި، ވަމުން ދިޔަ ކަންތަކުގެ ޚަބަރެއްނެތި ހުރެ ޖައިޝް އެހިއެވެ. އިނާޒާ މާނަ ފުން ނަޒަރަކުން ބަލްޚާއާއި ހިޝާންއަށް ބަލަމުން އެއްވެސް އެއްޗެއް ނުބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. އިނާޒާގެ އެ އެމަލުން ބަލްޚާގެ ހިތް ބިރުގެންނުވިއެވެ. ގަދަ ފަދަ ތޫފާނުގެ ކުރިން އެފަދަ ހިމޭންކަން އަންނަ ކަމުގައި މީހުން ބުނެ އުޅޭތީ އޭނާ އަޑުއަހައެވެ. ހިޝަންއާއި އޭނާއާ ދެމެދު ދެންމެ އެވީ ހުރިހާ ކަމެއް އިނާޒާއަށް އެނގުނުކަންވެސް ނުވަތަ ނޭނގުނުކަންވެސް ނޭނގުނީތީ ބަލްޚާގެ ހިތް ނުތަނަވަސްވާގޮތްވިއެވެ.

“ކަމެއް ނުވޭ! މި ދައްކަނީ ކިޔަވަން އުޅުނު އިރު ވީކަންތައްތަކުގެ ވާހަކަ…” ޖަވާބު ހަމަނުޖެހުނަސް އެވަގުތަށް އެންމެ ރަނގަޅު ދޮގަކީ އެއީ ކަމުގައި ހިޝާނަށް ފެނުނެވެ.

ރޭގަނޑު އެކެއް ޖެހުމަކާ ގާތްވަނީއެވެ. ބަލްޚާ، އޭނާއަށް ޚާއްސަކުރެވިފައިވާ ކުޑަ ކޮޓަރީގެ ކަނަކަށްވާގޮތަށްހުރި ތިންފޫޓު އެނދުގައި އޮށޯވެލައިގެން އޮވެ ސީލިންގްގައި އިނދެ ވަށްބުރު އަޅަމުންދިޔަ ފަންކަލަށް ބަލަހައްޓައިގެން އޮތެވެ. މިރޭގެ ނިދި ވަނީ އޭނާއާއި ރުޅިވެފައެވެ. އޭނާގެ ޚިޔާލީ ތަސްވީރުގައި މިރޭ ކުރެހެމުން ދިޔައީ އޭނާއަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދޭން ތައްޔާރަށް ހުންނަ އިނާޒާއެވެެ. ޖައިޝްއާއި ބަލްޚާގެ ގުޅުމަށް ޠައްޔިބު ރުހުން ދިންފަހުން އިނާޒާ ބަލްޚާއާ އެއްވެސް ކަމަކާ މާބޮޑަށް ވާހަކަ ދައްކައެއް ނުހަދައެވެ. އޭނާގެ އެ ހިމޭންކަން އަބަދުވެސް ބަލްޚާ ހާސްކުރުވިއެވެ. ޖައިޝްއާ ވަކިވާންޖެހިދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި ވަކިހިއްޕުވާލިއެވެ. ބަލްޚާގެ ސިކުނޑީގައި ދެމެމުންދިޔަ ޚިޔާލީ ވާފަށް ބުރިބުރިވީ، ކުއްލިއަކަށް ކޮޓަރިން ކަރަންޓް ދިޔައީމައެވެ. އެނދުން ތެދުވެ ހަމަޖެހި ނުލެވިގެން އުޅެނިކޮށް ބަލްޚާގެ ފުރަގަހުން އައިސް ނިކަން ބާރަށް މީހަކު އަނގަމަތީ އަތް އެޅިއެވެ. ބަލްޚާ ބިރުން ތެޅި ފޮޅިގަތެވެ. އެވަގުތު އޭނާގެ ކަރުގެ އެއް އަރިމަތީ އެމީހަކު މަޑުމަދުން ތުންފަތް ޖައްސާލިއެވެ.

