އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ތޮއްޖެހެމުންދިޔައެވެ. ނަމަވެސް އެއިންއެއްވެސް ސުވާލެއް ދުލާއި ހިސާބަކަށް ނައެވެ. އަހަރެންހުރީ އެއްށްވުރެ ދެރަވެ ހިތުގައިޖެހިފައެވެ. މަންމަ އަހަރުމެން ގޮވައިގެންދިޔައީ މަންމަގެ ދައްތަ، އަހަރެންގެ ބޮޑުދައިތަ ސަލީމާއްތަގެ ގެއަށެވެ. މަންމަގެ އަނެއް ދައްތަ ސައީދާ އުޅެނީ އޭނާގެ ފިރިމީހާގެ ގޭގައެވެ. ނަމަވެސް ސަލީމާއްތަ އުޅެމުން އަންނަނީ މަންމަގެ، މަންމަގެ ގޭގައެވެ. އެހެންކަމުން އެގެއިން މަންމައަށްވެސް ހިއްސާއެއްވާނެތާއެވެ. އަހަރުމެން ގޮސް ގޭގެ ދޮރުމައްޗަށް ހުއްޓުމާއި އެކު ސިޓިންރޫމުގައި އިން ސަލީމާއްތަ ދުވެފައި ކަހަލަ ގޮތަކަށް […]
އަހަރެންނަކީ އުމުރުން ނަވާރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. މިވަގުތު މަސައްކަތް ކުރަމުން މިއަންނަނީ ރިސޯޓެއްގެ އެފްއެންޑްބީ ޑިޕާޓްމެންޓްގައެވެ. އިރާދަ ކުރެއްވީތީ މިއަދު އަހަރެންނަށް ވަޒީފާގައި ހިތްހަމަޖެހޭފަދަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. ގިނަ ފަތުރުވެރިންގެ ތައުރީފާއި ރިސޯޓުގެ އެކި މީހުން އަހަރެންނަށްދޭ ހިތްވަރަކީ އަހަރެން ކުރިއަރައިގެން ދިއުމުގެ އަސްލެވެ. ގަޑިން ހަވީރު ފަހެއްޖަހައިފިއެވެ. މިއަދުގެ އަހަރެންގެ މަސައްކަތުގެ ވަގުތު ހަމަވެ ޑިއުޓީބަދަލުވުމަށް އެހެން ދެކުއްޖަކުއައީ އެވެ. އަހަރެންނާއި ލަމްހާ އަދި ދެންތިބި ދެފިރިހެން ކުދިން ވަރަށް އަވަސްކޮށް ކުރަންހުރި […]
:ޓްރެއިލަރ: ވެހެމުންދިޔަ ބޯވާރޭ ތެރޭގައި މަންމަ ރޮމުން އަހަރެންގެ އަތުގައި ހިފައިގެން ގެއިން ނުކުތްއިރު ހުއްޓުމެއްނެތި ވިދާ ގުގުރަމުން ދިޔައެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރި ހަ އަހަރަށްދާ އަހަރެންގެ ކޮއްކޮ މީޒާ، މިވެގެން އުޅެނީ ކީއްކަމެއް ނޭނގުނު ނަމަވެސް މަންމަ ރޯތަން ފެނުމުން ދެރަވެގެން އޭރު ބާރަށް ރޮމުންދިޔައެވެ. އޭރު މަންމަގެ އުރުގައި އިން ދެއަހަރުގެ މާޒިން ހީކަރުވައިގަނެގެން ތުރުތުރު އަޅައެވެ. “ދަރިފުޅާ އަޔާ… މީޒާ އަތުގައި ހިފައިގެން ބާރަށް ހިނގާ..” ތުރުތުރު ލާފައިވާ […]