“ޖައިޝް! މިގަޑީގަ ކީއްތިކުރަނީ؟!” ޖައިޝްއާ ކުޑަކޮށް ދުރަށް ޖެހިލައި، ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ބަލްޚާ ބުނެލިއެވެ.

“ލޮލަށް ނިދި ނައިސްގެން!” އަނެއްކާވެސްް ބަލްޚާ އޭނާއަށް ކުރިމަތި ވާހެން، ގާތަށް ދަމާލަމުން ނިކަން ބާރަށް ބަލްޚަގެ މޫނުން ފެށިގެން ކަރާ ހަމައަށް ބޮސްދެމުން ލޯބީގެ މަސްތުގައި ގަދައަށް އަނދަމުންދިޔަ ޖައިޝް ބުނެލިއެވެ. ބަލްޚާ ގެނައި ކުއްލި ހަރަކާތައެކު ޖައިޝް ދުރަށް ކޮއްޕާލިއެވެ. އެވަގުތު އެހެން ނުހެދުމަށް ބުނާފަދައިން ޖައިޝް ބަލްޚާ އޭނާގެ ގާތަށް ދަމައިގަނެ އެރީތި ލޮލާ ކަޅި ހަމަކޮށްލިއެވެ. އެ އަނދިރީގެ ތެރެއަށް ލޯ ހޭނިފައިވާތީ ފަނޑުގޮތަކަށް ނަމަވެސް ޖައިޝްގެ ދެލޮލުން އޭނާއަށް ދެމުން ދިޔަ ސިގްނަލް އޭނާގެ ސިކުނޑިއަށް ފަހުމް ވިއެވެ. ކައިވެނީގެ ކުރިން އެފަދަ ގުޅުމަކާ ހަމައަށް ދާވަރަށްވުރެ ބަލްޚާ އިސްލާމް ދީން ދެކެ ލޯބިވެއެވެ. ދުރުވިސްނެއެވެ. މަންމަ އެޑްރިއެއްލާގެ މާޒީއަކީ މިފަދަ ކަންކަމާމެދު ހުޝިޔާރުވުމަށް އޭނާއަށް ލިބިފައިވާ ފިލާވަޅެކެވެ. ލޯބިވިޔަސް ފަހަނައަޅަން ނުވާނެ އެތައް އިމެއް ހުންނާނެ ކަން ބަލްޚާ ވަރަށް ރަނގަޅަށް ދަނެއެވެ.

“ޖައިޝް!! ޕްލީޒްޒް…! ދެން ނެތެއްނު މާގިނަ ދުވަހެއް!” އެވަގުތު އޭނާއާ ގައިގޯޅިވަމުންދިޔަ ޖައިޝްއާ އަނެއްކާވެސް ދުރަށް ޖެހިލަމުން ބަލްޚާ ބުނެލިއެވެ. ޖައިޝްގެ އެ އަމަލާމެދު ބަލްޚާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. އެކަން ޖައިޝް ދެނެގަތެވެ. ކުއްލިއަކަށް އެކޮޓަރިން ނުކުމެގެން އޭނާ ދިޔައީ އެހެންވެގެންނެވެ. ޖައިޝް ހިތްހަމަނުޖެހުނުކަން ބަލްޚާއަށް އެނގުނެވެ.

އާދުވަހެއްގެ އިރު ފެނުން ތޮޅިލިއިރު، ފަޒާގައި އުދުހެމުންދިޔަ މަދު ދޫނިތަކުގެ “ކީ ކީ” ގެ އަޑު ދޭތެރެއަކުން އިވިލައެވެ. ބިމަށް އަލިކަން ވެރިވަމުން ދިޔަ އެވަގުތު، ޖައިޝް އާދައިގެ މަތިން ހޫނު ކޮފީ ތައްޓަކާއެކު، ގޭގެ ބަގީޗާގައި އޭނާ އަބަދުވެސް އިންނަ އުނދޯލީގައި އިށީނދެލައިގެން އިނެވެ. ކަކުލާ ހަމައަށް އަންނަ ސޯޓު ބުރިއަކާއެކު އެ ކަސްރަތީ ހަށިގަނޑު ހާމައަށް ދޫކޮށްލާފައިވެއެވެ. ފަތިހު ކުރަންހުރި ކަންކަން ކޮށް ނިންމާލުމަށްފަހު ފެންވަރާލައިގެން އިސްތަށިގަނޑުން ފެންފޮޅަމުން ބަލްޚާވެސް އެވަގުތު ބަގީޗާއާ ދިމާއަށް އިން އޭނާގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ޖައިޝް އިންލެއް ލޯބި ކަމުން އިރުކޮޅަކު ބަލްޚާއަށް ބަލަންހުރެވުނެވެ. ޖައިޝްއަށް ބަލްޚާ ފެނުމުން އަޅައިވެސް ނުލާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ޖައިޝްގެ މި ޅަކަން ފެނުމުން ބަލްޚާ ހިނިއައެވެ.

“ދަރިފުޅާ ޖައިޝް!! ތިތަނުގަ ނީންދެ އައިސްބަލަ ގޭތެރެއަށް…! ނިކަން ބަލާބަލަ.. ކާކުތަ މިހިރީ އައިސް؟”! ” އެވަގުތު ބަގީޝަތެރެއަށް ނުކުމެ ޖައިޝްއަށް އިޥޭވަރަށް އެހެން ގޮވާލި އިރުވެސް އިނާޒާ ހުރީ ނިކަން ހިނިއައިސްފައެވެ. ގިނަ ދުވަސްތަކެއްފަހުން އޭނާ ނުހަނު އުފާވާފަދަ ކަމެއް ދިމާވިފަދައިން ނެވެ. އޭނާއާ ދިމާއަށް ކަޅިޖަހާނުލައި ބަލަން ހުރި ބަލްޚާއަށް ވަރަށް ނޫންގޮތަކަށް ރުޅިވެރިކަމާއެކު ބަލާލަމުން، ޖައިޝްގޮސް އިނާޒާއާއެކު ގޭތެރެއަށްވަނެވެ.

ގޭތެރޭގައި އަތުރާލެވިފައިވާ ސޯފާތަކުން ސޯފާއެއްގައި، އިށިނދެލައިގެން އިނީ އަނުމްއެވެ. އަނުމްއާއި ޖައިޝްގެ ކައިވެނި އިއުލާނުކުރިރޭ ވެގެން ދިޔަ ކަންތަކަށްފަހު ރާއްޖެއިން ބޭރަށް ދިޔަގޮތަށް އޭނާ އެނބުރި އެއައީ ހަތްވަރަކަށް މަސް ފަހުންނެވެ. މިވީ މަދު ދުވަސްކޮޅުގެތެރޭގައިވެސް އަނުމްއަށް ވަނީ ހީނުކުރާހާ ބޮޑު ބަދަލެއް އައިސްފައެވެ. ބުޅިކޮށް އޮތް އިސްތަށިގަނޑު ފަންކޮށްލައި، ކޮނޑާ ހަމައަށް ވަނީ ކުރުކޮށްލެވިފައެވެ. ލައިގެން އިނީ ހުދުކުލައިގެ އަތްދިގު ތުނި ބްލައުޒް އެކެވެ. ތިރިން އައިސް ބްލޫކުލައިގެ ބާރު ޖިންސެއްގައި އިން އިރު އިހުނަށްވުރެ، އޭނާ ރީތިކަމަށް ދައްކައެވެ. ބައްޓަން ގެއްލޭވަރަށް ފަލަކޮށްހުރި ހަށިގަނޑުވަނީ ހެޔޮވަރު ވަރަކަށް ހިކި ބައްޓަމަށް ފެއްތިފައެވެ. އަނުމްއަށް އައިސް ހުރި ބަދަލު ޖައިޝްއަށްވެސް ފާހަގަކުރެވުނެވެ. އަނުމްގެ ގާތުގައި ޖައިޝް އިށީނުމުން އިނާޒާދިޔައީ ބަދިގެ ފަރާތަށެވެ. ބަލްޚާވެސް ކޮޓަރިން ނުކުމެގެންއައިސް އެތަނާ އަރާ ހަމަވީ އެވަގުތުއެވެ.

” ވަރަށް ސެކްސީ އިނގޭ! ކޮމެންޑްބްލް ޗޭންޖެއް ތިއީ؟!” ބަލްޚާއަށް ފެންނާނެހެން އަނުމްގެ ކަންފަތް ދަށަށް ގުދުވެލަމުން ބަލްޚާއަށް އަޑުއިވޭވަރަށް ޖައިޝް ބުނެލިއެވެ. ޖައިޝްގެ އެ ތަޢުރީފާއެކު އަނުމް ލަދުން އިސްޖަހާލިއެވެ. އޭނާ އެދޭ ގޮތަކީ އެއީއެވެ. ކޮންމެ ހާލެއްގައިވެސް ޖައިޝް ހާސިލްކުރުމެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު ބަލްޚާ ފެނުމުން އަނުމް އިންތިހާއަށް ރުޅިއައެވެ. ބަލްޚާއާ ދިމާއަށް އޭނާ ލޯ އަޅައިގަތީ، ބުޅާ މަސްގަނޑަށް ބަލާ އުސޫލުންނެވެ. ބަލްޚާގެ މޫނުމަތިން އެވަގުތު ފެނުނު ނުތަނަވަސްކަމާއި ހާސްކަން ފެނުމުން ޖައިޝް އުފާވިއެވެ. އެ މަންޒަރު ދެކެން ބަލްޚާއަށް ކެތެއް ނުވިއެވެ.

” ކިތައްމެ ބޮޑު ޗޭންޖެއް އަޔަސް ޖައިޝް، އަހަރެން ބޭނުމެއް ނޫނެއްނު!” ސަމާސަ ރަގަކަށް އަނުމް އެެހެން ބުނެލަމުން ޖައިޝްއަށް ބަލއިލިއެވެ.

“ކިހިނެތް އެނގެނީ…؟! އެއްޗެއް ގެއްލުނީމަ އެނގޭނީ އެއެއްޗެއްގެ މުހިންމުކަން..!” އެވަގުތު އެތަނުން ދިއުމަށް ހިނގައިގަތް ބަލްޚައަށް އިވޭ ވަރަށް ޖައިޝް އެހެން ބުނެލުމުން ބަލްޚާގެ ފިޔަވަޅަށް ހުއްޓުން އައެވެ. ޖައިޝް އެހެން ބުނީ ހަމައެކަނި ބަލްޚާއަށް ކޮށްލާ ސަމާސާއެއްގެ ގޮތުގައި ނަމަވެސް އަނުމް އެކަން ނެގީ ސީރިއަސް ކޮށެވެ.

ޖައިޝްއާއި ބަލްޚާއާއި ޖައިޝްގެ ކައިވެނި ކުރެވޭ ދުވަސް ގަތް ވަމުން ދިޔައެވެ. ކާވެނީގެ ކުރިން ޖައިޝް ބަލްޚާއާ ބޭއްވުމަށް އެދުނު ގުޅުމުގެ ސަބަބުން ބަލްޚަާގެ އިތުބާރު އޭނާއާމެދު ގެއްލިފައިވާކަން ޖައިޝްއަށް ގަބޫލުކުރެވުނެވެ. އޭގެ ސަބަބުނ ްދެމެދުގައި ނުރުހުމުގެ ފާރެއް ރޭނެމުން ދިޔަކަން ޖައިޝްއާއި ބަލްޚާއަށްވެސް އިހްސާސް ވަމުން ދިޔައެވެ.

ރޭގަނޑު އެގާރަ ޖެހުމަކާ ގަތްވަނީއެވެ. އުޑުމަށްޗަށް ފުނި ޖެހިފައިވާ ތަރިތަކަށް ބަލަން ބަލްޚާއޮތީ ޖައިޝް އެތަނަކުން އެންމެ ގިނަ އުފާ ހޯދަމުން ދިޔަ އުނދޯލީގައެވެ. އެވަގުތު ޖައިޝް އެތަނަށް އައެވެ. ބަލްޚައާ ގާތްވެލިއެވެ. ޖައިޝް އުޅޭ ގޮތުން މިހާރު ބަލްޚާ ބިރުގަނެއެވެ. އެހެންވެ އޭނާ ގާތްވެލަ ކޮންމެ ފަހަރަކު ބަލްޚާ އޭނާއާ ދުރަށްޖެހިލައެވެ.

“ކިހިނެތް ވެގެންތަ ތިއުޅެނީ؟!.. މަ މީ ބިރެއްތަ..! ހަމަ އަންނަ އިރަށް ދުރަށް ތިޖެހެނީ…” ބަލްހާގެ ހަރަކާތް ހުރިގޮތުން ޖައިޝް ރުޅިއެވެ. އެވަގުތު ހިތުގައި އުފެދިފައިވާ ބިރާއެކު ބަލްޚާއަށް ރޯން ފެށުނެވެ. ޖައިޝްގެ ހިތަށް ކުއްލިއަކަށް ރަހުމް ވަނެވެ.

“ފްލީޒް ނުރޮ އެ! ބޭބީ..! މަ ހާދަ ލޯބިވެޔޭ ބޭބީ ދެކެ..! މަށެއް ނޫޅެމޭ ކަމެއް ކުރާކަށް… އެރޭ އުޅެވުނު ގޮތުން އަހަރެންވެސް ފަހުން ވަރަށް ދެރަވި.. އެކަމާ މާފަށް އެދެން ކައިރިވިޔަސް ބަލް ހުންނަނީ ބިރުން.. އަހަންނަށް ޓްރަސްޓް ނުކުރަނީތަ؟! ” އެވަގުތުވެސް ގިސްލެވެމުން ދިޔަ ބަލްޚާއަށް އޭނާގެ ހިތުގައި ޖަހަމުންދިޔަ ލޯބީގެ ވިންދުތަކުގެ އަޑުއިވޭނެހާ ބާރަށް ބަލްޚާ ގަޔާލާ ބޮނޑިކޮށްލަމުން ޖައިޝް ބުނެލިއެވެ. އެހިނދު ބަލްޚާގެ ހިތުގެ ޖަޒުބާތުތައް ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިލެއް އިތުރުވިއެވެ. އެ ޖަޒުބާތުތަކާއެކު ބަލްޚާގެ މާޒީ ޖައިޝް ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ. އެޑްރިއެއްލާގެ ހަޔާތުގެ ހިތި ތަޖުރިބާއެވެ. ލޯބީގައި އޭނާ ކުރި ކުޑަކުޑަ އިތުބާރަކާހެދި މުޅި ދިރިއުޅުން ވީރާނާ ވީ ގޮތެވެ. ބަލްޚާ މިދުނިޔެއަށް އެކަނިވެރިވި ގޮތެވެ. އެހުރިހާ ވާހަކައެއް ދައްކަމުން ދިޔަ އިރުވެސް ބަލްޚާގެ ބައްޕައަކީ ކާކުކަމެއް ބަލްޚާ ބުނެއެއް ނުދެއެވެ. ޖައިޝް އެކަން ހޯދަންވެސް މަސައްކަތެއް ނުކުރިއެވެ. ބަދަލުގައި ބަލްޚާގެ ދިރި އުޅުމުގައި ދިމާވި ތަފްލީފްތައް އެނގުމުން ބަލްޚާއަށްޓަކައި އޭނާގެ ލޯބި އިހުނަށްވުރެ އިތުރުވިއެވެ. ހެދެން އުޅުނު ގޯސް ހިތަށް އެރުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

“ޖައިޝް!!!!” އެވަގުތު އެތަނަށް ވަދެގެން އައި އިނާޒާ ހާސްވެ ރޫރޫ އަޅަމުން ދިޔައެވެ. ޖައިޝް ބަލްޚާއާ ދުރަށް ޖެހިލަމުން މަންމަ ގާތަށް ދިއުމަށްޓަކައި ނިކަން ބާރަށް ހިނގައިގަތެވެ. އިނާޒާގެ ކަން ބޮޑުވުން ފެނުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ޖައިޝްއަށް އިހުސާސް ކުރެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

އަވްލީން

Next

02:30 ތޭރަވަނަ ބައި

Next
August 23, 2017

02:30 ތޭރަވަނަ ބައި

Previews
August 23, 2017

އަވްލީން

23 Comments!

  1. reen says:
    August 23, 2017 at 1:13 am

    Me first dhw vaahaka vvvvv reethi
    Ekam haadha kurey waiting for the next part

    1. ރައު says:
      August 23, 2017 at 11:48 am

      yes u r 1st today…hehehe
      next part miahvure dhigu kuran masaiykai kuraanan insha allah. 😉

  2. Rifu says:
    August 23, 2017 at 1:29 am

    Alhey haadha kurey. Waiting for the next part

    1. ރައު says:
      August 23, 2017 at 11:50 am

      rifu, insha allah next part dhigu kohlaanan ingey 😉

  3. khajja says:
    August 23, 2017 at 7:30 am

    GUD MORNIN !! Ohhh wow masha allah v v v rythi??? v furihama naseebennu goahennuhedhikan dhw, inaazaa anekkaa revungandeh raavaa kulhigandeh kulhe lany eh noonbaa v hyvey dramaeh jassan ulhenyhen ves anyway stry hama v awsome keep it up ly??❤❤??????

    1. ރައު says:
      August 23, 2017 at 11:46 am

      hi khajja.
      thanx ingey 😉

  4. Naz says:
    August 23, 2017 at 10:05 am

    Mihaaru vaahaka vaagoi hadhan netheyfahun next upvanee.vvv foohi .but mi vaahak v reethi

    1. ރައު says:
      August 23, 2017 at 11:45 am

      ohhh so sorry dear..
      ekm dhe dhuvahun eh dhuvahu mihaaru migenes dheny…
      hithah ery ehaa gina vaahaka hunna iru thikudhin komme dhuvahaku vaahka kiyan foohi vedhaane yey…
      hehehe 😛 🙂

  5. ihoo says:
    August 23, 2017 at 12:55 pm

    V reethi vaahakaeh kiyaahithun mihuree ingey next part thankolheh dhiguvaane dho?

  6. ihoo says:
    August 23, 2017 at 12:58 pm

    wow v reethi ingey v kiyaa hithun mihuree ?

  7. some says:
    August 23, 2017 at 1:48 pm

    owww. mi part ves v v v reeeeeethi

  8. reader says:
    August 23, 2017 at 1:53 pm

    salhi vaahakae.

  9. naja says:
    August 23, 2017 at 2:06 pm

    vaahaka v reethi . waiting 4 nxt part

  10. aloo says:
    August 23, 2017 at 2:08 pm

    wooooooow

  11. =>>>> says:
    August 23, 2017 at 2:27 pm

    hi rau
    reethi inge mi vaahaka

  12. 346 says:
    August 23, 2017 at 3:00 pm

    v bodu kameh vaantha miulheny. curiously waiting. v obi mi vaahaka

  13. fiya says:
    August 23, 2017 at 3:08 pm

    vaahaka varah rythi
    shukuriyyaaa

  14. Adha? says:
    August 23, 2017 at 3:13 pm

    Varah reethi❤❤❤❤

  15. ishass says:
    August 23, 2017 at 3:17 pm

    ekkala anum gandu aee dho anehkaa, ,,, ekam inaazaa kameh raavan tha eulheneeeeeee. rau pleeeeeeeeeeeeeeeese jaish n balkha ah dheraehh nudhehcheyyyyyyyyyyyyyyyyyyy

  16. އިންމަ says:
    August 23, 2017 at 3:19 pm

    މި ވާހަކަ ވަރަށް ރީތި ވަރަށް ކިޔާހިތްވާކަހަލަ ގޮތަކަށް މި ދަނީ ވާހަކަ އަދި ފަނި ނުކޮށްލައްޗޭ

  17. . says:
    August 23, 2017 at 3:20 pm

    nice

  18. @) says:
    August 23, 2017 at 3:48 pm

    Raooooooo. Vvv salhi vahakaehhh

  19. @ says:
    August 23, 2017 at 4:01 pm

    Reethi ey

Comments are closed.


All Right Reserved!